ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/251 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/251
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 251/HC-A/2012
އިސްތިއުނާފްކުރި ފަރާތް:
* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 4 އައި.ޑީ.ކާޑު ނަންބަރު:.
4 ދާއިމީ އެޑްރެސް: -
* މިހާރުގެ އެޑްރެސް:
0
އިސްތިއުނާފް ރައްދުވާ ފަރާތް:
* ފުރިހަމަނަން ޙުސައިން ޢަލީމް
ދާއިމީ އެޑްރެސް: ދާސްތާން
2 އައި.ޑީ.ކާޑު ނަންބަރު: A123841
# މިހާރުގެ އެޑްރެސް: ދާސްތާން
13
13
• ހުށަހެޅުނު ތާރީޚް: 30 ރަމަޟާން 1433
18 އޯގަސްޓް 2012
4 ނިމުނު ތާރީޚް: 12 ޝައްވާލް 1433
30 އޯގަސްޓް 2012
އިސްތިއުނާފްކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J(MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 17.08.2012
* ނިމުނު ތާރީޚް: 17.08.2012
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު އައްބާސް ޝަރީފް ޑީރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
'2
2012/HC-A/251
02x 8 2
• ދައުވާގެ ޚުލާސާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
.ނެ އެކޯޓުގެ އަމުރު އިސްތިއުނާފްކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގ. ދާސްތާން، ޙުސައިން ޢަލީމްއެވެ.
0 ފ ދވ މ ކ
އެއެގްތަށް ނޫންކަމާ
ECCO
(l
13
OX
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J
(
MD-145 ކޯޓު އަމުރަށް
ބަލާއިރު، އެކޯޓު އަމުރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 076927/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ދާސްތާން، ޙުސައިން ޢަލީމް (ދ.ރ.ކާޑު ނަންބަރު A123841) ގެ
ބަންދުގެ މުއްދަތު 18 އޯގަސްޓް 2012 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދި
ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ޙުސައިން ޢަލީމް
މިވަގުތު ދޫކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ 18 އޯގަސްޓް 2012 ދުވަހު 19:40 އިން ފެށިގެން
02 ސެޕްޓެމްބަރ 2012 ދުވަހު 19:39 އަށް ގ. ދާސްތާން ޙުސައިން ޢަލީމް ގޭބަންދުގައި
ރައްވާ ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެކެވެ.
eޑ 9
6
ހއeމށް
ހ48
އަމުރުކުރައެވެ
(2
/2ނ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J(MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމު ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
44 4
ފުރަތަމަ ނުކުތާއަކީ، ޙުސައިން ޢަލީމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް ނޭދެވޭ
އަސަރެއް
ކޮށްފާނެކަމުގެ ފުރުޞަތު އޮތްކަމަށް ފަނޑިޔާރު ކަނޑައަޅުއްވައި،
ޤާނޫނުއަސާސީގެ ގެ 49 ވަނަ މާއްދާއަށް ރިޢާޔަތް ނުކުރައްވާ، މީނާ ފުލުހުންގެ ހައްޔަރުން ބަދަލުކޮށް، ގޭބަންދުގައި
އެޓުމަށް އަންގަވާފައިވުން.
4 9ދ8
ހއeކޮށް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/251
0
ދައްކައެކަމަށް
ދެވަނަ ނުކުތާއަކީ،
މީނާއަކީ މުޖްތަމަޢުގެ ސަލާމަތަށް ހުރި ނުރައް
ކަނޑައަޅުއްވާފައިވާއިރު، މީނާ ފުލުހުންގެ ހައްޔަރުން ގޭބަންދަށް ބަދަލުކުރުމުގައި، ކުށެއްގެ ތުހުމަތުގައިވާ
ބަންދުކުރެވެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާއަށް ރިޢާޔަތްކުރައްވާފައިނުވުން.
ދިވާ
(3
cu O
ކްރިމިނަލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާބަލާއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
8.2/
ccc
އެންއަށް
ގެންގުޅުނުކަމުގެ
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J(MD-145 ކޯޓު އަމުރަކީ
2012 މެއި 30 ވަނަ ދުވަހުގެ 6:00 ހާއިރު ދޮންހުރާ ގޯޅީގައި އޮންނަ ޕާރކް (ލޮރެންޒޯ ޕާރކް) ތެރޭގައި
ހޯރަފުށީ ނޫރީގެ މުޙައްމަދު އަރްހަމް (16އ)
ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ
މަރާލާފައިވާ މައްސަލާގައި ކ.މާލެ/ ގ.ދާސްތާން ޙުސައިން ޢަލީމްގެ ބައިވެރިވުމެއްވާކަމަށް ތުހުމަތު ކުރެވިގެން،
މި މައްސަލައަކީ މީހެއްގެ މަރު ހިމެނޭ މައްސަލައަކަށްވެފައި މިހާދިސާގެ ސަބަބުން މުޖްތަމަޢުގައި ބިރުވެރިކަން
އުފެދިފައިވުމާއި، ޙުސައިން ޢަލީމްއަކީ މީގެކުރިންވެސް ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުމާއި،
ތުހުމަތުގައި ހައްޔަރުކުރެވިފައިވާމީހެއްކަމަށްވުމާއި، މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި
ތެރިކަމަށްޓަކައި މީނާ ބަންދުން ދޫކުރަން ނުފެންނާތީއާއި، މިމައްސަލައިގައި މަންޒަރު ފެނުނު ބައެއްގެ
މަޢުލޫމާތު ތަހުޤީޤަށް ލިބިފައިވާތީ އެމީހުންނާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރުމުގެ ކުރިން މީނާ ދޫކޮށްލައިފިނަމަ
ހެކިބަސް ނައްތާލައި، ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި، މީނާ
ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް ފެންނާތީ މީނާގެ ބަންދުގެ މުއްދަތު 18 އޯގަސްޓް 2012 އިން ފެށިގެން 15
ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 076927/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
އިން އެދުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި މިވަގުތު ޙުސައިން ޢަލީމް ދޫކުރަން
ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ގޭ ބަންދުގައި ކުރައްވާފައިވާ އަމުރެއްކަން އެނގޭކަމެވެ.
4ކe*
ހެއްކަށް
2
4
2 ހއ
aހއeމަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 13316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/251
ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ އެމީހެއްގެ ކިބާގައި
ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި
49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ
ބުންކުރާ ސަބަބެއް
E 40 4
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި
ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް
ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 194/HC-A/2012
ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެން އޮތުމުން،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J(MD-145
ކޯޓުއަމުރަކީ، ޙުސައިން ޢަލީމް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައް
ރައްކާވެދާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/251
ފެނިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ ނެރުއްވާފައިވާ އަމުރެއްކަމަށް ވީހިނދު، ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި، އެމީހަކު ބަންދުކޮށްފައި
ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައިކަމާއި، މީހަކު
ގަސްތުގައި މަރާލުމުގެ މައްސަލައަކާ ގުޅިގެން ޙުސައިން ޢަލީމްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 12 އޯގަސްޓް 2012 ގައި މައްސަލައެއް
ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާއިރު، އަދި ޙުސައިން ޢަލީމްއަކީ މީގެ ކުރިންވެސް އެތައް ފަހަރަކު ތޫނު ހަތިޔާރު
ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުޤީޤުކޮށްފައިވާ
ފަރާތެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިކޯޑުތަކުން ދައްކާއިރު، ޙުސައިން ޢަލީމް ގޭބަންދަށް
ބަދަލުކުރުމަކީ މުޖުތަމަޢަށް އޭނާގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލުއޮތް ކަމެއްކަމަށް
ޤަބޫލުކުރެވޭކަމެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަން
ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/251
0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިމިވާ
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J
(
MD-145 ކޯޓު އަމުރުގައި ގ. ދާސްތާން، ޙުސައިން ޢަލީމް
(ދ.ރ.ކާޑު ނަންބަރު A123841) ބަންދުގައި ގޭގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6912(J
(
MD-145 ކޯޓު އަމުރުގައި ބަޔާންކުރައްވާފައިވާ މުއްދަތަށް
ޙުސައިން ޢަލީމް، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
އަމުރުކޮށް، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
2 • 8 މހޓ
@ހއeކޮށް
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv