ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/347 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮ
ގޮތުގެ
2016/HC-A/347
.ނަ
4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
.ޤަޟިއްޔާ ނަންބަރު: 347/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް؟
ނަން: ދިވެހި ދައުލަތް ( ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ)
ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން އިބްރާހީމް
* އައިޑީކާޑު ނަންބަރު: A126396
* ދާއިމީ އެޑްރެސް:އިރުޒުވާގެ/ ހދ. ނޮޅިވަރަން
* މިހާރުގެ އެޑްރެސް: އިރުޒުވާގެ/ ހދ. ނޮޅިވަރަން
• ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ޛުލްޤައިދާ 1437 ނިމުނު ތާރީޚް: 22 މުޙައްރަމް 1439
15 އޮގަސްޓް 2016
12 އޮކްޓޯބަރު 2017
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/B9C/37
ޤަޟިއްޔާގެ ބާވަތް ބަދަލު ދިނުމަކާއި ނުލައި މީހެއްގެ މުދަލެއް ނެގުން.
ނިންމެވި ކޯޓު: ތިލަދުންމަތީދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު
ހުށަހެޅުނު ތާރީޚް: 24 ޖޫން 2015
ނިމުނު ތާރީޚް: 08 ޑިސެމްބަރު 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
(ރިޔާސަތު)
0
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 1
1647
33
ވެބް ސައިޓް [email protected]އީމެއިލް
، ދިވެހިޖޭގެ
www.highcourt.gov.my
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
މިއީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/37B9C
ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި ދިވެހި ދައުލަތު ( ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުސިލްގެ އިދާރާ) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
2 2 2 /
މި ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ހދ. ނޮޅިވަރަން އިރުޒުވާގެ، ޙުސައިން ޢިބްރާހީމް
އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
01- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/B9C/37
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހދ.ނޮޅިވަރަމު ކައުންސިލުން
ދޫކޮށްފައިވާ ގޯތިތަކު ތެރޭގައި ހިމެނޭ ހދ. ނޮޅިވަރަން/ފިނިވިލާ، ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ 3000
އަކަފޫޓުގެ ގޯތީގައި ހުރި ހދ.ނޮޅިވަރަން އިރުޒުވާ، ހުސައިން އިބްރާހީމްގެ 5 ( ފަހެއް) ރުއް އެއްވެސް
ބަދަލެއް ދިނުމަކާއި ނުލައި ކައުންސިލަށް ނަގާ އެގޯތި ސީނިޔާޒު ސަޢީދުއަށް ރަޖިސްޓްރީ ކޮށްދީފައިވާތީ
އެމައްސަލަ ބަލައިދިނުމަށް އެދި ނޮޅިވަރަމު ކައުންސިލްގެ މައްޗަށް ޙުސައިން އިބްރާހީމް ހުށަހެޅުމުން ބެލުނު
މައްސަލައެއްކަމާއި،
04) :
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " މީހެއްގެ މުދަލެއް ނެގޭނީ ޝަރުޢީ ބަދަލު ދިނުމަކާއިއެކު
ކަމަށްވީ ހިނދު މި 05 (ފަހެއް) ރުކުގެ އެއްވެސް ބަދަލެއް ޙުސައިން އިބްރާހީމްއަށް ނުދީ މި
ޖ29
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
3
ޤަޟިއްޔާ ނިމުނު ގޮ
2016/HC-A/347
2c
0 0
ބަދަލުފައިސާ ކައުންސިލަށް ނަގާ މި ރުއްތައް ހިމެނޭ ގޯތި ސީނިޔާޒު ސަޢީދުއަށް ރަޖިސްޓްރީކޮށްދީފައިވާތީ
މިކަން ބަލައިދިނުމަށް އެދި ކައުންސިލްގެ މައްޗަށް ދަޢުވާކުރާ ކުރަން ކަމުގައި ޙުސައިން އިބްރާޙީމް
ބުނެފައިވާއިރު، އަދި މިދަޢުވާއަށް ނޮޅިރަވަމު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ޒިންމާދާރު ވެރިޔާ
ޢަބްދުﷲ އަސްޖަދު އިޢުތިރާފުވެ ދަޢުވާގައި ބުނާ 05 ރުކުގެ ބަދަލު ފައިސާ ކައުންސިލަށް ނަގާފައިވާ ކަމަށް
ޤަބޫލު ކުރާ ކަމަށާއި، އަދި އެއްވެސް މީހެއްގެ މުދަލެއް ނެނގޭނީ އަދުލުވެރި ބަދަލެއް ދިނުމަށްފަހު ކަމަށް
ޤާނޫނު ތަކާއި ޤަވާއިދުތަކުގައި ބަޔާންވެގެން އޮތްނަމަވެސް މިމައްސަލާގައި ނޮޅިވަރަމު ކައުންސިލުން
ޢަމަލުކޮށްފައިވަނީ މި އިޖުރާތުތަކާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ހިނދު ކޯޓުން ކަނޑައަޅާ ގޮތެއް ޤަބޫލުކުރަން
ކަމުގައި ބުނެފައިވާތީ، ހދ. ނޮޅިވަރަން ފިނިވިލާ ސީނިޔާ ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި މި 05
ރުކަކީ ޙުސައިން އިބްރާޙީމްގެ ރުއްތަކެއްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ރުއްގަހުގެ ލިސްޓުންނާއި އަދި
މިބަދަލު ކަންތައް ނިންމުމުގައި ނޮޅިވަރަމުކައުންސިލުން ޢަމަލުކޮށްފައިވާ ގޮތް ކަމަށް ބުނެ ޝަރީޢަތަށް
ހުށަހަޅާފައިވާ ބަދަލު ނިންމި ފައިސާގެ ރަސީދުންވެސް މިކަން އެނގެން އޮންނާތީއާއި، ސީނިޔާޒު ސަޢީދުއަށް
ދޫކޮށްފައިވާ ގޯތީގައި ހުރިކަމަށް ބުނާ މި 05 ރުކަކީ ހދ. ނޮޅިވަރަން އިރުޒުވާގެ ޙުސައިން އިބްރާހީމްގެ
މިލްކެއްކަން ޝަރީޢަތަށް ޘާބިތުވާ ކަމަށާއި އަދި ހދ. ނޮޅިވަރަން! ފިނިވިލާ ސީނިޔާޒު ސަޢީދުއަށް
ދޫކޮށްފައިވާ ގޯތީގައި ހުރި މި 05 ރުކުގެ ބަދަލު ކަންތައް މި ރުއްތަކުގެ ވެރިފަރާތްކަމުގައިވާ ހދ.ނޮޅިވަރަން
އިރުޒުވާގެ ޙުސައިން އިބްރާހީމް އަށް ނާންގާ މި ރުއްތަކުގެ އެއްވެސް ބަދަލެއް ޙުސައިން އިބްރާހީމްއަށް
ނުލިބޭގޮތަށް މި ރުއްތަކުގެ ބަދަލު ކަންތައް ނޮޅިވަރަމު ކައުންސިލުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 40
ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ޤާނޫނީ އިޖުރާތުގެ ބޭރުން ކަމަށްވާތީ، ނޮޅިވަރަމު ކައުންސިލުން
ހދ.ނޮޅިވަރަން ފިނިވިލާ، ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި ހދ. ނޮޅިވަރަން އިރުޒުވާގެ،
ޙުސައިން އިބްރާހީމްގެ 05 ރުކުގެ ބަދަލު ކަންތައް ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަނާމް ދި
| ދިޖެހިޑެ+
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
މި ނިންމުމުގެ ތެރެއިން ހެއްދިފައިވާ ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅައި
ޝަރުޢީ ހަމަތަކާއި އުޞޫލުގެ ތެރެއިން ބަދަލު ކަންތައްތައް ނިންމެވުމަށްފަހު މިގޯތި ދޫކުރެވިފައިވާ ފަރާތް
ކަމުގައިވާ ހދ. ނޮޅިވަރަން! ފިނިވިލާ ސީނިޔާޒު ސައީދުއަށް މިގޯތީގެ ރަޖިސްޓްރީ ހައްދައިދިނުމަށް ނޮޅިވަރަމު
ކައުންސިލްގެ މައްޗަށް އަންގާ ޙުކުމްކޮށް" މިފަދައިންނެވެ.
02- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/B9C/37 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ދިވެހި ދައުލަތް
(ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުސިލްގެ އިދާރާ) ގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅާ
އެނުކުތާތަކާއި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ
272 ހދ
ނުކުތާތަކަކީ:
ފުރަތަމަ ނުކުތާއަކީ، ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާ ގުޅިގެން ފުރަތަމަ މަރުޙަލާގެ
ކޯޓުން ފައިޞަލް ކުރަންވާނީ ޚަސްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާ
ކުރުމަށް އެދިފައިވާ ކަންތަކަށް ކަމާއި، ޚަސްމުންގެ ފަރާތުން ފައިޞަލާކުރުމަށް އެދިފައިނުވާ އަދި ކޯޓަށް
ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
44/SC
-
A/2013 ނަންބަރު ޤަޟިއްޔާގެ ފާހަނގަކުރެވޭ ނުކުތާތަކުގެ (ހ) ގައި ބަޔާންކުރައްވާފާފައިވާއިރު،
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/B9C/37 ޤަޟިއްޔާއިން
ސީނިޔާޒު ސަޢީދު އަށް ދޫކޮށްފައިވާ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ ބާޠިލުކަމަށް ކަނޑައަޅުއްވާފައިވަނީ
އަވަލާދެވުނު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 44/SC
-
A/2013 ޤަޟިއްޔާގެ ފާހަނގަކުރެވޭ
ނުކުތާތަކުގެ (ހ) އިން ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ .
2 20
ދިވެހިރާއްޖޭގެ
ވެ$،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު ގޮ
2016/HC-A/347
• •ދެވަނަ ނުކުތާއަކީ، ސީނިޔާޒު ސަޢީދު އަށް ދޫކޮށްފައިވާ ގޯތީގައި ހުރި 05 (ފަހެއް)
ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށް، ހދ. ނޮޅިވަރަން އިރުޒުވާގެ، ޙުސައިން އިބްރާޙީމް ތިލަދުންމަތީ ދެކުނުބުރީ
ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށް ޙާޟިރުކޮށް އެރުއްގަސްތަކުގެ ބަދަލާ ގުޅޭގޮތުން ވާހަކަ ދެއްކުމުން،
އިސްތިއުނާފްކުރާ ފަރާތުން ހުށަހެޅި ބަދަލު ބަލައިގަތުމާމެދު އިސްތިއުނާފް ރައްދުވާ ފަރާތުން
އިންކާރުކުރައްވާފައިވާކަން އެނގެން އޮތްއިރު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2015/B9C/37 ޤަޟިއްޔާއިން އިސްތިއުނާފްކުރާ ފަރާތަށް ބަދަލުދިނުމަށް ކަނޑައަޅުއްވާފައިވަނީ
ރިޢާޔަތް ކުރެއްވުމެއްނެތި، އިސްތިއުނާފް ރައްދުވާ ފަރާތަށް ނުޙައްޤު މަންފާއެއް ( unjust
enrichment ) ލިބިގަނެވޭފަދަ ގޮތަކަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ou oo
އެކަންކަމަށް
3. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/B9C/37
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ދިވެހި
ދައުލަތު (ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުސިލްގެ އިދާރާ) ގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
އ ވ2 2
4
2
4
ފަހގކުރވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/B9C/37 ޤަޟިއްޔާއަށް ބަލާއިރު އެމައްސަލައަކީ، ނޮޅިވަރަމް ކައުންސިލް އިދާރާއިން ޙުސައިން
އިބްރާހީމުގެ 05 ރުއް ޙުސައިން އިބްރާހީމް އަށް ނޭނގި ބަދަލު ދިނުމަކާއި ނުލައި ނަގާފައިވާތީ އާއި އަދި
އަދި އެރުއްތައް ހުރި ބިން ހދ. ނޮޅިވަރަންފިނިވިލާ ސީނިޔާޒު ސަޢީދުގެ ނަމުގައި ރަޖިސްޓްރީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 1
31647
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
ކޮށްދީފައިވާއިރު އެރަށްތަކުގެ ބަދަލު ލިބިފައި ނުވާތީއާއި އަދި ސީނިޔާޒު ސަޢީދަށް ދޫކޮށްފައިވާ ގޯތީގައި
ޙުސައިން އިބްރާހީމްގެ މިލްކެއް ހުއްޓައި އެބިން ސީނިޔާޒު ސަޢީދުއަށް ރަޖިސްޓްރީ ކޮށްދީފައިވާ މައްސަލަ
ބަލައި ދިނުމަށް އެދި ޙުސައިން އިބްރާހީމްގެ ފަރާތުން ހދ. ނޮޅިވަރަމު ކައުންސިލުގެ އިދާރާގެ މައްޗަށް
ހުށަހެޅި މައްސަލައެއްކަމާއި،
ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި ކަމަށް ބުނާ 05 ރުކަކީ ޙުސައިން އިބްރާހީމްގެ
މިލްކެއްކަން ޝަރީޢަތަށް ސާބިތުވާތީ ސީނިޔާޒު ސަޢީދުއަށް ދޫކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ އަކީ ބާޠިލު
ރަޖިސްޓްރީއެއްކަމަށް ކަނޑައަޅައި ޝަރުޢީ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ބަދަލު ކަންތައްތައް
ނިންމުމަށްފަހު ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް ހދ. ނޮޅިވަރަމު ކައުންސިލަށް އަންގައި އެޤަޟިއްޔާގައި
ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
2
22
xތ ހ 2 ދ ތ
(ނ) ދެވަނަ ކަމަކީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/B9C/37 ޤަޟިއްޔާގައި ސީނިޔާޒު ސަޢީދު އަށް ދޫކޮށްފައިވާ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ
ބާޠިލުކަމަށް ކަނޑައަޅުއްވާފައިވާއިރު އެއީ އެޤަޟިއްޔާގައި ޚަސްމުންގެ ފަރާތުން ފައިޞަލާކުރުމަށް އެދިފައިނުވާ
އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ކަމެއް ކަމަށްބުނެ ދައުލަތުން ހުށަހެޅި ނުކުތާއާ ގުޅިގެން ބަލާއިރު،
OLOO
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/B9C/37
ޤަޟިއްޔާގައި ޙުސައިން އިބްރާހީމުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމަށާއި އަދި އެ ދަޢުވާ ހުށަހެޅުމުގެ
ގޮތުން 19 އޮކްޓޯބަރު 2015 ގައި ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، ޙުސައިން
އިބްރާހީމުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ޙުސައިން އިބްރާހީމުގެ ރުއްތަކުގެ ބަދަލު ލިބިފައިނުވާތީއާއި،
ޙުސައިން އިބްރާހީމުގެ ރުއްތަކުގެ ބަދަލު ނަގައިދިނުމުގެ ކުރިން އެރުއްތައް ހުރި ބިން ސީނިޔާޒު ސަޢީދުގެ
ޓްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
ނަމަށް ރަޖިސްޓްރީ ކޮށްދީފައިވާތީ އެމައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުނު މައްސަލައެއްކަން ހުށަހެޅިފައިވާ
ދަޢުވާގެ ސީޣާ އާއި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން
އޮންނަކަމާއި،
02 0 0
އިސްތިއުނާފު ކުރެވިފައިމިވާ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ
ޤަޟިއްޔާގައި ސީނިޔާޒު ސަޢީދުގެ ނަމުގައި ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ބާޠިލް ކަމަށް ކަނޑައެޅުއްވިއިރު
އެޤަޟިއްޔާއަށް ސީނިޔާޒު ސަޢީދު ނުވަތަ ސީނިޔާޒު ސަޢީދުގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތެއްގެ
ނަމަވެސް ބަހެއް ހޯދިފައިނުވާކަން އެނގޭކަމާއި، އެހެންކަމުން ސީނިޔާޒު ސަޢީދު އަކީ ބުނެވިދިޔަ ނިންމުމުގެ
ސީދާ އަސަރު ފޯރާނެ ފަރާތެއް ކަމަށްވާއިރު އެޤަޟިއްޔާގައި ސީނިޔާޒު ސަޢީދުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ އަކީ ބާޠިލް ރަޖިސްޓްރީ އެއްކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 183/HC
-
A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަމްބަރުގެ (ރ)
ގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް، މަސްލަޙަތު ހިމެނޭ ފަރާތުގެ ބަހެއް ހޯދުމަކާއި ނުލައިކަން
އެނގެން އޮންނަކަމާއި،
އަދި ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާއި ގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާ
ކުރަންވާނީ ޚަސްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާ ކުރުމަށް އެދިފައިވާ
ކަންތައްތަކަށް ކަމާއި ޚަސްމުންގެ ފަރާތުން ފައިޞަލް ކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ
ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 44/SC
-
A/2013
ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 8 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، މިގޮތުން
ބަލާއިރު ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކޮށްދިނުމަކީ އިސްތިއުނާފް ކުރެވިފައިމިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
3.
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި އެއްވެސް ފަރާތަކުން އެދިފައިވާ ކަމެއް
ނޫންކަމާއި،
ou oo
އެހެންކަމުން ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ އަކީ ބާޠިލު
ރަޖިސްޓްރީއެއްކަމަށް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައިވަނީ، ކޯޓަށް
ހުށަހެޅޭ މައްސަލަތައް ފައިޞަލާ ކުރުމުގައި ޢަމަލުކުރަންޖެހޭނެ ކަމަށް އިސްވެބުނެވިދިޔަ ދިވެހިރާއްޖޭގެ
ސްޕްރީމް ކޯޓުގެ ނަންބަރު 44/SC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 183/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ
ޚިލާފަށްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/B9C/37 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި ދައުލަތުން
ފާހަކޮށްފައިވަނީ، ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި 05 (ފަހެއް) ރުކަކީ ޤާނޫނު ނަންބަރު
21/98 ( މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގައި ބަޔާން
ދާންކޮށްފައިވާ ގޮތުގެ މަތީން ޙުސައިން
އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަސްތަކެއް ކަމުގައި ނުވާއިރު، ރަޖިސްޓްރީކޮށްފައިނުވާ
ރުއްގަހަށް ބަދަލު ނަގައި ދިނުމަށް އެޤަޟިއްޔާ ކަނޑައަޅުއްވައިފައިވާކަމަށްބުނެ ފާހަގަކުރި ނުކުތާކަމާއި،
މިނުކުތާއާ ގުޅިގެން ބަލާއިރު،
ޤާނޫނު ނަންބަރު 21/98 ( މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގެ 05 ވަނަ
މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގައި މީހުން އުޅޭ ރަށްރަށުގެ ރުއްގަހުގެ ރަޖިސްޓްރީ ބަލަހައްޓާނީ އެރަށެއްގެ
ރަށު އޮފީހުންކަން އެނގޭކަމާއި، ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
3325، ފެކްސް: 1
1647
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
9
ޤަޟިއްޔާ ނިމުނު ގޮ
2016/HC-A/347
އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ޢަމަލު ކުރަންފެށުމާއެކު ރަށު ކައުންސިލްތައް އުފެދި ރަށުއޮފީސްތަކުގެ
ބެލުމުގެ ދަށުން ބަލަހައްޓަމުންދިޔަ އެފަދަ ވަޞީލައްތައް ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވެފައިވާކަން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާއިން
އެނގޭކަމާއި،
ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ޝަރުޢީ ކޯޓުތަކުގައި ތަމްސީލުކުރާނީ ދައުލަތުގެ
ބަންޑާރަނައިބުކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2015/09 (14 ސެޕްޓެމްބަރު 2015) ޢާންމު
ސިޓީގައި ކަނޑައަޅުއްވާފައިވާ ކަމާއި، އިސްތިއުނާފް މިކުރެވޭ ޤަޟިއްޔާގައި ނޮޅިވަރަމު ކައުންސިލް އިދާރާގެ
ފަރާތުން ދެބޭފުޅަކު ޝަރީޢަތަށް ހާޟިރުވެ އެބަޔާން ދީފައިވާ ކަމާއި، ބުނެވިދިޔަ ދެފަރާތަކީ ދައުލަތުގެ
ބަންޑާރަނައިބުގެ ފަރާތުން ހަމަޖައްސަވާފައިވާ ފަރާތްތަކެއްކަމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި،
OLOO
މިގޮތުން ދައުލަތުގެ ފަރާތުން ހާޟިރުވި ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ
ޢަބްދުﷲ އަސްޖަދު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓަށް 07 ޑިސެންބަރ 2015 ދުވަހު
ދީފައިވާ ބަޔާނަށް ބަލާއިރު، ދަޢުވާގައި ބަޔާންކޮށްފައިވާ 05 ރުކަކީ ޙުސައިން އިބްރާހީމުގެ ރުއްތަކެއް ކަމަށް
ދައުލަތުގެ ފަރާތުން އިޢުތިރާފުވެފައިވާކަން އެނގެން އޮންނަކަމާއި،
ކައުންސިލްއިދާރާގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބަލާއިރު ކައުންސިލް އިދާރާގެ
ލިޔެކިޔުންތައް އަދައިގެން ގޮސްފައިވާކަމާއި، އެހެންކަމުން ރުއްގަހުގެ ރަޖިސްޓަރީވެސް ކައުންސިލް އިދާރާގައި
ފެންނަން ނެތްކަމާއި، ކައުންސިލްގެ އިދާރާއިން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ސީނިޔާޒު ސަޢީދުއަންޓްގެ
4
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
10 ޤަޟިއްޔާ ނިމުނު ގޮ
2016/HC-A/347
ދޫކޮށްފައިވާ ގޯތީގައި ހުރި 05 (ފަހެއް) ރުކަކީ ޙުސައިން އިބްރާހީމުގެ ރުއްތަކެއްކަމަށް ބަލައި އެ ރުއްތަކުގެ
ބަދަލު ޙުސައިން އިބްރާހީމްއަށް ދިނުމަށްޓަކައި އެ ރުއްތަކުގެ ބަދަލުގެ ފައިސާގެ ގޮތުގައި -/1500ރ. (ފަނަރަ
ސަތޭކަ ރުފިޔާ) 30 ޑިސެމްބަރު 2014 ތާރީޚުގައި ކައުންސިލްގެ އިދާރާއަށް ބަލައިގަނެފައިވާކަން ތިލަދުންމަތީ
ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާގެ ނަންބަރު 2014/251 "ފައިސާ ބަލައިގެންފައިވާ ރަސީދު" އިން
އެނގޭކަމާއި،
3ތ ހ22
ވުމާއެކު، މީހުން ދިރިއުޅޭ ރަށްރަށުގެ އެގަހުގެ ރަޖިސްޓްރީއަކީ އެރަށެއްގެ ކައުންސިލް
އިދާރާއިން ބަލަހައްޓާ ރަޖިސްޓްރީއެއްކަމަށް ވާއިރު، ބުނެވިދިޔަ ރުއްތަކުގެ ސައްޙަ މަޢުލޫމާތު ހުންނަންޖެހޭ
ރަސްމީ އިދާރާއެއްގެ ހައިސިއްޔަތުން އެ ރަށު ކައުންސިލްގެ އިދާރާގެ ފަރާތުން އެ ރުއްތަކަކީ ޙުސައިން
އިބްރާހީމުގެ ރުއްތަކެއްކަމަށް ޤަބޫލުކޮށް އެ ރުއްތަކަށް ބަދަލު ދިނުމަށް އެ ރުއްތައް ހުރި ގޯތި ލިބުނު ފަރާތުން
ބަދަލުގެ ފައިސާ ކައުންސިލްގެ އިދާރާއަށް ބަލައިގެންފައިވުމުންނާއި، ދައުލަތުގެ ފަރާތުން ހާޟިރުވި ޢަބްދު
އަސްޖަދު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ
ބަޔާނުގައި ވެފައިވާ އިޢުތިރާފަށް ބަލާއިރު އެރުއްތަކަކީ ހުސައިން އިބްރާހީމުގެ ރުއްތަކެއްކަމަށް
02c 0 0
(0 هހ
ه مع سمر مطحي ،
އެހެންކަމުން، މި މައްސަލާގައި ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި 05
(ފަހެއް) ރުކަކީ ޙުސައިން އިބްރާހީމުގެ ރުއްތަކެއްކަމަށް ދައުލަތުގެ ފަރާތުން ތިލަދުންމަތީ ދެކުނުބުރީ
ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށާއި އަދި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު
ކައުންސިލްގެ އިދާރާގެ ނަންބަރު 2014/251 "ފައިސާ ބަލައިގެންފައިވާ ރަސީދު" އަށް ބަލާއިރު، ސީނިޔާޒު
ސަޢީދުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި 05 (ފަހެއް) ރުކަކީ ޙުސައިން އިބްރާހީމްގެ ރުއްތަކެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
ބަލަންޖެހޭކަމާއި، އަދި އެރުއްތަކުގެ ބަދަލު ޙުސައިން އިބްރާހީމަށް ލިބެންޖެހޭކަމަށް މިމައްސަލަ މި ކޯޓުގައި
ބެލި ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވުނުކަ
92939
2 2
(ދ) ހަތަރުވަނަ ކަމަކީ، ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ޤަވާޢިދު ގެ
5 ވަނަ މާއްދާގައިވާގޮތުން ދިރިއުޅުމަށް ގޯތި ދޫކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި އެ ގޯތި
ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭނެކަން އެނގޭކަމާއި، އަދި މި ޤަވާޢިދުގެ 6 ވަނަ މާއްދާގައިވާގޮތުން މި
ފަދަ ގޯތީގެ ރަޖިސްޓަރީ ހަދައިދެވޭނީ އެ ގޯތީގައި އެހެން ފަރާތެއްގެ ރުއްގަސް ހުރިނަމަ އެތަކެއްޗަށް ބަދަލުދީ،
ގޯތި ދޫކުރާ އޮފީހުން ކަނޑައަޅާ ގޮތަކަށް ކަންމުޑި ރޭނުމުންކަން އެނގެން އޮންނަކަމާއި،
އެހެންކަމުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ހަދައިދެވެންވާނީ އެ ގޯތީގައި
ހުރި ރުއްގަހުގެ ބަދަލު އޭގެ ވެރިފަރާތަށް ދިނުމަށްފަހުގައިކަން އެނގޭކަމާއި، ނަމަވެސް މި މައްސަލާގައި
ބަޔާންކުރެވިފައިވާ ގޯތީގައި ހުރި ފަސްރުކުގެ ބަދަލު ދިނުމަށް ކައުންސިލުގެ އިދާރާއިން އެންގިގޮތުގެ މަތިން
ސީނިޔާޒް ސަޢީދު ބަދަލުގެ ފައިސާ ކައުންސިލްގެ އިދާރާއަށް ދައްކާފައިވުމުންނާއި، މި ރުއްތަކުގެ ބަދަލުގެ
ކަންތައް ހަމަޖެއްސުމާމެދު ޙުސައިން އިބްރާހީމް ޢަމަލުކޮށްފައިވާ ގޮތަށާއި، އަދި ކައުންސިލްގެ އިދާރާއިން އެ
ގޯއްޗަށް ރަޖިސްޓަރީ ހައްދާދީފައިވުމުންނާއި، އަދި މި ކަމުގައި މިހާރު ހޭދަވެފައިވާ މުއްދަތައް ބަލާއިރު
ސީނިއާޒް ސަޢީދަށް ދޫކުރެވިފައިވާ ގޯތީގެ ރަޖިސްޓަރީ ބާޠިލުކުރުމުގެ މަޞްލަޙަތެއް ޙުސައިން އިބްރާހީމަށް
އޮތްކަމަށް ނުފެންނާތީއާއި ހުސައިން އިބްރާހީމަށް އޮތް ޙައްޤަކީ އޭނާގެ ރުއްތަކުގެ ބަދަލު ލިބުންކަމަށްވުމުން،
އެ ބަދަލަކީ ޙުސައިން އިބްރާހީމަށް ލިބެންޖެހޭ ޙައްޤެއް ކަމަށާއި، އެ ބަދަލު ޞުލްޙަވެރިކޮށް ހަމަޖައްސައި އެ
ބަދަލު ލިބިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، ނަމަވެސް އެ ބަދަލާމެދު އެއްބަސް
އެބަސް ނުވެވިއްޖެނަމަ
ހަޢީކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
2016/HC-A/347
12 ޤަޟިއްޔާ ނިމުނު ގޮ
ގޮތުގެ ޚުލާޞާ
ބަދަލުގެ ކަންތައް ހަމަޖެއްސުމަށް ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ޙުސައިން އިބްރާހީމަށް ލިބިގެންވާކަން
ހދ 30
2&22
22
0ހﷲ ކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މި މައްސަލަ މި
ކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/B9C/37 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި ސީނިޔާޒު ސަޢީދުއަށް ދޫކޮށްފައިވާ
ގޯތީގައި (ފަހެއް) ރުކަކީ ޙުސައިން އިބްރާހީމުގެ ރުއްތަކެއްކަމަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމަށާއި، އަދި އެ ޙުކުމުގައި، ސީނިޔާޒު ސަޢީދަށް ދޫކޮށްފައިވާ ގޯއްޗަށް
ހައްދާފައިވާ ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުން
ބާޠިލްކުރަންޖެހޭ ގައެވެ
ހުރި 05
0426 44ވ
ވެޖހޭކަމުގައެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ތިލަދުންމަތީ ދެކުނުބުރީ
ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/B9C/37 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމުގައި، ސީނިޔާޒު ސަޢީދަށް ދޫކޮށްފައިވާ ގޯއްޗަށް ހައްދާފައިވާ ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް
ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، ސީނިޔާޒު ސަޢީދުއަށް
ދޫކޮށްފައިވާ ގޯތީގައި ހުރި 05 (ފަހެއް) ރުކަކީ ޙުސައިން އިބްރާހީމުގެ ރުއްތަކެއްކަމަށް ސާބިތުވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
133
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/347
0r7
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ތާއީދުކޮށް، އެ ރުއްތަކުގެ ބަދަލަކީ މި ޤަޟިއްޔާގައި ކަނޑައެޅިފައިވާ
ގޮތުގެ މަތީން ޙުސައިން އިބްރާހީމަށް ލިބެންޖެހޭ ޙައްޤެއްކަމަށް ކަނޑައަޅައި މި މައްސަލަ މި ކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 16471
33
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my