ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/354 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/354
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 354/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން. މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
*ރަޖިސްޓްރީ ނަންބަރު: 245
/
2001-C
ވަކީލުން އޒް. ޙަސަން މަޢާޒް ޝަރީފް ދާއިމީ އެޑްރެސް: މ.ވެލަގަލަ| މާލެ
އައިޑީ ކާޑު ނަންބަރު:
A010611
0
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: 1- ޢަބްދުއްސައްތާރު ޢަބްދު
އައިޑީ ކާޑު ނަންބަރު: A061090
ދާއިމީ އެޑްރެސް: ހިރިހަމައިދިގެ/ ގދ.ތިނަދޫ
މިހާރުގެ އެޑްރެސް: ހ.ވިންލާ | މާލެ
* ނަން: 2- ނޫޙް ފިކުރީ
ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2773
މިހާރުގެ އެޑްރެސް: މ.ސިލްވަރ މޫން | މާލެ
A054231
1434
L
ރަޖިސްޓްރީ ތާރީޚް: 14 ޞަފަރު
27 ޑިސެމްބަރ 2012
ނިމުނު ތާރީޚް:
04 ރަޖަބް 1434
14 މެއި 2013
ދިވެހިރާއްޖޭގެ
ހައިކޯ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/2242
ނިންމެވި ކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• މައްސަލަ ބެލި ފަނޑިޔާރުން:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަهއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/354
ދަޢުވާގެ ޚުލާޞާ
COX
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/2242 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ގދ.ތިނަދޫ ހިރިހަމައިދިގެ ޢަބްދުއްސައްތާރު
ޢަބްދުﷲ އާއި މާލެ ދަފްތަރު ނަންބަރު 2773 ނޫޙް ފިކުރީއެވެ.
ފާހަގަކުރެވުނު
11.1
މިގެކެއްވާނަކުން
(C-245/2001
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2242 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (ރަޖިސްޓްރީ
ނަންބަރު:
އާއި، ގދ.ތިނަދޫ ހިރިހަމައިދިގެ، ޢަބްދުއްސައްތާރު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A061090) އާއި، ދެމެދު 28 ޑިސެމްބަރ 2008 ވަނަ
ދުވަހު ކުރެވުނު ނަންބަރު: 08120783 ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޢަބްދުއްސައްތާރު ޢަބްދުﷲ ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ
ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން 26 ޖޫން 2011 ވަނަ ދުވަހުގެ ނިޔަލަށް ޢަބްދުއްސައްތާރު ޢަބްދު
އެންމެހައި ލީސް ރެންޓަލްސްއާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ
ޖޫރިމަނާއާއި، ޢަބްދުއްސައްތާރު ޢަބްދުﷲ ފައިނޭންސް ލީސް އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން
ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓު ފީއާއެކު، ފައިނޭންސް ލީސް
އެގްރިމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ އެކުޖުމްލަ
1,225,696.96ރ. (އެއްމިލިއަން ދެލައްކަ ފަންސަވީސްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ ނުވަދިހަ ހަލާރި)
އަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި، މިމުޢާމަލާތުގައި ގެރެންޓަރެއްގެ
3ދ4 2 ހ
Ocuc
44
(ޔަޤީންކަންދިން ފަރާތް) ގޮތުން
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/354
ބައިވެރިވި ދަފްތަރު ނަންބަރު 2773/ކ.މާލެ، ނޫޙް ފިކުރީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު: A054231} ދައްކަންޖެހޭ ފައިސާއެއްކަމުގައި ބުނެ، މިފައިސާ ލިބުމަށް އެދި މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްސައްތާރު ޢަބްދުﷲ އާއި، ނޫޙް ފިކުރީގެ
ބަލައިދެވުނު މައްސަލައެއްކަން އެނގެން އޮންނަކަމާއި،
3ދޑ 7
2
0
މައްޗަށް ހުށަހެޅުމުން
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 245
/
2001-C) އާއި، ގދ.ތިނަދޫ ހިރިހަމައިދިގެ،
ޢަބްދުއްސައްތާރު ޢަބްދުﷲ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A061090) އާއި ދެމެދު 28
ޑިސެމްބަރ 2008 ވަނަ ދުވަހު ކުރެވުނު ނަންބަރު: 08120783 ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޢަބްދުއްސައްތާރު ޢަބްދުﷲ ދައްކަންޖެހޭ
ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން 26 ޖޫން 2011 ވަނަ ދުވަހުގެ ނިޔަލަށް
ޢަބްދުއްސައްތާރު ޢަބްދުﷲ ނުދައްކާވައި އެންމެހައި ލީސް ރެންޓަލްސްއާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ
ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، ޢަބްދުއްސައްތާރު ޢަބްދުﷲ ފައިނޭންސް ލީސް އެގްރީމެންޓާއި
ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓު ފީއާއެކު،
ފައިނޭންސް ލީސް އެގްރިމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭ އެކުޖުމްލަ 1,225,696.96ރ. (އެއްމިލިއަން ދެލައްކަ ފަންސަވީސްހާސް ހަސަތޭކަ ނުވަދިހަ
ހަރުފިޔާ ނުވަދިހަ ލާރި) އަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި، މިމުޢާމަލާތުގައި ރެންޓަރެއްގެ
(ޔަޤީންކަންދިން ފަރާތް) ގޮތުން ބައިވެރިވި ދަފްތަރު ނަންބަރު 2773/ ކ.މާލެ، ފިކުރީ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A054231} ދައްކަންޖެހޭ ފައިސާއެއްކަމުގައި
މިފައިސާ ލިބުމަށް އެދި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްސައްތާރު
ޢަބްދުﷲ އާއި، ނޫޙް ފިކުރީގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ކެވެ
05
ބުނެ،
28
28 ޑިސެމްބަރ 2008 ވަނަ ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި، ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދެމެދު ނަންބަރު: 08120783 ފައިނޭންސް ލީސް އެއްބަސްވުން
ވެފައިވާކަމާއި، އަދި އެއްބަސްވުމަށް
މަށް ޔަޤީންކަން ދިނުމަށްޓަކައި، އެމުޢާމަލާތުގެ ގެރެންޓަރެއްގެ ޙައިޘިއްޔަތުން
COCOCC
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471"
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/354
4 6 8 2
UCO O
ނޫޙް ފިކުރީ ބައިވެރިވެފައިވާކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ ފައިނޭންސް ލީސް އެއްބަސްވުމުގައިވާ
ގޮތުގެ މަތީން ޢަބްދުއްސައްތާރު ޢަބްދުﷲ ޢަމަލުކޮށްފައި ނުވުމުގެ ސަބަބުން، ލީސް ރެންޓަލްސްގެ ގޮތުގައި
-/
1,110,000ރ. (އެއްމިލިއަން އެއްލައްކަ ދިހަހާސް ރުފިޔާ) އާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން ލީސް
ރެންޓަލްސްއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 15,082.61ރ.
ފަނަރަހާސް އަށްޑިހަދެ ރުފިޔާ ފަސްދޮޅަސް އެއް ލާރި) އާއި އެކުޖުމްލަ 1,125,82.61ރ. (އެއްމިލިއަން
އެއްލައްކަ ފަންސަވީސްހާސް އަށްޑިހަދެ ރުފިޔާ ފަސްދޮޅަސް އެއްލާރި) އަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި،
ނޫޙް ފިކުރީ ދައްކަންޖެހޭ ފައިސާއެއްކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވާކަމާއި، މިފައިސާގެ އިތުރުން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ 59,539.35ރ. (ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ
ތިރީސްނުވަ ރުފިޔާ ތިރީސް ފަސް ލާރި) އަށް ޝަރީޢަތުން ބެލިއިރުގައި، ދަޢުވާއާއެކު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ޑޮކިއުމެންޓް 3 "ލީސް ކުރެވިފައިވާ
ކުރުން ބާޠިލް ކުރުމާ ބެހޭ" ލިޔުމަށް ބަލާލުމުން، ބާޠިލްކުރެވިފައިވަނީ، ލީސް ކުރުންކަން އެނގެން އޮތްކަމާއި،
ލިކުއިޑޭޓަޑް ޑެމޭޖަސްއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ 17.3 ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ
ފައިސާއެއްކަމުގައިވުމުން،
ކަމުގައިވުމުން، މިފައިސާއަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙް ފިކުރީ ދައްކަންޖެހޭ
ފައިސާއެއްކަމާއި، ކޯޓު ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/25ރ. (ފަންސަވީސް ރުފިޔާ) އަކީ ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 17.4 ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކަމުގައިވުމުން،
މިފައިސާއަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙް ފިކުރީ ދައްކަންޖެހޭ ފައިސާއެއްކަމާއި، ޤާނޫނީ ވަކީލުގެ
ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/31,050ރ. (ތިރީސް
އެއްހާސް ފަންސާސް ރުފިޔާ) ނަގައިދިނުމަށް
ޝަރީޢަތުން ބެލިއިރުގައި، ޤާނޫނު ނަންބަރު: 6/2008 (ޢާންމު ޤަވާޢިދުތަކާބެހޭ ޤަވާޢިދު) ގެ ދަށުން ބާރު
ލިބިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ޤަވާޢިދުގެ 5.4 ވަނަ މާއްދާގައި، "ވަކީލާއި މުވައްކިލާ
ދެމެދުގައިވެވޭ ފީގެ އެއްބަސްވުން އޮންނަންވާނީ، ވަކީލުގެ މަސައްކަތް ފެށުމުގެ ކުރިން ލިޔެވި، ދެފަރާތުން
ސޮއިކުރެވިފައިކަމަށް" ބަޔާންކޮށްފައިވާހިނދު، މޯލްޑިވްސް ފައިނޭންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
މިމައްސަލާގައި މިފަދަ އެއްބަސްވުމެއް ހުށަހަޅާފައި ނުވާތީ، މިފައިސާއަކީ މިޙާލަތުގައި ނަގައިދެވޭނެ ފައިސާއެއް
ނޫންކަމާއި، މިމައްސަލާގައި ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ އެކުޖުމްލަ 1,194,646.96ރ. (އެއްމިލިއަން
އެއްލައްކަ ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ނުވަދިހަ ހަލާރި) އަކީ ޢަބްދުއްސައްތާރު
މައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2012/HC-A/354
ޢަބްދުﷲ އާއި ނޫޙް ފިކުރީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާއެއްކަމަށް ކަނޑައަޅައި،
މިފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު
26 ޖޫން 2012 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު މަދުވެގެން -/30,000ރ. (ތިރީސްހާސް ރުފިޔާ)
މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެގޮތުން އެއްކޮށް ދައްކައި ޚަލާސް ކުރުމަށް ގދ.ތިނަދޫ ހިރިހަމައިދިގެ،
ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދަފްތަރު ނަންބަރު 2773/ ކ.މާލެ، ނޫޙް ފިކުރީ އަށް އަންގައި
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/2242 ޤަޟިއްޔާއަށް އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
(އެމް.އެފް.އެލް.ސީ) އާއި ޢަބްދުއްސައްތާރު ޢަބްދުﷲ އާ ދެމެދު ކުރެވުނު ފައިނޭންސް ލީސިންގ އެގްރިމެންޓްގެ
17.4 ވަނަ މާއްދާގެ ދަށުން، ޢަބްދުއްސައްތާރު ޢަބްދުﷲ އެގްރިމެންޓާއި ޚިލާފުވުމުގެ ސަބަބުން ޤާނޫނީ
ފިޔަވަޅު އެޅުމަށާއި، އެމް.އެފް.އެލް.ސީގެ ޙައްޤުތައް ހޯދުމަށާއި، އެގްރިމެންޓް ތަންފީޛުކުރުމަށް ހިނގާ ހުރިހާ
ޚަރަދެއް ދިނުމަށް ޢަބްދުއްސައްތާރު ޢަބްދުﷲ އެއްބަސްވެފައިވާ ހިނދު، ޤާނޫނީ ވަކީލެއްގެ ލަފައާއި،
އެހީތެރިކަން ހޯދަންޖެހި އެކަމަށް ޖުމްލަ 1,050.00 3ރ. (ތިރީސް އެއްހާސް ފަންސާސް ރުފިޔާ)
ޚަރަދުވެފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެންއޮތްއިރު، ވަކީލާއި މުވައްކިލާ ދެމެދު ލިޔުމުން ވެފައިވާ
ވަކި އެއްބަސްވުމެއް ޝަރީޢަތައް ހުށަހަޅާފައިނުވާތީ ވަކީލުގެ ފީ ނަގައި ނުދެވޭނެކަމަށް ނިންމާފައިވާ
ނިންމެވުމަކީ ޤާނޫނު ނަންބަރު 04/1991 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށް
497
ނިންމާފައިވާ
ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/354
4
އެތަނެއް
(ށ) ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުން މިބާވަތުގެ އެހެން މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ
އެހީތެރިކަން ހޯދުމަށްކޮށްފައިވާ ޚަރަދު ނަގާދީފައިވާއިރު މިމައްސަލާގައި ޤާނޫނީ ވަކީލާއި އެމް.އެފް.އެލް.ސީއާ
ދެމެދު ކޮށްފައިވާ އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައި ނެތުމުން ޤާނޫނީ ވަކީލުގެ ޚަރަދު ނަގައިދެވޭނެތަނެ
ނެތްކަމަށް ކަނޑައަޅުއްވާފައިވުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ރުކޮށް
ހަމަހަމަކަމުގެ ޙައްޤާ ޚިލާފު ނިންމުމެއްކަމަށާއި، އަދި އެނިންމުމަކީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާ
ތަޢާރުޛުވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުން މި ބާވަތުގެ އެހެން މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ
އެހީތެރިކަން ހޯދުމަށްކޮށްފައިވާ ޚަރަދު ނަގާދީފައިވާއިރު މިމައްސަލާގައި ޤާނޫނީ ވަކީލާއި އެމް.އެފް.އެލް.ސީ އާ
ދެމެދު ކޮށްފައިވާ އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައި ނެތުމުން ޤާނޫނީ ވަކީލުގެ ޚަރަދު ނަގައިދެވޭނެ
ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވުމަކީ ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި، އަދި އެނިންމުމަކީ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ: މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ
.ވާނެކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 186/HC-A/2010 ޤަޟިއްޔާގައި 10 އޭޕްރީލް
2012 ގައި ކުރައްވާފައިވާ ޙުކުމްގައި ޤާނޫނީވަކީލުގެ ފީގެ ގޮތުގައި އެމް.އެފް.އެލް.ސީ އިން ޚަރަދުކޮށްފައިވާ
ފައިސާ ނަގައިދޭންޖެހޭނެކަމަށް ކުރީގެ މަދަނީ ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާޢީދުކޮށްފައިވާއިރު އަދި
އިން މަދަނީ ކޯޓަށް އެމައްސަލަ ހުށަހެޅިއިރު ޤާނޫނީ ވަކީލުގެ ފީއާގުޅޭ ވަކި
ހުށަހަޅާފައިނުވާއިރު، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް މިމައްސަލާގައި ސިވިލް ކޯޓުން
މިގޮތަށް ވަކީލުގެ ފީ ނަގައިނުދެވޭނެކަމަށް) ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) އާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
OcOC
ޑ 8 ހ8 7
6
2
އއއސފައި
O cuc >
02- ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ އިންއެވެ
ce O
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2012/HC-A/354
މަޖިލީހަށް ހުށަހެޅި ނުކުތްތަކަށާއި، އެނުކުތްތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން
ގދ.ތިނަދޫ ހިރިހަމައިދިގެ، ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދަފްތަރު ނަންބަރު 2773/ ކ.މާލެ، ނޫޙް ފިކުރީ
ގެ މައްޗަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކީ އެކުންފުންޏާއި ޢަބްދުއްސައްތާރު ޢަބްދުﷲ އާއި، ދެމެދު 28
ޑިސެމްބަރ 2008 ވަނަ ދުވަހު ކުރެވުނު ނަންބަރު: 08120783 ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޢަބްދުއްސައްތާރު ޢަބްދުﷲ ދައްކަންޖެހޭ
ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން 26 ޖޫން 2011 ވަނަ ދުވަހުގެ ނިޔަލަށް
ޢަބްދުއްސައްތާރު ޢަބްދުﷲ ނުދައްކާވައި އެންމެހައި ލީސް ރެންޓަލްސްއާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ
ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، ޢަބްދުއްސައްތާރު ޢަބްދުﷲ ފައިނޭންސް ލީސް އެގްރީމެންޓާއި
ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓު ފީއާއެކު،
ފައިނޭންސް ލީސް އެގްރިމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭ އެކުޖުމްލަ 1,225,696.96ރ. (އެއްމިލިއަން ދެލައްކަ ފަންސަވީސްހާސް ހަސަތޭކަ ނުވަދިހަހަ
ރުފިޔާ ނުވަދިހަ ހަލާރި) އަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި، މިމުޢާމަލާތުގައި ގެރެންޓަރެއްގެ
(ޔަޤީންކަންދިން ފަރާތް) ގޮތުން ބައިވެރިވި ފިކުރީ ދައްކަންޖެހޭ ފައިސާއެއްކަމުގައި ބުނެ، މިފައިސާ
މިދެމީހުންގެ އަތުން ލިބިގަތުމަށް އެދި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ޢަބްދުއްސައްތާރު ޢަބްދުﷲ އާއި، ނޫޙް ފިކުރީގެ މައްޗަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެއްކަން
އެނގޭކަމާއި، އެމައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް ލީސް ރެންޓަލްސްއަށްވާ ފައިސާއާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ
ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، ލީސް އެގްރީމެންޓާއި ޚިލާފު ވުމުގެ ސަބަބުން ދައްކަންޖެހޭ
ލިކުއިޑޭޓެޑް ޑެމޭޖަސް އާއި، ކޯޓުފީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ދެއްކިފައިސާ ޢަބްދުސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެ ފަރާތުން ނަގައިދިނުމަށް ޙުކުމް
09
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/354
ކުރެއްވިއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީން މި މައްސަލައާއި ގުޅިގެން ހޭދަ ކުރަން ޖެހުނު
ޤާނޫނީ ވަކީލުފީ އަކީ މިދެމީހުންގެ ފަރާތުން ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވާފައިވާކަމާއި،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލްކޯޓުގެ އެމައްސަލަ
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައިގަނޑަކީވެސް، ސިވިލް ކޯޓުން މި މައްސަލައިގެ ޙުކުމް
ކުރެއްވިއިރު، ޤާނޫނީ ވަކީލުގެ ފީ އުނިކުރިކުރުންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެ
ސެވުމެއް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި
އެޤާނޫނުތަކުން ބާރުލިބިގެން ހެދޭ ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއި
ޚިލާފުވާކަން އަދި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ
އެންމެހާކަންކަން ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު މިފަދަ އެއްބަސްވުމަކީ
އްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ
ބައިވެރިންގެ މެދުގައި ބަނދެވޭ ބަނދެވުމެއްކަމާއި، މިފަދަ އެއްބަސްވުމަކާއި ގުޅިގެން އުފެދޭ މައްސަލަތައް
ބެލުމުގައި އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ އެއެއްބަސްވުމުގައި އެކަމެއް އޮތް ގޮތެއްގެ މައްޗަށް ކަމާއި،
404
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓުގައި ދަޢުވާކޮށްފައިވަނީ
އެކުންފުންޏާއި ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދެމެދު ވެފައިވާ ލީސް އެގްރީމެންޓް ނަންބަރު 08120783
ދަށުން އެއެގްރީމެންޓާއި ޢަބްދުއްސައްތާރު ޢަބްދުﷲ ޚިލާފުވެފައިވާކަމަށްބުނެ މިއެއްބަސްވުމުގެ ދަށުން ލިބެންޖެހޭ
ފައިސާ ހޯދުމަށްކަން އެނގޭއިރު، މި ލީސް އެގްރީމެންޓުގައި ޢަބްދުސައްތާރު ޢަބްދުﷲ ސޮއިކޮއްފައިވާކަން
އެނގޭކަމާއި، އަދި މި ލީސް އެގްރީމެންޓަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހެދޭ
ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފުވާ އަދި ދިވެހިރާއްޖޭގެ
ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ ކަންކަމާއި ޚިލާފުގޮތަކަށް
ހިމެންޓެއް ކަމަށް ބުނެ މި އެއްބަސްވުމުގެ ސައްޙަކަމުގެ މައްޗަށް އެއްވެސް މިންވަރަކަށް ޢަބްދުއްސައްތާރު
ޢަބްދު ސުވާލުއުފައްދާ އަދި މިއެއްބަސްވުމަށް ޢަބްދުއްސައްތާރު ޢަބްދުﷲ ވެސް އަދި ނޫހު ފިކުރީވެސް
އިންކާރުކޮށްފައިނުވާކަމާއި، މިހެންކަމުން މިއެއްބަސްވުމުގައިވާ
ދެމެހާ މާއްދާތަކުގައި
ކަންކަމުގެ މައްޗަށް ޢަމަލުކުރުމަކީ މިއެއްބަސްވުމުގެ ބައިވެރިންނަށް ލާޒިމުވެގެންވާކަމެއްކަން އެނގޭކަމެވެ.
uc OcOOX
އޮތް
26
ދ ޏ ސ ޑ ޖ ޗ
@
39ނ
OCOCC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ހއ ހށ ބކުފޭ
9
2012/HC-A/354
(ނ) ތިންވަނަކަމަކީ، ކޯޓަށް ހުށަހެޅޭ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ އެއްޚަސްމުގެ ކިބައިން
އަނެއް ޚަސްމަށް ޤާނޫނީ ވަކީލުގެ ފީ ޝަރީޢަތުން ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭގޮތާއި މެދު ދިވެހިރާއްޖޭގެ
ހައިކޯޓުން އުސޫލުތަކެއް ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ
މިކޯޓުގެ ނަންބަރު 348/HC
-
A/2009 ޤަޟިއްޔާއާއި އެއާއި އެއްފަދަ އެހެން މައްސަލަތަކުގައި
ޤާއިމުކުރައްވާފައިވާ އުސޫލަށް ބަލާއިރު، ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމުގެ
މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގައި ވަކީލުގެ ޚަސްމުންގެ އަތުން ނަގައިދެވޭނީ ދެ
ޚަސްމުންގެ މެދުގައި ވަކީލުންގެ ފީ ނަގައިދިނުމާއި ގުޅޭ ގޮތުން އެއްބަސްވުމެއް އޮތްނަމަ ކަން އަދި
ދެޚަޞްމުންގެ މެދުގައި އެފަދަ އެއްބަސްވުމެއް ނެތްނަމަ ވަކީލުފީ ނަގައި ދެވެން ނެތްކަމަށް
ކަނޑައަޅަންޖެހޭކަން އެމައްސަލަތަކުގައި ޤާއިމުކޮށްފައިވާ އުސޫލުތަކަށް ބެލުމުން އެނގޭކަމާއި، މިހެންކަމުން
އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ވަކީލު ފީ ނަގައިދިނުމާއި ގުޅޭ ގޮތުން އެއްބަސްވުމެއް އޮތްނަމަ، ޤާނޫނު
ނަންބަރު 6/2008 (ޢާއްމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެ 5.4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ވަކީލާއި
މުވައްކިލާއި ދެމެދުވެވޭ ފީގެ އެއްބަސްވުމެއް ލިޔެވިފައި ނެތްނަމަވެސް އެއްޚަސްމުގެ ކިބައިން އަނެއް ޚަސްމަށް
ޤާނޫނީ ވަކީލުގެ ފީ ނަގައި ދެވިދާނެކަމާއި، އެހެން ނަމަވެސް ވަކިފަރާތަކަށް ޤާނޫނީ މަސައްކަތެއް
ކޮށްދިނުމަށްފަހު، އެއަގު ނުދީގެން ޤާނޫނީ ވަކީލުގެ ފަރާތުން އެމަސައްކަތަކަށް ފައިސާ ދިނުމަށް
އެއްބަސްވެފައިވާ ފަރާތުގެ މައްޗަށް ކުރާ ދަޢުވާތަކުގައި ހުށަހަޅާ ފައިސާގެ ޢަދަދަށް އެއްބަސްވުމުގެ
ބައިވެރިއެއްގެ ފަރާތުން އިންކާރު ކުރާ ޙާލަތުގައި ވަކީލުގެ ފީގެ ގޮތުގައި އެއްބަސްވި މިންވަރެއް
ސާބިތުކުރުމުގައި ވަކީލާ މުވައްކިލާ ދެމެދު ލިޔެވިފައި އޮންނަ ފީގެ އެއްބަސްވުން ކުރިން ވުޖޫދުވެފައި އޮތުން
ލާޒިމްވެގެން ދާނެކަން އެނގޭކަމެވެ.
U CCC
(ރ) ހަތަރުވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދެމެދު ވެފައިވާ ލީސް އެގްރީމެންޓް ނަންބަރު 08120783 ގައި
ބަޔާންކޮށްފައިވާ މާއްދާތަކަށް ބެލުމުން، މިއެއްބަސްވުމުގެ 17.4 ވަނަ މާއްދާގައި " ލެސީ މި އެއްބަސްވުމާއި
ޚިލާފުވުމާއި ގުޅިގެން އުފެދޭ ކަންކަމުގައި އެފަދަ ކަންކަމާއި ގުޅިގެން ލެސަރ ކުރަންޖެހޭ ކަންތައްތައް ކުރުމަށް
ޚަރަދުވާ ފައިސާއާއި އަދި ލީގަލްފީ އާއި އަދި މިނޫންވެސް އެހެނިހެން ފައިސާއާއި ޚަރަދު މިއެއްބަސްވުމުގައިވާ
ތެރޭގައި ލިޒްކުރެ
ދި455
63
0
6
4
3
6
4 ލ ތ ގ އ ހވ
ދ
ހައިކޯa
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
2012/HC-A/354
މުދާ އަނބުރާ ހޯދުމަށް ކުރަންޖެހުނު ޚަރަދާއި މިއެއްބަސްވުމަށް ޢަމަލުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން
ހިމެނޭނެ" ކަމަށް ބަޔާންވެގެންވާކަން އެނގެން އޮތުމުން މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ
17.4 ވަނަ މާއްދާއަށް ޢަމަލުކުރުން ޢަބްދުއްސައްތާރު ޢަބްދުﷲ އަށް އަދި ނޫޙު ފިކުރީ އަށް ވެސް
ލާޒިމުވާކަން އެނގޭކަމާއި،
މިމައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޭދަ ކުރަން ޖެހުނު ޕީ އަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދެމެދު ވެފައިވާ ލީސް އެގްރީމެންޓް ނަންބަރު
08120783 ގެ 17.2 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭނެ ފައިސާއެއްކަން ޢަބްދުއްސައްތާރު ޢަބްދު
ވެފައިވާ މި އެއްބަސްވުމަށް ބެލުމުން އެނގެން އޮތްއިރު، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ޚަރަދުވިކަމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ފައިސާގެ ޢަދަދަށްވެސް އަދި
އެފީއަކީ ދައްކަން ނުޖެހޭ ފައިސާއެއްކަމަށްވެސް ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެފަރާތުން
އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި، މިހެންކަމުން ޢަބްދުއްސައްތާރު ޢަބްދުﷲ އާއި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އިޝާރާތް ކުރެވުނު ލީސް އެގްރީމެންޓާއި
ޢަބްދުއްސައްތާރު ޢަބްދުﷲ ޚިލާފުވުމުގެ ސަބަބުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/
31,050ރ. (ތިރީސް އެއްހާސް ފަންސާސް
ރުފިޔާ) އަކީ ޢަބްދުއް ސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން
އެނގޭކަމެވެ.
ވީމާ، އިސްވެ ދިޔަ ސަބަބުތައް މިގޮތަށް ހުރުމުން 28 ޑިސެމްބަރ 2008 ވަނަ ދުވަހު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދެމެދު ވެވުނު ނަންބަރ
08120783 ފައިނޭންސް ލީސިންގ އެގްރީމެންޓާއި އެއްގޮތަށް ޢަބްދުއްސައްތާރު ޢަބްދުﷲ ޢަމަލުކޮށްފައި
ނުވާތީ، ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/2242 ޤަޟިއްޔާއިން އެކޯޓުގައި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އެމައްސަލައިގެ ދަޢުވާލިބޭ
ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެ އަތުން ހޯދުމަށް އެދި ހުށަހަޅާފައިވާ، ލީސް ރެންޓަލްސް އަށްވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 73316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
e34ޤީ
11
2012/HC-A/354
-/
1,110,000ރ. (އެއްމިލިއަން އެއްލައްކަ ދިހަހާސް ރުފިޔާ) އާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން ލީސް
ރެންޓަލްސްއަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 15,082.61 ރ.
(ފަނަރަހާސް އަށްޑިހަދެ ރުފިޔާ ފަސްދޮޅަސް އެއް ލާރި) އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ 69,539.35ރ. (ފަސްދޮޅަސް
ނުވަހާސް ފަސްސަތޭކަ ތިރީސްނުވަ ރުފިޔާ ތިރީސް ފަސް ލާރި) އާއި ކޯޓު ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ
-251ރ. (ފަންސަވީސް ރުފިޔާ) ގެ އިތުރަށް ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/
31,050ރ.
(ތިރީސް އެއްހާސް ފަންސާސް ރުފިޔާ) އަކީވެސް ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙް ފިކުރީ ގެ ފަރާތުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް މިމައްސަލަ
ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލްކޯޓުގެ ނަންބަރު
2011/Cv-C/2242 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާ ގޮތަށް ޤާނޫނީ ވަކީލުގެ ފީއަކީ ނަގައިދެވެންނެތް ފައިސާ އެއްކަމަށް ނިންމާފައިވާ ނިންމުމަށް ބަދަލު
ންނަންޖެހޭނެކަން އެނގެއެވެ.
ޙުކުމް
ހދ 30
32
3 ހއ ހ8 ތތ
ބުނެވެވެން ކeeއ
ދެންފަހެ، އިސްވެ
މަތިން ހުރުމުން، މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕވޓ އާއި، ގދ.ތިނަދޫ ހިރިހަމައިދިގެ، ޢަބްދުއްސައްތާރު ޢަބްދުﷲ އާއި،
ދެމެދު 28 ޑިސެމްބަރ 2008 ވަނަ ދުވަހު ކުރެވުނު ނަންބަރު: 08120783 ފައިނޭންސް ލީސް
އެގްރީމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޢަބްދުއްސައްތާރު
ޢަބްދުﷲ ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން، މިފައިސާ
ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެ އަތުން ހޯދުމަށްޓަކައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚަރަދުކުރަން ޖެހުނު އެކުންފުނީގެ ޤާނޫނީ ވަކީލުގެ ފީ އަށްވާ
-/31,050ރ. (ތިރީސް އެއްހާސް ފަންސާސް ރުފިޔާ) އަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ފިކުރީގެ
bމ
ނޫހު
ހައިކޯa
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
12
2012/HC-A/354
އަތުން ނަގައިދެވެން ނެތް ފައިސާއެއްކަމަށް ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/2242 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމުގެ އެބައި ބާތިލުކޮށް، އެމައްސަލަ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ ލީސް ރެންޓަލްސް
އަށްވާ -/
1,110,000ރ. (އެއްމިލިއަން އެއްލައްކަ ދިހަހާސް ރުފިޔާ) އާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން
ލީސް ރެންޓަލްސްއަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 15,082.61ރ.
(ފަނަރަހާސް އަށްޑިހަދެ ރުފިޔާ ފަސްދޮޅަސް އެއް ލާރި) އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ 69,539.35ރ. (ފަސްދޮޅަސް
ނުވަހާސް ފަސްސަތޭކަ ތިރީސްނުވަ ރުފިޔާ ތިރީސް ފަސް ލާރި) އާއި ކޯޓު ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ
-/25ރ. (ފަންސަވީސް ރުފިޔާ) އިތުރަށް ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/
31,050ރ.
(ތިރީސް އެއްހާސް ފަންސާސް ރުފިޔާ) އަކީވެސް ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެ ފަރާތުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް
ސާބިތުވާ ފައިސާއެއްކަމުން، މި -/31,050ރ. (ތިރީސް އެއްހާސް ފަންސާސް ރުފިޔާ) އާއެކު، ޖުމްލަ
1,225,696.96ރ. (އެއްމިލިއަން ދެލައްކަ ފަންސަވީސްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ ނުވަދިހަ ހަލާރި)
އަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަމަށް ކަނޑައަޅައި މިފައިސާ އަދާކުރުމަށް ސިވިލްކޯޓުން
ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ނޫޙު ފިކުރީ އަށް ދީފައިވާ މުއްދަތުގެ ތެރެއަށް އިތުރު 01 މަސްދުވަސް
ސިވިލް ކޯޓުގެ އެޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ފަދައިން 26 ޖޫން 2012
ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު މަދުވެގެން -/30,000ރ. (ތިރީސްހާސް ރުފިޔާ) އެކޯޓަށް
ދައްކަމުންގޮސް، އެންމެ ފަހުމަހު -/31,050ރ. (ތިރީސް އެއްހާސް ފަންސާސް ރުފިޔާ) އެކޯޓަށް ދައްކައި
ދަރަނި ޚަލާސްކުރުމަށް ގދ.ތިނަދޫ ހިރިހަމައިދިގެ، ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދަފްތަރު ނަންބަރު
2773/ ކ.މާލެ، ނޫޙް ފިކުރީ އަށް އަންގައި އެގޮތުގެ މަތިން މި މައްސަލަ ބެލި ދިވެހިރާއް ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
333 ޑ3
އދވހމއކ
4ޑ
مرچی کم د
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv