ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/02 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-DVI02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤައްޔާ
ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 02/HC-DM/2014
މައްސަލަ ހުށަހެޅި ފަރާތް:
- * ނަން: މަރްޔަމް ނިހާޔަތު
އައިޑީ ކާޑުނަންބަރު: A025432
ދާއިމީ އެޑްރެސް: މ.ތާޖު | ކ. މާލެ
މިހާރުގެ އެޑްރެސް: .ވިލަމެންދޫ / ކ. މާލެ
L
2- * ނަން: އާއިޝާ ޝުޖޫން މުޙައްމަދު
އައިޑީ ކާޑުނަންބަރު: A023296
ދާއިމީ އެޑްރެސް: މ. ކޮކާހަނދުވަރުގެ/ ކ. މާލެ
މިހާރުގެ އެޑްރެސް: މ. ކޮކާހަނދުވަރުގެ| ކ.މާލެ
L
.
3- * ނަން: ޙުޒައިފާ މުޙައްމަދު
އައިޑީ ކާޑުނަންބަރު: A059114
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ސޭންޑީބީޗް {
ސޭންޑީބީޗް ކ. މާލެ
• މައްސަލަ ރައްދުވާ ފަރާތް:
*
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
ދާއިމީ
އެޑްރެސް: ހ.ވެލާނާގެ | ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ވެލާނާގެ / ކ.މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1435
17 ފެބްރުއަރީ 2014
ނިމުނު ތާރީޚް: 25 ރަޖަބު 1436
14 މެއި 2015
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM/02
ދަޢުވާގެ ޚުލާޞާ:
މިއީ،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37 ވަނަ
މާއްދާގެ (ހ) ގެ ދަށުން ކ. މާލެ / މ.ތާޖު މަރްޔަމް ނިހާޔަތު އާއި ކ. މާލެ / މ. ކޮކާހަނދުވަރުގެ އާއިޝާ
ޝުޖޫން މުޙައްމަދު އާއި ކ.މާލެ / ހ. ސޭންޑީބީޗް ޙުޒައިފާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ
އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l) މިއީ، ފަނޑިޔާރަކު ޝަރުޢީ ދާއިރާގެ ނުވަތަ ޤާނޫނީ ދާއިރާގެ ބޭނުމަކަށް ފިޔަވައި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޚާއްޞަ ހުއްދައާއެކު އެންމެ ދިގު މުއްދަތަކަށް ދޫކުރެވޭ ގޮތް
ތަންޒީމުކުރެވިފައިވާ ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭ ފަނޑިޔާރުންގެ ޤާނޫނު) ގެ 52 ވަނަ
މާއްދާގެ (ށ) (ކުރީގެ 51 ވަނަ މާއްދާގެ (ށ)) ގައި އެ މުއްދަތުގެ ތެރޭގައި "އެއްވެސް ޙާލަތެއްގައި، 6
ދޭހައެއް) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ." ކަނޑައެޅިފައިވުމުގެ ސަބަބުން ފަނޑިޔާރެއްގެ މަޤާމުގައި
މަސައްކަތްކުރާ ފަރާތްތައް ހިމެނޭގޮތަށް ކޮންމެ ދިވެހި ރައްޔިތަކަށް ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ށ)
އިން ކަށަވަރު ކޮށްދީފައިވާ މަތީ ތަޢުލީމުގެ ފުރުޞަތު ލިބިގަތުމުގެ ޙައްޤަށާއި، 37 ވަނަ މާއްދާގެ (ށ) އިން
ކަށަވަރުކޮށްދީފައިވާ ވަޒީފާގެ ކުރިއެރުން ލިބިގަތުމުގެ ޙައްޤަށާއި، ކޮންމެ ދިވެހި ފަރުދަކަށްވެސް
މީގެ 42 ވަނަ މާއްދާއިން ޔަޤީންކޮށްދީފައިވާ ޢަދުލުވެރި އިންޞާފުވެރި އަދި މިނިވަން ޝަރީޢަތެއް
ކުރެވުމުގެ ޙައްޤަށް އެކަށީގެންނުވާ ފަދަ ގޮތެއްގެ މަތިން (unreasonable restriction} ހުރަސް އެޅޭ
ހިނދު، އެ ގޮތުން އެ ޙައްޤުތައް ހަނިކުރެވިފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)، (ކ) އަދި
(ނ) ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ ޚިލާފަށްކަމަށްވާތީ، ޤާނޫނު ނަންބަރު 13/2010 ގެ 52 ވަނަ
މާއްދާގެ (ށ) ގައި އެ މުއްދަތު، އެއްވެސް ޙާލަވެ
ޙާލަތެއްގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގުވެގެން
ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ދިވެހިން
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
ނުވާނެއެވެ" ބަޔާންކޮށް އައިސްފައިވާ ބައި ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އެދި، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން، މާލެ / މ.ތާޖު
ނިހާޔަތު އާއި
ކޮކާހަނދުވަރުގެ އާއިޝާ ޝުޖޫން މުޙައްމަދު އާއި
ކ.މާލެ / މ. ސޭންޑީބީޗް ޙުޒައިފާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މަރްޔަމް
މައްސަލައެކެވެ.
2) މި މައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލާގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބަލާއިރު، އަންނަނިވި 5 (ފަހެއް) ސަބަބު ފާހަގަކޮށް، އެކަންކަމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
etc
* ފުރަތަމަ ސަބަބަކީ، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)
ގައި ޝަރުޢީ ދާއިރާގެ ނުވަތަ ޤާނޫނޫ ދާއިރާގެ ކަމަކަށް ފިޔަވައި، ކޯޓުން ބޭރު އެއްވެސް ކަމަކަށް،
ފަނޑިޔާރަކު ދޫކުރެވޭނީ ހަމަ އެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަމުގައި
ބަޔާންކޮށްފައިވާކަމަށާއި، އެ ގޮތުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގެ
ނައްޞުގައި އޮންނަ ގޮތަށް ބަލާނަމަ އެ މާއްދާގައިވާ ގޮތުގައި "މި މާއްދާގެ (ހ) ގެ ދަށުން ހުއްދަކުރެވޭ
ޙާލަތެއްގައި ފަނޑިޔާރަކު ދޫކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހުއްދައާއެކު، އެ ކޮމިޝަނުން
ކަނޑައަޅާ މުއްދަތަކަށްކަމަށާއި، އެ މުއްދަތު، އެއްވެސް ޙާލަތެއްގައި، 6 (ހައެއް) މަސްދުވަހަށް ވުރެ
ދިގުވެގެންނުވާނެ" ކަމުގައި ބަޔާންކޮށްފައިވާކަމަށާއި، ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައި އެ މާއްދާގައިވާ ގޮތުގެ މަތިން ފަނޑިޔާރަކު
ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 6 (ހައެއް) މަސްދުވަހުގެ މުއްދަތެއްކަމުގައި ޤައިދުކޮށްފައިވަނީ ފަނޑިޔާރެއްގެ
ގޮތުގައި މަސައްކަތްކުރާ ކޮންމެ ދިވެހި ރައްޔިތަކަށް އެބައިމީހުންނަށް ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ށ)
އިން ކަށަވަރުކޮށްދީފައިވާ މަތީ ތަޢުލީމު އުނގެނުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ)
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2jl4/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިން ޔަޤީންކޮށްދީފައިވާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤާއި ޚިލާފުވާގޮތަށް، އެކަށީގެންނުވާ މިންވަރަށް
އަސާސީ ޙައްޤުތައް ހިފެހެއްޓިގެން އެކުލަވާލެވިފައިވާ މާއްދާއެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
* ދެވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)
ގެ 52 ވަނަ މާއްދާގެ (ށ) ގައި ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި ފަނޑިޔާރަކު ދޫކުރެވޭނެ
އެންމެ ދިގު މުއްދަތެއްކަމުގައި 6 (ހައެއް) މަސް ދުވަސް ކަނޑައަޅާފައިވާތީވެ، އެކަމަކީ ދިވެހި ރައްޔިތުންނަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރި
އިންޞާފުވެރި ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭކަމެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ce O
އއޗ
ތިންވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)
ގެ 52 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ 6 (ހައެއް) މަހުގެ ޤައިދަކީ ޤާނޫނުއަސާސީގެ 36، 37،
އަދި 42 ވަނަ މާއްދާތަކުގައިވާ ޙައްޤުތައް ހަނިކުރުމުގެ ބަދަލުގައި މަނާކުރާގޮތަށް ކަނޑައަޅާފައިވާ
ޤަދަކަށްވީހިނދު، ޤާނޫނުއަސާސީގައިވާ ޙައްޤުތައް ކަށަވަރުކޮށްދޭ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ
ގޮތުގައި، ޤާނޫނުއަސާސީގައިވާ އެއްވެސް އަސާސީ ޙައްޤެއް ހަނިކުރެވޭނީ ހަމައެކަނި އެ ޤާނޫނުއަސާސީއާއި
އެއްގޮތްވާގޮތުގެމަތިން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނަކުންކަމަށް ވީހިނދު، ހަމަ އެ މާއްދާގައި
އައިސްފައިވާ ގޮތުގައި އަސާސީ ޙައްޤެއް ހަނިވާގޮތަށް ޤާނޫނު ފާސްކުރެވޭނީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުގައި
އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނިކުރެވޭނެކަމަށް ޤަބޫލުކުރެވޭނެ މިންވަރަށް ނުވަތަ އިސްލާމްދީނުގެ
އަޞްލެއް ރައްކާތެރިކުރުމަށްކަމަށާއި، އެގޮތުން، ފާސްކޮށްފައިވާ ޤާނޫނަކުން ޙައްޤެއް ހަނިކޮށްފައިވަނީ މިނިވަން
ދީމިޤްރާޠީ މުޖުތަމަޢުގައި ޤަބޫލުކުރެވޭ މިންގަނޑުން ނުވަތަ އިސްލާމްދީނުގެ އަޞްލެއް ރައްކާތެރިކުރުމަށްކަމަށް
ބެލުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ 6 (ހައެއް) ކަމެއް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި
ބަޔާންވެފައިވުމާއެކު، އެ 6 (ހައެއް) ކަމަށް ރިޢާޔަތްކޮށް، ޤާނޫނެއް ޤާނޫނުއަސާސީއާ އެއްގޮތްވޭތޯ ބަލައި،
އެ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ބާޠިލުކުރެވޭނެކަމީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
$ ;
ޑ 8
29 ހއ
و پیر و مروری
ސައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު 09/SC
-
A/2009 ޤަޟިއްޔާގައި ބަލައިގެންފައިވާ ޤާނޫނީ ހަމައެއްކަމަށާއި، އިސްވެބުނެވުނު
އެންމެހައި ހަމަތަކުން ބެލިކަމުގައިވިޔަސް ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައިވާ 6 (ހައެއް) މަހުގެ ޤައިދަކީ ޤާނޫނު އަސާސީގެ 16 ވަނަ
އެއްގޮތަށް ކަނޑައެޅިފައިވާ ޤައިދެއްނޫންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
* ހަތަރުވަނަ ސަބަބަކީ،
މެޖިސްޓްރޭޓުންނަށް އެ ބޭފުޅުންގެ މަޤާމަށް ޢައްޔަންކުރުމުގައި
ބަލާ އެންމެ ކުޑަ މިންގަނޑަކީ ޤާނޫނީ ދާއިރާއިން ނުވަތަ ޝަރުޢީ ދާއިރާއި
ޙާޞިލުކޮށްފައިވުންކަމަށްވެފައި، މެޖިސްޓްރޭޓުން ފުރަތަމަ ޑިގްރީއަށް ތަޢުލީމު ޙާޞިލުކުރުމަށް ޑިޕާރޓްމަންޓް
އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން މަގުފަހިކޮށްދީ މީގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ހުއްދަދީފައިވާކަމަށާއި، މެޖިސްޓްރޭޓުންނަށް މި ޙައްޤު ލިބި އެހެން ފަނޑިޔާރުންނަށް އެ ޙައްޤު ނުދިނުމަކީ
ނުވަތަ ނުލިބުމަކީ ފަނޑިޔާރުންގެ މެދުގައި ތަފާތުކުރުންކަމަށާއި، މި ކަމަކީ ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާގެ (ހ) މަނާކުރާކަމެއްކަމަށާއި، ދަށު ކޯޓުގެ ފަނޑިޔާރުންގެ ކުރިއެރުމަށް ޖެހިގެން އޮތް މަރުޙަލާއަކީ
ދިވެހިރާއްޖޭގެ ހައިކޯޓު ކަމުގައިވެފައި، އަދި (މިހާތަނަށް ޢަމަލުކޮށްފައިވާ އުސޫލަށް ބަލާ) ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ހޮވުމުގެ އެންމެ ދަށް މިންގަނޑަކީ ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާއިން ދެވަނަ ދަރަޖަ
ނުވަތަ މާސްޓަރޒް ޑިގްރީކަމުގައިވުމުން، ދަށުކޯޓުގެ ފަނޑިޔާރުންނަށް މިކަންތައްތައް ފަހިނުވާނޭ ފަދައިން
ހުރަސް އަޅާފައިވުމީވެސް ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ވަޒީފާގެ
ކުރިއެރުން ލިބިގަތުމުގެ ޙައްޤަށް ހުރަސްއެޅޭ އަދި 17 ވަނަ މާއްދާގެ (ހ) މަނާކުރާ ތަފާތުކުރުމެއްކަމަށާއި،
އަދި މި ކަން މި ގޮތަށް އޮތުމުގެ ނަތީޖާއަކަށްވެގެންދަނީ ޤާނޫނުއަސާސީ އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނުން ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރުގެ ގޮތުން ހުރުން ލާޒިމްކުރި ޝަރުޠު ފުރިހަމަވެތިބެ ޝަރުޢީ
ދާއިރާއާއި ގުޅުނު ފަނޑިޔާރުންނަށް އެ ފަނޑިޔާރުންގެ ފެންވަރު އިތުރަށް މަތިކުރުމަށް ބޭނުންވި ނަމަވެސް،
އެ ފުރުޞަތު ނުލިބޭ ޙާލު، ފަނޑިޔާރުންގެ ތެރެއިން ޤާނޫނުއަސާސީ އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ވީހިރާއްޖޭގެ ހި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2014/HC-DM02
ނިއްޔާ ނިމުނު ގޮތުގެ ޚުލާސާ
41 2 3 4 5 4
ބނނކރކޮށް
ޤާނޫނުން ލާޒިމްކުރި ތަޢުލީމީ ފެންވަރު ނެތް ފަނޑިޔާރުންނަށް އެމީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު
ފުރިހަމަކުރުމަށް އަދި ލާޒިމްކުރާ މިންގަނޑަށްވުރެވެސް އެ މީހުންގެ ފެންވަރު މަތިކުރުމަށް ދާއިރާގެ ތެރެއިން
ދާއިރާގެ އިސްނެގުމަށް ފުރުޞަތުލިބުމާއި އަދި އެ މީހުންގެ އަމިއްލަގޮތުންވެސް ހޯދާ ފުރުޞަތުތައް
މަގުފަހިވެފައި އޮތުންކަމަށްވާއިރު، މިއީ ކަނޑައެޅިގެން ފަނޑިޔާރުންގެ މެދުގައި އިހާނެތިކޮށް
ކަންކުރެވުންކަމުގައި ނޫނީ ނުބެލެވޭކަމަށާއި،
ދައުލަތުގެ އެކިއެކި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ވަކި
އުޞޫލެއްގެ ދަށުން ނަމަވެސް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އޮވެ އެ ޙައްޤު ލިއްބައިދީފައިވާއިރު،
މަޤްބޫލު ސަބަބެއް ނެތި އަދި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އަސާސީ ޙައްޤުތައް ހިފެހެއްޓޭނެ ނުވަތަ
ހަނިކުރެވޭނެގޮތްކަމަށް ބަޔާންކޮށްފައިވާ މިންގަނޑާއި ޚިލާފަށް، ފަނޑިޔާރުންނަށް އެ ފުރުޞަތު އެއްވެސް
ސިފައެއްގައި ނޯންނާނޭ ފަދައަކުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ޙަވާލާދޭ މާއްދާ އެ ގޮތުގައި
އޮތުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި ޚިލާފަށް އޮތް އޮތުމެއްކަމަށްބުނެ ހުށަހެޅި
ސަބަބެވެ.
* ފަސްވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައިވާ ޤައިދަކީ އިސްލާމްދީނުގެ އަޞްލެއް ޙިމާޔަތްކުރުމަށް
އެކަށައަޅާފައިވާ ޤައިދެއްކަމުގައި އެ
ޤާނޫނުގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައިނުވާކަމަށާއި،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އަށް ބަލާނަމަ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާބެހޭ ބާބުގައިވާ
އެއްވެސް ޙައްޤެއް ހިފަހައްޓާފައިވަނީ 16 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި
ހިޢާޔަތްކުރަންޖެހޭ 6 ކަންތަކަކީ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތް، އެ ޙައްޤެއް ނުވަތަ
އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން، އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވާ
ގޮތާއި މިންވަރު، އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއް ނުވަތަ އެ
Occ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ މިންވަރަށް
ވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލުކުރެވިދާނެތޯ އަދި އެ ޙައްޤެއް ހިފެހެއްޓިފައިވަނީ
އިސްލާމްދީނުގެ އަޞްލެއް ރައްކާތެރިކުރުމުގެ ނިޔަތުގައިނަމަ އެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ
ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަންޖެހޭތޯ ކަމާއި، އިސްވެ ބުނެވުނު ކަންކަމަށް
ބަލާއިރު، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ)
ގައިވާ ޤައިދުގެ ސަބަބުން ފަނޑިޔާރެއްގެ މަޤާމުގައި މަސައްކަތްކުރާ ކޮންމެ ދިވެހި ރައްޔިތަކަށް
ޤާނޫނުއަސާސީގެ 36 ވަނަ މާއްދާއާއި އަދި 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި، ކޮންމެ
ދިވެހި ރައްޔިތަކަށްވެސް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤަށް އުނިކަން
އައިސްފައިވާ މިންވަރަކީ އެ ޙައްޤުތައް ޔަޤީންކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއްކަން އިސްވެދިޔަ
ފެތައްތަކުން ފާޅުވާކަމަށާއި، އަދި ހަމައެއާއެކު ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައިވާ 6 (ހައެއް) މަހުގެ ޤައިދު އެހެން ނެތްކަމުގައިވިޔަސް ހަމަ
އެމާއްދާގެ ފުރަތަމަ ބައިގައި ފަނޑިޔާރުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު
ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ލިބިފައިވާތީ، އެ 6 (ހައެއް) މަހުގެ ޤައިދު އެ މާއްދާގައި ކަނޑައަޅާފައި
އޮތުމަކީ ޝަރުޢީ ދާއިރާ ހިންގުމަށްޓަކައި ކޮންމެހެން ބޭނުންޖެހޭކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(3
ކ. މާލެ / މ.ތާޖު މަރްޔަމް ނިހާޔަތު އާއި ކ. މާލެ / މ. ކޮކާހަނދުވަރުގެ އާއިޝާ
ޝުޖޫން މުޙައްމަދު އާއި ކ.މާލެ / ހ. ސޭންޑީބީޗް ޙުޒައިފާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި އިސްވެބަޔާން ކުރެވުނު ނުކުތާތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން، އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ
(ށ) ގައި، ފަނޑިޔާރަކު ދޫކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހުއްދައާއެކު ޝަރުއީ ދާއިރާގެ ނުވަތަ
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ
8
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޑ 7
8
ޤާނޫނީ ދާއިރާގެ ކަމަކަށް އެންމެ ދިގު ވެގެން 6 (ހައެއް) މަސްދުވަހަށްކަން އެނގޭކަމަށާއި، މަތީ ތަޢުލީމް
ޙާޞިލުކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށާއި، އެ ގޮތުން، އެހެން ދާއިރާތަކުގައި
ވަޒީފާއަދާކުރާ ފަރާތްތަކަށް ލީޑް ނަގައިގެން މަތީ ތަޢުލީމް ޙާޞިލްކުރުމާ ގުޅޭ އުޞޫލުތަކެއް ހެދިފައިވާއިރު،
ފަނޑިޔާރުންނަށްވެސް އެ ފުރުޞަތު މަގުފަހިކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އުޞޫލުތަކެއް ތައްޔާރުކުރަމުންދާ ކަމަށާއި، ނަމަވެސް، އެހެން ދާއިރާތަކާ ޚިލާފަށް
ފަނޑިޔާރުން އެ ފަރާތްތަކުގެ ޒިންމާއާ މަސްޢޫލިއްޔަތުތަކާ ދިގު މުއްދަތަކަށް ވަކިވެގެންގޮސްފިނަމަ، އެ ކަމަކީ
ޝަރުޢީ ނިޒާމަށް ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއްކަމަށް ވާއިރު، ފަނޑިޔާރުން ދިގު
މުއްދަތަކަށް ވީއްލުމުގެ ކުރިން، އެފަދައިން ޢަމަލުކުރާނެ ހަރުދަނާ އުޞޫލެއް ޤާއިމްވެފައިވުމަކީ މުހިންމު
ކަމެއްކަމަށާއި،
ގޮތުން، ބައިނަލް އަޤްވާމީ މުޖުތަމަޢުތަކުގައި ފަނޑިޔާރުން ވީއްލުމުގައި ނުވަތަ ދޫކުރުމުގައި
ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބަލާއިރު، އެމެރިކާގެ ސްޓޭޓެއްކަމުގައިވާ ކެލިފޯނިއާގައި ފަނޑިޔާރަކު 6 މަސް
ދުވަހަށްވުރެ ދިގު މުއްދަތަކަށް ވީއްލުމަށް އެދިއްޖެކަމުގައިވަނީނަމަ، ކެލިފޯނިއާ ރޫލްސް އޮފް ކޯޓްގެ ރޫލް
10.502 ގެ ދަށުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ޖުޑީޝަލް ސެމެޓިކަލް ރިވިއު ކޮމިޓީއިން ގޮތެއް
ނިންމާކަމަށާއި، އެގޮތުން އިސްވެ ބުނެވުނު ރޫލްސްގެ (e) ގެ (2) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރަކު
ދޫކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި އެ ފަނޑިޔާރަކު ދޫކުރެވޭނީ ފަނޑިޔާރުގެ މަސްޢޫލިއްޔަތު
އަދާކުރުމުގައި އެ ކަމެއްގެ ސަބަބުން ޤާބިލުކަން އިތުރުކުރުމަށާއި ކެލިފޯނިއާގެ ޤާނޫނީ ދާއިރާއަށް އެކަމަކުން
ފައިދާކުރޭތޯ ބެލުމާއި އެކަމުގެ ސަބަބުން ކޯޓަށް ގެއްލުންތަކެއް ލިބިގެންދޭތޯ ބެލުމަށްފަހުގައި ކަމަށާއި،
މިގޮތުގެ މަތިން، އިސްވެބުނެވުނު ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ފަނޑިޔާރަކު ދޫކުރާއިރު
.ކަމަކަށް ދާނެ ޚަރަދު އެ ކޯޓަކުން (ސަރުކާރުން) ކުރެވެން ނެތްނަމަ މުސާރަ ނުލިބޭގޮތަށް ވީއްލުމަށް އެ
މާއްދާގެ (3) ގައި ބަޔާންކޮށްފައިވާކަމަށާއި، އަދި މުސާރަ ލިބޭ ގޮތަށް އެންމެ ދިގު މުއްދަތަކަށް ފަނޑިޔާރަކު
ދޫކުރެވޭނީ 120 ދުވަހުގެ މުއްދަތަށްކަމަށާއި، ފަނޑިޔާރަކު ދޫކުރުމަށް އެދޭ މުއްދަތު 120 ދުވަހަށްވުރެ
Quoc
o OXO
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިތުރުވާކަމުގައިވާނަމަ މުސާރަ ނުލިބޭގޮތަށް މުއްދަތު އިތުރު ކުރެވިދާނެކަމުގައި ބަޔާންކޮށްފައިވާކަމަށާއި، އަދި
މިގޮތަށް ދޫކުރުމުގައި ގަވަރމަންޓް ކޯޓުގެ ނަންބަރު 68554 އާ ޙަވާލާދީ އިތުރުކުރާ މުއްދަތު 1 (އެކެއް)
އަހަރު ދުވަހަށްވުރެ ދިގުވެގެންނުވާނެކަމުގައި ބަޔާންކޮށްފައިވާކަމަށާއި، މީގެ އިތުރުން، ކެލިފޯނިއާ ރޫލްސް އޮފް
ކޯޓުގެ ރޫލް 10.502 ގެ (j) ގައި ފަނޑިޔާރަކު އެފަދަ ގޮތަކަށް ދޫކޮށްފިނަމަ އެ ކޯޓަކަށް އެހެން
ފަނޑިޔާރަކު ޢައްޔަންކުރުމަށް ބޭނުންވާ ޚަރަދުތައް "ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެފިޝެންސީ އެންޑް
މޮޑަނައިޒޭޝަން ފަންޑުން" ހަމަޖެހިފައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި،
އެލަސްކާގައި ފަނޑިޔާރުން ދޫކުރުމުގައި ޢަމަލުކުރަމުންދަނީ އެލަސްކާގެ ސުޕްރީމް ކޯޓުގެ
ނަންބަރު 1642 އޯޑަރުގައިވާ ގަވާއިދުގެ ދަށުން ކަމުގައިވާއިރު، އެ އޯޑަރުގެ (g) ގެ (3) ގައި
ފަނޑިޔާރަކަށް ޗުއްޓީ ދިނުމުގައި ފަނޑިޔާރު ޗުއްޓީއަށް އެދޭ ސަބަބުގައި ހިމެނޭ ކަންކަމަށް
ބަޔާންކޮށްފައިވާކަމަށާއި، އެގޮތުން، ޗުއްޓީގައި ފަނޑިޔާރު ކުރަން ގަސްދުކޮށްފައިވާ
ކަންކަމުގެ މުހިންމުކަމަށާއި، ފަނޑިޔާރު ޚިދުމަތްކޮށްފައިވާ މުއްދަތަކާއި އެލަސްކާގެ ޤާނޫނީ ދާއިރާއަށް އެ
ކަމެއްގެ ސަބަބުން ކުރާނެ ފައިދާއަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވުމުގެ އިތުރަށް ޗުއްޓީއެއް
ދޭންޖެހޭނީ އެ ފަނޑިޔާރަކަށް އެ ޗުއްޓީއެއް ދިނުމުގެ ސަބަބުން ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް
ނޭޅޭނެކަން ސުޕްރީމް ކޯޓަށް ޤަބޫލުކުރެވުމުން ކަމުގައި ބަޔާންކޮށްފައިވާކަމަށާއި، އަދި ކެނެޑާގެ ފަނޑިޔާރުންގެ
ޤާނޫނު (Judges Act) 1985 ގެ 54 ވަނަ މާއްދާގެ (1) ގެ (b) ގައި 6 (ހައެއް) މަހަށްވުރެ
ދިގުމުއްދަތަކަށް ފަނޑިޔާރަކު ދޫކުރެވޭނީ ގަވަރނަރ އިން ކައުންސިލްގެ ހުއްދައާއެކު
ބަޔާންކޮށްފައިވާކަމަށާއި،
008ތރނ މނކމށ
ކަމުގައި
ދެކަމުން، ބައިނަލް އަޤްވާމީ މުޖުތަމަޢުތަކުގައިވެސް ފަނޑިޔާރުން ދިގުމުއްދަތަކަށް
ދޫކުރަމުންދަނީ ވަކި އުޞޫލުތަކެއްގެ ދަށުންކަމަށާއި، މިއީ ހަނިކޮށްފައިވާ ޙައްޤެއްކަން އެނގޭކަމަށާއި، އެ
ޙައްޤު ހަނިކޮށްފައިވަނީ ދިވެހިރާއްޖޭގައިވެސް ހަނިކޮށްފައިވާ ސަބަބުތަކަށްކަން ސާފުކޮށް އެނގޭކަމަށާއި، އަދި
ފަނޑިޔާރަކު ދޫކުރުމުގައި އެ ޤައުމެއްގެ ޤާނޫނީ ދާއިރާއަށާއި، އެ ފަނޑިޔާރެއްގެ މަޤާމުގެ މަސްއޫލިއްޔަތު
14 2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
jb
10
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
8 ހއ ހވ
ދު
ކުން އެތައް
އަދާކުރުމުގައި އެކަމަކުން ފައިދާވާނެ މިންވަރަށް ބެލުމަށްފަހުވެސް ފަނޑިޔާރަކު ދޫކުރެވޭނީ އެ ޤައުމެއްގެ
ޢަދުލު އިންސާފުގެ ނިޒާމަށް ބުރޫ ނާރާނެކަން ޔަޤީންކުރުމަށްފަހުގައިކަން އެނގޭކަމަށާއި،
އިސްވެ ބުނެވުނު ގޮތުގެ މަތިން ޤައިދުކޮށްފައިވާ ގޮތަށް ބަލާއިރު ދިވެހިރާއްޖޭގައިވެސް ފަނޑިޔާރުންނަށް
ތަމްރީނު ދިނުމަށްޓަކައި އުޞޫލުތަކެއް ޤާއިމްވެފައިވާކަމާއި، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދާކަމަށާއި،
މެޖިސްޓްރޭޓުންނަށް އެ ބޭފުޅުންގެ މަޤާމަށް އައްޔަންކުރުމުގައި ބަލާ އެންމެ ކުޑަ މިންގަނޑަކީ
ޤާނޫނީ ދާއިރާއިން ނުވަތަ ޝަރުޢީ ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލުކޮށްފައިވުން ކަމަށްވެފައި،
މެޖިސްޓްރޭޓުންނަށް ފުރަތަމަ ޑިގްރީއަށް ތަޢުލީމު ޙާޞިލުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން މަގުފަހިކޮށްދީފައިވާކަމަށާއި، މެޖިސްޓްރޭޓުންނަށް އެ
އެހެން
ފަނޑިޔާރުންނަށް އެ ޙައްޤު ނުދިނުމަކީ ފަނޑިޔާރުންގެ މެދުގައި ތަފާތުކުރުން ކަމަށް ބުނާ ބުނުމާއި ގުޅޭ
ގޮތުން ދައުލަތުން ބުނެފައިވަނީ، މެޖިސްޓްރޭޓުންނަށް ފުރަތަމަ ޑިގްރީއަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު
ދެވިފައިވަނީ ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ވުޖޫދަށް އައުމަށްފަހު،
ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން، އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަކުރުމަށް 7 އަހަރުގެ މުއްދަތެއް ދޭންވާނެކަމަށް އެ މާއްދާގެ (ށ) ގައި
24 2 4
03488
ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށްފައިކަމަށާއި،
އިސްވެ ބުނެވުނު މާއްދާގެ ދަށުން މެޖިސްޓްރޭޓުން ވަޒީފާއިން ވީއްލުމަށް އެދި ހުށަހެޅުމުން އެ
ފުރުޞަތު ދިނުމުގެ އިތުރަށް ފަނޑިޔާރުކަމުގެ މަޞްޢޫލިއްޔަތަށް ދަތިނުވާނެ ގޮތުގެ މަތިން ވަޒީފާއަދާކު
ޒީފާއަދާކުރަމުންދާ
ރަށުގައި ހިންގާ ކޮލެޖަކުން ނުވަތަ އެހެންވެސް މުއައްސަސާއަކުން ހިންގާ ކޯސްތަކުގައި ނުރަސްމީ ގަޑީގައި
ކިޔެވުމުގެ ފުރުޞަތު ފަނޑިޔާރުންނަށް ދީފައިވާކަމަށާއި، އެހެންކަމުން، މި ކަމަކީ ޤާނޫނު ނަންބަރު
13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ޝަރުޠުތަކެއް
ފުރިހަމަކުރުމަށް ޤާނޫނަކުން ލާޒިމުކުރެވިގެން ދޫކުރެވިފައިވާ ދޫކުރެވުމަކަށްވާއިރު، މިކަމަކީ ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2jl4/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތަފާތުކުރުން ކަމުގައި ބެލޭނެ
މިންގަނޑެއް ނޫންކަމަށް ބުނެ ފާހަގަކޮށްފައިވެއެވެ.
(4
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ
ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010
އާއި އެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2010) އާއި އެ ޤާނޫނަށް 2
ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2011) އާއި އެ ޤާނޫނަށް 3 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 9/2013) އާއި އެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު
(ޤާނޫނު ނަންބަރު 7/2014) ހިމެނޭ ގޮތަށް) ގެ 52 ވަނަ މާއްދާ މާނަކުރުމަށްޓަކައި، އެ މާއްދާ އެހެން
އޮތުމުގެ މަޤްޞަދު ދެނެގަތުމަށްޓަކައި ފަނޑިޔާރުންގެ ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން، އެ ބިލާއި
މެދު ކުރެވުނު ކޮމިޓީގެ ބަހުސްތަކާއި މަޖިލިހުގެ ތަޅުމުގެ ބަހުސްތަކުގެ ޔައުމިއްޔާތަކަށް ބެލިއިރު، އިސްވެ
ބުނެވުނު މާއްދާ އެހެން އޮތުމުގެ މަޤްޞަދު އަލިއަޅުވާލެވޭފަދަ ވާހަކަތަކެއް ދެކެވިފައިވާކަން ފާހަގަކުރެވެން
ނެތްކަމާއި،
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޢީ ދާއިރާގެ
ނުވަތަ ޤާނޫނީ ދާއިރާގެ ކަންކަމުގެ ތެރެއަށް، ފަނޑިޔާރެއްގެ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް
ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢާންމުގޮތެއްގައި ހިމެނިފައިވޭތޯ ބަލާއިރު،
ކެނެޑާގެ ޖަޖަސް އެކްޓް 1985 ގެ 54 ވަނަ މާއްދާގެ (1) ގެ (a) ގައި ސުޕީރިއަރ
ކޯޓެއްގެ ފަނޑިޔާރަކު 6 (ހައެއް) މަސް ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރެވޭނީ އެ
ސުޕީރިއަރ ކޯޓުގެ ޗީފް ޖަސްޓިސް ނުވަތަ ސީނިއަރ ޖަޖްގެ ހުއްދައާއެކު ކަމަށް އެ އަކުރުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
އެ
4
3
2 ހދ8
ބޭނުންތަކަށް
ބަޔާންކޮށްފައިވާކަމާއި، 54 ވަނަ މާއްދާގެ (1) ގެ (b) ގައި، 6 (ހައެއް) މަސްދުވަހަށްވުރެ ދިގު
މުއްދަތަކަށް ސުޕީރިއަރ ކޯޓެއްގެ ފަނޑިޔާރަކު ދޫކުރެވޭނީ ގަވަރނަރ އިން ކައުންސިލްގެ ހުއްދައާއި އެކުކަމަށް
އެ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ކެނެޑާގައި ފަނޑިޔާރުންގެ މަތީ ތަޢުލީމާއި ތަމްރީން ހޯދުމުގެ ފުރުޞަތުތަކަށް ބަލާއިރު،
މިކަންކަން ރޭވުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި އެ
ޤައުމުގެ ނޭޝަނަލް ޖުޑީޝަލް
އިންސްޓިޓިއުޓްއާއި ކެނޭޑިއަން ޖުޑީޝަލް ކައުންސިލް ފާހަގަކުރެވޭކަމާއި، ބުނެވުނު މުއައްސަސާތަކުން ހިންގާ
ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ ޤައުމުގެ ފަނޑިޔާރުންގެ
ބިނާކުރެވިގެންކަމާއި، ފަނޑިޔާރެއް ފަނޑިޔާރުކަމަށް ޢައްޔަންކުރެވޭ ހިސާބުން ފެށިގެން އެ ފަނޑިޔާރަކު
ތަމްރީންތަކުގައި ބައިވެރިވުމަށް ހުއްޓުމެއްނެތި ބާރުއަޅަމުންދާކަމާއި،
އިސްވެ ޙަވާލާދެވުނު ޤާނޫނުގެ 54 ވަނަ މާއްދާގެ (1) ގެ (b) ގެ ދަށުން ހުއްދަ ހޯދަންޖެހޭ
ފަދަ ޙާލަތެއް ކެނެޑާގެ ފަނޑިޔާރުންނަށް އަމާޒުކުރެވޭ ސްޓަޑީ ލީވް ޕްރޮގްރާމްގައި މެދުވެރިވާކަން
ފާހަގަކުރެވޭކަމާއި، މި ޕްރޮގްރާމް ހިންގަނީ ކެނޭޑިއަން ޖުޑީޝަލް ކައުންސިލްއާއި ކައުންސިލް އޮފް ކެނޭޑިއަން
ލޯ ޑީންސްގެ ބެލުމުގެ ދަށުންކަން ފާހަގަކުރެވޭކަމާއި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަނޑިޔާރުން ރިކޮމެންޑް
ކުރަނީ އިސްވެ ބުނެވުނު ދެ މުއައްސަސާއިންކަމާއި އަދި އެއަށްފަހު ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން 6
ދިހައެއް) މަސް ދުވަހަށް ވުރެ ދިގު މުއްދަތަށް ހޯދަންޖެހޭ ހުއްދަ ކަމާއިބެހޭ ފަރާތުން ފަނޑިޔާރު
ހޯދަންޖެހޭކަމާއި، އަދި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރު ދޫކުރެވިފައި ހުންނަނީ މުސާރަ ލިބޭގޮތަށްކަން
ފާހަގަކުރެވޭކަމާއި، އެގޮތުން، ފަނޑިޔާރުންނަށް ނެގިދާނެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓަޑީ ލީވްއަށް
ބަލާއިރު، މިހާ ދިގު މުއްދަތެއްގެ ސްޓަޑީ ލީވްއެއް ނެގުމަށް އިސްވެ ބުނެވުނު މުޢައްސަސާތައް ބޮޑަށް
ބާރުއަޅަނީ ފަނޑިޔާރެއްގެ ގޮތުގައި 7 (ހަތެއް) އަހަރު ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށްކަން
ފާހަގަކުރެވޭކަމާއި،
6
COC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
އެހެންކަމުން، ކެނެޑާގެ ފަނޑިޔާރުންގެ މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތަކަށް ބަލާއިރު،
6 (ހައެއް) މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުން ދޫކުރާކަން އެނގޭކަމާއި، އެހެންނަމަވެސް
އެފަދަ ފުރުޞަތުތައް ލިބިދެވެނީ ޤާއިމްކުރެވިފައިވާ ވަކި އިޖްރާއާތުތަކަކާއި އުޞޫލުތަކެއްގެ ތެރެއިންކަން
ފާހަގަކުރެވޭކަމާއި،
ދަޢުވާކުރާ ފަރާތްތަކުން ދެން މިސާލެއްގެ ގޮތުން ނެގި އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ
އެލެސްކާގައި ފަނޑިޔާރުން ދޫކުރުމުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، މިކަން ތަންޒީމު ކުރެވިފައިވަނީ
އެލެސްކާގެ ސުޕްރީމް ކޯޓުގެ ނަންބަރު 1642 އޯޑަރުގެ ދަށުންކަމާއި، އެ އޯޑަރުގެ 28 ވަނަ ރޫލްގެ (g)
ގައިވާ ގޮތުން، "ލީވް އޮފް އެބްސެންސް" ނަގަން ބޭނުންވާ ފަނޑިޔާރެއް ލިޔުމުން ސުޕްރީމް ކޯޓަށް
ހުށަހަޅަންވާނެކަމަށާއި، އަދި އެ ލިޔުމުގައި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރަކު ކުރަން ގަސްތުކުރާ
ކަންކަން ބަޔާންކުރަންވާނެކަމަށާއި، ސުޕްރީމް ކޯޓުން އެ ފަދަ އެޕްލިކޭޝަނަކަށް ހުއްދަދޭނީތޯ ކަނޑައެޅުމުގައި،
ސެންސް"އަށް އެދިފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރު ކުރަން ގަސްތުކުރާ ކަންކަމަކީ ޢަދުލު
އިންސާފު ޤާއިމްކުރުމާއި ގުޅުންހުރި ކަންކަންތޯއާއި، އޭގެން އެލެސްކާ ކޯޓު ސިސްޓަމަށް ލިބޭނެ ފައިދާއާއި
މަންފާއަކީ ކޮބައިކަމާއި، އަދި "ލީވް އޮފް އެބްސެންސް" އަށް އެދޭ ފަނޑިޔާރު، ފަނޑިޔާރުކަމުގައި ހުރި
މުއްދަތަށް ރިޢާޔަތް ކުރާކަން ފާހަގަކުރެވޭކަމާއި، އަދި މިފަދަ "ލީވް އޮފް އެބްސެންސް" އަކަށް ހުއްދަ ދެވެނީ
ލީޑް ނެގުމުގެ ސަބަބުން އެލަސްކާގައި ޢަދުލު އިންސާފު ޤާއިމްކުރުމުގައި ނޭދެވޭ ނަތީޖާތަކެއް
ނުނިކުންނާނެކަމަށް ސުޕްރީމް ކޯޓަށް ޤަބޫލުކުރެވުމުންކަމާއި،
އިސްވެ ފާހަގަކުރެވުނު ފަދަ "ލީވް އޮފް އެބްސެންސް" އެއް ދެނީ އެންމެ ދިގުވެގެންވެސް 1
(އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށްކަން އެނގެން އޮންނަކަމާއި، އަދި އެފަދަ ލީވް އެއް ދެނީ މުސާރަ
ނުލިބޭގޮތަށް، އަދި ޕެންޝަންފަދަ ކަންކަމުގެ ބޭނުމަށްޓަކައި ފަނޑިޔާރުގެ ޚިދުމަތުގެ މުއްދަތުވެސް މެދުކެނޑޭ
ގޮތަށްކަން ފާހަގަކުރެވޭކަމާއި،
ޑިއްއްޖޭގެ ހައި
"ލީވް އޮފް އެބްސެންސް
ut ce
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
ކެނެޑާއާއި ޚިލާފަށް، އެލެސްކާގައި ފަނޑިޔާރުން މަޤާމުގައި ދެމިތިބެނީ ކަނޑައެޅިފައިވާ ވަކި
މުއްދަތަކަށް ނުވަތަ ޓާރމްއަކަށް ކަމުގައިވާއިރު، މި ނިޒާމުގެ ތެރެއިންވެސް ފަނޑިޔާރުން 6 (ހައެއް)
މަސްދުވަހަށްވުރެ ދިގު މުއްދަތަށް ދޫކުރާކަން އެނގޭކަމާއި، އެހެންނަމަވެސް، މި ނިޒާމުގެ ތެރެއިންވެސް
ދޫކުރެވެނީ އެންމެ ދިގު ވެގެން 1 (އެކެއް) އަހަރު ދުވަހަށްކަމާއި، އަދި އެއީވެސް އެ ފަނޑިޔާރެއްގެ
ޚިދުމަތުގެ މުއްދަތު މެދުކެނޑޭގޮތަށް، އަދި މުސާރަ ނުލިބޭގޮތަށް ދޫކުރާ ދޫކުރުމެއްކަން އެނގެން އޮންނަކަމާއި،
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސްޓޭޓެއްކަމަށްވާ
މަށްވާ ކެލިފޯނިއާގެ ކެލިފޯނިއާ ރޫލްސް އޮފް
ކޯޓާއަށް ބަލާއިރު، ކޮންމެ ފަނޑިޔާރަކަށްވެސް ޤާނޫނުގައިވާ ގޮތުގެ މަތިން "ސެމެޓިކަލް ލީވް" އެއް
ނެގިދާނެކަމާއި، އެފަދަ ސެބެޓިކަލް ލީވްއެއްގެ މަޤްޞަދަކީ ފަނޑިޔާރުން ތަޢުލީމް ޙާޞިލުކުރުމަށާއި،
ކިޔަވައިދިނުމަށާއި، ދިރާސާކުރުމަށާއި ނުވަތަ އެނޫނަސް ޢަދުލު އިންސާފު ޤާއިމްކޮށް ފަނޑިޔާރުން
އެބައިމީހުންގެ މަސްޢޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދޭ ކަންކަން ކުރުމަށްޓަ
މަށްޓަކައި ދޫކުރެވޭ ދޫކުރެވުމެއް
.މެއްކަމާއި،
ބުނެވުނު ފަދަ "ސެމެޓިކަލް ލީވް" އެއް ދިނުމުގެ ކުރިން، އެ ލީވްއަށް އެދޭ ފަނޑިޔާރުގެ
ކިބައިން ވަކި ޝަރުޠުތަކެއް ފުރިހަމަ ވާންޖެހޭކަން ފާހަގަކުރެވޭކަމާއި، އެގޮތުން މުސާރަ ލިބޭ "ސެބެޓިކަލް
ލީވް" އެއް ލިބޭނީ އެ ފަނޑިޔާރެއް މަދުވެގެން 7 (ހަތެއް) އަހަރު ދުވަހު ޝަރުޢީ ދާއިރާގައި
ޚިދުމަތްކޮށްފައިވާނަމަ ކަމާއި، "ސެމެޓިކަލް ލީވް" އަށް ފަނޑިޔާރު އެދުނު ތާރީޚުގެ 7 (ހަތެއް) އަހަރު ކުރިން
އެފަދަ އެހެން "ސެމެޓިކަލް ލީވް" އެއް ނަގާފައިނުވާނަމަކަމާއި، އަދި ނަގަން އުޅޭ "ސެމެޓިކަލް ލީވް"
ނެގުމަށްފަހު ޝަރުޢީ ދާއިރާއަށް މަދުވެގެން 3 (ތިނެއް) އަހަރު ދުވަހު ޚިދުމަތްކުރަން އެ ފަނޑިޔާރު
ފާހަގަކުރެވޭކަމާއި،
ފަނޑިޔާރަކަށް "ސެބެޓިކަލް ލީވް" ދިނުމަށް ކަނޑައަޅަނީ ޖުޑީޝަލް ސެމެޓިކަލް ރިވިޔު
ކޮމިޓީންކަމާއި، އަދި އެފަދަ ލީވްއަކަށް އެދި ފަނޑިޔާރެއް ހުށަހެޅުމުން، އެ ފަނޑިޔާރަކަށް ހުއްދަ ދޭނެތޯ
ކަނޑައެޅުމުގައި ލީވްއަށް އެދި ހުށަހަޅާ ފަނޑިޔާރު އެ ލީގްގެ މުއްދަތުގައި ކުރަން ގަސްތުކުރާ ކަންކަމަކީ
ކެލިފޯނިޔާގައި ޢަދުލު އިންސާފު ޤާއިމްކުރުމަށާއި ފަނޑިޔާރުގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި މަންފާކުރާނެ،
އެއްބަސްފަނަކަށް
އެރީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM/02
މިތަން އޮންނަ
ފައިދާވާނެ ކަމެއްތޯ ޖުޑީޝަލް ސެބެޓިކަލް ރިވިޔު ކޮމިޓީން ރިޢާޔަތް ކުރާކަމާއި، އަދި ބުނެވުނު "ސެމެޓިކަލް
ލީފް" ގެ ސަބަބުން ކޯޓަށް ނޭދެވޭ އަސަރުކުރާނެތޯ ރިޢާޔަތްކުރާކަމާއި،
މުސާރަލިބޭ ގޮތަށް އެންމެ ދިގު މުއްދަތެއްގެ ލީވްއަކީ 120 ކަލަންޑަރު ދުވަސްކަމަށް
ކެލިފޯނިއާ ރޫލްސް އޮފް ކޯޓްގައި ބަޔާންކޮށްފައިވާކަމާއި، މި މުއްދަތަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނުގައި ބުނާ 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށްވުރެ މާ ކުރު މުއްދަތެއްކަން ފާހަގަކުރެވޭކަމާއި، މުސާރަ
ލިބޭ ގޮތަށް ނެގޭ "ސެމެޓިކަލް ލީވް" އަށް މުސާރަ ނުލިބޭ ގޮތަށް ނެގޭ "ސެބެޓިކަލް ލީވް"
އިތުރުކުރެވިދާނެކަމާއި، އެހެންނަމަވެސް އިތުރުކުރެވޭ މުއްދަތުގައި ފަނޑިޔާރު ކުރަން ގަސްތުކުރާ
މަސައްކަތްވާންޖެހޭނީ މުސާރަލިބޭ ގޮތަށް ނެގި "ސެބެޓިކަލް ލީވް" ގައި ކުރި މަސައްކަތާއި ދާދި އެއްގޮތް
މަސައްކަތެއްކަމަށާއި، އަދި މުސާރަ ނުލިބޭގޮތަށް ނެގޭ "ސެމެޓިކަލް ލީލް" އެއް ވެސް ނެގޭނެ އެންމެ ދިގު
މުއްދަތަކީ 1 (އެކެއް) އަހަރު ދުވަސްކަން ފާހަގަކުރެވޭކަމާއި، "ސެމެޓިކަލް ލީވް" އެއް ފުރިހަމަ ކުރުމަށްފަހު
އެ ލީވްގެ ސަބަބުން ފަނޑިޔާރު އޭނާގެ މަސްޢޫލިއްޔަތުތައް އަދާކުރުމަގައްޔާއި އަދި ކެލިފޯނިޔާގައި ޢަދުލު
އިންސާފު ޤާއިމްކުރުމަށް ލިބުނު މަންފާއާއި ފައިދާ ބަޔާންކޮށް ޖުޑީޝަލް ކައުންސިލްއަށް، ފަނޑިޔާރު ލިޔުމުން
ރިޕޯޓެއް ހުށަހަޅަންޖެހޭކަން ފާހަގަކުރެވޭކަމާއި، އެލެސްކާ ފަދައިން، ކެލިފޯނިޔާގައިވެސް ފަނޑިޔާރުން
މަޤާމުގައި ދެމިތިބެނީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށްކަން ފާހަގަކުރެވޭކަމާ
އޮސްޓްރޭލިޔާގެ ކުއީންސްލެންޑްގައި ޢަމަލުކުރާ ޖަޖަސް (ޕެން ޝަންސް އެންޑް ލޯންގް ލީވް)
އެކްޓް 1957 ގެ 15 ވަނަ މާއްދާގެ ދަށުން 7 (ހަތެއް) އަހަރުދުވަހަށްވުރެ މަދު ނޫން މުއްދަތަކަށް
ޚިދުމަތްކޮށްފައިވާ ފަނޑިޔާރުންނަށް އެ ފަނޑިޔާރުން ޚިދުމަތުގައި ތިބި އެންމެ ފުރަތަމަ 7 (ހަތެއް) އަހަރަށް
6 (ހައެއް) މަސް ދުވަހުގެ "ލީވް އޮފް އެބްސެންސް"
ޤާނޫނުގެ ދަށުން ލިބިދެވޭކަމާއި، މި
ދޭހައެއް) މަސްދުވަހުގެ ލީވްއަކީ މުސާރަ ލިބޭގޮތަށް
އޮންނަ ލީވްއެއްކަމާއި އޭގެ ފަހުން ޚިދުމަތްކުރާ
ކޮންމެ
އަހަރަކަށް މަހެއްގެ 6/7 (ހަތްބައި ކުޅަ ހަބައި) މުއްދަތުގެ ލީވް ލިބޭކަން ފާހަގަކުރެވެން އޮން
އޮންނަކަމާއި،
J
އއ
އެ
6
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
29 8އވެ
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
އެހެންކަމުން، ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު،
ފަނޑިޔާރުން އެކި ކަންކަމަށް ދޫކުރާކަން އެނގޭކަމާއި، އެ ގޮތުން، މުސާރަ ލިބޭ ގޮތަށާއި މުސާރަ ނުލިބޭ
ގޮތަށް ފަނޑިޔާރުން ދޫކުރެވޭކަން އެނގޭކަމާއި، ފަނޑިޔާރަކު އިސްވެ ބުނެވުނު ގޮތަށް ދޫކުރެވެނީ ހަމައެކަނި
މަތީ ތަޢުލީމު ޙާޞިލުކުރަ އެނގޭކަމާއި، މިގޮތަށް ދޫކުރެވޭ ދޫކުރެވުންތަކުގައި ޔުނިވަރސިޓީތަކުގައި
ލެކްޗަރދިނުމާއި ދިރާސާތައްކުރުން ފަދަ ކަންކަން ހިމެނޭކަން ފާހަގަކުރެވޭކަމާއި، އަދި ފަނޑިޔާރު
ދޫކޮށްދިނުމަށް އެދި ކަމާއިބެހޭ ފަރާތަށް ހުށަހަޅާއިރު، ފަނޑިޔާރު ކުރަން ގަސްތުކުރާ ކަމަކީ އެ ޤައުމެއްގެ
ފަނޑިޔާރުންނާއިބެހޭ ކަންކަން ތަންޒީމްކުރާ ފަރާތުން ބަލައިގަންނަ ކަމަކަށް ވާންޖެހޭކަން އެނގޭކަމާއި، އަދި
އެ ފަނޑިޔާރު ވަޒީފާއަދާ ކުރާ ކޯޓަށް ލިބޭނެ މަންފާއާއި ފައިދާއަށާއި ނުވަތަ އެ ފަނޑިޔާރަކު ދިގު
މުއްދަތަކަށް ވީއްލުމުން އެ ކޯޓަކަށް ލިބިދާނެ ގެއްލުން ފަދަ ކަންކަމަށް ރިޢާޔަތްކުރެވޭކަން އެނގެން
އަންނަކަމެވެ.
ތ ދ ތ ދ ތ ދދވ
އި ނފނފ2ނ
26/
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ށ) ގައި މަތީ ތަޢުލީމު
އުނގެނުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް
ހުޅުވާލެވިފައި
ބަޔާންކުރެވިފައިވާ ހިނދު، މި ފުރުޞަތުގެ ބޭނުން ހިފަން މަގުފަހިކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ
މުއައްސަސާތަކުން ޢަމަލުކުރާ ގޮތަށް ބަލާއިރު،
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311-R/2014) ގައި،
މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ މުވައްޒަފުން ވީއްލުމުގެ ދެ ގޮތެއް އޮންނަކަން ފާހަގަކުރެވޭކަމާއި،
ފުރަތަމަ ގޮތަކީ، މުސާރަ ނުވަތަ މުސާރައާއި އެއްވަރުގެ އެލަވަންސެއް ލިބޭގޮތަށް މުވައްޒަފުން ވީއްލުންކަމާއި،
ދެވަނަ ގޮތަކީ، މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ވީއްލުންކަމާއި،
ބުނެވުނު ގަވާއިދުގެ 237 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، އޮފީހުގެ ފަރާތުން އޮފީހުގެ
ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނަކީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަމްރީނަކަށްވާނަމަ، މުސާރަ ލިބޭ ގޮތަށް ވީއްލާ މުވައްޒަފު މި މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކި ނުކުރާކަން
ފާހަގަކުރެވޭކަމާއި، 237 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފަކު އަދާކުރާ މަޤާމާއި ގުޅޭ ނުވަތަ އެ އޮފީހެއްގެ
ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނަކަށް ވާނަމަ، އެ މުވައްޒަފަކަށް މުސާރައާއި
އެއްވަރު
ޚިދ268
4 ކ އ ހ4
ލިބިދެވޭނެކަމަށާއި،
ބުނެވުނު ގަވާއިދުގެ 238 ވަނަ މާއްދާގައި މުވައްޒަފަކު އަދާކުރާ މަޤާމާއި ގުޅޭ ނުވަތަ އެ
އޮފީހެއްގެ ތަމްރީން ޕްލޭނުގައި ހިމެނިފައިވާ ތަމްރީނަކަށް އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭ ގޮތަށް
މުވައްޒަފުން ވީއްލޭނީ އެ ތަމްރީންގެ މުއްދަތަށްކަމަށާއި، އެ ޙާލަތުގައި މުވައްޒަފުގެ މަޤާމް
ރިޒަރވްކުރެވިދާނެކަމަށާއި، އަދި ދައުލަތުގެ ޚަރަދުގައި ތަމްރީން ކުރެވޭ މުވައްޒަފުން ފޮނުވެނީ އެ މުވައްޒަފުން
ތަމްރީން ކުރަން ޚަރަދުކުރި އޮފީހަށް ނުވަތަ ދިވެހި ސިވިލް ސަރވިސްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް
ވެގެންކަން އެނގޭކަމާއި،
އެއްބަސްވެޑި
ހަމަ މި ބީދައިން، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންވެސް މަތީ ތަޢުލީމު
ޙާޞިލުކުރަން މުސާރަ ނުލިބޭގޮތަށް ވީއްލޭ އުޞޫލުތައް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011
(ގަވާއިދު ނަންބަރު 18-R/2011) ގައި ބަޔާންކުރެވިފައިވާކަމާއި، އަދި އެގޮތުން އެފަދަ މުވައްޒަފެއް ވީއްލޭނެ
އެންމެ ދިގު މުއްދަތާއި، ވީއްލިފައި ހުންނަ މުއްދަތުގައި ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރެވޭނެކަމާއި އަދި
މިނޫންވެސް ޢަމަލުކުރާ އުޞޫލުތައް ލިޔެވި ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން
ދިވެހި ސިވިލް ސަރވިސްގައާއި އަދި ޝަރުޢީ ދާއިރާގައި ވަޒީފާއަދާ ކުރާ މުވައްޒަފުންނަށްވެސް
.ވައްޒަފުންނަށްވެސް ލިޔެވިފައިވާ
ވަކި އުޞޫލުތަކެއް ހުރިކަން ފާހަގަކުރެވެން އޮންނަކަމެވެ.
ހ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި
ޝަރުޢީ ދާއިރާގެ ނުވަތަ ޤާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި، ކޯޓުން ބޭރު އެއްވެސް ކަމަކަށް ފަނޑިޔާރަކު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
cu o
CU O
ދުލެއް ނުކުރެވޭނެކަމަށް އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގައި ވަޒީފާއަދާ ކުރާ ގިނަ އެހެން
ފަރާތްތަކާއި އަޅާ ބަލާއިރު، ފަނޑިޔާރެއް އެ މަޤާމުގައި ދެމިހުންނަހާ ހިނދަކު، އެހެނިހެން ތަންތަނުގައި
މަސައްކަތްކުރުން މަނާވެގެންދާކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ބެލުމުން
އެނގޭކަމާއި، އެގޮތުން ކުރު މުއްދަތުގެ މަޝްރޫޢު ފަދަ ކަންކަމަށްވެސް ފަނޑިޔާރުން ވީއްލޭނެ އެންމެ ދިގު
މުއްދަތު ބަޔާންކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައިކަމާއި، އެ
އަކުރުގައިވެސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށް ފަނޑިޔާރެއް ވީއްލެނީ ކޯޓުން ބޭރުގެ މަސައްކަތެއް
ކުރުމަށްކަމާއި، އެހެންނަމަވެސް އެ މަސައްކަތް ޤައިދުކުރެވިފައިވަނީ ހަމައެކަނި ޝަރުޢީ ދާއިރާގެ ނުވަތަ
ޤާނޫނީ ދާއިރާގެ ކަމަކަށްކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން
ބޭރުގައިކުރާ ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގެ މަސައްކަތަކަށް ފަނޑިޔާރެއް ދޫކުރުމުގައި، އެ ފަނޑިޔާރެއް
ދޫކުރެވެނީ މުސާރައިން އުނިވާގޮތަށް ޝަރުޠުކުރެވިގެން ނޫންކަން އެނގެން އޮންނަކަމާއި، އެހެންކަމުން،
މުސާރަ ލިބޭ ގޮތަށް ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާގެ ކަމަކަށް ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 6 (ހައެއް)
މަސް ދުވަސްކަމާއި،
ދުނިޔޭގެ ދީމިޤްރާޠީ ބައެއް މުޖްތަމަޢުތަކަށް ބަލާއިރު، މުސާރަ ލިބޭގޮތަށާއި މުސާރަ ނުލިބޭ
ގޮތަށް ފަނޑިޔާރުން ދޫކުރެވޭކަން އެނގޭކަމާއި، އެހެންނަމަވެސް އެގޮތަށް ދޫކުރެވޭ ދޫކުރެވުންތަކަކީވެސް
ހަމައެކަނި ފަނޑިޔާރުން މަތީ ތަޢުލީމު ޙާޞިލުކުރަން ދޫކުރެވޭ ދޫކުރެވުންތަކެއް ނޫންކަމާއި، އެހެންނަމަވެސް
ދާއިރާއަށް ފައިދާކުރަނިވި އަމިއްލަ ކުރިއެރުމަށް ކުރެވޭނެ ކަންކަން ކުރުމަށްކަން ފާހަގަކުރެވޭކަމާއި، އެގޮތުން
ޔުނިވަރސިޓީތަކުގައި ލެކްޗަރަރއެއްގެ މަޤާމުއަދާކުރުމާއި، ދިރާސާކުރުން ފަދަ ކަންކަމަށް ފަނޑިޔާރުން
ދޫކުރާކަން އެނގޭކަމާއި،
މުސާރަ ލިބޭ ގޮތަށް ފަނޑިޔާރުން ދޫކުރެވޭ ދޫކުރުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ޤާނޫނުގައިވާ
ފަދައިން، 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ފަނޑިޔާރަކު ދޫކުރުމަކީ، އޭގެ ޒާތުގައި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19
2014/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހދ8
ޤާނޫނުއަސާސީގެ
ދަޢުވާ ކުރާ ފަރާތްތަކުންވެސް މިސާލުގެ ގޮތުގައި ނަގާފައިހުރި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ
އުޞޫލުތަކާއި ޚިލާފުކަމެއް ކަމަށް ބެލެވެން ނެތްކަމާއި، އެހެންނަމަވެސް، މިސާލުގެ ގޮތުގައި ނެގިފައިހުރި
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުގައި، ފަނޑިޔާރުން
ތަމްރީންކުރުމާއިބެހޭ ފަނޑިޔާރުންނަށް ޚާއްޞަ މުއައްސަސާތައް
ޤާއިމްކުރެވިފައިވާ ފާހަގަކުރެވޭކަމާއި، އަދި
ބުނެވިދިޔަ މުއައްސަސާތަކުން ހުށަހަޅާ ތަމްރީން ތަކަކީ ހަމައެކަނި ފަނޑިޔާރުންނަށް ޚާއްޞަ ތަމްރީންތަކެއް
ކަމުގައިވާއިރު، ފާހަގަކުރެވުނު ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް ނުވަތަ އެކެޑީމިޔާގެ ރޮނގުން
ކުރިއެރުމަށް މަތީ ތަޢުލީމު އުނގަންނައިދޭ ފެންވަރު ރަނގަޅު ޔުނިވަރސިޓީތައް ޤާއިމްކުރެވިފައިވާއިރު، އަދި
މިފަދަ ތަންތަނުން އުނގެނުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބިދެވިފައިވާއިރު (މިސާލަކަށް ޑިސްޓަންސް
ލާރނިންގ ނުވަތަ ޕާރޓް ޓައިމް ކޯސްތައް) ދިވެހިރާއްޖޭގެ ޙާލަތު ތަފާތުކަން ފާހަގަކުރެވޭކަމާއި،
މީގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު
ކުދިންނަށް ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއްކަން އެނގެން އޮންނައިރު، މަތީ ތަޢުލީމު އުނގެނުމުގެ
ފުރުޞަތު އެންމެހައި ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލުމަށް ދައުލަތުގެ މައްޗަށް ލާޒިމްވާކަން، އެ އަކުރަށް
ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން، ދައުލަތުގެ ބައެއް މުއައްސަސާތަކުން ޢަމަލުކުރަމުން
ބަލާއިރު، ބުނެވިދިޔަ މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ހޯދުން މަގުފަހިކޮށްދިނުމުގެ ގޮތުން، ތަނުގައި
ވަޒީފާއަދާ ކުރާ މުވައްޒަފުން މުސާރަ ލިބޭ ގޮތަށާއި މުސާރަ ނުލިބޭ ގޮތަށް ވީއްލުމާއި ގުޅޭ އުޞޫލުތަކެއް
ޤާއިމްކުރެވިފައިވާކަން އެނގޭކަމާއި، އަދި ބުނެވުނު އުޞޫލުތައް އެގޮތަށް ހުރުމުގެ ނަތީޖާއަކީ ތަނުގެ
މުވައްޒަފުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބާރުއަޅައި، ހިތްވަރުދިނުންކަން ފާހަގަކުރެވޭކަމާއި،
އެހެންނަ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުންވެސް އަދި އެނޫން އެހެން
ޤާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުންވެސް، މަތީ ތަޢުލީމު ޙާޞިލުކުރަން އެދޭ ފަނޑިޔާރުން، ޚާއްޞަކޮށް
އަމިއްލަ ޚަރަދުގައި އެކަންކުރަން ބޭނުންވާ ފަނޑިޔާރުންނާއި މެދު ޢަމަލުކުރަންވާ ވަކި
ކަނޑައެޅިފައިނުވާކަން ފާހަގަކުރެވޭކަމާއި،
ދ ތ ދ=ދ8
ޢަމަލުކުރަމުން އަންނަގެތަށް
ހއ ޑ
cu
8 26
4 22 2x
ގެތެއެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
etc.
4
ފަނޑިޔާރުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ އެންމެ ބޮޑު ހުރަހަކީ ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބުނާ 6 (ހައެއް) މަސް ދުވަހުގެ މުއްދަތުކަމަށް
ދަޢުވާކުރާ ފަރާތްތަކުން ބުނިނަމަވެސް، މި މާއްދާއަކީ ފަނޑިޔާރުންނަށް މުސާރަލިބޭ ގޮތަށް އެފަރާތްތަކުން މަތީ
ތަޢުލީމު ޙާޞިލުކުރުމާއިބެހޭ ގޮތުން ލިޔެވިފައިވާ މާއްދާއެއްކަމަށް ބެލެވެން ނެތްކަމާއި، އަދި މި މާއްދާއަކީ
އެގޮތަށް މާނަ ކުރެވިގެންވާނެ މާއްދާއެއްކަމަށްވެސް ބެލެވިގެންނުވާނެކަމާއި، އެހެނީ، ދަޢުވާކުރާ ފަރާތްތަކުން
ފާހަގަކޮށްފައިވާ ފަދައިން، ރާއްޖެއިން ބޭރުގައި މާސްޓަރސް ކޯހެއް ހަދަންވެސް އެންމެ މަދުވެގެން 1 (އެކެއް)
އަހަރު ދުވަހުގެ މުއްދަތެއް ބޭނުންވާކަމާއި، އެ މުއްދަތަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރެއް
ވީއްލުމާއިބެހޭ ވަކި އެއްޗެއް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކުރެވިފައިނުވާ
ވާކަމާއި، އެގޮތުން، އެ
މުއްދަތުގައި ފަނޑިޔާރު ވަގުތީ ގޮތުން ވަޒީފާއިން ވަކިކުރެވޭނެތޯއާއި، މުސާރަ ނުވަތަ މުސާރައާއި އެއްވަރުގެ
އިނާޔަތެއް ލިބޭނެތޯއާއި، ކިޔަވަންދާ ފަނޑިޔާރުގެ ބަދަލުގައި އެ ފަނޑިޔާރުގެ މަސައްކަތާއި މެދު، ނުވަތަ އެ
ކޯޓުގެ މަސައްކަތާއި މެދު ދެން ޢަމަލުކުރެވޭނެގޮތާއި (މިސާލަކަށް ކިޔަވަންދާ ފަނޑިޔާރުގެ މަސައްކަތުގެ ލޯޑު
އެ ކޯޓުގައި ދެންތިބި އެހެން ފަނޑިޔާރުންގެ މެދުގައި ހަމަހަމަކޮށް ބަހާނީތޯ ނުވަތަ ވަގުތީ ގޮތުން އެހެން
ކޯޓަކުން ފަނޑިޔާރަކު ގެންނާނީތޯ)، އެއް ކޯޓުން ފަނޑިޔާރަކު ދިގު މުއްދަތަކަށް ދިޔުމުގެ ސަބަބުން އެ ކޯޓުގެ
މަސައްކަތަށް އަސަރުކުރާނެ މިންވަރެއް ބެލުމާއި، އަދި ތަޢުލީމު ޙާޞިލުކުރުމުގެ ބޭނުމުގައި ދިގު މުއްދަތަކަށް
ފަނޑިޔާރަކު ދޫކުރުމުގައި އެފަދަ ފަނޑިޔާރެއްގެ ކިބައިން ފުރިހަމަވާންޖެހޭ ޝަރުޠުތައް (މިސާލަކަށް އެ ފަރާތް
ފަނޑިޔާރުކަމަށް ޢައްޔަންކުރި ފަހުން ޚިދުމަތުގައި ހުރި މުއްދަތު، ހަދަން ބޭނުންވާ ކޯހަކީ ދާއިރާއަށް ނުވަތަ
ފަނޑިޔާރު ވަޒީފާއަދާކުރާ ކޯޓަށް ކިހާ ބޭނުންތެރި ކޯހެއްތޯ) ފަދަ އެތައް ކަންތައްތަކަކާއި ބެހޭ ގޮތުން
ކަނޑައެޅިފައި ހުންނަންޖެހޭނެކަމާއި،
ދިވެހިރާއްޖޭގެ ބައެއް އެހެން ދާއިރާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަ
ޙާޞިލުކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި މުވައްޒަފުން ދިގު މުއްދަތަކަށް ވީއް
ވީއްލޭނެ
ހުކުރެވިފައިވާއިރު، ފަނޑިޔާރުންނަށްވެސް އިތުރަށް ތަޢުލީމު ލިބުމުގެ ފުރުޞަތު ދެވޭގޮތަށް
8 އ &
ގެންeކއި
ފަރާތްތަކަށް މަތީ ތަޢުލީމު
ގޮތްތައް
ހ2 30 ޑ
އޮތުމަކީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
މުހިންމު ކަމެއްކަމުން، ފަނޑިޔާރުން އިތުރަށް ތަޢުލީމު ޙާޞިލުކުރުމާއިބެހޭ އުޞޫލުތަކެއް ޤާއިމްކުރެވުމަކީ
ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން އިތުރަށް ޔަޤީންކޮށް، ޢަދުލުގެ ނިޒާމަށް އިތުރު
ފުރިހަމަކަމާއި ޔަޤީންކަން ގެނެސްދިނުމަށްޓަކައި ކުރުން މުހިންމު ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންވެސް ޤަބޫލުކުރާކަމެ
(ރ) ހަތަރުވަނަ ކަމަކީ، ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖްތަމަޢުތަކުގައި މުސާރަލިބޭ ގޮތަށާއި
މުސާރަ ނުލިބޭ ގޮތަށް ފަނޑިޔާރުން ދޫކުރެވޭނެ އެކިއެކި މުއްދަތުތަކަށް ބަލާއިރު، އެ ޤައުމުތަކުގައި
ފަނޑިޔާރުން ދޫކުރާ ދޫކުރުން ބިނާކުރެވިފައިވަނީ އެ ފަނޑިޔާރުން މަތީ ތަޢުލީމު ޙާޞިލުކުރަންދާނެކަމަށް
ނުވަތަ އިތުރު އެކެޑެމިކް ކޮލިފިކޭޝަނެއް ހޯދަންދާނެކަމުގެ ވިސްނުމުގެ މައްޗަށް ބިނާކުރެވިގެން ނޫންކަމާއި،
އަދި މުސާރަ ލިބޭ ގޮތަށް ފަނޑިޔާރުން ދޫކުރެވެނީވެސް އެ ފަނޑިޔާރެއްގެ ކިބައިން ވަކި ޝަރުޠުތަކެއް
ފުރިހަމަވުމުންކަން އެނގޭކަމާއި، މިއާއި ޚިލާފަށް، ދިވެހިރާއްޖޭގައި ދިގު މުއްދަތަކަށް ފަނޑިޔާރަކު ދޫކުރާނަމަ
އެ މުއްދަތުގައި އެހެނިހެން ކަންކަން ކުރުމަށްވުރެ، އެ ފަނޑިޔާރަކު މަތީ ތަޢުލީމު ޙާޞިލުކުރުމުގެ އިޙްތިމާލު
ބޮޑުކަން ފާހަގަކުރެވޭކަމާއި، މި ބީދައިން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ)
ގައި ފަނޑިޔާރެއް ޤާނޫނީ ނުވަތަ ޝަރުޢީ ކަމަކަށް ދޫކުރެވިދާނެ ކަމަށް ބުނާއިރު، އެފަދައިން އެ ފަނޑިޔާރެއް
ދޫކުރެވެނީ ބެޗެލަރސް ޑިގްރީއެއް، ނުވަތަ މާސްޓަރސް ޑިގްރީއެއް ނުވަތަ ޑޮކްޓަރޭޓް ޑިގްރީއެއް އެ
ފަނޑިޔާރެއް ހޯދުމުގެ ވިސްނުމުގައި ކަމަށް ބެލެވެން ނެތްކަމާއި، އަދި 52 ވަނަ މާއްދާގެ (ށ) ގައި ބުނާ 6
ދިހައެއް) މަސްދުވަހުގެ މުއްދަތަކީ މުސާރަ ލިބޭ ގޮތަށް ދޫކުރެވޭ މުއްދަތެއް ކަމުގައިވާއިރު، އެ މުއްދަތަކީ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދީމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ގޮތާއި ޚިލާފަށް
ކަނޑައެޅިފައިވާ މުއްދަތެއްކަމުގައި ބެލެވެން ނެތަތީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ
މާއްދާގެ (ށ) ގައި ބުނާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު ތަޠުބީޤުވަނީ އެ މާއްދާގެ (ހ) ގައި ބުނާ
ފަދައިން ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގެ ކަމަކަށް ފަނޑިޔާރަކު ދޫކުރާ ޙާލަތުގައި އެކަނިކަމާއި، އަދި އެ
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
މާއްދާއަކީ ފަނޑިޔާރުން އަމިއްލައަށް ހޯދާ ދިގު މުއްދަތުގެ މަތީ ތަޢުލީމު ކޯސްތަކާއި، ނުވަތަ ފަނޑިޔާރު
ވަޒީފާއަދާކުރާ ތަނުގެ ޚަރަދުގައި ފަނޑިޔާރުން ފޮނުވޭ ދިގު މުއްދަތުގެ ކޯސްތަކަށް ފަނޑިޔާރުން ދޫކުރުމުގައި
ތަޠުބީޤުކުރެވޭނެ މާއްދާއެއް ނޫންކަމުން، އެ މާއްދާ އެހެން އޮތުމަކުން، މަތީ ތަޢުލީމު ޙާޞިލުކުރުމަށް، 6
(ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރު ދޫކުރުމަށް ހުރަސްއަޅާ ކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމާއި،
އެހެންކަމުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބުނާ 6
(ހައެއް) މަސްދުވަހުގެ މުއްދަތަކީ ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ފަނޑިޔާރުންގެ
މަތީ ތަޢުލީމު އުނގެނުމުގެ ޙައްޤަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އޮތް އަކުރެއްކަމަށާއި، ޤާނޫނުއަސާސީގެ 37
ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤަށް އެޅޭ ހުރަހެއްކަމަށާއި، އަދި
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޢަދުލުވެރި، އިންޞާފުވެރި ޝަރީޢަތްކުރެވުމުގެ ޙައްޤަށް
އުނިކަން ލިބޭފަދަ ގޮތަކަށް އޮންނަ މުއްދަތެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
ޙުކުމް.
ދެންފަހެ، ކ. މާލެ / މ.ތާޖު މަރްޔަމް ނިހާޔަތު އާއި ކ. މާލެ | މ. ކޮކާހަނދުވަރުގެ
އާއިޝާ ޝުޖޫން މުޙައްމަދު އާއި ކ.މާލެ / ހ. ސޭންޑީބީޗް ޙުޒައިފާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން،
ފަނޑިޔާރަކު ޝަރުޢީ ދާއިރާގެ ނުވަތަ ޤާނޫނީ ދާއިރާގެ ބޭނުމަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޚާއްޞަ
ހުއްދައަކާއެކު އެންމެ ދިގު މުއްދަތަކަށް ދޫކުރެވޭ ގޮތް ތަންޒީމުކުރެވިފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު (ޤާނޫނު ނަންބަރު 13/2010 އާއި އެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު
ނަންބަރު 14/2010) އާއި އެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2011)
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-DM02
އާއި އެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 9/2013) އާއި އެ ޤާނޫނަށް 4
ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2014} ހިމެނޭ ގޮތަށް) ގެ 52 ވަނަ މާއްދާގެ
(ށ) ގައި ބުނާ 6 (ހައެއް) މަސްދުވަހުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 36
ވަނަ މާއްދާގެ (ށ) ގައި މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް ޢާންމުކޮށް
ހުޅުވާލެވިފައި އޮންނަންވާނެކަމަށް އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އިން
ކަށަވަރުކޮށްދީފައިވާ ވަޒީފާގެ ކުރިއެރުން ލިބިގަތުމުގެ ޙައްޤަށާއި، އަދި ކޮންމެ ދިވެހި ފަރުދަކަށްވެސް
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ޔަޤީންކޮށްދީފައިވާ ޢަދުލުވެރި އިންޞާފުވެރި އަދި މިނިވަން ޝަރީޢަތެއް
ކުރެވުމުގެ ޙައްޤަށް، އެކަށީގެންނުވާ ފަދަ ގޮތެއްގެ މަތިން ހުރަސް އެޅޭ މުއްދަތެއް ކަމުގައި ބެލެވެން ނެތަތީ،
ފަނޑިޔާރުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި "އެ، މުއްދަތު، އެއްވެސް ޙާލަތެއްގައި، 6 (ހައެއް)
މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ" ބަޔާންކޮށް އައިސްފައިވާ ބައި ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް
ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv