ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/220 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 220/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޙައްމަދު ޔާމީން
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 856
އައިޑީ ކާޑުނަންބަރު: A157778
، މިހާރުގެ
އެޑްރެސް:
ރަޖިސްޓްރީ ތާރީޚް: 14 ޝައްވާލު 1432
12 ސެޕްޓެމްބަރ 2011
ނިމުނު ތާރީޚް: 05 މުޙައްރަމް 1433
30 ނޮވެމްބަރ 2011
އުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/Cr-C/1631
ނިންމެވި ފަރާތް: ކްރިމިނަލް ކޯޓް
• މައްސަލައިގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
، ހުށަހެޅި ތާރީޚް: 08.11.2010
ނިމުނު ތާރީޚް: 18.05.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2011/HC-A/22{
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1631 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 856، މުޙައްމަދު ޔާމީންއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
02 2 4432
އއެ&އެކަމަށް
4 0 2
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1631 ޤަޟިއްޔާގައި
ދަފްތަރު ނަންބަރު 856، މުޙައްމަދު ޔާމީން 06 ޖޫން 2010 ދުވަހު އިންޑިއަން އެއަރލައިންގެ ނަންބަރު
IC963 ފްލައިޓުން ރާއްޖެއަށް އައުމުން، މީނާގެ ފޮށިތަންމަތި ބަލައިފާސްކުރަނިކޮށް، މީނާގެ ހޭންޑް ލަގެޖް
ތެރެއިން ސޮލީބެއް ފެނިފައިވާތީއާއި، އެސޮލީބަކީ މީނާ ކަރުގައި އެޅުމަށްޓަކައި، ގަނެގެން ގެންގުޅޭ
މީނާ ބުނާތީ، ޤާނޫނުލްޢުޤޫބާ
ނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ޔާމީންގެ
މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކުރައްވާފައިވާތީ، ކްރިމިނަލް ކޯޓުން
އްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ...ދައުލަތުން މާލެ/ދަފްތަރު ނަންބަރު 856،
މުޙައްމަދު ޔާމީންގެ މައްޗަށް ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، މުޙައްމަދު ޔާމީން، މިދައުވާއަށް އިޢުތިރާފުވެ މީނާ އިންޑިޔާގައި އުޅުނުއިރު ދިމާވި
ރައްޓެއްސެއްގެ ފަރާތުން ލިބުނު ސޮލީބެއް ރާއްޖެ ގެނައިކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީއާއި،
މީނާގެ މިޢަމަލާއި ގުޅިގެން މީނާގެ މައްޗަށް ދައުލަތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާކޮށްފައިވީހިނދު މީނާ ޚިލާފުވެފައިވާ އަމުރަކީ އެހެން ދީނެއްގެ ބަޔަކު ރަމްޒީގޮތެއްގައި ގެންގުޅޭ
ރާއްޖެ އެތެރެކުރުންކަމަށް ދައުލަތުން ދެކޭކަމަށް ދައުލަތުގެ ވަކީލާ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވީނަމަވެސް، މީނާ ރާއްޖެ ގެނެސްފައިވާ ސޮލީބުކަމަށް ބުނެ ދައުލަތުން ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާ ސޮލީބުގެ ފޮޓޯއަށް ޝަރީޢަތުން ބެލުމަށްފަހު މިސޮލީބަކީ ރަމްޒީ އެއްޗަކަށްވުރެ
އަޅުކަންކުރަން ގެންގުޅޭ ޒާތުގެ ސޮލީބެއްކަމަށް ޝަރީޢަތަށް ފެނިގެން މިދައުވާ ބަދަލުކުރުމަށް ދައުލަތުންޖޭގެ އިa
4402
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{11/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
c22
02) 52
ދެކޮޅުހަދައި، މިދަޢުވާގައި ބަޔާންކޮށްފައިވާ ސޮލީބަކީ ދައުލަތުން ރަމްޒީ އެއްޗެއްގެ ގޮތުގައި ދެކޭ
އެއްޗެއްކަމަށް ވަކާލާތުކުރުމުން ޝަރީޢަތުން މިމައްސަލާގައި ޚަބީރެއްގެ ގޮތުގައި ޏ.ފުވައްމުލައް،
މިސްކިތްމަގުމާހުގެ އައްޝައިޚް ޢަލީ ޒާހިރު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ސުވާލުކުރުމުން
ދަޢުވާގައި ބަޔާންކޮށްފައިވާ ސޮލީބުކަމަށް ބުނެ ޝަރީޢަތުން އޭނާއަށް ދެއްކި ފޮޓޯގައިވާ ސޮލީބަކީ
ކްރިސްޓިއަން ދީނުގެ މީހުން އެއަށް އަޅުކަންކޮށް އޭގެއިން ބަރަކާތް ލިބިގަންނަން ގެންގުޅޭ ބާވަތުގެ
ސޮލީބެއްކަމަށް އޭނާއަށް ފެންނަކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، ދައުލަތުން މުޙައްމަދު
ޔާމީންގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި އޭނާ ރާއްޖެ ގެނެސްފައިވާ ސޮލީބަކީ ކްރިސްޓިއަން ދީނުގެ
މީހުން އަޅުކަންކުރަން ގެންގުޅޭ ބުދެއްކަމަށް ކަނޑައަޅައި، މުޙައްމަދު ޔާމީންގެ މައްޗަށް ދައުލަތުން
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވީނަމަވެސް މިދަޢުވާއަކީ އޭނާގެ މައްޗަށް ކުރެވިގެން
ވާނޭ ދަޢުވާއެއް ނޫންކަމަށް ޝަރީޢަތަށް ފެންނާތީއާއި، މިޙާލަތުގައި މީނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ މީނާގެ މައްޗަށް ކުރެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި،
ޝަރީޢަތުން މިމައްސަލަ ނިންމިކަމުގައިވީނަމަވެސް ދައުލަތުން މީގެކުރިން ކްރިމިނަލް ކޯޓުން ނުކުރެވޭނޭ
ކަނޑައަޅައި،
ޝަރީޢަތަށް ފެންނަ ދަޢުވާ
ޑައިރެކްޓްކޮށްފައިވާ މައްސަލަތަކުގައި މިހާތަނަށް އައިއިރުވެސް އެފަދަ ފަރާތްތަކުގެ މައްޗަށް ކުރުމަށް
ޝަރީޢަތުން ޑައިރެކްޓްކޮށްފައިވާ ދަޢުވާތައް އެފަރާތްތަކުގެ މައްޗަށް ކޮށްފައިނުވާތީއާއި، އަދި ޝަރީޢަތުން
ކޮށްފައިވާ ޙުކުމާއި އެއްގޮތަށް އެބާވަތުގެ މައްސަލަތަކުގައި ދަޢުވާ އުފުލަމުން ގޮސްފައިނުވާތީ،
މުޖުތަމަޢުގެ ހަމަޖެހުމާއި މަސްލަހަތައްޓަކައި މިމައްސަލާގައި ދައުލަތުން މުޙައްމަދު ޔާމީންގެ މައްޗަށް
ކޮށްފައިވާ ދަޢުވާ ޝަރީޢަތުން ބަދަލުކޮށް އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭކަމަށް ޝަރީޢަތަށް
ފެންނާތީ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ނ) އާއި ޙަވާލާދީ އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުން މާލޭ
މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 856 މުޙައްމަދު ޔާމީން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ
މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު
ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގެ
ދަށުން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 856 މުޙައްމަދު ޔާމީން 03 (ތިނެއް) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުންކަން" އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
ހ3 / ހ 2
2 /ވ
ދިދވތކއެކަމަށް
ދ 5
4
3
2
4
2 / /ވ
އޮއިވަV ރވެނީކަމަށް
ދުއލަތަށް
2 203
c2
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{11/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
3 / 2 3
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1631ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޔާމީންގެ މައްޗަށް ދައުލަތުން އަމުރަށް
ނުކިޔަމަންތެރިވުމުގެ ދަޢުވާ ކުރެވިފައިވަނީ މުޙައްމަދު ޔާމީން 06 ޖޫން 2010 ދުވަހު އިންޑިއަން
އެއަރލައިންސްގެ ނަންބަރު IC963 ފްލައިޓުން ރާއްޖެއަށް އައުމުން މީނާގެ ފޮށިތަންމަތި ބަލައި
ފާސްކުރަނިކޮށް މީނާގެ ހޭންޑް ލަގެޖް ތެރެއިން ސޮލީބެއް ފެނިފައިވާތީއާއި، އެސޮލީބަކީ މީނާ
ކަރުގައި އެޅުމަށްޓަކައި، ގަނެގެން ގެންގުޅޭ އެއްޗެއްކަމަށް މުޙައްމަދު ޔާމީން ބުނެފައިވާތީ،
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވެފައި، މިހާދިސާ ހިނގާފައިވަނީ 06
ޖޫން 2010 ކަމަށްވެފައި، ހާދިސާ ހިނގިއިރު މުޙައްމަދު ޔާމީންގެ އުމުރަކީ 17 އަހަރާއި 9 މަހާއި
ދުވަސް ކަމަށްވެފައި މުޙައްމަދު ޔާމީންއަކީ އުމުރުން އަހަރު ނުފުރޭ
ކުޑަކުއްޖެއްކަމަށްވެފައި، މިމައްސަލައަކީ ޖުވެނައިލް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް
ކަމަށްވެފައި މިމައްސަލަ ދައުލަތުގެ ފަރާތުން ހުށަހެޅިފައިވަނީ ކްރިމިނަލް ކޯޓަށް ކަމަށްވާތީއާއި،
އެކޯޓަކީ ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކާއި ބެހޭ ޤާނޫނު) ގެ ދަށުން މިމައްސަލަ ބެލުމުގެ
އިޙްތިޞާސް ލިބިގެންވާ ކޯޓަކަށް ނުވާތީއާއި، އަދި ކްރިމިނަލް ކޯޓުން މިމައްސަލަ ނިންމަވާނީ
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙްޤީޤްކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލު
ކުރާނެ ގޮތުގެ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ބ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، މުޙައްމަދު ޔާމީންގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ
މުޙައްމަދު ޔާމީން 06 ޖޫން 2010 ދުވަހު އިންޑިއަން އެއަރލައިންސްގެ ނަންބަރު IC963
ފްލައިޓުން ރާއްޖެއަށް އައުމުން މީނާގެ ފޮށިތަންމަތި ބަލައި ފާސްކުރަނިކޮށް، މީނާގެ ހޭންޑް ލަގެޖް
ތެރެއިން ސޮލީބެއް ފެނިފައިވާތީ، އެސޮލީބަކީ ކްރިސްޓިއަން ދީނުގެ ދީނީ ރަމްޒެއްކަމަށް ބަލައި،
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
29
18
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{11/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ކަމަށްވީނަމަވެސް ދަށުކޯޓުން މިމައްސަލަ ނިންމެވިއިރު އިސްވެ ދެންނެވުނު ސޮލީބަކީ އަޅުކަން
ކުރަން ގެންގުޅޭ ބުދެއް ކަމުގައި ބައްލަވައި، ޤާނޫނު ނަންބަރު 4175 (ދިވެހިރާއްޖެ ގެނައުން
މަނާތަކެތީގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ނ) ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ނ)
ގެ ދަށުން ކަމަށްވާތީ، ދަށުކޯޓުން އެމައްސަލަ ތަކްލީފް ކުރެއްވުމުގައި ޤާނޫނުގެ ނައްޞާއި
ޤާނޫނުގެ ރޫޙާއި ޚިލާފުވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(3
މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1631 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މިމައްސަލައާއި ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
މިމައްސަލައާއި ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
.
(ހ) މުޙައްމަދު ޔާމީން (އައި.ޑީ.ކާޑު ނަންބަރު A157778) ގެ މައްޗަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ކުޅަ ދަޢުވާ ކޮށްފައިވަނީ 06 ޖޫން 2010 ދުވަހު
އިންޑިއަން އެއަރލައިންގެ ނަންބަރު IC963 ފްލައިޓުން މުޙައްމަދު ޔާމީން ރާއްޖެއަށް އައުމުން،
މުޙައްމަދު ޔާމީންގެ ހޭންޑް ލަގެޖް ތެރެއިން ސޮލީބެއް ފެނިފައިވާތީއާއި، އެސޮލީބަކީ މީނާ ކަރުގައި
އެޅުމަށްޓަކައިގަނެގެން ގެންގުޅޭ އެއްޗެއްކަމަށް މީނާ ބުނާތީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށެއްކަމާއި، އެހެންނަމަވެސް މޯލްޑިވްސް ޕޮލިސް
ސާރވިސްގެ ކާކުކަން އަންގައިދޭ ލިޔުމުގައި، މުޙައްމަދު ޔާމީން ގެ އުފަން ތާރީޚަކީ 7 އޯގަސްޓް
1992 ކަމަށް ބަޔާންކޮށްފައި އޮތުމުން، އިސްވެ އިޝާރާތްކުރެވުނު ހާދިސާ ހިނގާފައިވަނީ
މުޙައްމަދު ޔާމީންގެ އުމުރުން 17 އަހަރާއި 9 މަހާއި 20 ދުވަހުގައިކަން އެނގެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1631 ޤަޟިއްޔާ ގެ މައްސަލަ
ސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 8 ނޮވެމްބަރ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{11/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2010ގައި ކަމާއި، 21 އޮކްޓޯބަރ 2010 ގައި ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 22/2010
( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 2 ގައި ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް ކަމަށް
ބުނެފައިވަނީ ޤާނޫނުގައި ކުޑަކުދިންކަމަށް ބުނާ ކުދީންކުރާ ކުންކުނުގެ މައްސަލަތައް ފިޔަވައި،
މީހުންކުރާ ޖިނާއީ ކުށްކުށުގެ ތެރެއިން އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ
މައްސަލަތައްކަމާއި، އަދި ހަމަ އެ ޤާނޫނުގެ ޖަދުވަލު 4 ގައި ޖުވެނައިލް ކޯޓުގެ އިޚްތިޞާޞް
ކަމަށް ބަޔާންކުރެވިފައިވަނީ، އެހެން ޤާނޫނަކުން ޖުވެނައިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި
ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތަކުގެ އިތުރަށް، ޤާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން
ކުރާ ކުށްކުށުގެ މައްސަލަތަކާއި، ކުށްކުށުގެ ތުޙުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދު މުއްދަތު
އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައްކަމަށް ބަޔާންވެފައި އޮތުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr-C/1631 ޤަޟިއްޔާގައި މުޙައްމަދު ޔާމީންގެ މައްޗަށް ދަޢުވާކުރެވޭ
ކުށުގެ ޢަމަލު ހިނގިއިރު، މުޙައްމަދު ޔާމީންއަކީ ޤާނޫނު ނަންބަރު 6/2008 (ޢާންމު
ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ،
ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ 2 ވަނަ މާއްދާގެ
ދަށުން، މީލާދީ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްކަމަށްވުމުން، މުޙައްމަދު ޔާމީންގެ
މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލާފައިވާ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ކްރިމިނަލް
ކޯޓަށް ލިބިގެންނުވާކަން އެނގެއެވެ.
(ނ) އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްޗަށް އުފުލޭ ދަޢުވާތައް ބެލުމަށް ކުޑަ
ކުދިންނަށް ޚާއްސަ ވަކި ކޯޓެއް ޤާއިމު ކުރުމުގެ މަޤްސަދަކީ، ބޮޑެތި މީހުންނާ ޚިލާފަށް، ކުޑަ
ކުދިންގެ މައްސަލަތަކުގައި ޢަމަލު ކުރުމުގައި ޚާއްސަ އުސޫލުތަކެއް ބަހައްޓައި އެ އުސޫލުތަކުގެ
ދަށުން އެފަދަ ކުދިންނަށް ލިބިދެވޭ ހައްޤުތައް ކަށަވަރުކޮށްދިނުންކަމާއި، މިގޮތުން، ބޮޑެތި
މީހުންނާއި ކުޑަ ކުދިން ކުރާ އެއްކަހަލަ ކުށް ތަކުގައި ކުޑަ ކުދިންނަށް ލިބޭ އަދަބުވެސް ބޮޑެތި
މީހުންނަށް ލިބޭ އަދަބަށްވުރެ ލުއިވުންފަދަ ޚާއްސަ އުސޫލުތައް ކުޑަ ކުދިންނަށް ލިބިދިނުންކަމަށްވީ
4
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{11/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ހިނދު، މުޙައްމަދު ޔާމީ
ފުމީން ކުޅަ ޢަމަލު ކުރިއިރު އޭނާގެ އުމުރުން އޭރުވީ 17 އަހަރާއި 9 މަހާއި
29 ދުވަސްކަމާއި، މުޙައްމަދު ޔާމީންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ
ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށްކަމަށް ވުމުން، މުޙައްމަދު ޔާމީންއަށް ޤާނޫނު ނަންބަރު 6/2008
(ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ،
ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން ލިބިދޭ
ހައްޤުތަކަށް އުނިކަމެއް އަންނަކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް މުޙައްމަދު
ޔާމީންގެ މައްޗަށް ކުރެއްވި ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އޮޅުމަކުންކަމަށް އެ އޮފީހުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވުމުންނާއި، އަދި ކްރިމިނަލް ކޯޓުންވެސް މައްސަލައިގައި ދަޢުވާ
ރައްދުވި މުޙައްމަދު ޔާމީންގެ އުމުރު ރަނގަޅަށް ނުބެއްލެވި މައްސަލަ ނިންމަވާފައިވާތީ، ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/Cr
-
C/1631 ޤަޟިއްޔާ ނިންމަވާފައިވަނީ މިފަދަ މައްސަލަތަކުގައި
ޢަމަލުކުރަންޖެހޭ އިޖުރާޢަތާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
(ހ) މި މައްސަލައިގެ އިސްތިއުނާފަށް އެދޭ ފޯމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން
އެދޭގޮތްކަމަށް ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1631 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައިދިނުންކަމާއި، އަދި މި ޤަޟިއްޔާއާ ގުޅިގެން
އިސްތިއުނާފު ކުރި ދެވަނަ ނުކުތާއަކީ މަޢުޟޫއީ ގޮތުން ބަލަން ޖެހޭ ނުކުތާއަކަށްވީ ހިނދު،
އިސްވެ ބަޔާން ކުރެވުނު ޤަޟިއްޔާގެ ޙުކުމަށް ވާސިލުވެވިފައިވަނީ މިފަދަ މައްސަލަތަކުގައި
ޢަމަލުކުރަންޖެހޭ އިޖުރާޢަތާ ޚިލާފަށްކަމަށްވެފައި، އަދި މިކަމުގެ ސަބަބުން މުޙައްމަދު ޔާމީންގެ
ޙައްޤަށް އުނިކަމެއް އަންނަކަމަށް މައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީ، މި
މައްސަލައިގައި އިސްތިއުނާފުކުރާ މަރުހަލާގައި ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ ޚިލާފަށް
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާ މަޢުޟޫއީގޮތުން ބަލަންޖެހޭ ނުކުތާތައް އިސްތިއުނާފް މަރުހަލާގައި
އެ މައްސަލައިގައި އިޖުރާއީގޮތުން ސައްޙަ، ފައިސަލާކުރަނިވި
ފައިސަލާކުރަނިވި ޙުކުމަކަށް
ށްފަހުކަން މި މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
2+
ލޭނީ،
އައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2011/HC-A/22{
0.7
ނުވެވެ
.ރަމުއެވެ
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާތައް އެގޮތުގެ
ގޮތުގެ މަތިން ހުރު
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1631 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި ދަފްތަރު ނަންބަރު
856، މުޙައްމަދު ޔާމީންގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ އެ ކޯޓަށް އެ މައްސަލަ ބެއްލެވުމުގެ
އިޚްތިޞާޞްނެތި ކުރައްވާފައިވާ ޙުކުމަކަށްވާތީ، އެޙުކުމަކީ އިޖްރާޢީ ގޮތުން ސައްޙަނޫން ޙުކުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1631 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން މުޙައްމަދު ޔާމީންގެ މައްޗަށް ކުޅަ ދަޢުވާ ކަމާއިބެހޭ ކޯޓަށް އަލުން ހުށަހަޅައިގެން ކުރިއަށް
ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މިގޮތުގެ މަތިން މިޤަޟިއްޔާ ނިންމީއެވެ.
ހައިކޯ2
t
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv