ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/175 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 75/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މާނިޢު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A255679
އެޑްރެސް: ތުނޑި. ސްނޯރޯސް ލ. ގަން
މިހާރުގެ އެޑްރެސް: ތަންބީގެ| ކ. މާލެ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޖެނުއަރީ 2017
ނިމުނު ތާރީޚް: 07 ފެބުރުވަރީ 2017
0
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2017
/
114/J
/
MD-145
• އަމުރު ނެރުނު ކޯޓުކުރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ބޭނުންކުރުން ގެންގުޅުން ވިޔަފާރިކުރުން)
• އަމުރު ނެރުނު ތާރީޚް: 04 ޖެނުއަރީ 2017
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ތުނޑި. ސްނޯރޯސް ލ. ގަން މާނިހު މުޙައްމަދު އެވެ.
CCCO
ޤަޟިއްޔާއެކެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
401 ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރަކީ،
2016 ޑިސެންބަރު 25 ވަނަ ދުވަހު 20:58 ހާއިރު ބ. ތުޅާދޫ ފިފްޓީފްލާވަރ ނާއިފް ޙަސަންއާއި، ލ.ގަން
ތުނޑި. ސްނޯރޯސް، މާނިޢު މުޙައްމަދުއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި
ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، މާނިޙު މުޙައްމަދު ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީއާއި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް
ކޮށްފާނެކަމަށް ފެންނާތީ، 05 ޖެނުއަރީ 2017 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މާނިޙު
މުޙައްމަދު ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:
154689/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، މާނިޙު މުޙައްމަދުގެ
މައްޗަށް މިކަމުގައި ކުރިންވެސް ފުލުހުންނަށް ތުހުމަތުކުރެވޭކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން
އެނގޭއިރު، މާނިޙު މުޙައްމަދު ހައްޔަރުކުރި އިރު ކޯޓު އަމުރެއް ނެތުމާއި، މާނިޙު މުޙައްމަދު
ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ނުފެންނަކަމަށް ބަޔާންކުރައްވައި މާނިޙު މުޙައްމަދުގެ ބަންދުގެ
މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް 2017 ޖެނުއަރީ 04 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ
¢ ¢ ¢ a
އަމުރެއްކަން އެނގެން އޮވެއެވެ.
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
4 s
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއަމުރު
އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
• ފުރަތަމަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގައި
ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް
ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2011 ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު،
އެއުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4 2 22
CC>>
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
4 ، 330
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހ8 9
8
ކުށް
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
O CUCOPO
CCCX
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ނ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ލ.ގަން ތުނޑި. ސްނޯރޯސް، މާނިހު މުޙައްމަދުގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ 2016 ޑިސެންބަރު 25 ވަނަ ދުވަހު 20:58 ހާއިރު ބ. ތުޅާދޫ ފިފްޓީފްލާވަރ ނާއިފް
ޙަސަންއާއި، މާނަހު މުޙައްމަދުއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި
ކުރާކަމުގެ ތުހުމަތުކަމާއިގެ
މާނިޙު މުޙައްމަދު ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން
ހިނގައިދާނެކަމަށް ފެންނާތީއާއި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ކޮށްފާނެކަމަށް ފެންނާތީ، 05
ޖެނުއަރީ 2017 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މާނިޢު މުޙައްމަދު ބަންދުކޮށް ބެހެއްޓުމުގެ
މުއްދަތު އިތުރުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 154689/MF [ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން، މާނިޙު މުޙައްމަދުގެ ބަންދުގެ
މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް ކަނޑައަޅުއްވައި 2017 ޖެނުއަރީ 04 ވަނަ ދުވަހު އިސްތިއުނާފު
މިކުރެވޭ އަމުރު ކުރިމިނަލް ކޯޓުން ނެރުއްވާފައިވާކަމާއި، މާނިޙު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރުވެސް ތަޙްޤީޤު ކުރަމުންދާ މައްސަލައެއްކަން
ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް
ލިބެމުންދާ ކުށްތަކެއްކަމާ
އެކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއް
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ)
އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
01 3 0 s s
CCCX
م م ع م
|82 4 224
#
ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި ތުހުމަތުކުރެވުނު ފަރާތް
އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއް ބަންދުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މާނިޙު މުޙައްމަދު އިތުރަށް ބަންދުގައި
ހައްޓަންބޭނުންވަނީ މާނިޙު މުޙައްމަދުގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައަކީ މަސްތުވާތަކެތި
އަދި އޭގެ ވިޔަފާރި ކުރާފަރާތެއްކަމަށް ޝައްކު ކުރެވޭ މައްސަލައަކަށްވާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި
ކަމަށްޓަކައިކަން އެނގެންއޮންނައިރު، އިސްތިއުނާފު މިކުރެވޭ، ކުރިމިނަލް ކޯޓުގެ
ނަންބަރު
2017
/
114/J
/
MD-145 ކޯޓު އަމުރުގައި މާނިޙު މުޙައްމަދު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ
ނެތްކަމަށް ކަނޑައަޅައި ދޫކޮށްލާފައިވާކަން އެނގެން އޮންނަކަމާއި، މާނިޙު މުޙައްމަދު އިތުރަށް
ބަންދުގައި ބަހައްޓަން ނުޖެހޭ ސަބަބަކީ، މާނިޙު މުޙައްމަދުގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައިގެ މައުލޫމާތު
ފުލުހުންނަށް ކުރިން އެނގިހުރެމެ، މާނިޙު މުޙައްމަދު ހައްޔަރުކުރުމަށް ކުރިން ކޯޓު އަމުރެއް ހޯދާފައި ނުވާތީ،
މާނިޙު މުޙައްމަދު ހައްޔަރުކޮށްފައިވަނީ، އިޖްރާއާތާ އެއްގޮތަށްކަމަށް ނުފެންނާތީކަން، އިސްވެ އިޝާރާތް
ކުރެވުނު ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރުން އޮންނައިރު؛
ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު TD096997 [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ
ހަމަޖެ2
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް” އިން މާނިޙު މުޙައްމަދުގެ ބަންދާމެދު
ގޮތެއް ނިންމުމަށް، 2016 ޑިސެންބަރ 26 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމުން، މުޖުތަމަޢުމުގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކަނޑައަޅުއްވައި، މާނިޙު މުޙައްމަދުގެ ބަންދަށް 2016 ޑިސެންބަރު
26 ވަނަ ދުވަހުގެ 16:25 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކުރިމިނަލް ކޯޓުން
ނެރުއްވާފައިވާ ނަންބަރު 2016
/
9186/J
/
MD-145 ކޯޓު އަމުރުގެ މުއްދަތު ހަމަވާތީ، މާނިޢު މުޙައްމަދު
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީއާއި
މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ކޮށްފާނެކަމަށް ފެންނާތީ، 05 ޖެނުއަރީ 2017 ވަނަ ދުވަހުން
ފެށިގެން 15 ދުވަހުގެ މުއްދަތަށް މާނިޙު މުޙައްމަދު ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 154689/MF ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް“
އިން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމާއިގެ
މާނިޙު މުޙައްމަދު ފުލުހުން ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވުމުގެ ކުރިން މާނިޙު މުޙައްމަދުގެ
ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ގޮތް ނިންމާ 10 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު
އިތުރުކުރައްވާ ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
9186/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވާކަން
އެނގެން އޮންނަކަމާއި، އެ އަމުރު އެކޯޓުން ނެރުއްވާފައިވަނީ، މައްސަލައިގައި ތުހުމަތުކުރެވޭ މާނިޙު
މުޙައްމަދަށް ޤާނޫނުން ލިބިދީފައިވާ ޙައްޤުތަށް ފުރިހަމައަށް ލިބިދީފައިވާ މަޖިލީހެއްގައިކަން މައްސަލައިގައި
ހިމެނޭ ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
އިސްވެ އިޝާރާތްކުރެވުނު ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
9186/J
/
MD-145 ކޯޓު އަމުރު
އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނައިރު، މާނިޙު މުޙައްމަދު ބަންދުކުރިތާ 24
ގަޑިއިރު ތެރޭގައި ބަންދާމެދު ގޮތެއް ނިންމައި، ބަންދުގެ މުއްދަތު އިތުރުކޮށްފައިވުމަކީ މާނިޙު މުޙައްމަދު
ހއ 2
3
ބާންދާމެދު
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
ހައްޔަރުކުރި ކުރުމަކީ ޤާނޫނީ އިޖްރާއާތުގެ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށް ކޯޓުންނާއި މާނިޙު
މުޙައްމަދުގެ ފަރާތުން ޤަބޫލުކުރާކަމަށް ދަލާލަތުކުރާ ކަމެއްކަމާއިގެ
ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް ބައްޓަން ކުރެވިފައިވާގޮތުން، ޝަރުޢީ ކޯޓަކުން
ނިންމާ ނިންމުމެއް ބާޠިލުކުރެވޭނީ، އެނިންމުން ނިންމި މަރުޙަލާއަށްވުރެ މަތީ މަރުހަލާގެ ކޯޓަކުންކަން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އެނގެން
އޮންނަހިނދު، އިސްވެ ބަޔާންވެދިޔަ ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރުގެ
ކުރިން ހަމަ އެކޯޓުން މާނިޙު މުޙައްމަދުގެ ހައްޔަރާމެދު ގޮތެއް ކަނޑައަޅާފައިވަނިކޮށް، މާނިޙު މުޙައްމަދު
ހައްޔަރުކުރި ކުރުމަކީ، ޤާނޫނީ އިޖްރާއާތުގެ އިމުން ބޭރުން ކޮށްފައިވާ ހައްޔަރެއްކަމަށް ކަނޑައަޅައި ނިންމި
ނިންމުމަކީ، ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އިސްތިއުނާފް އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަން އެނގޭކަމާއި، އެއްމަރުޙަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ނިންމާ ނިންމުންތައް ހަމަ
އެމަރުޙަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުކުރާނަމަ، ޢަދުލު އިންސާފު ޤާއިމު ކުރުމުގައި ޝަރުޢީ ޤާނޫނީ
ގޮތުން ފުށުއެރުންތަކެއް އެކަމުގެ ސަބަބުން ނުކުމެގެންދާނެ ކަމެއްކަން އެނގެއެވެ.
(ށ) 2016 ޑިސެމްބަރު 25 ވަނަ ދުވަހު 20:58 ހާއިރު ތުޅާދޫ ފިފްޓީފްލާވަރ ނާއިފް
ޙަސަންއާއި، މާނިޢު މުޙައްމަދުއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި
ކުރާކަމަށް ތުޙުމަތު ކުރެވޭ މައްސަލައިގައި، މާނިޙު މުޙައްމަދާއި އިތުރު ބަޔަކު މަސްތުވާތަކެތީގެ
ވިޔަފާރިކުރުމަށް ފުލުހުންގެ އިންޓަލިޖެންސްއިން ދީފައިވާ މައުލޫމާތާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން
ދަނިކޮށް، މާނިޙު މުޙައްމަދާއި އިތުރު މީހަކު މާލެ އޮޕިޓަކަލްސް ކައިރިއަށް ސައިކަލެއްގައި (ރަޖިސްޓްރީ
ނަންބަރު 4165 ޕީ،އޭ.އޭ.އޯ.އެފް) އައިސް އެތަނުގައިހުރި މީހަކާއި ބައްދަލުކުރި މަންޒަރު އެތަނުގައި ތިބި
ފުލުހުންނަށް ފެނުމާއި، އަދި އޭގެ 15 މިނެޓް ފަހުން މާނިޙު މުޙައްމަދާއި އިތުރު 02 މީހުން މާލޭ
އޮޕްޓިކަލްސް ކައިރީގައި ތިއްބާ ފެނިފައިވުމާއި، އަދި އިސްވެ ބުނެވިދިޔަ ސައިކަލްގައިހުރި މީހާ ދަނިކޮށް
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/75
ޝައްކުކުه
ހުއްޓުވާ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިސް އޭނާ ދުއްވަން އިން ސައިކަލް (ރަޖިސްޓްރީ ނަންބަރު
4165 ޕީ.އޭ.އޭ.އޯ.އެފް) ބަލައި ފާސްކުރުމުގެ ތެރޭގައި ސައިކަލްގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން
މަސްތުވާތަކެތިކަމަށް ކުކުރެވޭ އެއްޗެއްހުރި ހަތަރު (04) ޖޫސްޕެޓީ ކޮތަޅު ފެނިފައިވުމާއި، މިމައްސަލައާ
ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއްގެ ވޮލެޓުން 7428 ޔޫ.އެސް ޑޮލަރު ފެނިފައިވާކަމަށް،
މިމައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި މާނިޢު މުޙައްމަދުގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު: 154689/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި ބަޔާންކޮށްފައިވާ ކަމާއި؛
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 35/HC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ކަނޑައަޅުއްވާފައިވާކަން
އެނގެން އޮންނަކަމާއިގެ
މާނިޙު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތަޙްޤީޤް ކުރަމުންދާ މައްސަލައެއްކަން، މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނަކަމާއި، މައްސަލައެއްގެ ތަޙްޤީޤު ކުރެވޭ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/75
ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހާގެ ފަރުދީ މަސްލަޙަތަށް އެކަނި ނޫންކަމާއި، ތުހުމަތުކުރެވިފައިވާ
ފަރާތުގެ ފަރުދީ މަޞްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ
ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެކަމާއިގެ
އެގޮތުން ބަލާއިރު، މާނިޙު މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 154689/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި
ބަޔާންކޮށްފައިވާ ސަބަބުތަކާއި، މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް
ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ
ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަން އެނގޭކަމާއި، އެފަދަ މީހަކު
މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރުމާއި އަދި ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން
ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޝަރީޢަތުން ދެކޭތީ، މާނިޙު މުޙައްމަދު ބަންދުގައި
ބެހެއްޓުމުގެ މުއްދަތު އިތުރުކުރުމަށް އެކަށީގެން ސަބަބުތަކެއް މައުޖޫދުވެފައިވާކަން އެނގެއެވެ.
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ ކުރިމިނަލް ކޯޓުގެ
492453
(ޖ320
އެހެންކަމުން،
ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
0
ޙުކުމް.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
114/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2017 ފެބްރުއަރީ 07 ވަނަ ދުވަހުގެ 14:05 އިން
ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ތުނޑި. ސްނޯރޯސް/ ލ. ގަން މާނިޢު މުޙައްމަދު (އައިޑީ ކާޑު
ނަންބަރު A255679) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް،
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
0
6
$:
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ