ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/14 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 14/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
0
* ނަން: އަޙްމަދު އަމީރު
އައިޑީ ކާޑު ނަންބަރު: A078573
ދާއިމީ އެޑްރެސް: ފެހިވިނަ
މިހާރުގެ އެޑްރެސް: ފެހިވިނަ
U
:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ދާއިމީ އެޑްރެސް: ބްލޮޓް ނަންބަރު 389، މާލެ
މިހާރުގެ އެޑްރެސް: ބްލޮޓް ނަންބަރު 389، މާލެ ރަޖިސްޓްރީ ނަންބަރު: 0418
/
2010-C
ވަކީލުޑް އޒީ. މުޙައްމަދު ފައިސަލް
0
ހުށަހެޅުނު ތާރީޚް: 29 ޖެނުއަރީ 2014
ނިމުނު ތާރީޚް: 21 އޯގަސްޓް 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/11
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 03-01-2013
ނިމުނު ތާރީޚް: 10-10-2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/14
ދަޢުވާގެ ޚުލާޞާ
> 0 =0 ހދ8$$
އއ43ނ,ހ2ނނ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/11 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި އަޙްމަދު އަމީރު (ފެހިވިނަ ވިލިގިލި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ފިޝަރީޒް
މޯލްޑިވްސް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0418
/
2010-C) އެވެ.
3709
ރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/11 މައްސަލަ އަކީ، 2006 ވަނަ
އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި، އަޙްމަދު އަމީރު
ވަޒީފާ އަދާކުރަމުން އައިސްފައިވަނިކޮށް، އެ ކުންފުނީގައި އޭނާ އަދާކުރަމުން އައި ސީނިއަރ މެކޭނިކް ގްރޭޑް
3 ގެ މަޤާމުން، އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ
22 ވަނަ ދުވަހުން ފެށިގެން ވަކިކޮށްފައިވާތީ، ވަޒީފާގައި ދެމިހުރި މީހެއްކަމަށް ބެލުމަށާއި، ގެއްލިފައިވާ ވަޒީފާ
އަނބުރާ ހޯދުމަށާއި، ވަޒީފާ އަނބުރާ އިޢާދަވުމާ ހަމައަށް ލިބެންޖެހޭ އުޖޫރައާއި، އެންމެހާ އިނާޔަތްތައް
ހޯދުމަށް އެދި އަޙްމަދު އަމީރު އެޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއިގެ
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް
ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ފަރާތް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި އަދާކުރަމުން އައި
ވަޒީފާއިން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޤާނޫނުއަސާސީގެ 31
ވަނަ މާއްދާއާ ޚިލާފަށް ހަޅުތާލުކޮށް ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓްގެ
ވަނަ މާއްދާއާ
ޚިލާފްވެފައިވުމުންކަން އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުން އެނގެން އޮވެމެ، ޤާނޫނުއަސާސީން
މުވައްޒަފުންނަށް ލިބިދޭ އިޙްތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ
07
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ދ ވ3
ޙައްޤު ބޭނުން ކުރުމުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރިން
އަމަލުކުރާނެ އުސޫލުތައް، 'ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލު
ކުރުމުގައި މުޢާމަލާތްކުރުމުގެ ޤަވާއިދު ގައި ބަޔާންކޮށްފައިވަނިކޮށް، މައްސަލަ ހުށަހެޅި ފަރާތުން މަސައްކަތް
ހުއްޓާލާފައިވަނީ އެ ޤަވާޢިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކުރެވުނު އިޙުތިޖާޖަކާ ގުޅިގެން ނޫންކަމުން،
އޭނާގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ވަޒީފާއަށް އެނބުރި ރުޖޫޢަވުމަށް އޭނާއަށް އެންގުމުގެ ފުރިހަމަ
އިޚްތިޔާރު މައްސަލަ ރައްދުވި ކުންފުންޏަށް ލިބިގެންވީ ހިނދު، މަސައްކަތް ހުއްޓާލައިގެން ތިބި މުވައްޒަފުން
މަސައްކަތަށް ރުޖޫޢަވުމަށް މައްސަލަ ރައްދުވި ކުންފުނިން އެންގުމުން އެ އަމުރަށް މައްސަލަ ހުށަހެޅި ފަރާތުން
ކިޔަމަން ނުގަތުމުގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭތީއާއި، މައްސަލަ ހުށަހެޅިފަރާތް
ވަޒީފާއިން ވަކިކުރި ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ވަކި އިޖުރާއާތުތަކެއް ފުރިހަމަ ކުރުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއްކަމަށް
ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވެން
ނެތުމުން މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުން އެދުނުފަދަ އަމުރެއް ކުރާނެ ތަނެއް ނެތްކަމަށް
މައްސަލަ ބެލި މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ.” މިފަދައިން
ބަޔާންކުރައްވާފައިވާކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
-02
އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/09 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ޝާފިޡް މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމަށް 6 (ހައެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައި ވަޒީފާ އަދާކުރާ
މީހުންނާއި ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް އަދާކުރަންޖެހޭ ވަކި އިލްތިޒާމްތަކެއް ބަޔާންކޮށްފައިވަނިކޮށް
އެމާއްދާތަކުގައި ބަޔާންކުރާ އުޞޫލުތަކުގެ ބޭރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އިތުރު އުޞޫލުތަކެއް
ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމަށް ޤާނޫނު ތަންނުދޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާއިން
އެނގެން އޮތްހިނދު، މިކަމަށް ރިޢާޔަތްނުކުރައްވާ ކޫއްޑޫ ފިޝަރީޒް ކުންފުނީގެ ވަޒީފާގެ ޤަވާޢިދުގައި
ރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ބަޔާންކޮށްފައިވާ ކަންކަމަށް ހަމައެކަނި ރިޢާޔަތްކޮށް، ޝާފިދް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް
ކަމަށް ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ
ފުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 31 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތެއްގެ
ޙައިޞިއްޔަތުން ޝާފިޡް މޫސާއަށް ކަށަވަރުކޮށްދެއްވާފައިވާ ޙައްޤު، ޤާނޫނީ އިމުގެ ތެރެއިން ބޭނުންކުރާ
ޙާލަތެއްގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޝާފިޡް މޫސާ ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ
ޙާލަތެއް މެދުވެރިވެފައިނުވާހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-C/2010 ޤަޟިއްޔާގައި
ހިމަނުއްވާފައިވާ އަސާސީ ޙައްޤުތަކާއި ބެހޭ ކަންކަމަށް ރިޢާޔަތްނުކުރައްވާ ނިންމަވައިފައިވުން އަދި
މައްސަލައިގައި ހުށަހެޅުނު ހެކިންގެ ހެކިބަހަށް އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ރިޢާޔަތްކުރެއްވުމެއްނެތި، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށްކަމަށް ބަޔާންކުރައްވައި
މައްސަލަ ނިންމަވައިފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ނޯޓިސްދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމަކީ އިންސާފުން އެއްކިބާވެފައިވާ،
އަދި ހައިކޯޓުގެ 24/HC
-
A/2010 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމަހަމަކަމުގެ އުޞޫލުތަކާއި
ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ މަބްދަޢުއާ ފުށުއަރާ
އުމެއްކަމަށް ވީހިނދު އަދި މިކަންކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާގައި މުޠާލަޤުކޮށް
ބަޔާންކޮށްފައިވާ ކަންކަން ކަމުގައި ވީހިނދު، މިއިންކަމަކަށް
ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވައިފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ކުންފުނީގެ އޮޕަރޭޝަންސް ހުއްޓުމަކަށް އައިސްފައިވާކަމަށް
ބަޔާންކުރައްވާފައިވީނަމަވެސް އެކަމަކީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުކޮށްދިނުމަށް ހުށަހެޅުނު ލިޔުންތަކުން
ފިޝަރީޒް ކުންފުނީގެ ވިޔަފާރި ކުރިޔަށް ދިޔަކަން ސާބިތުކޮށްދެވިފައިވީ ހިނދު މިއިން އެއްވެސް
ކަމަކަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވައިފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކު
ނުކުތާއެވެ.
70070
. COC
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
• ހަވަނަ ނުކުތާއަކީ މައްސަލާގައި ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން ޝާފިދް މޫސާމެންގެ ފުށުން
ކުންފުނީގެ އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ހެކިބަސް ލިބިފައިވީ ހިނދު މިހެކިބަހަށް
ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
44
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/11 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު އަމީރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އަޙްމަދު އަމީރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ،
2006 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި،
އަޙްމަދު އަމީރު ވަޒީފާ އަދާކުރަމުން އައިސްފައިވަނިކޮށް، އެ ކުންފުނީގައި އޭނާ އަދާކުރަމުން އައި ސީނިއަރ
މެކޭނިކް ގްރޭޑް 3 ގެ މަޤާމުން، އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި، 2012 ވަނަ އަހަރުގެ
ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަކިކޮށްފައިވާތީ، ވަޒީފާގައި ދެމިހުރި މީހެއްކަމަށް ބެލުމަށާއި،
ގެއްލިފައިވާ ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާ އަނބުރާ އިޢާދަވުމާ ހަމައަށް ލިބެންޖެހޭ އުޖޫރައާއި،
އިނާޔަތްތައް ހޯދުމަށް އެދިގެންކަންއެނގެން އޮވެއެވެ.
(ށ) ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި އަޙްމަދު އަމީރު ވަޒީފާ އަދާކުރަމުން ދަނިކޮށް
22 ނޮވެމްބަރު 2012 ގައި އަޙްމަދު އަމީރު އެވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނުއަސާސީގެ 31 ވަނަ
މާއްދާއާ ޚިލާފަށް ހަޅުތާލުކޮށް، ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓުގެ 7 ވަނަ މާއްދާއާ ޚިލާފުވެފައިވާތީކަން ކޫއްޑޫ
ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ ނަންބަރު 04/2012(C) (22 ނޮވެމްބަރު 2012) ”ވަޒީފާއިން ވަކިކުރި
ޗިޓް“ އިން އެނގެން އޮންނައިރު، އަޙްމަދު އަމީރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުން ނޯޓިސް ދިނުމަކާ ނުލައިކަން
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ބަހުން ޝަރީޢަތަށް ސާބިތުވެއެވެ.
ޑ 8 * 4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-A/14
6
22
4 ވ 2
އެނޫންވެސް
ކޮންމެ
އިޙްތިޖާޖްކުރުމުގެ ތެރޭގައި ހިމެނޭއިރު، އެފަދަ ޙަރާ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނއިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި މަސައްކަތްތެރީންނަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ޤާނޫނުއަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ އިޙްތިޖާޖްކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން
މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤު ބޭނުންކުރުމުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި
އެނޫންވެސް މަސައްކަތްތެރިން ޢަމަލުކުރާނެ އުޞޫލުތައް ދިވެހިސަރުކާރުގެ ގެޒެޓްގައި 04 އޭޕްރީލް 2011
ގައި ޝާއިޢު ކޮށްފައިވާ ”ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން
ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ ގަވައިދު” ގައި ބަޔާންކޮށްފައިވާ ކަމާއި،
އެގަވާއިދަށް ބަލާއިރު،
ހަޅުތާޅުކުރުމަކީ،
ވަޒީފާ އަދާކުރާ ފަރާތަކަށް އަދި
މަސައްކަތްތެރިއަކަށް އެފަރާތްތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ހޯދުމަށް އަދި ޙިމާޔަތްކުރުމަށް
ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއްކަމާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި މަސައްކަތްތެރިން އެ ޙައްޤު
ބޭނުންކުރަންވާނީ ޤާނޫނީ އިންތަކާ މިންތަކުގެ ތެރެއިންކަމާއި، އެއްވެސް މީހަކު ހަޅުތާލުގައި ބައިވެރިވުމަށް
މަޖުބޫރު ނުކުރުވުމާއި، ވަޒީފާދޭ ފަރާތުގެ ނުވަތަ ވަޒީފާ އަދާކުރާތަނުގެ ނުވަތަ އެތަނުގެ އެއްވެސް މީހެއްގެ
ނަފްސަށް ނުވަތަ މުދަލަކަށް ގެއްލުން ނުވާނޭގޮތެއްގެ މަތިން ޞުލްޙަވެރިކަމާއެކު މަސައްކަތް ހުއްޓާލައިގެން
ތިބުމާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި، މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުންފަދަ ކަންތައްތައް
ޢަމަލީގޮތުން ތަންފީޛު ކުރެވެންވާނީ، އެ ޙަރަކާތެއްގެ
ކުރިން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދިފައިވާ ދެބަސްވުމަށް ޙައްލެއް ހޯދުމަށް
ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް، ޙައްލެއް ލިބިފައި ނުވާނަމަ، އަދި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ
ފަރާތްތައް ގުޅުވައިދޭ ބެލެނިވެރި ފަރާތެއް މެދުވެރިކޮށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށްފަހު، އެކަށީގެންވާ
ޙައްލެއް ލިބިފައިނުވާނަމަކަމާއި، އަދި އެފަދަ ޙާލަތެއްގައިވެސް އިޙްތިޖާޖް ކުރާނެކަމުގެ އެކަށީގެންވާ
މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހުކަމަށް ބަޔާންކޮށްފައިވާކަމާއި،
އެގޮތުން ބަލާއިރު ޤާނޫނުއަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ އިޙްތިޖާޖުކުރުމަށްޓަކައި
ތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤު ބޭނުންކުރުމުގައި ”ވަޒީފާދޭ ފަރާތްތަކާއި
ކަންތައްތައް ކުރުން
ޙަރާކާތެއް
4 /
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
Coc
ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ ގަވައިދު ގެ
އިންތަކުގެ ތެރޭގައި ކުރާ އިޙްތިޖާޖް ނޫނީ ޤާނޫނީގޮތުން ބަލައިނުގަނެވޭނެކަމާއި، އަޙްމަދު އަމީރު ހިމެނޭގޮތުން
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ގެ މުވައްޒަފުން އިޙްތިޖާޖްކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން
ތިބެ ހިންގާފައިވާ ޙަރަކާތަކީ ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކަށް ތަބާވެގެން ހިންގާފައިވާ ޙަރަކާތެއް
ނޫންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/11 މައްސަލާގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކުންނާއި ހުށަހަޅާފައިވާ ލިޔުންތަކުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
(ނ) ޤާނޫނީ އިމުން ބޭރުން މުވައްޒަފަކު މަސައްކަތް ހުއްޓާލައިގެން ހުރުމުގެ ސަބަބުން
މުވައްޒަފެއްގެ ޚިދުމަތް ވަޒީފާދޭ ފަރާތަށް ނުލިބިދާ ޙާލަތުގައި، ވަޒީފާދޭ ފަރާތުގެ މަސައްކަތުގެ ބާވަތަށާއި
މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތުތަކަށް ބަލައި، މުވައްޒަފެއްގެ ފަރާތުން ލިބިދާނެ ގެއްލުންތަކުގެ މައްޗަށް
ބިނާކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޤާނޫނު
ހުއްދަކުރާކަމާއި، މިގޮތުން ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ބުނެފައިވާ އިޙްތިޖާޖްކުރުމުގެ ގޮތުގެ
މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤުގެ ބޭނުން ކޮށްފައިވަނީ އެކަމުގައިވެސް ތަބާވާންޖެހޭ
މިންގަނޑުން ބޭރުންކަމުގައިވާނަމަ، އަދި އެމުވައްޒަފަކު އިޙްތިޖާޖްގައި ބައިވެރިވުމުގެ ސަބަބުން އެމުވައްޒަފުގެ
ޚިދްމަތް މެދުކެނޑިގެން ގޮސްފައިވާނަމަ، ވަޒީފާދޭ ފަރާތަށް ގެއްލުންވުމުގެ އިޙްތިމާލު ވުޖޫދުވެފައިވާކަމަށް
ބަލައި، އެމުވައްޒަފަކަށް ވަޒީފާއަށް ނުކުތުމަށް އެންގުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމާއި، އަދި
އެފަދައިން އަންގާ
އެންގުމާއި އެއްގޮތަށް ވަޒީފާއަށް ނުކުތުމަށް އެމުވައްޒަފަކު އިންކާރުކޮށްފިނަމަ،
އެމުއްވަޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރާއި
އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 13/HC-A/2014
ޤަޟިއްޔާގައި ބަޔާންކުރެވިފައިވާކަން އެނގެން އޮވެއެވެ.
(ބ) މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރެވޭ ނަމަވެސް މިމާއްދާގެ ދަށުން
01
ސަބަهއކމއ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
UCO DO
7842
ވަޒީފާއިން ވަކިކުރާއިރު ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ
ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައަކަށް ވާންޖެހޭނެކަމާއި، ހަމައެފަދައިން ވަޒީފާއިން ވަކިކުރުމުގެ
ކުރިން ޝަކުލީ ގޮތުންނާއި އިޖްރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތައް ވަޒީފާދޭ ފަރާތުން
ފުރިހަމަކޮށްފައިވޭތޯއާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމް
ކުރަންޖެހޭނެކަމާއި،
ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މުވައްޒަފުން އިޙްތިޖާޖް ކުރުމުގެ ގޮތުން މަސައްކަތް
ހުއްޓާލައިގެން ތިބުމުގެ ސަބަބުން އެކުންފުނީގެ އޮޕްރޭޝަންސް ހުއްޓުމަކަށް އައިސް، އެކުންފުންޏަށް
ގެއްލުންތަކެއް ލިބެމުންދިޔަކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، އަޙްމަދު
އަމީރުވެސް ހިމެނޭގޮތުން ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުން ކުރަމުންދިޔަ ހަޅުތާލާ ގުޅޭގޮތުން ދެފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު،
އެކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބެފައިވާ ސަބަބަކީ
އެކުންފުނީގެ ފަރާތުން އައްޑޫގައި ކޭނިންގ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ބުނެ
އެކަން ހުއްޓުވުމުގެ ގޮތުންކަން އެނގެން އޮންނަކަމާއި، ހަޅުތާލު ކުރުމުގެގޮތުން ހިންގި ޙަރަކާތްތައް
ފަށާފައިވަނީ 18 ނޮވެމްބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުން ފެށިގެންކަމާއި، އެކަން ފެށިގެން
ގޮސްފައިވަނީ ބޮޑު މުޒާހަރާއެއްގެ ގޮތުގައިކަމާއި، އެގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ސަބަބުން
އެދުވަހުވެސް ކޫއްޑޫގެ ޖެޓީއަށް މަސްކިރުމަށް އައިސްފައިވާ އުޅަނދުތަކުގެ މަސްނުކިރުވި އަނބުރާ
ފޮނުވާލަންޖެހިފައިވާކަން އެނގެން އޮތުމުގެ އިތުރުން، އެ ހަޅުތާލުގެ ސަބަބުން ކޫއްޑޫ ބްރެއިނުގައި ހުރި 60
(ފަސްދޮޅަސް) ޓަނު މަސް ޝޯރޓީންކޮށް ގުދަން ނުކުރެވުމާއި، ރަންދީ 25 އަދި 26 ގައި ހުރި 53
(ފަންސާސްތިނެއް) ޓަނު މަސް ބޯޓުން އަންލޯޑްކޮށް ބްރައިން ނުކުރެވުމާއި، އެކިއެކި ބަނދަރުތަކުން
މަސްގަތުމަށްޓަކައި ފުރަންޖެހޭ ބޯޓުތަކަށް ފުރޭގޮތް ނުވުމާއި، ކޫއްޑޫގެ ޖެޓީއަށް މަސްނުގަނެވުމާއި،
ޕްރޮޑަކްޝަންގައިހުރި 02 (ދޭއް) ޓަނު މަސް ނުކެއްކި ހުރުމާއި، ވަޅޯމަސް ޕެކްނުކުރެވުމާއި، ކޫއްޑޫގެ
ޖެޓީއާއި ކަރެކްޓަރ 3 (ތިނެއް) ބޯޓާއި، ޕްރޮޑަކްޝަންގެ ޕްރޮސެސް ހުއްޓުމާއި، ބްރައިންގައި ހުރި 121
(އެއްސަތޭކަ އެކާވީސް) ޓަނުގެ މަސް ބޯރޓިން ކުރުމަށްފަހު ސްޓޯރ ނުކުރެވުމާއި، ބަދަރަށް މަސްހިފައިގެން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ހުރީ
އައި މަސްބޯޓުން މަސްނުނެގުމާއި، ޓެކްނިކަލް މައްސަލަ ޖެހިފައިވާ ކަލެކްޓަރ ބޯޓްފަހަރުގެ ރިޕެއާރ ކަންތައް
ނުކުރެވުމާއި، ތަނުގެ ޕްރޮޑަކްޝަން މަސައްކަތާއި އަދި އެނޫންވެސް
އެނޫންވެސް ތަނުގެ މަސައްކަތްތައް ނުކުރެވިފައި
ހުރިކަން އެނގެ އޮންނަކަމާއިގެ
އަޙްމަދު އަމީރުގެ މަސައްކަތްތަކުގެ ތެރޭގައި ބްރައިން ޓޭންކްތަކާއި، ކޯލްޑް ސްޓޯރޭޖްތަކާއި،
އައިސް ސްޓޯރޭޖްތަކާއި، އައިސް ތައްޔާރުކުރާ މެޝިންތަކާއި، ފެނާބެހޭ ނިޒާމުގައި ހިމެނޭ މެޝިންތަކާއި،
މަސް ރައްކާކުރުމާއި މަސްޕެކްކުރުމާއި، މިކަންތައްތަކުގައި ބޭނުންކުރާ ހުރިހާ މެޝިނަރީއެއް ޗެކްކުރުމާއި،
އެމެ ޝިނަރީއެއްގެ ކަންތައްތައް ޅަށްތޯ އާއި އެމެޝިނަރީއަށް އެއްވެސްކަހަލަ ގެއްލުމެއް ވެފައިވޭތޯ
ނުވަތަ އާދަޔާޚިލާފު ކަމެއް ހުރިތޯ ބެލުމަކީ އަޙްމަދު އަމީރުގެ ޒިންމާއެއްކަން އަޙްމަދު އަމީރުގެ
ޖޮބްޑިސްކްރިޕްޝަނުން އެނގެން އޮންނަކަމާއިގެ
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މުވައްޒަފުން އިޙްތިޖާޖް ކުރުމުގެ ގޮތުން މަސައްކަތް
ހުއްޓާލައިގެން ތިބުމުގެ ސަބަބުން އެކުންފުނީގެ އޮޕްރޭޝަންސް ތަކަށް ހުރަސްއެޅެމުންދާތީ، އެކުންފުންޏަށް
ގެއްލުންތަކެއް ލިބެމުންދާތީ، މުވައްޒަފުންގެ ތެރޭގައި އުފެދޭ ހިތްހަމަނުޖެހުމެއްގެ ސަބަބުން ނުވަތަ އެހެންވެސް
މެދުވެރިވެގެން ނަމަވެސް ޢަމަލުކުރަން އޮންނަ ޢާންމު އުޞޫލާ ޚިލާފަށް ޢަމަލުކޮށް ކުންފުނީގެ
މުދަލާއި ވިޔަފާރިއަށާއި ޚާއްޞަކޮށް މަސްގަތުމުގެ އޮޕަރޭޝަންއަށް ގެއްލުންވާގޮތަށް ޢަމަލުކުރާ މުވައްޒަފުން
ވަގުތުން ވަޒީފާއިން ވަކިކުރާ ގޮތަށް ނިންމާފައިވާކަން އަންގާ، ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ
ފަރާތުން އެކުންފުނީގެ ނަންބަރު 2012
/
289/KFM މެމޯ 19
2012 ގައި ނެރެ
ޢާންމުކޮށްފައިވާކަމާއި،
އަދި އޭގެއިތުރުން އެ ހަޅުތާލާ ގުޅިގެން 20 ނޮވެމްބަރު 2012 ވަނަ ދުވަހު ކޫއްޑޫ ސެންޓަރު
ހިންގުމާ ޙަވާލުވެ ހުރި އެސިސްޓެންޓް ޖެނެރަލް މެނޭޖަރގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް
އެޑްރެސްކޮށް ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާފައިވާ ނަންބަރު 2012
/
89/KFM ފެކްސް މެސެޖްގައި،
ހަޅުތާލުގެ ބައިވެރިން ހިންގާ ޙަރަކާތްތަކާއި ކުރަމުންދާ ކަންތައްތަކުގެ
އިތުރުން، މުވައްޒަފުން
ހަޅުތާލުކުރުމުންދަނީ އެކުންފުނީގެ ފަރާތުން އައްޑޫގައި ކޭނިންގ ފެކްޓްރީއެއް އެޅުމުގެ މަސައްކަތްކުރަމުންދާތީ
އެސަބަބަށްޓަކައިކަމަށް ބަޔާންކޮށް،
މުވައްޒަފުންގެ އެހަރަކާތުގެ ސަބަބުން ކުންފުންޏަށް ވަމުންދާ ގެއްލުންތައް
e
ه8އ
އެޑީ
2
2 ހ2
2017/
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
އއވ
ބަޔާންކޮށްފައިވާކަމާއި، ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ރަކާތްތަކުގައި ބައިވެރިވާ
މުވައްޒަފުންނާ އެތަކެއް ފަހަރުމަތިން ވާހަކަ ދެއްކިފައިވިޔަސް އެހާތަނަށް އެއްވެސް ޙައްލެއް ފެނިފައިނުވާކަމަށް
ބަޔާންކޮށްފައިވާކަމާއި،
އިޝާރާތްކުރެވުނު ނަންބަރު 2012
/
89/KFM ފެކްސް މެސެޖަށްފަހު، ކުންފުނީގެ ފަރާތުން
އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ކޭނިންގ ފެކްޓްރީ އެޅުން މަޑުޖައްސާލިކަން އިޙްތިޖާޖް ކުރަމުންދާ
މުވައްޒަފުންނަށް އެންގުމުންވެސް އެމީހުން ކުރަމުން ދިޔަ އިޙްތިޖާޖަށް ބަދަލެއް އައިސްފައިނުވާތީއާއި
ހުއްޓުވާފައިވާ ކުންފުނީގެ މަސައްކަތް ފަށާފައިވެސް އަދި ފެށިޔަދީފައިވެސް ނުވާތީ، އެވަގުތު ކުންފުނި ހިންގުމާ
ހަވާލުވެހުރި އެންމެ އިސްފަރާތުން 21 ނޮވެމްބަރ 2012 ވަނަ ދުވަހު ކޫއްޑޫ އަށް ގޮސް ހަޅުތާލުކުރަމުންދާ
މުވައްޒަފުންނާ ބައްދަލުކޮށް، އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ކޭނިންގ ފެކްޓްރީ އެޅުމުގެ މަސައްކަތް
ކުންފުނީން މެދުކަނޑާލާފައިވާ ވާހަކަ އަންގާ، އެމީހުންގެ ޙަރާކާތުގެ ސަބަބުން ކުންފުންޏަށް ބޮޑެތި
ގެއްލުންތަކެއް ކުރިމަތިވަމުންދާތީ ހަޅުތާލު ހުއްޓާލުމަށްފަހު މަސައްކަތަށް ނުކުތުމަށް އެންގުމުންވެސް ހަޅުތާލު
ކުރަމުން ދިޔަ މުވައްޒަފުންގެ ޙަރަކާތްތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ 22 ނޮވެމްބަރ 2012 ގައި
އަޙްމަދު އަމީރުވެސް ހިމެނޭގޮތުން މުވައްޒަފުންތަކެ
ހިތަކެއް ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކުރުމުގެ
ކުރިން، ކުރަމުންދާ ހަޅުތާލު ހުއްޓާލާ މަސައްކަތަށް ނުކުތުމަށް ތަކުރާރުކޮށް އަންގާފައިވާކަމާއި، މިކަމާ އަޙްމަދު
އަމީރުގެ ފަރާތުންވެސް އިންކާރު ކޮށްފައިނުވާކަން އެނގެން އޮވެއެވެ.
(ޅ) އަޙްމަދު އަމީރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ މައިގަނޑު އަސާސަކީ
ޤާނޫނުއަސާސީގެ ދަށުން ލިބިފައިވާ ހަޅުތާލުކުރުމުގެ ޙައްޤު ބޭނުންކޮށް ކުރަމުންދިޔަ ހަޅުތާލުގެ ސަބަބުން
އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވުންކަން އެނގެން އޮތުމާއެކު، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް
ދިނުމަކާނުލައި ވަކިކުރެވޭނީ ހަމައެކަނި އެޤާނޫނުގެ 23 ވަނަ މާއްދާ ބަޔާންކޮށްފައިވާ ޙާލަތުގައި،
އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި،
އެގޮތުން ބަލާއިރު، ވަޒީފާއަދާކުރާފަރާތެއް ނޯޓިހެއް ދިނުމަކާނުލައި އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ
އޭނާގެ މަސައްކަތުގެ އަޚްލާޤް އެކަށީގެ އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
އދގއި
3، 42 3 4
Occ
14
3ނންފުމުއެކެ6
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ހަމަތަކަށް ބަލާއިރު، ކުރެވޭނޭ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޝަރުތެއް ފުރިހަމަވެގެންކަން
އެނގޭކަމާއި،
އެއީ: 1. އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤް އެކަށީގެން ނުވުން.
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކުން ބަލާއިރު،
ކުރެވޭނޭ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން، ކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ އިސްވެ ބަޔާންކޮށްފައިވާ ދެ ޝަރުޠު ފުރިހަމަވެފައިވޭތޯ ބެލުމުގައި،
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤް އެކަށީގެންނުވާކަމަށް
ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ
ޙާލަތުގައިކަން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤް ރަގަޅުނޫންކަމަށް
ވަޒީފާދޭ ފަރާތުން ނިންމުމުގައި އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި ހަމައަކީ
އެކަށީގެންވާ ހަމައެއްކަ
އެކަމަށް ވާންވާނެތީ، އަޙްމަދު އަމީރު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަށާއި، އަޙްމަދު
އަމީރުވެސް ހިމެނޭގޮތުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައިގެންތިބެ
ކުރަމުންދިޔަ ހަޅުތާލަށާއި، އެކަމުގެ ސަބަބުން ކުންފުންޏަށް ލިބެމުން ދިޔަ ބޮޑެތި ގެއްލުންތަކަށާއި، އެކަން
ޙައްލުކުރުމަށް ތަކުރާރުކޮށް ކުންފުނީގެ ފަރާތުން ކޮށްފައިވާ މަސައްކަތަށާއި، އަދި މުވައްޒަފުން ކުރަމުންދިޔަ
ހަޅުތާލު ދިގުދެމިގެން ގޮސްފައިވާ މުއްދަތަށާއި، ހަޅުތާލުކުރި ސަބަބުކަމަށް އެމުވައްޒަފުން ބަޔާން
ކުންފުނީގެ ފަރާތުން ނައްތާލާ އެކަން އެމުވައްޒަފުންނަށް އެންގުމުންވެސް އެމުވައްޒަފުން އެނބުރި މަސައްކަތަށް
ނުކުމެފައިނުވާ ނުވުމަށް ރިޢާޔަތްކު
ރަތްކުރާއިރު، އަޙްމަދު އަމީރު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް
8
30 ސ ޑ 8
3އލިeކއި
ސަބަބު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/14
ނުވަތަ ވަޒީފާ އަދާކުރާބަ
ކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދިން ފަރާތުން ބަލާ، އަޙްމަދު އަމީރުގެ
މަސައްކަތުގެ އަޚްލާޤް ރަގަޅުނޫންކަމަށް ވަޒީފާދިން ފަރާތުން ނިންމުމުގައި އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ
ފަރާތުން ތަޠްބީޤްކުރި ހަމައަކީ އެކަށީގެންވާ ހަމައެއްނޫންކަމަށް ބެލެވެން ނެތުމާއެކު، އަޙްމަދު އަމީރު
ވަޒީފާއިން ވަކިކޮށްފައިވަނީ ރަގަޅަށް ނޫންކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/11 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަމްބަރު 2013/VTR/11 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ގެންނަންޖެހޭ
އެހިރާއްޖޭ
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv