ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/150 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/15
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 150/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު ޢަބްދުއްރަހްމާން
ނަން
A027279
* ދާއިމީ އެޑްރެސް: ޖޫތީވިލާޅ. ނައިފަރު
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
* ރެޖިސްޓްރީ ނަންބަރު: 0514
/
2010-C
ދާއިމީ އެޑްރެސް:
ޖިސްޓްރީކުރެވުނު
ޚާ: 15 ޖުމާދަލްއާޚިރާ 1434
25 އެޕްރީލް 2013
ނިމުނު ތާރީޚް: 18 ރަބީޢުލްއާޚިރު 1435
18 ފެބްރުއަރީ 2014
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2017/VTR/163
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ށަހެޅުނު ތާރީޚް: 30 އޯގަސްޓް 2012 ނިމުނު ތާރީޚް:
ޚް: 16 ޖެނުއަރީ 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !334647
99، ދިވެހިކާޑުގެ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު 1
2013/HC-A/150
و جری هم ب*
ޢާލާގެ ޚުލާޞާ
04 04
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/163 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ
އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، މުޙައްމަދު ޢަބްދުއްރަޙްމާން، ޖޫތީވިލާ؛ޅ. ނައިފަރު (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A027279) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 0514
/
2010-C) އެވެ.
ކުރެވުނު ނުކުތާތައް:
22 / 2
تری کی
1. އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/163 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ޅ. ނައިފަރުޖޫރީވިލާ، މުޙައްމަދު
ޢަބްދުއްރަޙްމާން، މައްސަލަ ރައްދުވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގައި 9
ފެބްރުއަރީ 2011 އިން ފެށިގެން ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަންސް މެނޭޖަރެއް ވަޒީފާ އަދާކުރަމުން
ދަނިކޮށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) 19 އަދި 21 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ހަމަތަކާއި ޚިލާފަށް، އަދި އެޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގައިވާ ގޮތުގެމަތީން ނޯޓިސް ދިނުމަކާނުލާ. އަހަރީ ޗުއްޓީގެ ބާކީ ހުރި މުއްދަތަށްވާ ފައިސާވެސް
ދިނުމަކާނުލައި 5 އޯގަސްޓް 2012 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
ދެކިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ ވަޒީފާއިން
ވަކިކުރިއިރު ހުރި ވަޒީފާ އަލުން އަނބުރާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ
ދިނުމާއި ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާ ގޮތަށް،
c
0 0
ނައިފަރު ޖޫނިފިތް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2013/HC-A/15
ޤަޟިއްޔާ ނިމުނު
کی مرکی
ދެ
މުޙައްމަދު ޢަބްދުއްރަޙްމާންގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ
މައްސަލައެއްކަމާއި،
ﷲ20ތ ކތ &
4
/
84/ހ2
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމާފައިވަނީ، "މިމައްސަލައިގައި
މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ފާހަގަކުރި އެންމެހާ ކަންކަމަށާއި ހުށަހަޅާފައިވާ
ލިޔުންތަކަށާއި، ހެކީންގެ ހެކިބަހަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ޅ. ނައިފަރު(ޖޫތީވިލާ، މުޙައްމަދު
(ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A027279) މައްސަލަ ރައްދުވި
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގައި 9 ފެބްރުއަރީ 2011 އިން ފެށިގެން
ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަން މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 10 އަދި 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާއި ޚިލާފަށް އަދި އެ
ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ނޯޓިސް ދިނުމެއްނެތި، އެ
ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެމަތީން އަހަރީ ޗުއްޓީގެ ބާކީ މުއްދަތަށްވާ ފައިސާވެސް
ދިނުމަކާނުލާ 5 އޯގަސްޓް 2012 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
ދެކިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާ، އޭނާ ވަޒީފާއިން
ވަކިކުރިއިރު ހުރި ވަޒީފާ އަލުން އަނބުރާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ
ދިނުމާއި ހަމައަށް އޭނާ އަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި
ހުށަހެޅި މިމައްސަލައިގައި، މައްސަލަ ހުށަހެށި މުޙައްމަދު ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކޮށްފައިވަނީ
އެނާގެ މަސައްކަތުގެ އަޙްލާޤު އެކަށީގެންނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ
ހަމަތަކަށް ބަލާއިރު ކުރެވިދާނެ ކަމެއްކަމަށް މައްސަލަ ރައްދުވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް ބުނެ އެކަން
ސާބިތުކޮށްދީފައިވާތީ، އޭނާއަށް ވަޒީފާ ދިނުމަށާއި، މުސާރައާއި ޢިނާޔަތްތައް ދިނުމަށް އަމުރެއް ނެރެދޭނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 816/171"
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2013/HC-A/150
م م .*
تے کی اہمی
4
2 ބ 2
0
4
މެންޓަރﷲ
ޤަޟިއްޔާ ނިމުނު 1
ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅާ، މުޙައްމަދު
ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރިއިރު އަހަރީ ޗުއްޓީގެ ދުވަސްތަކެއް ބޭނުންނުކޮށް އޮތްކަން އެނގެން
އޮތަތީ، އެ ދުވަސްތަކަށް ޖެހޭ ފައިސާ މިއަދު، 16 ޖެނުއަރީ 2013 އިން ފެށިގެން 7 (ހަތެއް)
ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެށި މުޙައްމަދު ޢަބްދުއްރަޙްމާން އަށް އެކީ އެއްފަހަރާ ދިނުމަށްފަހު،
އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް
މައްސަލަ ރައްދުވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު
0514
/
2010-C) އަށް އަންގާ އަމުރުކޮށް" އެގޮތުގެމަތިންކަން އެމައްސަލާގެ "މައްސަލަ ނިމުނުގޮތުގެ
ރިޕޯޓު" އިން އެގެން އޮވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
"163/VTR/2012
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު
ޢަބްދުއްރަޙްމާންގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
މިގޮތުން މުޙައްމަދު ޢަބްދުއްރަޙްމާންގެ ފަރާތުން ހުށަހަޅާފައިވާ؟
ހ2 02 ހކ ދ ތ
4
/
08/ހ2ނ
84
x ދ ތ ދ ތތ
ہو کر مر مطر
• ފުރަތަމަ ނުކުތާއަކީ،
ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ
ޓްރައިބިއުނަލުން ކަނޑައަޅާފައިވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން މުޙައްމަދު ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، އަދި އޭނާ ވަޒީފާއިން ވަކިކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/15
5 ޤަޟިއްޔާ ނިމުނު "
مری
ދެވެ
27
6 ދ ތތ 3
4
އނ ކމe
މަތިކުރެވޭ ސަބަބަކީ މުއުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ އެކަށީގެންވާ ސަބަބެއް
ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ،
މުޙައްމަދު ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކޮށްފައިވަނީ
ޤާނޫނާ އެއްގޮތަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާއިރު، މުޙައްމަދު ޢަބްދުއްރަޙްމާން
ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލްވެރިކަން ޤާއިމްކޮށްފައި ނުވާކަމާއި، މިހެންވެ އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 29 ވަނަ މާއްދާގެ (b
)
،
(
a) އަދި (c) އާއި، ވަޒީފާއާބެހޭ
މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ
ކަނޑައެޅިގެން ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/163 މައްސަލަ ނިންމުމުގައި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ
މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޢީމްގެ ހެކިބަސް ބަލައިގަނެ އޭނާގެ ހެކިބަހުގެ މައްޗަށް މައްސަލަ
ނިންމުމުގައި ބަރޯސާވެފައިވާއިރު، އޭނާގެ ހެކިބަސް ޓްރައިބިއުނަލުން ބަލައިގެންފައިވަނީ ހެކި
ބަލައިގަތުމުގެ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ
0
ޒަލޕްމެންޓް
ނުކުތާއަކީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
2012/VTR/163 މައްސަލަ ނިންމުމުގައި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަން ލިމިޓެޑްގެ
ކޯޕަރޭޓް އެމްޕްލޮއީ މެނުއަލްގެ 3.5.1 އަށް ހަވާލާދީފައިވާއިރު، ކޯޕަރޭޓް އެމްޕްލޯއީ މެނުއަލްގެ 3.5.1
ގައި ބައެއް ކަންކަން ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/15
کی مرکی
ދެވެ
6 ޤަޟިއްޔާ ނިމުނު ގޮތު
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/163 މައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން މުޙައްމަދު ޢަބްދުއްރަޙްމާނުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/163 މައްސަލައަށް ބަލާއިރު އެމައްސަލައަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ
އަސާސީ އުސޫލުތައް ކަނޑައަޅައި އެކުލަވާލެވިފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރުމާގުޅިގެން ހުށަހެޅިފައިވާ
މައްސަލައެއްކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ
ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން
އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން
ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް
އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23
844
9 ހ
ބެހެއްޓުމަކ6
2 /
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
¢ 3
ޤަޟިއްޔާ
2013/HC-A/15
އެ ނި2
می هرکی
22
0474
ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް
ފުރިހަމަވެގެންކަމާއި، އެއީ؟
1. އެމުވައްޒަފެއްގެ މަސައްކަތެއްގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން
މ 24
4cދ 04
042
ކުރެވޭނޭކަމެއްކަމަށް
0x 0ހދު
ކަން އެނގެން އޮންނަކަމާއި،
2 22
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު
ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު
ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް
ހެލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ
އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ
ފަރާތުން ތަޠްބީޤްކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ
ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
04 0 0 2 04
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 73316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
ޤަޟިއްޔާ ނިމުނު 1
2013/HC-A/150
کی مرکی
=32
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ
ދެވަނަ ޝަރުޠުކަމަށްވާ، "އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ
ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ
އުސޫލަށާއި، މުޅި ޤާނޫނުގެ ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން
ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ
އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ބަލަންޖެހޭކަމެވެ.
21
2 /
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު
ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަ
ރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ
ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް،
އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން ބަލައިގަނެ،
އެޤައުމުތަކުގެ ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމާއި، މިއުސޫލަކީ އިންޓަނޭޝަނަލް
ލޭބަރ އޮގަނައިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982
(ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 96471، ދިވެހިބޭޑް3
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
443
9 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/150
مری
ދެވެ
ގައިވެސް ކަނޑައެޅި ބަޔާންވެގެންވާކަމެއްކަމާއި، އަދި މިދެންނެވުނު އުސޫލަކީ ދިވެހިރާއްޖޭގައި
ޢަމަލުކުރެވެމުންދާ ވަޒީފާއާބެހޭ ޤާނޫނުގައިވެސް އެކުލެވިފައިވާ އުސޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
އިޖްރާއާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި
ދާގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތުތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން
އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމަށާއި، އެއީ:
1. އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފަ
ވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު
ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު، އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން
ދިނުމަށްފަހު:
2. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހު
3. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްފަހު؟
4. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަ ޖެހޭ ދެ ޝަރުޠު
ފުރިހަމަވާކަމަށް، އެކުރެވޭ ތައްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން
ހދދު 0
24
.މުވާންޖެ2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/150
10 ޤަޟިއްޔާ ނިމުނު ގޮތު
مری
ދެވެ
ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު
އެމުވައްޒަފަކަށް އަންގާފައިވުން.
ކަމަށާއި އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް އެމީހަކަށް ދެވެންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208;HC
-
A;2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާއި،
ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި، އިސްވެ ދެންނެވިފައިވާ
ގޮތުގެމަތިން އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި
ވަކިކުރުން ބެލެވޭނީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެ ގޮތުގައިކަމާއި،
މިޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވީކަމުގައި ވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު
ނަގައިދެވޭކަމާއި، ނަމަވެސް މިޙާލަތުގައިވެސް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާނަމަ އެމުވައްޒަފަކަށް އެވަޒީފާ އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް
244
22 /
މަޖުބޫރުނުކުރެވޭނޭކަމަށްވެސް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި
ފާހަގަކޮށްފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތައް، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤު ކުރުމުން، މިމައްސަލަ އިސްތިއުނާފުކޮށްފައިވާ މުޙައްމަދު
ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރުމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ
ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
Auc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
, s:
=32
2013/HC-A/15
9
2011
is (Contract of Employment)
OOOX
11 ޤަޟިއްޔާ ނިމުނު ގޮ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާންއާ
ދެމެދު،
ގައި ސޮއިކުރެވިފައިވާ ވަޒީފާއާބެހޭ އެއްބަސްވުން
) ގެ 42 ވަނަ މާއްދާގައި، އެމާއްދާގައި ބަޔާންކޮށްފައިވާ
ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަން އެކަށީގެންވާ ގޮތެއްގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑަށް ޤަބޫލުކުރެވިއްޖެނަމަ، ނޯޓިހެއް ދިނުމަކާނުލައި ވަގުތުން ވަޒީފާއިން ވަކިކުރުމުގެ
ޙައްޤު ކުންފުންޏަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާންއާ ދެމެދު ސޮއިކުރެވިފައިވާ ކޯޕަރޭޓް އެމްޕްލޯއީ
ޕޮލިސީގެ 3.5.1 ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން ނޯޓިހެއް ދިނުމަކާ ނުލާ މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަން
02c
244ތރު
ہی کما
22 44
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާނާއި
ދެމެދު ސޮއިކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމާއި ކޯޕަރޭޓް އެމްޕްލޯއީ ޕޮލިސީގައި ބަޔާންކޮށްފައިވާ،
އިސްވެމިދެންނެވުނު ކަންކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލާ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޢުގެ ތެރެއިން
އެއް ޝަރުޠުކަމާއި، އެހެންނަމަވެސް ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި، ވަޒީފާ
އަދާކުރާ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ
އެފަދަ ކަމަކަށް އުނިކަމެއް ލިބޭގޮތަށް ޤަވާޢިދެއްގައި ނުވަތަ ވަޒީފާއާބެހޭ އެއްބަސްވުމެއްގައި އެއްވެސް
ޤައްދާއެއް ހިމެނިފައިވާނަމަ އެމާއްދާއެއް ވާނީ ބާޠިލު މަށް ބަޔާންކޮށްފައިވުމުން،
އިސްވެދެންނެވުނު ވަޒީފާއާބެހޭ އެއްބަސްވުމުގެ 42 ވަނަ މާއްދާއާއި ކޯޕަރޭޓް އެމްޕްލޯއީ ޕޮލިސީގެ
3.5.1 ގައި އެގޮތަށް ބަޔާންކުރެވިފައިވީނަމަވެސް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
04ތ ކތ ހތކ
އެއްޗަކަށްކަމަށް
OLC ?
2002
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/15
12 ޤަޟިއްޔާ ނިމުނު "
کی مرکی
2011
ލިމިޓެޑުގެ ވަޒީފާއިން ނޯޓިހަކާނުލާ މުޙައްމަދު ޢަބްދުއްރަޙްމާން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދެޝަރުޠުވެސް ފުރިހަމަވެގެންކަން އެނގޭކަމާއި،
މިގޮތުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައަށް ބަލާއިރު، މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި، 9 ފެބްރުއަރީ 2011 އިން ފެށިގެން މުޙައްމަދު
ޢަބްދުއްރަޙްމާން އަދާކުރަމުން ގެންގޮސްފައިވާ ވަޒީފާއިން 5 އޯގަސްޓް 2012 ގައި ވަކިކޮށްފައިވަނީ،
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާނާ ދެމެދު، 9
ފެބްރުއަރީ
ގައި ސޮއިކުރެވިފައިވާ ވަޒީފާއާބެހޭ އެއްބަސްވުން
(Contract of Employment) ގެ 42 ވަނަ މާއްދާގެ 1، 2، އަދި 5 ވަނަ ނަންބަރުގައިވާ
ކަންކަމާ ޚިލާފުވުމުގެ އިތުރުން އެކުންފުނީގެ ކޯޕަރޭޓް އެމްޕްލޯއީ ޕޮލިސީގެ 3.5.1 ގައި ހިމެނޭ ތަފާތު 5
(ފަހެއް) ކަމެއް މުޙައްމަދު ޢަބްދުއްރަޙްމާން ކޮށްފައިވާތީކަމަށް، އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އޭނާއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
2012
/
146/MRDC
/
HR
/
MIS ސިޓީގައި ބަޔާންކޮށްފައިވާކަމާއި،
އިސްވެމިދެންނެވުނު ސިޓީގައި މުޙައްމަދު ޢަބްދުއްރަޙްމާން ކުރިކަމަށް ބަޔާންކޮށްފައިވާ
ކަންކަމަކީ ޙަޤީޤަތުގައިވެސް އޭނާ ކޮށްފައިވާ ކަންތައްތަކެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ 3
(ތިނެއް) ހެކިންގެ ހެކިބަހަށް ބަލާއިރު، އޭގެ ތެރެއިން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ
އިބްރާހީމް ނަޒީމްގެ ހެކިބަހުގައި ކުންފުނީގެ ޤަވާޢިދުތަކާ ޚިލާފު، ކުންފުންޏަށް ގެއްލުންވާފަދަ ވަރަށް
ގިނަކަންތައްތަކެއް މުޙައްމަދު ޢަބްދުއްރަޙްމާންގެ ފަރާތުން ފެނިފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް،
އެކަންތައްތަކުގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ކުންފުނީގެ މީޓިންގ ރޫމް މުޙައްމަދު
ޢަބްދުއްރަޙްމާންގެ އަމިއްލަ ބޭނުމަކަށް ބޭނުންކޮށްފައިވާކަމަށް ބުނެފައިވާ ބުނުން ފިޔަވައި އެހެން
އެއްވެސް ކަމަކީ މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހެކިބަސް ދީފައިވާ އަނެއް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/150
می هرکی
=32
OOOX
ދެފަރާތުގެ ހެކިބަހުގައި ހިމެނިފައިވާ ކަންކަން ނޫންކަމާއި، އަދި ހަމައެފަދައިން އިބްރާހީމް ނަޒީމުގެ
ހެކިބަހުގައިވާ ކަންކަމަށް އިތުރު ބާރެއް ލިއްބައިދޭފަދަ ނުވަތަ ކަށަވަރުކޮށްދޭފަދަ (corroborating)
އިތުރު އެއްވެސް ހެއްކެއް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، މީގެއިތުރުން، މުޙައްމަދު ޢަބްދުއްރަޙްމާންގެ
ފަރާތުން ފެނިފައިވާކަމަށް އިބްރާހީމް ނަޒީމްގެ ހެކިބަހުގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު، ކުންފުނީގެ
ޗެއަރމަންއާއި ކުންފުނީގެ ޖެނެރަލް މެނޭޖަރާއި އިބްރާހީމް ނަޒީމާއި ތިންމީހުންގެ ހާޒިރުގައި
ސުވާލުކުރެވި، ވާހަކަދެކެވި، މިކަންކަން އޮޅުންފިލުވިފައިވާނޭކަމަށް އިބްރާހީމް ނަޒީމް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ދީފައިވާ ހެކިބަހުގައި ބަޔާންކޮށްފައި ވީނަމަވެސް، އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން
އެއިން އެއްވެސް ފަރާތެއްގެ ބައެއްވިއަސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ
ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިނުވާކަމާއި، އަދި އެފަދަ އެއްވެސްކަމަކާ ގުޅިގެން
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މުޙައްމަދު ޢަބްދުއްރަޙްމާނަށް
އެހެންގޮތަކުންވިއަސް އެއްވެސް ނަސޭހަތެއް ނުވަތަ އިންޒާރެއް ދީފައިވާކަން އެނގޭނޭ އިތުރު އެއްވެސް
ހެއްކެއް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި،
މުޙައްމަދު
އިދިކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ހެކިބަސްދީފައިވާ ތިން ފަރާތުގެ ހެކިބަހުގައިވެސް އިއްތިފާޤުވެފައިވާ، ކުންފުނީގެ އުސޫލުތަކާ ޚިލާފަށް
ކުންފުނީގެ މީޓިންގ ރޫމް މުޙައްމަދު ޢަބްދުއްރަޙްމާންގެ އަމިއްލަ ބޭނުމަކަށް ބޭނުންކޮށްފައިވާކަމަށް
ބުނެފައިވާ ބުނުމަށް ބަލާއިރު، މުޙައްމަދު ޢަބްދުއްރަޙްމާނުގެ ދަރިފުޅަކު ވަރަށް މަދު ފަހަރަކު ކުންފުނީގެ
އޮފީހަށް އައިސް، މުޙައްމަދު ޢަބްދުއްރަޙްމާނަށް މަސައްކަތް ނިންމާލެވެންދެން އޮފީހުގައި
މަޑުކުރާކަމަށާއި، އެއީ އޮފީހުގައި ޓިއުޝަން ދިނުން ނޫންކަމަށް މުޙައްމަދު ޢަބްދުއްރަޙްމާނުގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަމާއި، މުޙައްމަދު އަބްދުއްރަޙްމާނުގެ ފަރާތުން ކޮށްފައިމިވާ
LG LC
އިނޗ2ނ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/150
کی مرگی
އޭނާގެ
އާކުރުމަށް
20
x2ތ ދ
އިކުރިކ
14 ޤަޟިއްޔާ ނިމުނު ގޮ
ކަމަކީ، މިމައްސަލާގައި ހެކިބަސްދީފައިވާ ފަރާތްތަކުން ސިފަކޮށްފައިވާ ފަދައިން، ކުންފުނީގެ އުސޫލުތަކާ
ޚިލާފަށް ކުންފުނީގެ މީޓިންގ ރޫމް މުޙައްމަދު ޢަބްދުއްރަޙްމާންގެ ދަރިފުޅަކަށާއި އެހެން ކުއްޖަކަށް ނުވަތަ
ކުދިންތަކަކަށް ޓިއުޝަންދިނުންކަމަށް ބެލިކަމުގައިވިއަސް، މިކަން ހިނގާފައިވާ ގޮތާބެހޭގޮތުން
އެފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، އެކަމަކީ ކުންފުނީގެ ވެރިންގެ
އެނގުމާ ފެނުމުގެ ތެރެއިން ހިނގަމުން ގޮސްފައިވާ ކަމެއްކަމާއި، އެކަން ހުއްޓާލުމަށް ކުންފުނިން
މުޙައްމަދު ޢަބްދުއްރަޙްމާނަށް އެންގުމާގުޅިގެން އޭނާ އެކަން ހުއްޓާލާފައިވާކަމާއި، އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަން ހުއްޓާލާފައިވަނިކޮށް އޭގެ ފަހުގެ ތާރީޚެއްގައިކަން އެނގޭކަމާއި،
އަދި، މުޙައްމަދު ޢަބްދުއްރަޙްމާނު ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބުތަކުގެ
ތެރޭގައި،
ވަޒީފާގެ
އެއްބަސްވުން
ސޮއިކުރަންޖެހޭ
ލިޔުން
(Renewal of Contract of Employment) ގައި އޭނާ ސޮއިކުރުމަށް ރުކޮށްފައިވުން
ހިމެނޭކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބުނާއިރު، އޭނާ
އެލިޔުމުގައި ސޮއިކޮށްފައިނުވަނީ އެލިޔުމުގައި ނުވަތަ އެ ލިޔުން ނިސްބަތްވާ އެއްބަސްވުމާމެދު އޭނާ
ސާފުކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމުންކަން، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ، 22 ޖުލައި
2012 ގެ ތާރީޚުގައި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް މުޙައްމަދު
ޢަބްދުއްރަޙްމާނު ފޮނުވާފައިވާ އީމެއިލްގެ ކޮޕީއަށް ބެލުމުން އެނގެން އޮންނައިރު، އޭނާގެ ފަރާތުން
ސާފުކުރަން ބޭނުންވީ ކަންތައްތައް އޭނާއަށް ސާފުކޮށްދީފައިވާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގެ ޤާނޫނީ ވަކީލު ބުނާ ބުނުން ފިޔަވައި އެކަންތައް އެގޮތަށް ހިނގާފައިވާކަން
ސާބިތުވާނޭ އިތުރު އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާކަމާއި،
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުޙައްމަދު
ޢަބްދުއްރަހްމާނު ވަޒީފާއިން ވަކިކުރަންޖެހުނު އަނެއް ސަބަބަކީ ކުންފުނީގެ "ވަޒީފާގެ ސިއްރު
ހިފެހެއްޓުމުގެ އިޤްރާރު" ގައި އޭނާ ސޮއިކުރުމަށް އިންކާރުކުރުންކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/15
کی مرکی
15 ޤަޟިއްޔާ ނިމުނު ގޮ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބުނާއިރު، މުޙައްމަދު ޢަބްދުއްރަޙްމާނާއި މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގައި ސިއްރު
ހިފެއްޓުމާބެހޭ ބައެއް ހިމެނިފައިވާއިރު، އިސްވެ މިދެންނެވުނު އިޤްރާރުގައި މުޙައްމަދު ޢަބްދުއްރަޙްމާނު
ސޮއިކުރުމަށް އިންކާރުކުރުމަކީ އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް ބެލެވެންޖެހޭ ގޮތެއް މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައިނުވާކަމާއި،
މިދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާނާ ދެމެދު، 9 ފެބްރުއަރީ 2011 ގައި ސޮއިކުރެވިފައިވާ
ވަޒީފާއާބެހޭ އެއްބަސްވުން (Contract of Employment) ގެ 42 ވަނަ މާއްދާގައި އަދި ކޯޕަރޭޓް
އެމްޕްލޯއީ ޕޮލިސީގެ 3.5.1 ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން، ނޯޓިހެއް ނުދީ
މުޙައްމަދު
މަދު ޢަބްދުއްރަޙްމާނު ވަޒީފާއިން ވަކިކުރެވޭފަދަ ޢަމަލެއް އޭނާގެ
ފަރާތުން ހިނގާފައިވާކަމަށް، އެކަށީގެންވާ ހަމަތަކުގެމަތިން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑަށް ބުނެދެވިފައިނުވާކަމާއި،
އެހެންކަމުން، މިޙާލަތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ޝަރުޠުތައް ޤާނޫނީ
ހަމަތަކުގެމަތިން ފުރިހަމަވެފައިވާކަމަށް ނުވަތަ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް
22
264
4 ވ 42
ނި ލިވިންގހެވެ"
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/163 މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/150
می هرکی
=32
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ
ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ،
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން މުޙައްމަދު ޢަބްދުއްރަޙްމާނު
ވަކިކުރުމުގެ ކުރިން، މުޙައްމަދު ޢަބްދުއްރަޙްމާނުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމަކާބެހޭ މަޢުލޫމާތު
(އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ
ފަރާތުން މުޙައްމަދު ޢަބްދުއްރަޙްމާނަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ
ފުރުޞަތު އޭނާއަށް
ފައަށް ދިނުމަށްފަހު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤުކަށް ފެނިފައިވުމުގެ
އިތުރުން މުޙައްމަދު ޢަބްދުއްރަޙްމާނަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ،
އޭނާ ކަނޑައެޅި މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި،
މިގޮތުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، އެމައްސަލައާ ގުޅިގެން މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށާއި، އެކުންފުނީގެ
ވަކީލުގެ ވާހަކަތަކަށް ބަލާއިރު، މުޙައްމަދު ޢަބްދުއްރަޙްމާނުގެ މައްޗަށް ކުންފުނިން ތުހުމަތުކޮށްފައިވާ
ކަންތައްތަކާ ބެހޭ
އޭނާއަކީ އެކާމާބެހޭގޮތުން ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް
ދީފައިވާކަން އަދި އެ މައްސަލާގެ ތަޙްޤީޤައް އެކުންފުނިން ހިންގާފައިވާކަން އެނގެންނެތްކަމާއި،
އެހެންކަމުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމު ގެކުރިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަންވެސް ޤާއިމުކޮށްފައިވާކަމަށް
މަޢުލޫމާތު
04 22
2 22 04
wލިވނތކެމެވެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/15
17 ޤަޟިއްޔާ ނިމުނު "
و مری
2011
OOOX <
ބި) ފަސްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ،
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާނާ ދެމެދު، 9
ގައި ސޮއިކުރެވިފައިވާ ވަޒީފާއާބެހޭ އެއްބަސްވުން
(Contract of Employment) އަށާއި، 18 ޖެނުއަރީ 2012 ގެ ތަރީޚުގައި ސޮއިކުރުމަށް
ތައްޔާރުކުރެވިފައިވާ ވަޒީފާގެ އެއްބަސްވުން
އާކުރުމުގެ ލިޔުން
(Renewal of Contract of Employment) އަށް ބަލާއިރު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން ވަޒީފާއަދާކުރަމުން ގެންގޮސްފައިވަނީ، ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ގައި ބަޔާން ކޮށްފައިވާފަދަ ވަޒީފާގެ ވަކިމުއްދަތެއް
ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުންކަން އެނގެންއޮތްއިރު، އަދި، ވަކިމުއްދަތެއް ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއްނަމަ، އެމާއްދާގެ (ށ) ގައިވާ ޙާލަތުގައި މެނުވީ، އެއެއްބަސްވުމުގެ މުއްދަތު
ހަމަވާނޭކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެއެއްބަސްވުން ނިމުމަކަށް
އަންނާނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާއިރު، އަދި
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) (ޤާނޫނު ނަންބަރު 14/2008 (ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާ) ގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިމައްސަލާގައި ހިމެނޭ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް
ކަނޑައެޅިފައިނުވާ
ޙާލަތެއް މެދުވެރިވެފައިވާކަން މުޙައްމަދު
ޢަބްދުއްރަޙްމާނަށް ދެއްކިފައިނުވާއިރު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި
މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގައި އެކުންފުނީގެ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަވެސް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު ޢަބްދުއްރަޙްމާނާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު
އެއްބަސްވުމެއްކަމަށް
ހދ 0
2c2
ބަލަންޖެހޭ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/150
18 ޤަޟިއްޔާ ނިމުނު "
کی عمر مترمربع
ހަމަވެފައިވަނިކޮށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން
އަދާކުރަމުންދިޔަ ވަޒީފާ އަލުން އޭނާއަށް ދިނުމަށް އެކުންފުނީގެ މައްޗަށް މަޖުބޫރުނުކުރެވޭނެކަމާއި،
އެހެންނަމަވެސް، މިރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ)، (ނ)، (ނ) އަދި
(ރ) ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ
ޤާނޫނާ ޚިލާފަށްކަން އެނގެން އޮތުމާއެކު، އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވުމާ
ގުޅިގެން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާ
ރުޖޫޢަކުރުމަށް އެކުންފުނީގެ މައްޗަށް މިމަރުޙާލާގައި މަޖުބޫރުނުކުރެވުނު ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން
ބަދަލު
ލިބިގަތުމުގެ
މިގެ ޙައްޤު މުޙައްމަދު ޢަބްދުއްރަޙްމާނަށް ލިބިގެންވާކަ
e
ހ 24
ހއވެ"
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މި މައްސަލަ ބެލުމުގައި
ބައިވެރިވި ދިވަހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ އެ
އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުނުކޮށްކަމަށް ވީހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/163 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ
ނިންމުމެއްކަމަށާއި، ނަމަވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި މުޙައްމަދު
އިމާނާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(ނ) (1) ގައި ބަޔާން ކޮށްފައިވާފަދަ ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިވާ
އެއްބަސްވުމަކަމަށްވެފައި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނިކޮށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ﷲ0
02 ތތ 2
P04އރޏވެ
ގެ
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/15
19 ޤަޟިއްޔާ ނިމުނު ގޮ
ދެވެ
OOOX
ކޯޕަރޭޝަން ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާ އަލުން އޭނާއަށް ދިނުމަށް
އެކުންފުނީގެ މައްޗަށް ޝަރީޢަތުން އަމުރުކުރާނެ ތަނެއް ނެތްކަމުގައި ވީނަމަވެސް، މޯލްޑިވްސް ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމުން އެކަމުގެ ބަދަލު ލިބިގަތުމުގެ ޙައްޤު މުޙައްމަދު
ޢަބްދުއްރަޙްމާނަށް ލިބިގެންވާކަމަށެވެ.
2c22
ޙުކުމް
ހ2 2
24
3
18ނ ކުރެވެން
ޅު
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި
ނައިފަރުޖޫނީވިލާ، މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ އެ
އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުނުކޮށްކަމަށްވުމާއެކު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި
ނައިފަރު!ޖޫރީވިލާ، މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގައި
އެކުންފުނިން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2008!2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުން ބާތިލުކޮށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި، ޅ.
ނައިފަރުޖޫތީވިލާ، މުޙައްމަދު ޢަބްދުއްރަޙްމާނާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ގައި ބަޔާން ކޮށްފައިވާފަދަ، ވަޒީފާގެ ވަކިމުއްދަތެއް
ކަނޑައެޅިފައިވާ އެއްބަސްވުމެއް ކަމަށްވެފައި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވުމާއެކު،
163VTR/2012
:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/150
20 ޤަޟިއްޔާ ނިމުނު ގޮ
=32
މިމަރުޙަލާގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި ނައިފަރުޖޫތީވިލާ،
މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާ އަލުން އޭނާއަށް ދިނުމަށް އެކުންފުނީގެ މައްޗަށް
ޝަރީޢަތުން އަމުރުކުރާނެ ތަނެއް ނެތްކަމަށާއި، އެހެންނަމަވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގައި މުޙައްމަދު ޢަބްދުއްރަޙްމާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ
ފާއާބެހޭ ޤާނޫނާ ޚިލާފަށްކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން،
އެކަމުގެ ބަދަލު ލިބިގަތުމުގެ ޙައްޤު މުޙައްމަދު ޢަބްދުއްރަޙްމާނަށް ލިބިގެންވާކަމަށާއި، އެޙައްޤު
ލިބިގަތުމުގެ މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިޚްތިޔާރު ނައިފަރު!ޖޫތީވިލާ، މުޙައްމަދު ޢަބްދުއްރަޙްމާނަށް
ލިބިގެންވާކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތުފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv