ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/319 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 319/HC-A/2013
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ރަޝީދު
އައިޑީ ކާޑު ނަންބަރު: A064904
ދާއިމީ އެޑްރެސް: ހުވަދުމާގެ/ ބ. އޭދަފުށި
މިހާރުގެ އެޑްރެސް: ގ. ނީނަވާ
0
ހުށަހެޅުނު ތާރީޚް: 31 ޑިސެމްބަރ 2013
ނިމުނު ތާރީޚް: 19 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2012/Cv-C/1948
ނިންމެވިކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅުނު ތާރީޚް: 07 އޮކްޓޯބަރު 2013 ނިމުނު ތާރީޚް: 19 ނޮވެމްބަރު 2014
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/319
2
8
0
49 ހދ538,
އއބނވާކަމަށްދޭ،
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/211 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 30
/
89-C) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޔުމްނު| މާލެ ޢަބްދުއްރައޫފު
(ދިވެހިރައްޔިތެއްކަން އަންގައިދޭ
މިދޭ ކާޑް ނަންބަރު A074331} އެވެ.
0އ
މއ. ޔުމްނު
ހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/211 މައްސަލަ އަކީ،
. މާލެ، ޢަބްދުއްރައޫފު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A074331) ސަންފުރަންޓް
ޕްރައިވެޓް ލިމިޓެޑްގެ ޑެލިވަރީ ސެކްޝަންގެ ސީނިއަރ ސްޕަވައިޒަރު ކަމުގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 05 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާތީ، ޢަބްދުއްރައޫފު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ، ގެއްލުނު ވަޒީފާ އަނބުރާ ހޯދުމަށް އެދި، ސަން
ފުރަންޓް ޕްރައިވެޓް ލިމިޓެޑަށް މައްސަލަ ރައްދުވާގޮތަށް 31 އޮކްޓޯބަރ 2012 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް، ޢަބްދުއްރައޫފު ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމުގައިވަނީ، "ދެންފަހެ،
މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ
މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި ޢަބްދުއްރައޫފު، ސަންފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ
ޑެލިވަރީ ސެކްޝަންގެ ސީނިއަރ ސްޕަވައިޒަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުން އައިސްފައިވަނިކޮށް، 2012
ވަނަ އަހަރުގެ އޮގަސްޓް މަހުގެ 05 ވަނަ ދުވަހު އޭނާ އެމަޤާމުން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23
44
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
ވަނަ މާއްދާއާއި، އޭނާއާ ކުންފުންޏާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 41 ވަނަ މާއްދާގެ (ށ) (ރ)
އަދި (ބ) ގެ ދަށުން ކުންފުންޏަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ކަމަށް މައްސަލަ ރައްދުވާފަރާތުން ބުނާއިރު،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި މަޢުޟޫޢީގޮތުންނާއި އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައިވާކަން ސާބިތުވާ
މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް ޢަބްދުއްރައޫފު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި
މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކޮށް ބަދަލުގެ ގޮތުގައި 141,500.39 (އެއްލައްކަ ސާޅީސް އެއްހާސް ފަސްސަތޭކަ ޕޮއިންޓް ތިނެއް
ނުވަހެއް) ރުފިޔާ، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ
ތެރޭގައި އޭނާއަށް އެކީ އެއްފަހަރާ ދީ ޚަލާސް ކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރަމެވެ.“
މިފަދައިންކަން އެމައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
CCCX Occ
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/211 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ
ތިއުނާފުކުރަމުން، އަންނަނިވި 6 (ހައެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މއ. ޔުމްނު ޢަބްދުއްރައޫފު ސަންފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުންނާއި، ޢަބްދުއްރައޫފުއާ
ކުންފުންޏާ ދެމެދު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ 47 ވަނަ މާއްދާގެ (ށ) (ރ) އަދި (ބ) ގެ ދަށުން
ކުންފުންޏަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ވަކިކޮށްފައިވަނީ މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
0
2010/HC-A/24
ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި
ލިޔުންތަކުންނާއި، ހެކިންގެ ހެކިބަހުން އެނގެން އޮންނަކަމާއި، ނަމަވެސް އެކަންކަމުގެ މައްޗަށް ޢަދުލުވެރި
އަދި އިންޞާފުވެރި ނަޒަރަކުން އެކަށީގެންވާ ގޮތެއްގައި ނުބައްލަވާ މައްސަލަ ނިންމާފައިވާކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި މައުޟޫޢީ ގޮތުންނާއި، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން
ސާބިތުވާ މިންވަރަށް ކުންފުނީގެ ފަރާތުން ދަލީލު ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެ ކުންފުނިން ޢަބްދުއްރައޫފު
ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނާޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުއްވި
ކަނޑައެޅުއްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ފާހަގަ
ކުރައްވާފައިވާ ފަދައިން މީހެއްގެ މައްޗަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ
ކަމަށް ބަލަންޖެހޭ މިންގަނޑުން ބެލިގެން ކަނޑައެޅުއްވި ކަނޑައެޅުއްވުމެއް
މެއްކަމުގައި ބެލެވެން ނެތުން ކަމަށްބުނެ
ފާހަގަކުރި ނުކުތާއެވެ.
. ތިންވަނަ ނުކުތާއަކީ: ޢަބްދު އަނގަބަހުން ނަޞޭޙަތްދީފައިވާކަން އެނގޭނެ އެއްވެސް
ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެއްލެވި މަރިޔަމް ނާޒިމާގެ
ރަޢުޔުގެ 1.5 ގައި ފާހަގަކޮށްފައިވާއިރު، އެވާހަކައަކީ އޭގެ ޒާތުގައިވެސް ދެކޮޅުނުޖެހޭ ވާހަކައެއްކަމާއި، އަދި
އެވާހަކައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާވެސް ޚިލާފު ވާހަކައެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ޢަބްދުއްރައޫފަށް ބަދަލުގެ ގޮތުގައި 141,500.39 (އެއްލައްކަ ސާޅީސް
އެއްހާސް ފަސްސަތޭކަ ޕޮއިންޓް ތިނެއް ނުވަހެއް) ރުފިޔާ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ ކަމަށް
ކަނޑައަޅުއްވާފައިވަނީ އިންޞާފުވެރި ގޮތެއްގައި ކަމަށް ނުދެކޭ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަކީ
ވަޒީފާ އަދާކުރާ މީހާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ
އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައި ނޯޓިހެއް ދިނުމަކާ
ނުލައި ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބުނެފައި އޮންނަ މާއްދާއެއްކަމާއި،
0
ހ4 2 ހ2 ދވ
ޢަޏއެރުއޭފުށް
etc >
2
0
2
3
4 ޑ
.ގެންނުވުމާއެކު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
etcc
/39ކވެ
އެގޮތުން ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް
ލިބިދާނެ ކަމަށް ފެނިއްޖެ ޙާލަތުގައި އެމީހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދިންފަރާތަށް ލިބިގެންވާކަން
23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި، ޢަބްދުއްރައޫފު ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ ފަރާތުން ކުންފުންޏަށް ގެއްލުންތަކެއް ލިބިފައިވާކަން ސާބިތުވެގެންކަމަށް ވީހިނދު،
ޢަބްދުއްރައޫފު ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް
ވެގެންކަމަށް ބަލަންޖެހޭ ކަމާއި، އެހެންކަމުން ޢަބްދުއްރައޫފު ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވަނީ
ރަނގަޅަށް ނޫންކަމުގައި ބެލުމުގެ ޖާގަ އޮތްކަމަށް ނުފެންނަ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރާ ކަމަކަށް ޖަވާބުދާރީ ވުމުގެ
ފުރުޞަތު އެފަރާތަކަށް ދިނުމާއި، ތުހުމަތުކުރި ކަމެއް އެކަށީގެންވާ މިންވަރަށް ބަލާ ވަޒަން ކުރުމަކީ
އިންޞާފުވެރި ގޮތެއްގައި ކަންކަން ބެލުމުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ދެ ކަމެއް ކަމުގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ (މަރިޔަމް ނާޒިމާގެ ރަޢުޔުގެ 1.5 ގައި) މިދެކަމަކީވެސް ކުންފުނިން
ފުރިހަމަކޮށްފައިވާ ކަންކަންކަމުގައި ވީނަމަވެސް އެކަންކަން ފުރިހަމަ ކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ފާހަގަކުރައްވާ އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޢަބްދުއްރައޫފު
އެއްކޮޅަށް މައްސަލަ
ނިންމާފައިވާ ކަމަށްބުނެ
ކަމަށްބުނެ ފާހަގަކުރި
ނe Pއވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/211 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރަމުން ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޢަބްދުއްރައޫފުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މއ. ޔުމްނު/ މާލެ، ޢަބްދުއްރައޫފުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި
މައްސަލައަކީ، ޢަބްދުއްރައޫފު ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑެލިވަރީ ސެކްޝަންގެ ސީނިއަރ
ސްޕަވައިޒަރުކަމުގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 05
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/319
އެއްބަސްމެއެވެސް
ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާތީ، ޢަބްދުއްރައޫފު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް
ބުނެ، ގެއްލުނު ވަޒީފާ އަނބުރާ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއިގެ
ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން އަންނަތާ 02 (ދޭއް) އަހަރާ 03
(ތިނެއް) މަސް ދުވަސްވީ ފަހުން، އެމުއްދަތުގެ ތެރޭގައި ޢަބްދުއްރައޫފުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބުނެ
ކުންފުނީގެ ފަރާތުން ޢަބްދުއްރައޫފުއާ ވާހަކަ ދައްކާފައި ނުވާކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިޞްލާޙީ ފިޔަވަޅެއްވެސް އަޅާފައި ނުވާކަމަށާއި، އަދި 2010 ވަނަ
އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހުން ފެށިގެން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު 12 ވަނަ ދުވަހާ
ހަމައަށް އަބްދުއްރައޫފު ލައްވާ މަސައްކަތް ކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ ވަޒީފާގެ
އަދި ވަޒީފާގެ ބަޔާނެއްވެސް ނެތިކަމަށާއި އަދި އަހަރީ ޗުއްޓީ ނުދިނުމުގެ ސަބަބުން އަހަރީ
ޗުއްޓީ ކެންސަލްވެފައިވާކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި
ޢަބްދުއްރައޫފު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޢަބްދުއްރައޫފު ދެކޭކަމަށާއި، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޢަބްދުއްރައޫފު ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ފަރާތުން ދިން
އިންޒާރުގައި ޢަބްދުއްރައޫފު ސޮއިނުކުރުމުން ވަޒީފާއިން ވަކިކޮށް ކުންފުނީގެ ފަރާތުން ޢަބްދުއްރައޫފަށް
ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމަށް، މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ
ތަފްޞީލުގައި ޢަބްދުއްރައޫ
އެރައޫފުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑެލިވަރީ ސެކްޝަންގެ ސީނިއަރ ސްޕަވައިޒަރުގެ
ވަޒީފާއިން ޢަބްދުއްރައޫފު ވަކިކޮށްފައިވަނީ، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ ދަށުންނާއި ޢަބްދުއްރައޫފުއާއި ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 41 ވަނަ
މާއްދާގެ (ށ) (ރ) އަދި (ބ) ގެ ދަށުން ކުންފުންޏަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުންކަމަށް، ސަން ފުރަންޓް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/211
މައްސަލައަށް ބަލާއިރު އެމައްސަލައަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި
އެކުލަވާލެވިފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ
ހދ8.
ކމނ،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
6
8
އިނީ 3
4
މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްކަން
އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި
ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި،
ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ،
މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، މިމާއްދާގެ މި ނައްސަށް ބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
ދަށުން، ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް
ފުރިހަމަވެގެންކަމާއި، އެއީ
މުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
މައެދާގެ
1. އެމުވާ
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން؛
4 447
42
ކުރެވނ
ކަން އެނގޭކަމާއި؛
48
ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިޝާރާތްކުރެވުނު ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި،
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާކަމަށް
ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ
ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގެން
އޮންނަކަމާއި،
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދޮންކަމަށް
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
2
8
9
8 ދޑ 8
3އން.ޕީކއ
44 63
532
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެ ކަމާއި؛
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ
ޝަރުޠުކަމަށްވާ، އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނޭ
ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން“ ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ
ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ ހަމައަކަށް ވެގެންކަން އެމާއްދާއިން
އެނގެން
އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުސޫލަށާއި، މުޅި
ޤާނޫނުގެ ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ
ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން
ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން އެނގެއެވެ.
(ނ) ”މއ. ޔުމްނު ޢަބްދުއްރައޫފު، ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުންނާއި، ޢަބްދުއްރައޫފުއާ ކުންފުންޏާ
ދެމެދު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ 41 ވަނަ މާއްދާގެ (ށ) (ރ) އަދި (ބ) ގެ ދަށުން ކުންފުންޏަށް
ލިބިގެންވާ އިޚްތިޔާރުގެ ދަށުން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
ޤާއިމުކުރުމަށްފަހުގައިކަން ސަ ންފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ލިޔުންތަކުންނާއި، ހެކިންގެ
ހެކިބަހުން އެނގެން އޮންނަކަމާއި، ނަމަވެސް އެކަންކަމުގެ މައްޗަށް ޢަދުލުވެރި އަދި އިންޞާފުވެރި ނަޒަރަކުން
އެކަށީގެންވާ ގޮތެއްގައި ނުބައްލަވާ މައްސަލަ ނިންމާފައިވާ“ ކަމަށް ބުނެ ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުއްރައޫފުއާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް
ބަލާއިރު، އެއްބަސްވުމުގެ 41 ވަނަ މާއްދާއަކީ، އެއްވެސް ނޯޓިއް ނުވަތަ އެއާ ގުޅޭ ފައިސާއެއް ދިނުމަކާ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
ނުލައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ މީހާ، ވަގުތުން އެޅޭ ފިޔަވަޅެއްގެ
ގޮތުގައި، ވަޒީފާއިން ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ޙާލަތްތައް
ބަޔާންކުރެވިފައިވާ މާއްދާއެއް ކަމާއި،
އިޝާރާތްކުރެވުނު ވަޒީފާގެ އެއްބަސްވުމުގެ 41 މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވަނީ،
”ހިނގާދިޔަ ހާދިސާގެ ބާވަތުން މުވައްޒަފު މީހާގެ ޢަމަލުތައް ބެހެއްޓިގޮތުން (އޭނާ އެކަމެއްގައި ގަސްދުގައި
ފަރުވާކުޑަކުރުން ނުވަތަ އުފުލަންޖެހޭ ޒިންމާ ގަސްދުގައި ނުނެގުން) ވަޒީފާދިން ފަރާތުން ހިންގާ މަސައްކަތަށް
ސީދާގޮތުންނާއި އަދި ނުސީދާގޮތުން ވަޒީފާދިން ފަރާތަށް ފައިސާއިން ނުވަތަ މުދަލުން ނުވަތަ ލިޔެކިޔުމާއި އަދި
ހިންގާ ވިޔަފާރިއެއްގެ މައުލޫމާތުން ބޮޑު ގެއްލުމެއްވުން. މިފަދައިން ކަމާއި،
އަދި އެމާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވަނީ، ”ވަޒީފާ އަދާކުރާ ފަރާތުގެ ޢަމަލުތައް ހުރިގޮތުން
އެހެން މުވައްޒަފުން ޝަކުވާކޮށް، އެ ކުރާ ޝަކުވާއަކީ ހަގީގީ ބުރަދަންހުރި ޝަކުވާއަކަށްވެފައި، އެކަމުގައި
ފިޔަވަޅުނާޅައިފިނަމަ އެހެން މުވައްޒަފުންގެ މަސްލަހަތުގެއްލި، ވަޒީފާދިން ފަރާތައް ގެއްލުމާއި ދަތިތައް
ކުރިމަތިވެ ވަޒީފާދިން ފަރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވުން.“ މިފަދައިން ކަމާއި؛
އަދި އެމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވަނީ، ”ވަޒީފާދޭ ފަރާތުގެ ކަސްޓަމަރަކަށް ނުވަތަ
އެހެނިހެންވެސް ބައިވެރިއަކާމެދު އެކަށީގެންނުވާވަރުގެ ބޭއަދަބީ މުއާމަލާތެއް ހިންގުމުގެ ސަބަބުން، އެފަރާތުން
އެކަމުގެ ޝަކުވާކޮށް
ޝަކުވާކޮށް އަދި އެކަމުގެ ސަބަބުން ވަޒީފާދިން ފަރާތުގެ ވިޔަފާރިއަށް ބޮޑު
މިފަދައިންކަން އެނގެން އޮންނަކަމާއިގެ
ޢަބްދުއްރައޫފު ސަ ންފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑެލިވަރީ ސެކްޝަންގެ ސީނިއަރ
ސްޕަވައިޒަރު ކަމުގެ މަޤާމުގައި ވަޒީފާ އަދާކުރި ދުވަސްވަރު، ޢަބްދުއްރައޫފުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް
އަދާކުރުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން، ސީދާގޮތުންނާއި އަދި ނުސީދާގޮތުންވިޔަސް ވަޒީފާދިން ފަރާތަށް
ފައިސާއިން ނުވަތަ މުދަލުން ނުވަތަ ލިޔެކިޔުމާއި އަދި ހިންގާ ވިޔަފާރިއެއްގެ މައުލޫމާތުން
ގެއްލުމެއްވެފައިވާކަން، ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި
ސާބިތުކޮށްދެވިފައިވާކަން
އެނގެން ނެތްއިރު،
ޢަބްދުއްރައޫފުގެ ޢަމަލުތައް ހުރިގޮތުން ވަގުތުން
ފިޔަވަޅުނާޅައިފިނަމަ އެހެން މުވައްޒަފުންގެ މަސްލަހަތުގެއްލި، ވަޒީފާދިން ފަރާތައް
ގއމ ގތ މ 2 ¢¢
013އވެ
4 2
4243
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
ޝަކުތޯ؟ 2
4 2 2 4
ކުރިމަތިވެ ވަޒީފާދިން ފަރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވާފަދަ ޢަމަލެއްގެ ސަބަބުން، ސަން
ފްރަންޓް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ އެހެން މުވައްޒަފުންގެ ފަރާތުން ޙަޤީޤީ ބުރަދަން ހުރި
ކޮށްފައިވާކަން އެނގެން ނެތުމުގެ އިތުރުން، ޢަބްދުއްރައޫފު ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ
ޑެލިވަރީ ސެކްޝަންގެ ސީނިއަރ ސްޕަވައިޒަރު ކަމުގެ މަޤާމުގައި ވަޒީފާ އަދާކުރި ދުވަސްވަރު، ސަން ފުރަންޓް
ޕްރައިވެޓް ލިމިޓެޑްގެ ކަސްޓަމަރަކާއި ނުވަތަ އެހެންވެސް ބައިވެރިއަކާއި ދެމެދު ބޭއަދަބީ މުޢާމަލާތެއް
ހިންގުމުގެ ސަބަބުން، އެފަރާތުން އެކަމުގެ ޝަކުވާކޮށް އަދި އެކަމުގެ ސަބަބުން ސަން ފުރަންޓް ޕްރައިވެޓް
ލިމިޓެޑްގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއްވެފައިވާކަން، ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޝަރީޢަތަށް ހުށަހެޅި އެއްވެސް ލިޔެކިޔުމަކުން ސާބިތުވާން ނެތްކަމާއި؛
ވީމާ، ޢަބްދުއްރައޫފު ވަޒީފާއިން ވަކިކޮށްފައިވަނީ، ޢަބްދުއްރައޫފު އާއި ސަން ފުރަންޓް ޕްރައިވެޓް
ލިމިޓެޑްއާއި ދެމެދު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ 41 ވަނަ މާއްދާގެ (ށ) (ހ) އަދި (ވ) އާއި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ށ) ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
މައުޟޫޢީ ގޮތުންނާއި، އިޖުރާޢީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ
މިންވަރަށް ކުންފުނީގެ ފަރާތުން ދަލީލު ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެ ކުންފުނިން ޢަބްދުއްރައޫފު ވަޒީފާއިން
ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނާޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވާ ފަދައިން މީހެއްގެ
މައްޗަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ބަލަންޖެހޭ މިންގަނޑުން
ބެލިގެން ކަނޑައެޅުއްވި ކަނޑައެޅުއްވުމެއް ކަމުގައި ބެލެވެންނެތް ކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރުކުރިއިރު؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ވަޒީފާ ދޭފަރާތުން ވަޒީފާ
އަދާކުރާ ފަރާތް، އޭނާގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ޖިނާއީ ކުށުގެ ޢަމަލަކާއި ގުޅިގެންކަން އެނގެން
އޮންނަކަމާއި، ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުއްރައޫފު އަދާކުރަމުން ގެންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ، އެފަދަ ޖިނާއީ ތުހުމަތަކާއި ގުޅިގެން ނޫންކަމަށްވާތީ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
Occcc
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
24/HC-A/2010 ޤަޟިއްޔާގައި ބެލިފައިވާ ވަޒީފާއާބެހޭ މައްސަލައާއި މިއިސްތިއުނާފުކުރެވޭ ވަޒީފާއާ ބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/211 މައްސަލައިގެ ދަށުން ބެލިފައިވާ ވަޒީފާއާބެހޭ މައްސަލައަކީ
ވަޒީފާއާބެހޭ ދެމައްސަލަ ކަމުގައިވީނަމަވެސް ދެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތާއި ވަޒީފާއިން ވަކިކުރި
ސަބަބާއި މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ފާޅުކަން ބޮޑު ތަފާތު ތަކެއް ހުރިކަން އެނގެން އޮތުމުން،
މިއިސްތިއުނާފުކުރެވޭ މައްސަލައިގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2010
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠުބީޤް ކުރެވޭނެ ހަމައެއް ނެތްކަން އެނގެއެވެ.
(ބ) ޢަބްދުއްރައޫފަށް އަނގަބަހުން ނަޞޭޙަތްދީފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް
ހުށަހަޅާފައި ނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެއްލެވި މަރިޔަމް ނާޒިމާގެ ރައުޔުގެ 1.5
ގައި ފާހަގަކޮށްފައިވާއިރު، އެވާހަކައަކީ އޭގެ ޒާތުގައިވެސް ދެކޮޅުނުޖެހޭ ވާހަކައެއްކަމާއި، އަދި އެވާހަކައަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާވެސް ޚިލާފު ވާހަކައެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރުކުރިއިރު؟
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއަކީ، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤަށް
ތަބާނުވާނަމަ، އެފަދަ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅުތައް
އެގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި، އިޞްލާޙީ ފިޔަވަޅުގެ މާނައިގެ ތެރޭގައި
ހިމެނޭ ކަންތައް ބަޔާންކޮށް،
އިޝާރާތްކުރެވުނު މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ”ނަސޭހަތްދިނުން“
ހިމެނޭ ކަމާއި، ނަސޭހަތްދޭނީ އަނގަބަހުންތޯ ނުވަތަ ލިޔުމުންތޯ ޤާނޫނުގައި ސާފުބަހުން ކަނޑައެޅިގެން
އެނގެން ނެތްކަމާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤަށް ތަބާނުވާނަމަ، އެފަދަ
މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭޙަތް ދިނުމުގައި އަނގަބަހުންވެސް ނަސޭޙަތް
ދެވިދާނެކަމަށް ޝަރީޢަތުން ދެކޭކަމާއި، ނަމަވެސް ވަޒީފާދޭ ފަރާތާއި އަދި ވަޒީފާ އަދާކުރާ ފަރާތުގެ
ޙައްޤުތަކާއި މަޞްލަޙަތުތައް އެންމެ އެދެވޭ ގޮތުގައި ރައްކާތެރި ކުރެވޭނީ، އިސްލާހީ ފިޔަވަޅު އެޅުމުގެ ގޮތުން
މުވައްޒަފުންނަށް ދެވޭ ނަސޭޙަތްތައް ލިޔެކިޔުމުންދެވި އެކަން ރައްކާކުރެވޭނެ މަގަކުން ކަން ކުރެވިގެން ކަމާއި،
ހަމަ އެހެންމެ އަނގަބަހުން ނަސޭޙަތް ދެވޭ ޙާލަތުގައިވެސް އެކަން މުވައްޒަފުގެ ރެކޯޑުގައި ނޯޓު ކުރެވެން
ވާނެކަމާއި، ޢަބްދުއްރައޫފަށް އަނގަބަހުން ނަޞޭޙަތްދީފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި
4 22
2
4
2 ހދ8
އެޅޭނޭ ކަމަށް
00ކ
އދއތކމއ
ހދ 8*8
Oc>
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
¢ ¢ ¢ ¢
U couc
ނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެއްލެވުމުގައި ފާހަގަ ކުރެއްވި ކުރެއްވުމަކީ، ވަޒީފާއާބެހޭ
ޤާނޫނުގެ 19 ވަނަ މާއްދާއާވެސް ޚިލާފު ނިންމުމެއް ކަމަށް ބެލެވެން ނެތްކަން އެނގެވެއެވެ.
(ޅ) ޢަބްދުއްރައޫރަށް ބަދަލުގެ ގޮތުގައި 1,41,500.39ރ. (އެއްލައްކަ ސާޅީސްއެއްހާސް
ފަސްސަތޭކަރުފިޔާ ތިރީސްނުވަލާރި) ސަންފުރަންޓް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ ކަމަށް
ކަނޑައަޅުއްވާފައިވަނީ އިންޞާފު ވެރި ގޮތެއްގައި ކަމަށް ނުދެކޭ ކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރުކުރިއިރު؛
އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ސާބިތުވެއްޖެނަމަ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރު ނެރުމުގެ އިޚްތިޔާރު
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމާއި، ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑެލިވަރީ ސެކްޝަންގެ
ސީނިއަރ ސްޕަވައިޒަރުގެ ވަޒީފާއިން ޢަބްދުއްރައޫފު ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސާބިތުވުމުން، ޢަބްދުއްރައޫރަށް ބަދަލުގެ ގޮތުގައި
1,41,500.39ރ. (އެއްލައްކަ ސާޅީސްއެއްހާސް ފަސްސަތޭކަރުފިޔާ ތިރީސްނުވަލާރި) ސަން ފުރަންޓް
ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ ކަމަށް ކަނޑައަޅުއްވައި ނިންމި ނިންމުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާއާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ކ) ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރާ ކަމަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު
އެފަރާތަކަށް ދިނުމާއި، ތުހުމަތުކުރި ކަމެއް އެކަށީގެންވާ މިންވަރަށް ބަލާ ވަޒަން ކުރުމަކީ އިންޞާފުވެރި
ގޮތެއްގައި ކަންކަން ބެލުމުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ދެ ކަމެއް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ފާހަގަކޮށްފައިވާ (މަރިޔަމް ނާޒިމާގެ ރަޢުޔުގެ 1.5 ގައި) މިދެކަމަކީވެސް ކުންފުނިން ފުރިހަމަކޮށްފައިވާ
ކަންކަންކަމުގައި ވީނަމަވެސް އެކަންކަން ފުރިހަމަކޮށްފައި ވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ފާހަގަކުރައްވާ އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޢަބްދުއްރައޫފާ އެއްކޮޅަށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ
ފާހަގަކުރި ނުކުތާއަށް ޝަރީޢަތަށް ނަޒަރުކުރިއިރުގެ
ދީ 48
4
43ހދ8
ނަފުކމަށް
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/319
ޢަބްދުއްރައޫފުގެ މަސައްކަތުގެ އަޚްލާޤާ ގުޅޭގޮތުން ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑުން 02
އޮގަސްޓް 2012 ވަނަ ދުވަހު ލިޔުމުން ދިން އިންޒާރާއި ގުޅިގެން، އެއިންޒާރުގައި ފާހަގަކޮށްފައިވާ
ކަންތައްތައް ޢަބްދުއްރައޫފަށް ޤަބޫލުނުކުރެވޭތީ، އެކަންތައްތައް ފާހަގަކޮށް އިންސާފުގެ ނަޒަރަކުން ބަލައިދިނުމަށް
އެދި 06 އޮގަސްޓް 2012 ވަނަ ދުވަހު ޢަބްދުއްރައޫފުގެ ފަރާތުން ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑަށް
ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮތުމުން، ލިޔުމުން އިންޒާރު ދިނުމުގެ ކުރިންނާއި އަދި ފަހުންވެސް،
ޢަބްދުއްރައޫފުގެ މަސައްކަތުގެ އަޚްލާޤާއި ގުޅޭގޮތުން، ޢަބްދުއްރައޫފުގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކަށް
ޖަވާބުދާރީ ވުމުގެ ފުރުޞަތުދީ، ތުހުމަތު ކުރި ކަމެއް އެކަށީގެންވާ މިންވަރަށް ބަލާ ވަޒަން ކޮށްފައިކަން
ސާބިތުވާފަދަ ދަލީލު ސަން ފުރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައި
ނުވާކަން އެނގެންއޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/211 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުން ބަދަލު ކުރަންޖެހޭ
ސަބަބެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
ޖޯކް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/211 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ޖަޒީކަނީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv