ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/36 ޤަޟިއްޔާގެ ޙުކުމް
1
215/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بماندا نوسراسیم
20
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4. 9
0
ޤަޟިއްޔާ ނަންބަރު:36/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް : ރަޖިސްޓްރޭޝަން ކާޑުނަންބަރު: 0462
/
2012-C
ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ | މާލެ
މިހާރުގެ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ | މާލެ
:
OcOOX
0
OcOOX
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޝިނާން މުޙައްމަދު
ދާއިމީ އެޑްރެސް: ހ.މުށިމަސް | މާލެ
އައި.ޑީ ކާރޑް ނަންބަރ: A332664
މިހާރުގެ އެޑްރެސް: ގަހާކޯޅި | ގދ. ރަތަފަންދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޖަނަވަރީ 2015
ނިމުނު ތާރީޚް: 09 މާރިޗް 2015
ބައިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/VTR/29
•ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
،ވަޒީފާގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 17 މާރޗް 2014
ނިމުނު ތާރީޚް: 15 ސެޕްޓެމްބަރ 2014
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
'2
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/36
•ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/29 މައްސަލަ އެ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެމައްސަލަ އިސްތިއުނާފު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހ. މުށިމަސް | ޝިނާން މުޙައްމަދުއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/29 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/29 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ހ. މުށިމަސް | ޝިނާން މުޙައްމަދު، ފެނަކަ ކޯޕަރޭޝަން
ލިމިޓެޑުގެ ރަތަފަންދޫ ބްރާންޗުގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ ކައުންސިލް
އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ވަޒީފާއިން ވަކިވުމަށްފަހު، ކައުންސިލަށް ނުހޮވުމުން އަލުން ވަޒީފާއަށް
ކުރިމަތިލުމުން އެވަޒީފާ ދީފައިނުވާތީ އާއި އަދި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑަށް މައްސަލަ ހުށަހެޅުމުން
ޝިނާން މުޙައްމަދަށް ވަޒީފާ ދިނުމަށް ރަތަފަންދޫ އިންޖީނުގެއަށް ޗިޓު ފޮނުވާފައިވީނަމަވެސް ވަޒީފާއަށް
ނެރެފައިނުވާތީ ވަޒީފާ އަނބުރާ ހޯދުމަށާއި ފާއިތުވި ދުވަސްތަކުގައި މާލީގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު
ހޯދުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ރައްދުވާގޮތަށް 17 މާރޗް 2014 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/36
އެ މައްސަލަ ނިންމަވާފައިވަނީ މައްސަލަ ހުށަހެޅި ޝިނާން މުޙައްމަދު ފެނަކަ ކޯޕަރޭޝަން
ލިމިޓެޑުގެ ރަތަފަންދޫ ބްރާންޗުގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ ކައުންސިލް
އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ވަޒީފާއިން ވަކިވުމަށްފަހު، ކައުންސިލަށް ނުހޮވުމުން އަލުން ވަޒީފާއަށް
ކުރިމަތިލުމުން އެ ވަޒީފާ ދީފައިނުވާތީކަމަށްބުނެ ހުށަހެޅި މިމައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާ
ހަމަޖައްސައިދީފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިނޑުގައި ހުސްވެފައިވާ އެމަޤާމަށް މީހަކު
ޢައްޔަންކުރުމަށްޓަކައި އިޢުލާނުކޮށް އިންޓަވިއުކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބިގެން އެހެން ފަރާތެއް
އެ މަޤާމަށް ހޮވާފައިވާތީކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ ހިނދު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުޑްގެ
ޢާންމު ޤަވާއިދުގެ 27 ވަނަ މާއްދާގެ (ށ)އަށް ރިޢާޔަތްކޮށް މައްސަލަ ރައްދުވި ފަރާތުންކުރި އިޢުލާނާ ގުޅިގެން
ޝިނާން މުޙައްމަދު އެ މަޤާމަށް ކުރިމަތިލުމަކީ އޭނާ ވަޒީފާއަށް އަންނަން ބޭނުންވެގެން މައްސަލަ ރައްދުވި
ފަރާތަށް އެންގުނު އެންގުމެއްކަމުގައި ބަލައި، އެ މަޤާމަށް ޝިނާން މުޙައްމަދު ކުރިމަތިލީ ހިނދު އެ މަޤާމަކީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި އެ ވަގުތު ހުސްކޮށްއޮތް ވަޒީފާއެއްކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން
އެނގެން އޮތުމުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޢާންމު ޤަވާއިދުގެ 27 ވަނަ މާއްދާގެ (ށ)ގެ ދަށުން
ޝިނާން މުޙައްމަދު އެ މަޤާމަށް ކުރިމަތިލުމުން އެ މަޤާމު އޭނާއަށް ހަޖައްސައިދޭންޖެހޭނެކަމަށް ޤަބޫލުކުރެވޭތީ،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މައްސަލަ ހުށަހެޅި
ޝިނާން މުޙައްމަދަށް އެ މަޤާމު ހަމަޖައްސައިދިނުމަށާއި އަދި އޭނާއަށް މާލީ ބަދަލެއް ނަގައިދިނުމަށް މައްސަލަ
ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅުއްވައި، އޭނާގެ ވަޒީފާއާގުޅޭ އެންމެހައި ކަންތައް މިއަދު
(15 ސެޕްޓެމްބަރ 2014) އިން ފެށިގެން، 14 (ސާދަ) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އަދި 27
ފެބްރުއަރީ 2014 އިން ފެށިގެން މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާ ހަމަޖައްސައިދޭ ތާރީޚާ ހަމައަށް އޭނާ
ކުރިމަތިލީ މަޤާމުގެ މުސާރައާއި ޢިނާޔަތަށް ޖެހޭ ފައިސާ އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޝިނާން
ވަޒީފާ ހަމަޖައްސައިދޭ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދިނުމަށްފަހު،
21 9
އއ އދވ
މެޗުއެމުދަށް އޭނަގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/36
-3
29/VTR2014
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުއީ ވަޒަގެ ކު
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި
ފެނަކަ ކޯރޕަރޭޝަން ލިމިޓެޑަށް އަންގަވައި އަމުރު ކުރައްވައިކަން އެނގެން އޮންނަކަމެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެ މައްސަލަ
އިސްތިއުނާފު ކުރުމަށް ފެނަކަ ކޯރޕަރޭޝަން ލިމިޓެޑުގެ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހިއުމަން ރިސޯސް ޕޮލިސީގެ 27
ވަނަ މައްދާގެ (ށ) އާ އެއްގޮތަށް ޝިނާން މުޙައްމަދު ޢަމަލުކޮށްފައިނުވާއިރު، އެ މާއްދާއާ އެއްގޮތަށް އޭނާ
ޢަމަލުކޮށްފައިވާކަމަށް ބައްލަވައި އޭނާއަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް އަމުރު ކުރައްވާފައިވާ ކަމަށްބުނެ
ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތުން އިޢުލާނުކުރި ވަޒީފާއަށް، ކުރިމަތިލީ
ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވި އެ މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވާފައިވަނިކޮށް އެފަރާތުގެ
ޙައްޤާއި އަދި އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
04- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/29 މައްސަލަ އިސްތިއުނާފު
ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ހ.މުށިމަސް | ޝިނާން މުޙައްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/29 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހުށަހެޅި ނުކުތާ.
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާޑްގެ
5
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/36
couc
COCX
(ހ) ފުރަތަމަ ކަމަކީ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޢާންމު ޤަވާއިދުގެ 27 ވަނަ މާއްދާގެ
(ހ) ގައި، ކުންފުނީގެ އެއްވެސް މުވައްޒަފަކު ކުންފުނީގެ ބޭރުން ބާއްވާ އެއްވެސް އިންތިޙާބެއްގައި
މުވައްޒަފެއްގެ ގޮތުގައިހުރެ އެ އިންތިޚާބުގައި ވާދަ ކުރުމަށް ކުރިމަތިލައިފިނަމަ އިލެކްޝަންސް ކޮމިޝަނުން
ކެންޑިޑޭޓްގެ ނަން އިޢުލާން ކުރާ ދުވަހުން ފެށިގެން، އެ މުވައްޒަފަކު ކުންފުނީގެ ވަޒީފާއިން ވަގުތީ ގޮތުން
ވަކިވާނެކަމަށާއި، އަދި މި މުއްދަތުގައި މުވައްޒަފަށް ކަނޑައެޅިފައިވާ މުސާރައާއި އެހެނިހެން އިނާޔަތްތައް
ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، އަދި އެމާއްދާގެ (ށ) ގައި، އިންތިޚާބުގައި އެމީހަކު (މުވައްޒަފަކު)
ކުރިމަތިލާ މަޤާމަށް ނުހޮވިގެން އަލުން ކުންފުނީގެ ވަޒީފާއަށް އަންނަން ބޭނުންވެއްޖެ ހިނދެއްގައި
އެމުވައްޒަފަކު ވަކިވި އިރު ހުރި ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރެވޭނީ އެވަގުތު ކުންފުނީގައި އެމަޤާމް
އޮވެއްޖެނަމަ، ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ފެނަކަ ކޯޕަރޭޝަންގެ ގދ. ރަތަފަންދޫ ބްރާންޗްގެ ޓެކްނީޝަނެއްގެ މަޤާމުގައި ވަޒީފާ އަދާ
ކުރަމުން ދިޔަ،
މުށިމަސް ޝިނާން މުޙައްމަދު ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކޮށް ކާމިޔާބު
ނުވާކަމާއި، އަދި އެކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ސިޓީއަކުން އަންގާފައިވާނެކަމަށް ޝިނާން މުޙައްމަދުގެ
ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
އެނގެން އޮންނައިރު، ޝިނާން މުޙައްމަދު ކުރިން އަދާ ކުރަމުންދިޔަ މަޤާމަށް މީހަކު ހޯދުމަށް ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުން ކުރި އެ ކޯޕަރޭޝަންގެ ނަންބަރު 2013
/
008/FNK
/
A
/
IUL (08 ޖަނަވަރީ
2014) އިޢުލާނަށް އިޖާބަދީގެން އެމަޤާމަށް ކުރިމަތިލީ މީހުންނާއި އިންޓަވިއު ކުރުމަށްފަހު، އިންޓަވިއުއިން
އެންމެ މަތިން މާރކްސް ލިބުނު ފަރާތް އެމަޤާމަށް ހަމަޖައްސާފައިވާކަމަށާއި، އަދި އެ އިޢުނާލަށް އިޖާބަދީގެން
ޝިނާން މުޙައްމަދު ހުށަހެޅި ނަމަވެސް އިންޓަރވިއުއިން ޝިނާން މުޙައްމަދަށް އެންމެ މަތިން މާރކްސް
ލިބިފައިނުވާތީ ޝިނާން މުޙައްމަދު އެ މަޤާމަށް ހަމަޖައްސައިދެވިފައި ނުވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ
ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ގޮތުގެ ޚުލާޞާ
2015/HC-A/36
ރަތަފަންދޫ
ތ 2
92
2
ބަރުން8ގެ
44
COCOU
(ނ) ދެވަނަ ކަމަކީ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ގދ.
ޓެކްނީޝަނެއްގެ މަޤާމުގައި ވަޒީފާ 16 އޭޕްރީލް 2013 ވަނަ އަހަރުން ފެށިގެން އަދާކުރަމުން ދިޔަ،
މ. މުށިމަސް ޝިނާން މުޙައްމަދު، ލޯކަލް ކައުންސިލް އިންތިޙާބުގައި ކުރިމަތިލުމަށް ނިންމަފާއިވާކަމަށާއި،
އިންތިޚާބު ކާމިޔާބު ނުކުރެއްވިއްޖެނަމަ އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަލުން ލިބޭނެގޮތް ހައްދަވައިދެއްވުމަށް
އެދޭކަމަށާއި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންގެ ޤަވާޢިދުގެ 27 ވަނަ މާއްދާގެ (ހ،ށ) ގައިވާ
ގޮތުގެ މަތިން އެއްބަސްވާކަމަށްބުނެ، ރަތަފަންދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުންނެވި މުޙައްމަދު ފަތުޙީއަށް
އެޑްރެސްކޮށް 8 ޑިސެމްބަރ 2013 ތާރީޚުގައި ލިޔެ، ޝިނާން މުޙައްމަދު ލޯކަލް ކައުންސިލުގެ އިންތިޚާބުގައި
ކުރިމަތިލުމަށް ނިންމާފައިވާކަން އޭނާ ވަޒީފާ އަދާކުރަމުންދިޔަ ފަރާތަށް ސިޓީއަކުން އެންގުމުން، ލޯކަލް
ކައުންސިލް އިންތިޚާބުގައި އެމީހަކު ކުރިމަތިލި މަޤާމު ނުހޮވިގެން އަލުން ވަޒީފާއަށް އަންނަން ބޭނުންވެއްޖެ
ހިނދެއްގައި އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރެވޭނީ އެވަގުތު ކުންފުނީގެ
އެމަޤާމް އޮވެއްޖެނަމަކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު 2013
/
3388/UNULIG.DH
-
RFD
/
FM
(16 ޑިސެމްބަރ 2013) ފެކްސް މެސެޖުން ޝިނާން މުޙައްމަދަށް އަންގާފައިވާކަން އެނގޭކަމާއި، ޝިނާން
މުޙައްމަދު 12 ޑިސެމްބަރ 2013 އިން ފެށިގެން އެ ކޯޕަރޭޝަންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމާއި،
ވަޒީފާއިން ވަކިކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2013 އަށް ކުރިމަތިލައި ނަން އިޢުލާން
ކޮށްފައިވާތީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ (ހ)ގެ ދަށުންކަމަށް
ބަޔާންކޮށްފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު 00941/FNK
/
A
/
EMP ވަޒީފާއިން
ވަކިކުރިކަމުގެ ޗިޓަށް ( 24 ޑިސެމްބަރ 2013) އަށް ބެލުމުން އެނގެން އޮންނައިރު، އެއިންތިޚާބުގައި
ޝިނާން މުޙައްމަދު ވާދަކޮށް ކާމިޔާބު ނުވާކަން އެނގޭއިރު، ޝިނާން މުޙައްމަދު، އެކުންފުނީގައި ކުރިން
އަދާކުރަމުން ދިޔަ މަޤާމު ނުއުވި އޮތްކަން އެނގެން އޮތްނަމަވެސް، އެމަޤާމް ޝިނާން މުޙައްމަދަށް ދެވެން
ނެތީ، އެހެންފަރާތެއް އެމަޤާމަށް ހަމަޖައްސާފައިވާތީކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ވަހަކަތަކުން އެނގެން އޮންނަކަމާއި، ނަމަވެސް އެމަޤާމަށް މީހަކު ހަމަޖައްސާފައިވުމަކީ، ޝިނާން މުޙައްމައަޓްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ނެތް ކަމަށެވެ.
2015/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނާއި އެކުންފުނީގެ މުވައްޒަފުންނާ ބެހޭ ޤަވާޢިދުގެ ދަށުން ލިބިދޭންޖެހޭ ވަޒީފާގެ ޙައްޤުން ޝިނާން
މުޙައްމަދު
ސަބަބެއްކަމުގައި މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ހދ 47
3
2
4
2
22ފ2ކރވެނީ
cu o
ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ހެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/29 މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2014/VTR/29 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ހު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv