ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/365 ޤަޟިއްޔާގެ ޙުކުމް
1
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/365
1)
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 365/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޖާބިރު
ކާޑު ނަންބަރ: A051077
އެޑްރެސް: މިމި ޚާއްޞަ ދަފްތަރު 932
އެޑްރެސް: ލ. ހަތިކޮޅު
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 23 ޑިސެމްބަރު 2009
ނިމުނު ތާރީޚް: 22 ޖެނުއަރީ 2012
02
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/2088
• ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ބޯހިޔާވަހިކަން ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/365
ޚުލާޞާ:
އީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/2088 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 932 އަޙްމަދު ޖާބިރު އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ
އޮފީސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީ ކޯޓުގެ ނަންބަރު 2008/MC/2088 ޤަޟިއްޔާއަކީ، ދިވެހި ރައްޔިތަކަށް ވެފައި،
ޢުމުރުން 46 އަހަރުވި އިރުވެސް ބޯހިޔާކޮށްލެވޭނެ އެއްވެސް ފަދައެއް ލިބިފައި ނެތްކަމަށާއި، އަނބިދަރިން 2005
ވަނަ އަހަރު މަގުމަތި ވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ، އަސާސީ ޙައްޤުތަކާއިބެހޭ
ބައިގެ 23 ވަނަ މާއްދާގައި ބޯހިޔާވަހިކަން ކޮންމެ ދިވެހިރައްޔިތަކަށް ލިބިދިނުމަށްޓަކައި ދައުލަތުން މަސައްކަތް
ކޮށްދޭންޖެހޭނެ ކަމަށް ލިޔެފައިވާ ކަމަށް ބުނެ ބޯހިޔާވަހިކަން ނުލިބޭ މައްސަލަ ބަލައިދިނުމަށް އެދި ދަފްތަރު
ނަންބަރު 932 އަޙްމަދު ޖާބިރު ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކާއި ޝަރީޢަށް
ހުށަހެޅުނު ބަޔާންތަކާއި ލިޔެކިއުންތަކަށް ނަޡަރުކޮށް ބެލިއިރު، ދަޢުވާކުރާ އަޙްމަދު ޖާބިރު ބޯހިޔާވަހިކަން
ބޭނުންވަނީ މާލެއިންކަން އެނގޭކަމާއި، މާލެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ގޯއްޗާއި ފުލެޓް ދޫކުރަނީ
އެކަމަށް ކަނޑައެޅިފައިވާ ވަކި ޝަރުތު ތަކެއްގެ ދަށުންކަން އެނގެން އޮންނަ ހިނދު މާލެއިން ގޯތި ނުވަތަ ފުލެޓް
ދޫކުރުމުގައި ދޫކުރަން ކަނޑައެޅުނު ގޯތިތައް ނުވަތަ ފުލެޓްތަކުގެ ޢަދަދަށްވުރެ ނުވަތަ ޝަރުތު ހަމަވާ ފަރާތްތަކުގެ
ޢަދަދު އިތުރުވެއްޖެ ނަމަ ދައުލަތުން ޢަމަލު ކުރާ އުޞޫލަކީ ގޯތި ނުވަތަ ފުލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުގެ
މެދުގައި ޤުރުޢަތުލައިގެން ގޯތި ނުވަތަ ފުލެޓް ދޫކުރާނެ ފަރާތްތައް ކަނޑައެ މިކަން ޝަރީޢަތަށް ހުށަހެޅުނު
ލިޔުންތަކުން އެނގެން އޮންނަހިނދު، މިފަދައިން ޢަމަލުކޮށް ގޯތި ނުވަތަ ފުލެޓް ދޫކުރާނެ ފަރާތްތައް
ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޝަރުޢީ ހަމަތަކާއި ދައުލަތުގެ ފޯރުންތެރިކަމަށް ރިޢާޔަތްކޮށް ބަލާއިރު،
އިންޞާފުވެރި ޢަދުލުވެރި ގޮތެއްކަމަށް ބެލެވޭތީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެއިން ގޯއްޗާއި ފުލެޓް
OXO
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/365
ދޫކުރުމުގައި ދައުލަތުން ޢަމަލު ކުރާ އުޞޫލާނުލައި އަޙްމަދު ޖާބިރަށް ގޯއްޗެއް ނުވަތަ ފުލެޓެއް ދިނުމަށް
ދައުލަތަށް އަމުރު ކުރާނެ ތަނެއް ނެތްކަން ދަޢުވާކުރާ އަޙްމަދު ޖާބިރަށް އަންގާ މައްސަލަ ނިންމީއެވެ.“
މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު 2008/MC/2088
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން އަޙްމަދު ޖާބިރުގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2008/MC/2088 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އަޙްމަދު ޖާބިރުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ހހ2 4
2
4
2
(ހ3ކރވއ"
<< O
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން ދިވެހިރާއްޖޭގައި
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ހަމަ ކޮންމެ
ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާކަމާއި، އިސްވެ އިޝާރާތްކުރެވުނު 41 ވަނަ މާއްދާގެ (ނ) ގައި އެ ރަށެއްގައި
ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤު އެ ރަށެއްގައި
ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއިން އެނގެންއޮވެއެވެ.
(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A051077 އަޙްމަދު ޖާބިރަކީ، 1962
ފެބުރުއަރީ 14 ވަނަ ދުވަހު މ. އަތޮޅު ކޮޅުފުއްޓަށް އުފަންވެ، 1976 ހާ ތާނގައި މާލެ ބަދަލުވެ، މާލޭގައި
އެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/365
ވަޒަންވެރިވެ ދިރިއުޅުމެއް ފަށައިފައި، މާލޭގައި ދިރިއުޅެމުންއައިސް 26 ޑިސެމްބަރ 1995 ގައި، ޤާނޫނު
ނަންބަރު 46/78 ގެ ދަށުން މާލޭ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހެއްކަން އެނގެން އޮވެއެވެ.
e x 4 4 4 0 .
(ނ) އަޙްމަދު ޖާބިރު ދިރިއުޅޭނެ ތަނެއް ބޭނުންވަނީ މާލެއިންކަމާއި، މާލެފިޔަވައި އެހެންރަށަކުން
ދިރިއުޅޭނެ ތަނެއް ބޭނުންނުވާކަމާއި، މާލެއިން ދިރިއުޅޭނެތަނެއް ހޯދުމަށް އަޙްމަދު ޖާބީރު ކުރާމަސައްކަތަށް
ދިވެހިރާއްޖޭގެ އެހެންރަށަކުން ދިރިއުޅޭނެތަނެ މިހާރު ބޭނުންނުވާކަމާއި، މިގޮތުން،
ކޮޅުފުށީ އަލަމާގެއިން ވާރުތައިން އަޙްމަދު ޖާބިރަށް ލިބެންއޮތް އެއްޗެއް، ނުވަތަ ލިބެންއޮތް ޙައްޤެއްނަމަވެސް
ދިވެހިދައުލަތަށް ދޫކޮށްލާފައިވާކަން އެނގެންއޮވެއެވެ.
ހުރަސްއެޅޭނެ ޤާޑށް
ﷲ2
ބ. އަތޮޅު
OXO<
2 22 22 2
(ހ) ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗާއި ފުލެޓް ދޫކުރަމުން އަންނަނީ، ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ”ދިރިއުޅުމަށްޓަކައި
ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު" ގެ ދަށުންކަމާއި، މީގެ އިތުރުން އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 7
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، އެޤަވާޢިދުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން އިތުރު
ޝަރުޠުތަކެއް ނުވަތަ އުޞޫލުތަކެއް ގޯއްޗާއި ފުލެޓް ދޫކުރަން އިޢުލާންކުރާއިރު ކަނޑައަޅާކަމާއި، މާލެއާއި އަދި
ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުންވެސް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗާއި ފުލެޓް
ދޫކުރަމުންދަނީ، މިބުނެވުނު ޝަރުޠުތަކާއި އުޞޫލުތަކުގެދަށުން އެއާއެއްގޮތްވާގޮތުގެ މަތިންކަން އެނގެންއޮވެއެވެ.
ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު“ ގެ 7 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި އޭގެ އިތުރުން، އެޤަވާޢިދުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން
ކަނޑައަޅާ އިތުރު ޝަރުޠުތައް ނުވަތަ އުޞޫތަކާއެކު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗާއި ފުލެޓް ދޫކުރުމަށް
އިޢުލާންކުރުމުން، އެޤަވާޢިދުގެ 14 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން، ގޯއްޗާއި ފުލެޓަށް އެދި
ފޯމްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތި ނުވަތަ ފުލެޓްލިބޭ ފަރާތްތެއް ކަނޑައަޅަނީ، އެޤަވާޢިދުގެ 15 ވަނަ
02 0 2
އެދީނަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/365
މާއްދާގެ މައްޗަށް ރިޢާޔަތްކޮށް، ފުލެޓާއި ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ މީހުންގެ
މެދުގައި
ބޭއްވޭ ގުރުއަތަކުން ކަމާއި، މިގޮތުން ޝަރުޠު ފުރިހަމަވާ މީހުންގެ ޢަދަދު ދޫކުރެވޭ ގޯތީގެ ނުވަތަ
ފުލެޓުގެ ޢަދަދަށްވުރެ އިތުރުނަމަ، ގޯތި ނުވަތަ ފުލެޓު ދިނުމުގައި އިސްކަންދޭ މީހުންނަށް ޕޮއިންޓް ދީގެން
ގުރުއަތަށް ގެންދިއުމުގެ އުޞޫލުތަކެއް ކަނޑައެޅިދާނެކަމަށް އިޝާރާތްކުރެވުނު ޤަވާޢިދުގެ 16 ވަނަ މާއްދާގެ (ށ)
އިން އެނގެންއޮވެއެވެ.
(ޅ) 1997 ވަނަ އަހަރު ސިނަމާލެ 03 ކުން ފުލެޓް ހޯދުމަށް ފޯމުލިފަރާތްތަކުގެ ތެރެއިން،
ގުރުއަތަށް ހޮވުނު ފަރާތްތަކުގެ ތެރޭގައި، މި މައްސަލައިގައި ދަޢުވާކުރާ ފަރާތްކަމުގައިވާ އަޙްމަދު ޖާބިރުގެ ނަން
ހިމެނި، އެފަހަރު ގުރުއަތުން އަހްމަދު ޖާބިރަށް ފުލެޓެއް ލިބިފައިނުވާކަމާއި، އޭގެފަހުންވެސް މާލެއިން ގޯއްޗާއި
ފުލެޓު ދޫކުރުމަށް އިޢުލާނުކޮށް ގޯއްޗާއި ފުލެޓު ދޫކޮށްފައިވާކަމާއި، މިދެންނެވި ފަހަރުތަކުގައިވެސް ފުލެޓާއި
ގޯތިހޯދުމަށްއެދި ފޯމްހުށަހަޅާފައިވާނެކަމަށް 10 ފެބްރުއަރީ 2009 ވަނަ ދުވަހު އަޙްމަދު ޖާބިރު މަދަނީ ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެންއޮވެއެވެ.
(ކ) ފޭރާމާއި ހިޔާވަހިކަމުގެ ޙައްޤަކީ ހަމަކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާހިނދު،
ފޭރާމާއި ހިޔާވަހިކަމުގެ ޙައްޤުގެ އިތުރުން ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ
ޙައްޤުތަށް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރަންވާނެކަމަށް، ޤާނޫނު އަސާސީގެ
23 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަކީ، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން
ހުރި މިންވަރަށް ކަމަށް އެ މާއްދާގައި ކަނޑަޅާފައިވާހިނދު، ގެދޮރުނެތް ހުރިހާ ދިވެހި ރައްޔިތުންނަށް މާލެއާއި
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، މިހިނދުން މިހިނދަށް ދައުލަތަށް ކުރެވޭވަރުގެ ކަމެއްކަމަށް
ބެލެވެންނެތްކަމާއި، މިމައްސަލައިގައި ދަޢުވާކުރާ އަޙްމަދު ޖާބިރަކީ ޢާންމު ދިވެހި ރައްޔިތުންނަށްވުރެ މާލީ،
އިޖުތިމާޢީ ނުވަތަ ޞިއްޙީގޮތުން ނުކުޅެދުންތެރި ފަރާތެއްކަމަށް ބެލެވޭ. އެއްވެސްކަމެއް ޝަރީޢަތަށް
ފާހަގަކުރެވިފައި ނުވާކަމާއި، އަޙްމަދު ޖާބިރުގެ އިތުރުންވެސް މާލޭގައި ގެދޮރުނެތް އެތައްބަޔަކު ދަތިހާލުގައި
ދ 2xތ02
ہی می هرانسر
އެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
"އިންގެ ޒު
.އެވެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/365
ދިރިއުޅެމުންދާކަމާއި، މިފަދަ ޙާލަތެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުން
ޢަމަލުކުރާ ސިޔާސަތާއި، އެސިޔާސަތުގެ ދަށުން ކަނޑައާފައިވާ ޝަރުތުތަކާއި އުޞޫލުތަކުގެ ބޭރުން އަޙްމަދު
ޖާބިރަށް މާލެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ދައުލަތުގެ މައްޗަށް ޝަރީޢަތުން އަދި އަންގާ އަމުރުކުރާނެ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއްނެތްކަން އެނގެއެވެ.
OX
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބެލުމުން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/2088
ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން ބުނެވުނު ގޮތަށް
ހުރުމާއިއެކު، މަދަނީކޯޓުގެ ނަންބަރު 2008/MC/2088 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް
ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
22c 0 0
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv