ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2016/SC-A/13 ޤަޟިއްޔާ
ސަފްޙާ 25 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޓްވެހިރާއްޖޭގެ ދީލް
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 13/SC
-
A/2016
ދަޢުވާކުރާ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ދަޢުވާލިބޭ ފަރާތް: މުޙައްމަދު ޙަބީބު، ދަފްތަރު ނަންބަރު | 3915 މާލެ
• މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް
އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 03 އެޕްރީލް 2016
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 މެއި 2016
ނިމުނު ތާރީޚް: 26 އޮކްޓޫބަރު 2017
• މައްސަލަ ނިންމި ގަޑި: 12:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދު
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
ނަންބަރު: 210/HC
-
A/2014
• ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 07 ޖުލައި 2013
• ނިމުނު ތާރީޚް: 15 އެޕްރީލް 2014
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 2
02 0
4 މައްސަލައިގެ ޙުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާ، އެ ކޯޓުން
ބަލައި ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ
އިލްތިމާސްކޮށްދިނުމަށް އެދި ދައުލަތުގެ (މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްޘީލުކޮށް އެޓަރނީ ޖެނެރަލްގެ
އޮފީހުގެ) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި ދަޢުވާ ލިބުނީ މުޙައްމަދު ޙަބީބު، ދަފްތަރު ނަންބަރު 3915 އެން.އެސް.އެސް
11.03، (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A065885) އަށެވެ.
އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާއަކީ،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
-1
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާ، އެ
ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ
އިލްތިމާސްކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މުޙައްމަދު ޙަބީބު، ދަފްތަރު
ނަންބަރު 3915 (އެން.އެސް.އެސް ފްލެޓް 11.03) އަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322
ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ
<< O
-2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 3
-3
0x2 22
އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާގެ ދަށުން
އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، 03 ޖުލައި 1980 އިން ފެށިގެން މެދުކެނޑުމެއްނެތި
ނޭޝަނަލް ސެކިއުރިޓީ ސަރވިސް، އަދި އޭގެ ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މުޙައްމަދު ޙަބީބު
މަސައްކަތް ކުރަމުން ދަނިކޮށް، ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވީކަމަށް ތަޙްޤީޤަށް ޘާބިތުވާކަމުގައި
ކަނޑައަޅައި،
08 ފެބްރުވަރީ 2009 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވާތީ އާއި،
ވަޒީފާއިން ވަކިކުރިކަން މުޙައްމަދު ޙަބީބަށް އަންގާފައި ނުވާކަމަށް ބުނެ، ކުރިން ހުރި ވަޒީފާ އަނބުރާ
ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމަށްފަހު ހޭދަވެފައިވާ މުއްދަތުގައި، ވަޒީފާގައި ހޭދަކުރި އިރު ލިބޭ
މުސާރައާއި ޢިނާޔަތްތަކާއި އެ މުއްދަތުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ލިބިފައިވާނަމަ، އިތުރުވެފައިވާ
މިންވަރެއް ހޯދުމަށާއި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ގެއްލިގެން ދިއުމުގެ ސަބަބުން ލިބުނު
ގެއްލުމުގެ ބަދަލު ހޯދުމަށް މުޙައްމަދު ޙަބީބު (ދަފްތަރު ނަންބަރު 3915، ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A065855) ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް ދިވެހި
ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަ
އިއްކަމާއި،
ސިވިލް ކޯޓުން އެ ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާ ނިންމާފައިވަނީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި ކަނޑައެޅިފައިވާ
މި މައްސަލައަށް ތަޠްބީޤްކުރެވޭނެކަމަށް ސިވިލް ކޯޓަށް ފެންނާތީ މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި
239 ހއ
ކަނޑައަޅައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 4
08 ފެބްރުވަރީ 2009 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބު ވަޒީފާއިން
ވަކިވެފައިވާކަމަށް ނުބެލުމަށާއި، 15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ
ތެރޭގައި މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއާ އެއްވަރެއްގެ
ވަޒީފާއެއް މުޙައްމަދު ޙަބީބަށް ދިނުމަށާއި، 08 ފެބްރުވަރީ 2009 ވަނަ ދުވަހުން ފެށިގެން މުޙައްމަދު
ޙަބީބުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް
15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބަށް
ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި،
މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސް އަށް އަންގައި ޙުކުމްކޮށްގެންކަން
އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާ
ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ
ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް އެ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ނުފެންނަކަމަށް ބަޔާންކޮށް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް އެ މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
210/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
2 20
-4
2014/HC-A/210
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާގައި އެ ކޯޓުން
ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން މައިގަނޑު ތިން ސަބަބެއް ހުށަހަޅައި އެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ.
އޭގެ ތެރެއިން:
444
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 5
ހ 0
2
axތތ
کر گرم کر هر
• ފުރަތަމަ ސަބަބަކީ، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322
ޤަޟިއްޔާ، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާއިން
އިސްތިއުނާފުކުރުމުން، އެ ޤަޟިއްޔާ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
24/SC
-
A/2014 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
• ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި މުޙައްމަދު ޙަބީބުގެ މައްސަލައިގައި ކަންހިނގާފައިވާ
ގޮތާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 16/HC
-
A/2009 ޤަޟިއްޔާއިން ބެލެވުނު މައްސަލައިގައި
ކަންހިނގާފައިވާ ގޮތަކީ، އެއްގޮތް ކަންތައްތަކެއްކަމަށް ބަޔާންކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
316/HC
-
A/2009 ޤަޟިއްޔާ މައްސަލައަށް ތަޠުބީޤުކޮށް ޙުކުމް ކުރުމީ، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 24/SC-A/2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމެއްކަމަށާއި އަދި
މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއްކަމަށް
ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/IIC
-
A/2014
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ
ޤަވާޢިދުގެ ދަށުން މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރުމަކީ ފަހުން ހެދޭ ޤަވާޢިދެއްގެ ދަށުން ކުރެވޭނެ
ކަމެއް ނޫންކަމާއި، އަދި ފަހުން ހެދޭ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ކުރީގެ ހާދިސާއެއްގެ މައްޗަށް ހިނގާނީ
ޤާނޫނުގައި ކަނޑައެޅިފައި އޮވެގެން އިސްތިސްނާއީ ޙާލަތްތަކުގައިކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލަށް
ބެލުމުން އެނގޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާ ބެހޭ ޤަވާޢިދާ ޙަވާލާދީ، މުޙައްމަދު ޙަބީބު
ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2009
/
17/VKL/171
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 6
0230 2
0 422
.6
"ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ގައިވާ އެންގުމަކީ ޞައްޙަ
ކަމުގައި
ނެތްކަމަށް
މަށް ބަޔާންކޮށް، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް
ބަދަލުގެންނަން ޖެހޭނެ ތަނެއް އޮތްކަމުގައި ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، މައްސަލައާ ގުޅޭގޮތުން
ދައުލަތުން ހުށަހެޅި އެންމެހައި ލިޔުންތަކާއި، ހެއްކާއި ޤަރީނާއާއި ޝަރީޢަތުގައި ދައުލަތުން ފާހަގަކުރި،
މައްސަލައާ ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރުމަކާ ނުލައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010;13
(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިވާ
ޚިލާފަށްކަމަށް
ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާގައި އެ
ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤާޟިއްޔާގައި ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށާއި، މި މައްސަލައިގައި ދަޢުވާ ލިބުނު މުޙައްމަދު ޙަބީބުގެ ފަރާތުން
ހު
މައްސަލައާ ގުޅިގެން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް
ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 210/HC
-
A;2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި،
އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1322 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
0
<< O
2 0 0
4 2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 7
(ހ) ފުރަތަމަ ކަމަކީ، ބަޔާންވެދިޔަ ގޮތުގެމަތިން
ގެމަތިން ސިވިލް ކޯޓުގެ އިސްވެ
އިޝާރާތްކުރެވުނު
އެ ކޯޓުގެ ނަންބަރު
1322/Cv-C/2013
ޤަޟިއްޔާގައި މުޙައްމަދު ޙަބީބު ކޮށްފައިވާ ދަޢުވާ
ބިނާކޮށްފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި:
-1
-2
24
މުޙައްމަދު ޙަބީބުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތުހުމަތުކޮށް
ތަޙްޤީޤުކުރި މައްސަލަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/1649 ޤަޟިއްޔާއިން އެ މައްސަލަ ނިންމާފައިވަނީ މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރި
މައްސަލަ ސާބިތުނުވާކަމުގައި ކަނޑައަޅާފައި ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބާއި:
މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކުރެވުނުކަމުގެ ލިޔުމުގައި މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 1-MPS4
/
2009 ވަޒީފާއާބެހޭ ޤަވާޢިދުގެ ދަށުންކަމަށް ބަޔާންކޮށްފައިވާއިރު،
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ
ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެ ޤަވާއިދު ފާސްކޮށްފައިވަނީ 02 ޖަނަވަރީ 2009 ވަނަ
ދުވަހު ކަމަށްވާއިރު، މުޙައްމަދު ޙަބީބުގެ މައްޗަށް އެ ޤަވާޢިދުގެ ދަށުން ފިޔަވަޅުއެޅި މައްސަލައިގެ ޙާދިޘާ
ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވާ ތާރީޚަކީ 30 އެޕްރީލް 2008 ކަމަށާއި،
އެހެންކަމުން މިއީ މާޟީއަށް ޤާނޫނު ތަތްކުރުން ކަމަށްވާތީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރުމަށް
މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތެރޭގައި ހިމެނޭ ދެފަރާތަށް ވަޒީފާއިން
ވަކިކުރެވުނުކަން އެންގުމުން، އެ ދެފަރާތުން މަދަނީ ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅައިފައިވަނީ އެ ދެފަރާތަށް އަލުން ވަޒީފާ ދިނުމަށް
ވުން ކަމަށްބުނެ، ފާހަގަކޮށްފައިވާ ސަބަބާއި؟
585/MC/2009
ﷲ2
0x2
2
0 ތކތ
އަކާނޮވށގނހ3ނ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 8
މި މައިގަނޑު ސަބަބުތައް ހިމެނިގެންވާކަން އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1322 ޤަޟިއްޔާގައި މުޙައްމަދު ޙަބީބުކޮށްފައިވާ ދަޢުވާގެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ
ކަންކަމަށް ބެލުމުން އެނގެން އޮންނަކަމެވެ.
04 0
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު
2013/Cv
-
C/1322 ޤަޟިއްޔާގައި މުޙައްމަދު ޙަބީބުގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި، އެ
ޤަޟިއްޔާގައި ދަޢުވާލިބުނު މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްޘީލްކުރަމުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދައުލަތުގެ މުދަލަށް މުޙައްމަދު ޙަބީބު
ޚިޔާނާތްތެރިވެފައިވާކަމަށް އެކަށީގެންވާ ހެކި ލިބި، ތަޙްޤީޤަށް އެކަން ސާބިތުވެފައިވާތީއާއި، އަދި އެފަރާތުގެ
މައްޗަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޙްޤީޤަށް ސާބިތުވެފައިވާ ކުށަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްފަދަ ރައްޔިތުންގެ އިތުބާރާއި ޤަދަރު ލިބެންޖެހޭ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއެއްގައި
އެފަދަ ކުށެއްގެ ތުހުމަތަކާއެކު ބެހެއްޓުން އެކަށީގެންނުވާ ފަދަ ކުށަކަށްވާތީއާއި، ފުލުހުންގެ ކުށްތައް ބަލައި
އިދާރީ އަދަބު ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކީވެސް، ފުލުހުންގެ
މުއައްސަސާގައި މުޙައްމަދު ޙަބީބު ބެހެއްޓުން އެކަށީގެން ނުވުންކަމަށްވާތީއާއި، އަދި މުޙައްމަދު ޙަބީބުގެ އެ
ޢަމަލަކީ، އޭރު ޢަމަލުކުރަމުންދިޔަ ސަރުކާރުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ ދަށުންވެސް
ވަޒީފާއިން ވަކިކުރެވޭނެ ބާވަތުގެ ކުށަކަށްވެފައި، ދަޢުވާކުރާ ފަރާތުން އެކުށްކުރިކަން މަދަނީ މިންގަނޑުން
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހެކި ލިބިފައިވާތީއާއި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް، މުޙައްމަދު
ޙަބީބުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުރަކީ އެ ކުށް ނުކުރާކަމަށްވުރެ ބޮޑަށް އެ ކުށް ކުރިކަމަށް
ބުރަވެވިފައިވާ ކުށެއްކަމަށް ފާހަގަކުރެވިފައިވާތީއާއި، މުޙައްމަދު ޙަބީބު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ،
ފުލުހުންގެ މުއައްސަސާގެ ކަރާމާތްގެއްލި، ޢާންމު ރައްޔިތުންގެ އިތުބާރު ގެއްލޭނެފަދަ ކަމެއްކަމުގައި
ވެގެންދާނެތީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރި ޗިޓުގައި، ޙާދިޘާ ހިނގާދިޔަ ފަހުން ޢަމަލުކުރެވެންފެށި
ޤަވާޢިދަކާ ޙަވާލާދީފައި އޮތްނަމަވެސް މުޙައްމަދު ޙަބީބާމެދު ތުހުމަތު ކުރެވިފައިވާ ޢަމަލަކީ އޭރު ފުލުހުންގެ
2 2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 9
هل
ވަޒީފާއާބެހޭ ކަންތައްތަކުގައިވެސް އަމަލުކުރެވެމުންދިޔަ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ
ދަށުންވެސް ވަޒީފާއިން ވަކިކުރެވޭނެ ކުށެއްކަމުގައިވާތީއާއި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކީ
ފަހުން އެކުލަވާލެވިފައިވާ ޤަވާޢިދެއްގެ މާއްދާއެއްގެ ދަށުން ނިންމާފައިވާ ނިންމުމެއްކަމުގައި ނުވާތީ،
މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅޭނެ ޖާގައެއް ނެތްކަމަށްވާތީ،
މުޙައްމަދު ޙަބީބުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރެވޭނެ އަދި މުޙައްމަދު ޙަބީބުގެ ފަރާތުން އެދޭ ބަދަލު
ނަގައިދެވޭނެ އެއްވެސް ހަމައެއް
ނެތްކަމަށްބުނެ މުޙައްމަދު ޙަބީބުކޮށްފައިވާ
ހު
ދަޢުވާއަށް އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އިންކާރުކޮށްފައިވާކަން މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ޗީފް
ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުއްޓައި، އެ ސަރވިސްއިން، އެ ސަރވިސްގެ އެ މަޤާމުން
03 ފެބުރުވަރީ 2009 ވި ދުވަހުން ފެށިގެން މުޙައްމަދު ޙަބީބު ވަކިކޮށްފައިވާކަމާއި، ބުނެވުނު ތާރީޚުގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އެ ސަރވިސްގައި މުޙައްމަދު ޙަބީބު އަދާކުރަމުންދިޔަ ބުނެވުނު
ވަޒީފާއިން ވަކިކޮށްފައިވަނީ، މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވި، ތަޙްޤީޤަށް ސާބިތުވި
މައްސަލައަކީ، ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވި މައްސަލައަކަށްވާތީ ކަމަށްބުނެ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށްގެންކަމާއި، މިކަންކަން މި
މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2009
/
17/VKL/171 (8 ފެބުރުވަރީ 2009) ގެ "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން"
ނަމުގައިވާ ލިޔުމުން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ
ތެރޭގައި ހިމެނޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 10
.1
DBIF/2009/22
1. "އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ގުދަނުން އެ ޑިޕާޓްމަންޓުގައި
މަސައްކަތްކުރާ ބައެއް ފުލުހުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ރިޕޯޓް" ނަމުގައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓަރނަލް އެފެއާޒް ޑިޕާޓްމަންޓުގެ ނަންބަރު 2008/IAD
/
RE ގެ
ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓަކީ ކޮންސްޓަބްލް މުޙައްމަދު ޒިޔާދުއާއި، ކޮންސްޓަބްލް އަޙްމަދު ރަޝީދުއާއި،
ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބުއާއި މިފަރާތްތަކުގެ މައްޗަށް ހިންގުނު ތަޙްޤީޤުގެ
މައްޗަށް ބިނާކޮށް އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަން
ސާބިތުވާކަމަށް އެ ރިޕޯޓުގެ ދަށުން ނިންމާފައިވާ ތަޙްޤީޤު ރިޕޯޓެއްކަން އެ ރިޕޯޓުން އެނގެން އޮންނައިރު،
2. "ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމު" މި ނަމުގައިވާ ނަންބަރު
ފޯމަށް ބަލާއިރު، އެ ފޯމުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި
ބަޔާންކޮށްފައިވަނީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބުއާއި، ކޮންސްޓަބްލް މުޙައްމަދު
ޒިޔާދުއާއި، ކޮންސްޓަބްލް އަޙްމަދު ރަޝީދުއާއި، ކޮންސްޓަބްލް ރާމިޒް ޢަބްދުﷲއާއި މިފަރާތްތައް ކަމާއި،
މި މައްސަލައިގައި ކޮންސްޓަބްލް މުޙައްމަދު ޒިޔާދު އާއި، ކޮންސްޓަބްލް އަޙްމަދު ރަޝީދު އާއި، ޗީފް
ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުދަލަށް
ޚިޔާނާތްތެރިވެފައިވާކަން ތަޙްޤީޤަށް ސާބިތުވާކަމަށް ބަޔާންކުރުމަށްފަހު، ތަޙްޤީޤުކުރާ ފަރާތަށް ފެންނަގޮތަކީ،
ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާތީއާ، ސަރުކާރުގެ މުދަލާއި ތަކެތި
ޅުމުގެ ޤަވާޢިދާ
ޚިލާފުވެފައިވާތީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ވަޒީފާއިން
ވަކިކުރުމަށް ކޮމިޝަނަރއަށް ހުށަހެޅުމަށާއި އަދި މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ކަމަށް
ބަޔާންކޮށްފައިވާކަމާއި، މިގޮތަށް މި ފޯމުގެ ދަށުން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު
ހު
މައްސަލައާމެދު
ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ ކޮންސްޓަބްލް އަޙްމަދު ރަޝީދުއާއި، ކޮންސްޓަބްލް މުޙައްމަދު
ޒިޔާދުއާއި، ކޮންސްޓަބްލް ރާމިޒް ޢަބްދުﷲ އާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބުގެ
މައްޗަށް ތުހުމަތުކުރެ
މަތުކުރެވިގެން ތަޙްޤީޤު ކުރެވުނު މައްސަލައަކީ ސަރުކާރުގެ މުދަލާއި ފައިސާއަށް
کسی کو گرم
24 2 2 4
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 11
ޚިޔާނާތްތެރިވުމުގެ ޖިނާއީ ކުށުގެ މައްސަލައަކަށްވާތީ 4 މީހުން ވަޒީފާއިން ވަކިކޮށް، ވަޒީފާއާބެހޭ
ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްކަމާއި،
މިކަންކަން އިސްވެ އިޝާރާތްކުރެވުނު ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ
ކަންކަމަށާއި އަދި މިފޯމުގެ މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ ބޯޑުން 28 ޖަނަވަރީ 2009 ގައި
ނިންމާފައިވާ ނިންމުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި
އަދާކުރަމުންދިޔަ ބަޔާންކުރެވިދިޔަ ވަޒީފާއިން ވަކިކުރެވިފައިވާކަން އެނގޭ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އިސްވެ އިޝާރާތްކުރެވުނު ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައާއި، މުޙައްމަދު ޙަބީބު،
މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ އެ ވަޒީފާއިން ވަކިކުރުމަށާއި، މުޙައްމަދު ޙަބީބުގެ
މައްޗަށް ތުހުމަތު ކުރެވިގެން ތަޙްޤީޤުކުރެވުނު ބަޔާންވެދިޔަ ޖިނާއީ ކުށުގެ މައްސަލަ ޝަރީޢަތަށް
ފެންނަކަމަށް ޑިސިޕްލިނަރީ ބޯޑުގެ ބަޔާންވެދިޔަ ނިންމުން އެގޮތަށް ނިންމުމުގައި
ރިޢާޔަތްކޮށްފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ
(ނ) ގެ މައްޗަށްކަން ބަޔާންވެދިޔަ ލިޔުންތަކުން އެނގެން އޮންނައިރު، ބަޔާންކުރެވުނު ޤަވާޢިދަކީ 05
އޯގަސްޓު 2008 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17
ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވި، އަދި 02 ޖަނަވަރީ 2009 ގައި ޢަމަލުކުރަން
ފެށުނު ޤަވާޢިދެއްކަން އެ ޤަވާޢިދުގެ 1 ވަނަ މާއްދާއިން އެނގެން އޮންނައިރު، ބަޔާންވެދިޔަ ޤަވާޢިދުގެ
24 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް
ބަޔާންކޮށްފައިވާ މާއްދާކަމާއި، މިގޮތުން އެ މާއްދާގެ (ށ) އަށް ބަލާއިރު، މާއްދާގެ އެ އަކުރުގައި
ބުނަނީ: "މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި
ނުވަތަ ޤަވާޢިދާއި ޚިލާފު ޢަމަލެއްކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެ ކުޅަ
ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ
ފ މ 24
00
ހެނދޅުވާށް
2 20
/ ތތ xތ ދ
2 22 2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 12
މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަ
ވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް
ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" މިފަދައިންކަން އެނގެން އޮންނައިރު،
ބުނެވުނު ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މި ޤަވާޢިދުގެ 24
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމެއް ދިމާވެގެން ކޮމިޝަނަރ އޮފް ޕޮލިސް، ލިޔުމުން މިނިސްޓަރަށް
ށަހެޅުމުންކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން،
ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) ގައި ބުނާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ
ބޯޑު ނުވަތަ ކޮމިޓީއަކީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ
ވަނަ މާއްދާގެ
ދަށުން ބާރުލިބިގެން އެކުލަވާލެވި،
ތރު 20
24
3
17
02 ފެބްރުވަރީ 2008 ގައި ޢަމަލުކުރަން ފެށުނު، "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް
އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް
އުފައްދަންޖެހޭ ބޯޑެއް ނުވަތަ ކޮމިޓީއެއް ކަން ބުނެވުނު
ހު ފަހުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ)
އިން އެނގެން އޮންނައިރު، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ
ބަޔާންކުރެވުނު އެ ވަޒީފާއިން ވަކިކުރުމަށާއި އަދި މުޙައްމަދު ޙަބީބު ހިމެނޭގޮތުން މުޙައްމަދު ޙަބީބާމެދު
ތުހުމަތުކުރެވި، ތަޙްޤީޤުކުރެވުނު، ސަރުކާރުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމަށް ބުނާ ޖިނާއީ
ކުށުގެ މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ނިންމާފައިވަނީ، ފަހުން މި ބަޔާންކުރެވުނު ޤަވާޢިދުގެ 6 ވަނަ
މާއްދާގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުންކަން މުޙައްމަދު ޙަބީބާމެދު ބަޔާންވެދިޔަ ފިޔަވަޅުތައް
އެޅުމަށް ނިންމި އިސްވެ އިޝާރާތްކުރެވުނު ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުންނާއި ދައުލަތުގެ ބަހުންވެސް
އެނގެން އޮންނައިރު،
ރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު
ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގައި މުވައްޒަފެއްގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި
ދި 0
2
ދިވެހިންގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 13"
ހ 0
2
7
0
އިދާރީ މައްސަލައަށް ކަނޑައަޅާ އަދަބަކީ، އެމީހެއްގެ ވަޒީފާއިން ވަކިކުރުން ނުވަތަ ރޭންކް
ކަމުގައިވާނަމަ، އެކަން ތަންފީޛުކުރުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް، ކޮމިޝަނަރ
އޮފް ޕޮލިސްގެ އެންޑޯޒްމެންޓް ހޯދައިގެން މެނުވީ މިނިސްޓަރަށް ހުށަހަޅައިގެން ނުވާނެކަމަށް ޞަރީޙަބަހުން
ބަޔާންކޮށްފައިވާކަމާއި، މިކަންކަން މި ބަޔާންކުރެވުނު ދެ ޤަވާޢިދަށް ބެލުމުން އެނގެން އޮތުމުން
ޑިސިޕްލިނަރީ ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން
ވަކިކުރަން ނިންމުންފަދަ ނިންމުންތައް ތަންފީޛުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް
ޕޮލިސްއާ މަޝްވަރާކޮށް އެފަދަ ނިންމުމެއް ތަންފީޛުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ
ލިޔުމެއް މިނިސްޓަރަށް ހުށަހަޅަންޖެހޭނެކަމާއި، މިކަންކަން މި ބުނެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވުނު
މާއްދާތަކުގެ ޞަރީޙަ ނައްޔަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ފުލުހުންގެ ވަޒީފާއާބެހޭ
ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ހ) އާއި އަދި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އަދި އެ
ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ
އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއިން ޑިސިޕްލިނަރީ ގޮތުން ނުވަތަ އިދާރީ
ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން ވަކިކުރަން ނިންމުންފަދަ
ނިންމުންތައް ތަންފީޛުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް،
އެފަދަ ނިންމުންތައް ތަންފީޛުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ ލިޔުމެއް މިނިސްޓަރަށް
ހުށަހަޅަން ޖެހޭނެކަން އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ
ޤަވާޢިދު" ގެ 25 ވަނަ މާއްދާގެ (ހ) އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު
ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނާތީ،
ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން، ތަންފީޛުކުރުމުގެ ކުރިން، އެ ނިންމުން
ތަންފީޛުކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމަށް ލިޔުމުން މިނިސްޓަރަށް ހުށަހަޅާފައިވާ ލިޔުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 14"
22
*
އެބައޮތްތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތުގެ ފަރާތުން ދައުލަތާ ކުރެވުނު
ސުވާލާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވަނީ ދެ
ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ "ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ފޯމު" މި ނަމުގައިވާ ފޯމެއްކަމާއި،
މި
ފޯމުގެ އެއްވެސް ތަނެއްގައި އެއީ މިނިސްޓަރަށް ހުށަހަޅާ ފޯމެއް ނުވަތަ ލިޔުމެއްކަން އެނގޭ އެއްވެސް
ޢިބާރާތެއް އެ ފޯމުގައި ބަޔާންކުރެވިފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން، މި ފޯމަކީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ބޭނުމަށް ވަކި ފޯމެޓްއަކަށް ތައްޔާރު
ހާރުކުރެވިފައިވާ
ފޯމެއްކަމާއި، އެ ފޯމުގެ ދެވަނަ ޞަފްޙާގެ އެންމެ ތިރީގައި "ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ބޭނުމަށް"
މިގޮތަށް ލިޔެވިފައިވާ ގޮޅީގައި "ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބު (ސ.ކ.
1026) މަތީގައި ބަޔާންކޮށްފައިވާ ސަބަބަށް ބަލައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން
ވަކިކުރުމަށް ހަމަޖައްސައިފީމެވެ." މިފަދައިން ޢިބާރާތެއް ލިޔެ، އެ ޢިބާރާތުގެ ތިރީގައި އަޙްމަދު ފަސީޙު
ކޮމިޝަނަރ އޮފް ޕޮލިސް، މިހެން ލިޔެފައިވީ ނަމަވެސް އޭގައި ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށްފައި
ނުވާކަމާއި، އަދި މި ފޯމުގެ އެއްވެސް ތަނެއްގައި، މި ފޯމަކީ ކޮން ތާރީޚެއްގައި ތައްޔާރުކޮށްފައިވާ
ފޯމެއްކަން އެނގޭނެ އެއްވެސް ތާރީޚެއްވެސް މި ފޯމުގައި ނެތްކަމާއި، މިކަންކަން މި ފޯމުން އެނގެން
އޮތުމުން މި ފޯމަކީ، އިސްވެ އިޝާރާތްކުރެވުނު ދެ ޤަވާޢިދުގެ ޙަވާލާދެވުނު މާއްދާތަކުގައި ބަޔާންކޮށްފައިވާ
އިޖުރާތު ފުރިހަމަ ކުރުމުގެ ގޮތުން އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަރ އޮފް
ޕޮލިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސްގެ ރުހުމާއި ޤަބޫލު އޮވެގެން މިނިސްޓަރަށް ހުށަހަޅާފައިވާ
ލިޔުމެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން އޮތް ފޯމެއްކަމަށް ނުބެލެވޭކަމެވެ.
(ކ) ހަތްވަނަ ކަމަކީ، މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން
ދިޔަ، ބަޔާންކުރެވުނު އެ ވަޒީފާއިން ވަކިކުރުމަށާއި، އަދި މުޙައްމަދު ޙަބީބު ހިމެނޭގޮތުން މުޙައްމަދު
ޙަބީބާމެދު ތުހުމަތުކުރެވި، ތަޙްޤީޤު ކުރެވުނު، ބަޔާންކުރެވުނު މައްސަލަ ޝަރީޢަތަށް ފޮނުވުމަށް
ނިންމާފައިވަނީ އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 15"
ހ 0
2
0
2
19ނވގނވެ
ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުންކަން މުޙައްމަދު
ޙަބީބާމެދު ބަޔާންވެދިޔަ ފިޔަވަޅުތައް އެޅުމަށް ނިންމި އިސްވެ އިޝާރާތްކުރެވުނު ޑިސިޕްލިނަރީ ބޯޑުގެ
ނިންމުމުންނާއި އަދި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުންވެސް އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގެ
ދަށުން ކޮމިޝަނަރ އޮފް ޕޮލިސް އުފައްދަންޖެހޭ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކަށް އަދަބު
ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީގެ މަސްއޫލިއްޔަތަކީ މި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މި ޤަވާޢިދުގައި
ފަރާތްތަކުން ކުރާ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކަށް އަދަބު ކަނޑައެޅުންކަން
ބުނެވުނު ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނައިރު، ބުނެވުނު ޤަވާޢިދުގެ 7 ވަނަ
މާއްދާގެ (ހ) ގައި އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި ޑިސިޕްލިނަރީ ކުށްތަކުގެ ގޮތުގައި އެ މާއްދާގެ (ހ)
ގެ 1 ވަނަ ނަންބަރުން ފެށިގެން 20 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތަކަށް
ނުހިމެނޭ މުޅިން ޑިސިޕްލިނަރީ ކުށްތައްކަން އެނގެން އޮންނަ އޮތުމުންނާއި، އަދި މީގެ އިތުރުން މި
ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 20 ވަނަ ނަންބަރުގައި "މަތީގައި ބަޔާންކުރެވުނު ކަންކަން ފިޔަވައި
ޑިސިޕްލިނަކީ ކުށެއްކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ޖިނާއީ ކުށްތަކަށް ނުހިމެނޭ
މިފަދައިން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަ އޮތުމުންވެސް، ބުނެވުނު ޤަވާޢިދުގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށެއްކަމުގައި ނުބެލެވޭ މުޅިން ޑިސިޕްލިނަރީ
ކުށްތައްކަން އިތުރަށް ކަށަވަރުވެގެން ދާކަމާއި، އަދި މީގެ އިތުރުން ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ
(ށ) ގައި އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި އިދާރީ ކުށްތައްކަމުގައި ކަނޑައަޅާފައިވާ ކަންކަމަކީ، ފުލުހުންގެ
ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ ޤަވާޢިދުތަކުގެ ތެރެއިން "ޕޮލިސް
އިންޓެގްރިޓީ ކޮމިޝަންގެ ޤަވާޢިދު" ފިޔަވައި އެ މާއްދާގައި ބަޔާންވެގެންވާ އެހެން ޤަވާޢިދަކާ ޚިލާފުވުމާއި
ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން ހެދިފައިވާ އެހެން ޤަވާޢިދަކާ ޚިލާފުވުމާއި
މިކަންކަން ކަން ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުން
އަޚްލާޤީ ކުށް"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 16
4 22
ހށ ބ 2
)
އެނގެން އޮންނައިރު ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ނ) ގައި މި ޤަވާޢިދުގެ (ހ) އަދި (ށ) ގައި
ބަޔާންކޮށްފައިވާ ޢަމަލަކީ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއްކަމުގައި ބެލެވޭނީ އެ ޢަމަލަކީ ޖިނާއީ
ކުށެއްކަމުގައި ނުވާނަމަކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އިސްވެ
އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭނެ
ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެންމެ ފުރަތަމަ ޙާލަތުގެ ގޮތުގައި އެ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ
ސާބިތުވެގެން ޙުކުމެއް ކުރުމުގެ ޙާލަތުކަން އެ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ބުނެވުނު
މާއްދާގައި، ބަޔާންކުރެވިފައިވާ، ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި ޖިނާއީ ކުށެއް ތަޙްޤީޤަށް
ސާބިތުވުމުން އެއީ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްކަމުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި
ނުވާކަމާއި މިކަންކަން، ބަޔާންވެދިޔަ ދެ ޤަވާޢިދުގެ ޙަވާލާދެވުނު މާއްދާތަކަށް ރިޢާޔަތްކޮށް ބެލުމުން
އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް
އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން މައްސަލަ ބަލައި، އެ ޤަވާޢިދުގައިވާ ގޮތުގެމަތިން
އެޅުމުގެ ބާރު އެ ބޯޑަށް ނުވަތަ އެ ކޮމިޓީއަށް ލިބިގެންވަނީ އެ ޤަވާޢިދުގެ އިސްވެ
އިޝާރާތްކުރެވުނު މާއްދާތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، ޖިނާއީ ކުށަކަށް ނުހިމެނޭ ޑިސިޕްލިނަރީ
އަދި އިދާރީ ކުށްތަކަށް އެކަނިކަމާއި، އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު "ފުލުހުންގެ ވަޒީފާއާބެހޭ
ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނާ "ތަޙްޤީޤު" ނުވަތަ "ތަޙްލީލު" މާނަކުރެވެން ޖެހޭނީ
އިސްވެ އިޝާރާތްކުރެވުނު، "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއްކަމުގައި
ބެލެވޭ ޢަމަލެއް ފުލުހަކު ކޮށްފައިވާ ކަމާމެދު ފުލުހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤު ނުވަތަ ތަޙްލީލުގެ
މަފްހޫމުގެ ޙުދޫދުގެ ތެރޭގައި ކަމާއި، ޖިނާއީ ކުށަކާ ބެހޭގޮތުން ފުލުހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤަކުން
ޖިނާއީ ކުށެއް ފުލުހަކު ކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާކަމަށް ނިންމާފައިވާ ތަޙްޤީޤު ރިޕޯޓެއްގެ މައްޗަށް
ފިޔަވަޅު
22 / /
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 17"
OX
30.ން
ބިނާކޮށް ފުލުހަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ނިންމުމުގެ ބާރު އިސްވެ އިޝާރާތްކުރެވުނު
"ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ
(ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ
ކޮމިޓީއަށް ލިބިދީފައި ނުވާކަން އިސްވެ އިޝާރާތްކުރެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވިދިޔަ މާއްދާތަކުގެ
ޞަރީޙަ ނައްޞުތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމުން މުޙައްމަދު ޙަބީބު ހިމެނެ
ޖިނާއީ ކުށަކާ ގުޅޭގޮތުން ހިންގިފައިވާ ތައްޤީޤެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ އިސްވެ .
އިޝާރާތްކުރެވުނު، ތަޙްޤީޤު ރިޕޯޓުގެ މައްޗަށް ބަލައި، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންވެދިޔަ އެ ވަޒީފާއިން ވަކިކުރުމަށް އިސްވެ އިޝާރާތްކުރެވުނު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ
ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެ
ބޯޑަށް އިސްވެ އިޝާރާތްކުރެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވުނު މާއްދާތަކުގެ ދަށުން ލިބިދީފައިވާ
އިޚްތިޞާޞްއާއި ބާރުގެ ޙުދޫދުގެ ތެރެއިން ކަމަށް ބެލެވޭނެ ތަނެއް ނެތު
ނެތުމެވެ.
(އ) އަށްވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 1 ވަނަ
މާއްދާގެ (ހ) އިން އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ފުލުހުންގެ މަޤްޞަދާއި، ދައުރާއި، މަސްއޫލިއްޔަތުތަކާއި،
ވާޖިބުތަކާއި، ތަބާވާންޖެހޭ ހަމަތަކާއި އުޞޫލުތަކާއި، ހިންގުމާއިލިބިދިފައިވާ ބާރުތަކާއި، އިމްތިޔާޒުތަކާއި،
ޙިމާޔަތްތަކާއި، އަދި މިނޫންވެސް ދިވެހިރާއްޖޭގެ ފުލުހުންނާބެހޭ އެންމެހާ އުޞޫލުތައް ކަނޑައަޅައި
ބަޔާންކުރުމުގެ ޤާނޫނުކަމާއި، އަދި ބުނެވުނު ފުލުހުންގެ ޤާނޫނުގެ 3 ވަނަ މާއްދާއިން މޯލްޑިވްސް ޕޮލިސް
ސަރވިސްއަކީ ފުލުހުންގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން
ފުލުހުންގެ ދައުރު އަދާކުރުމަށް ޤާއިމުކުރެވިފައިވާ މުއައްސަސާއެއްކަމާއި، އަދި ބުނެވުނު ފުލުހުންގެ
ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އިން މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ފުލުހުންގެ ޤާނޫނުއާއި އެ
ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާ އެއްގޮތަށް ފުލުހުން އަދާކުރަން ހަމަޖެހިފައިވާ އެންމެހާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 18
މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށްޓަކައި ދިވެހި ދައުލަތުން އުފައްދާފައިވާ، ދިވެހި
ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ ބައެއްކަމާއި، އަދި ހަމަ އެހެންމެ ބުނެވުނު ފުލުހުންގެ ޤާނޫނުގެ
17 ވަނަ މާއްދާގެ (ނ) އިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ
17 ޤަވާޢިދެއް ހަދަންޖެހޭކަން އެނގެން އޮންނައިރު އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ
ޤަވާޢިދު" އަކީ ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ
ޤަވާޢިދެއްކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ
ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" އަކީ ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ
ނަންބަރުގެ ދަށުން ހަދަންޖެހޭ ޤަވާޢިދެއްކަމާއި، އަދި ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އިން އެ
ޤާނޫނަށް ޢަމަލުކުރަންފަށާތާ 6 (ހައެއް) މަސްދުވަސް ތެރޭގައި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
ޤަވާޢިދުތަކަށް ޢަމަލުކުރަން ފަށަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި މިކަންކަން އިސްވެ
އިޝާރާތްކުރެވުނު ފުލުހުންގެ ޤާނޫނުގެ ބަޔާންވެދިޔަ މާއްދާތަކުން ސާފުކޮށް އެނގެން އޮތުމުން، ބުނެވުނު
ޤާނޫނަށް އޯގަސްޓް ގައި ޢަމަލުކުރަން ފެށުނު ފަހުން ޑިސިޕްލިނަރީ ގޮތުންނާއި އިދާރީގޮތުން
ފުލުހުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ އެންމެހައި ކަންކަން އިންތިޒާމްވެ ހަމަޖެހިފައިވަނީ ޤާނޫނުއަސާސީގެ
ތަރަހައިގެ ތެރެއިން ފުލުހުންގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އިސްވެ އިޝާރާތްކުރެވުނު
ޤަވާޢިދުތަކުގެ ޙުދޫދުގެ ތެރެއިން އެ ޤަވާޢިދުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލުތަކުގެ ދަށުންކަން ސާފުކޮށް
އެނގެން އޮތުމުންނާއި އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުއިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި 20 މެއި 2004 ގައި
ޢަމަލުކުރެވުމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ ދަށުން ޑިސިޕްލިނަރީ އަދި
އިދާރީގޮތުން ފުލުހުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅިދާނެކަމުގެ އެއްވެސް ތަޞައްވުރެއް
ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމުން މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި
އަދާކުރަމުންދިޔަ ބަޔާންކުރެވުނު ވަޒީފާއިން ވަކިކުރިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25ގެ 19"
ސަރވިސް ޑިވިޜަންއިން އެކުލަވާލައި 20 މެއި 2004 ގައި ޢަމަލުކުރެވެމުންދިޔަ އިސްވެ
އިޝާރާތްކުރެވުނު "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ ދަށުން ޞައްޙަ ވަކިކުރުމެއްތޯ
ނުވަތަ ނޫންތޯ ބެލުމުގެ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް
ބެލުމުން މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވުނު ވަޒީފާއިން
ވަކިކުރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި
20 މެއި 2004 ގައި ޢަމަލު ކުރެވެމުންދިޔަ އިސްވެ އިޝާރާތްކުރެވުނު "މުވައްޒަފުންގެ ކަންތައްތައް
ހިންގުމުގެ ޤަވާޢިދު" ގެ ދަށުން ޞައްޙަ ވަކިކުރުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ޤާނޫނީ އެއްވެސް
އަސާސެއް ނެތްކަން އެނގެން އޮންނައޮތުމުގެ އިތުރުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް މި ޤަޟިއްޔާގެ ދަށުން ހުށަހެޅި އިލްތިމާސް ނުކުތާތަކުގައި އިޝާރާތްކުރެވިފައިވާ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 24/SC
-
A/2014 ޤަޟިއްޔާގެ ދަށުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
03/HC-A/2012 ޤަޟިއްޔާގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/541 ޤަޟިއްޔާ އެ
ކޯޓުގައި އިސްތިއުނާފުކުރި ފަރާތަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ހުއްޓައި، އެ ވަޒީފާއިން
ވަކިކޮށްގެން އެކަން ބަލައިދިނުމަށް އެފަރާތުން ދައުލަތުގެ މައްޗަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް
ނޫންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން ބެލެވިފައިވާ މި މައްސަލައާއި އިސްވެ
ސުޕްރީމް ކޯޓުގެ ނަންބަރު 24/SC
-
A/2014 ޤަޟިއްޔާގެ ދަށުން ބެލެވިފައިވާ
މައްސަލައާއި
ދެ މައްސަލައަކީ، ވަޒީފާއިން ވަކިކުރުމާބެހޭ އެއް ބާވަތެއްގެ ދެ މައްސަލަ ނޫންކަން
ސާފުކޮށް އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު
24/SC
-
A/2014 ޤަޟިއްޔާގައި، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތް، ދައުލަތުގެ މުއައްސަސާގައި
އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި ކުރުމަކީ ޞައްޙަ ވަކިކުރުމެއްތޯ ނުވަތަ ނޫންތޯ ބަލައިފައިވަނީ،
/ ހ 0
242
3
ޝަރަތްކުރެވެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 20
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި 20 މެއި 2004 ގައި
ޢަމަލު ކުރެވެމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ އަޙްކާމުތަކުގެ މައްޗަށް
ރިޢާޔަތްކޮށްގެން ކަމަށްވުމަކީ، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ
ބަޔާންކުރެވިދިޔަ ވަޒީފާއިން ވަކިކުރިކުރުން ސައްޙަތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ބުނެވުނު ޤަވާޢިދުގެ
އަޙްކާމްތައް މުޙައްމަދު ޙަބީބުގެ މައްޗަށް ތަޠުބީޤުކުރުމުގެ ޤާނޫނީ އެއްވެސް އަސާސެއް އޮތްކަމަށް
ބަލަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، މުޙައްމަދު ޙަބީބުއާއި އަދި އިތުރު އެހެން ފަރާތްތަކެއް ހިމެނޭގޮތުން
އެފަރާތްތަކުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގި ތަޙްޤީޤުގެ މައްޗަށް ބިނާކޮށް
އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވާކަމަށް
ނިންމާފައިވާ ބަޔާންކުރެވިދިޔަ އިސްވެ އިޝާރާތްކުރެވުނު ތަޙްޤީޤު ރިޕޯޓުގެ މައްޗަށް ބިނާކޮށް މުޙައްމަދު
ޙަބީބު ހިމެނޭގޮތުން އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށާއި އެ
ފަރާތްތަކުގެ މައްޗަށް ތަޙްޤީޤަށް ސާބިތުވާކަމަށް ބުނާ ޚިޔާނާތްތެރިވުމުގެ ޖިނާއީ ކުށުގެ މައްސަލަ
ޝަރީޢަތަށް
ހުށަހެޅުމަށް
28 ޖެނުއަރީ 2009 ގައި ޑިސިޕްލިނަރީ ބޯޑުން ނިންމި އިސްވެ އިޝާރާތްކުރެވުނު ނިންމުމާ ގުޅިގެން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު ޙަބީބުއާއި، ގދ. ތިނަދޫ، ރެޑްފިޝް ރާމިޒް
ޢަބްދުﷲއާއި، މީދޫ، އަބްލަޤީވާދީ އަޙްމަދު ރަޝީދުއާއި، ގދ. ގައްދޫ، ޗަނބޭލިގެ މުޙައްމަދު
ޒިޔާދުއާއި މި ހަތަރު މީހުންގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1649 ޤަޟިއްޔާގެ ދަށުން
07 ޖުލައި 2009 ގައި ހުށަހެޅި ޚިޔާނާތްތެރިވުމުގެ
ހިވުމުގެ ކުށުގެ ދަޢުވާ، އެ ކޯޓުން ބަލައި 16 މާރޗް 2010
ގައި އެކޯޓުން އެ މައްސަލަ ނިންމާފައިވަނީ ބުނެވިދިޔަ ފަރާތްތަކުގެ މައްޗަށް މި ދަޢުވާ ސާބިތުވާވަރުގެ
ކާފީހެކި ލިބިފައިނުވާތީ ދައުލަތުން މިފަރާތްތަކުގެ މައްޗަށް ކުޅަ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްގެންކަން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1649 ޤަޟިއްޔާގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 21
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޙުކުމަށް ބަދަލު އައިސްފައިނުވާކަން
މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމުގެ
އިތުރުން ބުނެވުނު ޤާޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ
ޤަޟިއްޔާއެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާއާ ގުޅިގެން ހޯދުނު ރަސްމީ
މަޢުލޫމާތުތަކުން އެނގެން އޮންނަކަމެވެ.
.
(ފ) އެގާރަވަނަ ކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން
28 ޖަނަވަރީ 2009 ގައި ނިންމި އިސްވެ އިޝާރާތްކުރެވުނު ނިންމުމުގެ ދަށުން މުޙައްމަދު ޙަބީބާއެކު
ވަޒީފާއިން ވަކިކުރި އަނެއް ތިން މީހުންގެ ތެރޭގައި ހިމެނޭ ގދ. ގައްދޫ، ޗަނބޭލިގެ މުޙައްމަދު ޒިޔާދުއާއި
މީދޫ، އަބްލަޤީވާދީ އަޙްމަދު ރަޝީދުއާއި މި ދެމީހުން 12 ފެބްރުވަރީ 2009 ގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގައި އެ މީހުން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ މި ދެފަރާތް
ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ބާޠިލުކޮށްދިނުމަށް އެދި މި ދެފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 2009/MC/585 ޤަޟިއްޔާގެ ދަށުން ދަޢުވާކުރުމުން، 12 ފެބްރުވަރީ
2009 ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ނ)
އަށް ޙަވާލާދީ، އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދަށް ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު
އެންގުމާއި ނަންބަރު
ންގުމާއި
ހު
އެންގުންތަކަކީ،
އެންގުންތަކެއް ކަމުގައި
ބެލެވޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޙްމަދު ރަޝީދުއާއި
މުޙައްމަދު ޒިޔާދު 12 ފެބްރުވަރީ 2009 ދުވަހު ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް 11
އޯގަސްޓް 2009 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަނބުރާ ރުޖޫޢަކުރުމަށާއި، އަޙްމަދު
ރަޝީދުއާއި، މުޙައްމަދު ޒިޔާދު ވަޒީފާއިން ވަކިކުރެވުނު ދުވަސްކަމުގައިވާ 12 ފެބްރުވަރީ 2009 މި
ދުވަހުން ފެށިގެން އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދުއަށް ވަޒީފާ އަނބުރާ ލިބިދިނުމާ ހަމައަށް، އެ
171KL/2009/19
ގެ
171/VKL/2009/20
ގެ
ޞައްޙަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 22
ފަރާތްތައް ވަޒީފާގައި ދެމިތިބިނަމަ ދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށްވާ ފައިސާ އަޙްމަދު
ރަޝީދުއާއި،
މުޙައްމަދު
ޒިޔާދަށް
ރައްދުކުރުމަށްޓަކައި
11 އޯގަސްޓް 2009 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކައި
ޚަލާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ
ނަންބަރު 2009/MC/585 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 316/HC-A/2009 ޤަޟިއްޔާގެ ދަށުން މަދަނީ ކޯޓުގެ
އިސްވެ އިޝާރާތްކުރެވުނު ޤާޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އިސްވެ
އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 316/HC
-
A/2009 ޤަޟިއްޔާ ނިންމާފައިވަނީ
މަދަނީ ކޯޓުގެ ނަންބަރު 2009/MC/585 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްގެންކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު،
ހައިކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 316/HC
-
A/2009 ޤަޟިއްޔާ ނިންމާފައިވާ ގޮތް ރަނގަޅު
ނޫންކަމަށް ދެކި، ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި
އިލްތިމާސްކޮށްފައިނުވާކަމާއި ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާ ބަޔާންވެދިޔަ ގޮތުގެމަތިން ނިމުމާ ގުޅިގެން
އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދުއާއި މި ދެމީހުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ
ދެމީހުންގެ ވަޒީފާ އަނބުރާ ދީފައިވާކަމާއި މިކަންކަން މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައުލަތުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމެވެ.
(ދ) ބާރަވަނަ ކަމަކީ، ޖިނާއީ ކުށުގެ ތުހުމަތުގައި ޖިނާއީ ނިޒާމުގެ ތެރެއިން ބެލެވެމުންދާ
މައްސަލައެއްގައި ހަމަ އެ ޖިނާއީ ޢަމަލު އެހެން މިންގަނޑަކުން ސާބިތުވާކަމަށް ކަނޑައަޅައި ޖިނާއީ އެ
ޢަމަލުގެ މައްޗަށް ދެވޭ އަދަބަކަށްވާނޭގޮތަށް މަޤާމުން ވަކިކުރުމުގެ ފިޔަވަޅު ޖިނާއީ އިޖުރާއާތު ނިމުމުގެ
ކުރީގައި އަޅައިފިނަމަ މުއްތަމަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާއާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ
ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި އެ ހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤުކުރުމާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ސަފްޙާ 25 ގެ 23
04 044
0202
ކަމަށް
ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަށް ބުރޫއަރާނެކަމާއި ތައުދީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ
ތެރެއިން ހަމަ އެ ޖިނާއީ ޢަމަލު އެ މުއްތަހަމުގެ
ހަމުގެ މައްޗަށް ތަޙްޤީޤުކޮށް އެ ޢަމަލު ހިންގާފައިވާކަމަށް
ކަނޑައެޅުމަށްޓަކައި ސާބިތުކުރުމުގެ މިންގަނޑެއް ކަނޑައެޅުންފަދަ އިޖުރާއަތުތަކަކީ ޤާނޫނުއަސާސީގައި
ޖިނާއީ ތަޙްޤީޤުކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި
ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟުވާ ކަންތައްތަކެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި ކަނޑައަޅައި ދުސްތޫރީ
މައްދައެއް އެ ޤަޟިއްޔާގައި ޤާއިމުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ތ) ތޭރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014
ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި
ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ އެއްގޮތް ނޫންކަމުގައި ވިޔަސް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤާޟިއްޔާގައި އުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތައް
އެގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 210/HC
-
A/2014 ޤަޟިއްޔާގައި
މުޙައްމަދު ޙަބީބުއާމެދު ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެތަނެއް ނެތްކަން
އެނގެން އޮންނައޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތައް ބަޔާންވެދިޔަ ގޮތުގެމަތިން
ހުރުމާއެކު
08 ފެބްރުވަރީ 2009 ގެ ތާރީޚްގައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2009
/
17/VKL/171 "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" މި ނަމުގައިވާ ލިޔުމުގެ ދަށުން،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 24
މުޙައްމަދު ޙަބީބު، ދަފްތަރު ނަންބަރު | 3915 މާލެ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A065885)، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުން
ވަކިކޮށްފައިވަނީ، މުޙައްމަދު ޙަބީބު ހިމެނޭގޮތުން ހިންގުނު ޖިނާއީ ކުށެއްގެ ތަޙްޤީޤު ރިޕޯޓެއްގެ މައްޗަށް
ބިނާކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން 28 ޖަނަވަރީ 2009 ގައި ނިންމި
ނިންމުމުގެ މައްޗަށް ބިނާކޮށްގެންކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި
ބަޔާންތަކުން އެނގެން އޮންނައިރު، ޑިސިޕްލިނަރީ ބޯޑުން މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވުނު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، ޤާނޫނު ނަންބަރު
5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވި،
02 ޖަނަވަރީ 2009 ދުވަހުން ފެށިގެން އޭރު ޢަމަލުކުރެވެމުން ދިޔަ "ވަޒީފާއާބެހޭ ޤަވާޢިދު" އާއި އަދި
މިބުނެވުނު ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވި،
02 ޖަނަވަރީ 2009 ދުވަހުން ފެށިގެން އޭރު ޢަމަލުކުރެވެމުން ދިޔަ "ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ ދަށުން ފުލުހުންގެ މައްޗަށް ޑިސިޕްލިނަރީ އަދި
އިދާރީގޮތުން ފިޔަވަޅު އެޅުމަށް ޤި ދެ ޤަވާޢިދުގައި އޭރު ކަނޑައެޅި ބަޔާންވެފައިވާ، އިސްވެ
ބަޔާންކުރެވިދިޔަ އުޞޫލުތަކާއި އިޖުރާއާތުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަ އޮތުމުގެ މައްޗަށާއި
އަދި އިސްވެ ފާހަގަކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާގައި މުޙައްމަދު ޙަބީބު،
މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް
ވަކިކުރުމެއް ކަމުގައި ކަނޑައަޅައި، 08 ފެބްރުވަރީ 2009 ދުވަހުން ފެށިގެން މުޙައްމަދު ޙަބީބު
ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި 15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ)
ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއާ
ވަޒީފާއެއް މުޙައްމަދު ޙަބީބަށް ދިނުމަށާއި 08 ފެބްރުވަރީ 2009 ދުވަހުން ފެށިގެން
އެއްވަރެއްގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 25
މުޙައްމަދު ޙަބީބުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް
15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބަށް
ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި،
މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް އަންގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2014
210/A ޤަޟިއްޔާއިން ތާއީދުކޮށް، ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.
0
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :STel،