ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/288 ޤަޟިއްޔާގެ ޙުކުމް
1
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 288/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މޫސާ ޤާސިމް
އައިޑީ ކާޑު ނަންބަރ: A012170
i
އެޑްރެސް: ފ.ވޭވަރ(މާލެ
މިހާރުގެ އެޑްރެސް: މ.ނަންރީތިމާގެ މާލެ
· 4
0
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އައިޑީ ނަންބަރު:-
ދާއިމީ އެޑްރެސް: ކަސްޓަމްސް ބިލްޑިންގ
މިހާރުގެ އެޑްރެސް: ކަސްޓަމްސް ބިލްޑިންގ
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޑިސެމްބަރު 2011 * ނިމުނު ތާރީޚް: 19 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv
-
C/366
ނިންމެވިކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުން
ހުށަހެޅި ތާރީޚް: 2010-02-10 ނިމުނު ތާރީޚް: 2011-0409
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފު ޙުސައިން ފަނޑިޔާރު؛ އަލީ ސަމީރު
ރާއްޖޭގެ ރި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20jj/HC-A/228
0l
ދިވެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ހ. ވޭވަރ(މާލެ މޫސާ ޤާސިމްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފް ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް
ކަސްޓަމްސް ސަރވިސް (ދައުލަތް) އެވެ.
ކުރެވުނު ނުކުތާތައް:
މިއީ، ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވޭވަރ(މާލެ މޫސާ ޤާސިމްގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފް ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދައުލަތް) އެވެ.
02 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/366 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 08 ނޮވެމްބަރ 2006 ދުވަހު މޯލްޑިވްސް
ކަސްޓަމްސް ސަރވިސް ގެ ސްޕްރިންޓެންޑެންޓްގެ ވަޒީފާއިން
ވޭވަރ!މާލެ މޫސާ ޤާސިމް (ދ.ރ.ކ
ނަމްބަރު A012170} ވަކިކޮށްފައިވަނީ އޭރު މުވައްޒަފުންނާއިމެދު ޢަމަލު ކުރަމުންދިޔަ ޤަވާއިދާއި ޚިލާފަށް
ކަމަށް ކަނޑައަޅައި، މޫސާ ޤާސިމް އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަށް ނުވަތަ ކުރިން ހުރި ވަޒީފާއާއި
އެއްފެންވަރުގެ ވަޒީފާއެއް ހަމަޖެއްސުމަށާއި، ވަޒީފާއިން ވަކިކުރިއިރު ދެމުންދިޔަ މުސާރައާއި އިނާޔަތްތަކާއި
އެހެނިހެން އެލަވަންސްތައް އެއަށް ގެނެވިފައިވާ ބަދަލުތައް ހިމަނައިގެން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން
ވަޒީފާދޭ ދުވަހާއި ހަމަޔަށް މޫސާ ޤާސިމަށް ލިބެންޖެހޭ ކަމަށާއި، އެފައިސާއަކީ މޯލްޑިވްސް ކަސްޓަމްސް
ސަރވިސަން މޫސާ ޤާސިމަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެފައިސާ މޫސާ ޤާސިމަށް ދިނުމަށް
މަދަނީ ކޯޓުގެ ނަމްބަރު 2009/MC/1051 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސުން ޢަމަލުކޮށްފައި ނުވާކަމަށްބުނެ އެޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދިނުން އެދި މޫސާ
ޤާސިމް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ މައްޗަށް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
1/
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވ
އެގެން
-2
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"...މަދަނީ ކޯޓުގެ
2009/MC/1851 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން
ޢަމަލުކޮށްފައި ނުވާތީ، މިބުނެވިދިޔަ ހުކުމް ތަންފީޒު ކޮށްދިނުން އެދި މޫސާ ޤާސިމް މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް 07 ސެޕްޓެމްބަރ 2010 ގައި
ވަޒީފާ އަނބުރާ ދީފައިވާކަން ދެފަރާތުގެ ބަހުން އެގެން އޮތުމާއި،
މޫސާ ޤާސިމް ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތު ކަމުގައިވާ 08 ނޮވެމްބަރ 2006 އިން
ފެށިގެން 07 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް މޫސާ ޤާސިމަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި
އެހެނިހެން އެލަވަންސްތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް އުކުމާއި
ލިބިދީފައި ނުވާކަމަށް ދެފަރާތުގެ ބަހުން އެގެން އޮތްއިރު،
ދޭންޖެހޭ ފައިސާގެ ވަކި މިންވަރެއް އުކުމުގައި ކަނޑައެޅިފައި ނުވާތީއާއި، އެއަދަދު
ކަނޑައެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ޙުކުމް ތަންފީޒުކުރުމުގެ އެހެން މައްސަލަތަކާއި
މިމައްސަލައާއި ތަފާތުތަކެއް ހުރުމާއި، ބައެއް އެލަވަންސް ތަކަކީ ވަޒީފާއަށް ނުކުތް އެހެން މުވައްޒަފުންނެކޭ
އެއްގޮތަށް މޫސާ ޤާސިމަށް ލިބެންޖެހޭ އެލަވަންސް ތަކެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ދައުލަތުގެ ވަކީލު
ބުނެފައި ވުމާއި، މިކަމާއިމެދު ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެފައި ނުވާތީ، ޝަރީޢަތުން މިކަމާއިމެދު ގޮތެއް
ކަނޑައަޅަން ޖެހުނު ހިނދު، ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ހުށައެޅިފައިވާ ލިޔުންތަކަށް ނަޒަރުހިންގައި
ޝަރީޢަތުން ބެލިއިރު،
އިތުރުގަޑީގެ އެލަވަންސް އަކީ ރަސްމީގަޑީގެ އިތުރުން ނުރަސްމީގަޑީގައި ވަޒީފާ ދޭފަރާތުން
މުވައްޒަފު ލައްވައި މަސައްކަތް ކުރުވައިފި ނަމަ ދޭންޖެހޭ އެލަވަންސްއެއް ކަމަށްވުމާއި، ޝިފްޓްޑިއުޓީ
ސްއަކީ ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީއަށް ނުކުމެ ކަނޑައެޅިފައިވާ ހުރިހާ
ގަޑިއެއްގައި މަސައްކަތް ކުރުމުން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސްއަކަށް ވުމާއި، ކޮއްތު
އެލަވަންސްއާއި ފެރީ އެލަވަންސްއަކީ މުވައްޒަފުގެ މަސައްކަތާއި ގުޅިގެން ދިރިއުޅޭ ރަށްނޫން އެހެން ރަށެއްގައި
މަސައްކަތްކުރުމަށް ފޮނުވޭ މުވައްޒަފުންނަށް ދެވޭ އެލަވަންސްއަކަށް ވުމާއި، ބަންދު ފައިސާއަކީ ރަސްމީ ބަންދު
ދުވަހެއްގައި މުވައްޒަފު ލައްވައި މަސައްކަތް ކުރުވައިފިނަމަ ދޭންޖެހޭ ފައިސާއަކަށް ވުމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/228
އެލަވަންސްއަކީ މުވައްޒަފަކާއި ހަވާލުކޮށްފައިވާ މަސައްކަތުގެ ބާވަތުން އެމަސައްކަތަށް މުވައްޒަފަކު ނުކުމެ
އެމަސައްކަތުގައި މުވައްޒަފަށް ނުރައްކަލެއް ކުރިމަތި ވެދާނެ ނުވަތަ ގެއްލުމެއް ލިބޭ ފަދަ މަސައްކަތެއް ކުރާ
މުވައްޒަފުންނަށް ދެވޭ އެލަވަންސްއަކަށްވުމާއި، ޗުއްޓީ އެލަވަންސްއަކީ އެމުވައްޒަފަކަށް ޙައްޤުވާ ޗުއްޓީ ނުނަގާ
އެޗުއްޓީގައި މަސައްކަތް ކުރުމުން ލިބެމުންދިޔަ އެލަވަންސްއަކަށްވުމާއި، ދޮންނަ ފައިސާއަކީ ޔުނިފޯމް އަޅާ
މުވައްޒަފުން ޔުނިފޯމް ދާވުމުން ދޮވެއިސްތިރިކުރުމަށް ދެވޭ އެލަވަންސްއަކަށްވާއިރު، މިޢިނާޔަތްތަކާއި
އެލަވަންސްތަކަކީ ވަޒީފާއަށް ނުކުމެ މަސައްކަތް ކުރުމުން ދެވޭ ޢިނާޔަތްތަކަކާއި އެލަވަންސްތަކެއް
ކަމަށްވާތީއާއި، ވަޒީފާއަށް ނުކުމެ މަސައްކަތްކުރި މުވައްޒަފުންނެކޭ އެއްހަމައަކުން މަސައްކަތް ކޮށްފައިނުވާ
މީހަކަށް މި ޢިނާޔަތްތަކާއި އެލަވަންސްތައް ނަގައި ދިނުމަކީ އިންސާފުވެރި ގޮތެއްކަމަށް ޝަރީޢަތަށް ޤަބޫލު
ނުކުރެވޭތީ، މިޢިނާޔަތްތަކާއި އެލަވަންސްތަކަކީ މޫސާ ޤާސިމް ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް ދޭންޖެހޭ ޢިނާޔަތްތަކަކާއި އެލަވަންސްތަކެއް
ނޫންކަމާއި،
އެލަވަންސްތަކާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ސަރވިސް އެލަވަންސްއާއި އެކްސްކުލޫސިވް
ޓޮމް އެލަވަންސްއާއި، ޓެކްނިކަލް އެލަވަންސްއާއި ދިގުމުއްދަތުގެ އެލަވަންސާއި، މެޑިކަލް އެލަވަންސްއާއި،
ފައިވާން އެލަވަންސްއާއި، ރޯދަމަހުގެ އިނާޔަތަކީ މުވައްޒަފު ޙާޝިދުނުވެގެން ނުވަތަ ޙަޝިރުނުވެވިގެން
އުނިވާނެ ފައިސާއަކަށް ނުވާތީ، މިއެލަވަންސް ތަކާއި ޢިނާޔަތްތަކަކީ މޫސާ ޤާސިމް ވަޒީފާއިން ވަކިކޮށްފައިވާ
މުއްދަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް ލިބެންޖެހޭ ފައިސާ ކަމާއި،
މޫސާ ޤާސިލް ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތު ކަމުގައިވާ
08 ނޮވެމްބަރ 2006 އިން ފެށިގެން 07 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް މޫސާ ޤާސިމްގެ މުސާރައަށްވާ
ޖުމްލަ އަދަދު ކަމަށްވާ 253157.86ރ. (ދެލައްކަ ފަންސާސްތިންހާސް އެއްސަތޭކަ ފަންސާސް ހަތްރުފިޔާ
އަށްޑިހަ ހަވާރީ) އާއި، ސަރވިސް އެލަވަންސްއާއި އެކްސްކުލޫސިވް ޖޮބް އެލަވަންސްއާއި، ޓެކްނިކަލް
އެލަވަންސްއާއި، ދިގުމުއްދަތުގެ އެލަވަންސާއި، މެޑިކަލް އެލަވަންސްއާއި، ފައިވާން އެލަވަންސްއާއި، ރޯދަމަހުގެ
އިނާޔަތާއި، މިއިނާޔަތް އެލަވަންސްތަކަށްވާ ޖުމުލަ އަދަދު ކަމުގައިވާ 131571.19ރ.
(އެއްލައްކަ ތިރީސް އެއްހާސް ފައްސަތޭކަ ހަތްދިހަ ހަތްރުފިޔާ ނަވާރަ ލާރި) އާއި، އެކު ޖުމްލަ
OX
މިގޮތުން މޫސާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
384735.05ރ. (ތިންލައްކަ އަށްޑިހަ ހަތަރުހާސް ހަތްސަތޭކަ ތިރީސް ފަސްރުފިޔާ ފަސްލާރި) އަކީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި،
މިފައިސާ މޫސާ ޤާސިމްއަށް ލިބިދިނުމަށްޓަކައި މިއަދު (04 ސެޕްޓެމްބަރ 2011) ދުވަހުން
ފެށިގެން 30 ދުވަހުގެ ތެރޭގައި މިފައިސާ އެކީ އެއްފަހަރާ ސިވިލްކޯޓަށް ދައްކައި ނިންމުމަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސްއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2010/Cv-C/366
ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ވޭވަރ(މާލެ މޫސާ ޤާސިމްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު
ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/366 ޤަޟިއްޔާއަކީ މަދަނީ
ކޯޓްގެ ނަންބަރު 2009/MC/1051 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއެއްގޮތަށް ޢަމަލުނުކުރުމުން އެޙުކުމް
ތަންފީޛުކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/366
ޤަޟިއްޔާގައި ބައްލަވާފައިވަނީ ހުށަހެޅި މައުޟޫއާއި މުޅިން ތަފާތު މައުޟޫއަކަށްވެފައި، ސިވިލް ކޯޓުގެ
2010/Cv-C/366 ގައި ކުރައްވާފައިވާ ޙުކުމަކީ މަދަނީ ކޯޓުގެ މިދެންނެވުނު ޙުކުމާއި
ތަޢާރަޟުވާގޮތަށް މޫސާ ޤާސިމްގެ ޙައްޤުން ބޮޑުބައެއް އުނިވާގޮތަށް ކުރައްވާފައިވާ ޙުކުމަކަށްވުން ކަމަށްބުނެ
ހުށަހެޅި ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު:2009/MC/1851 ޤަޟިއްޔާގެ ޙުކުމުގައި
"މޫސާ ޤާސިމް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދޭދުވަހާއި ހަމައަށް މޫސާ ޤާސިމަށް
:ރުދެމުންދިޔަ މުސާރައާއި، އެލަވަންސާއި، އެންމެހައި ޢިނާޔަތްތައް ސަރުކާރުގެ މުއައްޒަފުންގެ މުސާރައާއި
އެލަވަންސާއި، ޢިނާޔަތްތަކަށް ގެނެވިފައިވާ ބަދަލުތައް ހިމަނައިގެން މޫސާ ޤާސިމަށް ލިބިދިނުމަށް މިފަދައިން
ބަޔާންވެގެންވާއިރު މިޙުކުމް ތަންފީޒުކުރުމަށް ހުށަހެޅި މައްސަލައެއްގައި ކުރީގެ ޙުކުމާއި ތަޢާރަޟުވާގޮތަށް
ފަހުގެ ޙުކުމް ކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ތިންވަނަ ނުކުތާއަކީ މިޤަޟިއްޔާ ބައްލަވާފައިވަނީ ދިވެހިރާއްޖޭގައި ޝަރީޢަތްކުރަމުންއައި
އުސޫލުތަކާއި، އިޖުރާއާތުތަކާއި ޚިލާފަށްކަމަށްވެފައި، ކޯޓުތަކުންކުރާ ޙުކުމެއް ތަންފީޒުކުރުމުގެ ގޮތުން އެޙުކުމާއި
ތަޢާރަޟުވާގޮތަށް ހަމައެކޯޓަކުން ދެވަނަ ޙުކުމެއް ކުރުމުގެ އުސޫލަކީ ޝަރީޢަތްކުރުމުގެ އިޖުރާތާއި ޚިލާފް އަދި
ޝަރީޢަތް ކުރައްވާ ޤާޟީންނަށް ނާޖާއިޒުގޮތުގައި ކަންކުރުމަށް މަގުފަހިވެދާނެ ކަމެއްކަމަށްބެލެވޭ ކަމަށްބުނެ
ހުށަހެޅި ނުކުތާއެވެ.
04 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މޫސާ ޤާސިމުގެ ފަރާތުން
ދައްކާފައިވާ ވާހަކައަށާއި، ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މަދަނީ ކޯޓުގެ ނަންބަރު:
2009/MC/1851 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366
ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1851 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސް ގެ ފަރާތުން ޢަމަލު ކޮށްފައި ނުވާކަމަށްބުނެ އެޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދިނުން
އެދި މޫސާ ޤާސިމުގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނާތީ،
މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1851 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ މޫސާ ޤާސިމުގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ މައްޗަށް
ހުށައެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި މޫސާ ޤާސިމް ކޮށްފައިވާ ދަޢުވާއަކީ، އޭނާ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ސްޕްރިންޓެންޑެންޓް ކަމުގެ ވަޒީފާގައި ހުރެ، އިންޑިޔާއިން
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ ޤަރީނާތަކެއް ލިބިފައިވާކަމަށްބުނެ، ޤަވާއިދާ
ޚިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއާއި،
މުސާރައާއި ޢިނާޔަތްތަކާއި އެލަވަންސްތައް ހޯދުމަށްއެދި ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، ".... ވޭވަރ މޫސާ ޤާސިމް
އަދާކުރަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޓެންޑެންޓްގެ ވަޒީފާއިން މޫސާ ޤާސިމް
ވަކިކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާރވިއްޖޭގެ ހައިޓް
OOCOCO
.1
..
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޑިވިޜަނަށް ފޮނުވާފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 43
ވަނަ މާއްދާގައިވާފަދަ ކަމެއް މޫސާ ޤާސިމްގެ މައްޗަށް ސާބިތުވެގެން ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެގެން އޮތުމާއެކު މޫސާ ޤާސިމް އަދާކުރަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޓެންޑެންޓްގެ
ވަޒީފާއިން 8 ނޮވެމްބަރ 2006 ވަނަ ދުވަހު މޫސާ ޤާސިމް ވަކިކުރައްވާފައިވަނީ އޭރު ޢަމަލު ކުރެވެމުންދިޔަ
މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދާ ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި
މޫސާ ޤާސިމްގެ ގެއްލިފައިވާ މިޙައްޤު އަނބުރާ ލިބިދިނުމުގެ ގޮތުން މޫސާ ޤާސިމް އޭރު އަދާކުރަމުންދިޔަ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޓެންޑެންޓްގެ ވަޒީފާއަށް މޫސާ ޤާސިމް އަނބުރާ
ރުޖޫޢަކުރުމަށް، ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މޫސާ ޤާސިމް އޭރު އަދާކުރަމުން ގެންދިޔަ
ވަޒީފާއާއި އެއް ފެންވަރުގެ އެހެން ވަޒީފާއެއް، މޫސާ ޤާސިމް ވަޒީފާއިން ވަކިކުރި ދުވަހުންފެށިގެން މެދު
ނުކެނޑޭގޮތަށް 30 ޑިސެމްބަރ 2009 މިދުވަހުން ފެށިގެން މީލާދީ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި
މޫސާ ޤާސިމްއަށް ހަމަޖައްސައި ދިނުމަށާއި، މޫސާ ޤާސިމް އަދާކުރަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް
ސަރވިސް ވަޒީފާއިން މޫސާ ޤާސިމް ވަކިކުރިއިރު ޢާއްމުގޮތެއްގައި މޫސާ ޤާސިމަށް ދެމުންގެންދިޔަ މުސާރައާއި
ޢިނާޢަތްތައް އަދި، އެހެނިހެން އެފަންވަންސްތައް މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި
އެލަވަންސް ތަކަށް ގެނެވިފައިވާ އެންމެހާ ބަދަލުތައް ހިމަނައިގެން މޫސާ ޤާސިމް ވަޒީފާއިން ވަކިކުރި ދުވަސް
ކަމުގައިވާ 08 ނޮވެމްބަރ 2006 ދުވަހުން ފެށިގެން އަނބުރާ މޫސާ ޤާސިމް އަށް ވަޒީފާދޭ ދުވަހާ ހަމައަށް
މިގޮތުން ލިބެންޖެހޭ އެންމެހާ ފައިސާއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ހ.ވޭވަރ މޫސާ
ޤާސިމަށް ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ މޫސާ ޤާސިމް އަށް ލިބިދިނުމުގެ
ގޮތުން 08 ނޮވެމްބަރ 2006 ދުވަހުން ފެށިގެން 30 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް މުސާރައާއި
އެހެނިހެން ޢިނާޢަތްތަކާ އެލަވަންސް ގެ ގޮތުގައި މޫސާ ޤާސިމަށް ލިބެންޖެހޭ އެންމެހާ ފައިސާ
30 ޑިސެމްބަރ 2009 ދުވަހުން ފެށިގެން މޫސާ ޤާސިމްއަށް އަނބުރާ ވަޒީފާދޭ ދުވަހާއި ހަމައަށް
ބަޔާންވެދިޔަ ގޮތުގެ މަތިން މޫސާ ޤާސިމްއަށް ލިބެންޖެހޭ އެންމެހާ ފައިސާ މޫސާ ޤާސިމް އަށް ވަޒީފާދޭ
ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކާ ޚަލާޞްކުރުމަށް މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް އަންގާ ޙުކުމް ކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ދެވަނަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366
ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމަށް
ވަޒީފާ އަނބުރާ ދީފައިވަނީ 07 ސެޕްޓެމްބަރ 2010 ގައި ކަމާއި، އެހެންކަމުން މޫސާ ޤާސިމް ވަޒީފާއިން
ވަކިކޮށްފައިހުރި މުއްދަތަކީ 08 ނޮވެމްބަރ 2006 އިން ފެށިގެން 07 ސެޕްޓެމްބަރ 2010 ގެ
ނިޔަލަށްކަމަށް ކަނޑައަޅުއްވައި، އެމުއްދަތުގައި މޫސާ ޤާސިމަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި
އެހެނިހެން އެލަވަންސްތަކާ ބެހޭގޮތުން އެ ޙުކުމުގައި، "..އިތުރުގަޑީގެ އެލަވަންސް އަކީ ރަސްމީގަޑީގެ އިތުރުން
ނުރަސްމީގަޑީގައި ވަޒީފާ ދޭފަރާތުން މުވައްޒަފު ލައްވައި މަސައްކަތް ކުރުވައިފި ނަމަ ދޭންޖެހޭ އެލަވަންސްއެއް
ކަމަށްވުމާއި، ޝިފްޓްޑިއުޓީ އެލަވަންސްއަކީ ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީއަށް ނުކުމެ
ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި މަސައްކަތް ކުރުމުން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދެވޭ
އެލަވަންސްއަކަށް ވުމާއި، ކޮއްތު އެލަވަންސްއާއި ފެރީ އެލަވަންސްއަކީ މުވައްޒަފުގެ މަސައްކަތާއި ގުޅިގެން
ދިރިއުޅޭ ރަށްނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށް ފޮނުވޭ މުވައްޒަފުންނަށް ދެވޭ އެލަވަންސްއަކަށް
ވުމާއި، ބަންދު ފައިސާއަކީ ރަސްމީ ބަންދު ދުވަހެއްގައި މުވައްޒަފު ލައްވައި މަސައްކަތް ކުރުވައިފިނަމަ
ދޭންޖެހޭ ފައިސާއަކަށް ވުމާއި، ރިސްކް އެލަވަންސްއަކީ މުވައްޒަފަކާއި ޙަވާލުކޮށްފައިވާ މަސައްކަތުގެ ބާވަތުން
އެމަސައްކަތަށް މުވައްޒަފަކު ނުކުމެ އެމަސައްކަތުގައި މުވައްޒަފަށް ނުރައްކަލެއް ކުރިމަތި ވެދާނެ ނުވަތަ
ގެއްލުމެއް ލިބޭ ފަދަ މަސައްކަތެއް ކުރާ މުވައްޒަފުންނަށް ދެވޭ އެލަ ފަސްއަކަށްވުމާއި، ޗުއްޓީ އެލަވަންސްއަކީ
އެމުވައްޒަފަކަށް ޙައްޤުވާ ޗުއްޓީ ނުނަގާ އެޗުއްޓީގައި މަސައްކަތްކުރުމުން ލިބެމުންދިޔަ އެލަވަންސްއަކަށްވުމާއި،
ދޮންނަ ފައިސާއަކީ ޔުނިފޯމް އަޅާ މުވައްޒަފުން ޔުނިފޯމް ދާވުމުން ދޮވެއިސްތިރިކުރުމަށް ދެވޭ
އެލަވަންސްއަކަށްވާއިރު، މިޢިނާޔަތްތަކާއި އެލަވަންސްތަކަކީ ވަޒީފާއަށް ނުކުމެ މަސައްކަތް ކުރުމުން ދެވޭ
ނާޔަތްތަކަކާއި އެލަވަންސްތަކެއް ކަމަށްވާތީއާއި، ވަޒީފާއަށް ނުކުމެ މަސައްކަތްކުރި މުވައްޒަފުންނެކޭ އެއް
މަސައްކަތް ކޮށްފައިނުވާ މީހަކަށް މި ޢިނާޔަތްތަކާއި އެލަވަންސްތައް ނަގައި ދިނުމަކީ އިންސާފުވެރި
ޝަރީޢަތަށް ޤަބޫލު ނުކުރެވޭތީ، މިޢިނާޔަތްތަކާއި އެލަވަންސްތަކަކީ މޫސާ ޤާސިމް ވަޒީފާއިން
ވަކިކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް ދޭންޖެހޭ
ޢިނާޔަތްތަކަކާއި އެލަވަންސްތަކެއް ނޫންކަމާއި،
ގޮތެއްކަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެލަވަންސްތަކާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ސަރވިސް އެލަވަންސްއާއި އެކްސްކުލޫސިވް
ޖޮބް އެލަވަންސްއާއި، ޓެކްނިކަލް އެލަވަންސްއާއި ދިގުމުއްދަތުގެ އެލަވަންސާއި، މެޑިކަލް އެލަވަންސްއާއި،
ފައިވާން އެލަވަންސްއާއި، ރޯދަމަހުގެ އިނާއަތަކީ މުވައްޒަފު ޙާޟިރުނުވެގެން ނުވަތަ ޙާޟިރުނުވެވިގެން
އުނިވާނެ ފައިސާއަކަށް ނުވާތީ، މިއެލަވަންސް ތަކާއި ޢިނާޔަތްތަކަކީ މޫސާ ޤާސިމް ވަޒީފާއިން ވަކިކޮށްފައިވާ
މުއްދަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް ލިބެންޖެހޭ ފައިސާ ކަމާއި،
މިގޮތުން ޤާސިލް ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތު ކަމުގައިވާ
08 ނޮވެމްބަރ 2006 އިން ފެށިގެން 07 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް މޫސާ ޤާސިމްގެ މުސާރައަށްވާ
ޖުމްލަ އަދަދު ކަމަށްވާ 253157.86ރ. (ދެލައްކަ ފަންސާސްތިންހާސް އެއްސަތޭކަ ފަންސާސް ހަތްރުފިޔާ
އަށްޑިހަ ހަލާރި) އާއި، ސަރވިސް އެލަވަންސްއާއި އެކްސްކުލޫސިވް ޖޮބް އެލަވަންސްއާއި، ޓެކްނިކަލް
އެލަވަންސްއާއި، ދިގުމުއްދަތުގެ އެލަވަންސާއި، މެޑިކަލް އެލަވަންސްއާއި، ފައިވާން އެލުވަންސްއާއި، ރޯދަމަހުގެ
އިނާޔަތާއި، މިއިނާޔަތްތަކާއި އެލަވަންސްތަކަށްވާ ޖުމްލަ އަދަދު ކަމުގައިވާ 131577.19ރ.
(އެއްލައްކަ ތިރީސް އެއްހާސް ފައްސަތޭކަ ހަތްދިހަ ހަތްރުފިޔާ ނަވާރަ ލާރި) އާއި، އެކުޖުމްލަ
384735.05ރ. (ތިންލައްކަ އަށްޑިހަ ހަތަރުހާސް ހަތްސަތޭކަތިރީސް ފަސްރުފިޔާ ފަސްލާދި) އަކީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މޫސާ ޤާސިމްއަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި،" އެފައިސާ
މޫސާ ޤާސިމްއަށް ލިބިދިނުމަށްޓަކައި 04 ސެޕްޓެމްބަރ 2011 ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި
އެފައިސާ އެކީ އެއްފަހަރާ ސިވިލްކޯޓަށް ދައްކައި ނިންމުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގައި
ޙުކުމްކޮށްފާވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް މޫސާ ޤާސިމް ދެކޭ ސަބަބަކީ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1851 ޤަޟިއްޔާގެ
ޙުކުމުގައި، މޫސާ ޤާސިމް އޭރު އަދާކުރަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޓެންޑެންޓްގެ
ވަޒީފާއަށް މޫސާ ޤާސިމް އަނބުރާ ރުޖޫޢަކުރުމަށް، ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މޫސާ
ޤާސިމް އޭރު އަދާކުރަމުން ގެންދިޔަ ވަޒީފާއާއި އެއްފެންވަރުގެ އެހެން ވަޒީފާއެއް، މޫސާ ޤާސިމް ވަޒީފާއިން
ވަކިކުރި ދުވަހުން ފެށިގެން މެދު ނުކެނޑޭގޮތަށް 30 ޑިސެމްބަރ 2009 މިދުވަހުން ފެށިގެން މީލާދީ
01 (އެކެއް) މަސްދުވަހުގެ ތެރޭގައި މޫސާ ޤާސިމަށް ހަމަޖައްސައި ދިނުމަށް އަމުރު ކުރުމަށްފަހު،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
14
- 3 -
ޙުކުމުގައި "މޫސާ ޤާސިމް އަދާކުރަމުންދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވަޒީފާއިން މޫސާ ޤާސިމް
ވަކިކުރިއިރު ޢާއްމުގޮތެއްގައި މޫސާ ޤާސިމަށް ދެމުންގެންދިޔަ މުސާރައާއި އިނާއަތްތައް އަދި، އެހެނިހެން
ތައް މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި އެލަވަންސް ތަކަށް ގެނެވިފައިވާ
ބަދަލުތައް ހިމަނައިގެން މޫސާ ޤާސިމް ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ
08 ނޮވެމްބަރ 2006 ދުވަހުން ފެށިގެން އަނބުރާ މޫސާ ޤާސިމް އަށް ވަޒީފާދޭ ދުވަހާ ހަމައަށް މިގޮތުން
ލިބެންޖެހޭ އެންމެހާ ފައިސާއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ހ.ވޭވަރ މޫސާ ޤާސިމަށް
ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި،" މިފަދައިން ބަޔާންކޮށްފައިވާއިރު، އެޤަޟިއްޔާގެ ޙުކުމް ތަންފީޛު
ކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި، އިތުރުގަޑީގެ އެލަވަންސަށްވާ ފައިސާއާއި، ޝިފްޓް ޑިޔުޓީ އެލަވަންސަށްވާ
ފައިސާއާއި، ކޮއްތު އެލަވަންސާއި ފެރީ އެލަވަންސަށްވާ ފައިސާއާއި، ބަންދު ފައިސާއާއި ރިސްކް އެލަންވަންސް
ފައިސާއާއި، ޗުއްޓީ އެލަވަންސް އާއި، ދޮންނަ ފައިސާއާއި އެލަވަންސްތައް ނަންގަވައި ދެއްވާފައިނުވާތީކަން
ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2010/Cv
-
C/66
ޤަޟިއްޔާގައި މޫސާ ޤާސިމަށް ނަންގަވައި ދެއްވާފައިނުވާ އިސްވެ ބަޔާންކުރެވުނު އެލަވަންސްތައް ނަންގަވައި
ނުދެއްވި ސަބަބާއި އެރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ހ) ގައި 01 އިން
ފެށިގެން 07 ގެ ނިޔަލަށް ތަރުތީބު ކުރެވިފައިވާ ނަންބަރު ތަކުގައި ތަފްޞީލު ކުރައްވާފައިވާކަމާއި، މިގޮތުން؛
އިތުރު ގަޑީގެ ފައިސާ އަކީގެ މުވައްޒަފަކު ލައްވާ ރަސްމީގަޑީގެ އިތުރުން ނުރަސްމީ ގަޑީގައި
މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ނުވަތަ މުވައްޒަފަކު ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވައިފިނަމަ
ދެންޖެހޭ އެލަވަންސެއްކަމަށްވެފައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން މޫސާ ޤާސިމް
ވަކިކޮށްފައި ހުރި ދުވަސްވަރު މޫސާ ޤާސިމް ލައްވާ އެފަދައިން މަސައްކަތް ކުރުވާފައިނުވާއިރު، މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން މޫސާ ޤާސިމް ވަކިކޮށްފައިހުރި މުއްދަތުގައި އިތުރު ގަޑީގެ ފައިސާއަކީ
އޭނާއަށް ދޭންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ނުފެންނަކަމަށާއި،
ޝިފްޓް ޑިޔުޓީ އެލަވަންސަކީ؛ ޑިޔުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުން ޑިޔުޓީއަށް
ނިކުންނަ ކޮންމެ ދުވަހަކު އެޑިޔުޓީއަކަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިތަކެއްގައި މަސައްކަތްކުރުމުން
ފުރިހަމަކުރާ ކޮންމެ ޑިޔުޓީއެއްގެ މައްޗަށް ދެވޭ ޢިނާޔަތެއްކަމަށްވެފައި، މޫސާ ޤާސިމަކީ އޭނާ ވަޒީފާއިން
ބެހޭގޮތުން
ucu
އެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،
11
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަކިކޮށްފައިހުރި މުއްދަތުގައި ޑިޔުޓީއަށް ނުކުމެ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި މަސައްކަތްކޮށްފައިވާ
މުވައްޒަފެއްކަމަށް ނުވާތީ، ޝިފްޓް ޑިޔުޓީ އެލަވަންސްގެ ގޮތުގައި އެމުއްދަތުގައި ލިބެންޖެހޭ ފައިސާއަކީ މޫސާ
ޤާސިމަށް ލިބެންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ނުފެންނަކަމަށާއި،
ކޮއްތު އެލަވަންސާއި ފެރީ އެވަވަންސަކީ! މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން
ދިރިއުޅޭ ރަށްނޫން އެހެންރަށެއްގައި ވަޒީފާއަދާކުރުމަށް ފޮނުވާ މުވައްޒަފުންނަށް ދެވޭ އެލަންވަސްތަކެއް
ކަމަށްވެފައި، މި އެލަވަންސް ދެވެނީވެސް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ބިނާކޮށްގެންކަމަށްވާއިރު،
ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި އެ އެލަވަންސް ޙައްޤުވާ ފަދައިން ވަޒީފާގެ
މަސްއޫލިއްޔަތު އަދާކުރެވޭނެ މީހެއްކަމަށް ނުވާތީ، އެފައިސާއަކީ މޫސާ ޤާސިމަށް ލިބެންޖެހޭ ފައިސާއެއްކަމަށް
ޝަރީޢަތަށް ނުފެންނަ ކަމަށާއި،
ބަންދު ފައިސާ އެލަވަންސްކީގެ މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ރަސްމީ ދުވަހެއްގައި
މަސައްކަތްކުރާ ފަދައިން ރަސްމީ ބަންދު ދުވަހެއްގައި މުވައްޒަފަކު ލައްވާ މަސައްކަތްކުރުވަންޖެހުމުން
އެފަދައިން މަސައްކަތްކުރާ މުވައްޒަފަކަށް ދޭންޖެހޭ ޢިނާޔަތެއްކަމާއި، މި އިނާޔަތަކީވެސް މި ޢިނާޔަތުގެ
ޠަބީޢަތަށް ބަލާއިރު، ވަޒީފާގައި ދެމިހުރި މުވައްޒަފަކު ލައްވާ ނޫނީ ރަސްމީ ބަންދު ދުވަހެއްގައި ރަސްމީ
ދުވަހެއްގައި މަސައްކަތް ކުރުވާފަދައިން މަސައްކަތް ކުރުވޭނެ ގޮތެއް ނޯންނާނެތީ، މި އެލަވަންސަކީވެސް މޫސާ
ޤާސިމް ވަކިކޮށްފައިވާ މުއްދަތުގެ ތެރޭގައި ދެވިގެންވާނެ އެލަވަންސެއްކަމަށް ޝަރީޢަތަށް ނުފެންނަކަމަށާއި،
ރިސްކް އެލަވަންސްކީގެ މުވައްޒަފެއްގެ ވަޒީފާގެ ޙައިސިއްޔަތުން ޙަވާލުކުރެވޭ މަސައްކަތުގެ
ބާވަތުން، އެމަސައްކަތަށް މުވައްޒަފު ނުކުންނަ ޙާލު، މުވައްޒަފަށް ކުރިމަތިވެދާނެ ނުވަތަ ގެއްލުމެއް ލިބޭފަދަ
މަސައްކަތެއްކުރާ މުވައްޒަފުންނަށް ދެވޭ އެލަވަންސެއްކަމާއި، މޫސާ ޤާސިމަކީ އޭނާ ވަޒީފާއިން ވަކިކޮށްފައިވާ
މުއްދަތުގައި ވަޒީފާގެ ހައިސިއްޔަތުން އެފަދަ ނުރައްކަލެއް ކުރިމަތިވުމުގެ ނުވަތަ ގެއްލުމެއް ލިބުމުގެ އިޙްތިމާލު
އޮތްފަރާތަކަށް ނުވާތީ، މޫސާ ޤާސިމް ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި އެފައިސާ ޙައްޤުވާނެކަމަ
ޝަރީޢަތަށް ނުފެންނަ ކަމަށާއި،
ޗުއްޓީ ފައިސާއަކީ؛ މުވައްޒަފަކު ވަޒީފާ އަދާކުރުމަށްޓަކައި އޭނާ ވަޒީފާ އަދާކުރާ އޮފީހަކަށް
ނުކުމެ ވަޒީފާ އަދާކުރަމުންގޮސް ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ވަޒީފާ އަދާކޮށް ޗުއްޓީ ޙައްޤުވެ، ޙައްޤުވި
ޗުއްޓީ ގެ ބަދަލުގައި ވަޒީފާއަށް ނުކުމެ މަސައްކަތްކުރުމުން ލިބޭ ފައިސާއެއްކަމަށްވާއިރު، މޫސާ ޤާސިމް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހއ 2
3
4
3
2
ބަޔާނެކެވެ
ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ޗުއްޓީގެ ބަދަލުގައި ފައިސާ ޙައްޤުވާނެ ޙާލަތެއް އަންނާނެ ކަމަށް
ޝަރީޢަތަށް ނުފެންނަކަމަށާއި، ހަމަ އެފަދައިން؛
ދޮންނަ ފައިސާއަކީ، ޔުނިފޯމް އަޅާ މުވައްޒަފުންގެ ޔުނި ފޯމް ދޮވެ އިސްތިރިކުރުމަށް ދެވޭ
ފައިސާއެއްކަމާއި، މުވައްޒަފަކު އަޅަންޖެހޭ ޔުނިފޯމް އެޅޭނީ އެފަދަ ވަޒީފާއެއްގައި ދެމިހުރި މުވައްޒަފަކަށްވާތީ،
މޫސާ ޤާސިމް ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ދޮންނަ ފައިސާ ޙައްޤުވާނެ ކަމަށް ޝަރީޢަތަށް
ނުފެންނަކަމަށް ވިދާޅުވެ، އިސްވެ ކުރެވުނު އެލަވަންސްތައް ނަންގަވައި ދެއްވާފައި ނުވާކަން
ފާހަގަކުރެވޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366 ޤަޟިއްޔާގައި
ނަންގަވައި ދެއްވާފައިނުވާ އެލަވަންސްތަކާއި ޢިނާޔަތްތައް ނަންގަވައި ނުދެއްވި ސަބަބު އެކޯޓުން ބިނާކުރެއްވި
ޤާނޫނީ ނައްޞު ތަކަކީ، މުވައްޒަފުންގެ ކަންތައްތައް ހިންގުމާބެހޭ ޤަވާޢިދުގެ 6 ވަނަ ބައިގެ 4، އަދި 66
ވަނަ މާއްދާ އާއި، ސިވިލް ސަރވިސް ޤަވާޢިދުގެ 8 ވަނަ ބައިގެ 4 އަދި 61 ވަނަ މާއްދާއާއި، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 37، އަދި 38 ވަނަ މާއްދާއާއި، މި މާއްދާތަކުގައި ކަނޑައަޅާ
ބަޔާންވެގެންވާ އުޞޫލުތައް ކަމަށްވާއިރު، ސިވިލް ކޯޓުގެ އެނިންމެވުން އިސްތިއުނާފު ކުރަމުން މޫސާ ޤާސިމުގެ
ފަރާތުން ފާހަގަކޮށްފައިވާ އެއްވެސް ނުކުތާއެއްގައި އެކޯޓުގެ އެނިންމުމަށް ޤާނޫނީ ގޮތުން ޗެލެންޖް ކޮށްފައި
ނުވާކަމާއި، އެގޮތުން މޫސާ ޤާސިމް ވާހަކަ ބިނާކޮށްފައިވަނީ އޭނާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
ސްޕްރިންޓެންޑެންޓް ކަމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ ޤަވާޢިދާ ޚިލާފަށްކަމަށް
ޝަރީޢަތަށް ސާބިތުވެފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް ދޭއިރު ދޭންޖެހޭނީ
އޭނާއަކީ ވަޒީފާގައި ދެމިހުރި މުވައްޒަފެއްގެ ގޮތުގައި ބަލައިގެންކަމަށާއި، އަދި މަދަނީ ކޯޓުގެ ނަންބަރު:
2009/MC/1851 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް
އަމުރު ކުރައްވާފައިވަނީ، މޫސާ ޤާސިމަށް ދެމުންގެންދިޔަ މުސާރައާއި އިނާޢަތްތައް އަދި، އެހެނިހެން
ންވަންސްތައް މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި އެލަވަންސް ތަކަށް ގެނެވިފައިވާ
އެންމެހާ ބަދަލުތައް ހިމަނައިގެން ދިނުމަށްކަމަށްވާއިރު، އެއްވެސް ބާވަތެއްގެ އެލަވަންސެއް އަދި ޢިނާޔަތެއް
އޭނަގެ ކިބައިން އުނިކުރެވޭނަމަ، އެކަމަކީ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1051 ޤަޟިއްޔާގެ ޙުކުމާއި
ޚިލާފަށް ކުރެވޭ ކަމެއްކަ
އެކަމަށް ދެކޭކަމަށް މޫސާ ޤާސިމް ބުނެފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20jj/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20 8
މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1851 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން
ސިވިލް ކޯޓުގެ ނަންބަރ 2010/Cv-C/366 ޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި ނަންގަވައި
ދެއްވާފައިވާ އެލަވަންސްތަކާއި، ނަންގަވައި ދެއްވާފައިނުވާ އެލަންވަސްތަކަކީ، އެ އެލަންވަސްތަކާއި
ޢިނާޔަތްތަކުގެ ޠަބީޢަތުގައިވެސް ތަފާތުކަންބޮޑު، އަދި އެ އެލަވަންސްތަކާއި ޢިނާޔަތްތައް ދިނުމުގައި ޤާނޫނާއި
ޤަވާޢިދުގައި އެކަން ޝަރުޢު ކުރައްވާ ހަމަ އަޅުއްވާފައިވާ މިންގަޑަކީ އެކަމުން ޙާޞިލު ކުރަން ބޭނުންވާ
މަޤްޞަދުގެ މައްޗަށް ބިނާކުރައްވާފައިވާ މިންގަޑެއްކަމާއި،
މިގޮތުން ސަރވިސް އެލަވަންސްއި، އެކްސްކްލޫސިވް ޖޮބް އެލަވަންސްއި، ޓެކްނިކަލް
އެލަވަންސާއި، ދިގުމުއްދަތުގެ އެލަވަންސާއި، މެޑިކަލް އެލަވަންސާއި، ފައިވާން އެލަވަންސާއި، ރޯދަމަހުގެ
ޢިނާޔަތަކީ މުވައްޒަފު ވަޒީފާއަށް ނުކުންނަ ދުވަސްތަކުގެ މައްޗަށް، ނުވަތަ މުވައްޒަފު ވަޒީފާއަށް ނުކުމެ ކުރާ
މަސައްކަތުގެ މައްޗަށް ނުވަތަ މުވައްޒަފު ވަޒީފާއަށް ނުކުމެ މަސައްކަތުގައި ހޭދަކުރާ ވަގުތުގެ މައްޗަށް ބިނާކޮށް
ދެވޭ އެލަވަންސްތަކަކާއި ޢިނާޔަތްތަކެއް ނޫންކަމާއި، އެ އެލަވަންސްތަކާއި ޢިނާޔަތްތަކަކީ މުވައްޒަފު ވަޒީފާގައި
ދެމިހުރުމުގެ ސަބަބުން ދެވޭ އެލަވަންސް ތަކަކާއި ޢިނާޔަތްތަކެއްކަމާއި،
އެލަންވަސްތަކާއި ޢިނާޔަތްތަކުގެ ދެވަނަ ބާވަތަކީ، މުވައްޒަފު އޭނާ އަދާކުރާ ވަޒީފާއަށް
ނުކުތުމުގެ މައްޗަށާއި، ވަޒީފާއަށް ނުކުމެ ކުރާ މަސައްކަތުގެ މައްޗަށާއި ވަޒީފާއަށް ނުކުމެ ކުރާ މަސައްކަތުގައި
ހޭދަކުރާ ވަގުތުގެ މައްޗަށް ބިނާކޮށް ދެވޭ އެލަވަންސްތަކަކާއި ޢިނާޔަތްތަކެއްކަމާއި، މިގޮތުން އިސްވެ
ބަޔާންކުރެވުނު ފަދައިން އިތުރު ގަޑީގެ ފައިސާއާއި، ޝިފްޓް ޑިޔުޓީ އެލަވަންސާއި، ކޮއްތު އެލަވަންސާއި ފެރީ
އެލަވަންސާއި، ބަންދު ފައިސާއާއި، ރިސްކް އެލަވަންސްއި، ޗުއްޓީ ފައިސާއާއި، ދޮންނަ ފައިސާއަކީ
މިބަޔާންކުރެވުނު ފަދަ އެލަވަންސްތައް ކަމާއި،
މޫސާ ޤާސިމުގެ ފަރާތުން އެޤަޟިއްޔާ އެއްގެ ޙުކުމް ތަންފީޛު ކުރަން ހުށަހެޅި މަދަނީ ކޯޓުގެ
ނަންބަރު: 2009/MC/1851 ޤަޟިއްޔާގެ ޙުކުމުގައި، މޫސާ ޤާސިމް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
ސްޕްރިންޓެންޑެންޓް ގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އެވަޒީފާއަށް
ނުވަތަ އެފެންވަރުގެ އެހެން ވަޒީފާއަކަށް އޭނާ ރުޖޫޢަކުރުމަށް ކުރައްވާފައިވާ އަމުރަކީ އޭނާއަކީ ވަޒީފާއިން
ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމުގެ ގޮތުން ކުރައްވާފައިވާ އަމުރެއްކަމުން، އޭގެ ނަތީޖާއަކަށްވާނީ ވަޒީފާގައި
ދެމިހުރި މީހެއްކަމަށް ބެލުންކަމާއި، އެހެންކަމުން އޭނާއަށް ދޭންޖެހޭނީ ވަޒީފާގައި ދެމިހުރި މުވައްޒަފަކަށް ދެވޭ
Uce
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j1/HC-A/228
އެލަވަންސްތަކާއި ޢިނާޔަތްތައް އެކަނިކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1851 ޤަޟިއްޔާގެ
ޙުކުމުގެ މުރާދަކީވެސް އެއީކަން އެ ޙުކުމުގައިވާ "މޫސާ ޤާސިމް އަދާކުރަމުން ދިޔަ މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ ވަޒީފާއިން މޫސާ ޤާސިމް ވަކިކުރިއިރު ޢާއްމުގޮތެއްގައި މޫސާ ޤާސިމަށް ދެމުން ގެންދިޔަ
މުސާރައާއި ޢިނާޔަތްތައް އަދި އެހެނިހެން އެލަވަންސްތައް" މިފަދައިން ބުނެފައިވާ ޢިބާރާތުން ދޭހަވާކަމާއި،
އެހެނީ ޢާންމުގޮތެއްގައި ދެވޭ އެލަވަންސާއި ޢިނާޔަތަކީ އެމުވައްޒަފު ވަޒީފާގައި ދެމިހުރުމުގެ ސަބަބުން ދެވޭ
އެލަންވަންސާއި ޢިނާޔަތްތައްކަމާއި، އެއާއި ޚިލާފަށް މުވައްޒަފު ވަޒީފާއަށް ނުކުތުމުގެ ސަބަބުން ނުވަތަ ވަކި
ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ސަބަބުން ނުވަތަ ވަކިވަރަކަށް ވަގުތު ހޭދަކުރުމުގެ ސަބަބުން ނުވަތަ ރަސްމީ
ބަންދު ދުވަހެއްގައި ރަސްމީ މަސައްކަތު ދުވަހެކޭ އެއްފަދައިން މަސައްކަތްކުރަން ޖެހުމުގެ ސަބަބުން ނުވަތަ
ތިމާއަށް ޙައްޤުވެފައިވާ ޗުއްޓީ ޤުރުބާންކޮށް ވަޒީފާއަށް ނުކުތުމުގެ ސަބަބުން ދެވޭ އެލަވަންސާއި ޢިނާޔަތްތަކަކީ
ޢާއްމުގޮތެއްގައި ދެވޭ އެލަވަންސް ތަކަކާއި ޢިނާޔަތްތަކެއް ނޫންކަމާއި، އެއީ ޚާއްޞަ ސަބަބުތަކަކާހުރެ ދެވޭ
އެލަވަންސާއި ޢިނާޔަތްތަކެއްކަން ފާހަގަކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރ 2010/Cv
-
C/366 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ހ.ވޭވަރ(މާލެ މޫސާ ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް
ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
$4,
2 4 8 2
OXO
ޤާނޫނީ
ނަންބަރ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ އަދި
ހަމަތަކުގެ
މަތިން ރިޢާޔަތްކޮށް
ސިވިލް
2010/Cv-C/366 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް
ނުފެންނާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv