ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/396 ޤަޟިއްޔާގެ ޙުކުމް
1
2{015/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 396/HC
-
A/2015
2
· ·
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަބްދުﷲ ޢާޞިމް
ދާއިމީ
އެޑްރެސް: ސްނޫޕީ/ މާލެ
އައި.ޑީ.ކާޑު ނަންބަރު: A010087
މިހާރުގެ
* ވަކީލް: އދ. މައުމޫން ޙަމީދު، ހ. މީނާޒް/ މާލެ
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު މުޙައްމަދު
ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޞަފާ އިބްރާހީމް
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ޞަފަރު 1439 ނިމުނު ތާރީޚް: 06 ރަބީޢުލްއައްވަލު 1437
09 ޑިސެމްބަރ 2015
17 ޑިސެމްބަރ 2015
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2015
/
7777/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުއްވި ތާރީޚް: 19 ނޮވެމްބަރ 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲދީދީ
ފަނޑިޔާރު ޢަބްދު
ޢަމީދު
ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ޑީރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2015/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7777/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ހ. ސްނޫޕީ ޢަބްދުﷲ ޢާޞިމް (އައިޑީކާޑު ނަންބަރު A010087)ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7777/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ކ. ސްނޫޕީ ޢަބްދުﷲ ޢާޞިމް (އައިޑީކާޑު ނަންބަރު A010087)ގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7777/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރުއްވާފައިވަނީ، 19 ނޮވެމްބަރ 2015 ދުވަހުގެ 13:46 އިން ފެށިގެން 04 ޑިސެމްބަރ 2015
ދުވަހުގެ 13:45 އަށް ހ. ސްނޫޕީ ޢަބްދުﷲ ޢާޞިމް (އައިޑީކާޑު ނަންބަރު A010087) މިނިސްޓްރީ އޮފް
ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަބްދު
ޢާޞިމް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވީ ސަބަބަކީ، "މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި” ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{015/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
3. ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
7777/J
/
MD-145 ކޯޓު
އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ހ. ސްނޫޕީ ޢަބްދުﷲ ޢާޞިމުގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޢަބްދުﷲ ޢާޞިމުގެ
ފަރާތުން ހުށަހަޅާފައިވާ!
0
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުން ޢަބްދުﷲ ޢާޞިމް ބަންދުކުރުމުގެ އަމުރު
ނެރުއްވާފައިވަނީ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި މީހެއް ބަންދުކުރުމުގައި ރިޢާޔަތްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްނުކުރައްވާ
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
OXO
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143
ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ
މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާއިން އެކޯޓުން
ކަނޑައަޅުއްވާފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ
2
LUCO
ނުކުތާއެވެ.
04 3 22 2
ތިންވަނަ ނުކުތާއަކީ: ޢަބްދުﷲ ޢާޞިމްގެ ބަންދުގެ މުއްދަތު
އަނމށް
ހުށަހަޅައި
ބަންދާމެދު ގޮތެއް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، 17 ވަނަ
18 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއާއި، 51 ވަނަ މާއްދާގެ (ބ)
012އ،
ޑީރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2015/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އާއި، 57 ވަނަ މާއްދާއާއި، 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާއިން އެ ކޯޓުން ކަނޑައަޅުއްވާފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ
3 24 25
ހަތަރުވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ށ) ން ޢަބްދުﷲ ޢާޞިމަށް ލިބިދީފައިވާ ޙައްޤުތައް
ނެތި ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ކަށަވަރުކޮށްދެއްވުމެއް
• ފަސްވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއާއި 68 ވަނަ މާއްދާއާ ޚިލާފަށް
ޢަބްދުﷲ ޢާޞިމަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްނުވާގޮތަށް
ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 201517777/J/MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
މ. ސްނޫޕީ ޢަބްދުﷲ ޢާޞިމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7777/J
/
MD-145 ކޯޓު އަމުރަށް
ބަލާއިރު އެކޯޓު އަމުރަކީ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{15/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 224
م کی
(އެމް.އެމް.ޕީ.އާރ.ސީ) ގައި މަސައްކަތްކުރާ އިސްބޭފުޅުންތަކަކާ ބައިވެރިވެގެން ރާއްޖެއާއި ރާއްޖެއިން
ކުންފުނިތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރިސޯޓް ހެދުމަށް ރާއްޖެއިން ރަށްތަކެއް ދޫކުރުމަށްފަހު ލިބިފައިވާ
ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ޣައިރުޤާނޫނީ ޢަމަލުތަކެއް ކުރުމަށް މަގުފަހިކޮށްދީފައިވާކަމަށް ހ. ސްނޫއީ
ޢަބްދުﷲ ޢާޞިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން،19 ނޮވެމްބަރ 2015 ދުވަހުގެ 13:46
އިން ފެށިގެން 04 ޑިސެމްބަރ 2015 ދުވަހުގެ 13:45 އަށް ޢަބްދުﷲ ޢާޞިމް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަމާއި،
މިގޮތަށް ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ، މުޖުތަމަޢުގެ ހަމަޖެހުމާއި،
ސަލާމަތާއި، ރައްކާތެރިކަމަށްޓަކައިކަން އެއަމުރަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7777/J
/
MD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޢާޞިމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، އެނުކުތާތަކުގެ
ތެރެއިން 1 ން 3 ކަށް ހުށަހަޅާފައިވާ ނުކުތާތަކަކީ، ޢަބްދުﷲ ޢާޞިމް ހައްޔަރުކުރެވިފައިވާ މައްސަލާގައި
މީގެކުރިން ކްރިމިނަލް ކޯޓުން ނެރުއްވި ދެއަމުރެއް އިސްތިނައުނާފުކުރުމަށް ޢަބްދުﷲ ޢާޞިމްގެ ފަރާތުން
ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ނަންބަރު
372/HC
-
A/2015 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅުއްވާފައިވާ ނުކުތާތަކެއްކަމާއި، އަދި އެޤަޟިއްޔާތަކުގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް ބަދަލެއް ގެންނަވާފައިވާކަން
އެނގެންނެތްކަމާއި، އެނުކުތާތަކާމެދު މިޤަޟިއްޔާގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭކަމަށް
2015/HC-A/356
0
<< O
22 ތ ދ ތ
އެހެންކަމުން
ނުފެންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
4 22
ވީހިރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{15/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 2
ނިންމުމުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ށ) ން ޢަބްދުﷲ ޢާޞިމަށް ލިބިދީފައިވާ ޙައްޤުތައް
ކަށަވަރުކޮށްދެއްވުމެއް ނެތި ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށާއި އެނުކުތާގެ
ތަފްޞީލުގައި ޢަބްދުﷲ ޢާޞިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހުގައި ޢަބްދުﷲ ޢާޞިމުގެ
ޤާނޫނީ ވަކީލަށް އެކަށީގެންވާ ފުރުޞަތު ކޯޓުން ދެއްވާފައިނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ބަލާއިރު،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއަކީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް
ބަޔާންކުރާ މާއްދާކަމާއި، އަދި އެމާއްދާގެ (ބ) އަކީ ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށް އެކަށީގެންވާ
ވަގުތާއި، ވަޞީލަތް ލިބެންވާނެކަމާއި އަދި އެމީހަކު އިޚުތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ
ފުރުޞަތު ދޭންވާނެކަމަށް ބަޔާންކުރާ މައްދާކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ޢަބްދުﷲ ޢާޞިމްގެ މައްޗަށް
ކުރެވިފައިވަނީ ކުށެއްކުރިކަމުގެ ތުހުމަތުކަމާއި، އަދި އެމައްސަލައަކީ ތަހުޤީގު މަރުޙަލާގައިވާ
މައްސަލައެއްކަމާއި، އެތުހުމަތާ ގުޅިގެން ޢަބްދުﷲ ޢާޞިމުގެ މައްޗަށް މިހާތަނަށް ދަޢުވާ އުފުލިފައިނުވާކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އެހެންކަމުން ޢަބްދުﷲ ޢާޞިމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި
ބަޔާންކުރާ ޙާލަތުގައިހުރި ފަރާތެއްނޫންކަމާއި،
ޢަބްދުﷲ ޢާޞިމަކީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްކަމާއި، ކުށެއްގެ ތުހުމަތުގައި
ފަރާތްތަކުގެ
ތަކުގެ ޙައްޤުތައް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައިކަމާއި،
އެމާއްދާއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ޙައްޤު
ތުހުމަތުކުރެވިފައިވާ ފަރާތަށް ކަށަވަރުކޮށްދީފައިވާއިރު، ޢަބްދުﷲ ޢާޞިމްގެ ބަންދާމެދު ގޮތެއް ނިންމި
މަޖިލީހަށް ޢަބްދުﷲ ޢާޞިމުގެ ޤާނޫނީ ވަކީލު ހާޒިރުކުރެވި ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުސަތު ޢަބްދު
ޢާޞިމުގެ ޤާނޫނީ ވަކީލަށް ދެވިފައިވާކަން މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން އެނގެންއޮންނަކަމާއި، އެހެންކަމުން ޢަބްދުﷲ ޢާޞިމްގެ ބަންދާމެދު ގޮތެއް ނިންމަވާފައިވަނީ ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
OXO
ހ 0
2
2
24
0,0ކރވެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2015/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަވާޢިދުގެ 6 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކުރާ ފުރުސަތު ޢަބްދުﷲ ޢާޞިމަށް ނުލިބޭކަމުގައި
ބެލެވނތކެމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޢަބްދުﷲ ޢާޞިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އަމުރުގައި ޢަބްދުﷲ ޢާޞިމް ބަންދުގައި ބެހެއްޓުމަށް ފެންނަ ސަބަބު ބަޔާންކޮށްފައިވަނީ ކޮން
ކަންތައްތަކެއްގެ މައްޗަށް ރިޢާޔަތްކުރައްވައިކަން އެއަމުރުގައި އެއްވެސް ވަރަކަށް ބަޔާންކޮށްފައިނުވާކަމަށް ބުނެ
ޢަބްދުﷲ ޢާޞިމްގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބެއްގެ މައްޗަށް ބިނާކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދެއްވައި ނެރުއްވާ ކޯޓު އަމުރުގައި ބަޔާންކުރުން
ލާޒިމުވާނީ ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބުކަމަށާއި، އެސަބަބުގެ ތަފްޞީލު ކޯޓު އަމުރުގައި
ލިއުއްވުމަކީ ލާޒިމުކަމެއްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 168/HC
-
A/2015 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމާއި، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރަށް ބަލާއިރު އެއަމުރުގައި
ޢަބްދުﷲ ޢާޞިމް ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބު ބަޔާންކުރައްވާފައިވާކަމާ
ކަމާއި، އެއީ މުޖުތަމަޢުގެ
ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައިކަން އެއަމުރަށް ބެލުމުން އެނގެންއޮންނަކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 201517777/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2015/HC-A/396
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
8
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި
އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7777/J
/
MD-145 ކޯޓު އަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;