ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2014/SC-A/41 ޤަޟިއްޔާ
ceo
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު:
2014/SC-A/41
ދައުވާކުރާ ފަރާތް:
މޫސާ ނަޞީރު، ޕިންކްރޯސް، ހއ.ދިއްދޫ (ދރ. އަންގައިދޭ ކާޑު
ނަންބަރު A132769)
25
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދަޢުވާލިބޭ ފަރާތް:
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• މައްސަލަ އައިގޮތް:
• ހުށަހެޅުނު ތާރީޚު:
0
19 އޮގަސްޓް 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚު: 16 ސެޕްޓެމްބަރ 2014
• ނިމުނު ތާރީޚު:
22 ޖޫން 2020
• މައްސަލަބެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއް ސުއޫދު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ވ .2
2014/HC-A/83
ހުށަހެޅުނު ތާރީޚު: 25 މާރޗް 2014
• ނިމުނު ތާރީޚު: 26 މެއި 2014
• ނިންމެވި ކޯޓު ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
2014/SC-A/41
27 ގެ 1ޞަފުޙާ
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއް
ސުޢޫދު ތާއީދު ކުރައްވާފައި)
....
278
-l
ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބަނޑައިދިއްދޫ އެވެކިޔާ ފަޅުރަށް ހއ.
ޕިކްރޯސް، މޫސާ ނަޞީރު (އައި.ޑީ ކާޑު ނަންބަރު A132769) އަށް ކުއްޔަށް ދިނުމަށް
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ
ދެމެދު 05 މާރޗް 2008 ގައި އެއްބަސްވުމެއްގައި
ސޮއި ކުރެވުނެވެ.
t
497
-2
މި އެއްބަސްވުމުގެ
ދަށުން މޫސާ ނަޞީރު ދައްކަންޖެހޭ ކުލި ކަނޑައެޅިފައިވާ ގޮތުގެމަތިން ދައްކާފައި
ނުވެއެވެ. ވުމާއެކު ކުއްޔާއި، ކަނޑައެޅިފައިވާ ގޮތުގެމަތިން ކުލި ދައްކަމުން ނުދިއުމުގެ ސަބަބުން
ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި 9061242.50 (ނުވަމިލިޔަން ފަސްދޮޅަސް އެއްހާސް
ހަތަރުސަތޭކަ ސާޅީސް ދެ ރުފިޔާ ފަންސާސްލާރި) މޫސާ ނަޞީރުގެ އަތުން ހޯދުމަށް މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން މޫސާ ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ
ކުރިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 2011/Cv
-
C/1975
ޤަޟިއްޔާއިންނެވެ.
-3
3- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން މޫސާ ނަޞީރުގެ މައްޗަށް ދަޢުވާކުރި މައްސަލަ
ސިވިލް ކޯޓުން ނިންމާފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާ އެއްކޮޅަށެވެ. އަދި
ސިވިލް ކޯޓުގެ މި ނިންމުމާ ގުޅިގެން މޫސާ ނަޞީރުގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ރާއްޖޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014/SC-A/41
27 ގެ 2ޞަފުޙާ
-4
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1975 ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
މޫސާ ނަޞީރުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 83/HC-A/2014
ޤަޟިއްޔާއިން އެ މައްސަލަ ބަލައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
-5
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83/HC
-
A/2013 ޤަޟިއްޔާގެ ޙުކުމް ބާޠިލު
ކޮށްދިނުމަށް އެދި މޫސާ ނަޞީރުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.
ސިވިލް ކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް
-6
މޫސާ ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުން މޫސާ ނަސީރު ބުނެފައިވަނީ
އެއްބަސްވުމާ ގުޅިގެން ނުދެއްކިވާ ފައިސާ ދެއްކުމަށް ގޮތްތަކެއް ހުށަހަޅައި ވާހަކަ ދެކެވެމުންދާތީއާއި،
ވަޒީރުންގެ މަޖިލީހުން ރަށް ދިނުމަށް ނިންމައި، ނުދެއްކިވާ ފައިސާ ދައްކާނެ ގޮތުގެ ތާވަލެއް
ހުށަހެޅިފައިވާތީ އެއްބަސްވުމުގެ ބައިވެރިޔާ ދޭ ލުޔަކާއި، ހަމަޖައްސައިދޭ ގޮތަކީ މޫސާ ނަޞީރުގެ
ޙައްޤަކަށްވާނެތީ، މައްސަލަ ވަކި ގޮތަކަށް ނުނިންމާ މަޑުކޮށް ދިނުމަށް ނުވަތަ މައްސަލަ ހުށަހެޅި
ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް އެދޭ ކަމަށެވެ.
-1
މީގެ އިތުރަށް މި ފައިސާ ދައްކަންވީ ގޮތާއި، މި ފައިސާ ދައްކަންވީ މިންވަރު ކަނޑައަޅާނީ މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ނޫންކަމާއި، މި ފައިސާ ދެއްކުމާ ގުޅޭ ގޮތުން މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ އިން މޫސާ ނަސީރަށް އަންގާ އެންގުންތަކަކީ ޤާނޫނު ނަންބަރު
03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އިން އެ އިދާރާއަށް ލިބިގެންވާ ޤާނޫނީ ބާރުވެރި
ކަމަށްވުރެ އިތުރު ބާރުވެރި ކަމެއް ބޭނުންކޮށްގެން އަންގާ އެންގުންތަކެއް ކަމުގައި މޫސާ ނަޞީރު
ބުނެފައިވެއެވެ.
O COX OLC
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 300990
960 + :el
2014/SC-A/41
27 ގެ ޞަފުޙާ
-8
ދެ ފަރާތުގެ ވާހަކަތަކުގެ މައްޗަށް ބަލައި ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި އަންނަނިވި
ކަންކަން ފާހަގަ ކޮށްފައިވެއެވެ.
އީކަތް ކުރުމަށް ނ.
8.1- ދަނޑުވެރިކަމުގެ މަސައް
ބަނޑައިދިއްދޫ އެވެކިޔާ ފަޅުރަށް ހއ. ދިއްދޫ،
ޕިންކްރޯސް، މޫސާ ނަޞީރު (އައި.ޑީ ކާޑު ނަންބަރު A132769) އަށް ކުއްޔަށް ދިނުމަށް
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި
މޫސާ ނަޞީރުއާ ދެމެދު 05 މާރޗް 2008 ގައި ސޮއިކުރެވުނު އެއްބަސްވުމާ އެއްގޮތަށް
މޫސާ ނަޞީރު ކުލީގެ ފައިސާއާއި ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން
2011 ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް 9061447.50 (ނުވަމިލިޔަން ފަސްދޮޅަސް
އެއްހާސް ހަތަރުސަތޭކަ ސާޅީސް ދެ ރުފިޔާ ފަންސާސްލާރި) ދިވެހި ސަރުކާރަށް މޫސާ
ނަޞީރު ދައްކަންޖެހި ނުދައްކައި ހުރިކަން މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން
އެނގޭ
ހ ތ
8.2- ދިވެހި ސަރުކާރާއެކު މޫސާ ނަޞީރު ވެފައިވާ އެއްބަސްވުން ބާޠިލު ކުރެވިފައިވާ ކަމާއި،
ސްވުމާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށް މޫސާ ނަސީރު ބުނިނަމަވެސް އެ
މަޝްވަރާތަކުގެ ނަތީޖާއަކުން އެއްބަސްވުމަށް ބަދަލެއް އައިސްފައި ނުވާކަން.
އެއްބަސްވުމާމެދު
8.3- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގެ
(ހ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ކޯޓުގައި ދަޢުވާ ކޮށްގެން
8
މި ފައިސާ ހޯދިދާނެކަން.
-9
މަތީގައި ބުނެވިދިޔަ 9061142.50 (ނުވަމިލިޔަން ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ސާޅީސް
ދެ ރުފިޔާ ފަންސާސްލާރި) މޫސާ ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ލިބިދިނުމަށްޓަކައި،
ދިވެހިރާއްޖޭގެ
:ބަތް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
ޤިވެހިރާއްޖެ
2014/SC-A/41
27 ގެ 4ޞަފުޙާ
2e
24 ނޮވެމްބަރ 2013 އިން ފެށިގެން 02 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ
މަހަކަށް ޖެހޭވަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަމުންގޮސް، މި ފައިސާ މި
މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް މޫސާ ނަސީރަށް އަންގައި ޙުކުމްކޮށް ސިވިލް
ކޯޓުން މި މައްސަލަ ނިންމާފައިވެއެވެ.
3
4 ވ 3
ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް
-10
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1975 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ
ނުޖެހިގެން މޫސާ ނަޞީރު އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.
ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 83/HC
-
A/2013 ޤަޟިއްޔާއިންނެވެ.
އަދި މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ
ކޮށްޅ.
-1
ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި
ކަންކަން ފާހަގަކޮށްފައިވެއެވެ.
11.1. މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި އަމިއްލަ
ފަރުދުންނާ ދެމެދު ހެދޭ، މި ބާވަތުގެ އެއްބަސްވުންތަކުގައި ހިމެނޭ ފައިސާއާގުޅޭ މާއްދާތައް
ތަންފީޒުކޮށް، އެ މާއްދާތަކުގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާ
ހޯދުމުގެ ގޮތުން އެއްބަސްވުންތަކުގެ ބައިވެރިންގެ މައްޗަށް ދަޢުވާ ކުރުމަކީ، މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ލިބިގެންވާ ޤާނޫނީ ބާރެއްކަން، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 06/HC-A/2013 ޤަޟިއްޔާއާއި، ނަންބަރު 150/HC-A/2012
ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، މި މައްސަލައިގައި ދަޢުވާ ކުރުމުގެ ޙައްޤު މީރާއަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :z6l
2014/SC-A/41
27 ގެ 5ޞަފުޙާ
ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް
ކަމަށް ބެލެވެން ނެތްކަން.
CU O
11.2. ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް
އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ
މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، އެ ކޯޓުން މޫސާ ނަޞީރު ދައްކަންޖެހޭ ފައިސާގެ
ޢަދަދު ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަން
ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ފާހަގަކުރިނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
32 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ)
އަށް ރިޢާޔަތްކުރާއިރު، މޫސާ ނަޞީރުގެ ފަރާތުން ފާހަގަކޮށްފައިވާ އެ ދެ ކަމަކީ، ސިވިލް
ކޯޓުގައި މޫސާ ނަޞީރުގެ ފަރާތުން އެ ދެ ކަންތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު
ލިބި، އެ ކޯޓުގައި ފާހަގަކޮށްފައި ނުވާ ކަންތައްތަކެއް ކަމުގައިވާތީ، އެ ކަންކަމަކީ އެ
ކަންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ކަންތައްތަކެއް ނޫންކަން.
3 3
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
11
-12
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83/HC-A/2014 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މޫސާ ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
މައިގަނޑު 2 (ދޭއް) ސަބަބެއް
ހުށަހަޅާފައިވެއެވެ.
12.1- ފުރަތަމަ ސަބަބަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަކީ، ޤާނޫނު ނަންބަރު
03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މިނިވަން
މުއައްސަސާއެއް ކަމުގައި ވީހިނދު، އަދި އެ ޤާނޫނުގެ ދަށުން އެ މުއައްސަސާއަށް ޤާނޫނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :l&
2014/SC-A/4
27 ގެ 6ޞަފުޙާ
ގޮތުން ބާރު ލިބިދެނީ، ޓެކުހާއި ޓެކުހާ ގުޅުންހުރި ފައިސާތަކާމެދު ޝަރުޢީ ކޯޓުތަކުގައި
ދަޢުވާކުރުމަށް ކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83/HC-A/2014
ޤަޟިއްޔާއިން ބެލި މައްސަލައިގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ
އެއްވެސް ގުޅުމެއްނެތް ލީސް ރެންޓްއާ ގުޅޭ ފައިސާތަކެއް ކަމުގައިވީއިރުވެސް، މި ބާވަތުގެ
ފައިސާއާމެދު ދަޢުވާ ކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާ
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް
ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
45
މ އ ހ / 4
3
ترسا شرما کر
12.2- ދެވަނަ ސަބަބަކީ، ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން
ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި
ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، އެ ޤަޟިއްޔާގައި ފައިސާގެ
ޢަދަދުތައްވެސް ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ މޫސާ ނަޞީރު ހުށަހެޅި
އިސްތިއުނާފް ނުކުތާތަކަކީ
ދަށު ކޯޓުގައި ވާހަކަ ދައްކާ ތަޢުނުކުރުމުގެ
ފުރުސަތު މޫސާ ނަޞީރަށް ލިބިފައިވުމާއެކުވެސް، އެއްވެސް ސިފައެއްގައި ދަށު ކޯޓަށް
ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައި ނުވާތީ، އެ ނުކުތާތަކަކީ އިސްތިއުނާފް މަރުޙަލާގައި
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ނިންމަންޖެހޭ ނުކުތާތަކެއް ނޫންކަމަށް
ދިވެހިރާއްޖޭ
ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83/HC-A/2014 ޤަޟިއްޔާއިން ބެލި މައްސަލައިގައި
ކަނޑައަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ މައިގަނޑު މަޤުޞަދާއި، އިސްތިއުނާފު ކުރުމަށް
ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުގެ ނައްޞާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނުގެ ރޫޙާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
cu o
”
ވެ"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
2014/SC-A/41
27 ގެ ޞަފުޙާ
-13
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83/HC
-
A/2013 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މޫސާ ނަޞީރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް
ރައްދުދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.
ތިރީގައި މިވަނީ އެ ދެ ނުކުތާއެވެ.
13.1- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މީރާ
އުފެއްދުމުގެ އެއް މަޤުޞަދަކީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ
ފައިސާ ދައްކަމުން ގެންދާކަން ނުވަތަ ނޫންކަން ބެލުންކަމާއި، އެކަން މަތީގައި ބުނެވިދިޔަ
ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) އާއި 49 ވަނަ މާއްދާގެ (ހ) އާއި 50 ވަނަ މާއްދާއިން
ސާފުކޮށް އެނގޭކަން.
13.2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1975 ޤަޟިއްޔާގެ ޝަރީޢަތުގެ
/223
4 ހދ
އއހއ
uc OO
ކުރިއަށް ދިޔައިރު، އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާއި، އެއްބަސްވުމުގެ
ދަށުން އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާ ހިސާބު ކޮށްފައިވާ ގޮތް ބެހޭ ގޮތުން
މައްސަލައިގެ އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައި ނުވާތީ، އެ ވާހަކަތަކަކީ އިސްތިއުނާފް
މަރުޙަލާގައި ދެކެވޭނެ ވާހަކަތަކެއް ނޫންކަމާއި، މި ނުކުތާއާމެދު ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ދިވެހިރާއްޖޭގެ
ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ދެކޭކަން.
-14
މި މައްސަލައާ ގުޅިގެން 07 ސެޕްޓެމްބަރ 2015 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މި
މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށް ރައްދުވާ ގޮތަށް
ހުށަހެޅިފައިވާ ނުކުތާތަކާ ގުޅިގެން އެ އޮފީހުގެ ފަރާތުން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވެއެވެ. މި
ފުރުސަތުގައި އެ އޮފީހުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
PA
2014/SC-A/41
27 ގެ 8ޞަފުޙާ
14.1- އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަށުގެ
އަހަރީ ކުލި ދެއްކުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން
ރިސޯސަސްއިން އަންގާފައިވާ ފަރާތަކީ، ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު، އަދި
އޭގެފަހުން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން
ޤާއިމު ކުރެވުނު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ކަން އިސްތިއުނާފުކުރާ ފަރާތަށް
އެ މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުން އެނގޭކަން.
14.2- އިސްތިއުނާފުކުރާ ފަރާތުން
އެއްބަސްވުމާ
އެއްގޮތަށް ކުލި ދައްކަމުން
01 ސެޕްޓެމްބަރ 2009 އިން ފެށިގެން 21 ޖޫން 2011 ގައި އެއްބަސްވުން ބާޠިލުކުރުމާ
ހަމައަށް އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ދިއުމަށް
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން
އަންގާފައިވާކަން.
2x
14.3- މި މުޢާމަލާތާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޝާމިލުވެފައިވަނީ
ދައުލަތުގެ ކަލެކްޓަރުގެ ހައިސިއްޔަތުން ކަމާއި، އެއީ މި މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ
09 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް
މެރިން ރިސޯސަސްއިން އެ ގޮތަށް ކަނޑައަޅާފައިވާތީކަން.
14.4- މި މުޢާމަލާތާ ގުޅިގެން ލީސް ރެންޓްގެ ފައިސާއާމެދު ދަޢުވާ ކުރުމުގެ ބާރު ލިބިފައިވަނީ
ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ
(ނ) އާއި، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމާއި،
މާއްދާތައް މާނަ
ކުރާނަމަ، މާނަ ކުރަންޖެހޭނީ، ޤާނޫނު ނަންބަރު 04/2011 (މާނަކުރުމުގެ ހަމަތައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
ދިވެހިރާއްޖެ
214/SC-A/41
27 ގެ 9ޞަފުޙާ
ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާ އެއްގޮ
.އްގޮތަށް ޤާނޫނު އެކުލަވާލި މަޤްޞަދަށް
3 3 3
1
އިސްކަންދީގެންކަން.
ދަޢުވާ ކުރުމުގެ ހައިސިއްޔަތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާކަން ނުވަތަ
ކަނޑައެޅުން
-15
ލީސް ރެންޓްވެސް ހިމެނޭ ގޮތުން ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން
ފައިސާ ހޯދުމަށްޓަކައި ކޯޓުތަކުގައި ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ އަށް ލިބިގެންވާ ބާރެއް ކަމުގައި އެ އިދާރާއިން ދެކެއެވެ. މިފަދައިން އެ އިދާރާއިން ދެކެނީ
އަންނަނިވި ޤާނޫނީ ނައްޞުތަކާ ޙަވާލާ ދިނުމާއެކުގައެވެ.
15.1- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ
(ނ).
މި އަކުރުގައި އޮންނަނީ، "ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް
ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި
ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް
ދައްކާތޯ ބެލުން. މިފަދައިންނެވެ.
3
15.2- އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ).1
މި އަކުރުގައި އޮންނަނީ، "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް
ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަ
ދަރަންޏެއްގެ
uco
]
ޤާނޫނު ނަންބަރު 03/2020 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 29 ޑިސެމްބަރު 2011 ގައި ގެނެވުނު ފުރަތަމަ އިސްލާހާ އެއްގޮތަށް
މާއްދާތަކުގެ ނަންބަރު ތަރުތީބު ކުރުމުން
ހު އަކުރު ވެގެންދާނީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) އަށެވެ.
3
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :fel
214/SC-A/41
27 ގެ ޞަފުޙާ
ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން
މި ފައިސާ ކޯޓުގައި ދަޢުވާކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގައި
ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި
އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް
ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް
ހެއްކެއްކަމުގައްޔާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި
OCE
ފުދޭނެއެވެ." މިފަދައިންނެވެ.
15.3- އެ ޤާނޫނުގެ 35 ވަނަ މާއްދާ.2
މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި
ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ
ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ
ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ
ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ
ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނެ
އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ.
2
މި މާއްދާއަކީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު ފުރުތަމަ އިސްލާހުގެ ދަށުން 29 ޑިސެމްބަރު
2011 ގައި އިތުރު ކުރެވިފައިވާ މާއްދާއެކެވެ. އަދި މި އިސްލާހުގެ ދަށުން ޤާނޫނަށް އިތުރު ކުރެވުނު މާއްދާތައް ތަރުތީބު ކުރުމުން
މާއްދާ ވެގެންދާނީ
ޤާނޫނުގެ 50 ވަނަ މާއްދާއަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
ދިވެހިރާއްޖެ
2014/SC-A/41
27 ގެ 11ޞަފުޙާ
-16
ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އަށް ލިބިގެންވާ ޤާނޫނީ ބާރެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގައި، ޤާނޫނު ނަންބަރު 03/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ކޮބައިކަމާއި، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށާއި، ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ
ހޯދުމުގައި ޢަމަލު ކުރުމަށް ޤާނޫނުގައި އުސޫލެއް ކަނޑައެޅިފައިވާނަމަ އެ އުސޫލަކީ ކޮބައިކަން
25
ދެނެގަންނަން ޖެހެއެވެ.
-17
ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ޓެކްސް ނެގުމުގެ އިދާރީ
އޮނިގަނޑު އެކުލަވާލައި އެކަމަށް ޢަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅާ ޤާނޫނުކަން އެ ޤާނޫނުގެ
01 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ.
-18
އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުގެ އެންމެހައި
މެހައި ކަންކަން މަރުކަޒީ ގޮތެއްގައި
ޏ ސ ޑ ވ 3 ދ ތ
ته ومی مرجع در
"މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފައްދައި އެ އިދާރާގެ
މައިގަނޑު މަސްއޫލިއްޔަތުގެ ގޮތުގައި އަންނަނިވި ކަންކަން ހިމަނާފައިވެއެވެ.
3 37 0
18.1- ޓެކްސް ސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.
18.2- ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތްތައް ހިންގައި
4 2 4 2 4
18.3- ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާ
ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން
¢ ¢ ¢ ¢
ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.
3 ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :el
2014/SC-A/4t
27 ގެ 12ޞަފުޙާ
18.4- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް
ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.
18.5- ޓެކްސް ދައްކާ
ފަރާތްތަކަށް ޓެކްސް
މި 4
2 ه2
އޭގެމާބެހޭ
ޤަވާޢިދާބެހޭ ފުރިހަމަ
މަޢުލޫމާތުދީ، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް
މެޑަކުރެވޭތޯ މަސައްކަތްކުރުން.
18.6- ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.
18.7- ޓެކްސްއާބެހޭ އެންމެހައި ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް،
ނޯޓިސް ފަދަ ހުރިހާ ފޯމުތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް
ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން.
¢
مع مسرع
Oox Oruc
18.8- ޒަމާނީ ޓެކްނޮލޮޖީ
ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން.
18.9- ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ
ލަފާދިނުން.
19- ބުނެވިދިޔަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށް ބަލާއިރު، އެ މަޤުޞަދުތަކުގެ
ތެރޭގައި ހިމެނެނީ މުޅިންވެސް ޓެކުހާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުންކަން އެނގެއެވެ.
އަދި ޤާނޫނީ ގޮތުން ޓެކުހަކީ އޭގެ ތެރޭގައި ކުލި ނުހިމެނޭ އެއްޗެއްކަން ޤާނޫނުއަސާސީގެ 274
ވަނަ މާއްދާގެ (ހ) ގައި "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވާ ގޮތުން އެނގެއެވެ. އެ
އަކުރުގައި، "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވަނީ އަންނަނިވި ގޮތަށެވެ.
OM
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :nel
މާލެ،
214/SC-A/41
27 ގެ 13ޞަފުޙާ
oco
"ޓެކްސް" ނުވަތަ "ޓެކުހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ
ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް
ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ
ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ
ފައިސާއަކަށެވެ."
4 6 8 22 4
-20
ޓެކުހެއްގެ ގޮތުގައި ނުހިމެނޭ ލީސް ރެންޓްފަދަ ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ އަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް އެ އިދާރާއިން ޙަވާލާދޭ ޤާނޫނު ނަންބަރު
03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކުގެ ތެރެއިން
އެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) ގައި "އެހެނިހެން ފައިސާ" ބަޔާންވެފައިވަނީ އޭގެ ކުރިން
"ޓެކްސް"، "ފީ" މި ދެ ލަފުޒު ބަޔާން ކުރުމަށްފަހުގައެވެ. އަދި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ
4 fr
(ހ) ގައި
އެއްވެސް ޢަދަދެއް"
ޢިބާރާތުގެ ކުރިއަށް "އެއްވެސް ޓެކްސްއެއް،
ޖޫރިމަނާއެއް" މި ޢިބާރާތް ގެނެވިފައިވެއެވެ.
-21
ފ މ 04
it
އެއްވެސް ޢަދަދެއް
ކުރިން ބަޔާން މި ކުރެވުނު ދެ މާއްދާގެ ނައް ޞަށް ބަލާއިރު، "އެހެނިހެން ފައިސާ" އަދި "އެހެން
މި ޢިބާރާތްތައް ބަޔާންވެފައިވަނީ އޭގެ ކުރިން ޚާއްޞަ އެހެން ޢިބާރާތްތަކެއް
ބަޔާން ކުރުމަށްފަހުގައެވެ. އަދި އެފަދައިން "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް
ބަޔާންކޮށްފައި އެވަނީ، ޓެކުހާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ނުވަތަ ޢަދަދުތަކުގެ ބާވަތްތަކާއި
ވައްތަރުތަކުން އެއްވެސް ބާވަތެއް ނުވަތަ ވައްތަރެއް އުނިވިޔަނުދީ އެ ހުރިހައި ޢަދަދުތަކުގެ
ބާވަތްތަކާއި ވައްތަރުތައް ހިމެނުމުގެ ގޮތުން ބޭނުންކޮށްފައިވާ ޢާންމު ޢިބާރާތެއްގެ ގޮތުގައެވެ.
ހާލަތުގައި "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް ޢިބާރާތްތަކަށް ދޭންޖެހޭ
ucou
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014/SC-A/41
27 ގެ 14ޞަފުޙާ
މާނައަކީ އެ ޢިބާރާތްތަކުގެ ކުރިއަށް އައިސްފައިވާ ޚާއްޞަ ޢިބާރާތްތަކުން ދޭހަވާ މާނައެވެ. އެނޫން
ގޮތަކަށް ބުނާނަމަ، "އެހެނިހެން ފައިސާ" އާއި އެހެން އެއްވެސް ޢަދަދެއް" ގެ ގޮތުގައި އެ
މާއްދާތަކުގައި ބަޔާންވެފައި އެވަނީ ޓެކުހުގެ ގޮތުގައި ހިމެނޭ ފައިސާއާއި ޢަދަދުތަކުގެ މާނަ
ދޭހަކުރުމުގެ ގޮތުންނެވެ.
މާނަކުރުމަށް ބާރު ލިބޭ އެހެނިހެން ސަބަބުތައް
-22
އިސްތިއުނާފް ރައްދުވާ ފަރާތުން ޙަވާލާދޭ ޤާނޫނީ ނައްޞުތަކުގައިވާ ޢިބާރާތްތަކަށް ދޭންޖެހެނީ އެ
ޢިބާރާތްތަކުގެ ކުރީގައިވާ ޢިބާރާތްތަކުން ދޭހަވާ ޚާއްޞަ މާނަކަން ޤާނޫނު ނަންބަރު 03/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ އެހެނިހެން މާއްދާތަކަށް ބެލުމުން އިތުރަށް ސާފުވެގެން
ދެއެވެ.
ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
22.1- ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ އަށް އަންގައި، އެ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން، އެ އޮތޯރިޓީ
އަށް ލާޒިމްވާއިރު، އެއްބަސްވުންތަކާ ގުޅިގެން ދައްކަންޖެހޭ ކުލިފަދަ ދައުލަތަށް ލިބެންޖެހޭ
ޓެކުހަކަށް ނުހިމެނޭ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު އެ އޮތޯރިޓީ އަށް ދިނުމާއި،
އެފަދަ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުންފަދަ ޤާނޫނީ ޒިންމާ ޤާނޫނުން މަތިކޮށްފައި
ނުވާކަން އެނގެއެވެ.
4
ޤާނޫނު ނަންބަރު 04/2011 މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 08 ވަނަ މާއްދާ
ގެ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 20 ވަނަ މާއްދާ
އދމ. 22 ވަނަ މާއްދާ (އއމ ލިޔެވިފައިވަނީ "އިސްވެ ބަޔާންކުރެވުނު މަޞްދަރު" އަށް ހަވާލާ ދިނުމަށެވެ.)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :fel
2014/SC-A/41
27 ގެ 15ޞަފުޙާ
22.2- ޓެކްސް ދެއްކުމުގައި ހިނގާ މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޓެކްސް
ދައްކާ ފަރާތްތަކުންނާއި އެނޫން ފަރާތްތަކުން ކަމާގުޅޭ ލިޔެ ކިޔުންތައް ހޯދުމާއި،7 އެފަދަ
ލިޔެ ކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމާއި،
ހިމާއި،8 އެކި ފަރާތްތަކާ ސުވާލު ކުރުމުގެ ބާރު9
ޤާނޫނުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދީފައިވާއިރު، ޓެކްސް ފިޔަވައި
ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ދައުލަތަށް ދެއްކުމުގައި ކުރިމަތިވެދާނެ މިފަދަ
ޢަމަލުތަކުގައި ޢަމަލު ކުރާނެ އުސޫލެއް މި ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.
22.3- އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ އަށް ނުދައްކައި އޮވެއްޖެނަމަ، މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ
ހޯދުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން
ދިނުމަށްފަހު، މި އަކުރުގައި ބަޔާންވެފައިވާ ފައިސާއަކީ ހަމައެކަނި ޓެކުހާ ގުޅުންހުރި
ފައިސާކަން މި އަކުރުގެ ފަހު ޖުމުލައިން ދޭހަވެއެވެ. މި ގޮތުން މި އަކުރުގައި، "ލިބެންވާ
ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ
ފަމާއި، އެޑްރެހާއި، އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް
އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ސާބިތު ކުރުމަށް އޮތް
ހެއްކެ އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި
އެކެއްކަމުގައާއި،
ފުދޭނެއެވެ." މި ފަދައިން ބަޔާންވެފައިވެއެވެ. އަދި މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ)
އަށް ޙަވާލާ ދިނުމަށްފަހު، "ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ
މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް
]
B
އބވ. 24 ވަނަ މާއްދާ
އ.9މ. 29 ވަނަ މާއްދާ
އބވ. 26 ވަނަ މާއްދާ
g
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :yel
ދިވެހިރާއްޖެ
2014/SC-A/4
27 ގެ 16ޞަފުޙާ
ނޫންކަމަށްވާނަމަ، ނުވަތަ އެ ޢަދަދަކާމެދު އިޢުތިރާޒު ކުރާކަމަށްވަނީނަމަ، ނުވަތަ އެ
މައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ، އެ މައްސަލައެއް ނިންމާތާ 90 ދުވަހުގެ ތެރޭގައި
އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން
ބަޔާންކުރެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންވެފައި މިވަނީ ޓެކުހާ ގުޅުންހުރި
ފައިސާއަށް ކަން ސާފުކޮށް އެނގެއެވެ.
¢ ¢ ¢it
2x
22.4- ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ އުސޫލެއް ޤާނޫނު ނަންބަރު 03/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މި
މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި
ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ
ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ
މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން
ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި
ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ. މި މާއްދާއަކީ އިސްތިއުނާފު ކުރެވޭ މި
މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު،30
29 ޑިސެމްބަރު 2011 ގައި، ޤާނޫނު
ނަންބަރު 03/2010 (ޓެކްސް ނެގުމާ
ފެގުމާބެހޭ އިދާރީ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު
"] [u
"]
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1975 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅިފައިވަނީ 2011 އޮކްޓޯބަރު 5 ވަނަ ދުވަހުގައެވެ. އަދި ނިމިފައިވަނީ
2013 ނޮވެމްބަރު 24 ވަނަ ދުވަހުގައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | NIale'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :el
214/SC-A/41
27 ގެ 17ޞަފުޙާ
ގެނައުމުގެ ޤާނޫނުގެ ދަށުން އަލަށް ތަޢާރަފު ކުރެވުނު މާއްދާއެއް ނަމަވެސް ރައްޔިތުންގެ
މަޖިލީހުގެ ވިސްނުމަކީ، ޓެކްސްއަށް ނުވާ އެހެނިހެން ފައިސާ، ހޯދުމަށް މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ޤާނޫނީ ގޮތުން މަސައްކަތް ކުރެވޭނީ އެ ފައިސާއަކީ
ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީ އަށް ދައްކަން ވަކި ފަރާތަކަށް ލާޒިމުކޮށްފައިވާ ފައިސާއެއް
ކަމުގައިވާނަމަ ކަން ސާފުކޮށް އަދި މި މައްސަލައިގެ މައުޟޫޢުގައި ވާހަކަ
ދެކެވޭ ކުއްޔާއި، ޖޫރިމަނާގެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ އަށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާއެއް ނޫންކަން އެނގެއެވެ.
]¢
އެނގެއެވެ.1
-23
ޅަމުއެކު
ބ.
ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ދައުލަތަށް
ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމަށް ދަޢުވާކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު
އަށް ލިބިފައިވާ ބާރެއްކަމުގައި އަހުރެން ނުދެކެމެވެ.
އޮތޯރިޓީ
ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންކަން އިސްތިއުނާފު މަރުޙަލާގައި ފާހަގަ ކުރުން
4 22
-24
24- ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ
ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކޮށްފައިވަނީ
ރަނގަޅަށް ނޫންކަމަށާއި، އެ ޤަޟިއްޔާގައި ފައިސާގެ ޢަދަދުތައް އެ ކޯޓުން ހިސާބު ކޮށްފައިވަނީ
ރަނގަޅަށް ނޫންކަމަށް މޫސާ ނަސީރު ބުނެއެވެ. އަދި މި ކަންކަން ސިވިލް ކޯޓުގައި ފާހަގަ
ނުކުރެވުނު މައިގަނޑު އެއް ސަބަބަކީ މި މައްސަލައަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އިން މޫސާ ނަޞީރުގެ މައްޗަށް ހުށަހެޅިދާނެ މައްސަލައެއްކަމުގައި މޫސާ ނަޞީރު ނުދެތީ، އެ
"]
މިކަމުގެ އެއް މިސާލަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި " ދަޢުވާ ލިބޭ މީހާގެ
މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ
ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ" ކަމަށް ބަޔާން ކޮށްފައި އޮންނަ އޮތުމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
2014/SC-A/41
27 ގެ 18ޞަފުޙާ
ނުކުތާގެ މައްޗަށް ބަރޯސާވެ މޫސާ ނަޞީރުގެ ފަރާތުން ވަކާލާތު ކުރަމުން ދިއުމުގެ ސަބަބުން
ކަމަށްވެސް މޫސާ ނަސީރު ބުނެއެވެ.
-25
މޫސާ ނަޞީރު ހުށަހެޅި އިސްތިއުނާފް މި ނުކުތާތަކަކީ އެ ނުކުތާތަކާމެދު ދަށު ކޯޓުގައި ވާހަކަ
ދައްކައި ތަޢުނު ކުރުމުގެ ފުރުސަތު މޫސާ ނަސީރަށް ލިބިފައި ވުމާއެކުވެސް، އެ ނުކުތާތަކަކީ
އެއްވެސް ސިފައެއްގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައި ނުވާތީ، އެ ނުކުތާތަކަކީ
އިސްތިއުނާފް މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ނިންމަންޖެހޭ
ނުކުތާތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން
އެ ފަދައިން ނިންމާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
32 ވަނަ މާއްދާގެ (ހ) އާއި (ށ)13 އަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.
4 22
-26
ދިވެހިރާއްޖޭގެ ހައިކޯޓުން ދަށު ކޯޓުގައި ހުށަހެޅިފައި ނުވާ ކުރިން ޙަވާލާ ދެވުނު ދެ ނުކުތާ ބަލައި
ނުގަތުމަށް ނިންމި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް މޫސާ ނަޞީރުގެ ފަރާތުން ބުނެފައިވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27/SC
-
A/2012 ޤަޟިއްޔާއާ14 ޙަވާލާދީއެވެ.
-27
އިސްތިއުނާފު ކުރުމުގެ އުސޫލުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ނަންބަރު 2715/SC
-
A/2012
ޤަޟިއްޔާގައިވާ އަންނަނިވި ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަ ކުރެއެވެ.
12 މި އަކުރުގައި ބަޔާންވެފައިވަނީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސސްކަމުގައި ބަލައިގެންނެވެ."
މި ފަދައިންނެވެ.
މި އަކުރުގައި ބަޔާންވެފައިވަނީ، "މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި،
އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫނެވެ." މި ފަދައިންނެވެ.
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ
"]
"15
ކޯ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 300990
960 + :el
214/SC-A/41
27 ގެ 19ޞަފުޙާ
27.1- ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފު ކުރުމުގެ ޙައްޤު
ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންސުރުތަކާއި
ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި
ކަންތައްތައް ހިމެނޭ ގޮތުން އިސްތިއުނާފް ކޯޓުން ބަލައި ނަޒަރުކޮށް އިންސާފު އޭގެ އެންމެ
ފުރިހަމަ ގޮތުގައި ޤާއިމު ކުރުމުގެ މަޤުޞަދުގައިކަން.
27.2- އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދީފައިވަނީ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމުގައި ކުށެއް
ނުވަތަ ޢައިބެއް އޮވެދާނެކަމުގެ އިޙްތިމާލު އޮންނާނެތީ ޢަދުލު އިންސާފު އޭގެ އެންމެ ފުޅާ
މާނައިގައި ރައްޔިތުންނަށް ލިބިދިނުމުގެ މަޤުޞަދުގައި ކަމަށްވާތީ، އިސްތިއުނާފަށް
ހުށަހެޅުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން އިސްތިއުނާފް
ކޯޓަށް ހުށަހެޅިގެން ދާނެކަން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އާ ހެއްކާއި އާ ދިފާޢުތައް
އިސްތިއުނާފް ކޯޓަށް ހުށަހެޅިގެން ދާނެކަން.
27.3- އާ ހެއްކާއި ދިފާޢުތައް އިސްތިއުނާފް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެން ދިއުމުގެ
ސަބަބުން ދަށު ކޯޓުގެ ދަޢުވާއާ ގުޅިގެން ކަމެއް ހަނދާންނެތިގެން ނުވަތަ ދަށު ކޯޓަށް ކަމެއް
ހުށަހެޅުނުއިރު، ގޯހެއް ހުށަހެޅިފައިވާނަމަ އެކަމެއް ދެނެގަނެ ރަނގަޅުކުރުމާއި، އިސްތިއުނާފު
ކުރުމުގައި ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމް ކުށެއްގެ ސަބަބުން ނުވަތަ ނޭނގުމުގެ ސަބަބުން
ހުށަހެ
ނުވަތަ އިހުމާލެއްގެ ސަބަބުން ރަނގަޅު ނޫންކަމަށް ބުނެ ޝަކުވާ ކުރުން ހިމެނޭކަން.
-28
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
27/SC
-
A/2012 ޤަޟިއްޔާގައި އިސްތިއުނާފް އުސޫލުތައް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި އެ އުސޫލުތައް ބަޔާންކޮށްފައިވާ މިންވަރަށްވުރެ
ފުޅާކޮށްކަން ފާހަގަ ކުރެވެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
ހިރާއްޖޭ“
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :fel
ރާއްޖެ
މާލެ،
2014/SC-A/41
27 ގެ 21ޞަފުޙާ
28.1- އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ
ޙައްޤަކަށްވެފައި"
,16 އެ ޙައްޤު އެއްވެސް މިންވަރަކަށް ހިފަހައްޓައި، އެ ޙައްޤުގެ އިންތައް
ކަނޑައެޅޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.
28.2- ފުރަތަމަ މަރުޙަލާގެ ކޯޓުތަކަކީ، ޝަރީޢަތް ކުރާ (Trial Court) ކޯޓުތަކެވެ. މި ކޯޓުތަކަކީ
މައްސަލައިގެ ވާޤިޢާތައް ކަނޑައެޅިގެންދާ (Fact Establish) ކޯޓުތަކެވެ. އަދި
މައްސަލައިގެ ޚަޞްމުންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި، ނަގާ ދިފާޢުތައް ނަގައި، މި
އެންމެހައި ކަންކަމުގެ މައްޗަށް ތަޠުބީޤްކުރެވޭ ޤާނޫނީ އުސޫލުތައް ކަނޑައަޅާ ކޯޓުތަކެވެ.
3
ނިންމުމެއ
28.3- އިސްތިއުނާފީ ފުރަތަމަ މަރުޙަލާކަމުގައިވާ ހައިކޯޓުގައި ދަށު ކޯޓުތަކުން ނިންމާ
އިސްތިއުނާފު ކުރެވޭނީ އެ ނިންމުމެއް ޤާނޫނޫއަސާސީއާ ނުވަތަ ޤާނޫނަކާ، ނުވަތަ ޤާނޫނުން
ލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ.18 އަދި މިފަދަ
ޙާލަތުގައި އެ ކޯޓުން މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި
ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.39 އަދި މި މަރުޙަލާގައި ހައިކޯޓަށް ހުށަހެޅޭނީ
ހަމައެކަނި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާ ހެކިތަކެވެ.20 އަދި މި
މަރުޙަލާގައި ދަށު ކޯޓަށް ނުބެލި ހުރި ކަންތައްތަކެއް ހުރިކަން މައްސަލަ ބެލުމުގެ ތެރޭގައި
ފާހަގަ ކުރެވޭ ޙާލަތުގައި އެ ކަންކަން ބެލުމަށް ދަށު ކޯޓަށް އަލުން މައްސަލަ ފޮނުވައި
20
2] · · · 4
ލެވިދާނެއެވެ.
ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
17 ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ)
18 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ
އބވ. 32 ވަނަ މާއްދާގެ (ހ)
އކމ. 32 ވަނަ މާއްދާގެ (ނ)
އ39. 32 ވަނަ މާއްދާގެ (ނ)
"]g
2]
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
214/SC-A/41
27 ގެ 21ޞަފުޙާ
28.4- އިސްތިއުނާފް އެންމެ ފަހު މަރުޙަލާގައި ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު
ކުރެވޭނީ މައިގަނޑު ތިން ޙާލަތެއްގައެވެ. ފުރަތަމަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ
ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމެވެ.
39
ދެވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގައި ނުވަތަ ނިންމުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި
ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް
ހުރުމެވެ. ތިންވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި
އިޖުރާއަތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އައިބުތަކުގެ އައިބެއް އޮތުމުގެ ސަބަބުން އެ
ޙުކުމް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވާ
ހާލަތެވެ.
-29
ވުމާއެކު، އިސްތިއުނާފް މަރުޙަލާތަކަކީ އިސްތިސްނާއެއް ނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 2724/SC
-
A/2012 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ފުރަތަމަ މަރުޙަލާގެ ކޯޓަށް
ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ
އެންމެހައި ޢުންސުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ
ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫނެވެ.
-30
ބުނެވިދިޔަ އިސްތިއުނާފް އުސޫލުތަކަށް ބަލާއިރު، ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް،
އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ
44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެ ޤަޟިއްޔާގައި
22
އ9މ. 16 ވަނަ މާއްދާގެ (ހ)
އބވ. 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އައިބުތައް
އެޓަރނީ ޖެނެރަލްގެ އޮފީސް ޙުސައިން ރިޝީފް ޠާހާ
24
ދިވެހިމާއް
*9
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
2014/SC-A/41
27 ގެ 22ޞަފުޙާ
ފައިސާގެ ޢަދަދުތައް އެ ކޯޓުން ހިސާބު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މޫސާ ނަޞީރުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހެޅި އިސްތިއުނާ ނުކުތާތަކާ ގުޅިގެން އެ ނުކުތާތަކަކީ،
އެ ކޯޓުން ބަލައިގަންނަންޖެހޭ ނުކުތާތަކެއް ނޫންކަމަށް އެ
އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ
އެއްގޮތަށް ކަމަށް ފެނެއެވެ.
ފައިސާ ބަލައިގަތުން ޙަވާލު ކުރުން
-31
ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ 09 ވަނަ މާއްދާގެ ދަށުން
އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީ އަށް ދައްކަންޖެހޭ އަހަރީ ކުލި "މިނިސްޓްރީ އަށް ނުވަތަ
މިނިސްޓްރީ އިން އަންގާ ފަރާތަކަށް" ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މިގޮތުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މި މައްސަލައިގައި ޝާމިލުވެފައިވަނީ އެ
ލިބިގަންނަ ފަރާތުން ކަމުގައި މި މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ފާހަގަ
ކޮށްފައިވެއެވެ.
OO
¢ ¢ ¢
-32
އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބޭ މަންފާކަމުގައިވާ އަހަރީ ކުރި ބަލައިގަތުމާއި، އެ ކުލި
ހޯދުމަށް ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން ދެ ކަމެވެ. އަހަރީ ކުރި ބަލައިގަތުމަކީ މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ އަށް ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން ބަލާއިރު، ޤާނޫނު ނަންބަރު
03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ޓެކުހާއި، ޓެކުހާ ގުޅިގެން ދައްކަންޖެހޭ
އެހެނިހެން ފައިސާ ފިޔަވައި، މިފަދަ ކުލި ބަލައިގަތުމަކީ އެ އޮތޯރިޓީއާ ޙަވާލު ކުރެވިފައިވާ
މަސްއޫލިއްޔަތެއް ނޫނެވެ. އަދި މިފަދައިން ދައުލަތުގެ މިނިސްޓްރީތަކާއި ނުވަތަ އެހެނިހެން
އިދާރާތަކާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާ ދެމެދުވެވޭ އެއްބަސްވުންތަކުން
ޤާނޫނުގައި ބަޔާންކޮށްފައި ނުވާ އިތުރު ޒިންމާތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން
4 22
ހިމަގްޒަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
(
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014/SC-A/41
27 ގެ 23ޞަފުޙާ
އަދާކުރާނަމަ، އެކަންވެގެންދާނީ، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
ގެ އިމުން ބޭރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދާކުރާ ޒިންމާތަކެއް ކަމުގައެވެ.
ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވުމުގެ ނަތީޖާ
-33
ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ
އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.25
މިއީ އިސްތިއުނާފް މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ
ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، އެ
ދަޢުވާ ކޯޓުން ކުރިއަށް
· 4 2 4 2 3
يک سري كرسي دوم
-34
ޓެކުހަށްނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ ގޮތް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގައި ބަޔާންވެފައިވެއެވެ. އެ ޤާނޫނުގެ ދަށުން އެފަދަ ފައިސާ މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ އަށް ހޯދޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީ އަށް ދެއްކުމަށް
ލާޒިމް ކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ އެވެ.
2x
-35
ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދޫކުރުމާ ގުޅޭ އެއްބަސްވުން ހެދިފައިވަނީ ޤާނޫނު
ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން ކަމަށްވެފައި، އެ ޤާނޫނުގައި
ކުއްޔަށް ދޫކުރެވޭ ރަށްރަށުން
އިން ލިބޭ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއާއި
އެހެނިހެން ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުން ލާޒިމްކޮށްފައި
ނުވެއެވެ. އަދި މިނޫން ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެ
ހިތަކުންނާއި، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.
2
8 ހ3 4
2
ކުޔަނ
25
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް، 24/SC
-
A/2009
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :fel
ރާއްޖެ
2014/SC-A/41
27 ގެ 24ޞަފުޙާ
-36
މި ޙާލަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން ދަށު ކޯޓަށް މައްސަލަ ތަޙްލީލުކުރުމުގެ ތެރެއިން
މައްސަލައަށް ފަރުވާއެއް ލިބިދާނެކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޤާނޫނުގައިވާ ގޮތުގެމަތިން
ތަޙްލީލު ކުރެވޭނީ އެ މައްސަލައިގައި ދަޢުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ދެ ފަރާތެއްގެ
ދެމެދުގައި އޮތް ޚުޞޫމަތަކާ ގުޅިގެން ކުރެވިފައިވާ ޝަރީޢަތެއްގައި ކަންހިނގާފައިވާ ގޮތް އަލުން
ބަލަންޖެހޭކަމަށް ކަނޑައެޅޭ ޙާލަތުގައެވެ.5
އެޅޭ ޙާލަތުގައެވެ.26 ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތަކުން
ދަޢުވާ ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް
ނޫންކަމުގައި ކަނޑައެޅިގެން ދިއުމެވެ. ވުމާއެކު މި މައްސަލައިގައި ނ. ބަނޑައިދިއްދޫ އެވެކިޔާ
ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިންނަށް ޝަރުޢީ މަރުޙަލާތަކުން އެއްބަސްވުމާ ގުޅޭ
އުފެދިފައިވާ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތްކަމުގައި ބަލަންޖެހެއެވެ.
4
کی میسر
-37
ޓެކުހާއި، ޓެކުހާއި ގުޅުންހުރި ޖޫރިމަނާއާއި އެހެނިހެން ފައިސާ ފިޔަވައި ދައުލަތަށް ލިބެންޖެހޭ
ފައިސާތައް ބަލައިގަތުމާއި، އެ ފައިސާތައް ހޯދުމަށް ޝަރުޢީ ކޯޓުތަކުގައި ދަޢުވާ ކުރުމަކީ،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން އަދާކުރުމަށް ދައުލަތުން އެދޭ ޒިންމާއެއް
ކަމުގައިވާނަމަ، އެކަން ކުރެވޭނީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު)
ގެ ކަމާބެހޭ މާއްދާތައް ބަދަލުކޮށްގެން ކަމުގައި ދެކެމެވެ.
ހި ¢
-38
OC
އެހެނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ޝަޚް ޞަކަށް ޤާނޫނުން ލިބޭ ބާރުތައް ފިޔަވައި އިތުރު
ލިބިފައިވާ ކަމަށް ޤަބޫލުކޮށް އެކަމުގެ މައްޗަށް ކަންކަން ތަރުތީބުކުރުމަކީ
އަދި އެއީ އެކަމުގެ މައްޗަށް ޤާނޫނީ އެއްވެސް ބާރެއް ނުވަތަ ބުރަދަނެއް ލިބޭނެ ކަމެއްވެސް ނޫނެވެ.
& / 4w
24
25
4 ·
ކަ ނނވނ ކމއނނެވެ.
2É
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
މި
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
މިރާއްޖޭގެ
2014/SC-A/41
27 ގެ 25ޞަފުޙާ
ފަނޑިޔާރު، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
-39
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަޅުގަނޑު ތާއީދުކުރަމެވެ.
-40
3s ކޑވ
سر هم
އަދި ހަމަ އެއާއެކު، މައްސަލަ ކޯޓަށް ހުށަހެޅިގެން ދިޔައިރު، ޤާނޫނު ނަންބަރު 03/2010 (ޓެކްސް
އިދާރީ ޤާނޫނު) އަށް ޙަވާލާ ދިނުމުގައި، މައްސަލަ ކޯޓަށް ހުށަހެނު ފަހުން
މިހާދިސާއަށްފަހު) އެ ޤާނޫނަށް އައިސްފައިވާ ބަދަލުތަކަށް ޙަވާލާދީފައިވާތީ، އަންނަނިވި ކަންކަން
ފާހަގަކުރުން މުހިންމުކަމުގައި ދެކެމެވެ.
40.1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ބެލުމުން،
ވަކި ޙާލަތްތަކެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއޯގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނުގެ
އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ
މައްޗަށް ނުހިނގުމަކީ (retrospective application of law) ޢާންމު
އުޞޫލުކަން ސާފުވެއެވެ27. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް
އިސްތިޤުރާރުވެގެންވާ އުޞޫލެކެވެ. އަދި މި އުޞޫލަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއްދެއެވެ.
40.2- ޤާނޫނުގައި ކުރުން މަނާކޮށްފައި ނުވާ ކަމަކަށް ފަހުން ހަދާ ޤާނޫނަކުން މާޒީއަށް ރައްދުވާ
ބަދަލުގެނައުމަކީ ޤާނޫނުގެ ވެރިކަން (Rule of Law) ދެމެހެއްޓުމަށް
wދ 4
کی فری
43
34 ދ ތ
کر سسر جیسے ہی
8/
ކުރިމަތިކުރުވާކަމެކެވެ8
އަދި ޤާނޫނުން ދޭ އިރުޝާދު އޮޅުމާއި،
27
83
ޢާންމު އުޞޫލެއްކަމާ
އެކަމާއި، މިއުޞޫލުގެ އިސްތިސްނާތައް އެކި ޤައުމުތަކުގައި އެކި މިންވަރަށް ހުންނަކަން ފާހަގަކުރަމެވެ. އަދި ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 23/SC
-
A/2011 ޤަޟިއްޔާއާއި، ނަންބަރު 05/SC
-
E/2017 ޤަޟިއްޔާޔާއި، ނަންބަރު 2018/SC
-
A/2018
ޤަޟިއްޔާއާއި، މިނޫންވެސް އެހެނިހެން ބައެއް ޤަޟިއްޔާތަކުގައި މިއުޞޫލަށް ހަވާލާދީފައިވެއެވެ.
އެހެނީ ޤާނޫނުގެ ވެރިކަމުގެ މައިގަނޑު އަސާސަކީ (ހ) ޤާނޫނުން ކަނޑައަޅާފައިވާ ހުދޫދުގެ ތެރެއިން ދައުލަތް ހިންގުމާއި، ދައުލަތުގެ ގުނަންތައް
ޤާނޫނުގައި ބަޔާންވެފައިވާ ފަދައިން ޢަމަލުކުރުން، (ނ) މުޖްތަމަޢުގައި ހިމެނޭ އެންމެންނަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއްކަމުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel
214/SC-A/41
27 ގެ 26ޞަފުޙާ
އިތުބާރުކުރުމާއި، އެ މައްޗަށް ބިނާކޮށް ޢަމަލުތައް ތަރުތީބުކުރުމަށް އުދަނގޫވާ، ޤާނޫނުން
ފޯރުކޮށްދޭ ޔަޤީންކަމާމެދު ސުވާލު އުފައްދާކަމެއްވެސް
މެއްވެސް މެއެވެ.
40.3- އެހެން
c ހ 3
4
.ހކީދޫ،
ޤާނޫނަކުން ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ،
ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ
އެހެންވެސް ފަރާތަކަށް ލިބިގެން ނުވާކަމުގައި ނުވަތަ އުފުލަން ނުޖެހޭނެކަމުގައި
ފާހަގަކުރަމެވެ. އަދި އެފަދަ އިސްތިސްނާއެއް ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ހާދިސާ
ހިނގުމުގެ ފަހުން ޤާނޫނަށް ގެނެވޭ ބަދަލަކަށް ޙަވާލާދީ ކޯޓުގައި ޤާނޫނީ ނުކުތާތައް
ފާހަގަކުރުމަކީ އެންމެ އެކަށޭނަ ގޮތް ނޫންކަމުގައި އަހުރެން ދެކޭތީ، ބުނަމެވެ.
ފަނޑިޔާރު، އަލްއުސްތާޛު ޙުސްނުއް ސުއޫދުގެ ރައުޔު
41. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު
ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83/HC-A/2013 ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ، ސިވިލް ކޯޓަށް
ހުށަހެޅުމުގެ ފުރުސަތު ލިބި، މޫސާ ނަޞީރުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާތައް ބަލައި
ނުގަތުމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާންކުރެވުނު ނިންމުމުގެ އެ ބައި
cu o
(ނ) ޤާނޫނު ތަންފީޛު ކުރެވޭނެ ގޮތް ދެނެގަންނެވުން އަދި އެކަށީގެންވާ ހަލުވިކަމާއެކު ޤާނޫނު ތަންފީޛުކުރުމަށް މަގުފަހިވެގެން ދިއުން، (ރ) ޤާނޫނު
ދެމެހެއްޓުން، (ބ) އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމެވެ.
ދިވެ ރާއްޖެ،"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :T
&
i
2014/SC-A/41
27 ގެ 27ޞަފުޙާ
ފިޔަވައި، އެ ޤަޟިއްޔާގެ އެހެނިހެން ބައިތަކާގުޅޭ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ޤާނޫނީ ހަމަތަކާ
އެއްގޮތަށް ކަމަށް ނުފެންނާތީވެ، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 83/HC-A/2013 ޤަޟިއްޔާގެ އެ ބައިތައް ބާޠިލު ކޮށްފީމެވެ. އަދި މި ޙުކުމް
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1975 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުވީއެވެ.
ކުރުމާއެކު،
މި ޤަޟިއްޔާ ބަލާ ޙުކުމް ކުރީގެ
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
ޙުސްނުއް ސުއޫދު
(ރިޔާސަތު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :Tel/
މާލެ،
ދިވެހިރާއްޖެ