ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/255 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 255/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
*
* ނަން: އަޙްމަދު ރަޝީދު
އައިޑީ ކާޑުނަންބަރު: A133400
ދާއިމީ އެޑްރެސް: ރަސްފަރު/ ލ.އިސްދޫ
* މިހާރުގެ އެޑްރެސް:ފ.ނިއުލައިފް! ކ.މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 އޯގަސްޓް 2013
ނިމުނު ތާރީޚް: 21 ނޮވެމްބަރ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr
-
C/680
ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ވައްކަންކުރުން
، ހުށަހެޅި ތާރީޚް: 03 އޮކްޓޯބަރ 2012
ނިންމެވި ތާރީޚް: 09 ޖޫން 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2013/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/680
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ
އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށްޓަކައި ލ.އިސްދޫ ރަންފަރު އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކު
1- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/680 ޤަޟިއްޔާއަކީ ދައުލަތުގެ ފަރާތުން
ލ.އިސްދޫ ރަންފަރު އަޙްމަދު ރަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ވައްކަން ކުރުމުގެ ކުށުގެ މައްސަލައެއްކަމާއި
އެމައްސަލައިގެ ޙުކުމްގައިވަނީ ލ.އިސްދޫ | ރަސްފަރު އަޙްމަދު ރަޝީދުގެ މައްޗަށް
ކުޅަ ވައްކަންކުރުމުގެ ކުށުގެ މިދައުވާ ޝަރީޢަތުން ބެލިބެލުމުން، މ.ސީނިޔާވިލާ އިސްމާޢީލް ޖައްރާން
ޒުބައިރުގެ ބެލުމުގެ ދަށުގައިހުރި މ.ސީނުކަރަންކާގެއާގެ އިބްތިޝާމް ޙަސަން ރަޝީދުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ނަންބަރު AA0B P1206 ސައިކަލު 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި
ގެއްލިފައިވަނިކޮށް، 20 އޮގަސްޓް 2011 ދުވަހު 10:30 އެހާކަށްހާއިރު އަޙްމަދު ރަޝީދު ރަޖިސްޓްރީ
ނަންބަރު AA0A P3757 ސައިކަލުގައި ދުއްވާފައިދަނިކޮށް ފަރީދީ މަގުގައި ހުންނަ ފޯމެކްސް ކައިރީގައި
ވެހިކަލް ޗެކް ޕޮއިންޓްގައި ތިބި ފުލުހުން އަހްމަދު ރަޝީދު ހުއްޓުވާ ސައިކަލް ބަލާ ފާސްކުރިއިރު،
އެސައިކަލުގައި ހަރުކޮށްފައިހުރި ނަންބަރު ބޯޑަކީ ލިމިނޭޓްކޮށްފައިވާ ބޯޑެއްކަން އެނގިގެން އިތުރަށް
ބެލިބެލުމުން ސައިކަލްގެ މަޑި ދޮށުގައި ހިއްޕާފައިވާ އަހަރީ ފީ ސްޓިކާގައި ރަޖިސްޓްރީ ނަންބަރު AA03
P1206 ޖަހާފައި އޮތްކަމާއި، މިސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަމަށް ފުލުހުންނަށް ތުހުމަތު
ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލިއިރު، ސައިކަލުގެ އިންޖީނު ނަންބަރާއި؛ ރަޖިސްޓްރީ
ނަންބަރު AA0B_P1206 ސައިކަލުގެ އިންޖީނު ނަންބަރާއި ދިމާވާތީ، އަޙްމަދު ރަޝީދާއި ސުވާލުކުރުމުން
އެއީ އަޙްމަދު ރަޝީދު، ޢަބްދުﷲ ޢަލީގެ އަތުން ގަތް ސައިކަލެއްކަމަށް ބުނި ނަމަވެސް އެކަން އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{013/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަޝީދަށް ސާބިތުކޮށްދެވިފައި ނުވާތީ އަދި ރަޖިސްޓްރީ ނަންބަރު AAB P1206 ސައިކަލު ފެނުނީ
އަޙްމަދު ރަޝީދުގެ އަތުންކަމަށް އޭނަގެ އިޢުތިރާފުވެފައިވާތީ، ވައްކަމުގެ ކުށް ސާބިތުވެ، އަދި މިއީ މިކަށް
އަޙްމަދު ރަޝީދުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ
ދަށުން 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންކަން އެނގެން އޮވެއެވެ.
680/Cr-C/2012
2- ކްރިމިނަލް ކޯޓުގެ
ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވައިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން ލ.އިސްދޫ | ރަސްފަރު ޢަޙްމަދު ރަޝީދުގެ ފަރާތުން 04 (ހަތަރު) ނުކުތާއެއް
ހުށަހަޅައި އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ވަގަށް ނަގާފައިވާ ރަޖިސްޓްރީ ނަންބަރު AA0B P1206
ސައިކަލް ފެނުނީ އަޙްމަދު ރަޝީދު ދުއްވާފައި ދަނިކޮށްކަމަށް އިޢުތިރާފުވީ ނަމަވެސް ވައްކަން ކުރިކަމަށް
އަޙްމަދު ރަޝީދު އިންކާރުކޮށްފައިވާއިރު، ޝަރީޢަތުން މިވާގިއާއަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި
4 2 2 22
ނުކުތާއެވެ"
AA0B
* ދެވަނަ ނުކުތާއަކީ: ވައިން ނަގާފައިވާ ރަޖިސްޓްރީ ނަންބަރު P1206
ސައިކަލަކީ ޢަބްދުﷲ ޢަލީގެ އަތުން ގަތް ސައިކަލެއްކަމަށް ހެކިދޭނެ ހެކިން ޝަރީޢަތަށް ހުށަހެޅިފައިވާއިރު،
އެހެކިންގެ ހެކިބަސް ނެގުމެއްނެތި ޝަރީޢަތުން މައްސަލައިގައި ޙުކުމަށް ވާޞިލްވެފައި ވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ އިސްތިއުނާފުކުރާ އަޙްމަދު ރަޝީދަށް ސައިކަލެއް
ވިއްކާފައިވާކަމަށާއި، ވިއްކާފައިވަނީ ރަޖިސްޓްރީ ނަންބަރު AA0A P3757 ސައިކަލް ކަމަށް ޢަބްދު
ޢަލީ ޝަރީޢަތުގައި ބުނެފައިވާއިރު، ރަޖިސްޓްރީ ނަންބަރު AA0A P3757 ސައިކަލަކީ ޢަބްދުﷲ ޢަލީއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{13/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކިހާ ގުޅުމެއް އޮތް ސައިކަލެއްތޯ ބެއްލެވުމެއްނެތި އަދި ރަޖިސްޓްރީ ނަންބަރު AA0A P3757
ސައިކަލުގައި ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުވަތަ ރަޖިސްޓްރީ ބަދަލު ކުރިކަމުގެ އެއްވެސް މުޢާމަލާތެއް
ހިނގާފައި ވޭތޯ ބެއްލެވުމެއްނެތި ޝަރީޢަތުން ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ވައްކަމުގެ ކުށް ސާބިތުކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި
ކަނޑައަޅުއްވާފައިވާ މިންގަނޑާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)
އިން ކަނޑައަޅާފައިވާ ޤާނޫނީ މިންގަނޑު ކަމުގައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް
ސާބިތުކޮށްދިނުމުގެ ބަދަލުގައި އެއާއި ޚިލާފަށް މަދަނީ މިންގަނޑުކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް
ބިނާކޮށްގެން ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03. މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/680 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓް އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް
ހުށަހެޅިފައިވާ މިމައްސަލައާއިގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ވަގަށް ނަގައިފައިވާ ރަޖިސްޓްރީ ނަންބަރު AAB P1206
ސައިކަލު ފެނުނީ އަޙްމަދު ރަޝީދު ދުއްވާފައި ދަނިކޮށްކަމަށް އިޢުތިރާފު ވީ ނަމަވެސް ވައްކަން ކުރިކަމަކަށް
އަޙްމަދު ރަޝީދު އިންކާރުކޮށްފައިވާއިރު ޝަރީޢަތުން މިވާގިއާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ
އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
އަޙްމަދު ރަޝީދު ދުއްވަން އިންދާ ފުލުހުންނަށް ފެނުނު ސައިކަލާއި އަޙްމަދު ރަޝީދު،
ޢަބްދުﷲ ޢަލީގެ އަތުން ގަތް ސައިކަލާއި މިދެސައިކަލަކީ މުޅިން ތަފާތު ދެސައިކަލެއްކަން މިމައްސަލައިގެ
ބަޔާންތަކާއި ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބެލުމުން ވަރަށް ސާފުކޮށް އެނގޭކަމާއި،
202
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{13/HC-A/255
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަބްދު
AA0B
ޢަލީ އަތުން އަޙްމަދު ރަޝީދު ގަތް ސައިކަލަކީ ރަޖިސްޓްރީ ނަންބަރު AA0A
P3757 ސައިކަލެއްކަމާއި ނަމަވެސް އަޙްމަދު ރަޝީދު ދުއްވަނިކޮށް ފުލުހުންނަށް ފެނުނު ސައިކަލަކީ
މ.ސީނުކަރަންކާގެއާގެ އިބްތިޝާމް ޙަސަން ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު
P1206 ސައިކަލުކަންވެސް ބަޔާންތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި އަދި ރަޖިސްޓްރީ
ނަންބަރު AA0B P1206 ސައިކަލު ގެއްލިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް މައްސަލަ ހުށަހަޅާފައިވާކަންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤު ރިޕޯޓުން
އެނގޭކަމާއި މިސައިކަލް ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް އަޙްމަދު ރަޝީދު މިސައިކަލް
ދުއްވާފައި ދަނިކޮށް ފުލުހުންނަށް ފެނިފައިވާއިރު އެކަމަށް އަޙްމަދު ރަޝީދުވެސް އިންކާރުކޮށްފައި ނުވާކަމާއި
އަޙްމަދު ރަޝީދު ދުއްވަނިކޮށް ފުލުހުން ހިފެހެއްޓި ސައިކަލަކީ ރަޖިސްޓްރީ ނަންބަރު
AA0B Pl206 ސައިކަލް ކަމާއި އަދި އެސައިކަލަކީ އަހްމަދު ރަޝީދު ވަގަށްނަގާފައިވާ ސައިކަލެއް
ފެކަމަށް އަޙްމަދު ރަޝީދު ބުނެފައިވާކަމާއި އަދި އަޙްމަދު ރަޝީދު ދުއްވަންއިން ބުނެވިދިޔަ ސައިކަލުގެ
ރަޖިސްޓްރީ ނަންބަރު ބޯޑުމަތީގައި ލެމިނޭޓް ކޮށްފައިވާ ނަންބަރު ބޯޑެއް ހަރުކޮށްފައިވާކަމާއި
ލެމިނޭޓްކޮށްފައިވާ ބޯޑުގައި ރަޖިސްޓްރީ ނަންބަރަކަށް ލިޔެފައިވަނީ AA0A P3757 ނަންބަރު ކަންވެސް
އަޙްމަދު ރަޝީދުގެ ބަޔާންތަކުން އެނގޭކަމާއި އަދި އަޙްމަދު ރަޝީދު ދުއްވަނިކޮށް ފުލުހުން ހިފެހެއްޓި
ބުނެވިދިޔަ ސައިކަލް އަޙްމަދު ރަޝީދުއަށް ލިބިފައިވަނީ މީހަކު ވިއްކުމުންކަމަށް ޝަރުޢީ ހަމަތަކުގެ މަތިން
ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ އަޙްމަދު ރަޝީދުގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަން އެނގޭއިރު އަޙްމަދު
ރަޝީދުގެ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކުރެވޭވަރުގެ ހުއްޖަތެއް ޝަރީއަތަށް ހުށަހެޅިފައިނުވާ ހިނދު
އަޙްމަދު ރަޝީދު ދުއްވަނިކޮށް ފުލުހުން ހިފެހެއްޓި އިސްވެ ނަންގަނެވުނު ސައިކަލް އަޙްމަދު ރަޝީދު
އަތުގައިވަނީ ވަގަށް ނަގައިގެން ނޫންކަމަށް ޝަރީޢަތުން ބެލޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.
2ތ ތކތ
24 42 :
(ނ) ދެވަނަ ކަމަކީ، ވަގަށް ނަގައިފައިވާ ރަޖިސްޓްރީ ނަންބަރު AA0B_P1206
ސައިކަލަކީ ޢަބްދުﷲ ޢަލީގެ އަތުން ގަތް ސައިކަލެއްކަމަށް ހެކިދޭނެ ހެކިން ޝަރީޢަތަށް ހުށަހެޅިފައިވާއިރު
އެހެކިންގެ ހެކިބަސް ނެގުމެއްނެތި ޝަރީޢަތުން މައްސަލައިގައި ޙުކުމަށް ވާސިލުވެފައިވާކަމަށް ބުނެ
އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
ދިވެހިރާ-2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{13/HC-A/255
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
33ދ 8
4
2
AA0B
މިމައްސަލައިގައި އަޙްމަދު ރަޝީދުގެ މައްޗަށް ހުށަހެޅިފައިވަނީ އަޙްމަދު ރަޝީދު
ދުއްވަނިކޮށް ފުލުހުން ހިފަހައްޓާފައިވާ ސައިކަލަކީ ގެއްލިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ހުށަހަޅާފައިވާ ސައިކަލަކަށްވާއިރު ވަގަށް ނަގައިފައިވާ ސައިކަލެއް އަޙްމަދު ރަޝީދުގެ އަތުން ފެނިފައިވުމުން
ހުށަހެޅިފައިވާ މައްސަލައެއްކަމަށްވާއިރު އަޙްމަދު ރަޝީދުގެ އަތުން ފުލުހުންނަށް ފެނުނު ވަގަށްނަގާފައިވާ
ސައިކަލަކީ އަޙްމަދު ރަޝީދު ވަގަށްނަގާފައިވާ ސައިކަލެއް ނޫންކަމަށް ނުވަތަ އެސައިކަލް އަޙްމަދު
ރަޝީދުއަށް ލިބިފައިވަނީ މީހަކު އަޙްމަދު ރަޝީދުއަށް ވިއްކުމުންކަމަށް ސާބިތުކޮށްދިނުމަކީ އަޙްމަދު ރަޝީދު
އުފުލަންޖެހޭ ބުރައެއްކަމަ
އެކަމަށްވާއިރު
އަޙްމަދު ރަޝީދު ދުއްވަނިކޮށް ފުލުހުން ހިފަހައްޓަފައިވާ ރަޖިސްޓްރީ ނަންބަރު
P1206 ސައިކަލު އަޙްމަދު ރަޝީދު ޢަބްދުﷲ ޢަލީ އަތުން ގަތްކަމަށް ސާބިތުކުރެވޭވަރުގެ އެއްވެސް ހެއްކެއް
އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގޭކަމާއި
އަޙްމަދު ރަޝީދު، ޢަބްދުﷲ ޢަލީ ކިޔާ މީހެއްގެ އަތުން ގަތްފައިވާ ސައިކަލަކީ ރަޖިސްޓްރީ
ނަންބަރު AA0A P3757 ސައިކަލްކަން އަޙްމަދު ރަޝީދުގެ ބަޔާންތަކުންނާއި ޢަބްދުﷲ ޢަލީ ދަށު ކޯޓަށް
ދީފައިވާ ބަޔާންތަކުންނާއި ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގޭކަމާއި އަދި އަޙްމަދު ރަޝީދު 18
ޑިސެމްބަރ 2012 ގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި ސައިކަލް ގަތްއިރު އެގްރީމެންޓެއް ނުހަދާ
ކަމަށާއި ނަމަވެސް ސައިކަލް ގަނެ ލާރިދިންއިރު އަޙްމަދު ރަޝީދު އާއިއެކު ދެމީހުން ތިބޭނެކަމަށާއި އަދި
ސައިކަލުގައި އިން އަހަރީ ފީ ސްޓިކައި ބެލިކަމަށާއި ނަމަވެސް އޭގައި އިން ސައިކަލުގެ ނަންބަރެއް
ބަލައިނުލެވޭ ކަމަށްވެސް އަޙްމަދު ރަޝީދު ބުނެފައިވާއިރު އަދި އަޙްމަދު ރަޝީދު ސައިކަލު ގަނެ ސައިކަލުގެ
އަގު ދެއްކިއިރު އަޙްމަދު ރަޝީދު ކައިރީގައި ތިބި ދެމީހުންނަކީ ވެސް އަޙްމަދު ރަޝީދު ޢަބްދުﷲ ޢަލީ ކިޔާ
މީހެއްގެ އަތުން ސައިކަލެއް ގަތްކަން އެނގޭ ދެމީހުން ކަމާއި، އެމީހުންނަކީ އަޙްމަދު ރަޝީދު ދުއްވަނިކޮށް
ފުލުހުން ހިފެހެއްޓި ނަންބަރު AA0B P1206 ސައިކަލަކީ އަޙްމަދު ރަޝީދު ގަނެގެން ދުއްވިކަން ދަންނަ
ހެކިން ނޫންކަން އަޙްމަދު ރަޝީދު ދަށުކޯޓުގައި ދީފައިވާ ބަޔާންތަކުން ސާފުކޮށް އެނގެން އޮތުމުން
ކްރިމިނަލް ކޯޓުން
އެފަރާތްތައް
ހާޟިރުކުރަންޖެހޭ
ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައަކާއި ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް
ޖ9359 442
ގޮބލެކރވއވ"
ދިވެހިރާއް18 ޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{013/HC-A/255
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Puc
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ރަޝީދުއަށް ސައިކަލް ވިއްކާފައިވާކަމަށާއި ވިއްކާފައިވަނީ
ރަޖިސްޓްރީ ނަންބަރު AA0A P3757 ސައިކަލްކަމަށް ޢަބްދުﷲ ޢަލީ ޝަރީއަތުގައި ބުނެފައިވާއިރު
ރަޖިސްޓްރީ ނަންބަރު AA0A P3757 ސައިކަލަކީ ޢަބްދުﷲ ޢަލީ އާއި ކިހާ ގުޅުމެއް އޮތް ސައިކަލެއްތޯ
ބެއްލެވުމެއްނެތި އަދި ރަޖިސްޓްރީ ނަންބަރު AA0A P3757 ސައިކަލުގެ ވިޔަފާރީގެ އެއްވެސް
މުޢާމަލާތެއް ހިނގާފައިވޭތޯ ބެއްލެވުމެއްނެތި ޝަރީޢަތުން ޙުކުމްކުރައްވާފައިވާ ކަމަށްބުނެ އިސްތިއުނާފުކުރި
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
މިނުކުތާތަކަކީ އަޙްމަދު ރަޝީދު ދަށުކޯޓުގައި ބަޔާންކޮށްފައިވާ ދިފާޢީ ނުކުތާތަކެއް ނޫންކަން
ފާހަގަކުރެވޭކަމާއި އަދި މިއީ ދަށުކޯޓުން ބައްލަވާފައިވާ ނުކުތާއެއް ނޫންކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ
އަސާސްކަމުގައި ބަލައިގެންކަމަށްވާއިރު އަޙްމަދު ރަޝީދުގެ ފަރާތުން އިސްތިއުނާކުރުމަށް ހުށަހަޅާފައި މިވާ
ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަކީ އަޙްމަދު ރަޝީދުގެ ފަރާތުން ދަށުކޯޓުގައި ހުށަހެޅި ދިފާޢުތައް
އަސްލަކަށް ބަލައިގެން ހުށަހެޅިފައިވާ ނުކުތާއަކަށް ނުވާތީ މިއީ މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިދެވޭނެ
ނުކުތާއެއްކަމުގައި ބެލެވެންނެތްކަމެވެ.
cox
(ރ) ހަތަރުވަނަ ކަމަކީ، ވައްކަމުގެ ކުށް ސާބިތުކުރުމަށްޓަކައި އިސްލާމީ ޝަރީއަތުގައި
ކަނޑައަޅުއްވާފައިވާ މިންގަނޑާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)
އިން ކަނޑައަޅާފައިވާ ޤާނޫނީ މިންގަނޑުކަމުގައިވާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ސާބިތުކޮށްދިނުމުގެ
ބަދަލުގައި އެއާއި ޚިލާފަށް މަދަނީ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެން
ހުކުމް ކުރައްވާފައިވާ ކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި އަޙްމަދު ރަޝީދުގެ މައްޗަށް
ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް
ނަޒަރުކޮށް އަދި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސައިކަލް ފެނިފައިވަނީ އަޙްމަދު ރަޝީދު
ދުއްވަނިކޮށް އަޙްމަދު ރަޝީދު އަތުންކަމަށްވެފައި އެސައިކަލަކީ އަޙްމަދު ރަޝީދު ޢަބްދުﷲ ޢަލީގެ އަތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2{13/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގަނެފައިވާ ސައިކަލެއްކަމަށް އަޙްމަދު ރަޝީދު ބުނި ނަމަވެސް އެކަން އަޙްމަދު ރަޝީދުއަށް ސާބިތުކޮށް
ދެވިފައި ނުވުމުންކަން ވެސް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/680 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި
އެހެންކަމުން ކްރިމިނަލް ކޯޓުން އަޙްމަދު ރަޝީދުގެ މައްޗަށް ވައްކަން ކުރުމުގެކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށް ބެލެވެންނެތްކަން
ފާހަގަކުރެވެއެވެ.
ވީމާ އިސްވެ ބަޔާންކުރެވިދިޔަ ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން
ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/680 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމް
އިސް ތިއުނާފުކުރުމަށް އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހަށް ނުފެނެއެވެ.
އެ5
3 24 2 0 22
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/680 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ރަޝީދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަން
ޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ސަބަބެއްނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާ މައްސަލަ ނިންމީއެވެ.
ދިވެހިރާ-2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv