ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/277 ޤަޟިއްޔާގެ ޙުކުމް
1
2{012/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 277/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ހެންވެއިރު، މަޖީދީމަގު | މާލެ
ހެންވެއިރު، މަޖީދީމަގު | މާލެ
.
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އާމިނަތު ބިޝާރާ
ހ. މެރީގޯލްޑްވިލާ / މާލެ
އައިޑީކާޑު ނަންބަރު: A033306
* މިހާރުގެ އެޑްރެސް: ހ. މެރީގޯލްޑްވިލާ / މާލެ
ތާރީޚް: 25 ސެޕްޓެމްބަރު 2012
ނިމުނު ތާރީޚް: 16 އޮކްޓޯބަރު 2012
• އިސްތިއުނާފުކުރެވުނު ކޯޓް އަމުރު.
* ނަންބަރު: 2012/8110(J(M-145
* ކޯޓު: ކްރިމިނަލް ކޯޓު
* ނިންމެވި ތާރީޚު: 23 ސެޕްޓެމްބަރ 2012
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{12/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ހ. މެރީގޯލްޑްވިލާ އާމިނަތު ބިޝާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ ހ.މެރީގޯލްޑްވިލާ އާމިނަތު ބިޝާރާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތި ގެންގުޅުމާއި،
ވިޔަފާރިކުރުމުގެ ކުށުގެ މައްސަލަ ހިނގާފައިވާ ގޮތަށްބަލައި މީނާ އިތުރަށް ބަންދުގައި ބަހައްޓަން
ނުފެންނަކަމަށް ބަޔާންކުރާ
ންކުރައްވައި، 12 ސެޕްޓެމްބަރު ވަނަ ދުވަހުގެ
20 ގައި އައިމިނަތު ބިޝާރާ
ބަންދުންދޫކޮށްލުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{12/HC-A/
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J(MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަ
ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
4 224 2
ހގ
145-J(MD)2012/8110
04- ކްރިމިނަލް ކޯޓުގެ ނަންބަރު
އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ މ. މެރީގޯލްޑްވިލާ އާމިނަތު
ބިޝާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J(MD-145 ކޯޓު
އަމުރަކީ، މ. މެރީގޯލްޑްވިލާ އާމިނަތު ބިޝާރާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތި ގެންގުޅުމާއި،
ވިޔަފާރިކުރުމުގެ ކުށުގެ މައްސަލައިގައި އޭނާ ދޫކޮށްލައިފިނަމަ ހެކިނައްތާލައި ހެކިވެރިންނަށް ނުފޫޒުފޯރުވައި
އަދި އޭނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ބެލެވޭތީ،
23 ސެޕްޓެމްބަރު 2012 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމުގެ
އަމުރެއް ނެރެދެއްވުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MF078921 "ބަންދުގެ މުއްދަތު
އިތުރު ކުރުމަށް ހުށަހަޅާ ފޯމް" އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެމައްސަލަ ހިނގާފައިވާގޮތަށް ބަލާއިރު
އާމިނަތު ބިޝާރާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ބަޔާންކުރައްވައި، 2012 ސެޕްޓެމްބަރުގެ
ހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{12/HC-A/277
ދިވެހިން&12 ހާއިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަނަ ދުވަހުގެ 20:26 ގައި އާމިނަތު ބިޝާރާ ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގެން
އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤު ކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
(ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެހާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައިފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި އަދި
ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{012/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22&
ބޮޑު ކުށުގެ
02 ދ ތރު
ނއތނގއ
ކުރެއެވެ
ހަމައެކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ
ނަންބަރުގެ (ނ) ގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ
އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން :
ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި، އަދި އެއީ މުތްލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ
ކަމަށާއި އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ފާހަގަ
މިވާފައިވާކަން އެނގެން އޮތުމުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ
މީހެއްކަމަށް ފަނޑިޔާރަށް ނުފެންނަ ޙާލަތުގައި އެމީހަކު ބަންދުން ދޫކޮށްލުމަށް އަމުރުކުރެވޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއްނެތްކަ
އިތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމުން
ކަމަށްވާއިރު، އާމިނަތު ބިޝާރާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރައްވާފައިވަނީ، މައްސަލަ ހިނގާފައިވާ ގޮތަށް
ބަލާއިރު އިތުރަށް އާމިނަތު ބިޝާރާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީކަން އެނގޭއިރު، އިސްތިއުނާފު
ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J
(
MD-145 ކޯޓު އަމުރުގެ ކުރިން، އައިމިނަތު
ބިޝާރާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުގައި އޭނާ ބަންދުގައި
ބެހެއްޓުމަށް އަމުރު ނެރުއްވާފައިވަނީ އޭނާ ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖްތަމައުގެ ސަލާމަތަށް
ނުރައްކާވެދާނެކަމަށް ފެނިވަޑައިގެންކަން އެނގެން އޮންނަކަމެވެ.
0 29 22
(ށ) ހަތަރުވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J(MD-145 ކޯޓު
އަމުރުގައި، މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު އިތުރަށް އާމިނަތު ބިޝާރާ ބަންދުގައި ބެހެއްޓުމަ
ނުފެންނަކަމަށް ބަޔާންކުރައްވާފައިވާކަމާއި، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ހައިކޯޓް
0
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{12/HC-A/
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އާމިނަތު ބިޝާރާގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މައްސަލައިގެ ތަޙްޤީޤު އަދި ފުރިހަމަވެފައި ނުވާކަން އެނގޭކަމާއި، ތަޙްޤީޤު މަރުޙަލާއަކީ ތަޙްޤީޤަށް ބޭނުންވާ
ހެކިތަކާއި ޤަރީނާތައް އެއްކުރެވެމުންދާނެ މަރުޙަލާކަމާއި، އާމިނަތު ބިޝާރާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ
މަސްތުވާއެއްޗެއް ގެންގުޅުމާއި ވިޔަފާރިކުރުމުގެ ކުށް ކަމަށްވާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރުމާއި، އެގެންގުޅުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި
ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމާއި،
މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި އެފަރާތެއްގެ ތަޙްޤީޤު ކުރެވެމުންދާ ފަރާތަކީ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ފަރާތެއްކަމަށް ފަނޑިޔާރު ޤަބޫލުކުރާ ފަރާތެއް
ކަމަށްވާއިރު، އެފަދަ ފަރާތެއް ބަންދުން ދޫކޮށްލުމަކީ މުޖްތަމަޢަށް އޭނާގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުގެ
އިޙްތިމާލު އޮތް ފަރާތެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J
(
MD-145 ކޯޓު އަމުރަށް ބަދަލު
ގެންނަންޖެހޭނެ ކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
<<
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{12/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8110(J(MD-145 ކޯޓު އަމުރުގައި މެރީގޯލްޑްވިލާ
އާމިނަތު ބިޝާރާ 2012 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ 20:26 އިން ފެށިގެން ބަންދުން ދޫކޮށްލުމަށް
ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، މިއަދު 16 އޮކްޓޯބަރ 2012 ދުވަހުގެ 14:55 އިން ފެށިގެން
2012 އޮކްޓޯބަރު 31 ދުވަހުގެ 14:54 އަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި އާމިނަތު ބިޝާރާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް، މިޤަޟިއްޔާ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv