ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/140 ޤަޟިއްޔާގެ ޙުކުމް
1
20jj/HC-A/140
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
*N
ޙަތު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
، ޤަޟިއްޔާ ނަންބަރ: 140/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޢައްބާސް ދާއިމީ އެޑްރެސް: ވެލާނާގެ ނ.ވެލިދޫ
އިޑީ ކާޑު ނަންބަލ: A096399 މިހާރުގެ އެޑްރެސް: ރަންގަލި ނ.ވެލިދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑުނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް
5
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޖޫން 2011
ނިމުނު ތާރީޚް: 29 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/D-12-C/34
ނިންމެވިކޯޓް: ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ރިޝްވަތުދިނުން
ހުށަހެޅި ތާރީޚް: 24 ޖޫން 2009 ނިމުނު ތާރީޚް: 16 މެއި 2011
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރު އައްބާސް ޝަރީފް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20jj/HC-A/j40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ނ.ވެލިދޫ ވެލާނާގެ މުޙައްމަދު ޢައްބާސް ގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ
ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއެވެ.
edއ
01 ދިވެހިރާއްޖޭ
ރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވޭ ނ.މަނަދޫ
މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާއަކީ، ނ.ވެލިދޫ(ވެލާނާގެ، މުޙައްމަދު ޢައްބާސް ގެ
އެއްބަނޑު އެއްބަފާ ކޮއްކޮ ނ.ވެލިދޫ ވެލާނާގެ ޢަބްދުއްލަޠީފް ޢައްބާސް ގެ މައްޗަށް 1997 ވަނަ އަހަރު
ނ.ވެލިދޫ ކޯޓަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން، ޢަބްދުއްލަޠީފް ޢައްބާސްގެ އުފަންތާރީޚަށް
ބަދަލު ގެނައުމަށްޓަކައި ނ.ވެލިދޫ އޮފީހުގައި އޮންނަ އެރަށު ގޭގޭމީހުންގެ ރަޖިސްޓްރީން ޢަބްދުއްލަޠީފް
ޢައްބާސްގެ އުފަން ތާރީޚަށް ބަދަލު ގެނުވީ ނ.ވެލިދޫ ކަތީބު އެރަށު ހިޖުރަ އިބްރާހިމް ޒަކީއަށް -/
10000ރ.
(ދިހަހާސް ރުފިޔާ) ދީގެން ކަމަށް މީނާ ބުނިކަމަށް ނ.ވެލިދޫ އަސްދޫ އަޙްމަދު ސަޢީދުއާއި، ކ.މާލެ/މ.މުންދޫ
ޢަބްދުﷲ ޒުބައިރު ބުނާތީ، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ
2 ވަނަ މާއްދާއާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ޢައްބާސްގެ މައްޗަށް ދައުލަތުން
ދައުވާކުރައްވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއާއި ގުޅިގެން ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުން ބައްލާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ނ.ވެލިދޫ ވެލާނާގެ މުޙައްމަދު ޢައްބާސްގެ
މައްޗަށް ދައުވަތުން ކޮށްފައިވާ ރިޝްވަތުދިނުމުގެ ކުށުގެ މިދަޢުވާއަށް ދަޢުވާލިބޭ މުޙައްމަދު ޢައްބާ
އިންކާރުކޮށް ރިޝްވަތު ނުދޭކަމަށް ބުނިނަމަވެސް ޢަބްދުއްލަޠީފް ޢައްބާސް އަހިވާލަފާނެ
އޭގެ
އެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/140
ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚް ބަދަލުކޮށްދިނުމަށް ކުޑަކަތީބު އިބްރާހިމް ޒަކީގެ ކައިރީގައި އެދުމުން
ނާވެސް އެކަން ކޮށްދިނީ އޭނާއަށް -/
10000ރ. (ދިހަހާސް ރުފިޔާ) ދިނުމުންކަމުގައި މުޙައްމަދު ޢައްބާސް
ބުނެފައިވާކަމަށްބުނެ ދެހެކީން ހެކިބަސްދީފައިވުމާއި، މުޙައްމަދު ޢައްބާސްގެ ކޮއްކޮ ނ.ވެލިދޫ(ވެލާނާގޭ
ޢަބްދުއްލަޠީފް ޢައްބާސްގެ އުފަންތާރީޚަކީ 03 އޭޕްރީލް 1979 ކަމާއި، ޢަބްދުއްލަޠީފް ޢައްބާސްގެ އުމުރު
ނ.ވެލިދޫ އޮފީހުގައި އޮންނަ ގޭގޭމީހުންގެ ރަޖިސްޓަރީން 03 އޭޕްރީލް 1980 އަށް ބަދަލުކޮށްފައިވާކަމާއި،
އެދުވަސްވަރު ވެލިދޫ އޮފީހުން ބަލަހައްޓާ ގޭގޭ މީހުންގެ ރަޖިސްޓަރީއާއި، ރަށްވެހީންގެ ރަޖިސްޓަރީ
ބެލެހެއްޓުމާއި ހަވާލުވެހުރި މީހަކީ ނ.ވެލިދޫ ކުޑަކަތީބު ނ.ވެލިދޫ ހިޖުރަ އިބްރާހީމް ޒަކީކަން ހުށަހެޅިފައިވާ
ފިޔުންތަކުންނާއި ހެކީންގެ ހެކިބަހުން އެގެން އޮންނާތީ، ދައުލަތުން ނ.ވެލިދޫ(ވެލާނާގޭ މުޙައްމަދު އައްބާސްގެ
މައްޗަށް ކޮށްފައިވާ ދަޢުވާގައިވާ ފަދައިން މުޙައްމަދު ޢައްބާސް ރިޝްވަތުދީފައިވާކަން ޝައްކެއްނެތް މިންވަރަށް
ޝަރީޢަތަށް ސާބިތުވާތީ، ރިޝްވަތުދިނުމުގެ ކުށުން މުޙައްމަދު ޢައްބާސް ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން މިއީ މުޙައްމަދު ޢައްބާސްގެ މައްޗަށް މިފަދަ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު
ކަމުގައި ވާތީ، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ
މާއްދާއާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ޢައްބާސް 4 (ހަތަރެއް) އަހަރާއި 6 (ހައެއް)
މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރު
2009/D12C/34 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ނ.ވެލިދޫ(ވެލާނާގެ މުޙައްމަދު ޢައްބާސް ގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދައުލަތުން ކުޅި ދަޢުވާގައި އުތޮކޮށްދީފައިވަނީ، މީހަކަށް ރިޝްވަތު
ދިންކަމަށް މުޙައްމަދު ޢައްބާސް ބުނެފައިވާކަން އެކަނިކަމާއި، އެބުގިދޮރާއިދއެއްގޮތަށް އެކަން ހިގާފައިވާކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20jj/HC-A/j40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
284
ޙަޤީޤަތެއް ދައުލަތުން ސާބިތުކޮށްދީފައިނުވާއިރު، މުޙައްމަދު ޢައްބާސް ގެ ފަރާތުން ރިޝްވަތު ދީފައިވާކަން
ސާބިތުވާކަމުގައި ކަނޑައަޅުއްވާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
ދެވަނަ ނުކުތާއަކީ: ހެކިބަހެއް ހޯދާނީ ހުށަހެޅިފައިވާ މައްސަލައިގެ "ޙަޤީޤަތެއް"
ސާފުކުރުމަށްޓަކައިކަން ހެއްކާބެހޭ ޤާނޫނުގެ 01 ވަނަ މާއްދާއިން އެނގެން އޮތްއިރު، އިސްތިއުނާފްކުރެވޭ
މައްސަލާގެ ދަޢުވާއަކީ "ރިޝްވަތު ދިނުން" ކަމަށްވެފައި، "ރިޝްވަތު ދިންކަމަށް ބުނެ މީހެއްގެ މައްޗަށް
ޝަރީޢަތް ނޫން އެހެންތަނެއްގައި، ތުހުމަތު ކުރިކަން" ސާބިތުވުމަކީ މައްސަލައިގެ ޙަޤީޤަތް ސާބިތުވީކަމަށް
ބައްލަވާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ
ތިންވަނަ ނުކުތާއަކީ: ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޢަބްދު
ޒުބައިރުއާއި، މުޙައްމަދު ޢައްބާހާއި ދެމެދު އޮންނަ ސިޔާސީ ދެބަސްވުންތަކެއްގެ ސަބަބުން މުޙައްމަދު އައްބާހާއި
ދެކޮޅަށް ކޮންމެ ފަދަ އެއްޗެއްވެސް ޢަބްދުﷲ ޒުބައިރު ބުނެފާނެކަމަށް ދަށު ކޯޓު މަރުހަލާގައި މުޙައްމަދު
ޢައްބާސްގެ ފަރާތުން ބުނެފައިވާއިރު، މައްސަލަ އިންސާފުވެރިކަމާއެކު ނިންމުމަށްޓަކައި ދެފަރާތުގެ ދެމެދުގައި
އޮތީ ކިހާވަރެއްގެ ހަސަދަވެރިކަމެއްތޯ ސާފުކުރުމަށް މަސައްކަތް ނުކުރައްވައި، އެފުރުޞަތު ނުދެއްވައި މައްސަލަ
ނިންމާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ
* ހަތަރުވަނަ ނުކުތާއަކީ: މައްސަލައިގައި ހެކިބަސްދިން ހެކިންގެ ތެރެއިން އަޙްމަދު ސަޢީދު،
(އަސްދޫ، ނ.ވެލިދޫ) ޝަރީޢަތުގައި ހެކިބަސްދެމުން، ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚަށް ބަދަލު ގެނެވޭނީ
-/10000ރ. (ދިހަހާސް ރުފިޔާ) ދިނުމުންކަމަށް އިބްރާހިމް ޒަކީ ބުނެފައިވާކަމަށް މުޙައްމަދު ޢައްބާސްގެ
ފަރާތުން ބުނެފައިވާކަމަށް ބުނެ ހެކިބަސްދީފައިވާއިރު، ދެހެކިންގެ ހެކިބަހުގައި ހުރި ފުށުއެ
ފުރިހަމަ ހެކިބަސްލިބި،
މިންވަރަށް މައްސަލަ ސާބިތުވީކަމުގައި ބައްލަވާފައިވާ
ހުށަހަޅާފައިވާ ނުކުތާ.
ފަސްވަނަ ނުކުތާއަކީ
ބުއްދި ސަލާމަތުންހުރި ޝަރީޢަތުގެ
މަޖިލީހުގައިވާ އިޢުތިރާފް ފިޔަވައި އެހެން
ކަމުގައި ނުބެލެވެނެކަމަށް ދިވެހި
برما می
އފހރނގއލ67
މ ފ2 3
4
.ހ4 2
2
4
2
مهم پرمرمرم
02Pނ
Sއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/140
ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާއިރު، މުޙައްމަދު
ޢައްބާސްގެ ފަރާތުން އެހެންތަނެއްގައި ހުރެގެން ވަކިކަމެއް ކުރިކަމަށް ބުނިކަން ޝަރީޢަތަށް ސާބިތުވުމަކީ،
ކުރެވިފައިވާ ދަޢުވާ ސާބިތުވުންކަމުގައި ބައްލަވާފައިވުންކަމަށްބުނެ ހުށަހަޅާފައިވާ ކުތް.
* ހަވަނަ ނުކުތާއަކީ: މިމައްސަލައިގައި އިސްތިއުނާފްކުރާ ފަރާތާއި ދެކޮޅަށް ދަށުކޯޓުގައި
ހެކިބަސްދިން ފަރާތްތަކުން ދީފައިވާ ހެކިބަހަކީ "ހިއަރސޭ އެވިޑެންސް" ނުވަތަ މީހަކު ބުނިބުނުމެއްގެ މައްޗަށް
ބިނާކޮށްދީފައިވާ ހެކިބަހަކަށްވާއިރު، ހެއްކާބެހޭ ނަޒަރިއްޔާތުގެ ޢާއްމު އުސޫލަކީ "ހިއަރސް އެވިޑެންސް' އަކީ
ހެއްކެއްގެ ގޮތުގައި ކޯޓަށް ބަލަ
ބަލައިގަނެވޭގެ
ނޫންކަމަށްވާއިރު، މިއީ
އަދި ބުރަދަންހުރި
ހެކިބަހެއްކަމުގައި ބައްލަވާފައިވުން ކަމަށް ބުނެ ހުށަހެޅިނުކުތާ،
COCOC
3ނން
އެއްޗެއް
ސައްޙަ
OU OO
03- ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު : ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ޢައްބާސްގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، ހާޒިރުކުރެވިފައިވާ ހެކީންގެ ހެކިބަހަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާގައި ނ.ވެލިދޫ
ވެލާނާގެ، މުޙައްމަދު ޢައްބާސްގެ މައްޗަށް ދަޢުވާކުރުމުގެ ގޮތުން ޑިސްޓިރިކްޓް ޕަބްލިކް ޕްރޮކިއުޓަރ ޙަސަން
ރަޝީދު (ދ.ރ.ކާޑް ނަންބަރުA159434) 01 ޖެނުއަރީ 2010 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ،
"ދައުލަތުން ނ.ވެލިދޫ ވެލާނާގޭ މުޙައްމަދު ޢައްބާސްގެ މައްޗަށް ކުރާ ދަޢުވާއަކީ މުޙައްމަދު ޢައްބާސް، މީނާގެ
އެއްބަނޑު އެއްބަފާ ކޮއްކޮ ނ.ވެލިދޫ ވެލާނާގެ ޢަބްދުއްލަޠީފް ޢައްބާސްގެ މައްޗަށް 1997 ވަނަ އަހަރު،
ނ.ވެލިދޫ ކޯޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީހަށް ބަދަ
ނައުމަށްޓަކައި އެވެސް މީހަކަށް ރިޝްވަތުގެ ގޮތުގައި -/10000ރ.(ދިހަހާސް ރުފިޔާ) ދިންކަމަށް
ގެ ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/140
މަށް
ކުރި ނަމަވެސް މީނަގެ ކޮއްކޮ ޢަބްދުއްލަޠީފް ޢައްބާސްގެ މައްޗަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލާގައި
އޭނާގެ އަދަބު ލުއި ކުރުމަށްޓަކައި، ނ.ވެލިދޫ އޮފީހުގައި އޮންނަ އެރަށު ގޭގޭގެ މީހުންގެ ރަޖިސްޓްރީން
ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚަށް ބަދަލު ގެނުވީ ނ.ވެލިދޫ ކަތީބު އެރަށު(ހިޖުރަ އިބްރާހީމް ޒަކީއަށް
-/
10000ރ.(ދިހަހާސް ރުފިޔާ) ދީގެން ކަމަށް މީނާ ބުނިކަމަށް ނ.ވެލިދޫ އަސްދޫ މުޙައްމަދު ސަޢީދުއާއި،
ކ.މާލެ މ.މުންދޫ ޢަބްދުﷲ ޒުބައިރު ބުނާތީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕަޝްން ހުއްޓުވުމާ
ގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ޢައްބާސްގެ
ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ." މިފަދައިން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ މިބަޔާން ކުރެވުނު ބީޣާއިން މުޙައްމަދު ޢައްބާސްގެ މައްޗަށް އުފުލުނު ދަޢުވާއަށް އޭނާ
އިންކާރު ކޮށްފައިވާކަމާއި، އެފަދައިން އިންކާރު ކުރުމުން ދައުލަތުން ކުޅި ދަޢުވާ ސާބިތު ކޮށްދިނުމަށްޓަކައި
ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ، ނ.ވެލިދޫއަސްދޫ، މުޙައްމަދު ސަޢީދުއާއި، ކ.މާލެ/ލ.މާންދޫ، ޢަބްދު
ޒުބައިރުއާ ދެމީހުންކަން 01 ޖެނުއަރީ 2010 ގައި ޑިސްޓިރިކްޓް ޕަބްލިކް ޕްރޮކިއުޓަރ ޙަސަން ރަޝީދު
(ދ.ރ.ކާޑް ނަންބަރުA159434) ދީފައިވާ ދެވަނަ ބަޔާނުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ށ) މުޙައްމަދު ޢައްބާސްގެ މައްޗަށް ދައުލަތުން ކުޅަ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާ
ސާބިތު ކޮށްދިނުމަށް ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ހެކީންކުރެ ނ.ވެލިދޫ އަސްދޫ، މުޙައްމަދު
ސަޢީދު މައްސަލާގެ ތަޙްޤީޤަށް 29 މެއި 2008 ގައި ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި އޭނާ ކިޔައި
ދީފައިވަނީ އެބަޔާން ދިން ތާރީޚްގެ ދެތިން އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެއްގެ ވާހަކަކަން
އެނގޭކަމާއި،
މިގޮތުން އޭނާއަކީ އޭރު އެރަށު ރަށްކުރިއަރުވާ ކޮމެޓީގެ ނާއިބު ރައީސް ކަމަށާއި، އެ
ހައިސިއްޔަތުން އޭރު ރަށުތެރޭގައި ދިމާވާ އެކިއެކި ކަންތައްތައް ޙައްލު ކުރުމަށް ށުގެ ވެރީންނާ ގުމިއީނެއްޖޭގެ
މަސައްކަތް ކުރަމުން ގެންދިޔަ ކަމަށާއި، އޭގެ ތެރެއިން ދުވަހެއްގައި އޭރުގެ އެރަށުގެ ކަތީބްގެ
މުޙައްމަދު ސަޢީދު އިންދާ މީހަކު އައިސް ރަށު އޮފީސް ކައިރިއަށް މީހުން އެއްވާ ވާހަކަ ބުނުމު،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/140
އެގެއިން ނުކުމެގެން އޮފީސް ކައިރިއަށް ދިޔުމަށް މަގުމަތީން ދަނިކޮށް ނ.ވެލިދޫ އަމާޒު ސިނަމާ ކައިރިން
ނ.ވެލިދޫ(ވެލާނާގެ މުޙައްމަދު ޢައްބާސްއާ ދިމާވިކަމަށާއި، ދިމާވެގެން މުޙައްމަދު ސަޢީދު ގާތުގައި އޭރު ދެއްކީ
އޭރު ރަށުތެރޭގައި ދިމާވެގެން އެއުޅުނު ކަންތައްތަކުގެ ކަކަމަށްބު އެވާހަކަތައް އެބަޔާނުގައި ކިޔައި
ދީފައިވާކަމާއި،
އަދި އޭގެ ދެދުވަސްފަހުން މެންދުރުފަހު 14:30 ހާއިރު ނ.ވެލިދޫ ފުނަމާގެ އާއި ހިސާބުން
އެތާން ވަޑާންގެ ކައިރިން މުޙައްމަދު ޢައްބާސްއާ ދިމާވިކަމަށާއި، އޭނާއާއި ދިމާވެގެން ވާހަކަ ދެއްކުމުގެ
ތެރޭގައި، "ކިހިނެއްހޭ ކަންތައް ރަނގަޅުވާނީ އޭނަގެ ކޮއްކޮ އަބްދުއްލަޠީފް ޢައްބާސްގެ މައްޗަށް އަރުވާލުމަށް
ހުކުމެއް ކުރަންޖެހިގެން އޭނާގެ އުފަން ތާރީޚް ބަދަލު ކޮށްދިނުމަށް ކުޑަކަތީބާ އިބްރާހީމް ޒަކީ ކައިރީގައި
އެދުމުން އޭނާވެސް އެކަން ކޮށްދިނީ އޭނާއަށް -/
10000ރ.(ދިހަހާސް ރުފިޔާ) ދިނުމުން ކަމުގައި އަޅުގަޑުގެ
ގާތުގައި ބުންޏެވެ. އަދި މުޙައްމަދު ޢައްބާސް، އިބްރާހީމް ޒަކީ ލައްވާ އެކަން ކުރުވުމަށްޓަކައި ކުރާ ހޭދައާއި
އުޅުނު ގޮތުގެ ވާހަކަވެސް ކިޔައި ދިނެވެ. އެގޮތުން އިބްރާހީމް ޒަކީއާއި މަގުމަތީން ދިމާވެގެން އާދޭސް ކުރަމުން
ގޮސް ނ.ވެލިދޫ ލުބޯމާގެއަށް އިބްރާހީމް ޒަކީ ވަނުމުންވެސް އެގޭދޮށު ބޭރުފާރުމަތީގައި އިބްރާހީމް ޒަކީ
ނުކުންނަންދެން މުޙައްމަދު ޢައްބާ
އްމަދު ޢައްބާސް ބަނޑު އަޅައިގެން އޮތް ކަމަށާއި އިބްރާހީމް ޒަކީ އެގެއިން ނުކުތުމުން
އަނެއްކާވެސް އޭނާގާތު އާދޭސްކޮށް -/
10،000ރ.(ދިހަހާސް ރުފިޔާ) ދޭނަމޭ ބުނުމުން، "ތިކަން ވޭތޯ ބަލާނަން"
މިހެން ކަތީބް އިބްރާހީމް ޒަކީ ބުނިކަމަށް މުޙައްމަދު އައްބާސް އަޅުގަޑު ގާތު ބުނެފައިވެއެވެ. މުޙައްމަދު
އަޅުގަޑު ގާތުގައި އެވާހަކަތައް ދެއްކިއިރު އަޅުގަޑުމެން ދެމީހުން ފިޔަވައި އިތުރު މީހަކު
.އެވެ. މުޙައްމަދު ޢައްބާސް އަޅުގަޑު ގާތުގައި އެވާހަކަ ދެއްކުމުން އެވާހަކަތައް ނ.ވެލިދޫ ބޮޑުކަތީބް
އިބްރާހީމް ޙިލްމީ ގާތުގައި އަޅުގަޑު ބުނީމެވެ. އަޅުގަޑު އެވާހަކަތައް ބޮޑުކަތީބު އިބްރާހީމް ޙިލްމީ ގާތުގައި
ދެއްކުމުން ކަތީބަށްވެސް އެވާހަކަތައް އިވިގެން ބެލިއިރު އެކަންތައް ހުރީ އެގޮތަށް ހިނގާފައި ކަމުގައި އަޅުގަޑު
ގާތުގައި ކަތީބް އިބްރާހީމް ޙިލްމީ ބުންޏެވެ." މިފަދައިން އަޙްމަދު ސަޢީދުގެ އެބަޔާނުގައި ބުނެފައިވާކަން
އާއީ
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
20j1/HC-A/140
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
1
މުޙައްމަދު ސަޢީދުގެ އެބަޔާނަށް ބަލާއިރު، " ޢަބްދުއްލަޠީފް ޢައްބާސްގެ މައްޗަށް އަރުވާލުމަށް
ހުކުމެއް ކުރަންޖެހިގެން އޭނާގެ އުފަން ތާރީޚް ބަދަލު ކޮށްދިނުމަށް ކުޑަކަތީބް އިބްރާހީމް ޒަކީ ކައިރީގައި
އެދުމުން އޭނާވެސް އެކަން ކޮށްދިނީ އޭނާއަށް -/000'10ރ.(ދިހަހާސް ރުފިޔާ) ދިނުމުން ކަމުގައި އަޅުގަޑުގެ
ގާތުގައި ބުންޏެވެ." މިފަދައިން އެބަޔާނުގައި މުޙައްމަދު ސަޢީދު ބުނެފައިވާއިރު،
އިސްތިއުނާފު ކުރެވޭ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34
ޤަޟިއްޔާ އާއި ގުޅިގެން ނ.ވެލިދޫ ކޯޓަށް 30 ޖޫން 2010 ގައި މުޙައްމަދު ސަޢީދު ދީފައިވާ ބަޔާނުގައި
ބުނެފައިވަނީ، "އަޅުގަނޑު ގާތުގައި މިރަށު ވެލާނާގޭ މުޙައްމަދު ޢައްބާސް، ޢަބްދުއްލަޠީފް ޢައްބާސް ގެ
އުފަންތާރީޚަށް ބަދަލު ގެނެވޭނީ -/000°10 ރ.(ދިހަހާސް ރުފިޔާ) ދީގެން ކަމަށް ކަތީބް ނ.ވެލިދޫހިޖުރަ
އިބްރާހީމް ޒަކީ ބުނެފައިވާ ކަމަށް އަޅުގަޑު ގާތުގައި މުޙައްމަދު ޢައްބާސް ބުނެފައި ވެއެވެ." މިފަދައިން ކަން
4 2 4 222 2
ރެވެއެވެ.
4 ހއ 2
އި9ނ
(ނ) ދައުލަތުން ހުށަހަޅާފައިވާ ދެވަނަ ހެކި މީހާ ކ.މާލެ/މ.މުންދޫ، ޢަބްދުﷲ ޒުބައިރު
މައްސަލާގެ ތަޙްޤީޤަށް 29 މެއި 2008 ގައި ދީފައިވާ ބަޔާނަށް ބަލާއިރު، އެ ބަޔާނުގައި އޭނާވެސް ކިޔައި
ދީފައިވަނީ ދިން ތާރީޚުގެ ދެތިން އަހަރު ކުރިން ހިނގާފައިވާ ކަމެއްގެ ވާހަކަކަމާއި،
މިގޮތުން އެބަޔާނުގައި، "...ރޭގަޑުގެ ވަގުތެއްގައި މުޙައްމަދު ޢައްބާސްގެ ފިހާރަ ދޮށަށް ގޮސް
މުޙައްމަދު ޢައްބާސް އާ ބައްދަލުވެ ވާހަކަ ދެއްކުމުގެ ތެރޭގައި، އެދުވަހު ނ.ވެލިދޫ ރަށު އޮފީސް ދޮށުގައާއި
ޕްރީސްކޫލް ދޮށުގައި ނ.ވެލިދޫ ކުޑަކަތީބް އިބްރާހީމް ޒަކީއާއި މުޙައްމަދު ޢައްބާސް އާއި ދެމީހުން ޒުވާބު ކޮށް
ވާހަކަ ދައްކަމުން ގޮސް މުޙައްމަދު ޢައްބާސްގެ ކޮއްކޮއެއްގެ (ފުރިހަމަ ނަމާއި އެޑްރެސް ނޭނގޭ) އުފަން ތާރީޚް
ބަދަލު ކުރުމަށްޓަކައި ކުޑަކަތީބް އިބްރާހީމް ޒަކީއަށް -/
10000ރ.(ދިހަހާސް ރުފިޔާ) ދިން ކަމުގައި އަޅުގަޑު
ގާތުގައި މުޙައްމަދު ޢައްބާސް ބުންޏެވެ. މުޙައްމަދު އައްބާސްގެ ކޮއްކޮގެ އުފަން ތާރީހް ބަދަލު ކުރަން ޖެހުނީ
އޭނާގެ މައްޗަށް އޭރު ނ.ވެލިދޫ ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން ކަމަށާއި އުފަން ތާރީޚް
ބަދަލު ނުވިނަމަ މުޙައްމަދު ޢައްބާސްގެ ކޮއްކޮ އަރުވާލަން ޖެހޭ ކަމަށާއި، ޢުމުރު ހަގު ކުރުމުން ކޮއްކޮ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20jj/HC-A/140
34
އެއްގޮތަށް
އަރުވާލަން ނުޖެހި ސަލާމަތްވި ކަމަށްވެސް މުޙައްމަދު ޢައްބާސް ވާހަކަ ދައްކަމުން އަޅުގަޑު ގާތުގައި ބުނެފައި
ވެއެވެ. މިވާހަކަ މުޙައްމަދު ޢައްބާސް އަޅުގަޑު ގާތު ދެއްކިއިރު އަޅުގަޑުމެން ދެމީހުން ފިޔަވައި އިތުރު މީހަކު
މިފަދައިން ބުނެފައިވާއިރު،
ޢަބްދުﷲ ޒުބައިރު 13 އޭޕްރީލް 2011 ގައި ޝަރީޢަތަށް ދީފައިވާ ބަޔާނުގައިވެސް ތަޙްޤީޤު
ބަޔާނުގައި ބުނެފައިވާ ގޮތާއި އެއްގޮތަށް ބުނެފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ
2009/D12C/34 ޤަޟިއްޔާގައި ނ.ވެލިދޫ އަސްދޫ، މުޙައްމަދު ސަޢީދު އާއި ކ.މާލެ/ލ.މާންދޫ، ޢަބްދު
ޒުބައިރުއާ ދެމީހުން ހެކިބަސް ދިނުމުން އެދެމީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް މުޙައްމަދު ޢައްބާސްގެ
މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތު ވެއްޖެކަމަށް ކުރައްވާފައިވާ ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފް
ކުރަމުން ދައްކާފައިވާ ވާހަކާގައި، އެދެހެކީންނަށް ތަޙްޤީޤުގައި ބަޔާން ދީފައިވާ ގޮތާއި ޝަރީޢަތުގައި
ބަޔާން ދެވިފައި ނުވާކަމަށާއި، އޭގެ ތެރެއިން މުޙައްމަދު ސައީދު ތަޙްޤީޤަށް ދީފައިވާ ބަޔާނާއި ޝަރީޢަތަށް
ދީފައިވާ ބަޔާނުގައި މުޙައްމަދު ޢައްބާސް އޭނާ ގާތު ބުނެފައިވާ އެއްޗެއް އެބުނި ގޮތަކީ ކޮބައިކަން ސިފަ
ކޮށްދިނުމުގައި ތަފާތު ދެމާނެއް ނެގޭގޮތަށް ދެމަރުޙަލާގައި ދެގޮތަށް ބުނެފައިވާކަމަށް މުޙައްމަދު ޢައްބާސް ގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށް އެނުކުތާއަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެކަށީގެންވާ ގޮތެއްގައި ބާރުއަޅާ ވާހަކަ ދައްކާފައިވާތީ، މި މުޙައްމަދު ސަޢީދުއާއި ޢަބްދުﷲ ޒުބައިރު ހައިކޯޓުގެ
މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހާޟިރުކޮށް ޝަރީޢަތުގެ ފަރާތުން ކުރަންޖެހޭ ސުވާލުތައްކޮށް ސާފު
ކުރެވިފައިވާކަމާއި، އަދި މުޙައްމަދު ސަޢީދު މައްސަލާގެ ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައިވާ ޢިބާރާތްތަކަށާއި،
ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާ އާއި ގުޅިގެން ދީފައިވާ އިސްވެ ބަޔާން
ކުރެވުނު ބަޔާނުގައިވާ ޢިބާރާތްތަކަށް ބަހުގެ ހަމަތަކުންނާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ވިސްނާ
ރިޢާޔަތް ކުރެވިފައިވާކަމާއި،
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20jj/HC-A/j40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
..
If
އެގޮތުން މުޙައްމަދު ސަޢީދު މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، "...ޢަބްދުއްލަޠީފް
ޢައްބާސްގެ މައްޗަށް އަރުވާލުމަށް ހުކުމެއް ކުރަންޖެހިގެން އޭނާގެ އުފަން ތާރީޚް ބަދަލު ކޮށްދިނުމަށް ކުޑަކަތީބް
އިބްރާހީމް ޒަކީ ކައިރީގައި އެދުމުން އޭނާވެސް އެކަން ކޮށްދިނީ އޭނާއަށް -/10000ރ.(ދިހަހާސް ރުފިޔާ)
ދިނުމުން ކަމުގައި އަޅުގަޑުގެ ގާތުގައި ބުންޏެވެ." މިފަދައިން ބުނެފައިވާއިރު،
ޝަރީޢަތަށް މުޙައްމަދު ސައީދު ދީފައިވާ ބަޔާނުގައި "އަޅުގަނޑު ގާތުގައި މިރަށު ވެލާނާގޭ
މުޙައްމަދު ޢައްބާސް، ޢަބްދުއްލަޠީފް ޢައްބާސް ގެ އުފަންތާރީޚަށް ބަދަލު ގެނެވޭނީ -/10000ރ.(ދިހަހާސް
ރުފިޔާ) ދީގެން ކަމަށް ކަތީބް ނ.ވެލިދޫ)ހިޖުރަ އިބްރާހީމް ޒަކީ ބުނެފައިވާ ކަމަށް އަޅުގަޑު ގާތުގައި މުޙައްމަދު
އައްބާސް ބުނެފައި ވެއެވެ." މިފަދައިން ކަމާއި،
މި ދެބަޔާނުގެތެރެއިން މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުން އިސްވެ ފާހަގަކޮށްފައިވާ
ޢިބާރާތަށް ބަލާއިރު، ޢަބްދުއްލަޠީފް ޢައްބާސް ގެ އުފަން ތާރީޚަށް ބަދަލު ގެނައުމަށްޓަކައި މުޙައްމަދު
ޢައްބާސްގެ ފަރާތުން އިބްރާހީމް ޒަކީ ގާތު އެދިފައިވާކަމާއި، އަދި އެއެދުމާއެކު އެކަމުގެ މުޤާބިލުގައި
-/000'10ރ.(ދިހަހާސް ރުފިޔާ) ދޭނެކަމަށް ބުނެ އެފަދައިން މުޙައްމަދު ޢައްބާސްގެ ފަރާތުން އިބްރާހީމް ޒަކީ
ހުށަހަޅައި، އެހުށަހެޅުން އިބްރާހީމް ޒަކީ ޤަބޫލުކޮށް، މުޙައްމަދު ޢައްބާސް އެދިފައިވާ ފަދައިން
ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚަށް ބަދަލު ގެނެސްދީފައިވާކަން އެޢިބާރާތުން ސާފުކޮށް އެނގެން
އޮތްކަމުގައި ވިޔަސް،
ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާއާއި ގުޅިގެން
ޝަރީޢަތަށް މުޙައްމަދު ސަޢީދު ދީފައިވާ ބަޔާނުގައި މުޙައްމަދު ޢައްބާސް ބުނިކަމަށް އޭނާ ބުނެފައިވާ ޢިބާރާތަށް
ބަލާއިރު، ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚަށް ބަދަލު ގެންނަން ބޭނުން ވެގެން އެކަމަށް އެދި އެވާހަކަ
އިބްރާހީމް ޒަކީ ގާތު މުޙައްމަދު ޢައްބާސް ދައްކާފައިވާކަމާއި، މުޙައްމަދު ޢައްބާސްގެ އެ އެދުނު ކަންތަކާއި
ވިދިގެން -/000'10 ރ.(ދިހަހާސް ރުފިޔާ) ދިނުމުން އެކަން ކޮށްދޭނެ ކަމަށްބުނެ އެހުށައެޅުން
މިން އިސްވެ
ހުށަހަޅާފައިވަނީ އިބްރާހީމް ޒަކީ ކަމާއި، އިބްރާހީމް ޒަކީގެ އެހުށަހެޅުން މުޙައްމަދު ޢައްބާސް އެގޮތުގެ
އަށް ހުށަހެޅުމެއް
44
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4e ،$$
11
20jj/HC-A/140
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮއްކޮގެ
ޢައްބާސް
މަތީން ޤަބޫލުކުރިކަން އެނގެން ނެތްކަމާއި، އަދި މުޙައްމަދު ޢައްބާސްގެ ފަރާތުން އެދުނު ކަންތައް އޭނާ އެދުނު
ގޮތަށް އިބްރާހީމް ޒަކީ ކޮށްދީފައިވާކަން އެބަޔާނުން އެނގެން ނެތްކަން ފާހަގަކުރެވޭކަމާއި،
އެސަބަބަށްޓަކައި މިދެހެކިވެރިން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް މިދެމީހުންގެ
ބަޔާނުގައި ބުނެފައިވާ ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚް ބަދަލު ކުރުމާ ގުޅޭގޮތުން މުޙައްމަދު ޢައްބާސް
މިދެމީހުންގެ ގާތުގައި ދެއްކި ވާހަކާގައި ކަނޑައެޅިގެން ބުނެފައިވާ އެއްޗެއް ސާފު ކުރުމުގެ ގޮތުން ސުވާލު
ކުރެވިފައިވާކަމާއި، މިގޮތުން ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ކ.މާލެ/މ.މުންދޫ، ޢަބްދުﷲ ޒުބައިރު
ހައިކޯޓުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، މުޙައްމަދު ޢައްބާސްގެ އުފަން ތާރީޚް ބަދަލު
ކުރުމަށްޓަކައި ކުޑަކަތީބް އިބްރާހީމް ޒަކީ އަށް -/100000 ރ.(ދިހަހާސް ރުފިޔާ) ދިފައިވާކަމަށް މުޙައްމަދު
އޭނާ ގާތު ބުނެފައިވާކަމަށް މައްސަލާގެ ތަޙްޤީޤުގައި ޢަބްދުﷲ ޒުބައިރު ބުނެފައިވާ ފަދައިން
ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާ އާއި ގުޅިގެންނާއި ހައިކޯޓުގެ
މިޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ހެކީން ކުރާ ހުވާ ކޮށްގެންހުރެ ޢަބްދުﷲ ޒުބައިރު
އެއްގޮތަކަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ނަމަވެސް މިމައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ޢައްބާސްގެ ފަރާތުން ފާހަގަ ކޮށްފައިވާ
ފަދައިން މުޙައްމަދު ސަޢީދު މައްސަލާގެ ތަޙްޤީޤުއާއި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ
2009/D12C/34 ޤަޟިއްޔާ އާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ސަޢީދު ދީފައިވާ ބަޔާނުގައި
މުޙައްމަދު ޢައްބާސް އޭނާ ގާތު ބުނެފައިވާ އެއްޗެއް އެ ދެމަރުޙައްލުގައި ބުނެފައިވާގޮތް ތަފާތުކަމާއި،
އޭގެ ތެރެއިން މައްސަލާގެ ތަޙްޤީޤަށް މުޙައްމަދު ސަޢީދު ދީފައިވާ ބަޔާނުގައި، މުޙައްމަދު
ބުނިކަމަށް މުޙައްމަދު ސަޢީދު ބުނެފައިވާ ގޮތަކީ، "...ޢަބްދުއްލަޠީފް ޢައްބާސްގެ މައްޗަށް އަރުވާލުމަށް
ހުކުމެއް ކުރަންޖެހިގެން އޭނާގެ އުފަން ތާރީޚް ބަދަލު ކޮށްދިނުމަށް ކުޑަކަތީބު އިބްރާހީމް ޒަކީ ކައިރީގައި
ވެސް އެކަން ކޮށްދިނީ އޭނާއަށް -/10000ރ.(ދިހަހާސް ރުފިޔާ) ދިނުމުން ކަމުގައި އަޅުގަޑުގެ
ގާތުގައި
ބުންޏެވެ." މި ކަމާއި،
ހދ 4
2
ހއބ
އެދުމުން
2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20jj/HC-A/j40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާ އާއި ގުޅިގެން
ޝަރީޢަތަށް މުޙައްމަދު ސައީދު ދީފައިވާ ބަޔާނުގައި ބުނެފައިވާ ގޮތަކީ "އަޅުގަނޑު ގާތުގައި މިރަށު ވެލާނާގޭ
މުޙައްމަދު އައްބާސް، ޢަބްދުއްލަޠީފް ޢައްބާސް ގެ އުފަންތާރީޚަށް ބަދަލު ގެނެވޭނީ -/000°10ރ.(ދިހަހާސް
ރުފިޔާ) ދީގެން ކަމަށް ކަތީބް ނ.ވެލިދޫ(ހިޖުރަ އިބްރާހީމް ޒަކީ ބުނެފައިވާ ކަމަށް އަޅުގަޑު ގާތުގައި މުޙައްމަދު
ޢައްބާސް ބުނެފައި ވެއެވެ." މިއީ ކަމާއި،
މިދެގޮތުން ކުރެ މުޙައްމަދު ޢައްބާސް، މުޙައްމަދު ސަޢީދު ގާތު ބުނެފައިވާ ކަމަށް ބޮޑަކަށް
ޔަޤީންވާ ގޮތަކީ ކޮބައިތޯ ސާފު ކުރުމުގެ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުން، ހެކީން
ކުރާ ހުވާކުރުމަށްފަހު މުޙައްމަދު ސަޢީދު ދީފައިވާ ޖަވާބުގައި، މުޙައްމަދު ޢައްބާސް އޭނާ ގާތުގައި އެދުވަހު
ބުނެފައިވާ ގޮތްކަމަށް ބޮޑަށް ޔަޤީންވަނީ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34
ޤަޟިއްޔާ އާއި ގުޅިގެން ޝަރީޢަތަށް މުޙައްމަދު ސަޢީދު ދީފައިވާ ބަޔާނުގައި ބުނެފައިވާ ގޮތްކަމަށާއި، އެގޮތަކީ
"އަޅުގަނޑު ގާތުގައި މިރަށު ވެލާނާގޭ މުޙައްމަދު ޢައްބާސް، ޢަބްދުއްލަޠީފް ޢައްބާސް ގެ އުފަންތާރީޚަށް ބަދަލު
ގެނެވޭނީ -/10000ރ.(ދިހަހާސް ރުފިޔާ) ދީގެން ކަމަށް ކަތީބް ނ.ވެލިދޫ/ހިޖުރަ އިބްރާހީމް ޒަކީ ބުނެފައިވާ
ކަމަށް އަޅުގަޑު ގާތުގައި މުޙައްމަދު ޢައްބާސް ބުނެފައި ވެއެވެ." މިއީ ކަމަށް މުޙައްމަދު ސަޢީދު ތަކުރާރުކޮށް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެ ދިޔަ ކަންތައްތަކަށް ޝަރީޢަތުން
ރިޢާޔަތްކޮށް ބަލާއިރު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާ ބައްލަވައި
ރިޝްވަތު ދިނުމުގެ ކުށުން މުޙައްމަދު ޢައްބާސް ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅުއްވައި، އެގޮތުގެ މަތިން
ޙުކުމް ކުރައްވާފައި ވަނީ، މުޙައްމަދު ޢައްބާސްގެ ކޮއްކޮ އަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚް ބަދަލު
ކޮށްދިނުމަށް ކުޑަކަތީބް އިބްރާހީމް ޒަކީގެ ކައިރީގައި އެދުމުން އޭނާވެސް ކަން ކޮށްދިނީ އޭނާއަށް
-/10000ރ.(ދިހަހާސް ރުފިޔާ) ދިނުމުން ކަމުގައި މުޙައްމަދު ޢައްބާސް ބުނެފައިވާކަމަށް ދެހެކީން ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސް ދީފައިވާކަމަށް ބައްލަވައި، އެދެމީހުންގެ ހެކިބަހަށާއި އޭގެ އިތުރަށް ނ.ވެލިދޫ ގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20jj/HC-A/j40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮފީހުގައި ހުރި ކަމާބެހޭ ލިޔުންތަކުން ޢަބްދުއްލަޠީފް ޢައްބާސްގެ އުފަން ތާރީޚް "03 އޭޕްރީލް 1979" މިހެން
އޮތްތަން 03 އޭޕްރިލް 1980 މިގޮތަށް ބަދަލުވެފައި އޮތް އޮތުމުން ލިބޭ ޤަރީނާގެ މައްޗަށް ބިނާކޮށްގެން
ކަމާއި، ނަމަވެސް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާ އާއި ގުޅިގެން
ނ.ވެލިދޫ އަސްދޫ، މުޙައްމަދު ސަޢީދު ދީފައިވާ ހެކިބަހުގައި، މުޙައްމަދު ޢައްބާހުގެ ކޮއްކޮ ޢަބްދުއްލަޠީފް
ޢައްބާހުގެ އުފަން ތާރީޚް ބަދަލު ކޮށްދިނުމަށް ކުޑަކަތީބް އިބްރާހީމް ޒަކީގެ ކައިރީގައި އެދުމުން އޭނާވެސް
އެކަން ކޮށްދިނީ އޭނާއަށް -/000°10ރ.(ދިހަހާސް ރުފިޔާ) ދިނުމުން ކަމުގައި މުޙައްމަދު ޢައްބާސް
ބުނެފައިވާކަމަށް ދޭހަވާ ގޮތަށް މުޙައްމަދު ސަޢީދު ބުނެފައި ނުވާކަމާއި، މުޙައްމަދު ސަޢީދު ގެބަޔާނުގައި އޭނާ
ބުނެފައިވަނީ، "އަޅުގަނޑު ގާތުގައި މިރަށު ވެލާނާގޭ މުޙައްމަދު ޢައްބާސް، ޢަބްދުއްލަޠީފް ޢައްބާސް ގެ
އުފަންތާރީޚަށް ބަދަލު ގެނެވޭނީ -/10000ރ.(ދިހަހާސް ރުފިޔާ) ދިގެން ކަމަށް ކަތީބް ނ.ވެލިދޫ!ހިޖުރަ
އިބްރާހީމް ޒަކީ ބުނެފައިވާ ކަމަށް އަޅުގަޑު ގާތުގައި މުޙައްމަދު ޢައްބާސް ބުނެފައި ވެއެވެ." މިފަދައިން ކަމަށް
މުޙައްމަދު ސަޢީދު ދީފައިވާ އެބަޔާނުން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އެކަން އިތުރަށް މުޙައްމަދު ސަޢީދު ޔަޤީން ކޮށްދީފައިވާކަން އެނގެން
އޮންނާތީ، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާގައި ހެކިބަސް ދީފައިވާ
މުޙައްމަދު ސަޢީދުގެ ހެކިބަހަކީ ކާފީ ހެކިބަހެއްކަމުގައި އެޤަޟިއްޔާގައި ބައްލަވާފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، ނ.މަނަދޫ
މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
OXO
4 6 8 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
20jj/HC-A/j40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކުރާއިރު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާގައި ދައުލަތުން
ވެލިދޫ(ވެލާނާގޭ މުޙައްމަދު އައްބާސްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައިވާ ފަދައިން މުޙައްމަދު ޢައްބާސް
ރިޝްވަތުދީފައިވާކަން ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށާއި، ރިޝްވަތުދިނުމުގެ ކުށުން
ޢައްބާސް ކުއްވެރިވެއްޖެކަމަށާއި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 02/2000
(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން
މުޙައްމަދު ޢައްބާސް 4 (ހަތަރެއް) އަހަރާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ނ.މަނަދޫ
މެޖިސްޓްރޭޓް ކޯޓް ނަންބަރ 2009/D12C/34 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމް މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ކުޑައެވެ. ޢައްބާސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv