ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/11 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/11
کی عمری
ދެލި
m
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 11/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ފާތިމަތު ހަނާ
ކާޑު ނަންބަރު: A267768
* ދާއިމީ އެޑްރެސް: ރިހާބު، ށ.ގޮއިދޫ
*
*
އައިޑީ
މިހާރުގެ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު: -
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޞަފަރު 1430
09 ޖެނުއަރީ 2013
ނިމުނު ތާރީޚް 02 ޝަޢުބާން 1437
05 މެއި
2016
0
0 201
އިސްތިއު
ފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr
-
C/384
• ޤަޟިއްޔާގެ ބާވަތް: ޤަސްދުގައި މީހަކު މަރާލުން
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހުށަހެޅުނު ތާރީޚް: 03 ޖުލައި 2012 * ނިމުނު ތާރީޚް:
19 ޖުލައި 2012
، މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް،
އިސްފަނޑިޔާރު: ޢަބްދުﷲ ދީދީ ، ފަނޑިޔާރު: ޝުޖާޢު އުޘްމާން
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1471
3
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
ނިމުނު ގޮ
2013/HC-A/11
مل من *
ދަޢުވާގެ ޚުލާޞާ
މިއީ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/384 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ނ.ގޮއިދޫ! ރިހާބު ފާޠިމަތު ހަނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ރެވުނު ނުކުތާތައް:
ouc
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/384 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ކ.މާލެ/ މަސްރޫރާ އަޙްމަދު މުއްރަތުއާއި، ށ.ގޮއިދޫ ރިހާބު
ފާޠިމަތު ހަނާ، 30 ޖޫން 2012 ދުވަހުގެ 20:30 ހާއިރު، މިދެމީހުންގެ ދަޢުވަތަކަށް މާލެ! ދަފްތަރު
4666 އަޙްމަދު ނަޖީބު މިދެމީހުން ދިރިއުޅޭ މ.މަސްރޫރާ ގެއަށް ގެންގޮސް، އެގޭގައި މިދެމީހުން ދިރިއުޅޭ
ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއަރ) ގައި އަޙްމަދު ނަޖީބުގެ ދެއަތާއި ދެފައި (ފޮށިބަންދުކުރާ
ވައްތަރުގެ މުށިކުލައިގެ) ޓޭޕްރޯލަކުން ބަނދެ، މޫނާ އަނގަމަތީގައި ވަށައިޖެހޭގޮތަށް ޓޭޕްއަޅާ
ބޭންދުމަށްފަހު، 01 ޖުލައި 2012 ވަނަ ދުވަހުގެ ވަގުތެއްގައި އަޙްމަދު ނަޖީބު އަޑުގަދަކުރުމަށް
އްކަތްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އަޙްމަދު މުއްރަތު 64 އިންޗި ހުންނަވަރުގެ ކަޅުކުލައިގެ
މުށްގަނޑުލީ ވަޅިއަކުން އަޙްމަދު ނަޖީބުގެ ކަރަށް ހަމަލާދީ، އަޙްމަދު ނަޖީބުގެ ކަރުގައި ޓީޝާރޓާއި
އިސްޓާކީނު އޮޅައި އަޙްމަދު ނަޖީބު މަރާލާފައިވާތީ، އަޙްމަދު މުއްރަތުއާ، ފާތިމަތު ހަނާގެ މައްޗަށް
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ދަޢުލަތުން އުފުލުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، މާލެ! މ.މަސްރޫރާ އަޙްމަދު
މުއްރަތުއާއި ށ.ގޮއިދޫ ! ރިހާބު ފާޠިމަތު ރަނާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު 2012 ޖޫން 30 ވަނަ ދުވަހުގެ ރޭނގަޑުގެ ވަގުތެއްގައި އަޙްމަދު
މުއްރަތުއާއި ފާޠިމަތު ހަނާގެ ދައުވަތަކަށް މާލެ | ދަފްތަރު ނަންބަރު 1666 އަޙްމަދުގެ
މ.މަސްރޫމާގެއަށް ގެންގޮސް، މަސްރޫމާގޭގައި އަޙްމަދު މުއްރަތުއާއި، ފާތިމަތު ހަނާ ދިރިއުޅެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 831471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
-64 0x034
3 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/11
کی عمری
ދެވެ
24
02c
م کی ترکی
04 04
މ 04
04
ހަރަކާތެއް
04 04
ކޮޓަރިއަށް އަޙްމަދު ނަޖީބު ވެއްދުމަށްފަހު އަޙްމަދު މުއްރަތުގެ މަންމަގެ ފަރާތުން ކޯޓަށް ހުޅަހަޅަންޖެހޭ
މައްސަލައަކާއި ބެހޭ ގޮތުން އަޙްމަދު ނަޖީބުއާއި މަޝްވަރާކުރިއިރު، އަޙްމަދު ނަޖީބުގެ ޢަމަލުތައްހުރީ
އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށް އަޙްމަދު މުއްރަތުއާއި ފާތިމަތު
ހަނާއަށް ޤަބޫލުކުރެވުނުކަމަށް ބުނެ، އެކޮޓަރީގައި ހުރި ގޮނޑިއެއްގައި އަޙްމަދު ނަޖީބު ބަނދެ، އަޙްމަދު
ނަޖީބުގެ އަތުގައި ހުރި ފައިސާ ފޭރުމަށްފަހު، އަޙްމަދު ނަޖީބު މަރާލުމަށް އަޙްމަދު މުއްރަތުއާއި، ފާތިމަތު
ހަނާ ރާވާ، މަސްކޫރާ ގޭގައި އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ދިރިއުޅޭ ބައިގައި ގެންގުޅުނު ވަޅިއެއް
ކޮޓަރިއަށް ގެންގޮސް އެވަޅިން އަޙްމަދު ނަޖީބުއަށް ބިރު ދައްކާ، އަޙްމަދު މުއްރަތުއާއި، ފާޠިމަތު ހަނާ
އެވަގުތު އަޙްމަދު ނަޖީބު އިށީންދެގެން އިން ގޮނޑިއާއި އެކު ކަރުދާސް ފޮށި ބަންދުކުރަން ބޭނުންކުރާ
ޓޭޕް
ތެއް ނުކުރެވޭނެގޮތަށް އެކޮޓަރީގައި ރަހީނުކުރުމަށްފަހު، އަޙްމަދު ނަޖީބުގެ ޖީބުގައި އޮތް
ވޮލެޓާއި އަޙްމަދު ނަޖީބުގެ ދެ މޯބައިލްފޯނު އަޙްމަދު ނަޖީބު އަތުން އަތުލައި، އަޙްމަދު ނަޖީބުގެ ވޮލެޓުގައި
ހުރި ފައިސާއާއި އެވޮލެޓުގައި އޮތް ކޭޝްކާޑު ނަގާ، އެކޭޝްކާޑުގެ ޕިން ނަންބަރު އަޙްމަދު ނަޖީބުގެ
ފަރާތުން ހޯދުމަށްފަހު، އަޙްމަދު ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއްލައި، އަނގަޔާއެކު، އަޙްމަދު ނަޖީބުއަށް
އެއްވެސް ތަނެއް ނުފެންނާނެހެން މުޅި މޫނުމަތީގައި ޓޭޕް އަޅާ އެކޮޓަރީގައި އަޙްމަދު ނަޖީބު ބައިންދާ،
އަޙްމަދު ނަޖީބުގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނެގުމަށްފަހު، އެފައިސާއަށް
މަސްތުވާތަކެތި ގަނެގެން އެނބުރި މ.މަސްރޫރާގެއަށްގޮސް އަޙްމަދު ނަޖީބު ރަހީނު ކުރެވިފައިވާ ކޮޓަރީގައި
ތިބެ އަޙްމަދު މުއްރަތާއި، ފާޠިމަތު ހަނާ މަސްތުވުމަށްޓަކައި ބަނގުރަލާއި، ހިކިމަސްތުވާތަކެތި ބޭނުންކޮށް،
2012 ޖުލައި 01 ވަނަ ދުވަހުގެ ހެނދުނު 06:00 އާ 07:00 ދެމެދުގެ ވަގުތެއްގައި އަޙްމަދު މުއްރަތު
އިސްވެދެންނެވުނު ވަޅިން އަޙްމަދު ނަޖީބުގެ ކަރަށް ޙަމަލާދީ އަޙްމަދު ނަޖީބު މަރާލާފައިވާކަން، އަޙްމަދު
މުއްރަތު ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުންނާއި، އަދި އަޙްމަދު ނަޖީބު އަތުން ފައިސާ އަތުލުމަށްފަހު،
އަޙްމަދު ނަޖީބު މަރާލުމަށް ރާވާ، އަޙްމަދު ނަޖީބު ބަނުމުގައި އަޙްމަދު މުއްރަތުއާއިއެކު ފާތިމަތު ހަނާ
ބައިވެރިވެފައިވާނެ ކަމަށް ބުނެ ފާޠިމަތު ހަނާ ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުން، އެއްވެސް
ޝައްކެއްނެތި އަޙްމަދު މުއްރަތު އާއި ފާތިމަތު ހަނާ ޤަޞްދުގައި މީހަކު މަރާލާފައިވާކަން ޝަރީޢަތަށް
ސާބިތުވާތީއާ، އަޙްމަދު ނަޖީބުގެ ހުރިހާ ވާރުތަވެރިން އަޙްމަދު ނަޖީބުގެ މަރުގެ ބަދަލުގައި އަޙް
އަޙްމަދު
މުއްރަތުއާއި، ފާތިމަތު ހަނާގެ ކިބައިން ބޭނުންވަނީ ޤިޞާޞް ހިފަންކަމަށް ބުނެފައިވާތީ، ޝަރުޢީ
ހަމަތަކުގެ މަތިން އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާގެ ލޭގެ ޙުރުމަތް ކެނޑިއްޖެކަމަށް ކަނޑައަޅާ،
އަޙްމަދު މުއްރަތުއާއި ފާތިމަތު އަނާގެ މައްޗަށް ސާބިތުވި، ޤަޞްދުގައި މީހަކު މަރާލުކުއްޖޭގެ ކުޑް
OXO ec
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް:s3647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
4 43
=32
2013/HC-A/11
کی مری
ޤަޟިއްޔާ ނިމުނު
ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދީ، އިސްލާމީ ޝަރީޢަތުގައިވާ
ގޮތުގެ މަތިން މާލެ / މ.މަސްރޫރާ އަޙްމަދު މުއްރަތު އާއި، ގޮއިދޫ ! ރިހާބު ފާޠިމަތު ހަނާ އާ
މިދެމީހުން މެރުމަށް ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
OX
02 ތ
ہی کم
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/384 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ށ.ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދަށުކޯޓުން ކުރެއްވި ޙުކުމް، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ށ) އަށް ބިނާކޮށް، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތް
ތަޠުބީޤުކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި މައުސޫމުއްދަމު ޙާލަތު (ލޭގެ ޙުރުމަތް ކެނޑިގެންދާ ފަދަ
އެއްވެސް ޝަރުޢީ ސަބަބެއްއޮތްތޯ ބެލުމަށް (އެމާއްދާގެ މައްޗަށް ޙުކުމެއް ކަނޑައެޅުމުގައި) އެންމެ
ފުންމިނަށް ދިރާސާކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، މަޤުބޫލު ގޮޑީގައި ބަނދެ ޓޭޕް އެޅި ވަގުތަކީ ރޭގަނޑު
ގާތްގަނޑަކަށް 10:00 ހާއިރުކަން އެނގެންއޮވެ، މަޤުބޫލު މަރާލެވުނީ އެރޭ ދަންވަރު 3:00 އާއި 4:00
އާއި ދެމެދުގެ ވަގުތެއްގައިކަމަށްވުމާއި، މަޤުބޫލު މަރާލި ވަގުތު ފާޠިމަތު ރަނާ އޮތީ ނިދަންކަމާއި،
ޝަރީޢަތުގެ މަޖިލީހަށް ފާތިމަތު ހަނާ އާއި އަޙްމަދު މުއްރަތު ދީފައިވާ ބަޔާނުން ސާބިތުވާއިރު، މަޤްތޫލު
ގޮނޑިއާއި އެކު ބަނުމުގެ މަޤްޞަދަކީ މަޤުތޫލު މެރުން ނޫންކަން ފާޠިމަތު ހަނާ ޝަރީޢަތަށް ދީފައިވާ
ބަޔާނުން ސާބިތުވާޙާލު ދަށު ކޯޓުން، ފާޠިމަތު ރަނާގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)
އަށް ބިނާކޮށް އިސްލާމީ ޝަރީޢަތުގެ ދަށުން ޤަތުލުގެ ޖިނާއީ މަސްއޫލިއްޔަތެއް ކަނޑައަޅާފައިވުން ބުނެ
ހުށަހެޅި ނުކުތާ.
(ބ) ތިންވަނަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލީހުގައި ފާތިމަތު ހަނާ އިޢުތިރާފްވެފައި ވަނީ
މަޤްތޫލް މެރުމުގައި ބައިވެރިވިކަމަށް ވީހިނދު ސީދާގޮތެއްގައި މަޤްބޫލު މަރާލުމަށް ހަމަވާދިނުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 31621/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/11
می هرکی
ދެވެ
ބައިވެރިވިކަން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާއިރު ޤަޞްދުގައި މީހަކު މެރުމުގެ ކުށުން ފާޠިމަތު ހަނާ
ކުށްވެރިވެއްޖެކަމަށް ކަނޑައެޅުމުގެ ފުރުޞަތެއް އިސްލާމީ ޝަރީޢަތުގައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ
(ރ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން
ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ޢަމަލުގެ ސަބަބުން މީހަކު
މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގެ އަދަބު (ޤަތުލު އަމްދުގެ މަސްޢޫލިއްތުއް
ޖިނާޔާ ފާޠިމަތު ރަނާގެ މައްޗަށް) ކަނޑައެޅިފައިވާކަމަށް ދަށުކޯޓުން ނިންމެވިއިރު، ފާޠިމަތު ރަނާގެ ޢަމަލު
ކަމުގައިވާ މަޤުތޫލް ބަނުމުގެ ނިޔަތަކީ ފޭރުމާއި ބިރުދެއްކުންކަމާ
ދެއްކުންކަމާއި ގަތުލުކުރުމުގެ ނިޔަތް ނޫންކަން
އެނގެންއޮވެ، އިސްލާމީ ޝަރީޢަތުގައި ގަތުލު އަމްދުގެ މަސްއޫލިއްޔަތުން ޖިނާޔާ ކަނޑައެޅުމުގައި،
ރިޢާޔަތްކުރަންޖެހޭ އެންމެ އަސާސީ ދެރުކުން ކަމުގައިވާ ފިޢުލު އަދި ޤަޞްދު ފާޠިމަތު ހަނާގެ އެއްވެސް
ޢަމަލަކުން ފާޅުވެފައި ނުވާއިރު، މިމައްސަލައިގައި ފާތިމަތު ހަނާ ހިންގި އެއްވެސް ޢަމަލަކީ ޤަތުލުގެ
ޖަރީމާ ހިންގުމުގެ ޤަޞްދާއި ނިޔަތް އޮވެގެން ކޮށްފައިވާ ކަމެއްކަން ސާބިތުކޮށްދެވިފައި ނުވާއިރު
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޙުކުމްކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
) ފަސްވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުގެ ޖިނާއީ ޖުޒުޢު ގެ އަސްލަކީ ޝިބުހަ
ތަކުން ދުރުވެ "އެއްވެސް ޝައްކެތް ނެތް މިންވަރަށް" ކުށް ސާބިތުކޮށްދިނުން ކަމަށް ވީ ހިނދު، ޤަތުލުގެ
ޤަޞްދަށް، ނުވަތަ ނިޔަތަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ހިނގާފައިވާނަމަ، ޤިޞާޞްގެ އުޤޫބާތް
ކެނޑޭއިރު ޤަޞްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވުމުގެ ޢުޤޫބާތެއްގެ ގޮތުން ފާޠިމަތު ހަނާގެ
މައްޗަށް ދަށުކޯޓުން ސާބިތުވާކަމަށް ހުކުމްކުރި ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކުރުމުގައި ޝަރުޢީ
މި އުޞޫލަށް ރިޢާޔަތްކޮށްފައިނުވާތީ ޝަރުޢީ މިންގަނޑު ފުރިހަމަވެފައި ނެތުން ކަމަށް ބުނެ ހުށަހެޅި
ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ، ދަށުން ކޯޓުން ކުރި ޙުކުމް، ފާތިމަތުހަނާގެ އިޢުތިކާފަށް
ބިނާކޮށްފައިވާއިރު، ފާޠިމަތު ހަނާ، މަޤުތޫލް މަރާލުމުގައި ބައިވެރިވިކަމަށް ވީ އިޢުތިރާފް އެކަށީގެންވާވަރަށް
ތަޙުޤީޤުކޮށް ރިޢާޔަތްކުރަންޖެހޭ ޙަޤީޤަތްތަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
22 0 0 2 0 0
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/384
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ށ.ގޮއިދޫ! ރިހާބު ފާތިމަތުއިންދާ ފައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3311/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު
, s:
=32
2013/HC-A/11
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/384 ޤަޟިއްޔާގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މ.މަސްކޫރާގެ އަޙްމަދު މުއްރަތުގެ މައްޗަށާއި، ށ.ގޮއިދޫ
ރިހާބު، ފާޠިމަތު އަނާގެ މައްޗަށް ކޮށްފައިވަނީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމާއި،
ނަމަވެސް އެދެމީހުންގެ މައްޗަށް ކުރެވުނު ދަޢުވާ އެކޯޓުގައި ހިންގާފައިވަނީ ވަކިވަކިންކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ އެޤަޟިއްޔާގައި ފާޠިމަތު އަނާގެ މައްޗަށް ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
0
<< O
އެގޮތުން ފާޠިމަތު އަނާގެ މައްޗަށް އެދަޢުވާކުރުމުގެ ގޮތުން ދައުލަތުގެ ވަކީލު، ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، "ދައުލަތުން ށ.ގޮއިދޫ ރިހާބު ފާޠިމަތު ރަނާގެ މައްޗަށް
ކުރާ ދަޢުވާއަކީ، މ.މަސްރޫރާ އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ، 30 ޖޫން 2012 ވަނަ ދުވަހުގެ
20:30 ހާއިރު، މިދެމީހުންގެ ދަޢުވަތަކަށް މާލެ: ދަފްތަރު 466 އަޙްމަދު ނަޖީބު، މިދެމީހުން ދިރިއުޅޭ
މ.މަސްރޫރާ ގެއަށް ގެންގޮސް، އެގޭގައި މިދެމީހުން ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް އޮފީސް ޗެއަރ)
ގައި އަޙްމަދު ނަޖީބުގެ ދެއަތާއި ދެފައި (ފޮށިބަންދުކުރާ ވައްތަރުގެ މުށިކުލައިގެ) ޓޭޕްރޯލަކުން ބަނދެ،
މޫނާ އަނގަމަތީގައި ވަށައި ޖެހޭގޮތަށް ޓޭޕްއަޅާ ބޭންދުމަށްފަހު، 01 ޖުލައި 2012 ވަނަ ދުވަހުގެ
ވަގުތެއްގައި އަޙްމަދު ނަޖީބު އަޑުގަދަކުރުމަށް މަސައްކަތްކުރުމުން އެކަމާ ހިތްހަމަނުހިގެން، ތިލާގައި "4
(ހަތަރު އިންޗި) ހުންނަވަރުގެ ކަޅުކުލައިގެ މުށިގަނޑުލީ ވަޅިއަކުން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބުގެ
ކަރަށް ހަމަލާދީ، އަޙްމަދު ނަޖީބުގެ ކަރުގައި ޓީޝާރޓާއި އިސްޓާކީނު އޮޅައި އަޙްމަދު ނަޖީބު
މަރާލާފައިވާތީ، ފާޠިމަތު ރަނާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ." މިފަދައިން ކަން
ނު، ދ ތ7 4426
ފާހަގަކުރެވެއެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލަ ކްރިމިނަލް ކޯޓުގައި ހިނގާދިޔަ ގޮތުގެ މައްޗަށް
ފެންނަންހުރި ލިޔެކިޔުންތަކުގެ އަލީގައި ބަލާއިރު، ފާޠިމަތު ރަނާގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި
ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ޖުމްލަ 3 އަޑުއެހުމެއް ކްރިމިނަލް ކޯޓުގަޑިއިބޭއްވި
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2013/HC-A/11
مری
ދެވެ
ކުށުގެ
ގިގެމަތިން ވަކީލަކު ހަމަޖައްސަވައި ދެޓްޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮ
ޝަރީޢަތުގެ މަޖިލިސް ހިންގިފައިވާކަމާއި، މިގޮތުން ފާޠިމަތު ރަނާގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ
ދަޢުވާ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ 03 ޖުލައި 2012 މިދުވަހުގައިކަމާއި
އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ރަނާގެ މައްޗަށް އުފުލާފައިވާ ޤަސްދުގައި މީހަކު މަރާލުމުގެ
ދަޢުވާ ރަނގަޅަށް ސާފުވެއްޖެކަމަށާއި، މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ
އަމިއްލައަށްކަމަށާއި، ޤާނޫނީ ވަކީލަކު ޢައްޔަންކުރަން ބޭނުންނުވާކަމަށް ބުނެ
މިދަޢުވާއާއި ގުޅިގެން
ޝަރީޢަތުގެ ފަރާތުން ކުރި ސުވާލުތަކެއްގެ ޖަވާބުގައި މިމައްސަލައިގައި ފާޠިމަތު ހަނާގެ ފަރާތުން ދެކޭ
ގޮތް ބަޔާންކޮށްފައިވާކަމާއި، މައްސަލައިގެ 2 ވަނަ އަޑުއެހުން ބޭއްވިފައިވަނީ 05 ޖުލައި 2012
މިތާރީޚުގައިކަމާއި، މިދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ހަނާއާއި ސުވާލުކުރެވިފައިވަނީ، އޭނާ
ދީފައިވާ ތަޙްޤީޤު ބަޔާނާއި ގުޅޭ ގޮތުންކަމާއި، އެކަމާއި ގުޅޭގޮތުން ފާޠިމަތު ހަނާގެ ފަރާތުން ބުނެފައިވަނީ
އޭނާ ތަޙްޤީޤަށް ބަޔާންދީފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތިކަމަށް ބުނެ އެފަދައިންކަމާއި، އެމައްސަލައިގެ
3 ވަނަ އަޑުއެހުން ބޭއްވިފައިވަނީ 11 ޖުލައި 2012 މިދުވަހުކަމާއި، މިދުވަހު ދައުލަތުގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅަން ބޭނުންވާ ހެކިތަކަކީ ކޮބައިކަން ބަޔާންކުރުމަށްފަހު ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ
ފަރާތުން ހެކި ހުށަހެޅިކަމާއި، އަދި ފާތިމަތު ހަނާއާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން
އިންކާރުކުރާއެއްވެސް ހެއްކެއްވޭތޯ މިދުވަހުގެ ޝަރީޢަތުގައި ފާޠިމަތު ހަނާއާއި ސުވާލުކުރުމުން، ދައުލަތުން
ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން އެއްވެސް ހެއްކަކަށް އިންކާރުނުކުރާކަމަށް އެދުވަހުގެ ޝަރީޢަތުގެ
މަޖިލީހުގައި ފާތިމަތު ހަނާގެ ފަރާތުން ބުނެފައިވާކަމާއި، މިމައްސަލައިގައި ދަށުކޯޓުން ޝަރީޢަތް
ހިންގާފައިވާ އިޝާރާތްކުރެވުނު އިޖުރާއާތުތަކުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)، (ރ)، (ބ) ގައިވާ އެންމެހައި ޙައްޤުތައް ފާތިމަތު
ކޯޓުގެ ފަރާތުން ފަހިކޮށްދީފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި ގުޅިގެން ބޭއްވުނު
ފުރަތަމަ އަޑުއެހުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންވަނީ ޤާނޫނީ
ވަކީލެއްގެ އެހީތެރިކަމާއި ނުލައިކަމަށް ބުނެ، ފާޠިމަތު ހަނާގެ ފަރާތުން ވާހަކަދެއްކުމަށްފަހު، ދައުލަތުގެ
ފަރާތުން ހުށަހެޅި ޖަވާބަށް ރައްދުދިނުމަށްޓަކައި، ޤާނޫނީ ވަކީލެއް ދައުލަތުގެ ޚަރަދުގައި ހަމަޖައްސަވައި
ދެއްވާނަމަ އެފުރުޞަތު ބޭނުންވާކަމަށް ފާތިމަތު ހަނާ ބުނުމާއި ގުޅިގެން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި
ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ
ALCOLOC
ހ ށ 2
23
239
02
xތ / 2x
2 ހ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3471
35
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/11
کی عمری
ދެވެ
އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދުމުގެ ޙައްޤު ލިބިގެންވާކަމަށާއި، އެއުޞޫލާއި އެއްގޮތަށް އެ
އޮފީހުގައި އެދިގެން ވަކީލަކު ހަމަޖެއްސުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފާތިމަތު ހަނާއަށް އަންގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އެކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްފަހު، އެފުރުޞަތު ފާޠިމަތު
ހަނާއަށް ދެވިފައިވާކަމާއި، އަދި އެފަދައިން ފާތިމަތު އަނާ މިކޯޓުގައި އެދިފައިވާކަމުގެ މަޢުލޫމާތު މިކޯޓުގެ
ފަރާތުން އެޓަރނީ ޖެނެރަލްގެ އޮފީހާއި ޙިއްސާ ކޮށްފައިވާކަމާއި، އަދި އެއަށްފަހު ދައުލަތުގެ ފަރާތުން
ފާޠިމަތު ހަނާއަށް ދިފާޢީ ވަކީލެއް ހަމަޖައްސަވައި ދެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުން އެވަކީލަށް
ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތާއި ލިޔުންތައް ފޯރުކޮށްދިނުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް
ކުރިއަށް ގެންގޮސްފައިވާނީ ދައުލަތުގެ ފަރާތުން ހަމަޖައްސަވައިދެއްވި ވަކީލްއާއި އެކުގައި ކަމެވެ.
(ރ) ހަތަރުވަނަކަމަކީ، އިސްލާމްދީނަކީ، އިންސާނާގެ މުޅި ޙަޔާތުގެ ސަލާމަތާއި
މަސްލަޙަތުގެ ވެރިދީންކަމާއި، އެދީނުގައި ކަނޑައެޅިފައިވާ އުސޫލުތަކަށްވުރެ ވަކިން ފުރިހަމަ އެހެން
އުސޫލުތަކެއް ނުވާނޭކަމާއި، މިގޮތުން އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބުތަކަކީ، އެފަދަ އަދަބުތަކުގެ
ސަބަބުން އަނެކާގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކުރުމާއިއެކު އެފަދަ ކުށްތައް
މުޖުތަމަޢުގައި އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ބާރު އަޅައިދޭ ޢުޤޫބާތްތަކެއް ކަމާއި، މިގޮތުން ޤަސްދުގައި
މީހުން މެރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެއްކަމުގައި ބަޔާންކޮށްދިނުމުގެ އިތުރަށް،
ޙައްޤު ނޫންގޮތެއްގައި މީހަކު މަރާލައިފިނަމަ، އެފަދަ މީހަކަށް ހުރި އަދަބަކީ ކޮބައިކަން ބަޔާންކޮށްދެމުން،
ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ، ل ها للل އަلވ
كتب عليكم القصاص في القتلى " الك بالحر والعه بالعبر والأنثى بالأنثي ، (ޙهމާނައީ:
އީމާންވެއްޖެ މީސްތަކުންނޭވެ. މީހުން މަރާމީހުންގެ ކިބައިން ޤިޞާސް ހިފުން (މަރަށް މަރު ހިފުން)
ތިޔަބައި މީހުން މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ.
އަންހެނަކަށް އަންހެނެކެވެ.
21
ތ 8
4
442
1
އަދި އެސޫރަތުގެ 179 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ: للا ޖީ ލޮهللل
حياة يا أولي الألباب لعلكم قون ދވހޖޫ ހޔޮ: މާނައީ: "އަދި ޤިޞާޞް ހިފުމުގައި (މަރަށް މަރު
ހިފުމުގައި) ތިޔަބައި މީހުންނަށް ވަރަށް ބޮޑު ދިރުމެއް ވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވޭ، އެއީ ތިޔަބައި
މީހުން ތަޤްވާވެރި ވުމަށްޓަކައެވެ".
c2c8
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471، ދިވެހި
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/11
و مری
ދެވެ
9 ޤަޟިއްޔާ ނިމުނު ގޮ
އަދި ހަމަ އެއާއެކު ސޫރަތުލް އިސްރާގެ 33 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވަނީ:
ولا تقتلوا النفس التي حرم الله إلا بالحق ومن قتل مظلوما فقد جعلنا لوليه سلطانا
و سورة
1 ދ ތ މާނައީ: "މާނައީ ތިޔަބައި މީހުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ލައިގެން
މެނުވީ ނުމަރާށެވެ. އަދި އަނިޔާވެރި ގޮތުގައި މަރާލެވޭ މީހާގެ ވަލީވެރިއާއަށް ހަމަކަށަވަރުން ތިމަން
ރަސްކަނލާންގެ ބާރެއް ދެއްވީމެވެ." މިފަދައިން ކަމާއި،
މިޙާދިސާ ހިނގާދިޔައިރު، ޢަމަލުކުރަމުންދިޔަ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ރ) އަށް ބެލުމުން، ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާއި ޚިލާފުވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ
އެކަން ކުރި މީހެއްގެ މައްޗަށް ކަނޑައަޅަންޖެހޭނެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅައިފައިވާ
އަދަބުކަމުގައި ބަޔާންވެގެން އޮތުމުން، ޙައްޤު ނޫންގޮތެއްގައި، މީހަކު މަރާލުމުގެ ޤަސްދުއޮވެގެން މީހަކު
މަރާލައިފިނަމަ، އަދި ވާރިސުންގެ ފަރާތުން އެމީހަކަށް ލުޔެއް ދީފައިނުވާނަމަ އެފަދަ މީހެއްގެ އަދަބުގެ
ގޮތުގައި ކަނޑައަޅަންޖެހޭނީ، އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބު ކަމުގައިވާ މަރަށްމަރު ހިފުންކަން
ޝާރާތްކުރެވުނު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، އަޙުމަދު ނަޖީބު މަރާލުމުގައި ފާޠިމަތު ހަނާގެ ބައިވެރިވުން
އޮތްކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ވާސިލުވެފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، މިމައްސަލައިގައި ފާޠިމަތު ހަނާގެ
މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ފާޠިމަތު ހަނާގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އަދި ތަޙްޤީޤު މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުން އަދި ހުށަހެޅުނު
ހެކިތަކުން އަޙުމަދު ނަޖީބު މަރާލުމުގައި ފާޠިމަތު ހަނާގެ ބައިވެރިވުން އޮތްކަން ސާބިތުވާތީކަމަށް ބަޔާންކޮ
އެސަބަބުގެ މައްޗަށްކަން އެނގޭކަމާއި، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން އިސްވެ
އިޝާރާތްކުރެވުނު ސީޣާއިން ދަޢުވާކުރުމުން، ދައުލަތުން ފާތިމަތު ރަނާގެ މައްޗަށް ކުޅު ގަސްތުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާ ސާފުވެއްޖެ ކަމަށާއި، އަޙްމަދު ނަޖީބު މަރާލާފައިވަނީ އަޙްމަދު މުއްރަތުކަމަށާއި،
ފާޠިމަތު ހަނާ ހަމައެކަނި ކުރިކަމަކީ އަޙްމަދު ނަޖީބުގެ އަތުގައި ޓޭޕްއޮޅާ އޭނާގެ އަނގަމަތީގައާއި
ތަންތަނުގައި ޓޭޕްއޮޅުންކަމަށާއި، އަދި އެކަން ސިއްރުކުރުމުން އެއީ މިޢަމަލުގައި ފާޠިމަތު ހަނާއަށް
ބައިވެރިވެވުނު ގޮތްކަމަށާއި، އަޙުމަދު ނަޖީބު މަރާލިކަން އެނގުނީ މިޙާދިސާ ހިނގިރެއާއި ޖެހިގެން
އައިދުވަހުގެ 6 ނުވަތަ 7 ޖެހިއިރުކަމަށާއި، އެކަން އެނގުނީ އަޙުމަދު މުއްރަތު އެވާހަކަ ފާތިމަތު އޭނާގެ
X OLC
23
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8164h
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/11
کی عمر
=32
2
7
2 ހދ&
ބުނުމުކު
10 ޤަޟިއްޔާ ނިމުނު ގޮތު
ގާތުގައި ންކަމަށާއި، އަޙްމަދު މުއްރަތު ބުނާގޮތުން އަޙުމަދު ނަޖީބު މަރާލަންޖެހުނީ އަޙްމަދު ނަޖީބު
އަޑުގަދަކުރަން މަސައްކަތްކުރުމުންކަމަށާއި
ރުމުންކަމަށާއި، އަދި މ.މަސްރޫރާ ގޭގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ
ދިރިއުޅޭ ކޮޓަރީގައި އަޙްމަދު ނަޖީބުއާއެކު ވާހަކަ ދައްކަން ތިބި ތިބުމުގައި، އަޙްމަދު ނަޖީބު ފާތިމަތު
ހަނާއާ އެހެންކަހަލަ ގުޅުމެއް ބާއްވަން އުޅޭކަން ޝައްކުވެގެން އަޙްމަދު މުއްރަތު ގާތު އެވާހަކަ
ބުނުމުންނާއި، އަޙްމަދު ނަޖީބަކީ ލޯޔަރެއް ކަމުގައިވާތީ، އޭނާގެ އަތުގައި ފައިސާ ހުންނާނެތީ އެފައިސާގެ
ދަހިވެތިކަމުގައި ކަމަށާއި، އަޙުމަދު ނަޖީބު މަރާލުމަށް ކުރިން ރާވާ ތައްޔާރުވުމަށް، އަޙުމަދު މުއްރަތު
ކުރިން ބުނެގެން ސިޑިން މައްޗަށް އެރުމަށްފަހު، އަޙްމަދު މުއްރަތާއި ވާހަކަ ދައްކަން އިންދާ، އަޙްމަދު
މުއްރަތު ސިޑިން އެރުމަށްފަހު، ފަހަތުންގޮސް ކަރުގައި ވަޅި ޖެއްސިކަމަށާއި، އޭގެ ފަހުން ފާތިމަތު ހަނާ
އަޙްމަދު ނަޖީބުގެ އަތާއި، އަނގަޔާއި ތަންތަނުގައި ޓޭޕް އެޅިކަމަށާއި، އަޙްމަދު ނަޖީބު މ.މަސްރޫމާގެއަށް
ގެނެސް ގޮނޑީގައި ބަނދެ ޓޭޕް އަޅާފައިވަނީ ފާޠިމަތު ހަނާ ކަމުގައިވާތީ، ދައުލަތުން ކުޅަ ޤަޞްދުގައި
މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގައިވާ ފަދައިން އަޙްމަދު ނަޖީބު މަރާލުމުގައި ބައިވެރިވެވުނުކަމަށް
އިޢުތިރާފުވާކަމަށް ފާޠިމަތު ހަނާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނައިރު،
ހަމަ އެތާރީޚުގައި ކްރިމިނަލް ކޯޓަށް ފާޠިމަތު ހަނާގެ ފަރާތުން ދީފައިވާ ދެވަނަ ބަޔާނުގައި،
އަޙްމަދު ނަޖީބު ނިޔާވުމަށްފަހު، ހަށިގަނޑު ނައްތާލުމަށްޓަކައި އަޙްމަދު ނަޖީބުގެ ހަށިގަނޑު
ޑަސްބިނަކަށްލީކަމަށާއި، އޭގެ އިތުރުން ޑަސްބިން ތެރެއަށް އެޅިގަލެއް ވެސް ލާފައިވާނެ ކަމަށާއި، އަޙްމަދު
ނަޖީބުގެ ކޭޝް ކާޑާއި ޕިން ނަންބަރު އަޙްމަދު މުއްރަތު އަތުލުމަށްފަހު، ކާޑުން ފައިސާ ނެގުމަށް އަޙްމަދު
މުއްރަތާއި އެކު ފާޠިމަތު ހަނާވެސް ދިޔަކަމަށް ބުނެފައިވާކަމާއި،
އަދި އޭގެ ފަހުން 11 ޖުލައި 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފާޠިމަތު ހަނާގެ
ފަރާތުން ދީފައިވާ ބަޔާނުގައި، ފާޠިމަތު ހަނާ އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން
އެއްވެސް ހެއްކަކަށް އިންކާރު ނުކުރާކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ ފިންގަރޕްރިންޓް ކޮމްޕްރިސަން
ރިޕޯޓަށްވެސް އިންކާރު ނުކުރާކަމަށް ފާޠިމަތު ހަނާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
ޝަރީޢަތުގެ މަޖިލީހުގައި ފާތިމަތު ހަނާގެ ފަރާތުން ދައްކާފައިވާ އިޝާރާތްކުރެވުނު
ވާހަކަތަކުގެ އިތުރުން، ފާތިމަތު ހަނާ މައްސަލައިގެ ތަޙްޤީޤުގައި މޯލްޑިވްސް ޕޮލިސް ސަރވިސަށް ދީފައިވާ
ބަޔާނަށް ބަލާއިރު، އަޙްމަދު މުއްރަތު އާއި ފާތިމަތު ހަނާ އާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން:ވާޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2161
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
11 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/11
کی مری
ދެވެ
ޙަޔާތެއް ފަށަން ޤަޞްދު ކޮށްފައިވާތީއާއި، މ.މަސްރޫމާގޭގައި އެމީހުން ދިރިއުޅޭ ބައިގެ މަތިން ހަދަން
ފަށާފައިވާ ކޮޓަރިވެސް އިތުރަށް ހަދަން ފައިސާ ބޭނުންވާތީ، އެކަންކަމަށް ފައިސާ ހޯދާނޭގޮތަކާމެދު އަޙްމަދު
މުއްރަތުއާއި ދެމީހުން އޭގެ ގާތްގަޑަކަށް މަހެއްހާ ދުވަސްކުރިން ވާހަކަ ދައްކަމުން އައިސްފައިވާކަމަށާއި،
19
އެގޮތުން، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ އަޙްމަދު ނަޖީބުގެ އަތުގައި
ގިނަޢަދަދެއްގެ ފައިސާ ހުންނާނެކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އޭނާ ދިރިއުޅޭ ގެއަށްގޮސް އޭނާއަތުން
ފައިސާ ހޯދުމަށްފަހު، ފޮތިގަނޑަކުން ނޭވާ ހާސްކޮށް މަރާލުމަށް އަޙްމަދު މުއްރަތުއާއި ދެމީހުން
ރާވައިގެން، 01 ޖުލައި 2012 ގެ ގާތްގަޑަކަށް މަހެއްހާ ދުވަސްކުރިން އަޙްމަދު ނަޖީބު ދިރިއުޅޭ ގެއަށް
ގޮސްފައިވާނެކަމަށާއި،
ނަމަވެސް އެގެއަށް ގޮސް އުޅެނިކޮށް އެހެން މީހަކަށް ފެނިދާނެތީ، ދެމީހުން އަލުން
ވިސްނުމަށްފަހު، މައްސަލައެއްގެ ވާހަކަ ދައްކަންކަމަށްބުނެ އަޙްމަދު ނަޖީބު މ.މަސްކޫރާގެއަށް ގެނައުމަށް
ނިންމިކަމާއި، އެގޮތުން އަޙްމަދު ނަޖީބު ބޭނުންކުރާ ދިރާގު ޕޯސްޓްޕެއިޑް ނަންބަރަކާއި ޕްރީޕެއިޑް
ނަންބަރެއް އަޙްމަދު މުއްރަތު ހޯދުމަށްފަހު ފާތިމަތު ހަނާއަށް ދީފައިވާކަމަށާއި، އެގޮތުން އަޙްމަދު ނަޖީބުއާ
ވާހަކަ ދައްކަމުން ބައްދަލުކުރަން ބޭނުންކަމަށް
ބޭނުންކަމަށް ބުނުމުން އެކަމަށް އެއްބަސްވިކަމާއި،
އޭގެ ފަހުންވެސް ފައިސާ ހޯދާނެ އިތުރު ގޮތެއް އޮތްތޯ އަޙްމަދު މުއްރަތު އާއި ފާތިމަތު
ހަނާއާއި ދެމީހުން ވާހަކަދައްކާ މަޝްވަރާކުރިކަމަށާއި، ނަމަވެސް އަޙްމަދު ނަޖީބު އަތުން ފައިސާ
ހޯދުމަށްފަހު އޭނާ މަރާލުން ފިޔަވައި އިތުރު އެއްވެސްގޮތެއް އެދެމީހުނަށް ވިސްނިފައިނުވާކަމާއި،
މިހެންކަމުން 30 ޖޫން 2012 ވަނަ ދުވަހުގެ 15:00 ހާއިރު ފާތިމަތު ހަނާ ވަޒީފާ އަދާކުރާ ތަނަށް
ދިއުމަށްފަހު އަޙްމަދު މުއްރަތު ބުނެގެން ނަޖީބުއާ ގުޅިކަމަށާއި، އަދި އެދުވަހު އޮފީހަށްދާން ގެއިން
ތުމުގެކުރިން، އަޙްމަދު ނަޖީބުއާ ގުޅާފައި މަޝްވަރާ ކުރަން ބޭނުންވާ ދެ މައްސަލައެއް އަޙްމަދު
މުއްރަތު ކިޔައިދިންކަމަށާއި، އެގޮތުން އަޙްމަދު މުއްރަތުގެ މަންމަގެ އެކައުންޓުން ފައިސާ މަދުވެފައިވާ
ވާހަކައަކާއި، އަދި "ހ.މަސްކޫރާގެ' ބެހެނިވެރިންގެ މެދުގައި ބޭނުންކުރަމުންދާ ނަހަމަގޮތުގެ ވާހަކަ
ކިޔައިދިންކަމާއި، އަދި މިކަންތައްތަކާއި ވާހަކަ ދައްކަން ބޭނުންކަމަށްބުނެ އަޙްމަދު ނަޖީބު
މ.މަސްރޫރާގެއަށް ގެނައުމަށް އަޙްމަދު މުއްރަތު ބުނެފައިވާކަމާއި،
224 2
22
0
2 ހ2 ބ 2
ہی کو کر
ދިވެހިރާއްޖޭ
.ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކް#|99ދުވެސް2
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮ
4 43
=32
2013/HC-A/11
می هرکی
އެގޮތުން އެދުވަހު އޮފީހަށް ގޮސް އަޙްމަދު ނަޖީބުއާ ގުޅާ އަޙްމަދު މުއްރަތު ކިޔައިދިން
ދެމައްސަލައިގެ ވާހަކަ ދެއްކުމަށްފަހު، އެކަމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބައްދަލުކުރަން ބޭނުންވާ
ވާހަކަ އަޙްމަދު ނަޖީބު ގާތުގައި ބުނުމުން، އެދުވަހުގެ 18:00 ގެ ފަހުން ބައްދަލު ކުރެވިދާނެކަމަށްބުނެ
ގަޑިއެއް ހަމަޖެއްސުމަށްފަހު އޭނާއަށް މެސެޖްކުރުމަށް ބުނުމުން، އެކަން ހިނގައިދިޔަގޮތް އަޙްމަދު މުއްރަތު
އަށް ފޯނުކޮށްފައި ކިޔަދީފައިވާނެކަމާއި،
އެހެންކަމުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާކަމަށްބުނެ ދޮގުހެދުމަށްފަހު
އެރޭގެ 8:00 ހާއިރު ފާޠިމަތު ހަނާ އޮފީހުން ނުކުމެގެން، އަޙްމަދު މުއްރަތުއާއެކު ގެއަށްދިޔަ މަގުމަތީގައި
ދެމީހުން މަޝްވަރާކޮށް އެރޭގެ 9:00 އަށް ނަޖީބު ގެނައުމަށް ނިންމައި، މުއްރަތުގެ ފޯނުން
މެސެޖްކޮށްފައި 9:00 އަށް "ތައިބާ މިސްކިތް" ކައިރިއަށް އައުމަށް އަޙްމަދު ނަޖީބު އަށް ފާޠިމަތު ހަނާ
މެސެޖްކޮށްފައިވާނެ ކަމަށާ، އަދި ގެއަށް ދިޔަމަގުމަތީގައި އަޙްމަދު މުއްރަތު ދެއްކި ވާހަކާގައި، ނަޖީބު
އައުމުން ކޮޓަރީގައި ހުންނަ އޮފީސް ޗެއަރގައި ބޭނދުމަށްފަހު ބަނުމަށް ފޮށި ބަންދުކުރާ ކަހަލަ މުށިކުލައިގެ
ޓޭޕް ރޯލެއް ގަނެފައިވާނެކަމަށް އަޙްމަދު މުއްރަތު ބުނެފައިވާކަމަށާ، ދެމީހުން މަޝްވަރާކޮށްފައިވަނީ ނަޖީބު
ގެނެސް ކުރިންބުނި ދެމައްސަލައާމެދު ފާޠިމަތު ހަނާ، ނަޖީބު އާއިއެކު ވާހަކަ ދެއްކުމަށްތިއްބާ، އަޙްމަދު
މުއްރަތު ކުއްލިގޮތަކަށް އައިސް ނަޖީބުގެ ކަރުގައި ވަޅިޖައްސާ ބިރުދެއްކުމަށްފަހު ނަޖީބު ގޮޑީގައި ބަނދެ
ފައިސާ ހޯދުމަށްފަހު، ފޮތިގަޑަކުން ނޭވާ ހާސްކޮށްގެން މަރާލުމަށްކަމާއި، ފައިސާ ހޯދުމަށްފަހު މަރާލަން
ނިންމީ، ދޫކޮށްލައިފިނަމަ ނަޖީބު މައްސަލަ ހުށަހަޅައިގެން ދެމީހުން ބަންދުކޮށްފާނެތީކަމަށާ،
އެރޭގެ 9:00 ހާއިރު އަޙްމަދު ނަޖީބު އައުމުން މ.މަސްރޫމާގޭގައި އަޙްމަދު މުއްރަތުއާއި
ފާޠިމަތު ހަނާ އުޅޭ ބަޔަށް އަޙްމަދު ނަޖީބު ގެންގޮސް، އެބައިގައި ހުރި ގޮޑި (އޮފީސް ޗެއަރ) އެއްގައި
ބޭންދުމަށްފަހު، ކުރިން ބަޔާންކުރެވުނު ދެމައްސަލައިގެ ވާހަކަ ދައްކަމުން ދިޔަދިޔުމުގައި، އަޙްމަދު މުއްރަތު
ހިތްހަމަ ނުޖެހޭކަމެއް ދިމާވެގެން، ކުރިންވެސް ކަންކުރަން ރާވާފައިވާގޮތަށް އަޙްމަދު ނަޖީބު އިށީދެގެން
އިންގޮޑީގައި ބަދެ، އަދި އަޙްމަދު ނަޖީބު ގަދަދައްކާ އޭނާ ދޫކޮށްލުމަށް އެދި އާދޭސްކުރަން ފެށުމުން،
ކޮޓަރީގައި އޮތް ހުދުފޮތިގަޑެއް ވީދާލުމަށްފަހު، އަޙްމަދު ނަޖީބަށް އަޑުގަދަ ނުކުރެވޭގޮތަށް އޭނާގެ
ބާރުކޮށް އެފޮތިގަނޑު ގެންނެވުމަށްފަހު، އަނެއްކާވެސް އޭނަގެ އަގަމައްޗާއި މުޅިމޫނުމަތިން ވަށާޖެހޭގޮތަށް
ޓޭޕް އަޅައި، އޭނާގެ ދެފަޔާއި ދެއަތްވެސް އަލުން އެގޮޑިޔާއެކު ޓޭޕް އަޅާ އެއްސިކަމާއި، މިކަން މިހެން
ހިނގައިދިޔައިރު ގާތްގަނޑަކަށް އެރޭގެ 11:00 ހާއިރު ވެދާނެ ކަމަށާއި،
ޑިހިރާއްޖޭގެ ހައި
4 22
0444
ی کوری
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 1
23169
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2013/HC-A/11
کی عمری
ދެވެ
13 ޤަޟިއްޔާ ނިމުނު "
އޭގެ ފަހުން ކޮޓަރީގައި ހުރި ބަނގުރާ (ވޮޑްކާ) ފުޅިއަކުން ސްޕްރައިޓް ފުޅިއެއްގެ ތެރެއަށް
ވޮޑްކާ އަޅައިގެން ދެމީހުން މަސްތުވީ ކަމަށާއި، އަދި އެގޮތަށް މަސްތުވެގެން ފާތިމަތު ހަނާ އެނދުގައި
ނިދުނީކަމާއި، އޭރު އަޙްމަދު މުއްރަތު އެދުގައި އިށީދެ އިން ކަމަށާއި، ފާޠިމަތު ހަނާއަށް ހޭލެވުނީ
01 ޖުލައި 2012 ގެ ހެނދުނު 06:00 ހާއިރު ކަމަށާއި،
20x
އށް
ވ 24
އަޑު
ކޑޖ2
ހ722ހ2
ހޅުވާކޮށް
24 )
އޭރުވަނީ އަޙްމަދު ނަޖީބު މަރާލާފައި ކަމަށާއި، އަދި ކަންހިނގިގޮތް އެހުމުން އެރޭ
ބަނގުރާ ބޮއިގެން ފާޠިމަތު ހަނާއަށް ނިދުމުން އޭގެ ފަހުން އަޙްމަދު މުއްރަތަށްވެސް ނިދުނީ ކަމަށާއި،
އަޙްމަދު މުއްދަތަށް ހޭލެވުނީ ނަޖީބު ހަޅޭއްލަވާ އަޑަށް ކަމަށާއި، އަދި ނަޖީބުގެ ހަޅޭކުގެ
މުއްރަތުގެ މަންމަ އެއީ
ކޮން
އެހި ކަމަށާއި، އެހެންކަމުން ނަޖީބު ގަދަހަދާ އިތުރަށް
މަސައްކަތްކުރުމުން އަޙްމަދު މުއްރަތު ކުރިން ގެންގުޅުނު ވަޅިން ހަމަލާދިނީކަމަށް އަޙްމަދު މުއްރަތު
ފާޠިމަތު ހަނާ ގާތު ބުނެފައިވާކަމަށް ފާތިމަތު ހަނާގެ ބަޔާނުގައި ބުނެ އަޙުމަދު ނަޖީބު މަރާލުމަށް ކުރިން
ރޭވިކަމަށް ފާތިމަތު ހަނާ އެއްބަސްވެފައިވާއިރު، މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ އެބަޔާނާއި ގުޅޭގޮތުން
ޝަރީޢަތުގެ ފަރާތުން ސުވާލުކުރުމުން، އެބަޔާނަކީ އެއްވެސް މަޖްބޫރުކަމެއްނެތި ފުރިހަމަ އިޚްތިޔާރުގައި
ދީފައިވާ ބަޔާނެކަމަށް 05 ޖުލައި 2012 ގައި ކްރިމިނަލް ކޯޓަށް ފާޠިމަތު ހަނާގެ ފަރާތުން ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ
މަފްރޫމަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ،
ސައްޙަ އިޢުތިރާފެއްކަން އެނގޭއިރު، ފާޠިމަތު ހަނާގެ ފަރާތުން ތަޙްޤީޤަށް ދިފައިވާ ބަޔާނުގައި އެއްބަސްވެ
އިޤްރާރުވެފައިވާ ކަންކަން ޝަރީޢަތުގެ ފަރާތުން އިތުރަށް އޮޅުންފިލުވުމަށްޓަކައި ޝަރީޢަތުގެ ފަރާތުންވެސް
ފާޠިމަތު ހަނާއާއި ސުވާލުކޮށްފައިވާކަން އެނގޭކަމާއި، މިގޮތުން މިކަން ހިނގާދިޔަ ގޮތާއި، އަޙްމަދު ނަޖީބު
މަރާލަން ޖެހުނު ސަބަބާއި، މިކަމުގައި ފާޠިމަތު ހަނާގެ ބައިވެރިވުން އޮތް މިންވަރާއި މިފަދަ ކަންކަން
ސާފުކުރުމަށް ޝަރީޢަތުގެ ފަރާތުން ސުވާލުކުރުމުން، ފާތިމަތު ހަނާގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ
ބަޔާނަށް ބާރުލިބޭގޮތަށް އަޙްމަދު ނަޖީބު މަރާލުމުގައި ފާތިމަތު ހަނާ އެހީތެރިވެފައިވާކަމަށް ފާޠިމަތު ހަނާގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، ޖިނާއީ ޤާނޫނުގައި އިޢުތިރާފް"
އަކީ، ކުށެއްކަމަށް ޤާނޫނުގައި ނުވަތަ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢަމަލެއް ކުރިކަމަށް ނުވަތަ
އެޢަމަލުން ބައެއް ކުރިކަމަށް، ޤާނޫނީގޮތުން ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 331627
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
ދިވެހިރާއްޖާގެ ހައިކޯa
14 ޤަޟިއްޔާ ނިމުނު "
2013/HC-A/11
کی عمری
ދެވެ
ތަޙްޤީޤެއްގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށްވާ އިޤްރާރު، ނުވަތަ
އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށް ދޭ ހެކިބަސްކަމާއި،
އިޢުތިރާފަކީ، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ
މުހިންމު އެއް ވަސީލަތްކަމާއި، މިގޮތުން ޖިނާއީ ޤާނޫނުގައި އިޢުތިރާފު ބެހިގެންވަނީ ދެބަޔަކަށްކަމާއި؛
ފުރަތަމަ ބަޔަކީ: ޤަޟާއީ އިޢުތިރާފު (Judicial Confession) ކަމާއި، ދެވަނަ ބަޔަކީ: ޤަޟާއީ ނޫން
އިޢުތިރާފު Extrajudicial Confession) ކަމާއި،
ޤަޟާއީ އިޢުތިރާފަކީ ތުހުމަތުކުރެވޭމީހާ ފަނޑިޔާރެއްގެ ކުރިމަތީގައި ޝަރީޢަތުގެ
މަޖިލީހުގައިވާ އިޢުތިރާފުކަމާއި، އަދި ޤަޟާއީ ނޫން އިޢުތިރާފަކީ، ތުހުމަތުކުރެވޭމީހާ ޝަރީޢަތުގެ
މަޖިލީހުން ބޭރުގައި، ތަޙުޤީޤު މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރިމަތީގައި ނުވަތަ އެނޫންވެސް
ފަރާތެއްގެ ކުރިމަތީގައިވާ އިޢުތިރާފުކަމާއި،
ޤަޟާއީ ނޫން އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ދެ ގޮތެއްވާކަމާއި، ފުރަތަމަ
ގޮތަކީ: ތުހުމަތު ކުރެވޭ މީހާ އިޢުތިރާފުވީކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ނުވަތަ ބަޔަކު ދޭ
ހެކިބަހުގެ ސިފައިގައިކަމާއި، ދެވަނަ ގޮތަކީ: ތުހުމަތު ކުރެވޭ މީހާގެ އިޢުތިރާފު ހިމެނޭ
ސިފައިގައި ހުށަހެޅުން! ކަން އިނގޭކަމާއި،
2c2
ރ 04
we
2 0 2 04
ހއއގ
ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު
ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި2 ބަޔާންކޮށްފައިވީ ނަމަވެސް، ތުހުމަތުކުރެވޭ މީހަކު ތަޙްޤީޤަށް ދޭ ބަޔާނެއްގައި
ކުންކުރިކަމުގެ މައްޗަށް އިޢުތިރާފުވުމަށްފަހު، އެބަޔާނާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރެވޭ
ހިނދު އެބަޔާނަކީ އެއްވެސް މަޖުބޫރުކަމެއްނެތި ދީފައިވާ ބަޔާނެއްކަމަށްބުނެ އެބަޔާނުގައިވާ ކަންކަމުގެ
މައްޗަށް އެއްބަސްވާކަމަށް އެފަރާތުން ޝަރީޢަތުގެ މަޖިލީހުގައިވެވޭ އިޢުތިރާފަކީ، އެކުށްކުރިކަމުގެ މައްޗަށް
ޝަރީޢަތުގެ މަޖިލީހުގައިވެވޭ އިޢުތިރާފެއްކަމާއި،
2c4
]
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:23/SC
-
A/2011 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 5
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/6471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/11
می هرکی
=32
15 ޤަޟިއްޔާ ނިމުނު ގޮ
އިޢުތިރާފު ނުވަތަ އިޤްރާރަކީ، އިސްލާމީ ޝަރީޢަތުގައި ސާބިތުކުރުމުގެ ވަސީލަތްތަކުގެ
ތެރެއިން އެންމެ ބޮޑު ބުރަދަނެއް ދެވޭ އަދި އެންމެ މަތީދަރަޖަ ދެވިފައިވާ ވަސީލަތްކަމާމެދަކު ޝަރުޢީ އަދި
ޤާނޫނީ ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނެތްކަމާއި،
އެގޮތުން އިސްލާމީ ފިޤްހުގައި ސާބިތުކުރުމުގެ ( ވަސީލަތަށް "ޕޯلا) للل&" ގެ ލަޤަބު
ދެވިފައިވާކަމާއި،
ފާތިތަކު+
އެހެންކަމުން ބާލިޣުވެ، ބުއްދި ސަލާމަތުންހުރި މީހަކު އެއްވެސް މަޖްބޫރުކަމެއްނެތި އޭނާގެ
ފުރިހަމަ އިޚްތިޔާރުގައިހުރެ، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިޢުތިރާފަކީ ޞައްޙަ
އިޢުތިރާފެއްކަމުގައި ނޫނީ ނުބެލެވޭނެކަމާއި، ޤަޟާއީ އިޢުތިރާފު ނުވަތަ ޝަރީޢަތުގެ މަޖިލީހުގައިވާ
އިޢުތިރާފުން ރުޖޫޢަވުމާއި ގުޅޭގޮތުން އިސްލާމީ ފިޤުހު ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަޔާންކުރުންތަކަށް
ބެލުމުން އެފަދަ އިޢުތިރާފްގެ މައްޗަށް ބުރަދަނެއް ދިނުމުގައި ދެ ޙާލަތެއް އޮންނަކަން އިސްލާމީ ފިގުހުގެ
ތަކުން އެނގެން އޮންނަކަމާއި، މިގޮތުން ފުރަތަމަ ޙާލަތަކީ ހަމައެކަނި މާތް ﷲ ގެ ޙައްޤު
އެކުލެވޭކަމެއްގައި ވެވޭ އިޢުތިރާފުކަމާއި، މީގެ މިސާލަކީ ޙައްދު ކަނޑައެޅިފައިވާ ކުށްތައްކަމާއި، ދެވަނަ
ޙާލަތަކީ އާދަމް ދަރިޔާގެ ޙައްޤެއް އެކުލެވޭކަމެއްގައި ވެވޭ އިޢުތިރާފުކަމާއި، ފުރަތަމައިން ބުނެވުނު
ޙާލަތުގައި ވެވޭ އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަދަނެއްދެވިދާނެކަމަށް ޢިލްމުވެރިން
ވިދާޅުވާކަމާއި،
އެހެންނަމަވެސް
ޤިޞާޞްގެ މައްސަލަތައްފަދަ އާދަމް ދަރިޔާގެ ޙައްޤު
އެކުލެވިގެންވާކަމެއްގައި އެފަދަ މީހަކު އެފަދައިންވާ އިޢުތިރާފުގައި ނުވަތަ އިޤުރާރުން ރުޖޫޢަ
ނުވެވޭނެކަމާއި،
މިގޮތުން "ލޮޖާهللل316 މިފޮތުގައި، އިޤްރާރު ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވާގޮތަށް
އެމީހާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެފައިވާ އިޤްރާރަކީ، އޭގައި އެހެން މީހެއްގެ ޙައްޤު އެކުލެވޭގޮތަށް
ވެފައިވާ އިޤްރާރެއް ކަމުގައިވަނީނަމަ، އެ އިޤްރާރުން ރުޖޫޢަ ނުވެވޭނޭކަމަށް ބަޔާންކުރައްވާފައިވާކަމާއި،
4 22
9
"لفޖޫ2 | ހޯهގ للته41 މިފޮތުގައި، މީހަކު އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށްވާ
އިޤްރާރަކީ، އެހެންމީހެއްގެ ޙައްޤެއް އެކުލެވޭގޮތަށް ވެފައިވާ އިޤްރާރެއްކަމުގައި ވަނީނަމަ، އެމީހެއްގެ
ހައިކޯa
3 ޤަޤު |لޑާ |لللا هلاޖه. (22713)
4|لهه& هللތ هللل:2. للللهޅ ههلهللللل(619/6)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316/1
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/11
مری
ޗެ3=
16 ޤަޟިއްޔާ ނިމުނު ؟
ރުހުންނެތި އަނބުރާ އެއިޤްރާރުން ރުޖޫޢަ ނުވެވޭނެކަމާމެދަކު އިސްލާމީ ފިޤްހް ޢިލްމްވެރިންގެ މެދުގައި
ޚިލާފެއް ނެތްކަމަށް ބަޔާންކުރައްވާފައިވާކަމާއި،
92
2 ހތ
ޝަރުޠުތައް
ex
އާއި 4.3ށް
އަދި "ޤަޤު ލޮޑާ = هل &&<"6 މިފޮތުގައި، އިޤްރާރު ޞައްޙަވުމުގެ
ފުރިހަމަވާ ގޮތަށް މީހަކު ވާ އިޤްރާރުގައި އެހެންމީހެއްގެ ޙައްޤެއް އެކުލެވޭނަމަ އެއިޤްރާރާއި
ޙުކުމްކުރުމަކީ ފަނޑިޔާރަށް ލާޒިމްކަމެއްކަމަށާއި، އެމީހަކުވީ އިޤްރާރާއި ޚިލާފަށް އެމީހަކު ބުނާނަމަ އެކަން
ސާބިތުކޮށްދިނުމަކީ އެއިޤްރާރު ވީމީހާގެ ޒިންމާއެއްކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނައިރު،
މިއުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ މިކޯޓުގެ ނަންބަރު 84/HC
-
A/2013 ޤަޟިއްޔާގައި
ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި،
މިމައްސަލައިގައި ފާތިމަތު ހަނާގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، އަޙްމަދު
ނަޖީބު މަރާލުމަށް ކުރިން ރޭވިކަމަށް ތަޙްޤީޤުގައި އިޤުރާރުވެ، އެފަދައިން ވެފައިވާ އިޤުރާރާއި ގުޅޭ ގޮތުން
ޝަރީޢަތުން ސުވާލުކުރުމުން އެއީ އެއްވެސް މަޖުބޫރުކަމެއްނެތި ވެފައިވާ އިޤުރާރެއްކަމުގައި ދަށު ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މިފަދައިން އިޤުރާރުވެފައިވަނީ، މޯލްޑިވްސް ޕޮލިސް
ސަރވިސްގައި ހާސްވެގެން ހުރެ ބަޔާންދޭން ޖެހުމުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާޠިމަތު ހަނާގެ
ފަރާތުން ބުނެފައިވީނަމަވެސް، އެއީ ފާތިމަތު ހަނާ ނުކުރާކަމެއް ކުރިކަމަށްބުނެ ކުށެއްކުރިކަމުގެ މައްޗަށް
އިޢުތިރާފުވުމަށް އޮތް މަޖުބޫރީ ޙާލަތެއް ކަމުގައި ބެލެވެންނެތްކަމެވެ.
ceco7
(ކ) ހަތްވަނަކަމަކީ، ކްރިމިނަލް ކޯޓުން ފާޠިމަތު އަނާގެ މައްޗަށް ކޮށްފައިވާ ޙުކުމް
އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާޠިމަތު ރަނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފް
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ފާޠިމަތު އަނާގެ ފަރާތުން މިމައްސަލައިގައި ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، މިމައްސަލައިގައި ފާޠިމަތު ހަނާގެ ފަރާތުން ނަގާފައިވާ
މައިގަނޑު ދިފާޢުއަކީ، ފާޠިމަތު ހަނާގެ ފަރާތުން ޝަރީޢަތަށް އަދި ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި،
ފާޠިމަތު ހަނާ އަޙްމަދު ނަޖީބު މަރާލުމުގައި ބައިވެރިވެފައިވާކަމަށް ބުނެފައިވަނީ، އަޙްމަދު ނަޖީބު
ގޮނޑީގައި ޓޭޕް އަޅައި ބަނދެފައިވާތީކަމަށާއި، އެހެންނަމަވެސް އަޙްމަދު ނަޖީބު ގޮޑީގައި ބަނދެ ޓޭޕް އެޅި
ވަގުތަކީ ރޭގަނޑު ގާތްގަނޑަކަށް 10:00 ހާއިރުކަން އެނގެން އޮވެފައި، އަޙްމަދު ނަޖީބު މަރާލެވުނުކަން
5 ޤާފީ للاsاތ ﷲލc ههللا |63هلاދ. للﷲ هلل هلا (623)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3164
/
1އީ
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/11
کی عمری
=2
17 ޤަޟިއްޔާ ނިމުނު ގޮ
އެނގެން އޮތީ، އެރޭ ދަންވަރު 3:00 އާއި 4:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށްވުމާއި، އަޙްމަދު ނަޖީބު
މަރާލި ވަގުތު ފާޠިމަތު ރަނާ އޮތީ ނިދަންކަން ޝަރީޢަތުގެ މަޖިލީހަށް ފާޠިމަތު ރަނާ އާއި މިކަމުގައި
ބައިވެރިވެފައިވާ އަޙްމަދު މުއްރަތު ދީފައިވާ ބަޔާނުން ސާބިތުވާއިރު، އަޙްމަދު ނަޖީބު ގޮނޑިއާއިއެކު
ބަނުމުގެ މަޤްޞަދަކީ އަޙްމަދު ނަޖީބު މެރުން ނޫންކަމަށާއި، އެކަން ކުރީ ފޭރުމުގެ ޤަސްދުގައިކަމަށްވާތީ،
ފާތިމަތު ހަނާ ސީދާ ގޮތެއްގައި އަޙްމަދު ނަޖީބު މަރާލުމުގައި ބައިވެރިވެފައިވާކަން ދައުލަތަށް
ސާބިތުކޮށްދެވިފައިނެތްއިރު، ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ރުކުންތައް ފާތިމަތު ހަނާ ކުޅަ ޢަމަލުގައި
ފުރިހަމަވާންނެތުމުން، ޤަސްދުގައި މީހަކު މަރާލުމުގެ ކުށުން ފާޠިމަތު ހަނާ ކުށްވެރިނުވާނެކަމަށް ބުނާ
ބުނުންކަން އެނގެން އޮންނަކަމެވެ.
42 0
(އ) އަށްވަނަކަމަކީ، އިސްލާމީ ޝަރީޢަތަށް ބަލާއިރު، މަރުގެ ވައްތަރުތައް ބެހިފައިވާ
ގޮތާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވިޔަސް، هلهل هللا ގެ އަރިހުގައި މަރުގެ
ވައްތަރުތައް ބެހެނީ 03 ބަޔަކަށްކަމާއި، އެއީ؛ (1) هلا للهل (އަލްޤަތުލު އަލްޙަމްދު، (2) هل للا
لهل (އަލްޤަތުލު ޝިބުހު އަލްޢަމްދު)، (3) اهللا (އަލްޤަތުލު އަލްޚަތައު) ކަމާއި،
މީގެތެރެއިން لا ޅهل (ޤާޞޫދު މަދު) އަކީ، ޢާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން
ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް
ޙަމަލާ ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް
ހަމަލާ ދިނުމުގެ ސަބަބުނުން އެމީހާ މަރުވުން، ކަމާއި،
csل ކަ(ޤަޞޫދު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް
ލާޒިމްކުރާކަމާއި، އެއީ؛ (1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ
ހުއްދަކުރެވިފައިވާ ނުވާ) މީހެއްކަމުގައި ވުން، (2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ
ނަތީޖާއެއްގެ ގޮތުން ކަމަށްވުން. (3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ
ކަމުގައިވުން. މިތިން ރުކުން ކަން އެނގެން އޮތްއިރު،
ގ ބޑތ ތދޫ ތ
ޢަމަލެއްކަމުގައި
6|لهه| للތ هلللا4 · fللللهފ ههلا للا هل (2216)
7|لهل | هلللا2 · لللكلهފ هللا للا هل (2246).
التشريع الجنائي الإسلامي مقارنا بالقانون الوضعي. الدكتور عبد القادر عودة (122)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:1964 ދިވެހިއްޓެވެ
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮ
کی مری
2013/HC-A/11
=32
کی سی سی کی
ބަޔަކު މީހަކު މެރުމަށް އެބައި މީހުންގެ ޤަސްދުއޮތްކަން ޝަރުޢީ
މިންގަނޑުތަކުން ސާބިތުވާ ހިނދު، އޭނާ މެރުމުގައި، އޭގެ ތެރެއިން ކޮންމެ މީހެއްގެ ޢަމަލު އެއީ އޭގެ
ޒާތުގައި، އެމީހެއްގެ ފުރާނަ ހިގާދަނިވި ޢަމަލެއްކަމުގައި ނުވިނަމަވެސް، އެޖަމާޢަތުގެ މީހަކު އެޢަމަލު
ހިންގުމުގައި ބައިވެރިވެފައިވާކަން ސާބިތުވާނަމަ އެއެންމެންނަކީވެސް އެމީހަކު މަރާލުމުގައި ބައިވެރިވެފައިވާ
ފަރާތްތަކެއް ކަމުގައި ބަލައި އެއެންމެންގެ ކިބައިންވެސް ޤިޞާޞް ހިފޭނެކަމަށް މީގެ ކުރިން ނިންމަވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ 56/HC
-
A/2005 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
OXO
މިއުޞޫލަކީ، އިސްލާމީ ފިޤުހުގައި ބަޔާންކޮށްފައިވާ ތަމާލުއު" ގެ އުޞޫލުކަމާއި،
މިގޮތުން، ތަމާލުމުގެ އުޞޫލުގެ ތަޢުރީފާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތްނަމަވެސް، ޖުމުހޫރު
ޢިލްމުވެރިންގެ ގާތުގައި ނަމާލުމުގެ ޙާލަތަކީ، ކުރިން ވަކިމީހަކު މަރާލުމަށް ރާވާ އެއްބަސްވުމަށްފަހު
އެކަމުގައި ބައިވެރިވާ ކޮންމެ މީހަކުމެ އެކަން ކުރުމުގެ ޤަޞްދު އޮވެގެން އެމީހަކު ކުރާ ވަކިވަކި ކަންކަމަކީ
ޤަތުލުވެގެންދާނެ ކަމަކަށް ނުވިނަމަވެސް، އެއެންމެން ޤަޞްދުގައި މީހަކު މަރާލިކަމަށް ބެލެވޭނެކަމަށް ބުނާ
ޙާލަތުކަމާއި، މިކަމަށް ދަލީލު ކޮށްދެނީ އިސްލާމީ ޚިލާފަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު އަޙުލުއްސުންޖާގެ
07 މީހަކު އެންމެ މީހަކު މަރާލުމުގެ ކުށުގައި މެރުމަށް އަމުރުކުރެއްވި ކުރުމާއި، އެކަމަށް އަސްޙާބު
ބޭކަލުން ވެފައިވާ އިޖުމާޢުކަމާއި، މީގެ އިތުރުން މީހަކު މަރާލާނެކަން އެނގިހުރެގެން މަރާލުމަށް
ފަސޭހަކޮށްދިނުމަށްޓަކައި މަޤްބޫލު ހިފަހައްޓާ މީހާގެ ޙުކުމާމެދު އިސްލާމީ ޢިލްމުވެރިންގެ ރަޢުޔު
ބަޔާންކުރައްވާފައިވާއިރު، މަޤްތޫލު ހިފަހައްޓަނީ އޭނާ މިސާލަކަށް: ހިފަހައްޓާއިރު ޤާތިލުގެ އަތުގައި ވަޅިއެއް
އޮތުންފަދަ، މަރާލަފާނެކަން އެނގިހުރެގެން ކަމަށް ވާނަމަ، ހިފަހައްޓާ މީހާގެ ޙުކުމަކީވެސް ޤިޞާޞްގެ
ގޮތުގައި މަރު ހިފުންކަމަށް މާލިކީ މަޒުހަބުގައި ކަނޑައަޅާފައިވާކަމަށާއި އެކަން އެގޮތަށް ކުރަންޖެހޭ
ސަބަބަކީ ހިފެހެއްޓުމުގެ ޢަމަލަކީ މަޤްބޫލު މަރުވެދިޔުމުގެ ސަބަބެއްކަ ވާތީކަމަށް ބަޔާންކޮށްފައިވާކަމާއި
ހަމައެގޮތަށް އެރަޢުޔަކީ ހަންބަލީ މަޒުހަބުގެ ޢިލްމުވެރިންގެވެސް ރަޢުޔެއްކަމަށް ބަޔާންކޮށްފައިވާއިރު،
ޖަމާޢަތް ހަދައިގެން މީހުން މަރާލުމުގެ މައްސަލަތަކުގައި ޢާއްމުކޮށް އެކަން ކުރެވެނީ ކުރިން ރާވާ
ރޭވުމެއްގެ މައްޗަށް ކަމުގައިވާއިރު، މީހަކު މަރާލުމަށް ކުރިން ރާވާ އެކަން ހިންގުމުގައި ބައިވެރިވާ
އެންމެހައި ފަރާތްތަކަށް މަރުގެ އަދަބު ނުދެވެނީނަމަ، އެކަމަކީ އިސްލާމީ ޝަރުޢުގައި ކަނޑައަޅުއްވާފައިވާ
ޤިޞާޞް ހިފުމުގެ ސަބަބުން ލިބެން އޮތް އަމާންކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފާނެ ސަބަބެއްކަމުގައި
ވެދާނެކަމާއި، މިގޮތުން މަރުގެ އަދަބުން ސަލާމަތް ވުމަށްޓަކައި، މިފަދަ މީހުން އެކަން ކުރާނީ ޖަމާޢަތް
ހަދައިގެން ކޮންމެ މީހަކު ވަކި ޢަމަލެއް ކުރާ ގޮތަށްވުމަކީ ނުވެ ނުދާނެކަމެއްކަމާއި، އަދި މިބާވަހާއި ހުކު
06 މހކ
އެކަމަށް
OXO
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
19 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/11
و مری
މައްސަލަތަކުގައި ކުރިން ރާވައިގެން މަރާލުމުގައި ބައިވެރިވާ ފަރާތްތަކަށް ޤަސްދުގައި މީހަކު މަރާލުމުގެ
އަދަބު ދޭންޖެހޭ ސަބަބެއްކަމަށް ޢިލްމުވެރިން ވިދާޅުވާކަމާއި،8
މިހެންކަމުން މަރާލުމަށް ކުރިން ރާވާ ރޭވުމެއް ނެތި، މަރާލެވޭ މަރާލެވުންތަކުގައި
މަރާލުމުގެ ސީދާ ޢަމަލަށް ހަމަލާގެ ވާޤިޢާ ކަނޑައަޅާ ގޮތާއި، މަރާލުމަށް ކުރިންސުރެ ރާވައިގެން އެކަމުގެ
ޤަސްދު އޮވެގެން ހިންގާ ޙާދިސާތަކުގައި މަރާލުމަށް ދެވޭ ސީދާ ޙަމަލާގެ ވާޤިއާ ކަނޑައަޅާގޮތް ތަފާތުވާނެ
ކަން އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް ބެލުމުން އެނގެން އޮތްއިރު، މަރާލުމުގެ ޤަސްދު
ކުރިން އޮތްކަން އަދި އެކަން ކުރިން ރޭވިކަން ސާބިތުކުރެވިދާނެ ދެގޮތެއް ވާކަމާއި، އެއިގެ ތެރެއިން
ފުރަތަމަ ގޮތަކީ، މަރާލުމަށް ޙަމަލާދިނުމުގައި ބޭނުންކުރި ހަތިޔާރުގެ ތަބީޢަތަށް ބަލައިކަމާއި، ދެވަނަ
ގޮތަކީ، މަރާލުމަށް ޤަސްދުއޮތްކަމަށް ވެވޭ އިޢުތިރާފުން ނުވަތަ ހެކިންގެ ހެކިބަހުން ދެނެގަނެވޭ ދެނެގަތުމަށް
ބަލައިގެންކަން އެނގޭކަމެވެ.
(ވ) ނުވަވަނަކަމަކީ، އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި، މިމައްސަލައިގައި ފެންނަން
ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، 2012 ޖުލައި 01 ވަނަ ދުވަހު އަޙްމަދު ނަޖީބު މަރާލުމުގެކުރިން
އަޙްމަދު ނަޖީބު މަރާލުމަށް ހ.މަސްރޫރާ އަޙްމަދު މުއްރަތާއި ފާޠިމަތު ހަނާއާއި ދެމީހުންކުރިން ރާވާ
އެކަމަށް ތައްޔާރީތަކެއްވީކަން އަދި އަޙްމަދު ނަޖީބު މަރާލުމުގެ މިޢަމަލުގައި ފާޠިމަތު ހަނާ ޢަމަލީގޮތުން
ބައިވެރިވެފައިވާކަން، އަދި އަޙްމަދު ނަޖީބު މަރާލުމަށްފަހު، އެކަން ސިއްރުކޮށް، އަޙްމަދު ނަޖީބުގެ
މަރުވެފައިވާ ހަށިގަނޑު ފޮރުވަން މަސައްކަތްކުރިކަން ފާތިމަތު ހަނާގެ ފަރާތުން އެބަޔާނަކާއިމެދު
އިޢުތިރާފުވެފައިވާ ތަޙްޤީޤު ބަޔާނުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުން އެނގެން
އޮންނަކަމާއި،
22
އެގޮތުން، އަޙްމަދު ނަޖީބު މަރާލުމުގެ ޤަސްދެއް ނެތްކަމަށާއި، ހަމައެކަނި އޮތީ އަޙްމަދު
ނަޖީބުގެ އަތުން ފައިސާ އަތުލުންކަމަށް ފާޠިމަތު ހަނާގެ ފަރާތުން ބުނެފައިވީނަމަވެސް، އަޙްމަދު ނަޖީބުގެ
އަތުގައި ގިނަޢަދަދެއްގެ ފައިސާ ހުންނާ
ހުންނާނެކަމުގެ މަޢުލޫމާތު ލިބިފައިވާތީ،
އޭނާއަތުން ފައިސާ ހޯދުމަށްފަހު، ފޮތިގަނޑަކުން ނޭވާ ހާސްކޮށް މަރާލުމަށް އަޙްމަދު މުއްރަތުއާއި ފާތިމަތު
ހަނާއާއި ދެމީހުން ރާވައިގެން، 01 ޖުލައި 2012 ގެ ގާތްގަޑަކަށް މަހެއްހާ ދުވަސްކުރިން އަޙްމަދު ނަޖީބު
ދިރިއުޅޭ ގެއަށްގޮސް
ދިވެހިރާއްގެ
5 އަލް ޖިނާޔާ ޢަލަލް އަބްދާން ވަމޫޖިބުހާ ފިލް ފިޤްހުލް އިސްލާމީ މ. މުރުސީ ޢަބްދުލް ޢަޒީޒުއް ސަމާޙީސަފްޙާ 78
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު ގޮ
¢ ¢ ¢3
3,2
2013/HC-A/11
کی مرگی
22
ދިރިއުޅޭ ގެއަށް ގޮސްފައިވާނެކަމަށާއި، ނަމަވެސް އެގެއަށް ގޮސް އުޅެނިކޮށް އެހެން މީހަކަށް ފެނިދާނެތީ،
ދެމީހުން އަލުން ވިސްނުމަށްފަހު، މައްސަލައެއްގެ ވާހަކަ ދައްކަންކަމަށްބުނެ އަޙްމަދު ނަޖީބު
މ.މަސްރޫމާގެއަށް ގެނައުމަށް ނިންމިކަމާއި، އެގޮތުން އަޙްމަދު ނަޖީބު ބޭނުންކުރާ ދިރާގު ޕޯސްޕެއިޑް
ނަންބަރަކާއި ޕްރީޕެއިޑް ނަންބަރެއް އަޙްމަދު މުއްރަތު ހޯދުމަށްފަހު ފާތިމަތު ހަނާ އަށް ދީފައިވާކަމަށާއި،
އެގޮތުން އަޙްމަދު ނަޖީބުއާ ވާހަކަ ދައްކަމުން ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އެކަމަށް
އެއްބަސްވިކަމަށާއި، އޭގެ ފަހުންވެސް ފައިސާ ހޯދާނެ އިތުރު ގޮތެއް އޮތްތޯ އަޙްމަދު މުއްރަތު އާއި ފާޠިމަތު
ހަނާއާއި ދެމީހުން ވާހަކަދައްކާ މަޝްވަރާކުރިކަމަށާއި، ނަމަވެސް އަޙްމަދު ނަޖީބު އަތުން ފައިސާ
ހޯދުމަށްފަހު އޭނާ މަރާލުން ފިޔަވައި އިތުރު އެއްވެސްގޮތެއް އެދެމީހުނަށް ވިސްނިފައިނުވާކަމަށް ފާތިމަތު
ހަނާގެ ފަރާތުން ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައި ބުނެފައި އޮތުމުން، މިހާދިސާގައި ފާޠިމަތު ހަނާގެ
ފަރާތުން އެއިޝާރާތްކުރާ ފޭރުމުގެ ޢަމަލު ތަންފީޛުކުރުމަށް ރޭވިފައިވަނީ އަޙްމަދު ނަޖީބު މަރާލައިގެންކަން
ފާޠިމަތު ހަނާއާއި، އަދި މިޢަމަލުގައި ބައިވެރިވާ ދެވަނަ ފަރާތްކަމުގައިވާ އަޙްމަދު މުއްރަތުގެ ބަހުން
އެނގެން އޮންނަކަމާއި، އަދި މިކަން ޢަމަލީގޮތުން ތަންފީޛުކުރުމަށްޓަކައި އަޙްމަދު ނަޖީބުއަށް ގުޅައި،
މ.މަސްރޫރާއަށް ގެނައީ ފާޠިމަތު ހަނާކަން ފާތިމަތު ހަނާގެ ބަހުން އެނގޭއިރު، އަޙްމަދު ނަޖީބު މަރާލުމަށް
ދެވުނު ހަމަލާގެ ސީދާ ވާޤިޢާ ފެށޭ ހިސާބަކީ އަޙްމަދު ނަޖީބަށް ޙަރާކަތެއް ނުކުރެވޭ ގޮތަށް އޭނާ
ގޮނޑިއެއްގައި ބަނދެ، މޫނާއި އަތާއި ފައިގައި ޓޭޕްއެޅުނު ހިސާބުކަމަށް ވާއިރު، އަޙްމަދު ނަޖީބު ބަނުމުގެ
ވާޤިޢާ ހިނގާދިޔަ ވަގުތު އަޙްމަދު މުއްރަތު ހުރީ މަރާލުމުގެ ޤަޞްދު ފާޅުވެދިޔަ އަސާސް އެމައްޗަށް ބިނާވި
ޢަމަލުކަމުގައިވާ ވަޅިން އަޙްމަދު ނަޖީބަށް ބިރުދައްކައިގެން އެނގޭކަމާއި، މީގެ އިތުރުން އަޙްމަދު ނަޖީބު
މަރުވުމަށްފަހު، އެކަން ސިއްރުކުރުމުގެ ގޮތުން އަޙްމަދު ނަޖީބުގެ ހަށިގަނޑު ފޮރުވުމުގައިވެސް ފާތިމަތު
ހަނާގެ ފަރާތުން ޢަމަލީގޮތުން ބައިވެރިވެފައިވާކަން އެނގޭކަމާއި، މިހެންކަމުން، ޝަރުޢީ އަދި ޤާނޫނީ
ގޮތުން މީހެއްގެ ފުރާނަ ޙިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ އަމުރުތަކުގެ މައްޗަށާއި، ޖަމާޢަތެއް
ބައިވެރިވެގެން މީހަކު މަރާލުމުގެ ޤަސްދު އޮވެގެން ހިންގާ މިފަދަ ޖަރީމާތަކުގައި ކުށުގެ މަސްއޫލިއްޔަތު
ޢިލްމުވެރިން ބުރަވެލައްވާ ކަންކަމުގެ މައްޗަށް ބަލާއިރު، އިސްވެ ބުނެވުނު ވާޤިޢާތަކުގައި
ފާޠިމަތު ހަނާގެ ޢަމަލުތަކުން ފުރިހަމަވި ލޭ ހުއްދަކުރެވިފައި ނުވާ އިންސާނަކު މަރާލުމަށް ޤަޞްދުއޮތްކަން
އެނގުމާއި، އެކަން އެގޮތަށް ކުރަން ކުރިން ރާވާފައިވާކަން އެނގެން އޮތުމާއި، އަޙްމަދު ނަޖީބުގެ އަތާއި
ފައި ގޮނޑިއެއްގައި ޓޭޕުން ބަނދެ، އަނގައާއި މޫނުމަތީގައި ޓޭޕް އޮޅައި މިޢަމަލުތައް ހިނގަމުން ދިޔައިރު
އަޙްމަދު މުއްރަތު އަޙްމަދު ނަޖީބަށް ވަޅިން ބިރުދައްކައި އެވަޅި އަޙްމަދު ނަޖީބު އިން ކޮޓަރިއަށް
ގެނައިކަން ފާޠިމަތު ހަނާއަށް އެނގި، އަދި އަޙްމަދު ނަޖީބަށް ވަޅިން ހަމަލާދިން ވަގުތު އަޙްމަދު
#
979;
(eeގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 471/133i
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
=32
2013/HC-A/11
سے کم عمر کی
21 ޤަޟިއްޔާ ނިމުނު "
ނަފްސު ދިފާޢުކުރުމުގެ
ސަބަބު ގެއްލުވާލީ ފާޠިމަތު ހަނާގެ ޢަމަލުންކަން އެނގެން އޮތުމާއި، އަޙްމަދު
ނަޖީބު މަރުވުމަށްފަހުވެސް އެކަން ސިއްރުކުރަން މަސައްކަތްކޮށް، އަޙްމަދު ނަޖީބުގެ ހަށިގަނޑު ފޮރުވަން
އުޅުމާއި މިއެންމެހައި ކަންކަން އެނގެން އޮތުމުން، އަޙްމަދު ނަޖީބު މަރާލުމުގައި، މަރާލުމަށް ދެވުނު ސީދާ
ހަމަލާގެ ވާޤިޢުގައި ސީދާގޮތުން ފާޠިމަތު ހަނާ ބައިވެރިވެފައިވާކަން އެނގޭކަމާއި، މިހެންކަމުން އަޙްމަދު
ނަޖީބުގެ މަރާލުމުގެ ޒިންމާ މ.މަސްރޫރާ އަޙްމަދު މުއްރަތެކޭ އެއްފަދައިން ފާތިމަތު ހަނާވެސް
އުފުލަންޖެހޭނެކަން އެނގޭކަމެވެ.
ހ 0
2c2 4ދ ތ
(މ) ދިހަވަނަކަމަކީ، އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް މާތް
ބާރުވެރިކަމެއް ދެއްވާފައިވާކަން ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ، لا ޖަللޑި، له
التي تحترم الله إلا بالحق ومن قتل مظلوما فقد جعلنا لوليه سلطائا فلا يسرف في القتل إنه كان منصورا 9
މާނައީ: "އަދި ތިޔަބައިމީހުން މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ
ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި މަރާލެވޭ މީހާގެ ވަލީވެރިޔާއަށް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ
ބާރުވެރިކަމެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެ
ވަލީވެރިޔަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ. މިފަދައިންކަމާއި،
މިއާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބާރުވެރިކަމަކީ، ޤާތިލުގެ ކިބައިން ޤިޞާޞް
ހިފުމާއި ނުވަތަ ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ
ބާރު މަރާލެވުނު މީހާގެ ވާރުތަވެރިންނަށް ލިބިދީފައި ވުންކަމާއި، އެހެންކަމަށްވުމާއެކު، ބުނެވިދިޔަ ގޮތްތަކުގެ
ތެރެއިން ވާރިޘުން އެދޭގޮތަކަށް މަރާލި މީހާއާމެދު ޢަމަލުކުރަންޖެހޭނެތީ، ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr
-
C/384 ޤަޟިއްޔާގައި މަރުޙޫމް އަޙްމަދު ނަޖީބުގެ ވާރިޘުންނަކީ ކޮބައިތޯ ބަލައި އެމީހުންގެ
ބަސް ހޯދާފައިވާކަން އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 15
ފާހަގަކުރެވުނު ނުކުތާތަކުގެ 15 ވަނަ ނަންބަރުން އެނގެން
އޮންނަކަމާއި،
އަޙްމަދު ނަޖީބުގެ ވާރިޘުންގެ ޢަދަދަކީ 08 ކަމާއި، އެ 08 ވާރިޘުންގެ ތެރެއިން
އިސްތިސްނާއެއްނެތި ހުރިހާ ވާރިޘުންވެސް ބޭނުންވަނީ އަޙްމަދު ނަޖީބު މަރާލި މީހެއްގެ ނުވަތަ ބައެއްގެ
ކިބައިން ޤިޞާޞް ހިފުމަށްކަމާއި، ވާރިޘުންގެ ތެރެއިން ހަމަ އެކަކުވެސް، ޤިޞާޞް ހިފުންނޫން އެހެން
ކަމެއް ބޭނުން ނުވާކަމަށް ދަށު ކޯޓުގައި ސާފު ޞަރީޙަ ޢިބާރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
9 ه| هل1 ގެ 33 ވަނަ އާޔަތް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 37h6471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/11
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިހެންކަމުން ހައިކޯޓުގެ މިމަރުޙަލާއަކީ، އަޙްމަދު ނަޖީބުގެ ވާރިޘުންގެ ބަސް އިތުރަށް ހޯދަންޖެހޭ
މަރުޙަލާއެއް ނޫންކަމެވެ.
OXO
ވީމާ، މަތީގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މ.މަސްކޫރާގެ އަޙްމަދު މުއްރަތުއާއި
ށ.ގޮއިދޫ ރިހާބު، ފާޠިމަތު ރަނާގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/384
ޤަޟިއްޔާގައި ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި، މިދެމީހުންގެ
ދަޢުވަތަކަށް، އަޙްމަދު ނަޖީބު (ދ.ރ.ކާޑް ނަންބަރު A001940) 30 ޖޫން 2012 ވަނަ ދުވަހުގެ ރޭގެ
އިރާކޮޅުގެ ވަޤުތެއްގައި މ.މަސްރޫރާގެއަށް ގެންގޮސް، އެގޭގައި އަޙްމަދު މުއްރަތު އާއި ފާތިމަތު ހަނާ
ދިރިއުޅެމުންދިޔަ ކޮޓަރިއަށް ވެއްދުމަށްފަހު، އެކޮޓަރީގައި ހުރި ގޮނޑިއެއްގައި އަޙްމަދު ނަޖީބު ބަނދެ،
އަޙްމަދު ނަޖީބުގެ އަތުގައި ހުރި ފައިސާ ފޭރުމަށްފަހު، އަޙްމަދު ނަޖީބު މަރާލުމަށް އަޙްމަދު މުއްރަތާއި
ފާތިމަތު ހަނާ ރާވާ، މަސްރޫރާގޭގައި އަޙްމަދު މުއްރަތާއި ފާޠިމަތު ހަނާ ދިރިއުޅޭ ބައިގައި ގެންގުޅުނު
ވަޅިއެއް އެކޮޓަރިއަށް ގެންގޮސް އެވަޅިން އަޙްމަދު ނަޖީބަށް ބިރުދައްކައި އެކޮޓަރީގައިހުރި ގޮޑިއެއްގައި
އަޙްމަދު ނަޖީބު ބަދެ، އޭނާގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ރަހީނުކުރުމަށްފަހު، އަޙްމަދު
ނަޖީބުގެ ކޭޝްކާޑާއި ޕިންނަންބަރު ހޯދައި އޭނާގެ ޖީބުގައިހުރި ފައިސާ ފޭރި، 01 ޖުލައި 2012 ވަނަ
ދުވަހުގެ ހެނދުނު ހެނދުނާ، ތިލާގައި "4" (ހަތަރު އިންޗި ހުންނަވަރުގެ ވަޅިއަކުން އަޙްމަދު ނަޖީބުގެ
ކަރަށް އެއްފަހަރަށްވުރެ ގިނަފަހަރު ޙަމަލާދީ އަޙްމަދު ނަޖީބު މަރާލާފައިވަނީ އަޙްމަދު މުއްރަތާއި ފާތިމަތު
ހަން ކުރިއާލާ ރާވައިގެން އަނިޔާވެރިގޮތުގައި ޤަޞްދުގައިކަން އެއްވެސް ޝައްކެތްނެތް މިންވަރަށް
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
އަޙްމަދު ނަޖީބުގެ ހުރިހާ ވާރުތަވެރިން ބޭނުންވަނީ އަޙްމަދު ނަޖީބު މަރާލިކަން
ޝަރީޢަތަށް ސާބިތުވާ މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞް ހިފުމަށްކަމަށް އެހުރިހާ ވާރިޘުންވެސް
އެއްވެސް އިސްތިސްނާއެއްނެތި ބުނެފައިވާތީ، ޝަރުޢީ ހަމަތަކުގެމަތިން ފާތިމަތު ހަނާގެ ލޭގެ ޙުރުމަތް
ކެނޑިއްޖެކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/384 ޤަޟިއްޔާގައި ކަނޑައަޅުއްވައި،
ފާތިމަތު ރަނާގެ މައްޗަށް އެޤަޟިއްޔާގައި ސާބިތުވި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ޢުޤޫބާތުގެ
ގޮތުން، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދެއްވައި، އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތިން، ށ.ގޮއިދޫ ރިހާބު ފާޠިމަތު ހަނާ (ދ.ރ.ކާޑް ނަންބާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/11
گمرکی
ދެލީ
23 ޤަޟިއްޔާ ނިމުނު ގޮ
267768) މެރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ޤަޟިއްޔާބެލި
ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްވެސްޚިލާފެއްނެތި އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް:
384/Cr-C/2012
ދެންފަހެ، ކްރިމިނަލް ކޯޓުގެ
ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ށ.ގޮއިދޫ! ރިހާބު ފާޠިމަތު ހަނާ (ދ.ރ.ކާޑް ނަންބަރު: A267768) ހުށަހެޅުމުން
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، އެކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
ރިޢާޔަތްކޮށްބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/384 ޤަޟިއްޔާގައި، އަޙްމަދު ނަޖީބު
(ދ.ރ.ކާޑް ނަންބަރު A001940) ޤަޞްދުގައި މަރާލުމުގެކުށް ފާޠިމަތު އަނާގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv