ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/111 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/jjj
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 111/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
އިސްމާއީލް ތައުފީޤު
، ދާއިމީ އެޑްރެސް: ރަބީޢީމަންޒިލް/ ހއ.ފިއްލަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މަރްޔަމް އަޤީލާ
ދާއިވީ އެޑްރެސް: ވާދީ! ހއ.ފިއްލަދޫ
އައިޑީކާޑު ނަންބަރު: A088775
* މިހާރުގެ އެޑްރެސް: ގ.ގޯލްޑަންސްޓަރ/ މާލެ
* އައިޑީކާޑު ނަންބަރު: A289641
މިހާރުގެ އެޑްރެސް: ވާދީ ހއ.ފިއްލަދޫ
ނިމުނު ތާރީޚް: 24 ނޮވެންބަރު 2016
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 މާރިޗް 2015
އިސްތިއުނާފް ކުރެވުނު ޤާޟިއްޔާ:
• ނަންބަދު: 2010/A11
-
C/14
ނިންމި ކޯޓް: ހއ.ފިއްލަދޫ
މައްސަލައިގެ ބާވަތް: ލިބެންވީ ފައިސާ ނުލިބުން
ހުށަހެޅި ތާރީޚް: 08 ޖޫން 2010
* ނިމުނު ތާރީޚް: 07 ޖުލައި 2010
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަލީ ސަމީރު، ޑީރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2015/HC-A/jjj
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
0
މިއީ، ހއ.ފިއްލަދޫ ކޯޓުގެ ނަންބަރު 2010/A11-C/14 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެމައްސަލަ އިސްތިއުނާފު ކުރުމަށް
ހއ.ފިއްލަދޫ! ރަބީޢީމަންޒިލް، އިސްމާޢީލް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހއ.ފިއްލަދޫ ވާދީ، މަރްޔަމް ޢަޤީލާވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1- ހއ.ފިއްލަދޫ ކޯޓުގެ ނަންބަރު 2010/A11
-
C/14 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހއ.ފިއްލަދޫ ރަބީޢީމަންޒިލް، އިސްމާޢީލް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2
2- ހއ.ފިއްލަދޫ ކޯޓުގެ ނަންބަރު 2010/A11-C/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ހއ.ފިއްލަދޫ މޮހޮރީގެއަށް 26 ޑިސެންބަރު 2004 ގެ ސުނާމީ
ކާރިސާގައި ފިއްލަދޫގެ ގެދޮރަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ސަރުކާރުން ދެއްވި ފައިސާއިން ހއ.އަތޮޅު
އޮފީހުން މަރްޔަމް ޢަޤީދާގެ އެއްބަނޑު އެއްބަފާ ބޭބެ އިސްމާޢީލް ތައުފީޤުއަށް ޙަވާލުކޮށްފައިވާ ފައިސާއިން،
މިހާރު އެގެ 4 ބަޔަށް ބަހާފައިވާތީ މަރްޔަމް ޢަޤީލާއަށް ދޭންޖެހޭ ފައިސާ ނުދީގެން އެ ފައިސާ ލިބިދިނުމަށް
އެދި މަރްޔަމް ޢަޤީލާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ އިސްވެ ދިޔަ ބަޔާންތަކާއި ނުކުތާތަކުގެ މައްޗަށް
ބެލިއިރު، ހއ.ފިއްލަދޫ މޮހޮރީގެއަށް ސުނާމީގައި ލިބުނު ގެއްލުން މަރާމާތުކުރު ދެއްވި
ދިވެހިރާއްޖޭގެ ހައިކޯޓް، އާޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/jjl
4 ބަޔަށް ބަހާފައިވަނިކޮށް އަތޮޅު އޮފީހުން -/193250 (އެއްލައްކަ ނުވަދިހަ ތިންހާސް ދުއިސައްތަ
ފަންސާސް) ރުފިޔާ އިސްމާޢީލް ތައުފީޤް ނަގާ، މިފައިސާއިން މަރްޔަމް ޢަޤީލާއަށް ވާ 1/4 ބައި ނުދީގެން އެ
ފައިސާ ހޯދުމަށް މަރްޔަމް ޢަޤީލާ ކުޅަ ދަޢުވާގައި އެ އަދަދަށް ފައިސާ ނެގި ކަމަށާއި، ސަރީރާ ޙަސަނުއަށް
ފައިސާ ދިން ކަމަށް އިސްމާޢީލް ތައުފީޤު އިޢްތިރާފުވެ، އަދި ފައިސާ ނަގާފައިވަނީ މަންމަ ނިޔާވެ ގެއާއި ގޯތި
ބެހިފަހުން ކަމަށްވާތީ އެހެން ފަރާތްތަކަށް ދޭން އުޅުނުކަމަށާއި، ނުދީ މަޑުކުރެވިފައިވަނީ އަތޮޅުވެރިޔާގެ
މުއާވިން އެއީ އެއް އަޅަން ދީފައިވާ ފައިސާ ކަމަށާއި، އެ ފައިސާއިން ގެ ނޭޅޭނެ ކަމަށާއި، ވަކި ޖަވާބެއް
ލިބެންދެން އެހެންފަރާތަކަށް ނުދީ މަޑުކުރަން ވިދާޅުވެފައިވާތީކަމަށާއި، އެފައިސާ ނަގާފައިވަނީ ރަށު އޮފީސް
މެދުވެރިވެގެން ނޫން ކަމަށާއި، އަތޮޅު އޮފީހުން ފޯނުކޮށްފައި ފައިސާ ބަލައި އަންނަން ބުނުމުން ކަމަށް ބުނެ
އިޤްރާރުވެފައިވާތީއާއި، މޮހޮރީގެއަށް ފައިސާ އަތޮޅު އޮފީހުން ދޫކުރެވިފައިވާކަމަށް އަތޮޅު އޮފީހުން ވިދާޅުވެފައި
ވީހިނދު، މި ފައިސާއަކީ 26 ޑިސެންބަރު 2004 ގައި ލިބުނު ގެއްލުމަށް މޮހޮރީގެއަށް ލިބިފައިވާ
ފައިސާއަކަށް ވެފައި، ފައިސާ ދީފައިވަނީ 4 ބަޔަށް ގެއާއި، ގޯތި ބެހުމަށްފަހު ކަމަށްވާތީ، ކުރިން
ހަމަޖެހިފައިވާ ފައިސާއަކަށްވާތީ، ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ބިން ބެހުނު ޤަވާޢިދުން ފައިސާ ލިބެން
ޖެހޭނެކަމަށް ކަނޑައަޅައި، މިހާރު ނަގާފައިވާ -/193250 (އެއްލައްކަ ނުވަދިހަ ތިންހާސް ދުއިސައްތަ
ފަންސާސް) ރުފިޔާގެ 1/4 އެއްބަޔަށް ވާ 48312/50 (ސާޅިސް އަށްހާސް ތިންސަތޭކަ ބާރަ ރުފިޔާ|
ފަންސާސް ލާރި) މިއަދުންފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މަރްޔަމް ޢަޤީލާއާ ޙަވާލުކުރުމަށް
އިސްމާޢީލް ތައުފީޤަށް އަންގައި ޙުކުމްކޮށްކަން އެނގެން އޮންނަކަމެވެ.
3- ހއ.ފިއްލަދޫ ކޯޓުގެ ނަންބަރު 2010/A11
-
C/14 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހއ.ފިއްލަދޫ
ރަބީޢީމަންޒިލް، އިސްމާޢީލް ތައުފީޤުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާގުޅޭ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-All]
(ހ) ފުރަތަމަ ނުކުތާއަކީ: މޮހޮރީ ގެއަކީ 4 ބަޔަށް ބަހާފައިވާ ގެއެއް ނޫންކަމަށާއި، އަތޮޅު
އޮފީހުން އިސްމާޢީލް ތައުފީޤަށް ދީފައިވާ ފައިސާއަކީ ސުނާމީގައި ލިބުނު ގެއްލުމަށް މޮހޮރީގެ މަރާމާތުކުރުމަށް
ދީފައިވާ ފައިސާއެއްކަމަށް
ކަމަށްވުމުން މި ފައިސާއިން ބައެއް މިކަމާ ނުބެހޭ ފަރާތަކަށް ދޭން ހއ.ފިއްލަދޫ ކޯޓުން
އެންގުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ހއ.ފިއްލަދޫ ކޯޓުން ކުރި ޙުކުމުގައި ވަނީ މޮހޮރީގެއަށް ލިބުނު
ފައިސާއަކީ ކުރިން ހަމަޖެހިފައިވާ ފައިސާއެއްކަމަށާއި، ނަމަވެސް މި ފައިސާއަކީ އިސްމާޢީލް ތައުފީޤަށް
މޮހޮރީގެ ލިބުނު ފަހުން ހަމަޖެހިފައިވާ ފައިސާއެއްކަމަށްވާއިރު، އެއްވެސް ހެއްކެއް ނެތި އެ ފައިސާއަކީ ކުރިން
ހަމަޖެހިފައިވާ ފައިސާއެއްކަމަށް ކަނޑައަޅައި ޙުކުމްކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
4- ހއ.ފިއްލަދޫ ކޯޓުގެ ނަންބަރު 2010/A11-C/14 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހއ.ފިއްލަދޫ ރަބީޢީމަންޒިލް، އިސްމާޢީލް ތައުފީޤުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާއި
ގުޅޭގޮތުން އިސްމާޢީލް ތައުފީޤާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ހއ.ފިއްލަދޫ ވާދީ، މަރްޔަމް ޢަޤީލާގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ
ހއ.ފިއްލަދޫ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
¢ ¢ ¢
(ހ) ފުރަތަމަ ކަމަކީ: މި މައްސަލައަކީ ހއ.ފިއްލަދޫ(ވާދީ، މަރިޔަމް ޢަޤީދާގެ މަންމަގެ
ގެކަމުގައިވާ ހއ.ފިއްލަދޫ މޮހޮރީގެއަށް 2004 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ސުނާމީ ކާރިސާގައި
ލިބުނު ފައިސާއިން އޭނާއަށްވާ ބައި، މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ އިސްމާޢީލް ތަޢުފީޤު ދީފައިނުވާތީ،
އެފައިސާއިން މަރިޔަމް ޢަޤީލާއަށް ލިބެންވާ ބައި ހޯދުމަށް މަރިޔަމް ޢަޤީލާގެ ފަރާތުން ހުށަހެޅުމުން
މައްސަލައެއް ކަމާއި،
aa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j5/HC-All]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސުނާމީ ކާރިސާ މެދުވެރިވި އިރު، ހއ.ފިއްލަދޫ މޮހޮރީގެ އަކީ މިދެމީހުންގެ މަންމަގެ ނަމުގައި
ރަޖިސްޓްރީކޮށް ދީފައި އޮތް ގެއެއް ކަމާއި، އެގެއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް
ހަމަޖެހިފައިވަނީ މަރިޔަމް ޢަޤީދާގެ މަންމަ ނިޔާވުމުގެ ކުރިން ކަމުގައިވީނަމަވެސް އެފައިސާ ހަވާލުކުރެވިފައިވަނީ
އޭނާގެ މަންމަ ނިޔާވުމުން މަންމަގެ ތަރިކަ ބަހައި ނިމުނު ފަހުން ކަމާއި، އެގޯތީގައި ހުރި އިމާރާތްތައް
އަގުކޮށް ވާރިސުންގެ މެދުގައި އެތަރިކަ ބެހިގެން ދިޔައީ ޝަރުޢީ އުސޫލުންކަމާއި، އަދި އެގޯތިން ބައެއް
މަރިޔަމް ޢަޤީލާއަށް ލިބިފައިވާކަން އެނގެން އޮންނަކަމެވެ.
44
(ނ) ދެވަނަ ކަމަކީ، މި މައްސަލާގައި އިސްމާޢީލް ތަޢުފީޤު 27 ޖޫން 2010 ވަނަ ދުވަހު
ހއ.ފިއްލަދޫ ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، ހއ.ފިއްލަދޫ މޮހޮރީގެއަށް ސުނާމީގައި ލިބުނު ގެއްލުން
މަރާމާތުކުރުމަށް ދެއްވި ފައިސާ ހަތަރު މީހުންގެ މެދުގައި ބެހުމަށް އިސްމާޢީލް ތަޢުފީޤު މަސައްކަތް
ކުރިކަމަށާއި، އަތޮޅު އޮފީހަށް އެފައިސާ ނަގަން ގޮސް އެފައިސާގެ ވާހަކަ ދެއްކުމުން އެގެއަކީ ފައިސާ ދޭން
ހަމަޖެހުނު އިރު އޭނާގެ މަންމަގެ ނަމުގައި އޮތް ތަނަކަށްވެފައި މިހާރު މަންމަ ނިޔާވުމުން ހަތަރު ބެއިންނަށް
ބަހައިފައިވާ ތަނަކަށްވާތީ ވަކިޖަވާބެއް ލިބެންދެން އެފައިސާ އެހެން ފަރާތަކަށް ނުދީ ބެހެއްޓުމަށް އަތޮޅު
އޮފީހުން އަތޮޅުވެރިޔާގެ މުޢާވިން އެދިފައިވުމުން އެފައިސް ދެވިފައިނުވާކަމަށާއި، އެގޮތަށް އަތޮޅުވެރިޔާގެ
މުޢާވިން އެދުނީ އެފައިސާއަކީ އެއްގެ އެޅުމަށް ދީފައިވާ ފައިސާކަމަށްވާތީ ކަމަށާއި ނަމަވެސް، އަތޮޅުވެރިޔާގެ
މުޢާވިން އެގޮތަށް އެދިފައިވީނަމަވެސް އެފައިސާއިން ހަރީރާއަށް ފައިސާ ދިންކަމަށާއި އެނޫން އެހެން ފަރާތަކަށް
އެފައިސާއިން ފައިސާ ދީފައިނުވާނެކަމަށާއި، އެގެއަށް އަތޮޅު އޮފީހުން ދިން -/193250 (އެއްލައްކަ ނުވަދިހަ
ތިންހާސް ދުއިސައްތަ ފަންސާސް) ރުފިޔާ އިސްމާޢީލް ތައުފީޤް ނަގާފައިވާކަމަށް އިސްމާޢީލް ތަޢުފީޤު
އިޢުތިރާފުވެފައިވާކަން އެނގެން އޮންނައިރު،
26 ޑިސެންބަރު 2004 ގައި ސުނާމީ ކާރިސާގައި ހއ.ފިއްލަދޫ، މޮހޮރީގެއަށް
،
ގެއްލުމުގެ ބަދަލުގައި ހއ.އަތޮޅު އޮފީހުން ދިން ފައިސާއާ އިސްމާޢީލް ތަޢުފީޤު ހަވާލުވެ،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j5/HC-A/jjl
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެގެއިން ބައިލިބުނު ހަތަރު މީހުންގެ މެދުގައި އެފައިސާ ބެހުމަށް މަސައްކަތްކުރިކަމާއި އަދި އެފައިސާއިން
ހަރީރާއަށްވާ ބައި ދީފައިވާކަމަށް ބުނެ އިސްމާޢީލް ތަޢުފީޤު ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާއިރު،
އެގެއިން ބައިލިބުނު މީހުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޢަޤީލްއަށް އެފައިސާގެ ތެރެއިން ލިބެންޖެހޭ ބައިނުދީ
ހިފެހެއްޓުމުގެ ޙައްޤު އިސްމާޢީލް ތަޢުފީޤަށް ލިބިގެން ނުވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބެލުމުން އެނގެން އޮންނަކަމެވެ.
އެހެންކަ
ހިންކަމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ހއ.ފިއްލަދޫ
ކޯޓުގެ ނަންބަރު 2010/A11-C/14 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
097
އަލަވާ:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހއ.ފިއްލަދޫ ކޯޓުގެ
ނަންބަރު 2010/A11-C/14 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv