ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/197 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/197
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
* ދާއިމީ އެޑްރެސް: މއ.ފެހިއަލިއާގެ/ މާލެ
ޤަޟިއްޔާ ނަންބަރ: 197/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް؟
އިސްތިއުނާފު ކުރި ފަރާތްތައް
ނަން: މަރްޔަމް ޢާފިޔާ
އައިޑީ
ކާޑުނަންބަރު: A036509
ބަދަލުގައި މުޙައްމަދު ޙިލްމީ
އައިޑީ ކާޑުނަންބަރު: A001742
ތަދައްޚުލުވި ފަރާތް: އަޙްމަދު ޒައިދު
އައިޑީ ކާޑުނަންބަރު: A056763
724
ދާއިމީ އެޑްރެސް: ހިތްއަލިވާގެ
26
*
ދާއިމީ އެޑްރެސް: މ.ގްރީންސިލްކް
ދިވެހިރާއްޖޭގެ
ހައިކޯޓް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ދިވެހިރާއްޖެ
l
ނަން: ބޭންކް އޮފް ސިލޯން
* ފަރާތުން: އިބްރާހީމް ރިޟާ
އައިޑީ ކާޑުނަންބަރު: A077768
ދާއިމީ އެޑްރެސް: ހ.އާގެ| މާލެ
ދާއިމީ އެޑްރެސް: ޖަންބުމާގެ/ ކ.ގުރައިދޫ
*
2 0¢ ¢ ¢
2013
ރަޖިސްޓްރީ ތާރީޚް: 01 ޝަޢުބާން 1434
ތާރީޚް: 20 ޛުލްޤައިދާ 1434
10 ޖޫން
26 ސެޕްޓެމްބަރ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/829
ނިންމެވި ކޯޓް: ސިވިލް ކޯޓް
• ޤަޟިއްޔާގެ ބާވަތް: ރަހުނު ވިއްކާލުން ހުއްޓުވުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
، ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
0
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
'2
2013/HC-A/197
ދަޢުވާގެ ޚުލާޞާ
OXOC
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2013/Cv
-
C/829 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މއ.ފެހިއަލިއާގެ/ ކ.މާލެ
މަރްޔަމް ޢާފިޔާގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. އަދި މިމައްސަލައަށް މ.ގްރީންސިލްކް
އަޙްމަދު ޒައިދު ވަނީ ތަދައްޚުލު ވެފައެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބޭންކް އޮފް ސިލޯނެވެ.
ހު
• ފާހަގަކުރެވުނު ނުކުތާތައް:
އެއްގެތެވެ
1 ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/829 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1654 ޤަޟިއްޔާގެ ޙުކުމާއި
ގޮތުގެ މަތީންނާއި މަދަނީ ކޯޓުގެ ނަންބަރު 2010/MC/105 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް
މއ.ފެހިއަލިއާގެ މަރްޔަމް ޢާފިޔާއާއި، މ.ގްރީންސިލްކް އަޙްމަދު ޒައިދުއާއި ލީ އެންޑް ފުޑް އެންޓަރޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމްކުރުމާއި ގުޅިގެން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ފައިސާ
ދެއްކުމަށްޓަކައި ފައިސާ ދެއްކުމަށްޓަކައި ބޭންކް އޮފް ސިލޯނުގައި ރަހުނުގެ ވެރިފަރާތުން ހުޅުވާފައިވާ
އެކައުންޓަށް ފައިސާ ޖަމައުކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީއަކުން، ޖަމަޢުކުރެވުނު ފައިސާއިން ލޯނަށް
ދައްކަންޖެހޭ ފައިސާ ޑެބިޓްކުރުމަށް 16 އޭޕްރީލް 2013 ގައި އަންގާފައިވަނިކޮށް، ރަހުނުކުރެވިފައިވާ ގޯތި
ވިއްކާލުމުގެ މަސައްކަތް ބޭންކް އޮފް ސިލޯނުން ކުރިއަށްގެންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ރަހުނު
ވިއްކާލުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ބޭންކް އޮފް ސިލޯނުގެ މައްޗަށް މއ.ފެހިއަލިއާގެ މަރްޔަމް
ޢާފިޔާ (ދ.ރ.ކާޑް : A036509} ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކާއި މައްސަލާގައި
ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އޮފް ސިލޯންގެ މައްޗަށް މއ.ފެހިއަލިއާގެ މަރްޔަމް
ޢާފިޔާ (ދ.ރ.ކާޑް : A036509} ކުޅަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު، ޑީއާއް
هން ކ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
هلاވ
އެއެޤްޓށް
ދަޢުވާކުރާ ފަރާތުގެ ދަޢުވާއަކީ މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105 ޤަޟިއްޔާއިން
ކުރައްވާފައިވާ ޙުކުމާއި ފައިސާ ދައްކާފައިނުވާތީ، މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105
ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުމުން ބެލުނު ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1654
ޤަޟިއްޔާއިން ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ.ފެހިއަލިއާގެ އެވެކިޔުނު ގޯތި
ވިއްކާލުމުގެ ޙައްޤު ބޭންކް އޮފް ސިލޯނަށް ލިބިދިނުމުން، މއ.ފެހިއަލިއާގެ އެވެކިޔުނު ގޯތި ވިއްކާލުމަށް ބޭންކް
އޮފް ސިލޯނުން މަސައްކަތްކުރަމުންދާތީ، އެކަން ހުއްޓުވުމަށް ހުށަހެޅި ދަޢުވާއެއްކަމުގައިވާއިރު،
ދަޢުވާކުރާ ފަރާތް ހިމެނޭގޮތުން 2010 މެއި 30 ގައި މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105
ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ދަޢުވާކުރާ ފަރާތުންވެސް ފައިސާ ދައްކާފައިނުވާތީ، އެޙުކުމް
ތަންފީޛުކުރުމަށް ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv
-
C/1654 ޤަޟިއްޔާއިން ދަޢުވާކުރާ
ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ.ފެހިއަލިއާގެ އެވެކިޔުނު ގޯތި ވިއްކާލުމުގެ ޙައްޤު ބޭންކް އޮފް
ސިލޯނަށް 2013 މާރޗް 03 ގައި ލިބިދިނުމުން، ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
މއ.ފެހިއަލިއާގެ އެވެކިޔުނު ގޯތި ވިއްކާލުމަށް ބޭންކް އޮފް ސިލޯނުން ފުރަތަމަ އިއުލާންކޮށްފައިވަނީ 2013
މާރޗް 12 ގައިކަމާއި، އޭގެ ފަހުން މިގޯތި ގަތުމަށް ހުށަހެޅި ފަރާތްތަކުގެ މެދުން ފަރާތެއް ހޮވި، އެފަރާތުން
މިގޯތި ގަތުމަށްޓަކައި ދައްކަންޖެހޭ ފައިސާ ބޭންކް އޮފް ސިލޯނަށް ދައްކާ މިޢަޤުދު ފުރިހަމަކޮށްފައިވާކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތްހިނދު، އަދި ދަޢުވާކުރާ ފަރާތުން ފައިސާ ދެއްކުމަށް
މަސައްކަތްކޮށްފައިވަނީ އަދި ދަޢުވާކުރާ ފަރާތުގެ ނަމުގައި ބޭންކް އޮފް ސިލޯނުގައިވާ އެކައުންޓަކަށް ފައިސާ
ޖަމައުކޮށްފައިވަނީ، މިޢަޤުދު ފުރިހަމަވުމަށްފަހުގައިކަން އެނގެން އޮތްހިނދު،
މއ.ފެހިއަލިއާގެ އެވެކިޔުނު ގޯތި ވިއްކާލުމުގެ މުޢާމަލާތަކީ މިހާރު ދަޢުވާކުރާ ފަރާތުގެ އިތުރުން މިގޯތި
ގަނެފައިވާ ފަރާތާއި އޮފް ސިލޯނުގެ މަޞްލަޙަތު ހިމެނޭ މުޢާމަލާތަކަށްވުމުންނާއި، އެމުޢާމަލާތާއި
ގުޅިގެން ޝަކްލީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަންކޮށް ނިމިފައި އެޢަޤުދު
ފުރިހަމަވެފައިވާ ހިނދުގައި ދަޢުވާކުރާ ފަރާތުން މިހާރު ފައިސާ ދައްކަން ހުރިޔަތީކަމަށްބުނެ މއ.ފެހިއަލިއާގެ
ވިއްކާލުމުގެ މުޢާމަލާތް ހުއްޓުމަށް ބޭންކް އޮފް ސިލޯނުގެ މައްޗަށް އަމުރުކުރެވޭނޭ ޤާނޫނީ ހަމައެއްނެތްކަމަށް
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
8 0 4
ޏެވެ
ދިވެހިރާއްޖޭގެ
ދިވެހިޒާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
02 ސިވިލް ކޯޓްގެ ނަންބަރު 2013/Cv-C/829 ޤަޟިއްޔާއަށް އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އއ.ފެހިއަލިއާގެ/ ކ.މާލެ މަރްޔަމް ޢާފިޔާ އަދި
މިމައްސަލައަށް ތަދައްޚުލްވި މ.ގްރީންސިލްކް އަޙްމަދު ޒައިދުގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅާ
އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ccc
(ހ) ފުރަތަމަ ނުކުތާއަކީ: މއ.ފެހިއަލިއާގެ ވިއްކުމަށް ބޭންކް އޮފް ސިލޯން އިން ކުރަމުންދިޔަ
މަސައްކަތް ހުއްޓުވުމަށް އއ.ފެހިއަލިއާގެ މަރްޔަމް ޢާފިޔާ އެދުމުން އެކަން ހުއްޓުވައި ދިނުމުގެ އަމުރު ސިވިލް
ކޯޓުން ނެރެދެއްވައިފައި ނުވަނީ އިސްތިއުނާފު ކުރާ މަރްޔަމް ޢާފިޔާގެ ޙައްޤަށް ރިޢާޔަތް ކުރުމެއްނެތި
އެފަރާތުގެ ޙައްޤަށް އުނިކަން އަންނަގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ފަރުދުންގެ ގެދޮރަކީ ޙުރުމަތްތެރިވެގެންވާ އަސާސީ ޙައްޤަކަށްވާއިރު، މާލީ
އިދާރާތަކުން މީސްމީހުންގެ ގެދޮރު ނީލަމުގެ އުޞޫލުން ވިއްކާލުމުގެ ހުއްދަ ޤާނޫނުން ތަންދޭއިރު، މިފަދައިން
ހެދިފައިވާ އެންމެހައި ޤާނޫނުތަކުގެ ވެސް މަޤްޞަދަކީ އަދި ޤާނޫނީ ރޫޙަކީވެސް އެންމެފަހު ވަގުތުވެސް މީހެއްގެ
ގެދޮރު ވިއްކައި އެމީހާ ބޯހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމްކުރެވިގެން ދިޔުމުން ސަލާމަތްކުރުން ކަމުގައި ވީއިރު،
މއ.ފެހިއަލިއާގެ ވިއްކުމުގެ މަސައްކަތް ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޙުކުމް
އިއްވިއިރު، އިސްތިއުނާފު ކުރާ މަރްޔަމް ޢާފިޔާގެ މިއަސާސީ ޙައްޤަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1654 ޤަޟިއްޔާއިން ރަހުނު
ވިއްކުމުގެ ހުއްދަ ދެއްވުމާ ގުޅިގެން ބޭންކަށް އެފައިސާ ދެއްކުމުގެ މަސައްކަތް އިސްތިއުނާފު ކުރާ ފަރާތުން
ކުރަމުން އަންނަކަން ބޭންކަށް ކަނޑައެޅިގެން އެނގިފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ފައިސާ ދައްކަން
ކުރި މަސައްކަތަށް ބޭންކުން އެއްބާރުލުން ނުދިން މައްސަލައަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްa
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/197
(ށ) ހަތަރުވަނަ ނުކުތާއަކީ: މއ.ފެހިއަލިއާގެ ވިއްކުމުގެ ހުއްދަ ދެއްވި ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމް ކުރެވުނުތާ ޖުމްލަ 9 ދުވަހުގެ ތެރޭގައި ބޭންކުން ގެ ވިއްކުމަށް ކުރި އިޢުލާނަކީ
ދިވެހިރާއްޖޭގައި ހިންގޭ މިފަދަ އެހެން މާލީ އިދާރާތަކުން މިކަމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލާ
ޚިލާފުކަމަކަށްވާއިރު، ސިވިލް ކޯޓުން ޙުކުމްކުރެއްވުމުގައި މިބީލަމަކީ ޢާންމު އުޞޫލާއި އެއްގޮތަށް ކުރިއަށްދިޔަ
ބީލަމެއްތޯ ބަލައިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: ބޭންކުން މއ.ފެހިއަލިއާގެ ވިއްކުމުގައި އަވަސްވެގެންފައިވަނީ
އިސްތިއުނާފު ކުރާ ފަރާތުގެ އަސާސީ ޙައްޤުން އެފަރާތް މަޙްރޫމްކޮށް އަދި އެތަން އެހެން ފަރާތަކަށް
ހޯދައިދިނުމުގައި ބޭންކުން އަސްވެގެންފައިވާކަމަށް ބެލެބޭ ކިތާބީ ހެކި ޝަރީޢަތަށް ހުށަހެޅުނު ނަމަވެސް،
މައްސަލަ ނިންމުމުގައި އެއިން އެއްވެސް ކަމަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ: ދަށު ކޯޓުގައި ޝަރީޢަތް ހިނގިއިރު މައްސަލައާގުޅޭ މުހިންމު ޙަޤީޤަތެއް
ޝަރީޢަތަށް އޮޅުވާލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހއ.ފެހިއަލިއާގެ
ކ.މާލެ މަރްޔަމް ޢާފިޔާ އަދި މިމައްސަލައަށް ތަދައްޚުލްވި މ.ގްރީންސިލްކް އަޙްމަދު ޒައިދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2013/Cv
-
C/829
ޤަޟިއްޔާގައި މަރްޔަމް ޢާފިޔާގެ ފަރާތުން ބޭންކް އޮފް ސިލޯނުގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓުގައީ
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
6
8 *ހ8
އއ 3
ލީ
އުފުލި ދަޢުވާއަކީ މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމާއި
އެމައްސަލައިގައި ދަޢުވާލިބޭ ފަރާތްތައްކަމަށްވާ މަރްޔަމް ޢާފިޔާ އާއި މ.ގްރީން ސިލްކް އަޙުމަދު
ޒައިދު އާއި އެންޑް ލުޖް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ
ފައިސާ ދައްކާފައިނުވާތީ، އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105 ޤަޟިއްޔާގެ ޙުކުމް
ތަންފީޛުކުރުމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ހުށަހެޅުމުން ބެލުނު، ސިވިލް ކޯޓުގެ ނަންބަރު:
2012/Cv-C/1654 ޤަޟިއްޔާއިން، މަރްޔަމް ޢާފިޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ.ފެހިއަލިއާގެ
އެވެކިޔާ ގޯތި ވިއްކާލުމުގެ ޙައްޤު ބޭންކް އޮފް ސިލޯނަށް ލިބިދިނުމުން، މއ.ފެހިއަލިއާގެ އެވެކިޔުނު ގޯތި
ވިއްކާލުމަށް ބޭންކް އޮފް ސިލޯނުން މަސައްކަތްކުރަމުންދާތީ، މިގޯތި ވިއްކާލުމުގެ ގޮތުން ބޭންކް އޮފް ސިލޯނުގެ
ފަރާތުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް އެދި މަރްޔަމް ޢާފިޔާގެ ފަރާތުން ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ "މަރްޔަމް އާފިޔާ އާއި އަޙުމަދު
ޒައިދު ޔަޤީންކަން ދީގެން ލީ އެންޑް ލުޖް އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް ބޭންކް އޮފް
ސިލޯނުން 30,000.00 $US ( ތިރީސްހާސް އެމެރިކާ ޑޮލަރު) ގެ އޯވަރޑްރާފްޓް ފެސިލިޓީ އެއް
ދޫކޮށްފައިވާކަމަށާއި، އަދި މުޢާމަލާތާއި ގުޅިގެން މަރްޔަމް ޢާފިޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
މއ.ފެހިއަލިއާގެއެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާކަން ސާބިތުވާކަން އަދި މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ
ފައިސާ ދައްކާފާނުވާތީ، މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާއެއް 2010 މެއި 30 ވަނަ
ދުވަހުންފެށިގެން 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް މަރްޔަމް ޢާފިޔާއަށާއި، އަޙުމަދު
ޒައިދުއަށާއި ލީ އެންޑް ފުޑް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މިކްރެޑިޓް ފެސިލިޓީ
ތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދެއްކޭނަމަ މަރްޔަމް ޢާފިޔާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
މއ.ފެހިއަލިއާގެ އެވެ ކިޔާ ގޯތި ވިއްކާލުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ލިބިގެންވާކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ" މިފަދައިންކަމާއި
ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 336471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
މަދަނީ ކޯޓުގެ މިޙުކުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި އެޙުކުމަށް ބަދަލެއް
އައިސްފައިވާ ޙުކުމެއް ނޫންކަމާއި މިޙުކުމް މަދަނީކޯޓުން ކުރައްވާފައިވަނީ 2010 މެއި 30 ވަނަ ދުވަހުކަން
އެނގެން އޮތް އިރު، މިޙުކުމުގައި ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ބޭންކް އޮފް ސިލޯނަށް މަރްޔަމް
ޢާފިޔާއާއި އަޙުމަދު ޒައިދުއާއި ލީ އެންޑް ލުޖް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހޭ
އެންމެހާ ފައިސާ މިމައްސަލައިގެ ޙުކުމް ތަންފީޒުކުރުމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ސިވިލްކޯޓަށް
މައްސަލަ ހުށަހެޅުމާއި ހަމައަށް އަދާކޮށްފައިނުވާކަން މިމައްސަލަ އާއި ގުޅިގެން ހުށަހެޅުނު ލިޔުންތަކާއި
މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
8 0 4
(ނ) ތިންވަނަކަމަކީ، އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު: 2010/MC/105 ޤަޟިއްޔާގެ
ޙުކުމާއި އެއްގޮތަށް މަރްޔަމް ޢާފިޔާ އާއި އަޙުމަދު ޒައިދުއާއި ލީ އެންޑް ލުޖް އެންޓަރ ޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާދައްކާފައިނުވާތީ އެޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ބޭންކް އޮފް
ސިލޯނުގެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ
ދުވަހުކަމާއި، ބޭންކް އޮފް ސިލޯނުގެ ފަރާތުން ހުށަހެޅި ތަންފީޒުކުރުމުގެ މިމައްސަލަ ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1654 ޤަޟިއްޔާއިން ބައްލަވާ އެމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ،
މަދަނީކޯޓުގެ ނަންބަރު: 2010/MC/105 ޤަޟިއްޔާއިން ސާބިތުވެ، ބޭންކް އޮފް ސިލޯނަށް މ.ގްރީންސިކް
މާލެ، އަޙުމަދު ޒައިދުއާއި، މއ.ފެހިއަލިއާގެ މަރްޔަމް ޢާފިޔާ އާއި، ލީ އެންޑް ލުޖް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭފައިސާ، އެޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ދައްކާފައިނުވާކަން ދެފަރާތުގެ
ބަހުންނާއި، މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
މުޢާމަލާތާއި ގުޅިގެން "މއ.ފެހިއަލިއާގެ" (ރަޖިސްޓްރީ ނަންބަރު : ބ.14815) އެވެ ކިޔުނު ގޯތި
ރަހުނުކުރެވިފައިވުމާއި، މިމުޢާމަލާތުގައި ރަހުނުކުރެވިފައިވާ ގޯތި ވިއްކާލުމުގެ ހުއްދައަށް ބޭންކް އޮފް
އޮފް ސިލޯނުން
އެދުނު ހިނދު، ޙުކުމާއި އެއްގޮތަށް އަޙުމަދު ޒައިދުއާއި، މަރްޔަމް ޢާފިޔާއާއި، އެންޑް ލުޖް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިނުވާ ޙާލަތުގައި ދެން އޮތީ ރަހުނު ކުރެވިފައިވާ
4
8
2
ދިވެހިރާއްa
ގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2013/HC-A/197
ވެހިރާއްޖޭގެ ހައިކޯޓް
މުދާ ވިއްކާލައިގެން މިދަރަނި އަދާކުރުންކަމަށް ބަލައި، ޤާނޫނު ނަންބަރު :9/93 (ރަހުނާބެހޭ ޤާނޫނު) ގެ 12
ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިމުޢާމަލާތާއި ގުޅިގެން ބޭންކް އޮފް ސިލޯނުގައި ރަހުނު ކުރެވިފައިވާ
މއ.ފެހިއަލިއާގެއެވެ ކިޔުނު ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށް ޝަރީޢަތުންދީ، މަދަނީ ކޯޓުގެ
ނަންބަރު :
2010/MC/105 ޤަޟިއްޔާގެ ޙުކުމަށް ޢަމަލުކުރުމަށް މ.ގްރީންސިލްކް މާލެ، އަޙުމަދު
ޒައިދުއާއި، މއ.ފެހިއަލިއާގެ މަރްޔަމް ޢާފިޔާ އާއި، ލީ އެންޑް ލުޖް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް
އަންގައި ޙުކުމް ކޮށްފީމެވެ" މިފަދައިންކަމާއި، މިޙުކުމް ކުރެވިފައިވަނީ 03 މާރޗް 2013 ގައި ކަމާއި،
މިޙުކުމަކީ ވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފުކުރެވި މިޙުކުމަށް ބަދަލެއް އައިސްފައިވާ
ޙުކުމެއްނޫންކަން އެނގޭކަމެވެ.
(ހ) ހަތަރުވަނަކަމަކީ، ފެހި އަލިއާގެ އެވެ ކިޔުނު ގޯތި ބޭންކް އޮފް ސިލޯނުން ވިއްކާލުމުގެ
ގޮތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވުމަށް މަރްޔަމް ޢާފިޔާގެ ފަރާތުން އެދިފައިވާ މައިގަނޑު ސަބަބަކީ،
ސިވިލްކޯޓުގެ 2012/Cv
-
C/1654 ޤަޟިއްޔާގެ ޙުކުމާއި އަދި މަދަނީކޯޓުގެ ނަންބަރު 2010/MC/105 ގެ
ޙުކުމާއި ގޮތަށް ޢަމަލުކުރުމުގެ ގޮތުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ބޭންކް
އޮފް ސިލޯނުގައި މަރްޔަމް ޢާފިޔާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް 15 އެޕްރީލް 2013 ގައި ފައިސާ
ޖަމާކޮށް، ޖަމާކުރެވުނު ފައިސާއިން ލޯނަށް ދައްކަންޖެހޭ ފައިސާ ޑެބިޓްކުރުމަށް 16 އެޕްރީލް 2013 ގައި
ބޭންކް އޮފް ސިލޯނަށް ސިޓީއަކުން އަންގާފައިވަނިކޮށް، މި ގޯތި ވިއްކާލުމުގެ މަސައްކަތް ކުރަމުންދާ ދިޔުމަކީ
މަރްޔަމް ޢާފިޔާއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީ އެސަބަބުގެ މައްޗަށްކަން
މަރްޔަމް ޢާފިޔާގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮތްއިރު، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1654 ޤަޟިއްޔާއިން މއ.ފެހިއަލިއާގެއެވެ ކިޔުނު ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކް
އޮފް ސިލޯނަށް ލިބިދިނުމާއި ގުޅިގެން މިގޯތި ވިއްކާލުމުގެ ގޮތުން ބޭންކް އޮފް ސިލޯނުން
12 މާރޗް 2013 ވަނަ ދުވަހު ކޮށްފައިވާކަމަށާއި މިއިޢުލާނުގައި 20 މާރޗް 2013 ދުވަހުގެ މެންދުރު
14:30 ގެ ކުރިން މިގޯތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިޔުމުން ހުށަހެޅުމަށް އެދިފައިވާއިރު،
މިމުއްދަތުގައި މިއިޢުލާނާއި ގުޅިގެން މިގޯތި ގަތުމަށް 4 ފަރާތަކުން އިޖާބަދިން ކަމަށާއި، އޭގެ ތެރެއިން އެންމެ
6 24
ކަތީނުން ޢާއްމު އިޢުލާނެއް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
ޑ 8 *ހޓ 8
ން
ދިވެހިރާއްޖޭގެ ހައިކޯ
މަތީ އަގު ހުށަހެޅި ފަރާތް، މިއިޢުލާނުގައިވާ ގޮތުގެ މަތިން ބޭންކުގައި 3 ދުވަސްވަންދެން އިޢުލާނު
ކުރިކަމަށާއި، މިއިޢުލާނުކުރުމަށްފަހު އެ 3 ދުވަހުގެ މުއްދަތު ހަމަވީ އިރު އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް
އެކަން ބޭންކް އޮފް ސިލޯނުގެ ސިޓީ
އަކުން އަންގާ ގޯތި ގަތުމަށް ބޭނުންވާ ފައިސާ ދެއްކުމަށް 02 އެޕްރީލް
2013 ވަނަ ދުވަހު އެންގުނު ކަމަށާއި، ބޭންކް އޮފް ސިލޯނުން މިއެންގި އެންގުމާއި އެއްގޮތަށް
ގޯތި ގަތުމުގެ
ބީލަން ކާމިޔާބުކުރި ފަރާތުން 04 އެޕްރީލް 2013 ގައި ބޭންކަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ބޭންކް
އޮފް ސިލޯނުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި، މިކަން އިތުރަށް ޔަޤީންކުރުމުގެ ގޮތުން މިގޯތި
ބީލަމުގެ އުސޫލުން ގަތްކަމަށް ބުނާ މ.ލޭޑީބާރޑް މުޙައްމަދު ފިރާޤު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކޮށް އޭނާއާއި ސުވާލުކުރުމުން ބީލަމުގެ އުސޫލުން މިގޯތި ގަތުމަށް ބޭނުންވާ ފައިސާ
ބޭންކް އޮފް ސިލޯނަށް ދައްކާފައިކަމަށާއި މިމުޢާމަލާތް އެގޮތުގައި އޮއްވާ މިވިޔަފާރި ރޫޅާލެވިދާނެކަމަށް
ނުދެވޭކަމަށާއި މިވިޔަފާރި ރޫޅާލައިފިނަމަ
އޭނާއަށް
ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ބުނެފައިވާކަން
އެނގެއެވެ.
(ޅ) ހަވަނަކަމަކީ، މއ.ފެހިއަލިއާގެ ވިއްކުމަށް ބޭންކް އޮފް ސިލޯނުން ކުރަމުންދިޔަ މަސައްކަތް
ހުއްޓުވުމަށް މަރްޔަމް ޢާފިޔާ އެދުމުން އެކަން ހުއްޓުވައި ދިނުމުގެ އަމުރު ސިވިލް ކޯޓުން ނެރެދެއްވައިފައި
ނުވަނީ މަރްޔަމް ޢާފިޔާގެ ޙައްޤަށް ރިޢާޔަތް ކުރުމެއްނެތި އެފަރާތުގެ ޙައްޤަށް އުނިކަންއަންނަގޮތަށްކަމަށާއި،
ފަރުދުންގެ ގެދޮރަކީ ޙުރުމަތްތެރިވެގެންވާ އަސާސީ ޙައްޤަކަށްވާއިރު، މާލީ އިދާރާތަކުން މީސްމީހުންގެ ގެދޮރު
ނީލަމުގެ އުޞޫލުން ވިއްކާލުމުގެ ޙުއްދަ ޤާނޫނުން ތަންދޭއިރު، މިފަދައިން ހެދިފައިވާ އެންމެހައި ޤާނޫނުތަކުގެ
ވެސް މަޤްޞަދަކީ އަދި ޤާނޫނީ ރޫޙަކީވެސް އެންމެފަހު ވަގުތުވެސް މީހެއްގެ ގެދޮރު ވިއްކައި އެމީހާ
ބޯހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމްކުރެވިގެން ދިޔުމުން ސަލާމަތްކުރުން ކަމުގައި ވީއިރު، މއ.ފެހިއަލިއާގެ
ވިއްކުމުގެ މަސައްކަތް ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޙުކުމް އިއްވިއިރު،
އިސްތިއުނާފު ކުރާ މަރްޔަމް ޢާފިޔާގެ މިއަސާސީ ޙައްޤަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި އަދި ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1654 ޤަޟިއްޔާއިން ރަހުނު ވިއްކުމުގެ ހުއްދަ ދެއްވުމާ ގުޅިގެން ބޭންކަށް އެފައިސާ
ދެއްކުމުގެ މަސައްކަތް މަރްޔަމް ޢާފިޔާގެ ފަރާތުން ކުރަމުން އަންނަކަން ބޭންކަށް ކަނޑައެޅިގެން
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
އެނގިފައިވާއިރު، މަރްޔަމް ޢާފިޔާގެ ފަރާތުން ފައިސާ ދައްކަން ކުރި މަސައްކަތަށް ބޭންކުން އެއްބާރުލުން
ދީފައިނުވާކަމަށް މަރްޔަމް ޢާފިޔާގެ ފަރާތުން ފާހަގަކުރައްވާފައިވާ އިސްތިއުނާފް ނުކުތާތަކަށް ބަލާއިރު،
ce
ބޭންކް އޮފް ސިލޯނުގެ ފަރާތުން މއ.ފެހިއަލިއާގެ ވިއްކުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވޭނެ
ތަނެއް ނެތްކަމަށް ސިވިލްކޯޓުގެ ނަންބަރު 2013/Cv-C/829 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ
މއ.ފެހިއަލިއާގެ ކިޔުނު ގޯތި ވިއްކާލުމުގެ ޙައްޤު ބޭންކް އޮފް ސިލޯނަށް 2013 މާރޗް 3 ގައި ލިބިދިނުމުން،
މިގޯތި ވިއްކާލުމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން އިޢުލާނުކުރުމަށްފަހު، އޭގެ ފަހުން މިގޯތި ގަތުމަށް ހުށަހެޅި
ފަރާތްތަކުގެ މެދުން ފަރާތެއް ހޮވި، އެފަރާތުން މިގޯތި ގަތުމަށްޓަކައި ދައްކަންޖެހޭ ފައިސާ ބޭންކް އޮފް
ސިލޯނަށް ދައްކާ މިޢަޤުދު ފުރިހަމަވެފައިވާކަން އެނގެން އޮތް ހިނދު، އަދި މަރްޔަމް ޢާފިޔާގެ ފަރާތުން
ފައިސާ ދެއްކުމަށް މަސައްކަތްކޮށްފައިވަނީ އަދި މަރްޔަމް ޢާފިޔާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައިވާ
އެކައުންޓަށް ފައިސާޖަމައު ކޮށްފައިވަނީ މިޢަޤުދު ފުރިހަމަވުމަށްފަހުގައި ކަން އެނގެން އޮތް ހިނދު،
މއ.ފެހިއަލިއާގެ އެވެ ކިޔުނު ގޯތި ވިއްކާލުމުގެ މުޢާމަލާތަކީ މިހާރު މަރްޔަމް ޢާފިޔާގެ އިތުރުން މިގޯތި
ގަނެފައިވާ ފަރާތާއި ބޭންކް އޮފް ސިލޯނުގެ މަސްލަޙަތު ހިމެނޭ މުޢާމަލާތަކަށް ވުމުންނާއި، އެމުޢާމަލާތާއި
ގުޅިގެން ޝަކްލީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަންކޮށް ނިމިފައި އެއަޤުދު
ފުރިހަމަވެފައިވާ ހިނދު މަރްޔަމް ޢާފިޔާގެ ފަރާތުން މިހާރު ފައިސާ ދައްކަން ހުރިޔަތީ ކަމަށްބުނެ
މއ.ފެހިއަލިއާގެ ވިއްކާލުމުގެ މުޢާމަލާތް ހުއްޓުމަށް ބޭންކް އޮފް ސިލޯނުގެ މައްޗަށް އަމުރުކުރެވޭނޭ
ހަމައެއްނެތްކަމަށް ކަނޑައަޅައި ކަން އެނގޭކަމާއި،
ޤާނޫނީ
މަރްޔަމް ޢާފިޔާއާއި އަޙުމަދު ޒައިދު ޔަޤީންކަންދީގެން ލީ އެންޑް ލުޖް އެންޓަރ ޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް ބޭންކް އޮފް ސިލޯނުން ދޫކުރި މިމައްސަލައިގައި ޙަވާލާދެވޭ އޯވަރޑްރާފްޓް
ފެސިލިޓީ އާއި ގުޅިގެން މިފަރާތްތަކުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ފައިސާދައްކާފައިނުވާތީ،
މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާއެއް 2010 މެއި 30 ވަނަ ދުވަހުންފެށިގެން 10
އްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
2013/HC-A/197
4
22
(ދިހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް މިފަރާތްތަކަށް އަންގައި އަދި މިފައިސާ ނުދެއްކޭނަމަ
މަރްޔަމް ޢާފިޔާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ.ފެހިއަލިއާގެ އެވެ ކިޔާގޯތި ވިއްކާލުމުގެ ބާރު ބޭންކަށް
ލިބިގެންވާކަމަށް މަދަނީކޯޓުގެ ނަންބަރު 2010/MC/105 ޤަޟިއްޔާގައި ކަނޑައަޅައި ޙުކުމްކުރައްވާފައިވަނީ
2010 މެއި މަހުގެ 30 ވަނަ ދުވަހު ކަން އެނގެން އޮތްއިރު، މިޙުކުމާއި އެއްގޮތަށް މިފައިސާ ނުދައްކައިގެން
އެޙުކުމް ތަންފީޒުކުރުމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މަދަނީކޯޓުގެ
ނަންބަރު 2010/MC/105 ޤަޟިއްޔާގެ ޙުކުމުގައި ފައިސާ ދެއްކުމަށް އެންގިފައިވާ މުއްދަތު ފަހަނައަޅައި
ދިޔަތާ އެތަކެއް ދުވަހެއް ފަހުން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގައި ކަން
އެނގެން އޮންނަކަމާއި، އެހާތަނާއި ޖެހެންދެން މަދަނީކޯޓުގެ ނަންބަރު 2010/MC/105 ޤަޟިއްޔާގައި
ކުރައްވާފައިވާ އެޙުކުމާއި އެއްގޮތަށް މަރްޔަމް ޢާފިޔާއާއި އަޙުމަދު ޒައިދު އަދި ލީ އެންޑް ލުޖް އެންޓަރ
ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކް އޮފް ސިލޯނަށް ފައިސާ ދެއްކިކަން އަދި އެޙުކުމުގައި
ކަނޑައެޅިފައިވާ މުއްދަތުގައި މިފައިސާ ދައްކާ ޚަލާސްކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރިކަން އެނގޭނެ
އެއްވެސް ހެއްކެއް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިނުވާއިރު، މަދަނީކޯޓުގެ ނަންބަރު 2010/MC/105
ޙުކުމާއި އެއްގޮތަށް ޢަމަލުނުކޮށްގެން ސިވިލް ކޯޓުން މއ.ފެހިއަލިއާގެ ވިއްކުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށް
ދީފައިވަނީ 03 މާރޗް 2013 ގައި ކަމާއި ސިވިލްކޯޓުގެ މިޙުކުމަށް ފަހު ބޭންކް އޮފް ސިލޯނަށް ފައިސާ
ދެއްކުމަށް މަރްޔަމް ޢާފިޔާގެ ފަރާތުން ދިޔައީ މަސައްކަތް ކުރަމުން ކަމަށާއި އެކަމަށް ބޭންކް އޮފް ސިލޯނުގެ
ފަރާތުން އެއްބާރުލުންދީފައިނުވާކަމަށް ބުނެ އެކަން ސާބިތުކުރުމަށް މަރްޔަމް ޢާފިޔާގެ ފަރާތުން ހުށަހެޅި
ހެކިތަކަށް ސިވިލް ކޯޓުން ރިޢާޔަތްނުކުރާކަމަށް މަރްޔަމް ޢާފިޔާގެ ފަރާތުންނާއި މިމައްސަލައިގައި ތަދައްޚުލުވި
ޒައިދުގެ ފަރާތުން ބުނެފައިވާއިރު، މިމައްސަލަ އާއި އެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އަދި
މިމައްސަލައިގައި މަރްޔަމް ޢާފިޔާގެ ފަރާތުންނާއި މައްސަލައިގައި ތަދައްޚުލްވި އަޙްމަދު ޒައިދުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް ބެލުމުން މަދަނީކޯޓުގެ ނަންބަރު 2010/MC/105 ޤަޟިއްޔާއިން ސާބިތުވެފައިވާ
މިފަރާތްތަކުން ލޯނުގެ ގޮތުގައި ބޭންކް އޮފް ސިލޯނަށް ދައްކަން ޖެހޭ ފައިސާ، ބޭންކުގައިވާ މަރްޔަމް ޢާފިޔާގެ
އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެފައިވަނީ 15 އެޕްރީލް 2013 ކަމާއި އަދި އެކަން ބޭންކް އޮފް ސިލޯނަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
އަންގާފައިވާކަމަށް ބުނެފައިވަނީ 16 އެޕްރީލް 2013 ގައި ކަމާއި އެހެންނަމަވެސް މަދަނީކޯޓުގެ ނަންބަރު
2010/MC/105 ޤަޟިއްޔާއަކީ 2010 ވަނަ އަހަރުގެ ތެރޭގައި ނިންމާފައިވާ މައްސަލައަކަށްވާއިރު
އެޤަޟިއްޔާގެ ފަހުންވެސް ގިނަ ދުވަސްތަކެއް ހިނގާދިޔަ ފަހުން އަދި މއ.ފެހިއަލިއާގެ ވިއްކާލުމުގެ ހުއްދަ
ބޭންކް އޮފް ސިލޯނަށްދިން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1654 ޤަޟިއްޔާގެ ފަހުންވެސް
މުއްދަތެއް ހިނގާދިޔުމަށްފަހު ލޯނު ދައްކަންކުރި މަސައްކަތަށް ބޭންކުގެ ފަރާތުން އެއްބާރުލުން ދީފައިނުވާކަމަށް
މަރްޔަމް ޢާފިޔާގެ ފަރާތުން ބުނިނަމަވެސް 15 އެޕްރީލް 2013 ގައި އެފަރާތުން ބޭންކަށް ފައިސާ
ޖަމާކުރިގޮތަށް އޭގެ ކުރިންވެސް އެފައިސާ ޖަމާކުރުމާއި ދެކޮޅަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ކުރިމަތިކުރުވި
ހުރަހަކީ ކޮބައިކަން އެނގޭފަދަ ހެކިތަކެއް ނުވަތަ ޤަރީނާތަކެއް ހުށަހެޅިފައި ނެތްކަމާއި،
16 އެޕްރީލް 2013 ގައި
މަރްޔަމް ޢާފިޔާގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ލޯނުގެ ފައިސާ
ދެއްކިކަމަށްބުނެ އެފަރާތަށް ސިޓީއަކުން އެކަން އެންގި އިރު، ބޭންކް އޮފް ސިލޯނުން ވަނީ މއ.ފެހިއަލިއާގެއެވެ
ކިޔާގޯތި ވިއްކާލުމަށް ކޯޓުން ދިން ހުއްދައިގެ ދަށުން އެގޯތި ވިއްކާލުމުގެ ގޮތުން އިޢުލާނުކޮށް އެއިޢުލާނަށް
ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހޮވާ އެކަން ހޮވުނު ފަރާތަށް އަންގާ އެފަރާތުން ގޯތި ގަތުމަށް
ދައްކަންޖެހޭ ފައިސާ ދެއްކުމުން އެފައިސާ ބޭންކުން ބަލައިގެން އެމުޢާމަލާތު އެގޮތުގައި މިހާރު ކުރެވިފައިކަމާއި
މިހެންކަމުން މއ.ފެހިއަލިއާގެ ގޯތި ވިއްކުމުގެ މުޢާމަލާތަކީ މިހާރު ބޭންކް އޮފް ސިލޯނުގެ އިތުރުން މިގޯތި
ބީލަމުގެ އުސޫލުން ގަތުމަށް ފައިސާދެއްވި ފަރާތުގެ މަސްލަޙަތު ހިމެނޭ މުޢާމަލާތެއް ކަން އެނގެން އޮތުމުން
މިޙާލަތުގައި ބޭންކް އޮފް ސިލޯނާއި ބީލަމުގެ އުސޫލު މިގޯތި ގަތުމަށް ފައިސާދެއްވި ފަރާތުގެ ޙައްޤުތަކާއި
މަސްލަޙަތުތަކަށްވެސް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭކަމާއި، ބޭންކް އޮފް ސިލޯނަށް މަރްޔަމް ޢާފިޔާގެ ފަރާތުން
ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަދަނީކޯޓުގެ ނަންބަރު 2010/MC/105 ޤަޟިއްޔާގެ ފަހުންވެސް އަދި
އެޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1654 ޤަޟިއްޔާގެ
ޙުކުމަށްފަހުވެސްއެކަށީގެންވާ މުއްދަތެއް ދެވިފައިވާކަން އެނގެންއޮތުމުންނާއި، މިމައްސަލައިގެ ވަށައިގެން ހުރި
އިސްވެ ފާހަގަކުރެވުނު އެންމެހާކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ
މަރްޔަމް ޢާފިޔާއަށް ލިބިގެންވާ ބޯހިޔާވަހި ކަމުގެ ޙައްޤަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރުމެއްނެތި
އެފަރާތުގެ ޙައްޤަށް އުނިކަން އަންނަގޮތަށްކަމުގައި ނުބެލެވޭކަމެވެ.
COC
ދިވެހިރާއްޖޭގެ
CCUCC>
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވުމަށް
13
2013/HC-A/197
(ކ) ހަތްވަނަކަމަކީ، ބޭންކު އޮފް ސިލޯނުން މއ.ފެހިއަލިއާގެ ވިއްކުމުގައި އަވަސްވެގެންފައިވަނީ
މަރްޔަމް ޢާފިޔާގެ އަސާސީ ޙައްޤުން އެފަރާތް މަޙްރޫމްކޮށް އަދި އެތަން އެހެން ފަރާތަކަށް ހޯދައިދިނުމުގެ
ބޭނުމުގައި ކަމަށް މަރްޔަމް ޢާފިޔާގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފް ނުކުތާތަކަށް ބަލާއިރު،
މަރްޔަމް ޢާފިޔާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މއ.ފެހިއަލިއްގެ އެވެ ކިޔާ ގޯއްޗަކީ މަރްޔަމް
ޢާފިޔާއާއި އަޙުމަދު ޒައިދު ޔަޤީންކަންދީގެން ލީ އެންޑް ފުޑް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ
އެދުމަކަށް ބޭންކް އޮފް ސިލޯނުން ދޫކުރި މިމައްސަލައިގައި ޙަވާލާދެވޭ އޯވަރޑްރާފްޓް ފެސިލިޓީ އާއި ގުޅިގެން
ބޭންކް އޮފް ސިލޯނުގައި ރަހުނު ކުރެވިފައިވާ ގޯއްޗެއްކަމާއި، މިގޯތި ބޭންކުގައި ރަހުނު ކުރެވޭއިރުވެސް
ބޭންކުން ނެގި އޯވަރޑްރާފްޓް ފެސިލިޓީއާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދަނީ ނަމަ ބޭންކުން ބޭނުންނަމަ
އެގޯތި ވިއްކާލެވިދާނެކަމީ ކުރިންވެސް މަރްޔަމް ޢާފިޔާއަށް އެނގިފައި އޮތްކަ
އޮތްކަމެއްކަމަށް ޤަބޫލުކުރަން ޖެހޭއިރު،
މިލޯނުގެ ފައިސާ ނުދައްކައިގެން ބޭންކް އޮފް ސިލޯނުގެ ފަރާތުން މަދަނީކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު
2010/MC/105 ޤަޟިއްޔާގައިވެސް މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާއެއް 2010 މެއި
30 ވަނަ ދުވަހުންފެށިގެން 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް މަރްޔަމް
ޢާފިޔާއަށާއި، އަޙުމަދު ޒައިދުއަށާއި ލީ އެންޑް ލުޖް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މިކްރެޑިޓް ފެސިލިޓީ
ތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދެއްކޭނަމަ މަރްޔަމް ޢާފިޔާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
މއ.ފެހިއަލިއާގެ އެވެ ކިޔާ ގޯތި ވިއްކާލުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ލިބިގެންވާކަމަށް ބަޔާންކޮށް އެކަން
މަރްޔަމް ޢާފިޔާއަށްވެސް އަންގާފައިވާކަމާއި، އެހެންނަމަވެސް މަދަނީކޯޓުން އެޙުކުމް ކުރެއްވުމަށްފަހު ލޯނުގެ
ފައިސާ އެޙުކަމާއި އެއްގޮތަށް ދައްކަމުން ގޮސްފައި ނުވާއިރު، މިޙުކުމް ތަންފީޒުކުރުމަށް ބޭންކް އޮފް ސިލޯނުގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީވެސް ފައިސާ ދެއްކުމަށާއި މިގޯއްޗަށް ކުރެވިފައިވާ ރަހުނުން ސަލާމަތް
މަރްޔަމް ޢާފިޔާއަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހުގައި ކަމަށް ޤަބޫލުކުރެވޭކަމާއި،
ލޯނަކާއި ގުޅިގެން ރަހުނުކުރެވިފައިވާ ގޯއްޗެއް ވިއްކާލުމުގެ ހުއްދަ ބޭންކަށް ޝަރީއަތުގެ ފަރާތުން ދެނީ
ބޭންކާއި ލޯނުގެ ފައިސާނެގި ފަރާތާއި ދެމެދު އެއްބަސްވި ގޮތަށް ފައިސާ ދައްކަމުން ނުދާތީ އަދި އެއްބަސްވި
4
ބޭންކުން
ނެގޭ
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/197
6
8 =ހ2
އއޤީeށް
ގޮތަށް ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅުމުން އެދަރަނި ސާބިތުކުރުމަށް ފަހު ކޯޓުގެ ޙުކުމާއި ވެސް
ދަރަނި އަދާކުރަމުން ނުދާ ޙާލަތްތަކުގައިކަމާއި، މިހެންކަމުން ލޯނަކާއި ގުޅިގެން ރަހުނު ކުރެވިފައިވާ
މުދަލެއް ވިއްކާލުމުގެ ހުއްދަ ކޯޓުގެ ފަރާތުން ބޭންކަށް ދިނުމުން އެކަން ތަންފީޒުކުރުން އަވަސް ކުރުމަކީ
އޮތް އިޚުތިޔާރެއްކަމުގައި ބަލަންޖެހޭކަމާއި މިހެންކަމުން މިމައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ
މައްޗަށް ބަލާއިރު، މއ.ފެހިއަލިއާގެ ވިއްކުމުގައި ބޭންކް އޮފް ސިލޯނުގެ ފަރާތުން ޢަމަލުކޮށްފައިވަނީ މަރްޔަމް
ޢާފިޔާގެ އަސާސީ ޙައްޤުން އެފަރާތް މަޙްރޫމްކޮށް އެތަން އެހެން ފަރާތަކަށް ހޯދައިދިނުމުގެ ނުބައި ނިޔަތެއްގައި
ކަމަށް ބެލެވެން ނެތްކަމެވެ.
ބޭންކަށް
(އ) އައްވަނަކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ
މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ
އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވާކަމާއި، ހއ.ފެހިއަލިއާގެ އެވެ ކިޔާގޯތީގެ ބީލަން ކުރިއަށް
ދިޔަގޮތާއި ދޭތެރޭގައި އެއްވެސް ޝަކުވާއެއް މަރްޔަމް ޢާފިޔާގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާކަން މަރްޔަމް
ޢާފިޔާގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅި ދަޢުވާ ފޯމަށް ބެލުމުން އެނގެން ނެތް އިރު، މިނުކުތާއަކީ
މިމަރުޙަލާގައި މިހާރު ބެލެވޭނެ ނުކުތާއެއް ނޫންކަން އެނގޭކަމާއި،
ce CO
4 22 22
ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާލެވޭނެ ގޮތް ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) ގެ 36 ވަނަ މާއްދާގެ 2 ގައި ބަޔާންވެގެންވާކަމާއި މިގޮތުން
ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާލެވޭނީ، ޝަރީޢަތުން ހުއްދަ ލިބިގެން،
މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ގޮތުގެމަތިން، ސަރުކާރުން ކަނޑައަޅާ ފަރާތަކުން ބާއްވާ
ހުޅުވާލެވިފައިވާ ބީލަމެއްގައި ކަމަށް އޮންނައިރު، މިޤާނޫނުގެ ދަށުން ބާރު ލިބިގެން ހެދިފައިވާ ބިމާ އިމާރާތް
އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާގައި "ރަހުނެއް ތަންފީޒުކުރުމަށްޓަކައި، އެއްވެސް
ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލެވޭނީ ރަހުނު ހިފާފައިވާ
284
ދިވެހިރާއްޖެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
15
2013/HC-A/197
4
ރަހުނު ކަފި
UCO
ނުވަތަ މާލީ އިދާރާއިން ޤަވާޢިދާއެއްގޮތްވާގޮތުގެ މަތިން ބާއްވާ ހުޅުވާލެވިފައިވާ ބީލަމެއްގައި ކަމަށް"
އޮންނަކަމާއި، މިހެންކަމުން ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި އެބުނާ ސަރުކާރުން ކަނޑައެޅި ފަރާތަކީ
ބޭންކު ނުވަތަ މާލީ އިދާރާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އަދި އެޤާނޫނުން
ބާރު ލިބިގެން ހެދިފައިވާ ބިމާ ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދުގެ އިޝާރާތްކުރެވުނު މާއްދާތަކަށް
ބެލުމުން ޝަރީޢަތުން ހުއްދަ ލިބިގެން ރަހުނެއް ތަންފީޒުކުރުމަށްޓަކައި ބިމެއް ނުވަތަ ގޯއްޗެއް ވިއްކާލުމުގައި
ޝަރުތުކުރަނީ އެބީލަމަކީ ހުޅުވާލެވިފައިވާ ބީލަމަކަށްވުން ކަން އެނގެން އޮތް އިރު އެފަދަ ބީލަމަކަށް ކުރެވޭ
އިޢުލާނެއްގައި ހިމަނަންޖެހޭ ވަކިކަންތައްތަކެއް ބިމާއިބެހޭ ޤާނޫނުގައިވެސް އަދި ޤަވާޢިދުގައިވެސް
ބަޔާންކުރެވިފައި ނުވާކަމާއި، ޝަރީޢަތުން ހުއްދަ ލިބިގެން މިމައްސަލައިގައި ޙަވާލާދޭ މއ.ފެހިއަލިއާގެ
ވިއްކުމަށް ބޭންކް އޮފް ސިލޯނުންވަނީ ހަވީރު ނޫހުގައި ޢާއްމު އިޢުލާނެއްކޮށްފައިކަމާއި މިއިޢުލާނުގައި
މިގޯއްޗާއިބެހޭ މަޢުލޫމާތާއި، ބީލަމަށް ކުރިމަތިލުމަށް އޮތް އެންމެ ފަހުގެ ތާރީޚާއި، އެންމެ މަތީ އަގެއް
ހުށަހެޅުމުން ކަންކުރެވޭ ގޮތް ބަޔާންކޮށްފައިވާކަމާއި، މިއިޢުލާނުގައި ބީލަމާއި އެކު ހުށަހަޅަން ޖެހޭ ތަކެތީގެ
ލިސްޓާއި، ކުރިމަތިލެވޭ މީހުންގެ ޝަރުތާއި، ބީލަން ފެށޭނެ އެންމެ ދަށް އަގަކާއި، އިތުރުކުރެވޭނެ ދަށް
އަގެއް، އަދި ބީލަން ކަނޑާނެ ތާރީޚެއް ފެންނަން ނެތުމަކީ އެބީލަމަކީ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން
ހެދިފައިވާ ޤަވާޢިދުގައިވާ ފަދަ ހުޅުވާލެވިފައިވާ ބީލަމަކަށް ވުން ނަފީކުރާ ކަންތައްތަކެއް
ނޫންކަން
އެނގޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓްގެ ނަންބަރު 2013/Cv
-
C/829 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
މަރްޔަމް ޢާފިޔާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ފެންނަން ނެތްކަމަށެވެ.
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2013/HC-A/197
.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/829 ޤަޟިއްޔާ ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހއ.ފެހިއަލިއާގެ
މަރްޔަމް ޢާފިޔާގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/829 ޤަޟިއްޔާ
ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
cuco Oc
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv