ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 213/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު ސަޢީދު އިސްމާޢީލް
ކާޑު ނަންބަރ: A131003
ދާއިމީ އެޑްރެސް: މމޅި ދަފްތަރު ނަންބަރު 739
މިހާރުގެ އެޑްރެސް: މ.ގެދަމާލެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
ކާޑުނަންބަރު
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައ
. ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޝަޢުބާން 1434
ނިމުނު ތާރީޚް: 26 ޝައްވާލް 1434
02 ސެޕްޓެމްބަރު 2013
25 ޖޫން 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv
-
C/801
ނިންމެވިކާޓް: ސިވިލް ކޯޓް
މައްސަލައިގެ ބާވަތް: މަދަނީ މައްސަލަ
ހުށަހެޅި ތާރީޚް: 2012-05-07 ނިމުނު ތާރީޚް: 2017-02-03
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުއައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
2
]
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 31,474
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/801 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމެވުން އިސްތިއުނާފު ކޮށްދިނުން އެދި މާލޭ މުނިސިޕަލްޓީ
ޚާއްޞަ ދަފްތަރު ނަންބަރު 739| މުޙައްމަދު ސަޢީދު އިސްމާޢީލް (ދރ.ކާޑް ނަންބަރު:A131003) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ce O
01
ރެވުނު ނުކުތާތައް:
މިއީ، ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/801 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމެވުން އިސްތިއުނާފު ކޮށްދިނުން އެދި މުޙައްމަދު
ސަޢީދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި
ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
02- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/801 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 04 ސެޕްޓެމްބަރ 2008 ދުވަހު ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް އުފެދުމާއި ގުޅިގެން 08 ސެޕްޓޭމްބަރ 2008 ދުވަހު މުޙައްމަދު ސަޢީދު އިސްމާޢީލް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށް، 01 ނޮވެމްބަރ 2008 ދުވަހުން ފެށިގެން މުޙައްމަދު ސަޢީދު
އިސްމާޢީލް ސީނިއަރ ކޭސްވޯކަރ ގްރޭޑް 2 ގެ ވަޒީފާއަށް ބަދަލުކޮށް ކުރިން ދެމުން ދިޔަ އެލަވަންސްތަކެއް
މުޙައްމަދު ސަޢީދު އިސްމާޢީލް އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފައިނުވާކަމަށް ބުނެ އެފައިސާ
ހޯދައި ދިނުން އެދިގެންނާއި، މުޙައްމަދު ސަޢީދު އިސްމާޢީލް އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހަށް ބަދަލުވިއިރު ހުރި ވަޒީފާ ކަމުގައިވާ އެސިސްޓެންޓް ޑިރެކްޓަރގެ ވަޒީފާ ދިނުމަށް ކޯޓުން
އަމުރު ކޮށްދިނުމަށް އެދި މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް
ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާ އެއްކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން b29/3325/ފެށް3316 *
އީމެއިލް [email protected] ވެބް ސައިޓް whico
/
gov.mv
3
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ ދަފްތަރު ނަންބަރު 739
މުޙައްމަދު ސަޢީދު އިސްމާޢީލް (އައިޑީ ކާޑް ނަންބަރު A131003 ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
މައްޗަށް ކޮށްފައިވާ މިދައުވާ ޝަރީއަތުން ބެލިއިރު މުޙައްމަދު ސައިދު އިސްމާޢީލް އެޓަރނީ ޖެނެރަލްގެ
އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 04 ސެޕްޓެމްބަރ 2008 ދުވަހު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުމާ ގުޅިގެން 08 ސެޕްޓޭމްބަރ 2008 ދުވަހު މުޙައްމަދު ސަޢީދު
އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށް، 01 ނޮވެމް 2008 ދުވަހުން ފެށިގެން
މުޙައްމދު ސަޢީދު އިސްމާޢީލް ސީނިއަރ ކޭސްވޯކަރ ގްރޭޑް 2 : ވަޒީފާއަށް ބަދަލުކޮށް ކުރިން ދެމުން ދިޔަ
އެލަވަންސްތަކެއް މުޙައްމަދު ސަޢީދު އިސްމާޢީލް އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިފައި
ނުވާކަމަށްބުނެ އެފައިސާ ހޯދައި ދިނުމަށާއި، މުހައްމަދު ސަޢީދު އިސްމާޢީލް އެޓާރނީ ޖެނެރަލްގެ އޮފީހުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވި އިރު ހުރި ވަޒީފާ ކަމުގައިވާ އެސިސްޓެންޓް ޑިރެކްޓަރގެ ވަޒީފާ
ދިނުމަށް ކޯޓުން އަމުރު ކޮށްދިނުމަށް މިދައުވާގައި މުޙައްމަދު ސަޢީދު އިސްމާޢީލް އެދިފައިވާއިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ އަލަށް އުފެއްދި އޮފީހެއް ކަމަށާއި، އެއޮފީހުގެ ވަޒީފާގެ އޮނިގަނޑު
އެކުލަވާލެވުނު އިރު އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ހިމެނިފައިނުވާ ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ދަށްކޮށްފައިނުވާނެ ކަމަށާއި މުސާރައާއި އިނާޔަތުގެ ގޮތުން
މުހައްމަދު ސަޢީދު އިސްމާޢީލް އަށް ދޭންޖެހި ނުދީ އެއްވެސް މިންވަރެއް ނޯންނާނެ ކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވުމާއި، 08 ސެޕްޓެމްބަރ 2008 ދުވަހު މުޙައްމަދު ސަޢީދު އިސްމާއިލް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވީފަހުން އެއަހަރުގެ ސެޕްޓެމްބަރ މަހާއި، އޮކްޓޯބަރ މަހު ދަޢުވާގައި
ބުނެފައިވާ އެލަވަންސްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢީލްއަށް ދީފައިވާކަން
މުޙައްމަދު އިސްމާޢިލްގެ ބަހުން އެނގެން އޮތުމާއި، 01 ނޮވެމްބަރ 2008 ދުވަހުން ފެށިގެން މުޙައްމަދު
ސަޢީދު އިސްމާޢީލް އަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދެމުން އަންނަނީ ފަހުން މިބުނި ތާރީޚުގައި
ދެފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުންކަން ދެފަރާތުގެ ވަހުން ފެނިގެން އޮތުމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 167
އީމެއިލް [email protected] ވެބް ސައިޓް www.ghcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/213
އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު މުޙައްމަދު ސަޢީދު އިސްމާޢީލް އެ އެއްބަސްވުމުގައި ސޮއިކުރީ އަމިއްލަ
އިޚްތިޔާރުގައިކަމަށް ބަލަންޖެހޭތީއާއި، މި ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން މުޙައްމަދު ސަޢީދު އިސްމާޢީލްއަށް
ލިބެންޖެހޭ މުސާރައާއި، ޢިނާޔަތްތައް އެއްބަސްވުމާއި، އެއްގޮތަށް ލިބެމުން އަންނަކަން ދެފަރާތުގެ ބަހުން
މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢިލްއަށް
މިހާތަނަށް ދޭންޖެހި ނުދީ އެއްވެސް މިންވަރެއް އޮތްކަން ސާބިތުނުވާ ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ އޮނިގަނޑުގައި ހިމެނިފައިނުވާ މަޤާމެއް މުޙައްމަދު ސަޢީދު އިސްމާޢީލްއަށް ދިނުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.، މިފަދައިން ބަޔާން
ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/801
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން މުޙައްމަދު ސަޢީދު އިސްމާޢީލް ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން،
އަންނަނިވި ނުކުތާތައް ފާހަގަކޮށް
މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
އެނުކުތާތަކާއި
(ހ) ފުރަތަމަ ނުކުތާއަކީ : މުޙައްމަދު ސަޢީދު އިސްމާޢިލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
މައްޗަށް ހުށަހެޅި ދަޢުވާ ސިވިލް ކޯޓުން ބައްލަވައި އެކޯޓުން (ޝަރީޢަތުން) ފާހަގަކުރައްވާފައިވާ ނުކުތާތަކާއި،
ކުރެއްވެވި ޙުކުމް ދަޢުވާގެ ޚުލާޞާއާއި، ދަޢުވާ ބިނާކޮށްފައިވާ ކަންތަކުގެ (ވަޒީފާގެ މަޤާމް ބަދަލުކުރުމާއި،
ލިބެމުންއައި އެލަވަންސް ކަނޑާލިކަން ނައަންގާ ނުދީ ހިފެހެއްޓުމާއި ވަޒީފާދަށްކުރުމުގެ) މައްޗަށް ރިޢާޔަތް
ކުރައްވައި، ދެފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބައްލަވައިގެން ޙުކުމް ކުރައްވާފައިނުވާކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: މުޙައްމަދު ސަޢީދު އިސްމާޢިލް ގެ ވަޒީފާ ދަށްކޮށް މުސާރަ ކުޑަކޮށް
ލިބެމުންއައި އެލަވަންސް ނުދީ ހިފަހައްޓާފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނާއި ހިލަމެއްނުވާގޮތުގެ މަތީން،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް *33647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެ
ދިވެހިރާއްޖެ
5
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވުމެއްކަމަށް
4 2 2 7 2
0އ
މުވައްޒަފަށް (އަޅުގަނޑަށް) ގެއްލުމެއް ނުލިބޭނޭހެން ތަފާތުކުރުމެއްނެތި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީންކަން
ސާބިތުކޮށް ދިނުމަކީ އެކަންކުރި ފަރާތުން (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން } ކުރައްވަންޖެހޭ
ކަމަކަށްވެފައި އޮތް ހިނދުން، މިއިން އެއްވެސް ކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރެއްވި ގޮތަކާއި
އެއޮފީހުން އެކަން ކުރައްވަންޖެހުނު ސަބަބު ސާފުކުރުމަށް ޝަރީޢަތުގެ ފަރާތުން ސުވާލެއް ކުރެއްވުމެއްނެތި
އަދި ވަޒީފާގެ އެއްބަސްވުމުގައި ދަޢުވާކުރާ ފަރާތުން ސޮއިކުރި ހާލަތު ދެނެގަތުމުގެ ގޮތުން ވެސް ޝަރީއަތުގެ
ފަރާތުން ސުވާލުކުރެއްވުނަކާއި ނުލައި، ވަޒީފާގެ
ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުމުގެ
މައްޗަށް ރިޢާޔަތް ކުރައްވައި ޙުކުމް ކުރައްވާފައިވާވުން ކަމަށްބުނެ ހުށަހެޅި
04- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓު ގެ ނަންބަރު 2012/Cv-C/801 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ މުޙައްމަދު ސަޢީދު
އިސްމާޢީލް އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މުޙައްމަދު ސަޢީދު އިސްމާޢީލަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އުފެއްދުމުގެ ކުރިން އެޓަރނީޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގައި މަސައްކަތް ކުރަމުން
އައިސްފައިވާ މުވައްޒަފެއްކަމާއި، ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދި
08 ސެޕްޓެމްބަރ 2008 ގައި މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ބަދަލުކުރެވުނު ކަމާއި، އަދި އެބަދަލާއި ގުޅިގެން އެ އޮފީހުގައި ހަމަޖައްސަންޖެހޭ އަސާސީ އެންމެހައި
ކަންތައްތައް ހަމަޖެހެންދެން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށާއި އޮކްޓޯބަރ މަހަށް މުޙައްމަދު ސަޢީދު
އިސްމާޢީލަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ދީފައިވަނީ ކުރިން އެޓަރނީޖެނެރަލްގެ އޮފީހުގައި މުޙައްމަދު
ސަޢީދަށް ދެމުން އައިސްފައިވާ މުސާރައާއި އެލަވަންސްކަމާއި، އަލަށް އުފެއްދެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ އިދާރީ މުހިންމު ކަންތައްތައް ހަމަޖެއްސުމަށްފަހު 01 ނޮވެމްބަރ 2008 ގައި މުޙައްމަދު ސަޢީދު
އިސްމާޢީލު އާއެކު ވަޒީފާގެ އައު އެއްބަސްވުމެއް ހެދި އެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރެވިފައިވާކަމާއި،
އަދި އޭގެ ފަހުން އެއްބަސްވުމުގެ ދަށުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެންޖެހޭ އެންމެޑަ މުސާރައާއި
އޭގެ
OcOcc
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 1341471
އީމެއިލް [email protected] ވެބް ސައިޓް: 1www.highcourt.gov.mv
6
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
e c
2
2
4 އދ
72120/
އެލަވަންސްތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ލިބިދީފައިވާކަން ސާފުކޮށް އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) ދެވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/801 ޤަޟިއްޔާގައި މުޙައްމަދު
ސަޢީދު އިސްމާޢީލް ކުޅަ ދަޢުވާއަކީ، އެޓަރނީޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމްގައި އޭނާ
ހުއްޓާ، 04 ސެޕްޓެމްބަރ 2008 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެއްދުމާއި ގުޅިގެން
08 ސެޕްޓެމްބަރ 2008 ގައި އޭނާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށްފައިވާކަމަށާއި، އަދި
01 ނޮވެމްބަރ 2008 އިން ފެށިގެން މުޙައްމަދު ސަޢީދު އިސްމާޢީލް ގެ މަޤާމަކީ ސީނިއަރ ކޭސްވާރކަރ
ގްރޭޑް 2 ކަމުގައި ހަމަޖައްސާފައިވާކަމާއި، އަދި އެބަދަލުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ކުރިންހުރި
މަޤާމް ދައްވުމާއި، ކުރިން ލިބެމުން އައި އެލަވަންސް ކަނޑާލިކަން ނައަންގާ އެ އެލަވަންސް ނުދީ
ޓެވުންކަމަށް މުޙައްމަދު ސަޢީދު އިސްމާޢީލުގެ ދަޢުވާގައި ބަޔާންކޮށްފައިވާއިރު، އެ ދަޢުވާކުރަން ޖެހުނު
ސަބަބު ކަމުގައި ދެ ސަބަބެއް މުޙައްމަދު ސަޢީދު އިސްމާޢީލު ބަޔާންކޮށްފައިވާކަމާއިގެ
އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ؛ 1994 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލް
އޮފީހުގައި މާލޭގައި ތިއްބަވައިގެން ޤާނޫނީ މަސައްކަތްކުރައްވާ ބޭފުޅުންނަށް ދެއްވަން ރައީސުލްޖުމްހޫރިއްޔާ
ކަނޑައެޅުއްވި ޤާނޫނީ އެލަވަންސް ކިޔާ އެލަވަންސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެމުން
ނުގެންދިއުމާއި، އެޓަރނީ ޖެނެރަލް އޮފީހުގައި އޭނާ އުޅުނު އެސިސްޓަންޓް ޑިރެކްޓަރ ގެ މަޤާމު އޭނާއަށް
ހަމަޖައްސާފައިނުވުންކަމާއި،
ދެވަނަ ސަބަބަކީ: އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވެ،
މުސާރައާއި އެލަވަންސްތައް ހަމަޖެއްސެވުމަށްފަހު މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސެވިއިރު، އޭނާއަށް
ލިބިފައިވަނީ %103 އިން ސައްތައިގެ ކުރިއެރުމެއްކަމުގައިވާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލަށް ވުރެ
އެޓަރނީ ޖެނެރަލް އޮފީހުގައި ދަށް މަޤާމުތަކުގައި އުޅެމުން އައިސްފައިވާ ބައެއް މުވައްޒަފުންނަށް %199.55
އިން ސައްތައިގެ ކުރިއެރުމެއް ލިބިގެން ގޮސްފައިވާތީ، އެއީ މުޙައްމަދު ސަޢީދު އިސްމާޢީލުގެ ވަޒީފާ ދައްކުރުން
ކަމުގައި
ބީނާއަށް ޤަބޫލުކުރެވުން ކަމެވެ.
(ނ) ތިންވަނަ ކަމަކީ އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ގެ ނަންބަރު 2012/Cv-C/801
ޤަޟިއްޔާ އާއި ގުޅިގެން ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެފަރާތުއްދައްކާޑާއީ ވާހަކައަށާއި
ce O
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 1647
އީމެއިލް [email protected] ވެބް ސައިޓް: ww.Mghcourt.gov.mv
ލޯވ
1
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22 ހދ8
ސްކީމަށް
ހުށަހަޅާފައިވާ ލިޔުންތަކަށްބަލާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ބަދަލުވެފައިވަނީ، އަދި އޭގެ ފަހުން 01 ނޮވެމްބަރ 2008 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު
05 އަހަރު ދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޭނާގެ ރުހުމާއި އެކުގައި
ބަލަންޖެހޭ ސަބަބެއް ފެންނަން ނެތްކަމާއި، އެޓަރނީޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ބަދަލުވެ، އެ އޮފީހުގެ މަސައްކަތްތައް ހަމައަކަށް އެޅި ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވުމާއި ހަމައަށް
ކުރިން އެޓަރނީޖެނެރަލްގެ އޮފީހުގައި އުޅުނުއިރު ދެމުން އައިސްފައިވާ މުސާރައާއި އެލަންވަންސް މުޙައްމަދު
ސަޢީދު އިސްމާޢީލަށް ލިބިދީފައިވާކަމަށް އޭން އެއްބަސްވެފައިވާކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި
އެކު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަށް މުޙައްމަދު ސަޢީދު އިސްމާޢީލަށް އެންމެހައި މުސާރައާއި
އެލަވަންސް ވެސް ލިބިފައިވާކަމަށް އޭނާ އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ސަޢީދު އިސްމާޢީލުގެ ދަޢުވާއިން އޭނާ ޙާޞިލްކުރަން ބޭނުންވާ އެއްކަމަކީ އޭނާ
އެޓަރނީ ޖެނެރަލް އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވިއިރު ހުރި މަޤާމުގެ ނަމާއި އޭރު
ޤާނޫނީ އެލަވަންސްގެ ނަމުގައި ދެމުން ގެންދިޔަ އެލަވަންސް ހަމަ އެނަމުގައި ލިބެމުން ދިޔުންކަމުގައި އެނގެން
އޮންނައިރު، އޮފީސްތަކުގެ ނަންތަކާއި މަޤާމުތަކުގެ ނަންތަކާއި އެލަވަންސްތަކުގެ ނަންތަކަކީ، ޒަމާނަށް އަންނަ
ބަދަލުތަކާއެކު އެތަނަކުން ކުރަންޖެހޭ މަސައްކަތުގެ ޠަބީޢަތާއި ގުޅިގެން ބަދަލުވަމުން އަންނަ ކަންތައްތަކެއް
ކަމާއި، އޮފީހެއް އަލަށް އުފެދި އެއް އޮފީހުގެ މުވައްޒަފުން އަނެއް އޮފީހަށް ނުވަތަ އެއްމަޤާމުން އަނެއް
މަޤާމަށް ބަދަލުވަމުންދާއިރު އެންމެ މުހިންމު ކަމެއް ދޭންޖެހޭ އެއްކަމަކީ، އެ މުވައްޒަފަކަށް ލިބޭ މާލީ
ޢިނާޔަތްތަކަށް އުނިކަމެއް ނުލިބޭގޮތަށް އަދި އެ މުވައްޒަފަކާ ގުޅޭ މަސައްކަތެއް ކުރަންޖެހޭ މަޤާމެއް އެ
މުވައްޒަފަކަށް ހަމަޖައްސައިދެވޭތޯ ބެލުންކަމާއި، އެޓަރނީ ޖެނެރަލް އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް މުޙައްމަދު ސަޢީދު އިސްމާޢީލު ބަދަލުވުމާއި ގުޅިގެން އޭނާއާ މެދު ޢަމަލުކުރެވިފައިވަނީ އެއާއި
ޚިލާފަށް
މިފަށްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް އިސްވެ
ބަޔާންކުރެވުނު ކަންތައްތަކުން ފާހަގަކުރެވިފައި ނުވާކަމާއި،
މުޙައްމަދު ސަޢީދު އިސްމާޢީލުގެ ދަޢުވާ ބިނާކޮށްފައިވާ ދެވަނަ ކަމަކީ މުޙައްމަދު ސަޢީދު
އިސްމާޢީލާއި ސީދާ ގުޅުންހުރި ކަމެއްކަމަށް ޝަރީޢަތަށް ނުފެންނަކަމާއި، އެހެނީ އެއް އޮފީހެއްގައި އެއް
އިރެއްގައި ތިމާއަށްވުރެ ދަށް މަޤާމެއްގައިހުރި މުވައްޒަފަކު އެމީހަކަށް ލިބިފައިވާ ތަޢުލީމާއި ތަޖްރިބާގެ ބޭނުން
ހިފުމުގައި އަނެއް އޮފީހަކަށް ނުވަތަ އެ އޮފީހެއްގައިވެސް ފަހުގެ ޒަމާނެއްގައި މާބޭނުންޖީޑީ.ވެދާ
etc ou
މާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3/3471
1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަނުގައި ކުރަންޖެހޭ މަސައްކަތާއި މުވައްޒަފުންގެ ފެންވަރާ ހުރިގުޅުމަކީ ކޮބައިކަން ދެނެގަތުމުގެ މަސްއޫލިއްޔަތު
އެޅިފައިވަނީ އެ އޮފީހެއްގެ ކަމާބެހޭ ވެރިންގެ ބޮލުގައިކަމާއި، އެ އޮފީހެއް ހިންގުމުގައި އެންމެ އެކަށީގެންވާގޮތް
ކަނޑައަޅާނީ އެތަނެއްގެ އެންމެ އިސްވެރިންކަމާއި، މިފަދައިން ގެންނަ ބަދަލުތަކުގައި އެކި މުވައްޒަފުންނަށް
އެކިވަރަށް ކުރިއެރުން ލިބިފައިވުމަކީ އެތަނެއްގައި ކުރަންޖެހޭ މަސައްކަތުގެ ބާވަތުންނާއި މުވައްޒަފަށް ލިބިފައިވާ
ތަޢުލީމާ ތަޖްރިބާއާއި ޤާބިލް ކަމުގެ މައްޗަށް ބިނާކުރާއިރު، އެކަށީގެންވާ ހަމައެއް ނޫންކަމަށް ބެލެވެންޖެހޭ
ސަބަބެއްކަމުގައި ފާހަގަ ނުކުރެވޭކަމާއި،
މުޙައްމަދު ސަޢީދު އިސްމާޢީލުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ އަލީގައި ހައިކޯޓުން ބެލިބެލުމުން އެޓަރނީޖެނެރަލްގެ އޮފީހުގައި މުޙައްމަދު ސަޢީދު އިސްމާޢީލް
މަސައްކަތް ކޮށްފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައި ކަމާއި އޭރު އޭނާއަށް ލިބެމުން ދިޔަ
އަސާސީ މުސާރައަކީ -/41565ރ. (ހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) ކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވުމާއެކު އޭނާއަށް އަސާސީ
މުސާރައިގެ ގޮތުގައި -/910ރ.(ނުވަހާސް ތިންސަތޭކަ ދިހަ ރުފިޔާ)، އަދި ފަންނީ އެލަވަންސްގެ ގޮތުގައި
މުސާރައިގެ %20 އިންސައްތަ، އަދި ލީގަލް ސަޕޯރޓް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %10
އިންސައްތަ ދެމުން ގެންގޮސްފައިވާކަމާއި، އަދި އޭގެ ފަހުންވެސް އޭނާއަށް މުސާރައިގެ ކުރިއެރުން ލިބެމުން
އައިސްފައިވާކަމާއި، އެގޮތުން މިހިނގާ 2015 ވަނަ އަހަރު ޖުލައި މަހުގެ މުސާރަ ސްލިޕަށް ބަލާއިރު،
މުސާރައިގެ ގޮތުގައި -/
9910ރ. (ނުވަހާސް ނުވަސަތޭކަ ދިހަ ރުފިޔާ)، އަދި ލިވިން އެލަވަންސްގެ ގޮތުގައި
-/2500ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ، ފޯނު އެލަވަންސްގެ ގޮތުގައި -/150ރ. (ސަތޭކަ ފަންސާސް
ރުފިޔާ)، އަދި ފަންނީ އެލަވަންސްގެ ގޮތުގައި -/1982ރ. (އެއްހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ)، އަދި
މީގެ އިތުރުން ލީގަލް ސަޕޯޓް އެލަވަންސް ގެ ގޮތުގައި -9911ރ. (ނުވަސަތޭކަ ނުވަދިހަ އެއް ރުފިޔާ)
ދީފައިވާކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، ސިވިލް ކޯޓު ގެ
ނަންބަރު 2012/Cv-C/801 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް މުޙައްމަދު ސަޢީދު
އިސްމާޢީލް ހުށަހަޅުއްވާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް
ގެންނަންޖެހޭނެ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުޖެނުޔަށް
cucoc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 36471
އީމެއިލް [email protected] ވެބް ސައިޓް ww.highcourt.gov.mv
9
2013/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓު ގެ ނަންބަރު 2012/Cv-C/801 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް
ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް
ނެތްކަމަށްޓަކައި އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv