ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/345 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
.1
.2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 345/HC
-
A/2009
އިސްތިއުނާފު ކުރި ފަރާތް:
* ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 245
/
2001-C
* ވަކީލް: އދ. ޝާހީން ޙަމީދު ހ. މީނާޒް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ނަޢީމް
ދާއިމީ އެޑްރެސް: ފ. މަނަ/ މާލެ
އައި.ޑީ.ކާޑު ނަންބަރު: A060095
މިހާރުގެ އެޑްރެސް: ގ. ސްވާސްޓިކާ މާލެ
ވަކީލް: އދ އަދުނާނު ޔޫސުފް، ޖަވާހިރުމާގެ/ . ބ. ކެންދޫ
* ނަން: ޙުސައިން ނަޢީމް
ދާއިމީ އެޑްރެސް: ފ. މަނަ/ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A083812
މިހާރުގެ އެޑްރެސް: .. އެތެރެވަރި މާލެ
ބަދަލުގައި: އަޙްމަދު ރިޔާޝް، ވ. މަނަ / މާލެ
* ނަން: އަޙްމަދު ރިޔާޝް
* ދާއިމީ އެޑްރެސް: ފ. މަނަ/ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A035906
* މިހާރުގެ އެޑްރެސް:
ޑޮލްފިންހައުސް މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޛުލްޙިއްޖާ 1430 * ނިމުނު ތާރީޚް: 05 ޝަޢުބާން 1435
02 ޑިސެމްބަރ 2009
03 ޖޫން 2014
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/893
ނިންމީ ކޯޓު: މަދަނީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ވިޔަފާރި
• ހުށަހެޅުނު ތާރީޚް: 06 މެއި 2008
ނިމުނު ތާރީޚް: 03 ސެޕްޓެމްބަރ 2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާދު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަލީ ސަމީރު
.3
0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަ
ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ވ. މަނަ މުޙައްމަދު ނަޢީމް، މ. މަނަ ޙުސައިން
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތްތަކަކީ
ނަޢީމް އަދި ފ. މަނަ އަޙްމަދު ރިޔާޝުއެވެ.
ބ. ·
04,
.
1. މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
CU O
2. މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއެކު ޅ. މަނަ މުޙައްމަދު ނަޢީމް ކޮށްފައިވާ ލީސް އެގްރީމެންޓުގެ ދަށުން ލީސްކުރި ރަޖިސްޓްރީ
ނަންބަރު C2782A
-
01 10
-
T "ދުވެލި" ކިޔާ އުޅަނދުގެ ލީސް ރެންޓަލްސް ޕޭމަންޓުގެ ގޮތުގައި އެ
އެގްރީމެންޓުގެދަށުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން 23 މާރޗް 2008 ދުވަހު އެގްރީމެންޓު
ޠިލްކުރެވިފައިވާތީ، ލީސް ޕޭމަންޓުގެ ގޮތުގައި މުޙައްމަދު ނަޢީމް އެދުވަހާ ހަމައަށް ދައްކާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
23
-/398,134ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ތިރީސް ހަތަރު ރުފިޔާ) ދޯނިގަތުމަށް ދޫކުރި
-/1,936,329ރ. (ނަވާރަލައްކަ ތިރީސްހަހާސް ތިންސަތޭކަ ނަވާވީސް ރުފިޔާ) ގެ ތެރެއިން އުނިކުރުމުން،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މުޙައްމަދު ނަޢީމް ދައްކަންޖެހޭ
-/
1,538,195ރ. (ފަނަރަލައްކަ ތިރީސް އަށްހާސް އެއްސަތޭކަ ނުވަދިހަ ފަސްރުފިޔާ) ހޯދުމަށްޓަކައި
އެގްރީމެންޓުގެ 17.2 ވަނަ މާއްދާގެ ދަށުން މިދޯނި ވިއްކުމަށްފަހު، ލިބޭ ފައިސާއިން ދޯނީގެ އަގު
އަދާނުކުރެވޭނަމަ އަގުހަމަކުރުމަށް މަދުވާ މިންވަރަކީ، މުޙައްމަދު ނަޢީމްއާއި، މުޙައްމަދު ނަޢީމްގެ ފަރާތުން
މިފައިސާ ދެއްކުމަށް ގެރެންޓީ ކޮށްދީފައިވާ ޙުސައިން ނަޢީމްއާއި، އަޙްމަދު ރިޔާޝް ދައްކަންޖެހޭ
ފައިސާއެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި،
މުޙައްމަދު ނަޢީމާއެކު ކުރެވިފައިވާ ލީސް އެގްރީމެންޓް
2008 ދުވަހު
ޠިލްކުރެވިފައިވާތީ، އެދުވަހާއިހަމައަށް ލީސް ޕޭމަންޓުގެ ގޮތުގައި ލީސް އެގްރީމެންޓުގެ 03 ވަނަ
މަހަކު ދައްކަންޖެހޭ -/
41,735ރ. (ސާޅީސް އެއްހާސް ހަތްސަތޭކަ ތިރީސް
ފަސްރުފިޔާ) ގެ މަގުން 23 މާރޗް 2008 އާއި ހަމައަށް ދައްކަންޖެހި ނުދައްކައިވާ -/
202,675ރ.
(ދެލައްކަ ދެހާސް ހަސަތޭކަ ހަތްދިހަ ފަސްރުފިޔާ) އެއްފަހަރާ މުޙައްމަދު ނަޢީމްއާއި، މުޙައްމަދު ނަޢީމުގެ
ފަރާތުން މިފައިސާ ދެއްކުމަށް ގެރެންޓީ ކޮށްދީފައިވާ 02 (ދޭއް) މީހުންކަމުގައިވާ ޙުސައިން ނަޢީމްއާއި،
އަޙްމަދު ރިޔާޝްގެ ފަރާތުން ލިބިދެއްވުމަށާއި،
އަދި އެގްރީމެންޓުގައި ބުނެފައިވާ ގޮތުގެމަތިން ލީސް ރެންޓަލްސް ޕޭމަންޓް ނުދެއްކުމުގެ ސަބަބުން
ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ފައިސާ 105,396
/
28ރ. (އެއްލައްކަ ފަސްހާސް ތިންސަތޭކަ ނުވަދިހަ
ހަރުފިޔާ އަށާވީސްލާރި) މުޙައްމަދު ނަޢީމްއާއި، މުޙައްމަދު ނަޢީމުގެ ފަރާތުން މިފައިސާ ދެއްކުމަށް ގެރެންޓީ
ކޮށްދީފައިވާ 02 (ދޭއް) މީހުންކަމުގައިވާ ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޝުގެ ފަރާތުން ލިބިދެއްވުންއެދި
މާއްދާގެދަށުން
ކޮންމެ
97 422
CCCXOC
ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
3. މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީޒިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން، ޅ. މަނަ | މާލެ، މުޙައްމަދު ނަޢީމްއާއި، ވ. މަނަ / މާލެ، (ހ. އެތެރެވަރި / މާލެ) ޙުސައިން
ނާޢީމްއާއި، ވ. މަނަ (ގ. ޑޮލްފިންހައުސް | މާލެ، އަޙްމަދު ރިޔާޟުގެ މައްޗަށް މިކުޅަ ދަޢުވާއަށް
ޝަރީޢަތުން ނަޡަރުކޮށް، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލިއިރު، މޯލްޑިވްސް ފައިނޭންސް
ލީޒިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއިއެކު، މުޙައްމަދު ނަޢީމް ކޮށްފައިވާ ލީސް އެގްރީމެންޓުގެދަށުން
ލީސްކުރި ރަޖިސްޓަރީ ނަމްބަރު C2782A 01-10
-
T "ދުވެލި" ނަމަކަށްކިޔާ އުޅަނދުގެ ލީސް ޕޭމަންޓުގެ
ގޮތުގައި މުޙައްމަދު ނަޢީމް ދައްކަންޖެހޭ ޕޭމަންޓް ދައްކަމުން ނުގެންދިއުމުގެ ސަބަބުން، 23 މާރޗް 2008
ދުވަހު އެގްރީމެންޓް ބާޠިލްކުރެވިފައިވާތީ، ލީސް ޕޭމަންޓުގެ ގޮތުގައި އެދުވަހާއި ހަމައަށް މުޙައްމަދު ނަޢީމް
ދައްކާފައިވާ -/398,134ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ތިރީސް ހަތަރު ރުފިޔާ) ދޯނި
އެއްބަސްވި -/
1,936,329ރ. (ނަވާރަލައްކަ ތިރީސްހަހާސް ތިންސަތޭކަ ނަވާވީސްރުފިޔާ) އިން
އުނިކުރުމުން މުޙައްމަދު ނަޢީމް ދައްކަންޖެހޭ -/1,538,195ރ. (ފަނަރަލައްކަ ތިރީސް އަށްހާސް އެއްސަތޭކަ
ނުވަދިހަ ފަސްރުފިޔާ) ހޯދުމަށްޓަކައި އެގްރީމެންޓުގެ 17.2 ވަނަ މާއްދާގެ ދަށުން މިދޯނި ވިއްކުމަށްފަހު ލިބޭ
ފައިސާއިން ދޯނީގެ އަގު އަދާނުކުރެވޭނަމަ ހަމަކުރުމަށް މަދުވާ މިންވަރު ހޯދުމަށާއި، މުޙައްމަދު ނަޢީމާއެކު
ކުރެވިފައިވާ ލީސް އެގްރީމެންޓް 23 މާރޗް 2008 ދުވަހު ބާޠިލްކުރެވިފައިވާތީ، އެދުވަހާއި ހަމައަށް ލީސް
ޕޭމަންޓުގެ ގޮތުގައި މަހަކު -/41,735ރ. (ސާޅީސް އެއްހާސް ހަތްސަތޭކަ ތިރީސް ފަސްރުފިޔާ) ގެ މަގުން
23 މާރޗް 2008 ގެ ނިޔަލަށް ދައްކަންޖެހި ނުދައްކައިވާ -/202,675ރ. (ދެލައްކަ ދެހާސް ހަސަތޭކަ
ހަތްދިހަ ފަސްރުފިޔާ) އާއި، އަދި އެގްރީމެންޓުގައި ބުނެފައިވާ ގޮތުގެމަތިން ލީސް ރެންޓަލްސް ޕޭމަންޓް
ނުދެއްކުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލަށްވާ ފައިސާކަމަށްވާ 105,396
/
28ރ. (އެއްލައްކަ
ފަސްހާސް ތިންސަތޭކަ ނުވަދިހަ ހަރުފިޔާ ގެ އަށާވީސްލާރި) ހޯދުމަށް ދަޢުވާލިބުނު މުޙައްމަދު ނަޢީމާއި،
203ށ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
މިފައިސާ ދެއްކުމަށް ގެރެންޓީކޮށްދީފައިވާ ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޝުގެ މައްޗަށް މޯލްޑިވްސް
ފައިނޭންސް ލީޒިންގެ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާކަމާއި،
ދެފަރާތުގެ މެދުގައި ވެވުނު ލީސް އެގްރީމަންޓުގެ ދަށުން ރަޖިސްޓްރީ ނަމްބަރު
C 2782A 01-10
-
T "ދުވެލި" ނަމަކަށްކިޔާ ދޯނި މުޙައްމަދު ނައީމަށް ދޫކޮށްފައިވާކަން ދެފަރާތުގެ
ބަހުންނާއި، ހުށަހެޅިފައިވާ ލިއުންތަކުން ޝަރީޢަތަށް ޘާބިތުވާކަމާއި، އަދި މިދޯންޏަށް ފަހު ކުލީގެ ގޮތުގައި
ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާގޮތަށް ދެއްކިފައިނުވާކަން ދަޢުވާލިބުނު މުޙައްމަދު ނަޢީމުގެ އިޢުތިރާފުން
ޝަރީޢަތަށް ޘާބިތުވާކަމާއި، މިމުޢާމަލާތަކީ ވިއްކުމުގެ މުޢާމަލާތެއްކަމަށް ދަޢުވާކުރާ މޯލްޑިވްސް ފައިނޭންސް
ލީޒިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އެފަދަ މުޢާމަލާތެއްގައި ވިއްކުމަށް ކަނޑައަޅާ އެތީގެ ނުވަތަ
އުޅަނދުގެ އަގު ކަނޑައެޅުމަށްފަހު، އަދި އެއަގު އަދާކޮށްނިމުމުން ގަންނަ ފަރާތުގެ ފުރިހަމަ ޙިޔާޒަތާއި
މިލްކުވެރިކަމުގެދަށަށް އިތުރު ޝަރުތަކާއިނުލައި ދާންޖެހޭ އެއްޗަކަށްވާއިރު، މިމުޢާމަލާތާއި ގުޅިގެން ދެފަރާތުގެ
މެދުގައި ވެވިފައިވާ އެގްރީމެންޓުގެ 31 ވަނަ މާއްދާގައި ދޯނީގެ އަގުގެ ގޮތުގައި ކަނޑައެޅި އަގުއަދާކޮށް
ނިމުމުން "މިއެގްރީމެންޓުގެދަށުން ލީސްކުރެވުނު މުދާ ނޮމިނަލް އަގެއްގައިގަތުން އިޚްތިޔާރު ކުރެވިދާނެކަމަށް"
އޮންނާތީ، މިޝަރުޠާއިނުލައި ދޯނި މިލްކުކުރުމުގެ އިޚްތިޔާރު ދޯނި ގަންނަ ފަރާތަށް ނެތުމުން މިއީ މިޢަޤުދުގެ
މައްޗަށް ކުރެވިފައިވާ އިތުރު ޝަރުތެއްކަމުން، މިފަދަ ޝަރުޠުތަކަކީ ވިޔަފާރީގެ ނުވަތަ ވިއްކުމުގެ ޢަޤުދުގައި
ބާޠިލް ޝަރުތަކަށްވާތީ، މިމުޢާމަލާތަކީ ޞައްޙަމަގުން ހިނގާފައިވާ ވިއްކުމުގެ މުޢާމަލާތެއްކަމަށް
ލެވެންނެތްކަމާއި، ނަމަވެސް މިމުޢާމަލާތުގެ ނަމަށާއި، ޠަބީޢަތަށް އަދި މިއެއްބަސްވުމުގެދަށުން ހިނގާފައިވާ
މުޢާމަލާތަށް ބަލާއިރު، މިއީ ލީސް އުޞޫލުން ހިނގާފައިވާ މުޢާމަލާތެއްކަމަށް ކަނޑައެޅުން ޤާނޫނީ ތަރަހައިގެ
ތެރެއިން ހުއްދަކުރާތީ، މިއީ ލީސް އުޞޫލުން ހިނގާފައިވާ ގިއްކަމަށް ކަނޑައަޅައި، މޯލްޑިވްސް
ފައިނޭންސް ލީޒިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދޯންޏާއި ޙަވާލުވި ތާރީޚުކަމަށް ލިޔެކިއުމުން ޘާބިތުވާ 08
ޖެނުއަރީ 2008 އާއި ހަމައަށް އުޅަނދުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން މުޙައްމަދު ނަޢީމް
ދައްކާފައިވާ ފައިސާ އުނިކުރުމުން، ބާކީ ދައްކަންޖެހޭ 99,010
/
64ރ. (ނުވަދިހަ ނުވަހާސް ދިހަރުފިޔާ
މއ ހދ 4
2 ހދ2
މުޢާމަލާތެއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
ފަސްދޮޅަސް ހަތަރުލާރި) އާއި، މަހުކުލީގެ ފައިސާގެ ތެރެއިން ނުދެއްކި ޑިއުވެފައިވާ އަދަދުން ކޮންމެ
-/1,000ރ. (އެއްހާސް ރުފިޔާ) އަކަށް ދުވާލަކަށް 00.44ލ. (ސާޅީސް ހަތަރުލާރި) ގެ ރޭޓުން 72
ދެދުވަހަށްޖެހޭ 31
/
68ރ. (ތިރީސް އެއްރުފިޔާ | ފަސްދޮޅަސް އަށްލާރި) އާއި، އަދި މިފައިސާ ހޯދުމަށްޓަކައި
ކުރާ ޤާނޫނީ މަސައްކަތަށްދާ ފައިސާ ލިބިދެވޭނެކަމަށް އެގްރީމެންޓުގެ 17.2 ވަނަ މާއްދާގައި ބުނެފައިވާތީ،
ލީގަލް ފީއެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާކަމަށް ހުށަހެޅިފައިވާ ލިޔެކިއުމުން
ޘާބިތުވާ -/
25,000ރ. (ފަންސަވީސްހާސް ރުފިޔާ) އާއި، އަދި ލީސް އެގްރީމެންޓުގެ ޝެޑިއުލް އައިޓަމްގެ
ދަށުން ދޯންޏަށް ލިބިފައިވާ ކަމަށްބުނާ ގެއްލުން މަރާމާތު ކުރުމަށްކުރި ޚަރަދުގެ ތެރެއިން 14 ޖެނުއަރީ 2008
ގައި މުޙައްމަދު ނަޢީމް ފޮނުވި ސިޓީގެ ދަށުން ކޮށްފައިވާ މަރާމާތުތަކަށާއި، އެމަރާމާތުތަކާއި ގުޅިގެން
ހުށަހަޅާފައިވާ ބިލުތަކާއި، އެހެނިހެން ލިޔުންތަކުގެ ތެރެއިން ޝަރީޢަތަށް ޘާބިތުވާ
-22,8477ރ. (ބާވީސްހާސް
އަށްސަތޭކަ ސާޅީސް ހަތްރުފިޔާ) އާއިއެކު މުޙައްމަދު ނަޢީމް، މޯލްޑިވްސް ފައިނޭންސް ލީޒިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 146,889
/
32ރ. (އެއްލައްކަ ސާޅީސް ހަހާސް
އަށްސަތޭކަ އަށްޑިހަ ނުވަރުފިޔާ ! ތިރީސް ދެލާރި) ކަމާއި، މިޢަދަދުން މޯލްޑިވްސް ފައިނޭންސް ލީޒިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި މުޙައްމަދު ނަޢީމް މިމުޢާމަލާތާއި ގުޅިގެން ޑިޕޮޒިޓް ކޮށްފައިވާ /140,000 ރ.
(އެއްލައްކަ ސާޅީސްހާސް ރުފިޔާ) ކެނޑުމުން ބާކީ އޮންނަ 6,889
/
32ރ. (ހަހާސް އަށްސަތޭކަ އަށްޑިހަ
ނުވަރުފިޔާ | ތިރީސް ދެލާރި) އަކީ ދާޢުވާލިބުނު މުޙައްމަދު ނަޢީމާއި މިމުޢާމަލާތަށް ޔަޤީންކަންދީފައިވާ
ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޝް 3 (ތިނެއް) މީހުން މޯލްޑިވްސް ފައިނޭންސް ލީޒިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާކަމަށްވާ 6,889
/
32ރ. (ހަހާސް
އަށްސަތޭކަ އަށްޑިހަ ނުވަރުފިޔާ | ތިރީސް ދެލާރި) ދަޢުވާކުރާ މޯލްޑިވްސް ފައިނޭންސް ލީޒިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި 03 ސެޕްޓެމްބަރ 2009 ދުވަހުން ފެށިގެން 01 (އެކެއް)
މަސްދުވަހުގެ ތެރޭގައި މަދަނީކޯޓަށް ދައްކައި ޚަލާޞްކުރުމަށް ދަޢުވާލިބުނު މުޙައްމަދު ނަޢީމާއި، ޙުސައިން
ނަޢީމާއި، އަޙްމަދު ރިޔާސަށް އަންގައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ" މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
4. މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށްނޫންކަމަށްބުނެ
ބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު
ނާޢީމް އާދެމެދު ކުރެވުނު އެގްރީމެންޓަކީ ފައިނޭންސް ލީސިންގ ގެ އުޞޫލުން ވެފައިވާ އެއްބަސްވުމެއް
ކަމަށްވީހިނދު، އެމުޢާމަލާތަކީ ޢާންމުކޮށް ތަކެތި ކުއްޔަށްދޭ އުޞޫލުން ކުއްޔަށްދިނުމުގެ އެގްރީމެންޓެއްކަމަށް
ޝަރީޢަތުން ބައްލަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
43
ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމް "ރެގިއުލޭޝަންސް ފޯ ފައިނޭންސް
ލީސިންގ ކޮމްޕެނީސް އެންޑް ފައިނޭންސް ލީސިންގ ޓްރާންސްސަކްޝަންސް 2001" ޚިލާފުވާކަމުގައި
ބުނެ ހުށަހެޅި
ތިންވަނަ ނުކުތާއަކީ، ފައިނޭންސް ލީސިންގ ގެ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ އާއި މުޙައްމަދު ނަޢީމް އާ ދެމެދު ކުރެވުނު އެގްރީމެންޓްގެ ދަށުން މުޙައްމަދު ނަޢީމް
އެކަންޖެހޭކަމަށް އޭނާ އެއްބަސްވެފައިވާ ފައިސާ އެކުގައި ޝަރީޢަތުން ނަންގަވައިދެއްވާފައިނުވަނީ
ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
ހަތަރުވަނަ ނުކުތާއަކީ، ފައިނޭންސް ލީސިންގ ގެ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީގެ ފަރާތުން މުޙައްމަދު ނަޢީމަށް ދޫކޮށްފައިވާ އުޅަނދު އޭނާގެ ޙަވާލުގައި އަދި އޭނާގެ ބެލުމުގެ ދަށުގައި
އޮވެ އެއުޅަނދަށް ލިބުނު ގެއްލުމުގެ ބަދަލު އެކުގައި ޝަރީޢަތުން ނަންގަވައިދެއްވާފައި ނުވާކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
5. މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2942
***
(ހ) ފުރަތަމަ ކަމަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު
ނާޢީމާ ދެމެދު 13 ނޮވެމްބަރ 2006 ގައި އެއްބަސްވުމެއް ވެވިފައިވާކަމާއި، .އްބަސްވުމުގައި އެދެ
އެދެފަރާތުން
ސޮއިކޮށްފައިވާކަމާއި، އަދި އެމުޢާމަލާތުގެ ދަށުން މުޙައްމަދު ނާޢީމް އަދާކުރަންޖެހޭ އިލްތިޒާމްތައް
އަދާކުރާނެކަން ކަށަވަރުކުރުމުގެ ގޮތުން ލ. މަނަ | މާލެ، ޙުސައިން ނާޢީމްއާއި، ތ. މަނަ | މާލެ، އަޙްމަދު
ރިޔާޟު ގެރެންޓީ ދީފައިވާކަމާއި، އަދި މިމުޢާމަލާތުގެ ދަށުން ދެފަރާތުގެ އިލްތިޒާމްތައް އަދާކުރަމުން
ގޮސްފައިވާކަމާއި، އެގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު
ނަޢީމަށް ރަޖިސްޓްރީ ނަންބަރު C2782A
-
01 10
-
T "ދުވެލި" ނަމަކަށްކިޔާ ދޯނި ހޯދައިދީފައިވާއިރު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މުޙައްމަދު ނަޢީމުގެ ފަރާތުން ދައްކަން ޖެހޭ
ލީސް ޕޭމަންޓުތައް ދައްކަމުން ގޮސްފައިވާކަން އެނގޭކަމާއި،
ޖެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ނަޢީމާ ދެމެދު 13
ނޮވެމްބަރ 2006 ގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މިއީ ފައިނޭންސް ލީސިންގ އުޞޫލުން ކޮށްފައިވާ
މުޢާމަލާތެއްކަމާއި، މިފަދަ މުޢާމަލާތުތަކަކީ ވިއްކުމުގެ އަދި އާދައިގެ ނުވަތަ ޢާންމު ކުލީގެ މުޢާމަލާތުތަކާއި
ތަފާތު ޠަބީޢަތެއްގެ މުޢާމަލާތުތަކެއްކަމާއި،
4 86ޅ2
އއއއި
އާދައިގެ ނުވަތަ ޢާންމު ކުލީގެ މުޢާމަލާތުގައި، ކުއްޔަށްދޭ ފަރާތުން ކުއްޔަށް ދެނީ އެފަރާތުގެ އަތުގައި
ކުއްޔަށް ދިނުމުގެ ބޭނުމުގައި ބަހައްޓާފައި ހުންނަ އެއްޗެއް، ކަނޑައެޅޭ ވަކި ކުއްޔަކަށް، ކަނޑައެޅޭ ވަކި
މުއްދަތަކަށް އެއެއްޗެއްގެ ބޭނުން ހިފުމަށްފަހު ކުއްޔަށް ފަރާތުން އެއެތި އަނބުރާ ގެންނަގޮތަށްކަމަށްވާއިރު،
ފައިނޭންސް ލީސިންގގައި ލެސޯގެ މައިގަނޑު މަސައްކަތަކީ ނުވަތަ ލެސޯ ކޮށްދޭކަމަކީ ލެސީ ހޯދުމަށް ބޭނުންވާ
އެއްޗެއް ހޯދައިދިނުމަށް ފައިނޭންސްކޮށްދިނުންކަމާއި، ލީސްކުރެވޭ އެތި ސަޕްލައިކޮށްދޭ ފަރާތާއި ލީސްކުރެވޭ
އެތި ލެސޯއަށް ދައްކަނީ ލެސީކަމާއި، ލެސީ ލެސޯއާއެކު އެމުޢާމަލާތުކުރަނީ އެފަރާތުން އެފަދަ އެއްޗަކަށް
ބޭނުންވާއިރު، އެއްފަހަރާ އަގުދީފައި ގަންނަވަރަށް އަތުގައި ފައިސާނެތުމުން، ފައިނޭންސް
ލީސިންގގެ އުޞޫލުން ކުރެވޭ މުޢާމަލާތުގެ ތެރެއިން އެއެތި މިލްކުކުރުމުގެ ނިޔަތުގައި އެއެތި ކުއްޔަށް ނަގައި
އަދި ލީސް ރެންޓަލްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅޭ ތާވަލަކާ އެއްގޮތަށް ދައްކައި ނިމުމުން
ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ ގޮތުގެ މަތީން، ލީސްކުރެވުނު އެތި ލެސީއަށް މިލްކުކުރެވޭނެ
އުޞޫލުގެ މަތިންކަމާއި،
މިމުޢާމަލާތުގެ ޠަބީޢަތަށް ބަލާއިރު، މިއީ ތަފާތު ގައުމުތަކުގައިވެސް ތަޢާރަފްކުރެވި، ހިނގަމުން
އަންނަ މުޢާމަލާތެއްކަމާއި، މިއީ މަސައްކަތްތެރިންގެ މަސައްކަތްތަކަށް
ވަސީލަތްތައް ހޯދައި އެފަދަ ފަރާތްތަކުގެ މަސައްކަތާއި ވިޔަފާރި ކުރިއެރުވުމަށް
ވުމަށް ބޭނުންކުރެވޭ މުޢާމަލާތެއްކަމާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ވަނަ މާއްދާގައި، ލީސް އެއްބަސް
ވުމާއެއްގޮތަށް ޢަމަލުކޮށް ލީސްކުރެވުނު މުއްދަތު ހަމަވުމުން، ދެފަރާތުން އެއްބަސްވެވޭ ނޮމިނަލް އަގަކަށް
ލީސްކުރެވުނު އުޅަނދު ގަތުމުގެ އިޚްތިޔާރު ލެސީއަށް ދެވިފައިވުމަކީ އިތުރު ޝަރުތެއްކަމަށާއި އެޝަރުތުގެ
2 4 34
2014
31
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
sއެބަ50
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
ސަބަބުން މިއީ ވިޔަފާރީގެ ޞައްޙަ މުޢާމަލާތެއްކަމަށް ނުވާނެކަމަށް މަދަނީ ކޯޓުން ފާހަގަކުރައްވާފައިވާއިރު،
މިމުޢާމަލާތަކީ ފައިނޭންސް ލީސިންގ އުޞޫލުން ހިނގާފައިވާ މުޢާމަލާތެއްކަމާއި، މިފަދަ މުޢާމަލާތުގައި،
އެއްބަސްވުމުގެ 31 ވަނަ މާއްދާގައި ދެވިފައިވާ އިޚްތިޔާރަކީ މިފަދަ މުޢާމަލާތްތަކުގައި ހިމެނޭ ކަމެއްކަމާއި،
އެއިޚްތިޔާރަކީ ކުރެވިފައިވާ އިތުރު ޝަރުތެއްކަމަށް ބަލައި އެނުކުތާގެ މައްޗަށް ބިނާކޮށް މިމުޢާމަލާތަކީ
ޞައްޙަނޫން މުޢާމަލާތެއްކަމަށް ބެލެވިގެން ނުވާނެކަމާއި،
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސުގެ ދަށުގައި އޮންނަ މަޖުމަޢުލް ފިޤްހުލް އިސްލާމީގެ
ޤަރާރުތަކަށް ބަލާއިރުވެސް މިފަދަ މުޢާމަލާތްތަކުގައި ކަނޑައެޅިފައިހުންނަ މިފަދަ އިޚްތިޔާރު (option)
ތަކަކީ ޝަރުޢީގޮތުންވެސް ހުއްދަކަމެއްކަން އެނގޭކަމާއި،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިފަދަ ފައިނޭންސް
ލީސިންގ މުޢާމަލާތުތައް ކުރަމުންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް
އަދި ދިވެހިރާއްޖޭގައި އެފަދަ މުޢާމަލާތްތައް ކުރުމަށް ފުރިހަމަކުރަންޖެހޭކަންކަން ފުރިހަމަކޮށް، ލިބެންޖެހޭ
ހުއްދަތައް ލިބިގެން، އަދި މިފަދަ މުޢާމަލާތްތައް ކުރުމަށް އެދޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން
ކަމާއި، އަދި އެފަދަ އެއްބަސް
.ބަސްވުންތަކަކީ ލިޔެވި، ދެފަރާތުން އެއެއްބަސްވުން ކިޔައި އޭގައިވާ ކަންކަމުގެ
ސޮއިކޮށް، ދެފަރާތުގެ އިލްތިޒާމްތައް ކަނޑައެޅިފައި ހުންނަ އެއްބަސްވުންތަކެއްކަން
މައްޗަށް
44ހ & 4
އެނގޭކަމެވެ.
COCC
(ނ) ދެވަނަކަމަކީ، ދެފަރާތެއްގެ ދެމެދުގައި ޝަރުޢީ އަދި ޤާނޫނީ އިންތަކުގެ ތެރެއިން ވެވޭ
އެއްބަސްވުމަކީ އެ އެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި
ބަނދެވޭ ބަނދެވުމެއްކަމާއި، ކޮންޓްރެކްޓްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކޮންޓްރެކްޓުގެ
ގޮތުގެމަތިން އެބައިވެރިއަކު ކުރަން ޖެހޭނެކަމާއި، އެއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ
އަނެއް ބައިވެރިޔާ،
މައްޗަށް ލާޒިމްވާކަމަކަށް ދުލެއް ދީފިނަމަ ނުވަތަ
ރަތަޓ
ޑ 8 *8
4
އެއެޤީeވެ
88 86 8 2
ހންeރނeއޤީ
ޕީ
އިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2009/HC-A/345
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވުމުންކަމަށް ބަޔާންކޮށްފައިވާކަން ޤާނޫނު ނަންބަރު 4/91
ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއިންވެސް އެނގެން އޮންނަކަމާއި،
ރަޖިސްޓްރީ ނަންބަރު T-10
01-C2782A "ދުވެލި" ކިޔާ އުޅަނދު ފައިނޭންސް
ލީސިންގގެ އުޞޫލުން ހޯދުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މުޙައްމަދު
ނަޢީމު އެއްބަސްވުމެއްވެ، ފައިނޭންސް ލީސް އެގްރީމެންޓުގައި ސޮއިކޮށް، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިމުޢާމަލާތް ކޮށްފައިވާކަން ހުށަހެޅިފައިވާ ލިއުންތަކުގެ އިތުރުން މުޙައްމަދު
ނަޢީމުގެ ބަހުންނާ އަދި މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން
އޮންނަކަމާއި އަދި އެ އެއްބަސްވުމާއި އެ މުޢާމަލާތަށް ޔަޤީންކަން ދިނުމަށްޓަކައި، ވ. މަނަ | މާލެ،
ޙުސައިން ނާޢީމްއާއި، ވ. މަނަ | މާލެ، އަޙްމަދު ރިޔާޝް އެ މުޢާމަލާތުގެ ގެރެންޓަރުންގެ ޙައިސިއްޔަތުން
އިޤުރާރުވެ ސޮއިކޮށްފައިވާކަންވެސް ބަޔާންކުރެވިދިޔަ ފަދައިން އެނގެން އޮތްއިރު،
މި މުޢާމަލާތާއި ގުޅިގެން މުޙައްމަދު ނަޢީމުގެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން
ފައިސާ ދެއްކިފައިނުވާކަން މުޙައްމަދު ނަޢީމުގެ ފަރާތުން މަދަނީ ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮތްއިރު، އެގްރީމެންޓާއި އެއްގޮތަށް މުޙައްމަދު ނަޢީމުގެ ފަރާތުން ފައިސާ ދައްކަމުން ނުދާތީ، ލީސް
ކުރެވިފައިވާ މުދާ، ރަޖިސްޓްރީ ނަންބަރު C2782A
-
01 10
-
T "ދުވެލި" ކިޔުނު އުޅަނދާ މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޙަވާލުވެ، ލިސްކުރެވިފައިވާ ކުރުން ބާޠިލުކޮށް، އަދި
އެހާތަނަށް މުޙައްމަދު ނަޢީމުގެ ފަރާތުން ދައްކަންޖެހި ނުދެއްކިވާ ފައިސާ ހޯދުމަށް، އިސްތިއުނާފުކުރެވިފައި
މިވާ މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާކަން އެނގޭކަމެވެ.
6 8 22 4 ,
(ނ) ތިންވަނަކަމަކީ، ރަޖިސްޓްރީ ނަންބަރު C2782A
-
01_10
-
T "ދުވެލި" ކިޔާ އުޅަނދު
ލީސްކުރުމާ ގުޅޭގޮތުން މުޙައްމަދު ނަޢީމު އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ދެމެދު
ވެފައިވާ އިޝާރާތް ކުރެވުނު ލީސް އެގްރީމެ
އެއްގޮތަށް މުޙައްމަދު ނަޢީމަށް ޢަމަލުނުކުރެވި، އަދި
އި/2ނ.8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
#
ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލީސްކުރެވުނު އުޅަނދާ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ޙަވާލުވެ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓު ބާޠިލުކުރެވިފައިވާކަމާއި،
އަދި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓުގައިވާ ގޮތުގެ މަތީން މުޙައްމަދު ނަޢީމު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މުޙައްމަދު ނަޢީމުއާއި އަދި
ގެރެންޓީ ދިން ފަރާތްތަކުގެ މައްޗަށް، އިސްތިއުނާފުކުރެވިފައި މިވާ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/893 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދަޢުވާކުރުމުން، އެދަޢުވާގެ ޖަވާބުގައި މުޙައްމަދު ނަޢީމުގެ ފަރާތުން 2 ޖުލައި 2008 ތާރީޚުގައި މަދަނީ ކޯޓަށް
ހުށަހެޅި ދަޢުވާގެ ޖަވާބު ފޯމުގައި، އެމައްސަލާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ހޯދުމަށް ދަޢުވާކުރާ ފައިސާއަކީ ދޭންޖެހޭ ފައިސާއެއްކަމާމެދު އިންކާރުކޮށްފައިވީނަމަވެސް، 12 ޖޫން
2008 ތާރީޚުގައިވާ މުޙައްމަދު ނަޢީމުގެ ބަޔާނަށް ބަލާއިރު، ދޯނި ވިއްކާލެވުނު އަގު އެނގެން ބޭނުންކަމަށާއި،
ބާކީ ދައްކަންޖެހޭ މިންވަރުގެ ތަފްޞީލް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅުމުން ދައްކަންޖެހޭ ފައިސާއެއް ދައްކާނެކަމަށް މުޙައްމަދު ނަޢީމު ބުނެފައިވާކަމާއި، އަދި
މުޙައްމަދު ނަޢީމުގެ ފަރާތުން މަދަނީ ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް ދަޢުވާކުރާ ފައިސާގެ
ތެރެއިން މުޙައްމަދު ނަޢީމުގެ ފަރާތުން ދެއްކުމަށް މައިގަނޑުގޮތެއްގައި އިންކާރުކޮށްފައިވަނީ، އެދޯނި ގަތުމަށް
ނުވަތަ ހޯދައިދިނުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން ޚަރަދުކުރި ފައިސާއާއި، ލީސް
ރެންޓަލްސް ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޯނި އަތުލި ތާރީޚުން ފެށިގެން، އެއްބަސްވުން ބާޠިލްކުރިކަމަށް މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ ތާރީޚުކަމުގައިވާ 23 މާރޗް 2008 އާ
ހަމައަށް ލީސް ރެންޓަލްސް ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ ފައިސާއާއި، އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ފޮނުވައިގެން ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިއުޅަނދު ޙަވާލުވި އިރު،
އުޅަނދަށް ލިބިފައިވާ ގެއްލުންކަމުގައި އެފަރާތުން ލިޔެ އެއްބަސްވެފައިވާ ކަންކަން މަރާމާތުކުރުމަށް ދިޔަ
ޚަރަދުގެ އިތުރުން، ލިބިފައިވާ އެހެން ގެއްލުންތަކެއް ހުރިކަމަށްބުނެ އެކަމަށް އިތުރަށް ޚަރަދުވިކަމަށް ބުނާ
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009}HC-A/345
ފައިސާކަން އެނގެން އޮތުމުން، މިމައްސަލާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދި ހުށަހަޅާފައިވާ މިނޫން އެހެން ފައިސާ ދެއްކުމަށް މުޙައްމަދު ނަޢީމުގެ
ފަރާތުން އިންކާރުކޮށްފައި ނުވާކަން އެނގޭއިރު،
މުޙައްމަދު ނައީމުއާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ވެފައިވާ އިޝާރާތްކުރެވުނު ލީސް އެގްރީމެންޓުގައިވާ ގޮތުގެ މަތިން، ލީސް ރެންޓަލްސްގެ ގޮތުގައި މުޙައްމަދު
ނަޢީމް އެދުވަހާ ހަމައަށް ދައްކާފައިވާ -/
398,134ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ތިރީސް
ހަތަރު ރުފިޔާ) ދޯނިގަތުމަށް ދޫކުރި -/
1,936,329ރ. (ނަވާރަލައްކަ ތިރީސްހަހާސް ތިންސަތޭކަ ނަވާވީސް
ރުފިޔާ) ގެ ތެރެއިން އުނިކުރުމުން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
މުޙައްމަދު ނަޢީމް ދައްކަންޖެހޭ -/
1,538,195ރ. (ފަނަރަލައްކަ ތިރީސް އަށްހާސް އެއްސަތޭކަ ނުވަދިހަ
ފަސްރުފިޔާ) ހޯދުމަށްޓަކައި އެގްރީމެންޓުގެ 17.2 ވަނަ މާއްދާގެ ދަށުން މިދޯނި ވިއްކުމަށްފަހު، ލިބޭ
ފައިސާއިން ދޯނީގެ އަގު އަދާނުކުރެވޭނަމަ އަގު ހަމަކުރުމަށް މަދުވާ މިންވަރަކީ، މުޙައްމަދު ނަޢީމްއާއި،
މުޙައްމަދު ނަޢީމުގެ ފަރާތުން މިފައިސާ ދެއްކުމަށް ގެރެންޓީ ކޮށްދީފައިވާ ޙުސައިން ނަޢީމްއާއި، އަޙްމަދު
ރިޔާޝް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައިދިނުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާއިރު، މިފައިސާއަކީ، މިމުޢާމަލާތުގެ ޠަބީޢަތަށާއި، ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެގްރީމެންޓަށް ބަލާއިރު، އެ އެގްރީމެންޓުގެ 17.2 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނަގައިދެވޭނެ ފައިސާއެއްކަން އެނގޭކަމާއި،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ
ބަޔާންކުރެވިދިޔަ -/
1,936,329ރ. (ނަވާރަލައްކަ ތިރީސްހަހާސް ތިންސަތޭކަ ނަވާވީސް ރުފިޔާ) އިން، ލީސް
ރެންޓަލްސްގެ ގޮތުގައި މުޙައްމަދު ނައީމް އެދުވަހާ ހަމައަށް ދައްކާފައިވާ -/
398,134ރ. (ތިންލައްކަ ނުވަދިހަ
އެއްސަތޭކަ ތިރީސް ހަތަރު ރުފިޔާ) އާއި އަދި ދޯނި ވިއްކުމަށްފަހު، ލިބޭ ފައިސާ އުނިކުރުމުން
މަދުވާ މިންވަރު ހޯދުމަށް ކަމަށްވުމުން، ބަޔާންކުރެވިދިޔަ -/1,936,329ރ. (ނަވާރަލައްކަ ތިރީސްހަހާސް
އަށްހުސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
2009/HC-A/345
ތިންސަތޭކަ ނަވާވީސް ރުފިޔާ) އިން، ލީސް ރެންޓަލްސްގެ ގޮތުގައި މުޙައްމަދު ނަޢީމް އެދުވަހާ ހަމައަށް
ދައްކާފައިވާ -/
398,134ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ތިރީސް ހަތަރު ރުފިޔާ) އާއި އަދި
ދޯނި ވިއްކާލެވުނު އަގުކަމުގައިވާ -/
895,000ރ. (އަށްލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ
-/643,195ރ. (ހަލައްކަ ސާޅީސް ތިންހާސް ސަތޭކަ ނުވަދިހަ ފަސްރުފިޔާ) މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންވާކަން އެނގޭކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ނަޢީމާއެކު ކުރެވިފައިވާ ލީސް އެގްރީމެންޓް 23 މާރޗް
2008 ދުވަހު ބާޠިލްކުރެވިފައިވާތީ، އެދުވަހާއިހަމައަށް ލީސް ޕޭމަންޓުގެ ގޮތުގައި ލީސް އެގްރީމެންޓުގެ 03
ވަނަ މާއްދާގެދަށުން ކޮންމެ މަހަކު ދައްކަންޖެހޭ -/41,735ރ. (ސާޅީސް
އެއްހާސް ހަތްސަތޭކަ ތިރީސް
ފަސްރުފިޔާ) ގެ މަގުން 23 މާރޗް 2008 އާއި ހަމައަށް ދައްކަންޖެހި ނުދައްކައިވާ -/
202,675ރ.
(ދެލައްކަ ދެހާސް ހަސަތޭކަ ހަތްދިހަ ފަސްރުފިޔާ) އެއްފަހަރާ މުޙައްމަދު ނަޢީމްއާއި، މުޙައްމަދު ނަޢީމުގެ
ފަރާތުން މިފައިސާ ދެއްކުމަށް ގެރެންޓީ ކޮށްދީފައިވާ 02 (ދޭއް) މީހުންކަމުގައިވާ ޙުސައިން ނަޢީމްއާއި،
އަޙްމަދު
މަދު ރިޔާޝުގެ ފަރާތުން ދެއްވުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އެދިފައިވާއިރު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2.3 މާރޗް
ގެ ތާރީޚުގައި މުޙައްމަދު ނަޢީމަށް ފޮނުވާފައިވާ ސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން ދުވެލި ދޯނި ލީސްކުރެވިފައިވާ ކުރުން ބާޠިލް ކުރެވިފައިވާކަން އެންގުމުގެ ގޮތުން
ފޮނުވުނު ސިޓީއެއްކަމާއި، އެސިޓީގައި ލީސްކުރެވިފައިވާ ކުރުން ބާތިލްކުރި ވަކި ތާރީޚެއް ބަޔާންކޮށްފައި
ނުވާއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 08 ޖެނުއަރީ 2008
ގައި ދޯންޏާއި ޙަވާލުވެފައިވާކަމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދޯންޏާ ޙަވާލުވެފައިވަނީ ދެފަރާތުގެ ދެމެދުގައި 07 ޖެނުއަރީ 2008 ގައި ވާހަކަ
2008
OXC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
ދެކެވުމަށްފަހުގައިކަމާއި، ދޯނި ޙަވާލުކޮށްފައިވަނީ މުޙައްމަދު ނަޢީމަށް ދޯނި އޮޕަރޭޓްކުރެވެން ނެތިގެންކަމާއި،
މިކަންކަން ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ އިތުރުން 14 ޖެނުއަރީ 2008 ގައި މުޙައްމަދު ނަޢީމު
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީއިންނާއި، އަދި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޯންޏާއި ޙަވާލުވިކަން އެނގޭ
ލިއުމުން އެނގެން އޮންނަކަމާއި، ވުމާއެކު، މުޙައްމަދު ނައީމަށް ދޯނި އޮޕަރޭޓްކުރެވެން ނެތިގެން، ދެފަރާތުން
ވާހަކަ ދެއްކުމަށްފަހު 08 ޖެނުއަރީ 2008 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދޯންޏާއި ޙަވާލުވިކަން އެނގެން އޮތުމުން، އެތާރީޚުގެ ފަހުން ލީސް ރެންޓަލްސްއާއި ލީސް
ރެންޓަލްސް ދައްކަންޖެހޭގޮތަށް ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ފައިސާއަކީވެސް އެތާރީޚުގެ ފަހުން
މުޙައްމަދު ނަޢީމުއާއި އަދި މިމުޢާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާއެއްނޫންކަމާއި،
ހެންކަމުން،
މުން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދޯންޏާއި
ޙަވާލުވި ތާރީޚުކަމަށް ލިޔެކިއުމުން ސާބިތުވާ 08 ޖެނުއަރީ 2008 މިތާރީޚުގެ ފަހަށް ލީސް ރެންޓަލްސްއާއި
އެފައިސާ ނުދައްކައިވުމުން ދައްކަންޖެހޭ އެހެނިހެން ފައިސާ ދޭން ނުޖެހޭކަމަށް މަދަނީ ކޯޓުން ނިންމަވާފައިވަނީ
ރަނގަޅަށްކަމަށް ލަންޖެހޭ
(ބ) ފަސްވަނަ ކަމަކީ، ލީސް އެގްރީމެންޓުގެ ޝެޑިއުލް އައިޓަމްގެ ދަށުން ދޯންޏަށް ލިބިފައިވާ
ކަމަށްބުނާ ގެއްލުން މަރާމާތު ކުރުމަށްކުރި ޚަރަދުގެ ތެރެއިން -/22,847ރ. (ބާވީސްހާސް އަށްސަތޭކަ
ސާޅީސް ހަތްރުފިޔާ) ޝަރީޢަތަށް ސާބިތުވާކަމަށް މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވާއިރު، ދޯނި ބަލަހައްޓައި،
ގެންގުޅުމަށާއި، މަރާމާތަށާއި އަދި ވިއްކާލުމަށް ހިނގި ޚަރަދުގެ ގޮތުގައި -/77,883 ރ. (ހަތްދިހަހަތްހާސް
އަށްސަތޭކަ އަށްޑިހަ ތިންރުފިޔާ) ޚަރަދުވެފައިވާކަމަށާއި އެފައިސާއަކީ މިމައްސަލާގައި ބަޔާންކުރާ އެއްބަސްވުމުގެ
ދަށުން އެކުންފުންޏަށް ލިބެންވާ ފައިސާއެއްކަމުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނެފައިވީނަމަވެސް ހުށަހެޅިފައިވާ އިންވޮއިސްތަކާއި ލިއުންތަކަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2009/HC-A/345
މދު ދި
އެމަރ(
ރާމާތުތަކަކީ ކަނޑައެޅިގެން އެ ދޯންޏަށް ލިބިފައިވާ ގެއްލުންތަކެއްގެ މަރާމާތަށް ޚަރަދުވެފައިވާ
ފައިސާއެއްކަމެއް ނުވަތަ އެއްބަސްވުމުގެ 13.1 ވަނަ މާއްދާގައި ބުނެފައިވާ ފަދަ ޢާންމު އާބާތުރަ
މަރާމާތުކުރުމަށް ކުރެވުނު ޚަރަދެއްކަން އެނގޭނެ ފަދަ ތަފްސީލުތައް ނެތުމުން، މަރާމާތުގެ ޚަރަދުގެ ގޮތުގައި
މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވާ -/
22,847ރ. (ބާވީސްހާސް އަށްސަތޭކަ ސާޅީސް ހަތްރުފިޔާ) ގެ އިތުރު
ފައިސާއެއް މަރާމާތާއި މިނުކުތާގައި ބުނެފައިވާ އެހެނިހެން ޚަރަދުގެ ގޮތުގައި ނަގައިދެވެން އޮތްކަމަށް
ނުފެންނަކަމެވެ.
(ށ) ހަވަނަ ކަމަކީ، މިމައްސަލާގައި ހުށަހެޅިފައިވާ ލިއުންތަކަށާއި، މިމައްސަލާގައި ހިމެނޭ
ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މުޙައްމަދު ނަޢީމަށް ދޯނި އޮޕަރޭޓްކުރެވެ
ނެތިގެން
ދެފަރާތުން ވާހަކަދެއްކުމަށްފަހު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދޯންޏާ
ޙަވާލުވި ތާރީޚުކަމުގައިވާ 08 ޖެނުއަރީ 2008 ގެ ނިޔަލަށް އުޅަނދުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ
ތެރެއިން މުޙައްމަދު ނަޢީމް ދައްކާފައިވާ ފައިސާ އުނިކުރުމުން، ބާކީ ދައްކަންޖެހޭ ފައިސާއާއި، އަދި އެފައިސާ
ނުދެއްކި ލަސްވުމުގެ ސަބަބުން ދައްކަންޖެހުނު ފައިސާގެ ގޮތުގައި ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ
99,042
/
32ރ. (ނުވަދިހަ ނުވަހާސް ސާޅީސް ދެރުފިޔާ | ބައްތިރީސް ލާރި) އާއި، އަދި އެއްބަސްވުމާ
މުޙައްމަދު ނަޢީމުގެ ފަރާތުން ޚިލާފުވެފައިވުމުން، މި އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް ކުރާ
މަސައްކަތަށް ލީގަލް ފީއެއްގެ ގޮތުގައި ޚަރަދުކޮށްފައިވާ ފައިސާގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ -/25,000ރ. (ފަންސަވީސްހާސް ރުފިޔާ)
އާއި، ދޯންޏަށް ލިބިފައިވާ ކަމަށްބުނާ ގެއްލުން މަރާމާތު ކުރުމަށްކުރި ޚަރަދުގެ ގޮތުގައި ނަންގަވައިދެއްވާފައިވާ
-/22,847ރ. (ބާވީސްހާސް އަށްސަތޭކަ ސާޅީސް ހަތްރުފިޔާ) މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭކަމަށާއި، އަދި މިފައިސާގެ ތެރެއިން، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި މުޙައްމަދު ނަޢީމް މިމުޢާމަލާތާއި ގުޅިގެން ޑިޕޮޒިޓް ކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
2009/HC-A/345
-/
140,000ރ. (އެއްލައްކަ ސާޅީސްހާސް ރުފިޔާ) އުނިކުރަންޖެހޭކަމަށާއި، އެއަދަދު އުނިކުރުމުން ބާކީވާ
6,889
/
32ރ. (ހަހާސް އަށްސަތޭކަ އަށްޑިހަ ނުވަރުފިޔާ ބައްތިރީސް ލާރި) އަކީ މުޙައްމަދު ނަޢީމާއި
މިމުޢާމަލާތަށް ޔަޤީންކަންދީފައިވާ ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޝުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް
ބަދަލުގެންނަންޖެހޭތަނެއް އޮތްކަމަށް ނުފެންނަކަމާއި،
އެހެންކަމުން، އިސްތިއުނާފުކުރެވިފައި މިވާ މަދަނީ ކޯޓުގެ ނަންބަރު 2008/MC/893
ޤަޟިއްޔާގައި، މުޙައްމަދު ނަޢީމާއި މިމުޢާމަލާތަށް ޔަޤީންކަންދީފައިވާ ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޟުގެ
ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް މަދަނީ ކޯޓުން
ކަނޑައަޅުއްވާފައިވާ ފައިސާގެ ތެރެއިން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި
މުޙައްމަދު ނަޢީމް މިމުޢާމަލާތާއި ގުޅިގެން ޑިޕޮޒިޓް ކޮށްފައިވާ -/
140,000ރ. (އެއްލައްކަ ސާޅީސްހާސް
ރުފިޔާ) އުނިކުރުމުން ބާކީވާ 6,889
/
32ރ. (ހަހާސް އަށްސަތޭކަ އަށްޑިހަ ނުވަރުފިޔާ ބައްތިރީސް ލާރި) ގެ
އިތުރުން، އެދޯނި ގަތުމަށް ނުވަތަ ހޯދައިދިނުމަށް ދޫކުރި ނުވަތަ ދިޔަ ޚަރަދުގެ ފައިސާގެ ގޮތުގައި،
-/
643,195ރ. (ހަލައްކަ ސާޅީސް ތިންހާސް ސަތޭކަ ނުވަދިހަ ފަސްރުފިޔާ) އާ އެކުޖުމްލަ 650084
/
32ރ.
(ހަލައްކަ ފަންސާސްހާސް އަށްޑިހަ ހަތަރުރުފިޔާ) ބައްތިރީސް ލާރި) މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންވާކަން އެނގޭއިރު،
އިސްތިއުނާފުކުރެވިފައި މިވާ މަދަނީ ކޯޓުގެ ނަންބަރު 2008/MC/893 ޤަޟިއްޔާގައި،
މުޙައްމަދު ނަޢީމާއި މިމުޢާމަލާތަށް ޔަޤީންކަންދީފައިވާ ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޝްގެ ފަރާތުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް މަދަނީ ކޯޓުން
ކަނޑައަޅުއްވާފައިވާ ފައިސާގެ ތެރެއިން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި
މުޙައްމަދު ނަޢީމް މިމުޢާމަލާތާއި ގުޅިގެން ޑިޕޮޒިޓް ކޮށްފައިވާ -/
140,000ރ. (އެއްލައްކަ ސާޅީސްހާސް
ރުފިޔާ) އުނިކުރުމުން ބާކީވާ 6,889
/
32ރ. (ހަހާސް އަށްސަތޭކަ އަށްޑިހަ ނުވަރުފިޔާ ބައްތިރީސް ލާރި)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ނަޝާ / 2
0 .ކަމަށް ކނމ& އޅައި،
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މަދަނީ ކޯޓަށް އެފައިސާ
ދައްކާފައިވާކަން އެނގެން އޮތުމުން، މިމުޢާމަލާތާއި ގުޅިގެން މުޙައްމަދު ނަޢީމާއި މިމުޢާމަލާތަށް
ޔަޤީންކަންދީފައިވާ ޙުސައިން ނަޢީމާއި، އަޙްމަދު ރިޔާޝްގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މިހާރު ދައްކަންޖެހޭ ފައިސާގެ އަދަދަކީ، އެދޯނި ގަތުމަށް ނުވަތަ ހޯދައިދިނުމަށް
ދޫކުރި ނުވަތަ ދިޔަ ޚަރަދުގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭ -/
643,195ރ. (ހަލައްކަ ސާޅީސް ތިންހާސް
ސަތޭކަ ނުވަދިހަ ފަސްރުފިޔާ) ކަން އެނގޭކަމެވެ.
: 0
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2008/MC/893 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
ދަޢުވާކުރި ފައިސާގެ ތެރެއިން، އެދޯނި ގަތުމަށް ނުވަތަ ހޯދައިދިނުމަށް ދޫކުރި ނުވަތަ ދިޔަ ޚަރަދުގެ ފައިސާ
ފިޔަވައި އެހެނިހެން ފައިސާއާމެދު މަދަނީ ކޯޓުން ނިންމަވާފައިވާ ގޮތް ރަނގަޅުނޫ
99( 2 ހދ8
ފުނޫންކަމަށް
މިމުޢާމަލާތަކީ އާދައިގެ ނުވަތަ ޢާންމު ކުލީގެ މުޢާމަލާތެއްކަމުގައި ބައްލަވައި، މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކުރި ފައިސާގެ ތެރެއިން، އެދޯނި ގަތުމަށް
ނުވަތަ ހޯދައިދިނުމަށް ދޫކުރި ނުވަތަ ދިޔަ ޚަރަދުގެ ފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ލިބިދޭން ނުޖެހޭގޮތަށް އެޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް،
އެފައިސާއަކީ، މިމުޢާމަލާތުގެ ޠަބީޢަތަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓުގެ 17.2 ވަނަ މާއްދާގެ
ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމާއި އަދި
UcOc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/345
އެފައިސާގެ ތެރެއިން -/643,195ރ. (ހަލައްކަ ސާޅީސް ތިންހާސް ސަތޭކަ ނުވަދިހަ ފަސްރުފިޔާ) މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންވާކަން ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު (03 ޖޫން
2014) ން ފެށިގެން ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކައި 12 (ބާރަ) މަސްދުވަހުގެ
ތެރޭގައި މިދަރަނި ޚަލާސްކުރުމަށް ލ. މަނަ | މާލެ، މުޙައްމަދު ނަޢީމާއި، ވ. މަނަ / މާލެ، ޙުސައިން
ނަޢީމާއި، ވ. މަނަ | މާލެ، އަޙްމަދު ރިޔާސަށް އަންގައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިންގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv