ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2014/SC-A/18 ޤަޟިއްޔާ
36900އ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އެއް ސެޕްސީ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތް
• ޤަޟިއްޔާ ނަންބަރު:
2014/SC-A/18
• ދަޢުވާކުރާ ފަރާތް
ދަޢުވާލިބޭ ފަރާތް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޙުސައިން ޞަބާޙް، މުސްތަރީގެ / ރ. މަޑުއްވަރީ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރުކުރުމަށްޓަކައި އަތުގައި
0
މައްސަލައިގެ ބާވަތް:
ބޭހުގެ ގޮތުގައި
ބޭނުންކުރެވޭ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން.
• މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚު:
25 ފެބްރުއަރީ 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚު: 12 މާރޗް 2014
• ނިމުނު ތާރީޚު
25 ޖޫން 2020
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2013HC-A/22
• ހުށަހެޅުނު ތާރީޚު: 04 ޖޫން 2013
• ނިމުނު ތާރީޚު: 30 ޖަނަވަރީ 2014
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ| އޯކިޑްމަގު | ޤާވެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3308554
960 + :Fax | ފޯން: 3009998
960 — :Tel
2014SCAl8
46 ގެ ސަފްޙާ [
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު
ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މަޑުއްވަރީ | މުޝްތަރީގެ، ޙުސައިން ޞަބާޙްއާއި ގދ. ނަޑެއްލާ ! ޗަމުން، މުޙައްމަދު އަސްވަދު،
މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަން ލިބުނެވެ. މި މަޢުލޫމާތާއި
ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 22 ޖޫން 2011
ދުވަހުގެ 00:30 އެހައިކަންހާއިރު، މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙް ރަޖިސްޓްރީ ނަންބަރު
AAOD P7379 ސައިކަލުގައި މާވެޔޮމަގުން ދުއްވާފައިދާކަމުގެ މައުލޫމާތު ފުލުހުންނަން ލިބުމުން، ފުލުހުން
އެ ސަރަހައްދަށް ގޮސް މިމީހުންގެ ހަށިގަނޑު ބަލައި ފާސްކުރިއެވެ. އަދި މުޙައްމަދު އަސްވަދު ލައިގެން
ހުރި ސޯޓުބުރީގެ ކަނާތްފަރާތު ޖީބުން ތަޅުދަނޑިއެއް ފެނުނެވެ. މި ތަޅުދަނޑި ނަގައި މި ދެމީހުންނާއި
އިތުރު މީހަކު ބައިވެރިވެގެން ހިންގާ ކުންފުންޏެއްކަމަށްވާ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް މި
ދެމީހުންގެ ހާޒިރުގައި އެ ކުންފުނި ބަލައި ފާސްކުރިއިރު، އެ އޮފިސްތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން
! (އެކެއް) ބޮޑު ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ރަބަރު ޕެކެޓުގައިވާ ތަކެތި ތުޙުލީލުކުރުމުން
ޑައިއެސިޓައިލްމޯފިން 1 ހެރޮއިންއާއި 06-އެސިޓައިލްމޯފިންއާއި އަލްޕްރަޒޭލަމް! ޒެނެކްސް ހުރިކަން ތަޙްލީލު
ރިޕޯޓުން ޔަޤީންކުރެވުނެވެ. އަދި މި ފޮށިގަނޑު ތެރެއިން ފެނުނު 2 ކޮތަޅެއްގައިވާ ތަކެތި ތަޙުލީލުކުރުމުން
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި ކެނެބިނޯލްހުރިކަން އެ ތަކެތީގެ ތަޙުލީލު ރިޕޯޓުން ޔަޤީންކުރެވުނެވެ. އަދި
ޝަތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި، ޙުސައިން ޞަބާޙްގެ ވައަތު މެދު
އިނގިލީގެ ނިޝާން ދިމާވާކަން ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓުން އެނގުނެވެ. މި ފެނުނު
ކެއްޗާއި ގުޅިގެން ދައުލަތުގެ ފަރާތުން ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ މައްޗަށް
ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)
8.
މަސްތުވާތަކެއް)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960+ :Tel
2014SC-A/l8
46 ގެ ސަފްޙާ 2
އާއި (ނ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަންޓުކައި
އަތުގައި ބެހެއްޓުމުގެ
ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ
(ހ) ގެ ދަށުން ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ މައްޗަށް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ
މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ދައުލަތުން
އުފުލުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2011/Cr
-
C/1309
ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް
ޖެހެއްޓުމުގެ ކުށުގެ ދަޢުވާއާއި،
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1309 ޤަޟިއްޔާގައި 30 ޖަނަވަރީ 2013 ގައި އެ ކޯޓުން
ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 17177 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ)
ގެ ދަށުން، މަނާކުރެވިފައިވާ މުސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
އެ ޤާނޫނުގެ 3 ވުނު މާއްދާގެ (ނ) ގެ ދަށުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޙުސައިން ޞަބާޙް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައެވެ.
އަދި މުޙައްމަދު އަސްވަދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުނުވާކަމަށެވެ.
ޙުސައިން ޞަބާޙްގެ
މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި
ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި މައްސަލައިގައި މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް
ހަށިގަނޑު ބަލައި ފާސްކުރުމުގައި، މުޙައްމަދު އަސްވަދު ލައިގެން ހުރި ސޯޓުބުރީގެ ކަނާތްފަރާތު
ކުރިމަތީ ޖީބުގައި ތަޅުދަނޑި ފައްޗެއް އޮއްވާ ފެނިފައިވާކަމާއި، އެ ތަޅުދަނޑި ފައްޗަކީ މުޙައްމަދު
އަސްވަދުއާއި ޙުސައިން ޞަބާޙްއާ މިދެމީހުން އިތުރު މީހަކާބައިވެރިވެގެން ހިންގާ
ކުންފުންޏެއްކަމަށްވާ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް އޮފީސް އިމާރާތުގެ ތަޅުދަނޑިފަތިން
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ: ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960+ :Tel
2014SCAl8
46 ގެ ސަފުޙާ
ދަޢުވާލިބޭ ފަރާތާއި ހެކިންގެ ހެކިބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
އެނގެންއޮދު
(ނ) ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކުރިއިރު، އެ ފިސްތެރޭގައި ހުރި ފޮށިގަނޑެއްގެ
ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބޮޑު އެއް ރަބަރު ޕެކެޓާއި، އެ ފޮށިގަނޑު ތެރޭގައި
އޮތް ދެ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ބޮޑު 3 (ތިނެއް)
ސެލޯފިންގަނޑު ފެނިފައިވާކަން ހެކިންގެ ހެކިބަހުން އެނގެން
ދިގެންއަތުން
e/ޑރޯކ
(ނ) މި މައްސަލައިގައި ފެނިފައިވާ ތަކެތި ތަޙުލީލުކުރުމުން އެތަކެތީގައި މަސްތުވާތަކެތީގެ ބާވަތްކަމުގައިވާ
ޑައިއެސިޓައިލްމޯފިން 1 ހެރޮއިންއާއި 06-އެސިޓައިލްމޯފިންއާއި އަލްޕްރަޒިލަމް1 ޖެނެކްސްއާއި
ޓެޓްރާ ދެކެނަބިނޯލްއާއި ކެނެބިނޯލްހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2011
/
799/FSDO
)
-DR އަދި ނަންބަރު 2011
/
826/FSDO
)
-DR "ލެބޯޓްރީ ތަޙްލީލު
ރިޕޯޓް" އިން އެނގެންއޮތުން އަދި މި ރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަން މި ރިޕޯޓްތައް ތައްޔާރުކުރި
ފަރާތުން ކްރިމިނަލް ކޯޓުގައި ބަޔާންދީފައިވާކަން!
OOC
(ރ) މި ޙާދިސާގައި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި
ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި ޙުސައިން ޞަބާޙްގެ ވައަތު މެދު އިނގިލީގެ
ނިޝާން ދިމާވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 74/C6
(
c
)
-IM2011
/
FCR
"ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓް" އިން އެނގެންއޮތުން
(ބ)
ޙުސައިން ޞަބާޙްއާއި އަދި މުޙައްމަދު އަސްވަދުކީ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްގެ ދެ
ޙިއްސާދާރުންކަމާއި، މުޙައްމަދު އަސްވަދުގެ އަތުން ފެނުނީ ގޯލްޑަން އެވޯއީ ޕްރައިވެޓް ލިމިޓެޑްގެ
ތަޅުދަނޑިފަތިކަމާއި، އެ އޮފީސް ތެރެއިން ނެގި މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960+ :Tel
2014scAMB
46 ގެ ސަފުޙާ 4
އިނގިލީގެ ނިޝާނާއި، ޙުސައިން ޞަބާޙްގެ ވައަތު މެދު އިނގިލީގެ ނިޝާން ދިމާވުމުން، ޙުސައިން
ޞަބާޙްއާ ފެނުނު މަސްތުވާ ތަކެއްޗާ ގުޅުމެއްވާކަން އެނގެން އޮތުން؟
(ޅ) ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ފާސްކޮށްފައިވަނީ ކޯޓު އަމުރެއްނެތިކަމަށް ޙުސައިން ޞަބާޙްގެ
ފަރާތުން ބުނި ނަމަވެސް، މީހުން ދިރިއުޅޭ ތަންތަން ފިޔަވައި އެހެންތަނެއް ބަލައި ފާސްކުރުމަށް
ކޯޓު އަމުރެއް އޮންނަންވާނެކަމަށް ބަޔާންކުރާ ޤާނޫނީ ހަމައެއް ދެއްކިފައިނުވާކަން އަދި މިތަނަކީ
މީހުން ދިރިއުޅޭތަނެއްކަން ސާބިތުކޮށްދެވިފައިނުވާކަންގެ
(5)
ޙުސައިން ޞަބާޙްގެ މައްޗަށް ޑަންލޮޕް ތެރަހުން ވަސްބެލުމުގެ މައްސަލައަކާއި މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާކަން؟
3. މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބުރުވެ، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ހެކިންގެ
ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ގެ ކުށް ޙުސައިން ޞަބާޙްގެ މުއްޗަށް ސާބިތުވާކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
4. ޙުސައިން ޞަބާޙް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ ނަންބަރު
202/HC
-
A/2013 ޤަޟިއްޔާގައި ނިންމާފައިވަނީ ޙުސައިން ޞަބާޙްގެ މައްޗަށް ކްރިމިނަލް ކޯޓުގެ
ނަންބަރު 2011/Cr
-
C/1309 ޤަޟިއްޔާއިން ސާބިތުވި ކުށް، ސާބިތުނުވާކަމަށެވެ. ހައިކޯޓުން އެ
ނިންމުމަށް ވާސިލުވީ އުންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014/SCAN18
46 ގެ ސަފްޙާ 5
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ
ޤާނޫނަކުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާ މީހުން ދިރިއުޅޭ ތަންތަން މާނަކުރަންވާނީ މީސްމީހުން ދިރިއުޅޭ ގޭގޭގެ
އިތުރުން މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެފަދަ އެހެންތަންތަންވެސް ހިމެނޭގޮތަށްކަން؟
(ނ) ހުށަހެޅިފައިމިވާ މައްސަލައިގައި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ހުޅުވާ ބަލައި ފާސްކޮށްފައިވަނީ
އެތަނުގެ ވެރިފަރާތުގެ ހުއްދަ އަދި ކޯޓު އަމުރެއްގެ
އިވެސް ނޫންކަން،
4w
2 ބ 2 ތ ﷲ 4
ވެއެކު
ކޯޓު އަމުރެއްނެތި އެތަނަން ވަނުން ހުއްދަ ކުރާ ފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ދައުލަތަށް
ދެއްކިފައިނުވާކަން؟
(ރ)
ޚި
ސަބަބުތަކަށްޓަކައި
ށްޓަކައި މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ގޯލްޑަން އެވޯއީ ޕްރައިވެޓް
ލިމިޓެޑްގެ އޮފީސްތެރެއަށް ވަދެ ފުލުހުން ހޯދާފައިވާ ހެކި ޤަރީނާތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ
ހެކި ޤަރީނާކަމަށް ބެލެވެންނެތްކަމަށެވެ. އެހެންކަމުން، ބާޠިލު ކަމެއްގެ މައްޗަށް ތުރުތީބުވެގެން
އަންނަ ކޮންމެ ކަމަކީ ބާޠިލުކަމެއްކަމުގައި ވާނެތީ، މިފަދަ ހެކި ޤަރީނާގެ މައްޗަށް ބިނާކޮށް
ހުށަހަޅާފައިވާ މި ދަޢުވާއަކީ ބާޠިލް ދަޢުވާއެއް ކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
5. ހައިކޯޓުގެ ނަންބަރު 202/HC
-
A/2013 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލުތަކާ
ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފުރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 06 (ހައެއް) ނުކުތާއަކީ؟
ޚިލާފަށްކަމަށް ބުނެ
ހު
5. ]
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ޚުލާސާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި ޖިނާއީ މައްސަލަތައް ސާބިތުކުރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތީމުގެ ) އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Ochid Magu | Male'| Republic of Maldives
މާލެ،
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax| ފޯން: 3009994
960+ :Tel
2014SC-A/l8
46 ގެ ސަފްޙާ 6
60 + + + 93
ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ޔާންކޮށްފައިވާއިރު، ޙުސައިން ޞަބާޙްގެ މައްޗަށް ދަށުކޯޓުން ސާބިތުވި ކުށުގެ ޚުޠޫރަތްތެރިކަމަށް
ނުބަލައި، މި މައްސަލައިގައި ޙުސައިން ޞަބާޙްގެ މައްޗަށް ސާބިތުކުރެވޭ އެތައް ހެއްކާއި ޤަރީނާތައް
ލިބިފައިވާއިރު، އެ ހެކިތަކާއި ޤަރީނާތައް ހައިކޯޓުން އެކުށީގެންވާ ގޮތެއްގައި ތުޤްޔާމްނުކޮން
މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.2
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
މީހުން ދިރިއުޅޭ ތަންތަން މާނަކުރަންވާނީ މީސްމީހުން ދިރިއުޅޭ ގޭގޭގެ އިތުރުން މީސްމީހުންގެ
އަމިއްލަ އޮފީސްތަކާއި އެފަދަ ތުންތުންވެސް ހިމެނޭގޮތުންކަމަށް ހައިކޯޓުން މައްސަލަ ނިންމުމުގައި
ފާހަގަކޮށްފައިވާއިރު، މި ހާދިސާ ހިނގުމާ ހަމައަށް އެއްވެސް ފަރާތަކުން "މީހުން ދިރިއުޅޭ
ތަންތަން" މާނަ ކޮށްފައިނުވުމާއި، އެ ޙާލަތުގައި ފުލުހުން އަމަލުކޮށްފައިވަނީ "މީހުން ދިރިއުޅޭ
ތަންތަން" ގެ ޢާންމު މާނައަށް ބަލައިގެންކަމަށެވެ. މީހުން ދިރިއުޅޭ ތަންތަން ނޫން އެހެން ތަންތަން
ކޯޓު އަމުރަކާ ނުލާ ފާސްކުރުމަކީ ފުލުހުންނަށް ލިބިފައިވާ ބާރެއްކަމަށާއި، މި މައްސަލައިގައި
މުސްތުވާތަކެތި ފެނިފައިވަނީ މީހުން ދިރިއުޅޭތަނަކުންކަން ޙުސައިން ޞަބާޙްއަށް
ސާބިތުކޮށްދެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތް
CZ
5.3 ގޯލްޑަށް އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ފުލުހުންވަނީ ޙުސައިން ޞަބާޙްއާއި އެހެން ފަރާތެއްގެ
ހާޒިރުގައިކަމަށް ވެފައި، އެ އޮފީސް ބަލައިފާސްކުރަން އިންކާރުކޮށްފައިނުވާތީ، އެތަން ބަލައި
ފާސްކުރަން އެފަރާތްތަކުގެ ރުހުން އޮތްކަމަށް ބަލަންޖެހޭކަމާއި މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ
ނިންމާފައިވާކަމަށާއި، "މީހުން ދިރިއުޅޭ ތަންތަން" ގެ ލުޣަވީ މާނައަށް ބަލާނަމަ، ބަލައި ފާސްކުރި
އޮފީހުގެ ވެރިފަރާތަކީ ކޮބައިކަމާއި އެފަރާތުގެ ހުއްދު އޮތްކަން ހައިކޯޓުން ބަލަންޖެހޭކަމާއި،
ނުބަލައި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ "މީހުން ދިރިއުޅޭ ތަންތަން"
މާނަކުރިގޮތާއި ހައިކޯޓުން އަމަލުކުރި ގޮތާ ދިމާނުވާގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
އެކަންކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
0 896ކުފާރު
2014/SC-Al8
46 ގެ ސަފްޙާ 1
5.
047
ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑުން ކޯޓު އަމުރެއްނެތި ފުލުހުން ވަދެ ހޯދާފައިވާ ހެކި ޤަރީނާތަކަކީ
ޤާނޫނާއެއްގޮތަށް ހޯދާފައިވާ ހެކި ޤަރީނާ ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވާއިރު، މި
މައްސަލައިގައި ޙުސައިން މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް
ލިބިފައިވުމާއި، ފެނުނު މުސްތުވާތަކެތި ހުރި ރަބަރު ޕެކެޓުން ޙުސައިން ޞަބާޙްގެ އިނގިލީގެ
ނިޝާން ފެނިފައިވުމާއި، ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ވަދެފައިވުނީ ނުބައި
ނިޔަތެއް އޮވެގެން ނުވަތު އޮޅުވާލައިގެންކަން އެނގެން ނެތްއިރު، އަދި މި މައްސަލައިގައި ޙުސައިން
ޞަބާޙް އެ އޮފީހުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭ އެކަށީގެންވާ
ސަބަބުތަކެއް އެހާތަނަށް ފުލުހުންނަށް ލިބިފައިވާއިރު، އަދި ފުލުހުން އެތަނަށް ވަދެ މަސްތުވާތަކެތި
ނުގެންދިޔަނަމަ އެ ހެއްކާއި ކުޅެ ހެކި ނައްތާލުމުގެ ފުރުޞަތު އޮތްއިރު، ހަމައެކަނި ކޯޓު
އަމުރެއްނެތި ފުލުހުން އެ އޮފީހަށް ވަދެފައިވާކަމަށް ބުނެ އެސަބަބުގެ މައްޗަށް ބިނާކޮށް ހެކި
ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމަކީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޤަބޫލުކުރާ
އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާތީ މިއީ ޢަދުލުވެރި
ބުނެ ހުށަހެޅި ނުކުތާ.
5.5
ޙުސައިން ޞަބާޙްގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑުން ފެނުނު
މަސްތުވާތަކެއްޗާއި ގުޅުމެއްވާއިރު، އަދި ގޯލްޑަން އެވޯއީ ޕްރައިވެޓް ލިމިޓެޑުން ފެނުނު
މަސްތުވާތަކެތި އަޅާފައިވާ ރަބަރު ޕެކެޓުން ޙުސައިން ޞަބާޙްގެ ފިންގަރ ޕްރިންޓް ފެންނަންޖެހުނު
ހަރުދަނާ ސަބަބެއް ދެއްކިފައި ނުވުމުން، މިކަމަކީ އެ އޮފީހުން ފެނުނު މަސްތުވާތަކެތީގެ މުތުލަޤު
މަސްއޫލިއްޔަތު އުފުލަންޖެހޭ ޤާނޫނީ ޤަރީނާއެއް ކަމަށް ވާއިރު، މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.6
ޙުސައިން ޞަބާޙްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާގައިވާ ކުށްތަކަކީ، އެކުށްތަކުގެ
ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، މުޖުތަމަޢުއަށް ނުރައްކާތެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަޤު| މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' 'Republic of Maldives
ވެބްސައިޓް: URL WWW.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009994
960 + :Tel
2014SCAl8
46 ގެ ސަފްޙާ 8
ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއްކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
33/SC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، މި ޤަޟިއްޔާއަށް ރިޢާޔަތްނުކޮށް ހަމައެކަނި ކޯޓު
މުރެއްނެތްކަމަށް ބުނެ ދަށު ކޯޓުގެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
Occ
ޤާނޫނުއަސާސީ މާނަކުރުން
6. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމުން ހުށަހެޅި މައިގަނޑު އެއް
ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާ "މީހުން ދިރިއުޅޭ ތަންތަން" މާނަކުރިއިރު މީސްމީހުން ދިރިއުޅޭ ގޭގޭގެ އިތުރުން
މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެފަދަ ތަންތަންވެސް ހިމެނޭގޮތަށް އެ މާއްދާ މާނަކުރިގޮތް ޤާނޫނު
ޚިލާފުވާކަމަށެވެ.
7. ޤާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ އެއް ޙައްޤު ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
އަތުލުން
ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ 47. (ހ) އެކުށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި،
ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނެއްނުވާނެއެވެ.
(ނ) ގޮވުތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ
ތަންތަނެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް
ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް
ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ
ނުރުހުމުގައި ވަދެގެނެއް ނުވާނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960+ :Tel
2014SCAl8
46 ގެ ސަފުޙާ 9
8. ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) މާނަކޮށްފައިވާ ގޮތަށް ބަލާއިރު،
ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، އެމެރިކާ އަދި ކެނެޑާ
ފަދަ ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުގައި "ޢާންމު ތަންތަން"
ފިޔަވައި "އަމިއްލަ ތަނަކަށް"
އެމީހެއްގެ
ހުއްދައާ ނުލައި ފުލުހުންނަށް ވަދެވޭނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އަދި "އަމިއްލަ ތަންތަން" ގެ
ތެރޭގައި މީހުން ދިރިއުޅޭ ގޭގެ އިތުރުން މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެހެނިހެން ތަންތަންވެސް
ހިމެނޭކަން އެނގެން އޮންނަކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ "މީހުން ދިރިއުޅޭ ތަންތުން" މާނަކުރަންވާނީ މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެހެނިހެން
ތަންތަންވެސް ހިމެނޭ ގޮތަށްކަމަށެވެ.
COLX
9. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން
ބަޔާންކުރެވިފައިވެއެވެ. އެގޮތުން، އެ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން
އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ
16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި
ޓްރައިބިއުނަލްތަކުން އެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި
ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ
ދީމިޤްރާތީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށް
ބަޔާންކުރެވިފައިއޮވެއެވެ.
10. އެގޮތުން، ހިފެހެއްޓުމާއި، ފާސްކުރުމާއި އަދި މުދާ އަތުލުން ގައިދު (ލިމިޓް) ކުރުމުގެ މަފްހޫމް ދުނިޔޭގައި
އެންމެ ފުރުތަމު އުފެދިގެން އައި ބައެއް ޤައުމުތަކުގައި، އެގޮތަށް ޢަމަލުކުރަން އެންމެ ފުރަތަމަ މެދުވެރިވި
ސަބަބު، އަދި މި ޙައްޤުތައް މާނަކުރެވެމުން އަންނަ ގޮތަށް ބަލައިލުން ރަނގަޅުކަމަށް ދެކެމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ: ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 10
އިނގިރޭސި ވިލާތް
05
!!.އެއްވެސް ގައިދު (ލިމިޓް) ކުރުމެއްނެތި ރައްޔިތުންގެ ގޮވުތި ގެދޮރު ބަލައި ފާސްކޮށް، ބޭނުން އެއްޗެއް
ބޭނުން ވަގުތެއްގައި ގެންދިޔުމުގެ ބާރު ރަސްކަން ކުރާ ފަރާތަށް އޮތުމަކީ، ރައްޔިތުންގެ މިނިވަންކަމަށް އޮތް
ބޮޑު ގޮންޖެހުމެއްކަމަށް އިނގިރޭސިން ޤަބޫލުކުރިއެވެ. އަދި މިފަދަ ޢަމަލުތަކަކީ، އަމިއްލަ ފަރުދުންގެ މެދުގައި
މުދަލުގެ މައްޗަށް އޮންނަ ޙައްޤުތައް ނިގުޅިގެންދާވަރުގެ ޢަމަލުތައްކަމަށްވެސް އެމީހުން ޤަބޫލުކުރިއެވެ.
ރަސްކަންކުރާ ފަރާތުންވެސް މީހުންގެ މުދަލާއި ޒާތީ ދިރިއުޅުމަށް އިޙްތިރާމްކުރަންޖެހޭކަމުގެ
ރާމްކުރަންޖެހޭކަމުގެ މަފްހޫމް އެންމެ
ފުރަތަމަ މީގެ 400 ވަރަކަށް އަހަރު ކުރިން އިނގިރޭސި ވިލާތުގެ އޭރުގެ އެޓަރނީ ޖެނެރަލް، ރ
އެޑްވަރޑް ކޯކް، ސެލެއިންސް ކޯހުގައި ފާހަގަކުރިއެވެ. ސާރ އެޑްވަރޑް ކޯކްގެ މަޝްހޫރު އިބާރާތް؟
ވީނަމަ
އދ
މީހަކަށްވެސް އެމީހެއްގެ ގެއަކީ، އެމީހެއްގެ ގަނޑުވަރާއި ކިއްލާއެވެ." އިބާރާތަށް މީގެ
ސަތޭކަ އަހަރެއް ފަހުންވެސް އެކި ޤައުމުތަކުގެ ޤާނޫނީ ދާއިރާގެ ފަންނުވެރިން އަންނަނީ ޙަވާލާދެމުންނެވެ.
321 bergayne's Case 77 Eng Rep 194 (KB1604)
"The house of everyone is to him as his [] costle and fortress"2
2ft95
12.ސެމެއިންސް ކޯހުގައި ޙައްޤުގެ ވާހަކު އޭރުގެ އިނގިރޭސި އެޓަރނީ ޖެނެރަލް ދެއްކި ނަމަވެސް، ރައްޔިތުންގެ
މުދަލަނާއި ޒާތީ ދިރިއުޅުމަށް ރަސްކަން ކުރާ ފަރާތުން ނުވަތަ ދައުލަތުން އިޙްތިރާމް ކުރަންޖެހޭކަމަށް
އިނގިރޭސި ވިލާތުގެ ކޯޓުތަކުން ބަލައިގަތީ އޭގެ އަދި 160 ވަރަކަށް އަހަރު ފަހުންނެވެ. އިނގިރޭސި
ވިލާތުގެ މުދާ ހިފެހެއްޓުމާއި، ބަލައި ފާސްކުރުމާއި އަދި މުދާ އަތުލުމާގުޅޭ ތާރީޚީ ޤަޟިއްޔާތަކެއްވެއެވެ.
އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީ ލިޔެވުނުއިރު، މުދާ ހިފެހެއްޓުމާއި، ފާސްކުރުމާއި
އަދި މުދާ އަތުލުމާ ގުޅޭ އުޞޫލުތަކުގެ އަސާސްއަކީވެސް އިނގިރޭސި މި ޤަޟިއްޔާތައް ކަމުގައިވެއެވެ.
ޤަޟިއްޔާތަކަށް ކުޑަކޮށް އަލިއަޅުވާލާނަމެވެ.
އގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
46 ގެ ސަފްޙާ 11
ކެރިންގްޓަން (1965)
ވެ
އެންޓިކް
13.އެންޓިކް ވ. ކެރިންގްޓަން3 ގައި އެންޓިކް އާއި އިތުރު ދެ މީހަކު ވެގެން "ދަ މޮނިޓަރ" ކިޔާ މަޖައްލާއެއް
ކޮންމެ ހަފްތާއަކު އެއް ފަހަރު ނެރެން ނިންމިއެވެ. މި މަޖައްލާގެ މަޤުޞަދަކަށްވީ މިނިވަންކަމާއި
ތެދުވެރިކަމުގެ ރޫޙު އިނގިރޭސީންގެ މެދުގައި އާލާކުރުމެވެ. ނަތީޖާއަކަށްވީ، އެއިރުގެ އިނގިރޭސި
ރަސްކަމާއި ދެކޮޅަށް އެ މަޖައްލާގައި ފައުޅު ކުރެވުނު ޚިޔާލުތަކުގެ ސަބަބުން، އެންޓިކްއަކީ މަސްއޫލުވެރި
އޭނާގެ ގެއިން ލިޔެކިއުންތައް އަތުލައިގަތުމަށް ޢަރލް އޮފް
ފަރާތްކަމަށް ބަލައި، އޭނާ ހައްޔަރުކުރުމަށާއި،
ހެލިފެކްސް އަމުރެއް ނެރުމެވެ.
14.އަމުރު ނެރުމުގެ ފަސް ދުވަސް ފަހުން، ކިންގ ޖޯރޖް III ގެ ޗީފް މެސެންޖަރު ނޭތަން ކެރިންގްޓަށް އާއި
fed papers are the owner's goods and chattels, they are his dearest property; and are so far from enduring a
2014SCAl8
24 + 6
83
2 0
* Entick v Carrington (1765] EWHC KB 198
4 The founders' aim was nothing less than to arouse "that spirit of LIBERTY and LOYALTY, for which the British
nation was anciently distinguished, but which was in a manner lulled asleep by that golden opiate, which weak
and wicked Ministers for many years had too successfully tendered to persons of all ranks, as a necessary engine
of government." The Monitor; or, British Freeholder, The Dedication at 1-2 derived from Donohue, Laura K.,
"The Original Fourth Amendment U.chll.Rev, Vol 83, No.3, 2016, p. 1181 at 1197.
5 "Every invasion of private property, be it ever so minute, is a trespass." Entick, 19 How St Tr at 1066, derived
from Donohue ibid at 1198.
,
އިތުރު ތިން މެސެންޖަރަކު ވެގެން އެންޓިކްގެ ގެއަށް ވަދެ އެގެ ބަލައި ފާސްކުރިއެވެ. މިކަމާ
ހިތްހަމަނުޖެހިގެން ރިންގްޓަންގެ މައްޗަށް ޓްރެސްޕާސްކުރުމުގެ (ހުއްދަނެތި ތަނަކަށް ވަނުމުގެ) ދަޢުވާ
އެންޓިކް ކުރިއެވެ. އެއީ، ކޮންމެ އިނގިރޭސިއަކަށްވެސް އޭނާގެ އަމިއްލަ ގޮވުތި ގެދޮރަށް ސަރުކާރުގެ
ފަރާތުން އެކަށީގެންވާ ސަބަބެއް ނެތި ވަނުމުން ރައްކާތެރިކަން ލިބިގެންވުމުގެ ޙައްޤެވެ.
15.މި މައްސަލައިގައި އެންޓިކްއާ އެއްކޮޅަށް ޙުކުމް ކުރަމުން، ޗީފް ޖަސްޓިސް އޮފް ދަ ކޮމަން ޕްލީސް،
ޗާރލްސް ޕްރެޓް ފާހަގަކޮށްފައިވަނީ، ވެރިކަން ކުރާ ފަރާތުން ބޭނުންވާ ކޮންމެ ހިނދެއްގައި މީހުން ދިރިއުޅޭ
ތަންތަނަށް ނުވަދެވޭނެކަމަށެވެ.؟ އަދި މި ރައްކާތެރިކަން ހުރިހާ ބާވަތެއްގެ ލިޔެކިއުންތަކުގެ މައްޗަށްވެސް
ދުވަސްވަރު އިނގިރޭސި ވިލާތުގައި ދެ ބާވަތެއްގެ ބަލައި
ދެމި އޮންނާނެ ކަމަށެވެ.6 މީގެ އިތުރުން،
seizure, that they will hardly bear an inspection." Donohue, ibid.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male | Republic of Maldives
:Fax | ފޯން: 3009998
960 + :Tel
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
2014SC-AMB
46 ގެ ސަފުޙާ l2
ފާސްކުރުމުގެ އަމުރު ނެރެ އެއީ ޖެނެރަލް ވޮރުންޓާއި ސްޕެސިފިކް ވޮރުންޓެވެ. ޖެނެރަލް ވޮރުންޓަކީ
ވަކި މީހެއް، ތަނެއް ނުވަތަ ތުހުމަތުކުރެވޭ ކުށެއް ބަޔާން ނުކޮށް ނެރޭ ވޮރަންޓެވެ. އެއާ ޚިލާފަށް ސްޕެސިފިކް
ވޮރަންޓެއްގެ ދަށުން އިސްވެ ފާހަގަކުރެވުނު ކަންކަން ތަފްޞީލު ކުރެވިފައިވެއެވެ. އެންޓިކްގެ ގެ ބަލައި
ފާސްކުރުން ނެރުނު ޖެނެރަލް ވޮރަންޓު ރައްދުވީ ސީދާ އެންޓިކްއަށް ނޫންކަމާއި އަދި އޭނާގެ މައްޗަށް
ތުހުމަތު ކުރެވޭ ކުށް، ވޮރަންޓުގެ ދަށުން ހޯދާ ތަކެތީގެ ތަފްޞީލު ފަދަ އެއްވެސް އެއްޗެއް ނެތްކަން ޗީފް
ޖަސްޓިސް ޕްރެޓް ފާހަގަކުރިއެވެ. އަދި ވެރިކަން ކުރާ ފަރާތުން އެފަދަ ބާރުތައް ބޭނުންކުރުމުން،
ޢާންމުންނަށްވާ ފައިދާއަށް ވުރެ ބޮޑަށް މައުސޫމް މީހުންނަށް ލިބޭ ގެއް
ފާހަގަކު
ގޮކުރިއެ
03 8 2
453
ގިއްލުން ބޮޑުވާނެ ކަމަށް ފާހެގެކުރއްވެ"
ވިލްކްސް ވ. ގުޑް (1763)
Ox
16.ލި މައްސަލައަކީ އެންޓިކްގެ މައްސަލަ ހުށަހެޅުމުގެ ދެ އަހަރު ކުރިން ޗީފް ޖަސްޓިސް ޕްރެޓް ބެލި
މައްސަލައެކެވެ. އެންޓިކް މައްސަލައާ ދާދި އެއްގޮތް މި މައްސަލައިގައިވެސް ހިމެނެނީ ވިލްކްސްގެ ގެ
ބަލައި ފާސް ކުރުމަށް ޖެނެރަލް ވޮރަންޓެއް ބޭނުންކުރުމެވެ. އެންޓިކްއާ އެކު "ދަ މޮނިޓަރ” ހިންގުމުގައި
ޝާމިލްވި ވިލްކްސްއަކީ އޭރު ނެރުނު އެހެން މަޖައްލާއެއްގައި ރަސްގެފާނަށް ފާޑުކިޔާފައިވާ އިނގިރޭސި
ޕާރލިމަންޓުގެ މެންބަރެކެވެ.
04 ދި 4
2
7 2ފ
در هر متر می
4
އޭނާގެ
17.މި މައްސަލައިގައި ވިލްކްސްގެ
ކުރެވުނީ ދޮގު މަޢުލޫމާތު ފެތުރުމުގެ ކުށެވެ. އެހެންނަމަވެސް
ބަލައި ފާސްކުރުމަށް ބޭނުންކުރެވުނު ޖެނެރަލް ވޮރަންޓަކީ އޭނާގެ ގެ ބަލައި ފާސްކުރުމަށް
އެންގުމުގެ މާކުރިން ތައްޔާރުކޮށްފައިވާ ވޮރަންޓެކެވެ. މި މައްސަލައިގައިވެސް ޙުކުމް ކުރެވުނީ ވިލްކްސްގެ
ގެ ބަލައި ފާސް ކުރުމަކީ ޣައިރު ޤާނޫނީ ޢަމަލެއްކަމަށެވެ. ޖެނެރަލް ވޮރަންޓެއްގެ ދަށުން ގޭތެރޭގައި ހުރި
ހުރިހާ ލިޔެކިއުމެއް ގެންދިއުންވީ ޒާތީ މިނިވަންކަމުގެ މަފްހޫމްއާ ޚިލާފުކަމަކަށެވެ.
Entick, 19 How St Tr at 1073, derived from Donohue, supra n.4.
}.ވެ
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ j3
ލީޗް ވ. މުނީ (1765)
2 22 92
18.މި މައްސަލައިގެވެސް ވާޤިއާތައް (ފެކްޓްސް) މިލްކްސްއާ ދާދި އެއްގޮތެވެ. ލީޗްއަކީ ވިލްކްސް މަޒްމޫނު
ލިޔުނު މަޖައްލާ ޕްރިންޓް ކުރި މީހާއެވެ. މި މައްސަލައިގައިވެސް ހިމެނުނު ޖެނެރަލް ވޯރަންޓަކީ ޤާނޫނާ
ޚިލާފު ވޮރަންޓެއްކަމަށް ކަނޑައެޅުނެވެ.
19. އެންޓިކް، ވިލްކްސް އަދި ލީޗްގެ މައްސަލަތަކަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ "ފޯރތް
އެލެންޑްމެންޓް" އެކުލަވާލުމުގައި އެޤަޢުމުގެ ޤާނޫނުއަސާސީ އެކުލަވާލި މޭސްތިރީން ރިޢާޔަތްކޮށް، އުޞޫލުގެ
މުހިންމުކަން ފާހަގަކުރި މައްސަލަތަކެކެވެ. އަދި މީގެ 250 އަހަރު ކުރިންވެސް މީސް މީހުންގެ ގޮވަތި
ގެދޮރު ބަލައި ފާސްކުރުމުގެ މަފްހޫމަށް ބަލާއިރު، ކޯޓުތަކުންވެސް ރިޢާޔަތް ކުރި މައިގަނޑު މަފްހޫމަކީ
ސަރުކާރުގެ ނުވަތަ ދައުލަތުގެ ކިބައިން މީސް މީހުންގެ އަމިއްލަ މުދާ އެކަށީގެންވާ ސަބަބެއް ނެތި ބަލައި
ފާސްކުރުމުން ހިމާޔަތް ކުރުންކަން އެނގެއެވެ.
20.މީހުންގެ އަމިއްލަ މުދާ ބަލައިފާސްކުރުމުގެ އުޞޫލުތައް އިނގިރޭސި ވިލާތުގައި އުފެދި، ތަރައްޤީވެގެން
އައިސް މިހާރު އަމަލުކުރާ ގޮތަށް ބަލާއިރު، އެކި ޤާނޫނުތަކުގެ ދަށުން އެކި އިޖުރާއަތުތައް ފުރިހަމަކުރުމާއެކު،
އެކި ތަޙުޤީޤީ އިދާރާތަކަށް މީހުންގެ އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ އަމުރު ހޯދުމުގެ ބާރު
ލިބިގެންވެއެވެ. އެގޮތުން، އިނގިރޭސި ފުލުހުން ތަނެއް ބަލައި ފާސްކުރުމަށް ބަރޯސާވާ މައިގަނޑު އެއް
ޤާނޫނަކީ ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓް (ޕީސް) 1984 އެވެ.
ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓް (ޕީސް) 1984
21. ހައްޔަރުކުރުމާއި ބަލައި ފާސްކުރުމުގެ އަމުރުތަކާއި ފުލުހުންގެ ބާރުތައް އިނގިރޭސިވިލާތުގައި ތަންޒީމުކުރާ
އެއް ޤާނޫނު ކަމުގައިވާ ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓް (ޕީސް) 1984 ގެ 23 ވަނަ
މާއްދާގައި، އެ ޤާނޫނުގެ ދަށުން ޙަވާލާދޭ "ޕްރެމިސެސް" ގެ މާނަ ބަޔާންކުރެވިފައިވެއެވެ. އެގޮތުން،
"ޕްރެމިސެސް" ނުވަތަ ތަން ކަމުގައި ބުނެފައިވަނީ އެއްވެސް އެއްގަމު އުޅަނދެއް، ކަނޑުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SC-AMB
46 ގެ ސަފްޙާ 14
އުޅަނދެއް، ނުވަތަ މަތިންދާ ބޯޓާއި، އިނގިރޭސި ސަރަޙައްދުގައި ހިމެނޭ ފެނުގެ އަޑީގައި ނުވުތު ކުނޑުގެ
އަޑީގައި ހަދާފައި ހުންނަ ތަން
ތަންތަނާއި8، އިއާދަކުރަނިވި ހަކަތައާ ގުޅިގެން ހަދާ ތަންތަނާއި9، އެއްވެސް ޓެންޓެއް
ނުވަތަ އެނޫންވެސް އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ
ފަޤީކުރެވޭ އެއްވެސް ކަހަލަ ސްޓްރަކްޗަރއެއް ހިމެނޭ ގޮތުން
ކޮންމެ ތަނެކެވެ.
22.އެހެންކަމުން އެއްވެސް އަމިއްލަ ތަނެއް ފުލުހުންނަށް ބަލައި ފާސްކުރެވޭނީ ޕޭސް ގައި ކަނޑައެޅިފައިވާގޮތުގެ
މަތިން ކޯޓު އަމުރެއް އޮވެގެންނެވެ. ޕޯސް ވުޖޫދަށް އައުމުގެ ކުރިން، މީހަކު ހައްޔަރު ކުރުމަށްފަހު، އިތުރު
ކޯޓު އަމުރަކާ ނުލައި މުއްތަހަމާ ގުޅުން ހުރި އިމާރާތްތައް ބަލައި ފާސްކުރުމުގެ ޞައްޙަކަމާ މެދު
ސުވާލުއުފެދުނެވެ. މެކްލޮރީ ވ. އޮކްސްފޮރޑް (1982)10 ގައި މީހަކު ހައްޔަރުކުރެވުނު
ގުޅުން ހުރި އެހެން ތަނެއް ފަހުން ބަލައި ފާސްކުރުމުގެ ބާރު ކޮމަން ލޯ ގެ ދަށުން ފުލުހުންނަށް
ލިބިދެވިފައިނުވާކަމަށް ކަނޑައެޅުނެވެ.
2 2 3 3 34)
ތަން
ދ ޏ 24
ދޭން އެންމެ
23. އެހެންނަމަވެސް
ންނަމަވެސް، 1984 ގައި ތަޢާރުފު ކުރެވުނު ޕޭސްގެ 18 ވަނަ މާއްދާގެ ދަށުން ކޯޓުގެ ނިންމުން
ބަދަލު ކުރެވުނެވެ. އެގޮތުން، ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން (އެއީ ހައްޔަރު ކުރުމުގެ އަމުރެއްގެ ދަށުން
ވިޔަސް ނުވަތަ ކުށެއް ކުރަނިކޮށް ހައްޔަރުކުރިޔަސް މީހަކު ހައްޔަރު ކުރުމަށްފަހު އޭނާ ހައްޔަރު ކުރެވުނު
ތަން ނޫން، އޭނާއާ ގުޅުންހުރި އިމާރާތްތައް އިތުރު އަމުރަކާ ނުލައި ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް
ލިބިދެވުނެވެ. މި މާއްދާގެ ދަށުން މުއްތަހަކު ހައްޔަރު ކުރެވުނު ތަން ނޫން އެހެން ތަނެއް ބަލައި ފާސް
ކުރެވޭނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުނާއި ނުވަތަ އެބާވަތުގެ އެހެން ކުނަކާ ގުޅުންހުރި ހެކި ހޯދަން
އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށެވެ. އިތުރު ކޯޓު އަމުރެއް ހޯދުމަކާނުލައި ކުށެއްގެ ތުހުމަތުގައި
ހައްޔަރު ކުރެވޭ މީހަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދެވިފައިވަނީ ސީދާ
8 އޮފްޝޯރ އިންސްޓިލޭޝަންސް". ޢާންމު ގޮތެއްގައި ފެނުގެ ނުވަތަ ކަނޑުގެ އަޑީގައި ހުންނަ މިނެރަލް ނެގުމަށް ނުވަތަ އެއާބެހޭ
ސާތައްކުރުމަށް ހަދާފައި ހުންނަ ތަންތަނެވެ
"ރިނިއުބަލް އެނާރޖީ އިންސްޓޮލޭޝަން".
Mctorie v0gord [1982]3 wL.R. 423,10
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާލެ: ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
2014SCA18
46 ގެ ސަފްޙާ l5
ޤާނޫނެއްގެ ދަށުންކަން ފާހަގަކުރެވެއެވެ. އަދި މިގޮތަށް ޢަމަލު ކުރުމުގައިވެސް ފުލުހުންގެތެރޭގައި ވަކި
އިޖުރާޢަތުތަކެއް ފުރިހަމަ ކުރަންޖެހެއެ މިސާލަކަށް، މީހަކު ހައްޔަރު ކުރުމަށްފަހު ތަނެއް ބަލައި
ފާސްކުރުމުގެ ހުއްދަ ވަކި ރޭންކަކަށް ވުރެ މަތީ އޮފިސަރެއް ދިނުން ލާޒިމު ކުރުން، ނުވަތަ މީހަކު ހައްޔަރު
ކުރުމަށްފަހު ޙާލަތު މެދުވެރިކުރާ ގޮތުން، އެމީހާއާ ގުޅުން ހުރި ތަނެއް ވަގުތުން ބަލައި ފާސްކުރަންޖެހޭނަމަ،
ހުއްދަ ނުހޯދާ އެތަނެއް ބަލައި ފާސްކުރިނަމަވެސް، ވީ އެންމެ އަވަހަކަށް މަތީ
ރޭންކެއްގެ އޮފިސަރަކަށް
އެކަން ހިނގާ ދިޔަކަން އެންގުން ޤާނޫނުގައި ލާޒިމްކުރުން ފަދަ ކަންކަމެވެ.
24. އެހެންކަމުން، ފޭސް 1984 ގެ ދަށުންވެސް، އެންޓިކް ވ. ކެރިންގްޓަންގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން،
މީސްމީހުންގެ އަމިއްލަ މުދާކުމުގައި ބަލަނީ ހަމައެކަނި އަމިއްލަ ގޮވަތި ގެދޮރު ނޫންކަމާއި، އަމިއްލަ މުދާ
ނުވަތަ ތަންތަން ކަމުގައި ބަލަނީ، ދައުލަތުގެ ތަންތަން ނޫން މީސްމީހުންގެ އަމިއްލަ އެހެނިހެން ތަންތަންކަން
އެނގެއެވެ.
25.ކުރިންވެސް ފާހަގަކުރެވުނު ފަދައިން، އެކި ބާވަތުގެ ބަލައި ފާސްކުރުމުގެ އަމުރު ނެރުމުގެ ބާރު އެކި
ޤާނޫނުތަކުގެ ދަށުން އެކި އިދާރާތަކަށް އިނގިރޭސި ވިލާތުގައި ލިބިދެވެއެވެ. ނަތީޖާއެއްގެ ގޮތުން، އެކި
ތަންފީޒީ އިދާރާތަކަށް އޮޅުންއަރައި، އަމުރަށް އެދޭ ފަރާތުންވެސް އަމުރަކަށް އެދޭއިރު އެކަށީގެންވާ ވަރަށް
ތައްޔާރުނުވެ، އަދި އަމުރު ނެރެދޭ ފަނޑިޔާރުންވެސް އަމުރެއް ނެރެދޭންޖެހޭ ފަދަ ޙާލަތެއް އޮތްތޯ އެކަށީގެންވާ
ވަރަށް ނުބަލައި، އަމުރެއް ނެރެފާނެކަމުގެ ބިރު އޮތްކަމަށް އިނގިރޭސި ވިލާތުގެ ލޯ ކޮމިޝަނުންވަނީ
ފާހަގަކޮށްފައެވެ. އިނގިރޭސި ވިލާތުގެ ލޯ ކޮމިޝަންގެ 5 ޖޫން 2018 ގެ ކޮންސަލްޓޭޝަން ޕޭޕަރގައި،
ބަލައި ފާސްކުރުމުގެ އަމުރާގުޅޭ ޤާނޫނުތައް އިޞްލާހުކުރަންޖެހޭކަމަށާއި އަދި ޢާންމު ރައްޔިތުންނަށް
މިހާރަށްވުރެ ބޮޑަށް ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.13 އިނގިރޭސި
ޤާނޫނަށް ގެންނަން ހުށަހަޅާ އިޞްލާހުތަކުގެ ރިޕޯޓު ޕަބްލިޝްކުރަން ހަމަޖެހިފައިވަނީ މިއަހަރު (2020)
4
8 05
Law Commission, Search Warrants, (Consultation Paper No 235, 2018).
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ: ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
2014SCAl8
46 ގެ ސަފްޙާ l6
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
26. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީގެ ދަށުން ދައުލަތުން މީހުންގެ ގޯތި ގެދޮރު ފަދަ
އަމިއްލަ ތަންތަން ބަލައިފާސްކުރުމުގައި ރައްޔިތުންނަށް ރައްކާތެރިކަން ލިބިދެވެއެވެ. އަދި މި ޙައްޤަކީ އެ
ޤައުމުގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤެއްކަމުގައިވާއިރު، މައުޟޫޢުއާ ގުޅޭ އެތައް
މައްސަލައެއް ކޯޓަށް ހުށަހެޅި، އެތައް ބަހުސެއްކުރެވި، އަދި އުދިވެސް ކުރެވެމުންދާ ޤައުމެއްކަމުގައިވާއިރު،
ޚި ޤައުމުގެ ތާރީޚާއި ތަޖުރިބާއަށް ބަލައިލުން ރަނގަޅުކަމުގައި ދެކެމެވެ.
18.27 ވަނަ ޤަރުނުގައި އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް އެމެރިކާއިންވެސް ރަސްކަންކުރާ ފަރާތުން
މީސްމީހުންގެ އަމިއްލަ ތަންތަނަށް ވަނުމާމެދު ދެކޮޅުހެދިއެވެ. އަދި ނަތީޖާއަކަށްވީ، ރަސްކަންކުރާ ފަރާތުން،
ޤާނޫނީ
ލިބިގެންނަމަވެސް، މީހުންގެ މުދާ ބަލައި ފާސްކުރުން ފެށުމުން، ރައްޔިތުން އެކަމާ މެދު
ނުރުހުން ފައުޅުކޮށް
4 2 2 4 92
1 4 4 3 2 z & )
އެބުނެލާން ނެދީފަ2$
28. މިސާލަކަށް 1734 ވަނަ އަހަރު، އެޑްމިރަލްޓީ ކޯޓުގެ މާޝަލްއެއް ކަނޑުބޯޓެއް ބަލައި ފާސްކުރަން ދިޔުމުން،
އެ ބޯޓުގެ ކެޕްޓަން، އޭނާ އުޅަނދު ބަލައި ފާސްކުރުމަށް ހުރަސްއެޅުމުގެ ގޮތުން ބޮޑުބަޑި (ކެނަން) ޖެހިއެވެ.
ކެޕްޓަން މިގޮތަށް ޢަމަލުކުރުމުން ކެޕްޓަން މަރާލީއެވެ. ކެޕްޓަންގެ މަރާ ގުޅިގެން ޢާންމުން އެތަނަށް ކުއްލި
ގޮތަކަށް އެއްވިއެވެ. އަދި އެ ބޯޓަކީ ކެޕްޓަންގެ ގެ ކަމަށާއި، އެއްވެސް މީހެއްގެ އަމިއްލަ ތަނަކަށް ރަސްކަން
ކުރާ ފަރާތުން ވަނުމުގެ ބާރެއް ނޯންނާނެ ކަމަށް ބުނެ ނުރުހުން ފައުޅުކުރިއެވެ.13 މިގޮތަށް މީސްމީހުންގެ
ގޮވަތި ގެދޮރާއި، ގުދުންތަކާއި، ވިޔަފާރި ކުރާ ތަންތަން އިނގިރޭސި ރަސްކަމުން ބަލައި ފާސްކުރުމާމެދު،
ދެކޮޅުވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިޔައެވެ.
29.އިނގިރޭސި ވިލާތުގައި އެންޓިކްގެ މައްސަލައާއި ވިލްކްސްގެ މައްސަލަ ނިމުނުގޮތް އިނގިރޭސި
އިސްތިޢުމާރުގައި އޮތް އެމެރިކާއިންވެސް ކާމިޔާބީއެއް ގޮތަށް ފާހަގަކުރިއެވެ. އަދި އެމެރިކާގެ ޤާނޫނުއަސާސީގެ
Danohue, supra n.4 at 1240
fia l24]
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014/SC-A/l
46 ގެ ސަފްޙާ 11
މޭސްތިރީންވެސް ޖެނެރަލް ވޮރަންޓްގެ މަފްހޫމްއަށް ދެކޮޅުހެދިއެވެ. ދައުލަތުން އަމިއްލަ ތަނެއް ބަލައި
ފާސްކުރާނަމަ، އަމުރު ރައްދުވާ ފަރާތުގެ ތަފްޞީލާއި، ތުހުމަތު ކުރެވޭ ކުށާއި ބަލައި ފާސްކުރަން ބޭނުންވާ
ތަނުގެ ތަފްޞީލު ފަދަ ކަންކަން ހިމެނުމަށް ތާއީދުކުރިއެވެ. އެހެންނަމަވެސް، އެމެރިކާގެ ޤާނޫނުއަސާސީ
1988 ވަނަ އަހަރު ތަސްދީޤު ކުރެވުނުއިރު، ދައުލަތުން މީސްމީހުންގެ އަމިއްލަ ތަންތަން ބަލައި ފާސްކުރެވޭ
ގޮތް ގައިދު (ލިމިޓް) ކުރުން ހިމެނޭ ގޮތަށް، ފަރުދީ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުއަސާސީގައި ހިމެނުމަށް،
އެއިރު އެކަށީގެންވާ އަދަދެއްގެ ވޯޓު އެމެރިކާގެ އެކި ސްޓޭޓްތަކުން ނުލިބުނެވެ.
30.އެހެންނަމަވެސް އޭގެ ހަތަރު އަހަރު ފަހުން، 1792 ގައި، ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ މާއްދާތަކެއް
އިތުރު ކުރެވި، ޤާނޫނުއަސާސީއަށް އިސްލާޙު ގެނެވުނެވެ. އެގޮތުން، ބަލައި ފާސްކުރުމާގުޅޭ މާއްދާ، "ދަ
ފޯރިތް އެމެންމެން"
ޑްމެންޓް" ގައި؟
"The right of the people to be secure in their persons, houses, papers, and
effects, against unreasonable searches and seizures, shall not be violated, and
no Warrants shall issue, but upon probable cause, supported by Oath or
affirmation, and particularly describing the place to be searched and the
persons or things to be seized, w14
31.އެމެރިކާގެ ތާރީޚަށް ބަލާއިރު، ފޯރތް އެމެންޑްމެންޓް އުފަންވާން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ،
އިނގިރޭސީންގެ އިސްތިޢުމާރުގައި އޮތް އެމެރިކާއިން އިނގިރޭސި ވިލާތަށް އާމްދަނީ ހޯދުމުގެ ގޮތުން
އެމެރިކާއަށް އެތެރެކުރާ މުދަލާއި، ތަކެތި ބަހައްޓާފައި ހުންނަ ގުދަނާއި ވިޔަފާރިކުރާ ތަންތަން އެކަށީގެންވާ
ސަބަބެއް ނެތި، އަބަދު ބަލައި ފާސްކުރުމެވެ.
ގެ ދިވެހި ބަހުން މި މާއްދާ ތަރުޖަމާ ނުކޮށް ބާއްވާފައިވަނީ ޤަސްތުގައެވެ. މި މާއްދާގައި ހިމެނޭ ކޮންމެ ލަފްޒެއް މާނަކުރަން ޖެހޭ ގޮތާބެހޭ ގޮތުން
އެތައް ބައިވަރު ކޯޓު ޙުކުމްތަކެއްވެއެވެ. އެތައް ބައިވަރު ބަހުސެއް ކުރެވުނެވެ. އަދިވެސް ދަނީ ކުރެވެމުންނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތީމުގެ ( އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid fagu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: (300999
960 + :Tel
46 ގެ ސަފްޒާ &1
e
32.އެހެންކަމުން، މި މާއްދާއަކީވެސް ހަމައެކަނި މީސްމީހުންގެ މުދަލުގެ ތެރެއިން ވަކި އެއްޗެއް ނުވަތަ ތަނެއް
(މިސާލަކަށް، ހަމަ އެކަނި މީހުން ދިރިއުޅޭ ތަންތަން) ބަލައި ފާސްކުރުމަށް ހަނިކުރެވިފައިވާ މާއްދާއެއް
ނޫނެވެ. އަމިއްލަ ކޮންމެ މުދަލަކާއި ތަނެއް، މި މާއްދާގެ ދަށުން ހިމާޔަތް ކުރެވެއެވެ.
33، މީގެ 200 އަހަރު ކުރިން ފަރުމާ ކުރެވުނު މާއްދާއެއް ޒަމާނާއި ޓެކްނޮލޮޖީއާ އެއްގޮތަށް އެމެރިކާއިން މާނަ
ކުރަމުން އައިގޮތް ބަލައިލުން މުހިންމެވެ. ފޯރތް އެމެންޑްމަންޓް ބެލެވެނީ މަތިވެރި އަދި ކަނޑައެޅިގެން
ރައްކާތެރިކަން ލިބިގެންވާ ޙައްޤެއްގެ ގޮތުގައެވެ. އެމެރިކާ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ފަދައިން؟
3AUniori Pic #y vBotsford (asi) &ldi U.s, 250at251
2014SCAl8
"No right is held more sacred, or is more carefully guarded, by the common low,
than the right of every individual to the possession and control of his own
person, free from all restroint or interference of others, unless by clear and
unquestionable authority of law."15
See Donohue, supra n.4 at 1301
”ޤާނޫނުން ކަނޑައެޅިގެން ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، އެހެން މީހުންގެ ކިބައިން ހިފެހެއްޓުމެއް
ނުވަތަ ބައިވެރިވުމެއް ނެތި، ކޮންމެ ފަރުދަކަށްވެސް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ
ބާރުވެރިކަމާއި، އަތުގެ ވެރިކަމަށްވުރެ ވަކިން މަތިވެރި އަދި ކަނޑައެޅިގެން ރައްކާތެރިކަން ލިބިދޭ ޙައްޤެއް
ކޮމަން ލޯގައި ނޯންނާނެއެވެ."
16
34. ފޯތް އެމެންޑްމަންޓް އެންމެ ފުރަތަމަ ބައްޓަންކުރެވުނީވެސް މީހުންގެ އަމިއްލަ މުދާ ހިމާޔަތް ކުރާށެވެ.
އެގޮތުން "އިފެކްޓްސް" މި ލަފްޒު ބޭނުން ކުރެވިފައިވަނީ ޒާތީ މުދަލުގެ އިތުރުން ވިޔަފާރި މުދާވެސް
ހިމެނުމުގެ މަޤުޞަދުގައެވެ. ކޮންގްރެސްއިންވެސް ފޯތް އެމެންޑްމަންޓަށް ޚާއްޞަ އަހައްމިއްޔަތުކަމެއް
ދިނެވެ. މިސާލަކަށް 1789 ވަނަ އަހަރުގައި ޑިޔުޓީ ދައްކަންޖެހޭ މުދާ ހުރިތޯ ބަލައި ފާސްކުރަށް ކަސްޓަމްސް
އޮފިސަރުން ބޭނުންވާނަމަ، އެންމެ ފުރަތަމަ ޖަސްޓިސް އޮފް ދަ ޕީސް އެއްގެ ކުރިމައްޗަށް ހާޒިރުވެ، ހުވާ
މަތީގައި ހުރެ، ބަލައި ފާސްކުރަން ބޭނުންވާ ތަނުގެ ތަފްޞީލާއި، ބަލައި ފާސްކުރަން ބޭނު
ބޭނުންވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ j9
ދަލީލުކޮށްދޭ އެކަށީގެންވާ ހެކި ހުށަހަޅަންޖެހޭ ގޮތަށް ކޮންގްރެސްއިން ޤާނޫނެއް ފާސްކުރިއެވެ. 1886 ގައި
ބޮއިޑް ވ. ޔުނައިޓެޑް ސްޓޭޓްސްގައި ފޯތް އެމެންޑްމަންޓްގެ ހިމެނޭ "ޕޭޕަރސް" ގެ މާނައިގެ ތެރޭގައި
ވިޔަފާރީގެ ރިކޯޑުތައްވެސް ހިމެނޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އެ މައްސަލައިގައި، އެއިރު ޢަމަލު
ކުރެވެމުން ދިޔަ ޤާނޫނެއްގެ ދަށުން، ތަޙުޤީޤުގެ ބޭނުމަށްޓަކައި ލިޔެކިއުން ހުށަހަޅަން ލާޒިމުކުރުމަކީ ފޯތް
އެމެންޑްމަންޓާ ޚިލާފުކަމެއްކަމަށް ކަނޑައެޅުނެވެ. ސަބަބަކީ އެފަދަ ލިޔުންތައް ދިނުމަށް މީހަކަށް މަޖުބޫރު
ކުރުވުމަކީ، ފިފްތް އެމެންޑްމެންޓާ ޚިލާފަށް އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް މަޖުބޫރުން ހެކި ދިނުންކަމަށް
ކޯޓަށް ބެލެވުމުން، ފިފްތް އެމެންޑްމަން
ކިޑްމަންޓްގައިވާ ޙައްޤަށް އުނިކަން އަންނަފަދަ މޭރުމަކުން ބަލައި ފާސްކުރުމަކީ،
ފޯރތް އެމެންޑްމަންޓާ ޚިލާފުކަމެއްކަމަށް
..
ޔުނައިޓެޑް ސްޓޭޓްސް (1921)28
35. ފީލިކްސް ގޫލެޑްގެ ރަހުމަތްތެރިކަމުގައި އެމެރިކާގެ އަސްކުރީ އިންޓެލިޖެންސް އޮފިސަރެއް އޭނާގެ އޮފީހަށް
ވަދެ، ސިއްރުން ލިޔެކިއުންތަކެއް އެ އޮފީހުން ގެންދިޔައެވެ. ފަހުން މި ލިޔެކިއުންތައް ބޭނުން ކުރެވުނީ
ގޫލެޑް ސަރުކާރަށް މަކަރާ ހީލަތް ހަދަން އުޅޭކަމުގެ ތުހުމަތުގައި، ގޫލެޑްއާ ދެކޮޅަށެވެ. އެމެރިކާ ސުޕްރީމް
ކޯޓުން ކަނޑައެޅީ، ޤާނޫނާ ޚިލާފަށް، ނުވަތަ ގަދަ ބާރުން މީހެއްގެ ގެއަށް ނުވަތަ އޮފީހަށް ވަނުމަކީ ފޯތް
އެމެންޑްމެންޓާ ޚިލާފުކަމެއް ނަމަ، މީހަކަށް އޮޅުވާލައިގެން ސިއްރުން އެގޮތަށް ވަދެ ތަން ބަލައި ފާސްކުރުން
ނުވަތަ ތަކެތި އެބައެއްގެ ބެލުމުގެ ދަށަށް ގެނައުން ވާނީ ހަމަ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ.
10
36.މި މައްސަލައިގައި ބަލައި ފާސް ކުރުމުގެ އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް ގޫލެޑްގެ އޮފީސް ބަލައި
ފާސްކުރެވުނެވެ. އެ އަމުރު ނެރުނީ ފޫލެޑް ސުރުކާރު މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، އެކަމާ
ގުޅޭ ލިޔެކިއުންތައް ހޯދުމުގެ ބޭނުމުގައެވެ. އެމެރިކާ ސުޕްރީމް ކޯޓުން ޙުކުމް ކުރީ މިފަދަ އަމުރަކީ ޤާނޫނާ
Boyd v United States, 116 U.S. 616 (1886)
vuitedstates,255 U.S. 298(521
18 vid at 305
Sega Gauled
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014sC-A/18
46 ގެ ސަފުޙާ 20
ދެކޮޅަން ހެކި
ޚިލާފު އުމުރެއްކަމަށާއި، އެއީ މީހެއްގެ މައްޗަށް ދަޢުވާ ކުރުމުގެ ބޭނުމުގައި
ހޯދުމަށްޓަކައި އޭނާގެ ގެ ނުވަތަ އޮފީސް ބަލައި ފާސް ނުކުރެވޭނެކަމަށެވެ.
30
37.މި މައްސަލައިން ދައްކުވައިދެނީ ދައުލަތަކީ ނުވަތަ ދައުލަތުގެ އެކި މުއައްސަސާތަކަކީ ބާރުވެރި ފަރާތް
ކަމުގައިވާ ހިނދު، އެ ފަރާތަށް ލިބިދެވިފައިވާ ވުޞީލަތްތައް ނަހަމަ ގޮތުގައި ރައްޔިތުންނާ ދެކޮޅަށް ބޭނުން
55ޑ
ރެވޭނެކަމެވެ.
ވ. ޖާރޑީންސް (2013)21
2006.38 ވަނަ އަހަރު ކާކުކަން ނޭނގޭ ފަރާތަކުން މަޔާމީ، ފްލޮރިޑާގެ ފުލުހުންނަށް ގުޅައި، ކޮންމެވެސް
ގެއެއްގައި މެރުއާނާ (މަސްތުވާތަކެތި) އުފައްދާކަމުގެ މައުލޫމާތު ދިނެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުން
ދިޔައީ މަސްތުވާތަކެތި ހޯދުމަށް ތަމްރީންކޮށްފައިވާ ކުއްތާއެއް ގޮވައިގެންނެވެ. މި ކުއްތާ އެގޭގެ ދޮރުމަތީގައި
އޮވެ ކުރި ހަރަކާތްތަކުން ގޭގެއެތެރޭގައި މަސްތުވާތަކެތި ހުރިކަން އެނގުނެވެ. ފަހުން އެގެ ބަލައި
ފާސްކުރުމުގެ އަމުރެއްގެ ދަށުން އެ ގެއަށް ވަދެ ގޭގެ ވެރި ފަރާތް ހައްޔަރު ކުރިއެވެ.
v
39. އެމެރިކާ ސުޕްރީމް ކޯޓުން މި މައްސަލަ ނިންމިއިރު، 9 ފުނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުންގެ
އަޣުލަބިއްޔަތުން ކަނޑައެޅި ފުލުހުންގެ ޚާއްޞަ ކުއްތާއެއް ފޮރެންސިކް ބޭނުމަށްޓަކައި ކޯޓު އަމުރެއް ނެތި
ގެއެއްގެ ދޮރު މައްޗަށް ގެނައުމަކީ ފޯތް އެމެންޑްމަންޓާ ޚިލާފުކަމެއް ކަމަށެވެ.
ރައިލީ ވ. ކެލިފޯރނިއާ (2014)23
40.
2009 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޑޭވިޑް ލިއޯން ރައިލީ ކާރު ދުއްވާފައި ދަނިކޮށް ފުލުހުން އޭނާ
ހުއްޓުވިއެވެ. އޭނާ ހުއްޓުވީ މުއްދަތު ހަމަވެފައިވާ ރެޖިސްޓްރޭ ޝަން ޓެގު ކާރުގައި ހުރުމުންނެވެ. ފުލުހުން
The mere-evidence rule.
(2013)1
.s69u.sޖޭގެ
Bey valifolia,573 J5, 373 {2014
22
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 21
ރައިލީގެ ލައިސަންސް ބެލިއިރު، އޭނާގެ ކާރު ދުއްވުމުގެ ލައިސަންސް އޮތީ ސަސްޕެންޑުކޮށްފައެވެ. އަދި
ގަވާއިދާ އެއްގޮތަށް ރައިލީގެ ކާރު އިތުރަށް ބަލައި ފާސްކުރިއިރު ދެ ބަޑި ފެނުނެވެ. އަދި ފަހުން ހެދި
ތަހުލީލު ތަކުން އެނގިގެން ދިޔައީ މިތަނުން އެއް ބަޑިއަކީ މީހަކު މަރަން ބޭނުންކުރެވުނު ހަތިޔާރެއްކަމެވެ.
މީގެ އިތުރުން ގޭންގު ހުރަކާތްތަކަށް ބޭނުންކޮށް އުޅޭ ބައެއް އިތުރު އާލާތްތައް ކާރު ތެރެއިން ފެނުމުން،
ފުލުހުން ރައިލީ ހައްޔަރު ކުރިއެވެ. އަދި ބަލައި ފާސް ކުރުމުގެ އިތުރު އަމުރަކާ ނުލައި އޭނާގެ މޯބައިލް
ފޯނު ބަލައި ފާސްކުރިއެވެ. މޯބައިލް ފޯނުން ފެނުނީ އޭގެ ތަންކޮޅެއް ކުރިން ހިނގާފައިވާ މީހަކު މެރުމުގެ
މައްސަލައަކާ ގުޅުން ހުރި ބައެއް ކަހަލަ ވީޑިއޯތަކާއި ފޮޓޯތަކެކެވެ.
XX Od
41.ސުޕްރީމް ކޯޓަށް ހުށަހެޅުނު މައިގަނޑު މައްސަލައަކީ ޤާނޫނުގެ ދަށުން ޞައްޙަ ލައިސެންސެއް ނެތި ވެހިކަލް
ދުއްވާ މީހެއްގެ ވެހިކަލް ބަލައި ފާސްކުރި ނަމަވެސް، އިތުރު އަމުރަކާ ނުލައި މޯބައިލް ފޯނު ބަލައި
ފާސްކުރެވިދާނެތޯއެވެ. ސުޕްރީމް ކޯޓު އިއްތިފާޤުން ކަނޑައެޅީ، މިއީ އެމެރިކާގެ ދުސްތޫރާ ޚިލާފުކަމެއް
ކަމަށެވެ. ޗީފް ޖަސްޓިސް ޖޯން ރޮބަރޓްސް ލިޔުނު ރައުޔުގައި، ޒަމާނީ ޓެކްނޮލޮޖީއާ އެކު އެމީހެއްގެ އަތުގައި
ހުރި ހުރިހާ ލިޔެކިއުމެއް ނުވަތަ މައުލޫމާތެއް މޯބައިލް ފޯނުގެ ޒަރީއާރިން ފަސޭހަކަމާއެކު (ޖީބުގައި)
އުފުލެވުމަކީ، އެމެރިކާގެ ޤާނޫނުއަސާސީގެ މޭސްތިރީންގެ ވިސްނުމާ އެއްގޮތަށް، އެފަދަ މަޢުލޫމާތު
ޤާނޫނުއަސާސީގެ ދަށުން ހިމާޔަތް ނުކުރެވޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ފުލުހުން މީހަކު ހައްޔަރު
ކުރުމަށްފަހު އޭނާގެ ފޯނު ބަލައި ފާސްކުރަން ބޭނުންވާނަމަ
ބޭނުންވާނަމަ، އެކަމަށް ޖެހޭނީ އަމުރެއް ހޯދުންކަމަށެވެ.3
އޯލްސްޓެޑް
، ޔުނައިޓެޑް ސްޓޭޓްސް (1928)24
42."ބުލައި ފާސްކުރުން" ނުވަތަ "ސަރޗަސް" ލަފްޒު ޒަމާނާ އެއްގޮތަށް މާނަކުރުމުގައި ވޭތުވެދިޔަ 200
ވަރަކަށް އަހަރު ތެރޭގައި އެމެރިކާ ކޯޓުތަކުން ގޮންޖެހުންތަކާ ކުރިމަތިލިއެވެ. ތަނެއް ބަލައި ފާސްކުރުމަކީ
32 bid, Slip Opinion at 28.
24 Olmsteod v United States, 277 U.S. 438 (1928)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
2014scAli
46 ގެ ސަފްޙާ 22
ހަމައެކަނި އެތަނެއްގެ ތެރެއަށް ހުއްދަނެތި ވަނުމެއް (ޓްރެސްޕާސް) ނޫނެވެ. ތަނެއް ބަލައި ފާސްކުރުންކަމަން
ބެލެވެނީ މީހުންގެ ދިރިއުޅުމުގެ ޒާތީ ކަންކަމަށް ދައުލަތުން ވަނުމަށެވެ.2
43. ކަންމިހެން އޮތް ނަމަވެސް، ދިރިއުޅުމުގެ ޒާތީ ކަންކަމަށް ދައުލަތުން ވަނުމަކީ ޖިސްމާނީގޮތުން (ފިޒިކަލީ)
އަމިއްލަ ތަނަކަށް ވަނުންތޯ ނުވަތަ ނޫންތޯ ސުވާލު އުފެދުނެވެ. 1928 ގެ މައްސަލައެއް ކަމުގައިވާ
އޯމްސްޓެޑްގައި ޤާނޫނާ ޚިލާފަށް ބަނގުރާ ވިއްކުމުގެ
މީގެ ބޮޑު ވިޔަފާރިއެއް ފަޅާއެރީ އެކަމުގެ ތެރޭގައި ހިމެނުނު
މީހުންގެ އޮފީހާއި ގޭގެ ފޯނު ވަޔަރޓެޕް ކޮށްގެން ފޯނު ކޯލުތައް އަޑުއަހައިގެންނެވެ. ވަޔަރޓެޕް ކުރުމުގެ
އިންސްޓޯލް ކުރުމުގައި އެއްވެސް ޤާނޫނަކާ ފެޑެރަލް އޮފިސަރުން ޚިލާފުވެފައިނުވެއެވެ. ޓެޕް ކުރާ
އާލާތްތައް ބެހެއްޓީ އެކި ގޭގޭގެ ކައިރީ މަގުމަތީގައާއި ބޮޑު އޮފީސް އިމާރާތެއްގެ ބޭސްމަންޓުގައެވެ.
އަތޮތެވެ
C
44. ފެޑެރަލް އޮފިސަރުން އެކި މީހުންގެ ފޯނު ކޯލުތައް އެތައް މަހެއް ވާންދެން އަޑުއަހަމުން ގެންދިޔައެވެ.
ނަތީޖާއަކަށްވީ ޤާނޫނާ ޚިލާފު ބޮޑު އޮޕަރޭޝަނެއް ފަޅާއެރުމެވެ. އަދި އޯލްސްޓެޑްއާއި ސިއެޓްލް ފުލުހުންނާ
އޮތް ގުޅުންވެސް ފަޅާއެރިއެވެ. އެގޮތުން، އެ މައްސަލައާ ގުޅިގެން އޭގެ ކުރިން ހައްޔަރު ކުރެވުނު އެތައް
ބަޔަކު ފުލުހުން ވަގުތުން މިނިވަންކުރުމާއި، ފުލުހުންގެ ބައެއް އޮފިސަރުންނަށް ރިޝްވަތު ދިނުން ފަދަ
ކަންކަން ހާމަވެގެންދިޔައެވެ.
45.މި މައްސަލައިގައި ފޯރތް އެމެންޑްމަންޓާ ޚިލާފަށް ހެކި ހޯދާފައިނުވާކަމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން
ކަނޑައެޅިއެވެ. އެއީ، ފޯނު ވަޔަރޓެޕް ކުރީ އެއްވެސް މީހެއްގެ ގެއަށް ނުވަތަ އޮފީހަށް ވަދެގެން ކަމުގައި
ނުވާތީއެވެ.
ގޯލްޑްމަން ވ. ޔުނައިޓެޑް ސްޓޭޓްސް (1942)26
v United States, 116 U.S. 616 (1886)
2 Coldman v United States, 316 U.S. 129 (1942)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 23
46. ގޯލްޑްމަން ވ.
ޔުނައިޓެޑް ސްޓޭޓްސް އަކީވެސް އޯމްސްޓެޑްއާ އެއްގޮތް މައްސަލައެކެވެ. މި މައްސަލައިގައި
ފެޑެރަލް އޭޖެންޓުންތަކެ
ޖިންޓުންތަކެއް ޤާނޫނީ ވަކީލެއްގެ އޮފީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކެއް އަޑުއެހިއެވެ. މި
ވާހަކަތައް އަޑުއެހުމަށްޓަކައި އޭޖެންޓުންތަކެއް ހުއްދަނެތި، ސިއްރުން އޮފީހަށް ވަދެ، އޮފީހުގެ ޕާޓިޝަން
ފާރުގައި މައިކްރޮފޯނެއް ހަރުކުރިއެވެ. އެކަމަކު ހަރުކުރި މައިކްރޮފޯނު މަސައްކަތް ނުކުރުމުން، ޖެހިގެން ހުރި
އޮފީހަށް ވަނުމުގެ އެކްސެސް ހޯދުމާއެކު، އެ އޮފީހުގެ ފާރުގައި ސެންސިޓިވް މައިކްރޮފޯނެއް ޖައްސައިގެން
ޤާނޫނީ ވަކީލުގެ އޮފީސް ތެރޭގައި ދެއްކި ވާހަކަތައް އަޑުއެހިއެވެ.
47.ސުޕްރީމް ކޯޓުން ކަނޑައެޅީ ހުއްދަނެތި އޮފީހަށް ވަނުމާއި، އޮފީސް ތެރޭގައި ދެއްކި ވާހަކަތައް އަޑުއެހުމަކީ
ތަފާތު ދެ ކަމެއްކަމަށެވެ. އެއީ ވަކީލު އޮފީސްތެރޭގައި ދެއްކި ވާހަކަ އަޑުއެހީ އިންވެގެން ހުރި އޮފީހުގެ
ފާރުގައި މައިކްރޮފޯނެއް ޖައްސައިގެން ވަކީލުގެ އޮފީހުގެ ތެރެއަށް ނުވަދެ ކަމުގައިވާތީއެވެ.
48.މިއާ ޚިލާފަށް ސިލްވަރމަން ވ. ޔުނައިޓެޑް ސްޓޭޓްސް (1961)27 ގައި ރޯ ހައުސްއަކުން ޖުވާކުޅޭ ރިންގެއް
އޮޕަރޭޓް ކުރާތީ، އެކަން ތަޙުޤީޤު ކުރުމަށްޓަކައި އެ ރޯހުސްއާ އިންވެގެން ހުރި ރޯހައުސްގެ ވެރިފަރާތުގެ
ހުއްދައާ އެކު އެޖެންޓުން އެގެއަށް ވަދެ ޖެހިގެން ހުރި ގެއަށް ފާރަލަމުން ގެންދިޔައެވެ. މި ދެ ރޯހައުސް
އިންވެގެންވާ ފާރުގައި ހުރީ ރެނދުލާފައެވެ. އަދި އެފާރުގައި ބޮޑު ބާ ގަނޑެއް ހުއްޓައި އެޖެންޓުންނަށް
ފެނުނެވެ. އެ ބާ ގަނޑުގެ ތެރެއަށް އެއް ފޫޓު ދިގު ދަނޑިގަނޑެއްގައި ހަރުކޮށްފައިހުރި މައިކްރޮފޯނެއް
ނުވަތަ "ސްޕައިކް މައިކް" އެއް ވެއްދިއެވެ. ކަން ދިމާކުރި ގޮތުން ސްޕައިކް މައިކް ގޮސް ވެއްދުނީ ޖެހިގެން
ހުރި ގޭގެ ހީޓިން ޑަކްޓެއްގެ ތެރެއަށެވެ. ނަތީޖާއަކަށްވީ، މުޅި ގޭތެރޭގައި ދެއްކި ހުރިހާ ވާހަކަތަކެއް
ފަސޭހައިން އަޑުއެހުމަށް މަގުފަހިވުމެވެ.
Silverman v United States, 365 U.S. 505 (1961)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
2014/SC-A/18
46 ގެ ސަފްޙާ 24
49.މި މައްސަލައިގައި އެޖެންޓުންގެ ޢަމަލުތައް އެއީ ޤާނޫނާ ޚިލާފު ބަލައި ފާސްކުރުމެއްކަމަށް ސުޕްރީމް ކޯޓުގެ
އިއްތިފާޤުން ކަނޑައެޅިއެވެ. ސަބަބަކީ އަމުރެއް ނެތި ޖިސްމާނީ ގޮތުން (ފިޒިކަލީ) އެގެ ތެރެއަށް
އެޖެންޓުންވަނީ ކަމުގައި ބެލެވެން އޮތަތީއެވެ.
50.މިހެންކަމުން، 1960 ގެ އަހަރުތަކުގައި އެމެރިކާ ސުޕްރީމް ކޯޓުން ފޯރތް އެމެންޑްމަންޓް މާނަ ކުރުމުގައި
ސަރުކާރުން ތަނެއް ބަލައި ފާސްކުރުންކަމަށް ބަލަނީ ކޮންމެވެސް މިންވަރަކަށް ޖިސްމާނީ ގޮތުން (ފިޒިކުލީ)
މީހެއްގެ އަމިއްލަ ތަނަކަށް ވަނުމުންކަން
ފާހަގަކުރެވެއެވެ.
ކެޓްޒް
ޔުނައިޓެޑް ސްޓޭޓްސް
28(1967)
XXC
[5.ބަލައި ފާސްކުރުން މާނަކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާ އެއްހަމަވާ ފަދައިން އިންޤިލާބީ ބަދަލެއް ގެނައީ ކެޓްޒް
ވ. ޔުނައިޓެޑް ސްޓޭޓްސް އިންނެވެ. 1967 ގައި އެމެރިކާ ސުޕްރީމް ކޯޓުން ނިންމި މި މައްސަލައިގައި،
ޕަބްލިކް ފޯނު ބޫތެއްގެ މަތީގައި ފޯނު ކޯލްތައް އަޑުއެހުމުގެ މަޤުޞަދުގައި އޭޖެންޓުން މައިކްރޮފޯނެއް
ތަތްކުރިއެވެ.
52. ފޯނު ބޫތު ހުރީ މަގުމަތީގައި ކަމުގައި ވީނަމަވެސް، އަދި ތަތްކުރި މައިކްރޮފޯނު ސީދާ ބޫތުގެ އެތެރެއަށް
ނުވެއްދި ނަމަވެސް، ސުޕްރީމް ކޯޓުން ޙުކުމް ކުރީ އޭޖެންޓުންގެ މި ޢަމަލަކީ ފޯރތް އެމެންޑްމަންޓާ ޚިލާފަށް
ބަލައި ފާސްކުރި ކުރުމެއްކަމަށެވެ. މަގުމަތީގައި ހުރި ޓެލެފޯނު ބޫތަކީ ޢާންމު ތަނެއް ކަމުގައިވީ ނަމަވެސް،
އެތަނަކީ، އެތަނެއް ބޭނުންކުރާ މީހެއްގެ ނަޒަރުގައި އެކަށީގެންވާ ޒާތީ މިނިވަންކަމެއް (ޕްރައިވެސީއެއް)
ނުވަތަ އެހެން މީހުންގެ ކިބައިން ސިއްރުވެރިކަމެއް ލިބިދެވޭ ފަދަ ތަނެއްނަމަ، އެފަދަ ތަނެއް ބަލައި
ފާސްކުރެވޭނީ އަމުރެއްގެ ދަށުންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
ޔުނައިޓެޑް ސްޓޭޓްސް ވ. ޖޯންސް (2012)29
v United States, 389 0.5 341 Nip67)
2 Enited States vJoiles, 132s ct 345 (2012)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ| އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Thcemuge | Orchid Magu | Male": Republic of Maldives
ވެބްސައިޓް: URL Wvw.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009998
960+ :Tel
2014/SC-A/18
46 ގެ ސަފްޙާ 25
53.މި މައްސަލައިގައި، ތަހުޤީޤު ކުރި ފަރާތްތަކުން ތުހުމަތު ކުރެވުނު ފަރާތުގެ ކުރު ތަންދޮށުގައި ޖީ.ޕީ.އެސް
ޑިވައިސްއެއް ހަރުކުރިއެވެ. ސުޕްރީމް ކޯޓުން ކަނޑައެޅީ މިއީ ފޯރތް އެމެންޑްމަންޓް ޚިލާފަށް، ހުއްދަ ނެތި
ތަނަކަށް ވަނުންކަމަށެވެ. ހުއްދަނެތި ވަނުން، ނުވަތަ "ޓްރެސްޕްސް" އަކީ ޢާންމު ގޮތެއްގައި ތަނެއްގެ
ތެރެއަށް ވަނުންކަމުގައި ވީނަމަވެސް، އަދި މި މައްސަލައިގައި، ޖީ.ޕީ.އެސް ޓްރެކިންގ ޑިވައިސް
ހަރުކޮށްފައިހުރީ ކާރުގެ އެތެރޭގައި ނޫންކަމުގައިވީ ނަމަވެސް، މި ޢަމަލަކީ ޓްރެސްޕާސްއެއް ކަމަށާއި އަދި
މިއީ ޤާނޫނާ ޚިލާފަށް، އަމުރެއްނެތި ތަނެއް ބަލައި ފާސްކުރުންކަމަށް ކޯޓުން ކަނޑައެޅިއެވެ.
ޖޯރޖިއާ ވ. ދެންޑޮލްފް (2006)30
54.އެމެރިކާގައިވެސް ތަނެއްގެ ވެރިފަރާތުން ނުވަތަ ދިރިއުޅޭ ފަރާތުން އެއްބަސްވާނަމަ، ކޯޓު އަމުރަކާ ނުލައި
އެތަނެއް ބަލައި ފާސްކުރެވިދާނެއެވެ. ސުވާލަކީ، އެތައް ބަޔަކު އުޅޭ ތަނެއްގައި، އެންމެ މީހެއްގެ ހުއްދައާ
އެކު އެތަނެއް ބަލައި ފާސްކުރެވިދާނެތޯއެވެ.
55.ރެންޑޯލްފްއާއި އޭނާގެ އަނބިމީހާއާ ދެމެދު މައްސަލަ ޖެހުނެވެ. އަނބިމީހާ ދެމަފިރިންގެ ދަރިފުޅު ގޮވައިގެން
އެމެރިކާއިން ފުރައިގެންދިޔައީ ކެނެޑާއަށެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ދަރިފުޅު ގޮވައިގެން
އެނބުރި އެމެރިކާއަށްއައިސް، ދެމަފިރިންގެ ގޭގައި އުޅުނެވެ. އޭގެފަހުން، އަނެއްކާވެސް ދެމަފިރިންގެ
ދޭތެރޭގައި ޖެހުނު ހަމަނުޖެހުމެއްގެ ސަބަބުން ރެންޑޮލްފް ގެއިން ނިކުމެގެން ދިޔައީ ދަރިފުޅު ގޮވައިގެންނެވެ.
އަނބިމީހާ ފުލުހުންނަށް ގުޅައިގެން ފުލުހުން އެގެއަށް އައުމުން، ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ
މީހެއްކަމަށް ބުންޏެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރެންޑޮލްފް ގެއަށް އަނބުރާ އައެވެ. އަދި އަނބިމީހާ
ދަރިފުޅު ގޮވައިގެން ޤައުމުން ބޭރަށް އަނެއްކާވެސް ގޮސްފާނެތީ، އެ ކުއްޖާ ހުރީ އަވަށްޓެރިއެއްގެ ކައިރީގައި
ބަހައްޓާފައިކަމަށް
2 2 0 7
ކާޓޫޑް
3bearpio v undolph,547U.S. 103 2006
ނުމު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court {of thc Maldives | Theemuge | Orchid Magu | Male'| Republic of Maldives
މާވެ.
ވެބްސައިޓް URL
:
www.supremecourt.gov.mv | ފެކްސް: 36008554
960 + :Tax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 26
56. ފުލުހުންގޮސް އަވަށްޓެރި ގެއިން ކުޑަކުއްޖާ އެނބުރި ގެނައުމުން، ރެންޑޮލްފްގެ އަނބިމީހާ އަނެއްކާވެ.
އޭނާ ގޭތެރޭގައި މަސްތުވާތަކެތި 5 ބޭނުންކުރާ ކަމުގެ ޝަކުވާ ކުރިއެވެ. ރެންޑޮލްފް މިކަމަށް އިންކާރު ކުރުމާއެކު
ތުހުމަތު ކުރީ އޭނާގެ އަނބިމީހާ މަސްތުވާތަކެތި
# 2 34c
ރުންކުރުކަމެނވ.
33
57.މި ތުހުމަތުތަކާ ގުޅިގެން އެގެ ބަލައި ފާސްކުރުމުގެ ހުއްދައަކަށް ފުލުހުން ރެންޑޮލްފްގެ ކިބައިން އެދުނެވެ.
އޭނާ އެކަމަށް އިއުތިރާޒު ކުރުމުން، އަނބިމީހާގެ ހުއްދައަށް އެދުނެވެ. އަނބިމީހާ ވަޤުތުން ހުއްދަ ދިނުމާއެކު
ފުލުހުން ކޮޓަރިއަކަށް ވެއްދިއެވެ. އެ ކޮޓަރިން ފެނުނީ ޖޫސްބޯ ހޮޅިއެއްގެ ފުލުގައި ހުދު ކުލައިގެ ކުނޑިއެއް
ހޭކިފައިހުރިތަނެވެ. ފުލުހުން އެ ފޮޅިއާއި ދެމަފިރިން ފުލުސް ސްޓޭޝަނަށް ގެންދިއުމަށްފަހު، ކޯޓު އަމުރެއް
ހޯދައިގެން އެގެ ބަލައި ފާސްކުރުމުން، މުސްތުވާތަކެތި ބޭނުންކުރާކަމުގެ އިތުރު ހެކި ފެނުނެވެ.
58.ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކަނޑައެޅީ، ތަނެއްގައި އުޅޭ ބައެއްގެ ތެރެއިން އެންމެ މީހަކު އިއުތިރާޒު
ކުރިޔަސް، ކޯޓު އަމުރެއް ނެތި އެތަނެއް ބަލައި ފާސް ނުކުރެވޭނެކަމަށެވެ. އަދި މި މައްސަލައިގައި
އެންޑޮލްފްގެ ގޭތެރެ ބަލައި ފާސްކޮށްފައިވަނީ ފޯރތް އެމެންޑްމަންޓާ ޚިލާފަށް ކަމަށެވެ.
ކައިލޯ ވ. ޔުނައިޓެޑް ސްޓޭޓްސް
31(2007)
59.އެމެރިކާ ސަރުކާރުން ކައިލްއަށް ފާރަލުމަށްޓަކައި އޭނާ ދިރިއުޅޭ ގޭގެ ބޭރުން ތަރމަލް އިމެޖިންގ
ޑިވައިސްއެއް ބޭނުންކުރިއެވެ. މި ޑިވައިސްއަކީ ފާރެއްގެ ތެރެއަށް ކޮށްޕައިގެން ބޭނުންކުރި އާލާތެއް ނޫނެވެ.
ޑިވައިސްއިން ނަގައިގަންނަނީ ހަމައެކަނި ގޭތެރޭގެ ހޫނު ތަންތަނެވެ. ކުއިލޯގެ ގޭގެ ގަރާޖުގެ ފުރާޅުމަތިންނާއި
ގަރާޖު ފާރުތަކުން އާދަޔާ ޚިލާފު ހޫނުކަމެއް ދެއްކިއެވެ. ފެޑެރަލް އެޖެންޓުންނަށް ވިސްނުނީ މަސްތުވާ
އެއްޗެއްކަމަށްވާ މެރުއާނާ ގޭތެރޭގައި ހައްދާނަމަ، ގަހަށް ބޭނުންވާ އަވީގެ ބަދަލުގައި، އެތައް ބައިވަރު ބޮކި
ތަކެއް ހަރުކޮށްފައިވުމެވެ. މި މަޢުލޫމާތުގެ އަލީގައި ކައިލޯގެ ގެ ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން
ހޯދިއެވެ. އަދި އެގެ ބަލައި ފާސްކުރުމުން 100 މެރުއާނާ ގަސް ފެނިފައިވެއެވެ.
kyle » United States,533U.5.21(2001)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SC-A/l8
46 ގެ ސަފްޙާ 23
60. ތަރމަށް އިމެޖިންގ ޑިވައިސް ބޭނުންކުރި ކުރުމަކީ ފޯރތް އެމެންޑްމަންޓްގައި ބުނާ ފަދަ ނުލައި
ފާސްކުރުމެއްކުމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކަނޑައެޅިއެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ ގޭގައި
އެމީހެއްގެ ޒާތީ މިނިވަންކަން (ޕްރައިވެސީ) އޮންނާނެކަމަށް އެމީހަކަށް ޤަބޫލުކުރެވޭ
ކުރެވޭނެއެވެ. ތަނެއް ބަލައި
ފާސްކުރާނަމަ، އެކަން ކުރެވޭނީ ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިންނެވެ. ތަނަކަށް ޢަމަލީގޮތުން ނުވަނަސް،
ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮން އެއްޗެއްގައި އަތް ނުލައި، ދުރުގައި ހުރެގެން މީހުން ދިރިއުޅޭ ތަންތަން
ބަލައި ފާސްކުރަންވީ، ކޯޓު އަމުރެއްނެތި ތަނަކަށް ވަދެ ބަލައި ފާސްކުރުންފަދަ ކަމަކަށެވެ. ތަރމަލް އިމެޖިންގ
ޑިވައިސް ބޭނުންކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައިކަމުން، އެއީ ޤާނޫނާ ޚިލާފަށް ތަނެއް ބަލައި
ފާސްކުރުންކުރުން ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
އެހެން ޤައުމުތަކުގެ ތަޖުރިބާ
61. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 22/HC
-
A/2013 ޤަޟިއްޔާގައިވެސް ދުނިޔޭގެ ބައެއް ދީމިޤްރާޠީ
މުޖްތަމައުތަކުގައި ޢަމަލުކުރާ ގޮތް ފާހަގަކޮށްފައިވެއެވެ. އަދި މިސާލެއްގެ ގޮތުގައި ނަގާފައިވަނީ އެމެރިކާއާއި
ކެނެޑާގައި އަމަލުކުރާ ގޮތްކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި
އިނގިރޭސި ވިލާތަނާއި އެމެރިކާގައި ޢަމަލުކުރަމުންދާ ގޮތުގެ ތަފްޞީލަށް ބެލުމުގެ މައިގަނޑު މަޤުޞަދަކީ،
ބަލައި ފާސްކުރުމުގެ މަފްހޫމް ތާރީޚީ ގޮތުން އުފެދިގެން އައިސް، ގައިދު (ލިމިޓް) ކުރެވުނު ސަބަބުތަކަށް
އަލިއަޅުވާލުމެވެ. އަދި ޖިނާއީ ކުށްތަކުގައިވެސް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ފުލުހުން ނުވަތަ
ދައުލަތުން ހެކި ހޯދުމުން، އެ ޤައުމުތަކުގެ ކޯޓުތަކުން އެ ހެއްކަށް ރިއާޔަތް ނުކުރާކަން އެނގެއެވެ. ކިތަންމެ
ބޮޑު ކުށެއް ތުހުމަތުކުރެވުނު ކަމުގައިވިޔަސް، ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށް ކޯޓު
އަމުރެއް ނެތި ހެކި ހޯދާނަމަ، ފުލުހުން ނުވަތަ ދައުލަތުން ޢަމަލުކުރަންޖެހޭ ވަކި އިޖުރާއާތުތަކެއް
ޤާނޫނުއަސާސީގައާއި ޤާނޫނުތަކުގައި ކަނޑައެޅިފައި އޮތުމުގެ މަޤުޞަދު ޙާސިލުނުވެއެވެ. ރައްޔިތުންނަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCA18
46 ގެ ސަފްޙާ &2
ލިބިދެވިފައިވާ ޙައްޤުތައް ނިގުޅައިގަނެވި، ކަންކަމުގައި ދައުލަތުން ނާޖާއިޒު ގޮތުގައި ޢަމަލު ކުރުމަށް
މަގުފަހިވެގެ
. E + + + +
62.ދުނިޔޭގެ ގިނަ މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ގޮތުން އެނގޭކަމަކީ، ބަލައި ފާސްކުރުމުގެ
އިންތަކެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ކަނޑައެޅުމުގެ ބޭނުމަކީ މީހުންގެ އަމިއްލަ މުދަލަށް
ދައުލަތުގެ ކިބައިން ރައްކާތެރިކަން ފޯރުކޮށްދިނުންކަމެވެ. މި ޤައުމުތަކުގެ ތަޖުރިބާއަށް ބެލުމުން، ތާރީޚީގޮތުން
ޒާތީ މިނިވަންކަމުގެ ޙައްޤު އުފެދިގެން އައިއިރު، އެ މިނިވަންކަން ގައިދު (ލިމިޓް) ކުރެވިފައިވަނީ މީހުންގެ
އަމިއްލަ މުދަލުގެ ތެރެއިން ވަކި ބާވަތެއްގެ މުދަލަކަށް ނޫންކަން އެނގެއެވެ. 2008 ގައި ތަސްދީޤުކުރި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތައް މާނަކުރުމުގައި ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުގެ ތަޖުރިބާއަށް ރިޢާޔަތްކުރުން ލާޒިމްކުރާއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) ގައި
މީހުން ދިރިއުޅޭ ތަންތަނުގެ މާނައިގެ ތެރޭގައި މީސްމީހުންގެ އަމިއްލަ އޮފީސްތައް ހިމެނޭތޯ ބެލުމުގައި،
ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި މި މާއްދާ މިގޮތަށް ބައްޓަންކޮށްފައި އޮތީ ގަސްތުގައި މީހުން ދިރިއުޅޭ
ތަންތަން ފިޔަވައި އެހެނިހެން ތަންތަން ނުހިމެނުމުގެ މަޤުޞަދުގައިތޯ ބަލައިލުން މުހިންމެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ބަހުސް
7.63 އޮގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވާލި
ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ޔައުމިއްޔާތައް ބެލިއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) ގައި
"މީހުން ދިރިއުޅޭ ތަންތަން" މި ލަފްޒު އެގޮތަށް ބޭއްވިފައި އޮތުމުގެ މަޤުޞަދަކީ، މީހުންގެ އޮފީސްފަދަ
އެހެނިހެން ތަންތަނުން އަމުރެއް ނެތި ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަން ދޭހަވާ މޭރުމުން، އެއްވެސް
ރަކު ވާހަކަ ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް، 47 ވަނަ މާއްދާގެ (ނ) ގައި "ގޮވަތި
ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަން" ކަމަށް އޮތް ފުރަތަމަ ޖުމްލަ އުނިކުރަން
މެންބަރަކު :
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 29
3 ހޑ 3
2
2 [
ހުށަހެޅެނީވ.
މިގޮތަށް ހުށަހެޅުނު ސަބަބުކަމަށް މާޅޮސްމަޑުލު ދެކުނުބުރީ މެންބަރު ފާހަގަކޮށްފައިވަނީ،
އަސާސީގެ 24 ވަނަ މާއްދާގައި އޮތް ޒާތީ ދިރިއުޅުމާ ގުޅޭ މާއްދާ އެއިރު ފާސްކޮށްފައިވާތީ، އެ
މާއްދާގައިވާ ކަންކަން 47 ވަނަ މާއްދާގެ (ށ) ގައި އޮތް ފުރަތަމަ ޖުމްލައިން ތަކުރާރުވާ ކަމަށް މެންބަރަށް
ޤަބޫލުކުރެވިގެންކަމަށެވެ.33 ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އަންނަނިވި ގޮތަން ބަޔާންކު
ބަޔާންކުރެވިފައިވެއެވެ.
33
ޒާތީ ދިރިއުޅުން
24. ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި،
އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ އުރުމަތްތެރިވެގެންވާ
ކަންކަމާއި ތަންތަންވެ. ހަމަ ކޮންމެމީހަކުމެ، އަނެކުންގެ މި ބުނެވުނު
ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެ
+ + + + 8
.
64. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ އެހެން މެންބަރަކު ފާހަގަކޮށްފައިވާ ގޮތުންނަމަ، "...އަޅުގަނޑުމެންނަށް
ފެންނަމުން މިދަނީ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން އެ ފައުޅު ކުރެއްވިހެން އެކި އެކި ބޭނުންތަކަށްޓަކައި
އެކި ތަންތަނަށްވަދެ އެކި އެކި ތަންތަނުގެ ޙުރުމަތް ކަނޑަމުންދާތަން".34 އޭގެ މިސާލެއްގެ ގޮތުން އެމް.ޑީ.ޕީ
އޮފީހަށް ފުލުހުން ވަންކަމަށް ބުނެ އެ މެންބަރު ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ނ) އެގޮތަށް ލިޔެވިފައި އޮތް ނަމަވެސް "...ޤާނޫނުއަސާސީއެއްގައި ކޮންގޮތަކަށް ލިޔެވިގެންތޯ
މިކަހަލަ ކަންތައްތައް މި ރާއްޖޭގެ ފުލުހުން ނުކުރާނީ.."35 މިގޮތަށް އެ މެންބަރު ފާހަގަކޮށްފައިވެއެވެ.
35
65. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ މެންބަރުންގެ ބަހުސަށް ބަލާއިރު، މެންބަރުންގެ ވިސްނުމަކީ ސަރުކާރުން
ނުވަތަ ދައުލަތުން ޤާނޫނީ އިމުގެ ބޭރުން މީސްމީހުންގެ އަމިއްލަ މުދާ އަތުލުމާއި އަދި ބަލައިފާސްކުރުމުން
ރައްކާތެރިކުރުންކުން ފާހަގަކުރެވެއެވެ މާޅޮސްމަޑުލު ދެކުނުބުރީ މެންބަރު ފާހަގަކުރި ފަދައިން، 47 ވަނަ
uއވެ
32
4 ނޮވެންބަރު 2007 ގެ ޚާއްޞަ މަޖިލިސް ޔައުމިއްޔާ 193 ގައި މާޅޮސްމަޑުލު ދެކުނުބުރީ މެންބަރު އިބްރާހީމް ޢަފީފް (1055 ވަނަ
ފޮޅުވަތުން 1078 ވަނަ ފޮޅުވަތުގެ ނިޔަލަން}
33 އބލ. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ ފާސްކުރެވުނުއިރު ޙަވާލާދީފައިވަނީ އެއިރުގެ 9 ވަނަ މާއްދާގޮތަށެވެ. އަދި މިހާރުގެ 47 ވަނަ މާއްދާގެ
(ނ) އެއީ އެއިރުގެ 26 ވަނަ މާއްދާގެ (ނ) އެވެ.
534 ނޮވެންބަރު 2007 ގެ ރައްޔިތުންގެ ޚާއްޞަ މަޖިލިސް ޔައުމިއްޔާ 194 ގައި ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު މުޙައްމަދު ރިޔާޝް (1896
ފުނަ ފޮޅުވަތުން 1915 ވުނަ ފޮޅުވަތުގެ ނިޔަލަށް)-
3E އި•މ"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009994
960+ :Tel
2014SCAl8
46 ގެ ސަފްޙާ 30
މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަން ވަނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާ ގުޅިފައެވެ. އަދި 47
ވަނަ މާއްދާގެ (ނ) އަށް އެ މެންބަރު ހުށަހެޅި އިސްލާހު ފާސްނުވެ މިހާރު އޮތް ގޮތަށް އޮތުމުގެ އެއް
ސަބަބަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ކިބައިން މީހުންގެ އަމިއްލަ މުދުނަށް ލިބިދެވެންޖެހޭ ރައްކާތެރިކަމުގެ
މުހިންމުކަން ތަކުރާރުކުރުންކަން އަހުރެންނަށް ޤަބޫލުކުރެވެއެވެ.
23
66. އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) އަކީ ހަމައެކަނި އޭގެ ލުޣަވީ
(literal) މާނައަށް ބަލައި، މީސްމީހުންގެ އަމިއްލަ މުދަލުގެ ތެރެއިން ބައެއް މުދަލަށް ތަޠުބީޤު (apply)
ކުރަން އޮތް މާއްދާއެއް ނޫނެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ބަހުސަށް ބެލުމުންވެސް މިއީ މަޖިލިސް
މެންބަރުންގެ ނިޔަތެއް ނޫންކަން އެނގެއެވެ. އަދި މީހެއްގެ އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އުމުރެއް
ހޯދަންޖެހެން އޮތުމުގެ މަފްހޫމް ދުނިޔޭގެ ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި އުފެދިގެން އަދި ތަރައްޤީވެގެން
އައި ގޮތުގެ ތާރީޚަށް ބެލުމުންވެސް، އަމިއްލަ ތަންތަނަށް ޤާނޫނު ހުއްދަކުރާ ޙާލަތެއްގައި މެނުވީ، ކަމާބެހޭ
އިދާރާތަކުން އަމުރެއް ހޯދަންޖެހުމުގެ މަޤުޞަދަކީ، ދައުލަތުން މީސްމީހުންގެ އަމިއްލަ މުދަލާއި ޒާތީ
ދިރިއުޅުމަށް ހުރުމަތްތެރިކޮށް ހިތުން ލާޒިމްކުރުންކަން އެނގެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ)
މާނަކޮށްފައިވަނީ ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތަށެވެ.
މައްސަލައިގެ ހާދިސާ
67.ހުށަހެޅިފައިމިވާ މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 21 ޖޫން 2011 ގެ 18:30 ގައި، ގިނަ
އަދަދެއްގެ މަސްތުވާތަކެތި ބަޔަކު ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ލިބުމުން،
ޑްރަގް އެންފޯސްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެރޭ (22 ޖޫން 1]20) ގެ 00:30
އެހައިކަންހާއިރު، ޙުސައިން ޞަބާޙްއާއި ކްރިމިނަލް ކޯޓުގައި ޙުސައިން ޞަބާޙްއާ އެކު ދަޢުވާ ކުރެވުނު
މުޙައްމަދު އަސްވަދު އާ ދެމީހުން، ރުޖިސްޓަރީ ނަންބަރު AA0D P7379 ސައިކަލުގައި މާވެޔޮމަގުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފުޙާ 31
.އެން
ދުއްވާފައި ދާކަމުގެ މަޢުލޫމާތު ލިބުމުން، އެ ސަރަޙައްދަށް ފުލުހުންގޮސް، ބިލްޑިންގ ކައިރިން
އެމީހުން ތިބި ސައިކަލާ އަރާ ހަމަކޮށް، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ހަށިގަނޑު
ބަލައި ފާސްކުރިއެވެ.
68. އެގޮތުން، މުޙައްމަދު އަސްވަދު ލައިގެންހުރި ސޯޓުބުރީގެ ކަނާތްފަރާތު ކުރިމަތީ ޖީބުން ތަޅުދަނޑި ފައްޗެއް
ފެނުނެވެ. ފުލުހުން އެ ތަޅުދަނޑިފަތި ހިފައިގެން އެދެމީހުންނާއި އަދި އިތުރު މީހަކުވެގެން ހިންގާ ގޯލްޑަން
އެވޯއީ ޕްރައިވެޓް ލިމިޓެޑަށް ދިޔައެވެ. އެތަނަށް ދިޔައީ މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙް
ގޮވައިގެންނެވެ. އަދި އެ ދެ މީހުންގެ ހާޒިރުގައި އެ ކުންފުނީގެ އޮފީސްތެރެ ބަލައި ފާސްކުރިއިރު، އެ އޮފީސް
ތެރޭގައި ހުރި ބޮޑު ފޮށިގަނޑެއްގެ ތެރެއިން ފެނުނު ބޮޑު 01 (އެކެއް) ރުބަރު ޕެކެޓުގެ ތެރޭގައި 13.8046
ގްރާމް ޑައިއެސިޓައިލްމޯފިން(ހެރޮއިންއާއި 311.8684 ގްރާމް 06-އެސިޓައިލްމޯފިންއާއި 39.8392 ގްރާމް
އަލްޕްރަޒޭލަމްޒެނެކްސްއާއި ފޮނިގަނޑުގެ ރޭގައި ކޮތަޅަކަށް ލާފައި އޮތް ބޮޑު
03 (ތިނެއް)
ސެލޯފިންގަނޑުގައި 711.9573 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި 422.0835 ގްރާމް ކެނަބިނޯލް
ހުރިކަން އެތަކެތީ ތަޙުލީލު ރިޕޯޓުން އެނގުނެވެ.
69.އަދި ހަމަ އެ ފޮށިގަނޑުގެ ތެރޭގައި އޮތް އެހެން ކޮތަޅެއްގެ ތެރޭގައި އޮތް ބޮޑު
33 (ތިނެއް)
ސެލޯފިންގަނޑުގައި 657.0995 ގްރާމް ޓެޓްރާހައިޑްރޯ
ޑްރޯކެނެބިނޯލްއާއި، 388.5176 ގްރާމް ކެނެބިނޯލް
ހުރިކަމަށް އެ ތަކެތީގެ ތަޙްލީލު ރިޕޯޓުން ދެއްކިއެވެ.
70.މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި ޙުސައިން ޞަބާޙްގެ ވައަތު މެދު
އިނގިލީގެ ނިޝާން ދިމާވާކަމަށް ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓުން އެނގެން އޮންނަކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
!7.މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ކްރިމިނަލް ކޯޓުގައި ފުލުހުން ދީފައިވާ ހެކިބަހުންވެސް،
ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުން އެމީހުން
ޓް
-4
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 32
ހއ 2
0
2
0
OX
އެމީހުން ކުށެއް ކުރާ ތަން ފެނިގެންނެއް ނޫނެވެ. އެ ދެ މީހުން އެވަގުތު ކުށެއްކުރަން އުޅުނުނަމަ، އެކަމާބެހޭ
އެއްވެސް ވާހަކައެއްވެ-
މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު ދައުލަތުގެ ފަރާތުން
ދައްކާފައިނުވެއެވެ. ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް މި މައްސަލައިގައި ހިމެނޭ ފުލުހުން ދީފައިވާ
ހެކިބަހުންވެސް، އަދި ކޯޓަށް ހުށަހެޅުނު "ތަޙުޤީޤްކުރި ފަރާތުގެ ބަޔާން"36 އިންވެސް ޙުސައިން ޞަބާޙްއާއި
މުޙައްމަދު އަސްވަދު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި،
އެމީހުންނާ ސައިކަލުގައި ގޮސް އަރާ ހަމަކުރި ފުލުހުން، ސައިކަލުގެ ފަހަތުގައި އިން ޙުސައިން ޞަބާޙުގެ
ޓީޝާރޓުގައި ހިފެހެއްޓި ވަގުތު، އޭނާ ލައިގެން ހުރި ޓީޝާރޓާއި ހަށިގަނޑާ ދޭތެރެއިން ކަރުދާސްކޮޅުތަކެއް
ބިންމައްޗަށް ވެއްޓުނުކަން އެނގެން އޮވެއެވެ. އަދި ފަހުން އެ ކަރުދާސްކޮޅުތަކުގައި މަސްތުވާތަކެތި ހުރިކަމަށް
ލެބޯޓްރީ ތަޙްލީލު ރިޕޯޓުން ދައްކާކަމަށްވެސް ތަޙުޤީޤުކުރި ފަރާތުގެ ބަޔާނުގައިވެއެވެ.37 ޙުސައިން
ޞަބާޙްއާއި ސައިކަލު ދުއްވަންއިން މުޙައްމަދު އަސްވަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންވެގެން ފުލުހުން
ޙުސައިން ޞަބާޙްގެ ގައިގައި އަތްލުމާ ހަމައަށް، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓަށް ލިބުނު
މަޢުލޫމާތުގެ އިތުރުން، ކޯޓު އަމުރެއް ނެތި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ވަރުގެ ކަމެއް
ހިނގާފައިވާކަން އެނގެން ނެތެވެ.
ޤާނޫނަކުން ހަނި ނުކުރާ ޙައްޤެއް ގަވާއިދަކުން ހަނިކުރުން
72.މި މައްސަލައިގައި ތަން ބަލައި ފާސްކުރުމުގެ އަމުރެއް ނެތުމުގެ މައްޗަން އެކަނި ބިނާކޮށް، ޙުސައިން
ޞަބާޙުގެ މައްޗަށް ކުށް ސާބިތުނުވާ ކަމާ މެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުވާލު
އުފައްދައެވެ.
36މޯލްޑިވްސް ޕޮލިސް ސަރވިސް ތަޙުޤީޤްކުރި ފަރާތުގެ ބަޔާން. 10 އޮކްޓޯބަރ 2011.
37އެތަނުން ޖުމްލަ ހޮވީ 08 (އަށެއް) ކަރުދާސްކޮޅުކަމަށް އެ ރިޕޯޓުގައި ބަޔާންهރެވިފައިވެއެވެ. އަދި އެ ކަރުދާސްކޮޅުތަކުގައި ހޭކިފައިހުރީ 3049=lޖޭގެ
ގްރާމްގެ އެސިޓައިލްކޮޑެއިން ކަމަށް ބަޔާންކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009994
960+ :Tel
2014SCA4ld
46 ގެ ސަފްޙާ 33
73. ޙުސައިން ޞަބާޙްގެ ފަރާތުން ހައިކޯޓުގައި ހުށަހެޅި މައިގަނޑު އެއް ނުކުތާއަކީ ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ޙައްޤުތަކުގެ ތެރެއިން، ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ނެތި، އޭނާގެ
އޮފީސް ބަލައި ފާސްކޮށް
ހޯދާ ހެކި ވާނީ ޤާނޫނާ ޚިލާފަށް ހޯދާ ހެކިކަމަށެވެ.
Xo
74. ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރެވިފައިވާ ޙައްޤުތަކަކީވެސް ބައެއް ކަހުލު ޙާލަތްތަކުގައި
ހަނިކުރެވިދާނެ ނުވަތަ ހިފެހެއްޓިދާނެ ޙައްޤުތަކެކެވެ. އެހެންނަމަވެސް، އެގޮތަށް ޙައްޤެއް ހަނިކުރެވޭނީ ނުވަތަ
ހިފެހެއްޓޭނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ޤާނޫނުއަސާސީއާ
ތަޢާރުޟުނުވާނެ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ.
75.މި މައްސަލައިގެ ހާދިސާ ހިނގިއިރު ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) ގައި ބުނާ ޙައްޤު ޤާނޫނަކުން
ހަނިކުރެވިފައިވާކަން އެނގޭކަށް ނެތެވެ. އަދި މި ޙައްޤު އެއިރު ޤާނޫނަކުން ހަނިކުރެވިފައިވާކަމަށް ދައުލަތުގެ
ފަރާތުންވެސް ބުނެފައެއްނުވެއެވެ. މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 5/2008
(ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ "ފުލުހުންނަށް
ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފަމާ ބެހޭ ގަވާއިދު" ގެ ދަށުންކަމަށް ދައުލަތުން
ބުނެފައިވެއެވެ.
38 މި ގަވާއިދުގައިވެސް "މީހުން ދިރިއުޅޭ ތަންތަން" ކަނޑައެޅިގެން މާނަކުރެވިފައިނުވާކަން
ފާހަގަކުރެވެއެވެ. އަދި މި ގަވާއިދަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު
ކުރި ތާރީޚުން ފެށިގެން ދެތިންމަސް ފަހުން ފާސްކުރެވުނު ގަވާއިދެއްކަން ފާހަގަކުރެވެއެވެ.
76.އިސްވެ ޙަވާލާދެވުނު ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ކޯޓު އަމުރަކާ ނުލައި ބަލައި ފާސްކުރެވޭނެ
ތަންތަންކަމަށް ބަޔާންކުރެވިފައިވަނީ
(1) ޢާންމުކޮށް މީހުން ވަދެ ނިކުމެ އުޅޭ ތަންތަން؛ އަދި
38
02 ނޮވެންބަރު 2008 (05 އޮގަސްޓް 2009 ގައި މި ގަވާއިދަށް ގެނެވުނު އިޞްލާހުތައް ހިމެނޭ ގޮތަށް).
ދިވެހި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފުޙާ 34
(2) ފުއިސާ ދިނުމަށްފަހު ތަދެވޭ ތަންތަން ކަމަށެވެ.
77.މީގެ އިތުރުން، ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފަމާ ބެހޭ
ގަވާއިދު" ގެ 11 ވަނަ މާއްދާއަށް ދައުލަތުން ސުޕްރީމް ކޯޓުގައި ޙަވާލާދީފައިވެއެވެ. އެ މާއްދާގެ (ހ) ގައި
ވަނީ މިފަދައިންނެވެ.
ހައްޔަރުކުރެވޭ ބާވަތުގެ ކުށެއްގައި މީހަކު ހައްޔަރު ކުރުމަށް ފަހު
އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާގައި ބޭނުންކުރެވިދާނެ
ޤާރީނާއެއް ނުވަތަ ހެއްކެއް ނުވަތަ އެ މައްސަލައާ ގުޅޭ އެއްޗެއް ނުވަތު
އެ މައްސަލައާ ގުޅުންހުރި ހުއްޔަރު ކުރެވިދާނެ ބާވަތުގެ އެހެން ކުރަކާ
ގުޅުންހުރި އެއްޗެއް ނުވަތަ ޤަރީނާއެއް ހައްޔަރު ކުރެވުނު މީހާގެ އަތުގައި
ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނެއްގައިވާކަމަށް، ފުލުސްމީޙާއަށް
ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ ކޯޓު އަމުރަކާ ނުލައި
އެތަނަށް ވަދެ، އެތަން އަދި އެމީހާ ބަލައި ފާސް ކުރުމުގެ ބާރު
ފުލުހުންނަށް ލިބިގެންވެއެވެ.
64 c
78. މި ރިޕޯޓުގެ 74 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބުނާ
އަސާސީ ޙައްޤެއް ހަނިކުރެވޭނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ.
ޤާނޫނަކުން ހަނި ނުކުރާ ޙައްގެއް ޤާނޫނީ ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުންވިޔަސް ހަނި
އެހެންކަމުން، ފުލުހުންގެ ގަވާއިދަކުން މިފަދަ ޙައްޤެއް ހުނި ކުރުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ހ) އާ ޚިލާފުކަމެކެވެ.
ނުކުރެވޭނެއެވެ.
ފުލުހުން ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް
އޮވެމެ ހެޔޮ ނިޔަތުގައިކަމަށް ބުނާ
ގެ ޤާނޫނުއަސާސީގެ 6 ވަނަ މައްދާގެ (ހ).
ދިވެހި
1-
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފްޙާ 35
79." ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފަމާ ބެހޭ ގަވާއިދު" އަކީ
މިހާރު ބާޠިލުކޮށްފައިވާ ގަވާއިދެއްކަމަށް ދައުލަތުގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް އެއިރު އުމަލު ކުރަމުން ދިޔަ މި ގަވާއިދަށާއި، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ)
ގައި "ގޮވަތި ގެދޮރު" މި ލަފްޒުގެ ލުޣަވީ (literal) މާނައަށް ރިޢާޔަތް ކުރުމާއެކު، ފުލުހުން ޢަމަލު ކުރީ
ނުބައި ނިޔަތެއް އޮވެގެން ނޫންކަމަށާއި، ޙުސައިން ޞަބާޙް ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ހާޒިރު
ކުރެވުނުއިރުވެސް އެތަން ބަލައި ފާސް ކުރުމުގެ ޕްރްބަބްލް ކޯޒް (probable cause) ނުވަތަ އެކަށީގެންވާ
ސަބަބެއް އޮތް ކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި
ދައުލަތަށް ޤަބޫލު ކުރެވެނީ ދިވެހިރާއްޖޭގައި ނުވަތަ މިނިވަން ދީމިޤްރާޠީ ޤައުމެއްގެ ކޮންމެ ކޯޓަކަށް ކޯޓު
އަމުރަކަށް އެދި ހުށަހެޅި ކަމުގައިވީނަމަވެސް، އެ ޙާލަތަކީ ކޯޓު އަމުރެއްވެސް ލިބޭނެ ޙާލަތެއް ކަމަށެވެ.
40 2
80. ދައުލަތުގެ ފަރާތުން މިހެން ބުނި ނަމަވެސް، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް ކޯޓު އަމުރެއް
ނެތި ބަލައި ފާސްކުރުމުގެ ޞައްޙަކަން ކަނޑައެޅުމުގައި މުޅި ހާދިސާގައި ތަހުޤީޤުކުރާ ފަރާތުން ޢަމަލު ކުރި
ގޮތަށް ރިޢާޔަތް ކުރެވެއެވެ. މިސާލަކަން އެމެރިކާ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމުގައިވާ
ވ. އޮހައިޕޯ40 ގައި މުއްތަހަމް ހައްޔަރުކުރީ ޕްރޮބަބްލް ކޯޒްއެއް ނުވަތަ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ
ސުޕްރީމް ކޯޓަށް ކަނޑައަޅަންޖެހުނެވެ. މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތަކީ، ފުލުހުންނަށް ކޮންމެވެސް
ފަރާތަކުން ވިލިއަމް ޖުވާކުޅޭކަމުގެ މަޢުލޫމާތު ޙިއްޞާ ކުރިއެވެ. އަދި އެ މަޢުލޫމާތު ފުލުހުންނަށް
ދިންއިރު، ބެކް އެވަގުތު ހުރި ތަނެއްވެސް ވަނީ ޙިއްސާކޮށްފައެވެ. އޭނާ ހުރި ތަނަށް ފުލުހުންގޮސް، ކާރުގައި
އިންދާ ކާރު ބަލައި ފާސްކުރިއެވެ. ކާރުން އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން އޭނާ ހައްޔަރުކޮށްގެން
ގެންދިޔައީ ފުލުސް ސްޓޭޝަނަށެވެ. ފުލުހުންގެ އަތުގައި ހައްޔަރުކުރުމުގެ އަމުރެއްވެސް އަދި ބަލައި ފާސް
ކުރުމުގެ އަމުރެއްވެސް ނެތެވެ. އަދި އެފަދަ އަމުރެއް ހޯދަން މަސައްކަތެއްވެސް ނުކުރެއެވެ. ބެކް ފުލުސް
ސްޓޭޝަނަށް ގެންގޮސް ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން، އޭނަ ޖުވާ ކުޅުމާ ގުޅުވައިދޭ
BeckvOhio,379U.S. B9 (964
-4
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009994
960 + :Tel
2014SC-A/
46 ގެ ސަފުޙާ 56
ކްލިއުރިންގ ހައުސް ސްލިޕްތަކެއް އޭނާގެ އިސްޓާކީނު ތެރެއިން ފެނުނެވެ. ނަތީޖާއަކަށްވީ ބެކްގެ މައްޗަން
ދަޢުވާ ކުރުމެވެ.
81.އެމެރިކާ ސުޕްރީމް ކޯޓުން ކަނޑައެޅީ ބެކް ހައްޔަރު ކުރުމާއި އަދި އެއަށް ފަހު ބަލައި ފާސްކުރި ކުރުމަކީ
ފޯރތް އެމެންޑްމެންޓު
ޚިލާފުކަމެއް ކަމަށެވެ. އެއީ، ބެކް ހައްޔަރު ކުރި އިރު އޭނާ ހައްޔަރު ކުރުމުގެ
އެކަށީގެންވާ ސަބަބެއް އެވަގުތު ނެތުމުންނެވެ. ނަތީޖާއަކަށްވީ އެކަށީގެންވާ ސަބަބެއް ނެތި އޭނާ ހައްޔަރު
ކުރުމަށްފަހު ފަހުން ބަލައި ފާސްކުރި ކުރުމުން ފެނުނު ހެއްކަކީ ކޯޓަށް ބަލައި ނުގަނެވޭނެ ހެއްކަށްވުމެވެ.
82.މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް ކޯޓު އަމުރެއް ނެތި ފުލުހުން ނުވަތަ ދައުލަތުގެ ކަމާބެހޭ
އިދާރާތައް ބަލައި ފާސްކޮށް ހޯދާ ހެކި ކޯޓުން ބަލައިގަންނަ އިސްތިސްނާ ޙާލަތްތަކެއް ހުރެއެވެ. މިސާލުކަން
އެމެރިކާގައި އޮންނަ ޢާންމު އުޞޫލަކީ، އެ ޤައުމުގެ ޤާނޫނުއަސާސީގެ ފޯރތް އެމެންޑްމަންޓްއާ ޚިލާފަށް ހޯދާ
ހެއްކަކީ ކޯޓަށް ބަލައިނުގަނެވޭނެ ހެކިކަމަށްވުމެވެ. އެކްސްކްލޫޝަނަރީ ރޫލް (exclusionary rule) ގެ
ދަނުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަކީ ކޯޓުން މުއްސަލަ ނިންމުމުގައި ރިޢާޔަތް ނުކުރާނެ ހެއްކެވެ.
އެކަމަކު އޭގެ މާނައަކީ ކޮންމެހެން މުޅި ދައުވާ އެއްކޮށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ސާބިތުނުވުމެއްވެސް
ނޫނެވެ. ޤާނޫނުއަސާސީއާއި އެ ސްޓޭޓެއްގެ ޤާނޫނުތަކާ އެއްގޮތަށް އެ މައްސަލައިގައި ދެން ހޯދާ އެހެނިހެން
ހެކިތަކަކީ މައްސަލަ ނިންމުމުގައި ކޯޓަށް ރިޢާޔަތް ކުރެވޭނެ ހެކިތަކެވެ. "ދަ ފްރުޓް އޮފް ދަ ޕޮއިސަންސް
ޓްރީ ޑޮކްޓްރިން" (The fruit
-
of
-
the
-
poisonous
-
tree doctrine) ގެ ދަށުން ޤާނޫނުއަސާސީއާ
ޚިލާފަށް ހޯދާ ހެއްކަކީ ޣައިރުދުސްތޫރީ ޢަމަލެއްގެ "މޭވާ"އެވެ. 41 އެހެންކަމުން، ޣައިރު ދުސްތޫރީ ޢަމަލުތަކުން
ހޯދާ ހެއްކަކީ ކޯޓުން ބަލައިގަންނަ ހެއްކެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާ އެހެނިހެން ތަޙްޤީޤީ
އިދާރާތަކުން ދުސްތޫރާ އެއްގޮތަށް ހެކި ހޯދުމަ ބާރު އެޅިގެންދެއެވެ. އަދި އެފަރާތްތަކަށް ލިބިފައި އޮންނަ
43 އެމެރިކް ސުޕްރީމް ކޯޓުން މި ޑޮކްޓްރިންއަށް އެންމެ ފުރަތަމަ ޙަވާލާ ދިފައިވަނީ ނާރޑޯން
ޔުނައިޓެޑް ސްޓޭޓްސް ގައެވެ.
(Nardone v United States, 308 U.S. 338 (1939))
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާލެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009996
960 + :Tel
2014scAli
46 ގެ ސަފްޒް 7
ބާރުގެ ބޭނުން އާންމު ރައްޔިތުންގެ މެދުގައި ނަހަމަ ގޮތުގައި 5
ބޭނުންކުރުން ހުއްޓުވުމަށް ބުރު އަށް ދެއްކުމަށް
ކޯޓުތަކުން ޤަބޫލު ކުރެއެވެ.
83. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ އިބާރާތުގައި ވަނީ އަންނަނިވި
ފަދައިންނެވެ.
އިޢުތިކާފާއި ޤާނޫނާ ޚިލާފަށް ހޯދާ ހެކި
52. ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުގެ ޝަރީޢަތުގެ
މަޖިލީހުގައިވާ އިއުތިރާފު ފިޔަވައި އެހެން އިޢުތިރާފުތަކަކީ
ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން
ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް
ފުރާތަކުން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ.
އެގޮތަށް ހޯދާ
ބަޔާންތަކާއި ހެކިތައް
ޝަރީޢަތަށް
ޤަބޫލުކޮށްގެނެއް
ނުވާނެއެވެ.
84.އެހެންކަމުން، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން، ދިވެހިރާއްޖޭގައިވެސް ޤާނޫނާ
ޚިލާފަށް ހޯދާ ހެއްކަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކި ނޫންކަން އެނގެއެވެ. ހުށަހެޅިފައިމިވާ މައްސަލަ
ނިންމުމަށް، ޤާނޫނާ އެއްގޮތަށް ހޯދާފައިވާ އެއްވެސް ހެއްކަކަށް ބަރޯސާވެވެން އޮތްތޯ ބަލާއިރު، އަންނަނިވި
Box
ކަންކަން ފާހަގަކުރެވެއެވެ
84.1 ޙުސައިން ޞަބާޙް އާއި އަދި އިތުރު އެހެން ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަޢުލޫމާތު
ލިބުނު ވަގުތާއި، ޙުސެއިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލުގައި ދުއްވާފައި ދަނިކޮށް
ފުލުހުންގޮސް އެމީހުން ހިފެހެއްޓި ވަގުތާ ދެމެދު 6 (ހައެއް) ގަޑިއިރު ހޭދަވެފައިވާކަން.
84.2 ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލު ދުއްވަމުން ދަނިކޮށް ފުލުހުން ޙުސައިން
ޞަބާޙް ގައިގައި ހިފެހެއްޓީ އޭނާ ނުވަތަ ސައިކަލު ދުއްވަން އިން މުޙައްމަދު އަސްވަދު ކުށެއް ކުރާ
ތަން ފެނިގެން ނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަޒާ 38
84.3 ޙުސައިން ޞަބާޙް ސައިކަލު ފަހަތުގައި އިން އިރު، އަދި ސައިކަލު ދުއްވަމުން މުޙައްމަދު އަސްވަދު
ގެންދިޔަ އިރު، ފުލުހުން އެމީހުންގެ ފަހަތުން ދުއްވާފައިގޮސް ޙުސައިން ޞަބާޙްގެ ޓީޝާޓުގައި ހިފި
ވަގުތު ޓީޝާޓާއި ހަށިގަނޑާ ދޭތެރެއިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުތަކެއް ވެއްޓިފައިވާކަމަށާއި،
އެހެންނަމަވެސް އެ މަންޒަރު ފެނުނީ ހަމައެކަނި ޙުސައިން ޞަބާޙްގެ ގައިގައި ހިފި ފުލުސްމީހާއަށް
ކަމުން، ޙުސައިން ޞަބާޙްގެ މައްޗަށް އެ ދަޢުވާ ނުކުރީ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި
ބުނެފައިވާކަން.
84.4 ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ފެނުނީ
ތަޅުދަނޑިއެއްކަމާއި، ބުނެވުނު ދެމީހުން ގޮވައިގެން ފުރަތަމަ ދިޔައީ ގޯލްޑުން އެލޯއީ ޕްރައިވެޓް
ލިމިޓެޑް ހުންނަ އޮފީސް ބަލައި ފާސްކުރަންކަން، އަދި އެ ޙާލަތަކީ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ
މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެމީހަކު
ސަލާމަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަންޖެހުނު ޙާލަތެއް ނޫންކަން އެނގެން އޮންނަކަން.
* * * *
85. ފުލުހުން ޢަމަލުކޮށްފައިވުނީ ހެޔޮ ނިޔަތުގައި ނުވަތަ "އިން ގުޑް-ޕެއިތް" ގައި ކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން ބުނާއިރު، "ގުޑް-ފެއިތް" ގައި ތަހުޤީޤީ އިދާރާތައް ޢަމަލު ކުރުމަކީ އެމެރިކާ ފަދަ
ޤައުމުތަކުގައި އެކްސްކްލޫޝަނަރީ ރޫލްއަށް އޮންނަ އިސްތިސްނާ ޙާލަތެއްކަން ފާހަގަކުރެވެއެވެ. "ގުޑް ފެއިތް"
ނުވަތަ ހެޔޮ ނިޔަތުގައި ތަނެއް ބަލައި ފާސްކުރުމުގެ އިސްތިސްނާ ކާމިޔާބުކަމާއެކު
އެކު ބޭނުންކުރާނަމަ،
އިދާރާގެ ހުރިހާ ޢަމަލުތަކެއް ހުންނަންވާނީ ޤާނޫނާ އެއްގޮތަށް، ޤާނޫނީ އިމުގެ ތެރޭގައެވެ. އޭގެ މިސާލެއްގެ
ގޮތުން، އެމެރިކާގައި ތަނެއް ބަލައި ފާސްކުރަން ބޭނުން ކުރި ކޯޓު އަމުރަކީ ކޮންމެވެސް ސަބަބަކާ ހުރެ
ޞައްޙަ ނޫން އަމުރެއްކަމަށް ފަހުން ކަނޑައަޅައިފިނަމަ، އެ އަމުރުގެ މައްޗަން ފުލުހުން ބަރޯސާވެ ތިބެ ހޯދާ
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
ބައެVe
ހ 8 ފ ދ ތގެ މައްޗަށެވެ
2014sCAMB
46 ގެ ސަފްޒް 9
ހެއްކަކީ އޭގެ ޒާތުގައި ކޯޓުތަކަށް ބަލައިނުގަނެވޭ ހެކިކުލަށް ކޮންމެހެންވާން ނުޖެހޭކަމަށް ކަނޑައަޅާފައި
4]
86.އިސްވެ ފާހަގަކުރެވުނު ވާޤިއާ (facts) ތަކުން އެނގެނީ ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް
ބަލައި ފާސް ކުރުމުގެ އަމުރު ހޯދަން އެކަށީގެންވާ ވަގުތު ލިބުނުކަމެވެ. އެހެންނަމަވެސް އަމުރެއް ހޯދަން
މަސައްކަތް ކުރުމުގެ ބަދަލުގައި، އަދި މިފަދަ މުޖްތަމަޢުއަށް ނުރައްކާތެރިކަން ބޮޑު ކުށެއްގައި ޤާނޫނީ ގޮތުން
ބަލައިގަނެވޭނެ ހަރުދަނާ ހެކި ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި، ފުލުހުން ޚިޔާރުކުރީ، މަޤުޞަދު
ޙާސިލު ކުރުމުގެ ކުރު އަދި ފަސޭހަ، އެހެންނަމަވެސް ޤާނޫނާ ޚިލާފު މަގުކަމެވެ. މުޅި ހާދިސާ ބިނާވެފައިވަނީ
ސައިކަލު ދުއްވަން ތިބި ދެމީހެއްގެ ފަހަތުން ފުލުހުން ގޮސް އެމީހުން ހުއްޓުވި ހިސާބުން، ދެން ހިނގާދިޔަ
87.ދައުލަތުގެ ފަރާތުން "ޕްރޮބަބްލް ކޯޒް" ނުވަތަ އެކަށީގެންވާ ސަބަބާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) ގައި އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް މީހެއްގެ
ގަޔަށް އަތްލައި، ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެން ނުވާނެކަމަށް ބަޔާންކުރެވިފައިވެއެވެ.
އެހެންނަމަވެސް، މި މައްސަލައިގައި ދެ މީހުން ހިފާ ހައްޔަރު ކުރުމުގެ ކުރިއަށް އެ މީހުން ކުށެއް ކުރަމުން
ދިޔަ ތަން ފެނުނު ކަމަށް ދައުލަތުގެ ފަރާތުން ހުށަހެޅި އެއްވެސް ބުޔާނެއްގައި ބުނެފައިނުވެއެވެ. ފުލުހުން
ޙުސައިން ޞަބާޙްގެ ޓީޝާޓުގައި އެވަގުތު އަތްލުން އެއީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާވެގެން ދިޔަ
ޢަމަލެއްނަމަ، ހަމަ އެ ސަބަބު ނުވަތަ "ޕްރޮބަބްލް ކޯޒް" ކޯޓަކަށް ހުށަހަޅައި އަމުރެއް ހޯދުމުގެ ފުރުޞަތުވެސް
ފުލުހުންނަށް ލިބެން އޮތްކަމަށް ޤަބޫލު ކުރެވެއެވެ.
މިސާލަކަށް ޔުނައިޓެޑް ސްޓޭޓްސް ވ. ލިއޯން ގައި ފުލުހުން ހިންގި ބޮޑު ޑްރަގް-ޓްރެފިކިންގ އިންވެސްޓިގޭޝަނެއްގައި، ބަލައި ފާސްކުރުމުގެ ކޯޓު
އަމުރެއް ހޯދަން ފުލުހުން ހުށަހެޅީ ހަމައެކަނި ފުލުހުންނަށް ފާހަގަކުރެޅުނު ކަންތައްތަކެއް ހިމަނާފައި އޮތް ބަޔާނެކެވެ. އެ މަޢުލޫމާތަށް ބަރޯސާވެ ހުރެ
ވަކި މިނިވަން މަސްތަޤިއްލު މެޖިސްޓްރޭޓަކު އަމުރު ނެރެދިނެވެ. މި އޮޕަރޭޝަނުގައި އެތައް ބައިވަރު މަސްތުވާ ތަކެއްޗާއި އެނޫންވެސް އެހެނިހެން ހެކި
އެ އަމުރުގެ ދަށުން ބަލައި ފާސްކުރިއިރު ފެނުނެވެ. ތުހުމަތު ކުރެވޭ މީހުން ކޯޓުގައި ބުނެފައިވަނީ ބަލައި ފާސް ކުރުމުގެ ކޯޓު އަމުރުގެ ދަށުން "ޕްރޮބަބްލް
ކޯޓް ޤާއިމުނުވާތީ އެއީ ޞައްޙަ އަމުރެއް ނޫންކަމަށެވެ. ކޯޓުން ކަނޑައެޅީ ތުހުމަތު ކުރެވޭ މީހުންނާ އެއްކޮޅަށެވެ. އެހެންނަމަވެސް. ފުލުހުން
ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ނުވަތަ "އިން ގުޑް-ފެއިތް“ ގައި ކަމުން، އެ އަމުރުގެ ދަށުން ހޯދާފައިވާ ހެއްކަކީ ޣައިރުޤާނޫނީ ހެކި ނޫންކަމަށް
(United Statesveon, 468 0.5, B91(1984)
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު! މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
ނ ބޭކަ5
2014SC-A/l8
46 ގެ ސަފްޒާ 40
88. ފުލުހުން ހެކި ހޯދާފައިވަނީ ހެޔޮ ނިޔަތުގައި، އޭރު ޢަމަލު ކުރަމުން ދިޔަ ގަވާއިދެއްގެ މައްޗަށް ބަރޯސާވެ
ހުރެ ކަމަށް ބުނާ ބުނުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައިވާ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއްކަން އެ މާއްދާގެ ޞަރީޙަ
ނައްޞުން އެނގެއެވެ. ވީއިރު، ދައުލަތުގެ އިދާރާއަކުން ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާ
ފުށުއަރާ ގަވާއިދެއް އިޞްލާޙުކުރަން
ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، އަސާސީ ޙައްޤަކީ ކޮބައިކަން
ބުނުމަކީ، އޭގެ ނަތީޖާއެއްގެ ގޮތުން ޙައްޤެއް ނިގުޅިގެން ދިއުމަށް އޮތް އިސްތިސްނާ ޙާލަތެއް
5 8
· · 2
eނވެ
89.ހެޔޮ ނިޔަތުގައިވެސް އަސާސީ ޙައްޤުތަކުން މީހުން މަޙުރޫމް ނުކުރެވޭނެއެވެ. ކުންކުރުމާ ދެކޮޅަށް ކުރެވޭ
މަސައްކަތުގައި، ހެޔޮ ނިޔަތުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއް ފަރާތް ކުރުމުގެ ފުރުޞަތު
ދެވިއްޖެނަމަ، ދައުލަތުގެ އިދާރާތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
ޤާނޫނުއަސާސީއެއްގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިޔެވިފައި އޮތުމުގެ މަޤުޞަދު ގެއްލޭނެއެވެ.
ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ އެގޮތަށް އެއޮތީ ފުލުހުންގެ ކިބައިން މިފަދަ ޢަމަލުތައް ހުއްޓުވުމުގެ
އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ ޤާނޫނުއަސާސީގައި ލިޔެވޭއިރު، އެފަދަ ޙައްޤުތަކާއި
މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކުނުން ބަރީއަވުމުގެ އަށްޑަނައަކަށް ޤާނޫނުއަސާސީ ހެދުން
ހުއްޓުވުމަކީ ދައުލަތުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިތައް ބަލައި
ފާސްކުރުމަށްވެސް ހަމަ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ މަގުފަހިކޮށްދެއެވެ. ޤާނޫނީ އިމުގެ ތެރެއިން
އެކަން ނުކޮށް، ޤާނޫނާ ޚިލާފު ހެކި ހޯދުމުން އޭގެ ނަތީޖާއަކަށް ވާނީ އެފަދަ ފަރާތްތައް މިނިވަން ވެގެން
ދިޔުމެވެ.
4
5
5 ގ 42
ގެނަމުގައެވެ.
: [5
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
އެކިއެ#
2014SCAl8
46 ގެ ސަފްޙާ 41
މުޠުލަޤު މަސްއޫލިއްޔަތު އަދި މުއްތަހަމުގެ ރުހުމާއެކު ބަލައި ފާސްކުރުން
2 4 2 442 4 2 3 4
90.ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައިވާ
ފަދައިން، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލައި
އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، މުޖުތަމަޢުއަށް ނުރައްކާތެރިކަން
ބޮޑު ކުނުގެ ޢަމަލުތަކެއްކަން ފާހަގަކުރަމެވެ.
4 22
8
ވަ$
91. ޙުސައިން ޞަބާޙްގެ އެއް އިނގިލީގެ ނިޝާން މަސްތުވާތަކެތި އަޅާފައިހުރި ޕެކެޓަކުން ފެނުމަކީ އޭނާ
އެތަކެއްޗަށް މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމެއް ކަމަށް ދައުލަތުން ބުނާއިރު، މުޠުލަޤު
މަސްއޫލިއްޔަތުގެ މަފްހޫމް ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަށް ތަޠުބީޤު (fapply ކުރެވޭނެ ޤާނޫނީ
ހަމައެއް ނެތެވެ. މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ، ބަލައި ފާސްކުރުމުގެ އަމުރެއް ހޯދުމަށްޓަކައި
ކޯޓަށް ދިޔުމުގެ ފުރުޞަތު އޮތްއިރު، އެ ފުރުޞަތުގެ ބޭނުންނުކޮށް، މަގުމަތީ ދުއްވަމުން ދިޔަ ބަޔަކު
ކުއްލިއަކަށް ހިފަހައްޓައިގެން ކަމުގައިވާއިރު، ފުލުހުންގެ މި ޢަމަލުތަކަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާއާ
ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެކެވެ.
92.މި މައްސަލައިގައި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ޙުސައިން
ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ހާޒިރުގައިކަމަށް ވެފައި، އެ އޮފީސް ބުލައިފާސްކުރަން
އިންކާރުކޮށްފައިނުވާތީ، އެތަން ބަލައި ފާސްކުރަން އެދެމީހުންގެ ރުހުން އޮތްކަމަށް ބުލަންޖެހޭކަމަށް ދައުލަތުން
ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
93. ގޯލްޑަން އެވޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކޮށްފައިވަނީ ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު
މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގައި، މުޙައްމަދު އަސްވަދުގެ ޖީބުން ފެނުނު ތަޅުދަނޑިއާ ގުޅޭގޮތުން
ސުވާލުކުރުމުން، އެއީ އެދެމީހުން ހިންގާ ކުންފުންޏެއްގެ އޮފީސް ތަޅުދަނޑިކަމަށް ބުނެފައިވާތީއެވެޖގެ
p
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SCAl8
46 ގެ ސަފުޙާ 42
0 3 9»
އެހެންނަމަވެސް ފުލުހުން އެ ތަޅުދަނޑި ނެގުމަށްފަހު، ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ގޯލްޑަން
އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ގެންގޮސް ބަލައި ފާސްކުރިއިރު، އެއޮފީހަށް ވަނުމުގެ ކުރިން ޙުސައިން
ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ރުހުން އޮތްތޯ ބަލައިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަން
ނެތެވެ. އަދި ބަލައި ފާސްކުރަނީ ކޮން މަޤްޞަދެއްގައިކަންވެސް ޙުސައިން ޞަބާޙްއާއި
އަސްވަދުއަށް ސާފުކޮށްދެވިފައިވާކަން އެނގޭކަށް ނެތެވެ.
މުޙައްމަދު
94.ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކޮންފައިވަނީ ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ
މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ގެންގުޅޭކަމުގެ މައްސަލައިގައި އެމީހުންނާ ދެކޮޅަށް ހެކި ޤަރީނާ
ހޯދުމަށްކަމަށް ވާއިރު، ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ވަދެފައިވަނީ ޙުސައިން ޞަބާޙްއާއި
މުޙައްމަދު އަސްވަދުގެ ރުހުމުގައި ކަމަށް ބެލެވޭނެ ހަމައެއްވެސް ނެތެވެ.
95. މި މައްސަލައިން ލިބިދޭ ފިލާވަޅުކީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ލިބެންޖެހޭ ޙައްޤު އަދަބު
ނުދެވި ދިއުމެއް ނޫނެވެ. ނަމަވެސް، ޤާނޫނާ ގަވާއިދުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް
އަމުރުވެރި ފަރާތުން ތަޙުޤީޤު ނުކުރެވުމުގެ ސަބަބުން، ޤާނޫނާ ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރިނަމަ،
އަދަބު ލިބުން އެކަށީގެންވާ މީހުކަށް އަދަބު ނުދެވި ދޫވެގެންދިއުމެވެ. މީގެ ނަތީޖާއަކީ މިފަދަ ކުށްތަކުން
މުޖުތަމަޢު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތް ބޭކާރުވެގެންދިއުމެވެ. ފުލުހުންގެ މުއައްސަސާއަކީ ކުށްތަކުން
މުޖުތަމަޢު ސަލާމަތްކުރުމަށާއި، އަދި އަސާސީ ޙައްޤުތައް ފަރުދުންނަށް ކަށަވަރުކޮށްދިނުމުގެ އެންމެ ބޮޑު
އެއް ޒިންމާ އޮތް ފަރާތްކަމަށް ވާއިރު، ބަލައި ފާސްކުރުމާއި، މުދާ ހިފެހެއްޓުންފަދަ ކަންކަން ކުރުމުގެ
ކުރިން، އެކަން ކުރެވެނީ ކޮން ހަމައަކުންކަން ކަށަވަރު ކުރަންޖެހެއެވެ. އެއީ އެކަމަކީ ތަނުގެ ވެރިފަރާތުގެ
ޒާތީ މިނިވަންކަމަށް ފާޅުކަންބޮޑު ގޮތެއްގައި ހުރަސް އެޅިގެންދާނެކަމަކަށްވުން އެކަށީގެންވާތީއެވެ. ޤާނޫނަށް
އިޙްތިރާމް ނުކުރެވުމުގެ ސަބަބުން ހުރަސްއެޅިގެންދަނީ ހަމައެކަނި ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތަކަށް
އެކަންޏެއްވެސް ނޫނެވެ. މުޖުތަމަޢުވެސް މިފަދަ ކުށްތަކުން މިންޖު ކުރެވޭ ގޮތެއްނުވެއެވެ. އެހެންކަމުން،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
2014SCA18
46 ގެ ސަފުރާ 43
މިފަދަ ކުށްތަކުން
ތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ ފުލުހުން ހިންގާ ތަޙްޤީޤުތަކާއި އޮޕަރޭޝަންތައް ޤާނޫނީ
އިމުގެ ތެރެއިން
4 9 8 e 8
,ނނނެވެ
96.ވީމާ، ހުށަހެޅިފައިމިވާ މައްސަލައިގައި ފެނުނު ހުރިހާ ހެކި ޤުރީނާއަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ
ހުއްދަ ކުރާ ގޮތަށް ހޯދިފައިވާ ހެކި ނޫންކަމުން، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން،
މި ހެއްކަކީ ޝަރީޢަތަށް ރިޢާޔަތް ނުކުރެވޭނެ ހެކިކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2013
202/A ޤަޟިއްޔާގައިވާ ނިންމުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް
އަހުރެން ދެކެމެވެ.
443
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
97.ދިވެހިރާއްޖެވަނީ އިންސާނީ ޙައްޤުތަކާއި ގުޅޭގޮތުން އ.ދ. އިން އެކުލަވާލާފައިވާ މަދަނީ އަދި ސިޔާސީ
ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ43 (އައި.ސީ.ސީ.ޕީ.އާރ) ގައި 2006 ސެޕްޓެމްބަރ 19 ވަނަ ދުވަހު
ސޮއިކޮށްފައެވެ. އައި.ސީ.ސީ.ޕީ.އާރ ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒާތީ މިނިވަންކަމުގެ ޙައްޤާއި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ޙައްޤުތަކަކީ އެއް ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ، އަސާސް އެއްގޮތް ޙައްޤުތަކެކެވެ45
98.ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ އަލީގައި، ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކުރާ މީހުން ދިރިއުޅޭ ތަންތަނާއި ގޮވަތި ގެދޮރުގެ މާނައިގެ ތެރޭގައި ހިމެނެނީ
43
Internasional Covenant on Civil and Political Rights (New York, 16 December 1966)
44
ޕީ.އާރުގައި ސޮއިކޮށްފައިވާ ޤައުމުތައް (ސްޓޭޓަސްއާއެކު، އެނގޭނެ އ.ދ. ގެ ޑިޕޮސިޓަރީ، މި މިލިންކުން ފެނިވަޑައިގަންނަވާނެ:
https://treaties-un-org/Pages/ViewDetails.aspx?src=TREATY&mtdsg_no=IV-_&chapter-4&clang=_en
45
10 ޑިސެމްބަރ 1948 ގައި އ.ދ. ގެ މަޖިލީހުގެ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރު
(Universal Declaration of Human Rights) ގެ 12 ވަނަ މާއްދާއާއި، ޔޫރަޕުގެ އިއްތިހާދުގެ ޤައުމުތަކަށް އެޖަމާއަތުން ހަދާފައިވާ
ޔޫރަޕުގެ އިންސާނީ ޙައްޤުތަކާބެހޭ މުޢާރަފް (Europc
@
n Convention on Human Rights) ގެ 8 ވަނަ މާއްދާގައިވެސް، ބަޔާންކުރެވުނު
ޙައްޤު ހިމެނިފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ | އޯކިޑްމަގު| މާލެ| ދިވެހިރާއްޖެ
Stupreme Court of the Maldives | Theem\uge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް URL
:
WWW.supremecourt.gov.mv| ފެކްސް: Fax
:
+
960 3
{
J08554 | ފޯން. 3009990 (]96 + :Tel
2014SCAl8
46 ގެ ސަފްޙާ 44
04 2 2 4 83
ކަނވނތނއ
7ހމައެކެވެ
ކަން ބަލާއިރު، ބައިނަލްއަޤުވާމީ މަސްރަހުގައި އެއީ ވަރަށް ފުޅާކޮށް މާނަކުރެވޭ
ކަމާއި، އޭގެ ތެރޭގައި މީހުން ދިރިއުޅޭ އަދި އެމީހުންގެ ފަންނީ ނުވަތަ ވަޒީފާ ނުވަތަ ވިޔަފާރިއާ
ގުޅުންހުރި ތަންތަނާއި ކަންކަން ހިމެނޭކަން ފާހަގަކުރަމެވެ. އަދި މިޤަޟިއްޔާ އާ ގުޅޭ ހާދިސާ ހިނގުމުގެ
ފަހުގެ ތާރީޚެއްގައި ވުޖޫދުވެ އެ މައްޗަށް ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 1212016 (ޖިނާއީ
އިޖުރާއަތުގެ ޤާނޫނު) ގައި އާންމު ތަންތަނާއި އަމިއްލަ ތަންތަނަށް ވަނުމާގުޅޭގޮތުން ހުރި އިޖުރާއަތުތަކަށާއި،
އެ ޤާނޫނުގައި "އަމިއްލަ ތަންތަން" މާނަކޮށްފައިވާ ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެވެސް
ވިސްނުންހުރީ މިފަދަ ފުޅާ މާނައެއް އަމިއްލަ ތަންތަނަށް ތަޠުބީޤުކުރުން ކަމުގައި ފާހަގަކުރެވެއެވެ.
aގ 4
43
ޕީތނ
99. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި "ވަގުތުން ފިޔަވަޅެއް
ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ
އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު
ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެން ނުވާނެ" ކަމުގައި ބަޔާންކޮށްފައި އޮތް އޮތުމުގެ ބޭނުމަކީ
ގޮވަތި ގެދޮރާއި، އާއިލާ އާއި އަމިއްލަ ކަންކަމުގެ މައްޗަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތައް) ނޫން
ގޮތަކުން (ނުވަތަ އާބިޓްރަރީކޮށް) ނުފޫޒުފޯރުވާ (ނުވަތަ އިންޓަފިއުރކޮށް) ހަދައިގެން ނުވާނެކަން
ކަށަވަރުކުރުމެވެ49. އެހެންކަމުން، ޤާނޫނަކުން އެނޫން ގޮތަކަށް ކަނޑައަޅާފައިވާ ޙާލަތުގައި މެނުވީ، މީހުންގެ
އަމިއްލަ ތަންތަނުގެ މާނައިގައި ހިމެނޭ ތަންތަނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47
46
ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ މައްސަލަތަކުގެ ތެރެއިން، (13710/88
.Niemieiz v
.
Gemany
(
Application No
އާއި، (30566/04
S. and Marper
-
the United Kingdom
{
Applications No
.:
30562/04 and އާއި Paradiso
y: (: )
and Campanelli v. Italy (Application No: 25358/12)
ޖޭޕީ
Bärbulescu v. Romania (Application No: 61496/08) 56030/07)
Antović and Mirković v.
Montenegro (Application No.: 70838/13)
Satakunnan Markkinapörssi Oy and Salamedia Oy v.
Finland (Application No.: 931/13)
ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ މައްސަލަތަކުގެ ތެރެއިން، :
.Femández Marinez v
.
Spain
(
Application No
(އާއި، (:.
(އާއި،
((އާއި،
39
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ).
ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ މައްސަލަތަކުގެ ތެރެއިން (588/13
.Libert v
.
France
(
Application No އަދި
Lozovyye v. Russia (Application No. 4587/09)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިގާ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009998
960 + :Tel
2014SC-A/l8
46 ގެ ސަފުޙާ 45
ވަނަ މާއްދާގެ (ނ) ގައިވާ ޙާލަތެއްގައި ނޫންގޮތަކަށް، އެކަމަށް ހުއްދަކުރާ ކޯޓު އަމުރެއްނެތި ވަދެ، ބަލާ
ފާސްކުރެވޭނެ ތަންތަންކަމުގައި އަހުރެން ނުދެކެމެވެ.
4 : ( 0
100. އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ
މާއްދާގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން
ލިބޭނެފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ
ޖަމާޢަތަކަށް ނުވަތަ ދައުލަތަށްވެސް ލިބިދެވޭ ފަދައަކުން ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް މާނަކޮށްގެން
ނުވާނެކަމުގައި ބަޔާންކޮށްފައި އޮތުމުންނާއި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ
ދައުލަތުގެ ވާޖިބެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތުމުން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެއްވެސް އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނުވަތަ
ހަނިކޮށްފައިނުވާނަމަ، އެފަދަ ޙައްޤުތަކާއި މިނިވަންކަން ލިބިދޭންޖެހޭނީ
އޭގެ އެންމެ ފުޅާމިނުގައިކަމަށް
5
354 3
އަހުރެން ދެކެމެވެ.
101. މިފަދައިން މި ނިންމުން ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އެފަރާތްތަކުން
އަދާކުރަންޖެހޭ ޒިންމާ އުފުލުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ، މަސައްކަތް ބުރަވެ، ކުށްކުރާ މީހުން ހިފާ،
އެމީހުން ކުރިކަމަށް ބެލެވޭ ކުށާގުޅޭ ކަންކަން ތަޙުޤީޤުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި ދެކުމަކީ
އެކަށީގެން ންވާކަމެކެވެ. އެހެން ނަމަވެސް، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އެފަރާތުގެ ޒިންމާ އަދާކުރުމަށް
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން50 ކަން ނުމުގެ ހުރިހާ ފުރުޞަތެއް އެބައޮތެވެ.
ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އުނދަގޫތަކަކީ ޢާންމު ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަމަށް
50
މިސާލަކަށް އަމިއްލަ ޝަންތަނަށް ހުއްދައާއެކު ނޫންގޮތަކަށް ވަނުމުގައި ކޯޓު އަމުރު ހޯދުން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން. 3009990
960 + :Tel
2014/SC-Al8
446 ގެ ސަފްޙާ 46
އުނިކަން އަންނަ ފަދައިން ޢަމަލުކުރުމަށް، ނުވަތަ އެޒިންމާ އަދާކުރުމަށް ޤާނޫނުގެ ތެރެއިން ޢަމަލުކުރެވެން
ހުރިގޮތްތަކާއި ދުރަށް ދިއުމަށް އޮތް ސަބަބެއްކަމުގައި ވެގެންވާނެކަމަށް އަހުރެން ނުދެކެމެވެ.
302.މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު
103.މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
202/HC
-
A/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުން، އެ ޙުކުމަށް
ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
4
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީގެ
u
لاتها)
Cool
ޢާއިޝާ ޝުޖޫން މުޙައްމަދު
އަޒްމިރާލްދާ ޒާހިރު
މަޙާޒު ޢަލީ ޒާހިރު
(ރިޔާސަތު)
A
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު| ތީމުގެ| އޯކިޑްމަގު| މާވެ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.suprernecourt.gov.mv | ފެކްސް: 36008554
960 + :Fax | ފޯން: 3009990
960 + :Tel