ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/90 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/90
WWW4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 90/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މޒ. ޙުސައިން ޝަމީމް
އ. ޕަބްލިކް ޕްރޮސިކިއުޓަރ އޒް. ޙުސައިން ނާޝިދު
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން ޢަޠީކް
ފެހިއައްސޭރި
އައި.ޑީ.ކާޑު ނަންބަރު: A023414 * މިހާރުގެ އެޑްރެސް: މ. ފެހިއައްސޭރި
ވަކީލު: އިބްރާހީމް ރިޝާ ޖަންބުމާގެ/ ކ. ގުރައިދޫ
0
*
#
ޒު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1433
ނިމުނު ތާރީޚް: 10 ޖުމާދަލްއޫލާ 1433
21
2012
02 އޭޕްރީލް 2012
0
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: 2012/1885(J
(
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
. ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
F
• ހުށަހެޅުނު ތާރީޚް: 16 މާރޗް 2012
ނިމުނު ތާރީޚް:
16 މާރޗް 2012 ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2012/HC-A/90
ދައުވާގެ ޚުލާޞާ
ނޭރެއް
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1885(J(MD-145 ކޯޓު އަމުރު އެކޯޓުން
ދުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ މ. ފެހިއައްސޭރި ޙުސައިން ޢަޠީކްއެވެ.
481
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1885(J
(
MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
22
22
22
2 ހދ9
އއޤީ0ނނކމނނ
,ހ2(
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1885(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 16 މާރޗް 2012 ވަނަ ދުވަހުގެ 19:56 އިން ފެށިގެން ޝަރީޢަތުން ވަކި ގޮތެއް
ކަނޑައަޅަންދެން (މައްސަލައިގެ ޙުކުމް ކުރެވެންދެން) މ. ފެހިއައްސޭރި ޙުސައިން ޢަޠީކް ފުލުހުންގެ ބެލުމުގެ
ދަށުގައި ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް ޙުސައިން ޢަޠީކް ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކުރެއްވި ސަބަބަކީ، "ޙުސައިން ޢަޠީކްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާއި
ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި މިވަގުތު މީނާ ކުރެވިފައިވާ ބަންދުން ދޫކޮށްލުމަކީ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީ" ކަމަށް
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
·
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1885(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/90
(ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާ
ގުތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
0
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ އަމުރުގައި ޙުސައިން ޢަޠީކްގެ
މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް
ބަލައި މިވަގުތު ޙުސައިން ޢަޠީކް، ކުރެވިފައިވާ ބަންދުން ދޫކޮށްލުމަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ،
މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީކަމަށް ބަޔާންކުރައްވައި، ޙުސައިން ޢަޠީކް
ޖަލުގައި ބަންދުކުރައްވާފައި ވަނިކޮށް، ޙުސައިން ޢަޠީކްގެ ކިބައިން މުޖުތަމަޢުއަށް ލިބިދާނެ ނުރައްކަލެއް
ފިލައިގެން ނުދަނީސް، އަދި މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް އޮތް ފުރުޞަތު އެގޮތުގައި
އޮއްވައި، ޙުސައިން ޢަޠީކް ގޭގައި ބަންދުކުރުމަށް 16 މާރޗް 2012 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ
ހުށަހެޅި ނުކުތާ.
ދ9ޑ އ ދވ
އަމުރެއްކަމަށް
میر
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީޚް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
.4
ce O
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1885(J
(
MD-145 ކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ޙުސައިން ޢަޠީކްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ޙުސައިން ޢަޠީކް ގޭ ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
މއޗަށް
(ހ) ފުރަތަމަ ކަމަކީ، ޙުސައިން ޢަޠީކްގެ ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ
މައްސަލައަކީ ތަޙުޤީޤުކުރުމުގެ މަރުހަލާގައިވާ މައްސަލައެއް ނޫންކަމާއި، އަދި ތަޙުޤީޤު ނިމި ޝަރީއަތަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/90
ހުށަހެޅުމުގެ މަރުހަލާގައިވެސްވާ މައްސަލައެއްނޫންކަމާއި، އެހެންނަމަވެސް މިއީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައި، އެކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން ސާފުކޮށް އެނގެން
އޮތްއިރު، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
ގޮތެއް ނިންމުމުގައި ޢަމަލުކުރާނެގޮތް އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އެމާއްދާގެ (ހ) ގައިވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ
މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރެކެވެ. އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ." މިފަދައިން ކަމާއި،
އެމާއްދާގެ (ށ) ގައިވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް
ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ ބަލާ ފަނޑިޔާރަކަށް އަނގަބަހުން ހުށަހެޅިދާނެއެވެ."
މިފަދައިން
ކަމާއި،
ދ ޏ ސ ޑ ވ ދީ
@398ނވެ
އެމާއްދާގެ (ނ) ގައިވަނީ "މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުން
ހުށަހަޅައިފިނަމަ، ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށް ބަލައި، އެމީހަކު މިޤަވާޢިދުގެ ނުވަ ވަނަ މާއްދާގައި
ގޮތުގެމަތިން ޝަރުތުކުރުމަށްފަހު، ނުވަތަ ދިހަވަނަ މާއްދާއާއި އެގާރަ ވަނަ މާއްދާގައި
ބަޔާންވެގެންވާ ކަފާލާތު އުޞޫލުން ޔަގީންކަން ދީފައި ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން، ނުވަތަ
ލުއިދިނުމުގެ ގޮތުން އެމީހަކު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް
މިފަދައިންކަން އެނގޭ ކަމާއި،
cccc
IL
ހާ3ނ.0އވެ.
އެހެންކަމުން، ޙުސައިން ޢަޠީކްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައަކީ
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން އެނގޭކަމާއި، އަދި މި މަރުހަލާ (ޝަރީޢަތުގެ މަރުހަލާ)
ގައި ޙުސައިން ޢަޠީކް ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން، ނުވަތަ ލުއި ދިނުމުގެ ގޮތުން ޙުސައިން ޢަޠީކް
ގޭބަންދަށް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ޙުސައިން ޢަޠީކްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ
މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރަށް ކަމާއި، ނުވަތަ ޤަވާއިދުގައިވާ ގޮތުގެ މަތިން ކްރިމިނަލް ކޯޓުގެ
އިސްގާޟީ ނުވަތަ އިސްގާޟީ ކަނޑައަޅުއްވާ އެހެން ފަނޑިޔާރަކަށްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/90
އަދި އެފަދަ ނިންމެވުމެއް ނިންމަވަންޖެހެނީ، ޙުސައިން ޢަޠީކްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މަސްތުވާތަކެތީގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ
ކަންތައްތަކުގެ މައްޗަށް ބައްލަވައި، އެގޮތުގެ މަތިންކަން އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011 މައްސަލައަކީ،
ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި އެކުށުގެ ތުހުމަތުގައިވާ މީހާ
ބަންދުން ދޫކޮށްލާފައިވާތީ އެކަމުގެ މައްޗަށް ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި، ނަމަވެސް ހައިކޯޓުގައި
ހިނގަމުންދާ މި މައްސަލައަކީ ޝަރީޢަތުގެ މަރުހަލާގައި ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއި ދިނުމުގެ ގޮތުން
ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ މައްސަލައެއްކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
މިކޯޓުން ބަލަމުންދާ މި މައްސަލައަކީ ތަފާތުތަކެއް ހުރި އެއްގޮތް ނޫން ދެމައްސަލަކަން
އ(އއއ
ޑ
އެނގެން އޮންނަކަމެވެ.
Ocx
(ނ) ތިންވަނަކަމަކީ، މައްސަލައެއްގެ ތަޙުޤީޤު ނިންމައި އެމީހެއްގެ މައްސަލަ ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުހަލާގައި، އެމައްސަލައެއްގައި ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތަށް
އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ
މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތްކޮށް
ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަށް ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް ބަންދުގައި ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ
ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ކުށުގެ ތުހުމަތުގައިވާ މީހަކަށް
ލުއި ދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން
އޮތްއިރު، ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމް ކުރުމުގެކުރީން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ
ވަކި މުއްދަތަކަށް ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ
ތެރެއިން ޙާލަތެއް ދިމާވެފައިވާނަމަ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
19/SC-A/2010 ވަނަ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު،
އެމައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ކަންކަމުގެ މައްޗަށް އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބެއްލެވުމަށް ފަހުގައިކަން އެނގޭކަމާއި، އަދި މިގޮތަށް މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ކަންކަމާއި،
އލަeގeގ"
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/90
ޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަން މައްސަލައިގައި އަދި ތުހުމަތު
ކުރެވޭ ފަރާތެއްގެ ކިބައިގައި ހުރިކަން ބަލާ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަކީ، އެމައްސަލައެއްގައި
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބެލުމަށްފަހު ނޫނީ
އެނގޭނެކަމެއް ނޫންކަމާއި،
އަދި މިގޮތުގެމަތީން އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް
(ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގައި
އެކަންކަން ވަޒަންކުރެވޭނީ އެމައްސަލައެއް މަޢުޟޫއީ ގޮތުން ބައްލަވާ ފަނޑިޔާރަށްކަމާއި، މިހެންކަމުން އަދި
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާ ފަރުމާކުރެވިފައިވާގޮތުން، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ
ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް
ލިބިގެންވާ "ތަޤްދީރީ" (discretionary) ބާރެއް ކަން އެނގޭކަމާއި،
2 ޑ ވ ·
ނއr
OCX
مستر تي
ނަކުބަބަކް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC-A/2009 މައްސަލަ ނިންމެވިއިރު ފާހަގަކުރެއްވި
07 ވަނަ ނަންބަރުގައިވާ އުޞޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް ހުށައެޅޭ ކަންކަން
ވަޒަންކުރުމަށްފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ ދަށުން ކަނޑައެޅޭ ކަންކަމަކީ،
އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) ހިމެނިގެން ނުވާނެ ކަންތައްތަކެއްކަން
42 ހ2
އެކަންކަމުގެ
މައްޗަށް
އެނގެއެވެ.
ކުށެއްގެ
(ހ) ހަތަރުވަނަކަމަކީ، ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް،
ހުށަހެޅިފައިވާ މައްސަލައަށް ބަލައި، ޝަރީއަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގައި،
ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއިދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަން އެނގެން އޮތްއިރު، މިކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ
އިޖުރާއާތުތައް މިމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިފަދަ މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނީ
އެމީހާގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވާ ފަނޑިޔާރަކު ނުވަތަ މައްސަލަބައްލަވާ
ފަނޑިޔާރު ނެތްނަމަ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅުއްވާ ފަރާތެއް ކަމުގައިވުމާއި
އެހިންޖާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/90
ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ކުށުގެ ތުހުމަތުގައިވާ މީހާ އެދިފައިވުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ
ކުރިން އެމައްސަލައެއްގައި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަން އެނގޭކަމާއި، ހުށަހެޅިފައި
މިވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލާއިރު، ޙުސައިން ޢަޠީކްއަކީ މަސްތުވާތަކެތީގެ
ވިޔަފާރީގެ މައްސަލާގައި ތުހުމަތު ކުރެވިގެން އެމައްސަލައިގެ ތަޙްޤީޤު ނިންމައި، މައްސަލަ ޝަރީޢަތަށް
ހުށަހެޅިފައިވާ ފަރާތެއްކަމާއި، ޙުސައިން ޢަޠީކްގެ ބަންދާއިމެދު ގޮތެއް ނިންމާފައިވަނީ އެމައްސަލަ ބައްލަވާ
ފަނޑިޔާރުކަމާއި، މައްސަލަ ބައްލަވާ ފަނޑިޔާރު މިގޮތަށް ނިންމަވާފައިވަނީ ޙުސައިން ޢަޠީކްގެ ފަރާތުން އެދުނު
އެދުމެއްގެ މައްޗަށް ބަލައި، ޙުސައިން ޢަޠީކްގެ މައްޗަށް ކުރެވިފައިވާ ދަޢުވާއާ ގުޅިގެން ޝަރީޢަތަށް
ހުށަހެޅިފައިވާ ކަންތައްތަކަށާއި،
މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމުގެ
ދެމަށްފަހު ކަންއެނގޭއިރު، ޙުސައިން ޢަޠީކް އަށް ލުއިދިނުމުގެ ގޮތުން އޭނާ ގޭބަންދަށް
އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚުތިޔާރުން ބޭރުން އަދި ޤަވާއިދުގައިވާ އިޖުރާއާތުން
ބޭރުންކަން ވެސް އެނގޭކަށް ނެތެވެ.
މައްޗަށް
8
ދތ 3
2 ދތ ވ3
ހ004ކރކޮށްފަހ13
3322
3
ވެ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2012/1885(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ
އަމުރެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނެވެ.
ccc
ޙުކުމް..
9
3 ޑ
/42ކ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1885(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީގެ
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ޢަލީ ސަމީރު
(ފަނޑިޔާރު)
ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv