ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/10 ޤަޟިއްޔާގެ ޙުކުމް
1
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/10
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 10/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް
* ނަން: ޖުޑީޝަލް ސަރވިސް ކޮމިޝަން
ތީމުގެ / މާލެ
* މިހާރުގެ އެޑްރެސް: މ. ތީމުގެ / މާލެ
. އިސްތިއުނާފު ރައްދުވި ފަރާތްތައް:
-1
*
* ނަން: ޢަބްދުﷲ މުޙައްމަދު
ދާއިމީ އެޑްރެސް: ބަހާރުގެ / ރ. ހުޅުދުއްފާރު
އައިޑީކާޑު ނަންބަރު: A036218
މިހާރުގެ އެޑްރެސް:
ލިންކްހައުސް މާލެ
l
*3
*
* ހުށަހެޅުނު ތާރީޚް: 09 ޖެނުއަރީ 2013
، ނިމުނު ތާރީޚް: 20 ނޮވެމްބަރ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
ނަންބަރ:2011/Cv
-
C/2253
* ކޯޓު: ސިވިލް ކޯޓު
* ޤަޟިއްޔާގެ ބާވަތް: ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ބާތިލްކޮށްދިނުމަށްއެދި
* ނިންމެވި ތާރީޚް: 25 ޖުލައި 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6,1429
2
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޤަޟިއްޔާއެކެވެ.
ދދު 0
/ ތ 4
ޤަޟިއްޔާގައި، އިސްތިއުނާފުރައްދުވާ ފަރާތަކީ
ރ. ހުޅުދުއްފާރު، ބަހާރުގޭ، ޢަބްދު
3ދތ ވ2 22
0އއ0ދއްވާ
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02c
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށްބެލިއިރު، އެޤަޟިއްޔާއަކީ ކްރިމިނަލް ކޯޓުގެ އިސްގާޟީގެ މަޤާމުގައިހުރި ޢަބްދުﷲ މުޙައްމަދު ނުކުރާ
ކުށެއް އަދި ޤާނޫނުގައި ކުށެއްކަމަށް ނެތްކަމެށް ސުލޫކީ މައްސަލައެއްގޮތުގައި 16 ނޮވެމްބަރ 2011 ވަނަ
ދުވަހުގެ ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާގައި ސިއްރު ވޯޓަކުން ޢަބްދުﷲ މުޙައްމަދުގެ މައްޗަށް
ޘާބިތުވާކަމަށް ނިންމާފައިވާކަމަށްބުނެ، ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ޘާބިތުވާކަމަށް ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ފާސްކޮށްފައިވާ ސުލޫކީ މައްސަލައަކީ ޢަބްދު
ސުލޫކީ މައްސަލައަކީ ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ޘާބިތުވާ
މައްސަލައެއްނޫންކަމަށާއި، އެމައްސަލާގައި ހިންގާފައިވާ އިޖުރާއަތުތައް ބާޠިލްކަމަށާއި، ޢަބްދުﷲ މުޙައްމަދަޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
ދޭން ނިންމާފައިވާ ތައުދީބީ އަދަބަކީ ޢަބްދުﷲ މުޙައްމަދަށް ދެވޭނެ އަދަބެއްނޫންކަމަށް ކަނޑައަޅައިދެއްވުމަށް
އެދިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސަރވިސް
ކޮމިޝަންގެ މައްޗަށް ރ. ހުޅުދުއްފާރު | ބަހާރުގެ (މ. ލިންކްހައުސް) ޢަބްދުﷲ މުޙައްމަދު ދަޢުވާކޮށް
ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެއްކަމާ
#
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު)ގެ 35 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ތައުދީބީ ކޮމިޓީގެ އެއްވެސް ދައުރެއްނެތި
ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވުނު ކަންތައް ޘާބިތުވާކަމަށް ކަނޑައަޅާފައިވާތީ، ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ އެކަމުގައި ފުރިހަމަވާންޖެހޭ އިޖުރާއަތުތައް ފުރިހަމަނުކޮށް
ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، ޤާނޫނު ނަންބަރު 13/2010
(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ށ) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
ހުށަހެޅިފައިވާ މައްސަލައަކާބެހޭ ގޮތުން ކޮމިޝަނަށް ކުރުން ލާޒިމްކަމަށް ފެންނަ ތަޙްޤީޤެއް ކުރެވިދާނެކަމަށް
ބަޔާންކޮށް، ...މިގޮތުން ކުރާ ތަހްޤީގެއް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ކޮމިޓީއަކާ
ނުވަތަ މެންބަރަކާ ޙަވާލުކުރެވިދާނެއެވެ. މިފަދައިން ބަޔާންކޮށްފައިވުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ކުރުމަށް ބޭނުންވާ ތަޙްޤީޤުކުރުމަށްޓަކައި އެކޮމިޝަނުން ކަނޑައަޅާ ކޮމިޓީއަކާއި، ނުވަތަ ކޮމިޓީއެއްނޫންގޮތަށް
މެންބަރަކާއިވެސް ޙަވާލުކުރެވިދާނެކަން އެނގެން އޮންނާތީ ފަނޑިޔާރެއްގެ ސުލޫކާއި ގުޅޭގޮތުން ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ތަޙްޤީޤުކުރުމަށް ނިންމައި، އެކަން ތައުދީބީ ކޮމިޓީއަށް ތަޙްވީލުކުރުން އެކޮމިޝަނުގެ
މައްޗަށް ލާޒިމްކަމުގައި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ އަލީގައި
ބެލެވެން ނެތްކަމާއި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ
ދަށުން ދިފާޢު ހުށަހެޅުމުގެ ޙައްޤު ޢަބްދުﷲ މުޙައްމަދަށް ލިބިދީފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއަށް
ބަލާއިރު، ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގައި ޢަބްދުﷲ މުޙައްމަދުގެ ސުލޫކާ ޚިލާފު
މައްސަލައެއް އޮތްތޯ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެމައްސަލަ ތަޙްޤީޤްކުރުމަށްޓަކައި އެކުލަވާލި
ކޮމިޓީގެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްކަމުގައި ބަލައި، ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލައެއް އޮތްކަމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޘާބިތުވާކަމަށް ކަނޑައަޅާފައިވަނީ ތަޙްޤީގު މަރުޙަލާގައި ޢަބްދުﷲ މުޙައްމަދުގެ
ފަރާތުން ބަހެއް ބުނުމުގެ ފުރުސަތު ދިނުމަކާއި ނުލައިކަމުގައިވާތީއާއި، އެރިޕޯޓާގުޅޭ ގޮތުން ކަމެއް އޮތްނަމަ،
އެކަމެއް 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކޮމިޝަނަށް ހުށަހެޅުމަށް ޢަބްދުﷲ މުޙައްމަދަށް ފުރުސަތުދީ،
އެމުހުލަތު ހަމަވުމުގެ ކުރިން ކޮމިޝަނުން މިމައްސަލައިގައި ގޮތެއް ކަނޑައަޅާފައިވުމުން، ޢަބްދުﷲ މުޙައްމަދުގެ
ސުލޫކީ މައްސަލައެއްއޮތްކަމަށް ޘާބިތުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ އެކަމާމެދު
ޢަބްދުﷲ މުޙައްމަދުގެ ފަރާތުން އެފަރާތުގެ ދިފާޢު ހުށަހަޅައި، މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުޞަތު
ލިބިނުދީކަމުގައިވެފައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައްސަލަ ޘާބިތުވާކަމަށް އެބީދައިން ނިންމައި، ގޮތެއް
ކަނޑައެޅުމަށްފަހު، ދެން އެކަމާމެދު ޝަކުވާއެއް އޮތްނަމަ އައުމަށް ފުރުޞަތު ދިން ދިނުމަކީ ތުހުމަތު
އުފުލިފައިވާ މީހާއަށް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި ގުޅިގެން ބަސްބުނުމާއި، އަމިއްލަ ދިފާޢު
ހުށަހެޅުމަށް ދެވުނު ފުރުޞަތެއްކަމުގައި ބެލެވޭނެ ހަމައެއްނެތްކަމުންނާއި، އެގޮތުން ދެވުނު ފުރުޞަތުގެވެސް
މުހުލަތު ހަމަވުމުގެ ކުރިން ކޮމިޝަނުން ގޮތެއް ނިންމާފައިވުމުންނާއި، އިޝާރާތްކުރެވޭ މައްސަލައިގައި ޢަބްދު
މުޙައްމަދުގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޘާބިތުވާކަމަށް ކަނޑައެޅި
ކަނޑައެޅުމަކީ ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 24 ވަނަ މާއްދާގައި
ކޮމިޝަންގެ އަދި ތައްޤީގެ ކޮމިޓީގެ މައްޗަށް ލާޒިމްކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އަސާސްގެ
މައްޗަށް ބިނާކޮށް މައްސަލަ ބެލުމަށް އޮތްއޮތުމާއި އެއްގޮތަށް އޮތްކަމެއްކަމުގެ
ކަމުގައި ބެލެވެން ނެތްކަމާއި،
4 22
oxo
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2013/HC-A/10
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޘާބިތުކޮށްފައިވާ
މައްސަލައަށް "ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު" އެވެކިޔާ ޤަވާޢިދު ތަޠުބީޤުނުކުރެވޭނެކަމަށާއި، ޢަބްދު
މުޙައްމަދުގެ މައްޗަށް ޘާބިތުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގައި ޢަބްދު
މުޙައްމަދާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު 2010;13 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު)ގެ 37 ވަނަ މާއްދާއާއި ޚިލާފު ނިންމުމެއްކަމަށްބުނެ، އެފިޔަވަޅު ޢަބްދުﷲ މުޙައްމަދުގެ
މައްޗަށް ނޭޅޭނޭކަމަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
8 ތާ 4
ދިވެހިރާއްޖޭ
2
0 هޑ
حرکت کی
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 149
ވަނަ މާއްދާގެ (ހ) ގައި
ފަނޑިޔާރުންނަކީ އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައި އޮތްއޮތުމުން، ފަނޑިޔާރުންނަކީ
އަޚްލާޤު ރަނގަޅު ބައެއްކަމުގައިވުމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އިސްވެ ބަޔާންކުރެވުނު
މާއްދާއިންނާއި، ފަނޑިޔާރުންނާއި މަތިކުރެވޭ ޖިންމާގެ ޠަބީޢަތަށް ބެލުމުން ލާޒިމްކަމެއްކަން އެނގޭކަމާއި،
ފަނޑިޔާރުން ޢަމަލުކުރަންޖެހޭ އަދި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ ބައިނަލްއަޤްވާމީ
އުޞޫލުތަކާއި މިންގަނޑު ތަކެއްވާކަމާއި، މިގޮތުން މިހުރިހާ ކަންކަމަށް ބެލުމުންވެސް ފަނޑިޔާރުންނަކީ
ތަޢައްޞުބުން އެއްކިބާވެތިބޭ، ކަންކަމާއި ގުޅޭގޮތުން ވަކިފިކުރެއް އޮތް ނުވަތަ ގެންގުޅޭ ފަރާތެއްގެ ގޮތުގައި
ނުބެލެވޭނެ ފަދައަކުން ފިކުރު ގެންގުޅޭ ފަރާތެއްގެ ގޮތުގައި ވާންޖެހޭ، އަދި މަތިވެރި އަޚްލާޤްގެ ރިވެތި ސިފަތައް
ދަމަހައްޓާ ނަޒާހަތްތެރި ބަޔަކަށް ވާންޖެހޭޖެހުމަކީ ކޮންމެ މުޖްތަމަޢުއެއްގައިވެސް ފަނޑިޔާރުންނާއި ފަނޑިޔާރުން
އެބާރަކަށް ނިސްބަތްވާ ޢަދުލް އިންޞާފު ޤާއިމުކުރުމުގެ ބާރާއި މުޅި މުޖްތަމަޢުގެ ރައްކާތެރިކަމާއި ޞުލްޙަ
މަޞްލަހަތު ހިފެހެއްޓުމަށްޓަކައި އެކަން އޮންނަ އުޞޫލުކަން އެނގޭކަމާއި،
0
<< O
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އަދި ޤާނޫނު ނަންބަރު 10/2008
(ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ލާޒިމްކުރާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ޤަވާއިދު އުޞޫންގެ ޚައިޖީ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
އައިސްފައިނެތުމަކީ ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ނެތްކަން ބަލަންޖެހޭ ސަބަބެއްކަމުގައި
ނުވިނަމަވެސް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު' ގެ ނަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން
އެކުލަވާލައިފައިވާ ޤަވާއިދަކީ ދަޢުވާކުރާ ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޢަމަލުގެ ފަހުން ހަދާފައިވާ
ޤަވާއިދެއްކަމުގައިވާތީ، ކުރިން ހިނގާފައިވާކަމަށްބުނާ އެޢަމަލުގެ މައްޗަށް ފަހުން ހެދުނު ޤަވާއިދުގެ ދަށުން
ފިޔަވަޅު އެޅުމީ އެކަމުގައި ދަޢުވާކުރާ ފަރާތަށް ގެއްލުންލިބެނިވި ކަމެއްކަމުގައިވާނަމަ ފަނޑިޔާރުންގެ ސުލޫކީ
މިންގަނޑު" އެވެ ކިޔާ ޤަވާއިދަކީ މިޤަޟިއްޔާގައި އިޝާރާތްކުރެވޭ ތުހުމަތާއިގުޅިގެން އެކަން ބަލައި ފިޔަވަޅު
އެޅުމުގެ މަރުހަލާގައި އޭގެ ބޭނުންކުރެވިދާނެ ޤަވާއިދެއްނޫންކަމުގައި ވާހިނދު، ޢަބްދުﷲ މުޙައްމަދާމެދު ތަޙްޤީޤު
ކޮމިޓީން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމުގައިވެސް ޢަބްދުﷲ މުޙައްމަދު ކުޅަކަމަށް
ތުހުމަތުކުރެވުނު ޢަމަލަކީ 'ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު' މިޤަވާއިދާއި ޚިލާފްވުމެއްކަމާއި، އަދި އެއީ އެފަދަ
ޚިލާފުވުމެއްނަމަ، އެޚިލާފަކީ އެ ޤަވާޢިދުގެ ކޮން މާއްދާއަކާއިވެވޭ ޚިލާފުވުމެއްކަމަށް ބަޔާންކޮށްފައިނުވާކަމާއި،
ފަހުން ވުޖޫދަށް އަންނަ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް
ބޭނުންކުރާކުރުމަށް (retrospective application) ބަލާއިރު، ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ
ހާލަތުގައި ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ފަހުން އަންނަ ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ދަށުން
ޢަމަލުކުރެވޭނީ އެޢަމަލުކުރުމުގެ ސަބަބުން ރައްދުވާފަރާތަކަށް ފައިދާވާ ހާލަތުގައިކަމާއި، ގެއްލުމެއްލިބޭގޮތަށް
ޢަމަލުނުކުރުމަކީ މިއުޞޫލުގެ އަސާސީ ސިފައެއްކަމުގައި ވާހިނދު، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ތައުދީބީ ފިޔަވަޅުތަކަކީ އިސްވެ ބަޔާންކުރެވުނު
އަސާސާއި ތަޢާރުޟުވާ ފިޔަވަޅުތަކެއްކަމުގައި ނުވާތީ އެޤާނޫނު ވުޖޫދުވުމަށްފަހު ފަނޑިޔާރުންނާމެދު ތައުދީބީ
ފިޔަވަޅު އެޅޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުންކަމާއި، އެޤާނޫނުގައި ތަޢާރުޟުވާފަދައަކުން
ފަނޑިޔާރުންނާމެދު ޢަމަލުކުރުމުގެ އިޚްތިޔާރާއި ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންނުވާކަމާއި،
ޢަބްދުﷲ މުހައްމަދާމެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2013/HC-A/10
13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ ދަށުން ނޫންކަމަށްބުނެ، އެއީ އިދާރީ ގޮތުން އަޅާ
ފިޔަވަޅެއްގެ ގޮތުގައިކަމަށް ދޭހަވާގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފައިވާހިނދު، ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ފަނޑިޔާރުންނާއި ގުޅޭގޮތުން ބެލޭނީ ކޮންބާވަތެއްގެ މައްސަލަތަކެއްކަމާއި،
އެމައްސަލަތަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަންޖެހޭނީ ކޮން އުޞޫލަކުންކަމާއި،
ތަޙްޤީޤްކުރާ މައްސަލަތަކާއިގުޅިގެން ފަނޑިޔާރުންނާމެދު މިފިޔަވަޅު އަޅަންޖެހޭ ޙާލަތުގައި އެފިޔަވަޅުތަކަކީ
ކޮބައިކަންވެސް ޤާނޫނުގައި ސާފުބަހުން ބަޔާންކޮށްފައިވާހިނދުގައި، ޤާނޫނީ އިމުގެ ބޭރުން، އެއީ އިދާރީގޮތުން
ކުރާ ކަމެއްކަމުގައި ބުނި ނަމަވެސް، އެފަދައިން ކަންކުރުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
ލިބިގެންނުވާތީ، ޢަބްދުﷲ މުހައްމަދާމެދު ތަޢުދީބީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު 2010;13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އާ ޚިލާފު
ނިންމުމެއްކަމާއި،
މިމައްސަލައިގައި އިޝާރާތްކުރެވޭ ޢަބްދުﷲ މުޙައްމަދު ބުނެފައިވާކަމަށްބުނާ ޢިބާރާތް ޢަބްދު
މުޙައްމަދު ބުނެފައިވާކަން ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައިދިނުންއެދި ހުށަހަޅާފައިވާ ނުކުތާއަށް
ބަލާއިރު،
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ފިޔަވަޅުއަޅާ ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން
ކަމުގައިވުމުން، ސުލޫކީ މައްސަލަތަކުގައި ގޮތް ކަނޑައަޅާނެގޮތާމެދު ސުވާލު އުފައްދާނެ ޤާނޫނީ އެއްވެސް
ނުކުތާއެއް އޮތްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނުދޭކަމަށާއި، އިޖުރާއަތެއް ގޯސްވެގެންނަމަވެސް،
ނުވަތަ އެހެން ކަމެއް އެކަމުގައި އޮތް ނަމަވެސް، އެމައްސަލައެއް ހުށަހަޅަންޖެހޭ ފުރަތަމަ ފަރާތަކީ ޖުޑީޝަލް
ސަރވިސް ކޮމިޝަންކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތްއިރު އެއާއި ޚިލާފަށް މިމައްސަލައިގައި ޝަރީޢަތަށް
އާދެވިދާނެކަމަށް އެކޮމިޝަނުން ޤަބޫލުނުކުރާކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރަކާއިޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
ގުޅޭގޮތުން މައްސަލައެއް ބެލުމަށްފަހު ކޮމިޝަނަށް އެކަމެއް ޘާބިތުވުމުން ނުވަތަ ޘާބިތުވާކަމަށް ކަނޑައެޅުމުން،
އެކަމާމެދު ޝަރުޢީ މަރުޙަލާއަށް ނާދެވޭނެކަމަށާއި، މައްސަލަ ރައްދުވި ފަރާތުގެ ޝަކުވާއެއްވާނަމަ، ދެންވެސް
އެކަމާމެދު ގޮތެއް ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށާއި، މިމައްސަލައިގައި އިޝާރާތްކުރާ
މައްސަލަ ޘާބިތުވާކަމަށް ކަނޑައަޅާފައިވަނީ ކޮމިޝަނަށް ޘާބިތުވާތީކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ބުނެފައިވާކަމަށާއި،
ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 24 ވަނަ
މާއްދާގައި ކޮމިޝަނުން ނުވަތަ ތަޙްޤީޤްކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ
އަސާސްގެ މައްޗަށް ބިނާކޮށްކަމަށް ބަޔާންކޮށްފައިވާހިނދު، މިކަމުން އަންގައިދެނީ ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ބަލާ ބެލުންތަކާއި ނިންމާ ނިންމުންތައް ޢަދުލުވެރިވާންޖެހޭނެކަމާއި، އެނިންމުންތައް ބިނާކުރެވެންވާނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ ޤަވާޢިދުގައި ބަޔާންވެގެންވާ ހަމަތަކާއި އެއްގޮތް
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުންތައް އެފަރާތެއްގެ މައްޗަށް ރައްދުކުރެވޭ ފަރާތުގެ ޙައްޤުތައް
ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ރައްކާތެރިކޮށްދެނިވި ފަދައަކުންކަން އެނގޭކަމާއި،
<< O
0 2 0
159
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ
ބެލުމުން،
ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތަށް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި މަތިކޮށްފައިވާ
ދިންމާއެއްކަމާމެދު ސުވާލެއްނެތްނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މިދައުލަތުގެ އެހެން
މުއައްސަސާތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާއިދުގެ ކުރިމަތީގައި
ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމާއި، ޤާނޫނަށްވުރެ މަތީގައި ހަމައެއްވެސް ބަޔަކު ނުވަތަ މުއައްސަސާއެއްވެސް
ނުހުންނާނެތީއާއި، ކޮންމެ ފަރާތަކުންމެ ނިންމާ ނިންމުމަކީ އެކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަމެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
ޤަބޫލުކުރެވޭ ފަރާތަކަށް އެފަރާތެއްގެ ޙައްޤު ޙިމާޔަތްކުރުމަށްޓަކައި ޢަދުލުއިންޞާފުގެ ކުރިމައްޗަށް ގެނެވޭނެ
ނިންމުމެއްކަމާއި، މިހެންކަމުން، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި ގުޅޭ ގޮތުން ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގައި ބަޔާންކޮށްފައިނުވާ ޙާލު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ނިންމާ ނިންމުމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިޖެކަމަށް އެފަރާތަކަށް ޤަބޫލުކުރެވޭނަމަ، އެނިންމުމަކާ
ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅައިގެން، އެ ނިންމުން ނިންމާފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި
އެއްގޮތްވާގޮތުގެ މަތިންތޯ އަދި އިންޞާފުވެރިކޮށްތޯ ބެލުމަށް އެފަރާތަކުން ޝަރީޢަތަށް ނާދެވޭނެކަމަށް ބުނުމަކީ،
ޝަރުޢީ އަދި ޤާނޫނީ ހަމައަކަށްބުރަވެ ބުނާބުނުމެއްކަމުގައި ބެލޭނެ ބުނުމެއްނޫންކަމާއި، އަދި އެފަދައިން
އެފަރާތަކުން ނިންމާ މައްސަލައެއް ޝަރުޢީ މަރުހަލާއަށް ހުށަހަޅައި، އެކަމުގެ މައްޗަށް ބެލުމަކީ
އެމުއައްސަސާއެއްގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅުންކަމުގައި ނުބެލޭނެކަމާއި، އަދި އެފަދަ ގޮތަށް ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމެއް ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށްގެންދިޔުން މަނާކުރާކަމަށް
ބަލަންޖެހޭ އެއްވެސް ސަބަބެއް ފެންނަންނެތްކަމާއި،
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލާ މައްސަލައެއް ޘާބިތުވާކަމަށް ނިންމަނީ ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ޘާބިތުވުމުންކަމުގައި ބުނާބުނުމަކީ ހަމައެކަނި އެހިސާބުން ބުނެ ނިންމާލެވޭނޭފަދަ
ބުނުމެއްނޫންކަމާއި، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އަސާސްގެ މައްޗަށް ބިނާކުރާހިނދު، ކޮމިޝަނަށް ކަމެއް
ޘާބިތުވާކަމަށް ބަލާނެ މިންގަނޑެއް އޮންނަންޖެހޭކަމާއި، އަދި އެމިންގަނޑަކީ މީހާއަކީ ވަކި މީހަކަށްވެގެން
އެމީހެއްގެ މައްޗަށް ޘާބިތުވާ ޘާބިތުވުމެއްކަމުގައި އޮންނަ މިންގަނޑެއްކަމުގައިވެގެން ނުވާނޭކަމާއި، އެމިންގަނޑަކީ
ހަމައެކަނި އެކޮމިޝަނަށް ޘާބިތުވާކަމަށް ޤަބޫލުކުރެވޭތީ ޘާބިތުވާ ޘާބިތުވުމެއްކަމުގައި އޮންނަ
މިންގަނޑެއްކަމުގައިވެގެން ނުވާނޭކަމާއި، އެމިންގަނޑަކީ ހަމައެކަނި އެކޮމިޝަނަށް ޘާބިތުވާކަމަށް ޤަބޫލުކުރެވޭތީ
ޘާބިތުވާ ޘާބިތުވުމެއްކަމުގައިވެސް ވެގެންނުވާނެކަމާއި، އެކަމެއްގެ އެކަމެއް ޘާބިތުވުމުގައި
ބުރަވެވެންޖެހެނީ އެކަމުގައި ފުރިހަމަވާންޖެހޭ ހެއްކާއި ޤަރީނާ ލިބިފައިހުރުމުގެ މައްޗަށްކަމާއި، ކަމެއް
ބާވަތުން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"10
2013/HC-A/10
ޝަރީޢަތް ނިމުނު ގޮ
ގޮތުގެ ޚުލާޞާ
7ތ79 74
#ހ2ތކެރވަނަ
OXO
ގޮތަށް އެކަމެއް ހިނގާފައިވާކަން އަންގައިދޭ ދަލީލުތަކެއްގެ މައްޗަށްކަމާއި، އަދި އެފަދަ
މިންގަނޑަކީ އެއްބާވަތެއްގެ އެހެން މައްސަލަތަކުގައިވެސް އެމިންގަނޑުގެ މައްޗަށް ބުރަވެ އެމައްސަލައެއް
ނިންމޭނެ މިންގަނޑަކަށްވާންޖެހޭކަމާއި،
ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަ ޘާބިތުވާކަމަށް ކަނޑައެޅުމުގައި،
ތަޙްޤީޤު ކޮމިޓީން ރިޢާޔަތްކުރި ހެކީންގެ ބަޔާންތަކަށް ބަލާއިރު، އެއިން އެއްވެސް ބަޔާނަކުން މިމައްސަލައިގައި
އިޝާރާތްކުރެވޭ ޢިބާރާތް ޢަބްދުﷲ މުޙައްމަދު ބުނިކަން އެނގެން ނެތްކަމާއި، އެޢިބާރާތް ބުނިކަމަށް ޢަބްދު
މުޙައްމަދު އިޢުތިރާފުވެފައިނުވާކަމާއި، މީގެ އިތުރަށް ތަޙުޤީޤު ކޮމިޓީން ރިޢާޔަތްކޮށްފައިވަނީ 16 ޖުލައި 2009
ގެ 20:00 ގައި ދިޓީވީން ފޮނުވި ޚަބަރުގެ ވީޑިއޯ ރެކޯޑިންގ އަށް ކަމުގައި ވާހިނދު، އެރެކޯޑިންގ ގެ އެއްވެސް
ހިސާބެއްގައި "ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި މުޙައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ
ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއްކަމުގައި ޖިނާއީ ކޯޓުގެ
އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މިއަދު ވިދާޅުވެއްޖެ މިފަދައިން ޢަބްދުﷲ މުޙައްމަދު ބުނިކަމަށް ޚަބަރު
ހުށަހަޅައިދިން ފަރާތުން ބުނި ބުނުން ފިޔަވައި، ޢަބްދުﷲ މުޙައްމަދު އެފަދައިން ނުވަތަ އެއާއި ގާތްކުރާގޮތަކަށް
ބުނެފައިވާ ބުނުމެއް ފެންނަން ނެތްކަމުން، ޢަބްދުﷲ މުޙައްމަދު ބުނިކަމަށް ތުހުމަތުކުރެވުނު ޢިބާރާތް ޢަބްދު
މުޙައްމަދު ބުނެފައިވާކަމަށްބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުގައި އިސްވެ
ބަޔާންކުރެވުނު ޢިބާރާތަކީ ޢަބްދުﷲ މުޙައްމަދު ބުނެފައިވާ ޢިބާރާތެއްކަމަށް ޘާބިތުވާކަމަށް ތަޙްޤީޤު ކޮމިޓީގެ
އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުން، އެމައްޗަށް ބިނާކުރިކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއިން އިސްވެ ބަޔާންކުރެވުނު ޢިބާރާތް އެފަދައިން ޢަބްދުﷲ މުޙައްމަދު
ބުނެފައިވާކަމަށް ޘާބިތުވާކަމަށް ބުރަވުމަށް ކާފީ ހެކި ލިބިފައި ނެތްހިނދުގައި، މިއީ ކޮމިޝަނުން ނުވަތަ
ތަޙްޤީޤްކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އަސާސްގެ މައްޗަށް
ބިނާކޮށްކަމަށް ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 24 ވަނަ މާއްދާގައި
ބަޔާންކޮށްފައިއޮތް އޮތުމާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37.ލާންގެ ހައިގަ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
24ތތ ހވ
11
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
މާއްދާގެ (ހ) ގައި ފަނޑިޔާރެއްގެ ތައުދީބީ މައްސަލަތައް ގޮތެއް ކަނޑައަޅާއިރު އެމައްސަލައަކާބެހޭގޮތުން
އެކަށީގެންވާ މިންވަރުގެ ތަހްޤީޤުކުރެވިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައި އޮތްއޮތުމާއި އެއްހަމައަކުން
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމެއްކަމުގައި ބެލެވެންނެތަތީ،
ކްރިމިނަލް ކޯޓުގެ އިސްޤާޟީ މަޤާމުގައި ހުރި ރ. ހުޅުދުއްފާރު ގެ ބަހާރުގޭ (މ.ލިންކްހައުސް)
ޢަބްދުﷲ މުޙައްމަދާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލާފައިވާ އެކޮމިޝަނުގެ ނަންބަރު
S09-67 މައްސަލައިގައި އެކޮމިޝަނުން އެކުލަވާލި ތަޙްޤީޤު ކޮމިޓީން ނިންމި ނިންމުމާއި، އެނިންމުމާއި
ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި އެކޮމިޝަނުގެ ނަންބަރު JSC
-
B1
/
11
/
291 (16
ނޮވެމްބަރ 2011) ނިންމުން ބާޠިލްކުރައްވައި ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
2253/Cv-C/2011
3- ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން 07 (ހަތެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި;-
ހ) ފުރަތަމަ ނުކުތާއަކީ: ޢަބްދުﷲ މުޙައްމަދާމެދު ފިޔަވަޅު އަޅަން ނިންމާފައިވަނީ
ފަނޑިޔާރުންގެ ޤާނޫނުގެ ދަށުންކަމުގައި ނުބެލެވޭކަމަށް ކަނޑައަޅުއްވައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ޢަބްދުﷲ މުޙައްމަދާމެދު އަޅަން ނިންމާފައިވާ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއްކަމަށް ނިންމާފައިވަނީ، ޝަރީޢަތުގައި
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި، ތަޙްޤީޤު ކޮމިޓީގެ ރިޕޯޓުގައި ފިޔަވަޅު
ލަފާދީފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"12
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
މާއްދާ (ކުރީގެ 36 ވަނަ މާއްދާ) ގެ (ރ) ގައިވާގޮތުގެމަތީންކަން ތަޙްޤީޤު ރިޕޯޓުން ފެންނަން އޮތްއިރު،
އެކަންކަމަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެކުރިން ޢަބްދުﷲ މުޙައްމަދުގެ
ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ
ނަންބަރުގައިވާގޮތަށް، ތަޙްޤީޤު ރިޕޯޓުގައިވާ ކަންކަމާމެދު ލިޔުމުން ނުވަތަ ޝަފަހީގޮތުން ދޭންބޭނުންވާ ބަޔާނެއް
ދިނުމަށް ޤާނޫނުން ފުރުޞަތު ލިބިދީފައިވާއިރު، ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެކުރިން އެ ފުރުޞަތުގެ ބޭނުން
ޢަބްދުﷲ މުޙައްމަދު ހިފާފައިވާކަން ނުވަތަ ނޫންކަން ޝަރީޢަތުން ބެލުމެއްނެތި މައްސަލަ ސިވިލްކޯޓަށް ބަލައިގަނެ
ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ
30 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަބްދުﷲ މުޙައްމަދުގެ މައްޗަށް
ތުހުމަތު ކުރެވުނު މައްސަލަ ތަޙްޤީޤު ކުރަން ނިންމައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމާއި ހަމައަށްދިޔަ
އެންމެހާ މަރުޙަލާއެއްގައި ޢަބްދުﷲ މުޙައްމަދަށް އޭނާގެ ދިފާޢުގައި ބަސްބުނުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ލިބިދީފައިވަނިކޮށް، އެފަދަ ފުރުޞަތެއް ޢަބްދުﷲ މުޙައްމަދަށް ލިބިދީފައިނުވާކަމަށް ނިންމާފައިވަނީ،
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލަ ބަލައި އެކުލަވާލާފައިވާ ތަޙްޤީޤު
ރިޕޯޓާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ޢަމަލުކުރަމުން
ގެންދާގޮތަކީ ކޮބައިކަން ބެލުމެއްނެތިކަމުގައި ބުނެ ހުށަހެޅި ނުކުތާގެ
(ހ) ހަތަރުވަނަ ނުކުތާއަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ
މައްސަލަ ތަހްޤީޤްގުޅޭ ރިޕޯޓު ޝަރީޢަތަށް ހުށަހަޅާފައިވަނިކޮށް، އަދި އެރިޕޯޓުގައި ޖުޑީޝަލް ސަރތީޞާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"13
2013/HC-A/10
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ކޮމިޝަނުން ޢަބްދުﷲ މުޙައްމަދާމެދު ސުލޫކީ މައްސަލަ ބެލުމުގެ ރިޢާޔަތްކޮށްފައިވާ އަސާސްތަކަކީ ކޮބައިކަން
ބަޔާންކޮށްފައިއޮތްވައި، އަދި އެ އަސާސްތަކުގެ ތެރޭގައި ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ސުލޫކީ
މިންގަނޑަށް ރިޢާޔަތްކޮށްފައި ނުވާއިރު، ޢަބްދުﷲ މުޙައްމަދުގެ މައްޗަށް މި މައްސަލައިގައި ފަނޑިޔާރުންގެ
ސުލޫކީ މިންގަނޑު އެޕްލައިނުކުރެވޭނެކަމަށް ކަނޑައަޅާފައިވަނީ، ތަޙްޤީޤު ކުރުމުގައި ތަޙްޤީޤު ކޮމިޓީން
ރިޢާޔަތްކޮށްފައިވާ އަސާސްތަކަކީ ކޮބައިކަން ބެލުމެއްނެތި ކަމުގައިބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: 16 ޖުލައި 2009 ގެ 20:00 ގައި ދިޓީވީން ފޮނުވި ޚަބަރުގައި
އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ބުނިކަމަށްބުނާ ކަންކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ނިންމާފައިވަނީ،
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ސާބިތުކުރުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 20
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާއި، އެކިއެކި ކަންކަން ސާބިތުކުރުމުގައި މިންގަނޑުތަކުގައި ހުންނަ
ތަފާތުތަކަށް ރިޢާޔަތްކުރުމަކާނުލާކަމުގައިވުމާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަންކަން ނިންމުމުގައި
ބަލަންޖެހޭ ހަމަތަކަށް ރިޢާޔަތްކުރުމެއް ނެތިކަމުގައި ބުނެހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ: ޢަބްދުﷲ މުޙައްމަދަކީ ސިވިލްކޯޓާ އެއް މަރުޙަލާއެއްގެ ކޯޓެއްގައި
މަސައްކަތްކުރާ ފަނޑިޔާރަކަށްވުމުން، އެ މަރުހަލާގެ އެކޯޓުގެ ފަނޑިޔާރުންގެ މަޞްލަޙަތާ ފުށުއަރާކަމެއް ކަމުގައި
ޤަބޫލުކުރެވޭތީއާއި، މިއީ ޢާއްމު މަދަނީ މުޢާމަލާތްތަކާއި ގުޅޭ މައްސަލައަކަށްވުރެ، މުއައްސަސާއެއްގެ
ދުސްތޫރީ ވާޖިބަކާ ގުޅޭ މައްސަލައަކަށްވުމާއި، އަދި މިއީ ސީދާ ޢަދުލުއިންސާފުގައި ހިމެނޭ ފަނޑިޔާރަކާމެދު
އުފުލިފައިވާ ސުލޫކީ މައްސަލައަކާގުޅޭ މައްސަލައެއް ކަމުގައިވުމުން މި މައްސަލައަކީ ސިވިލްކޯޓުގެ
އިޙްތިޞާޞްގެ ތެރެއިން ބެލުން އެންމެ އެކަށޭނަ މައްސަލައެއް ކަމުގައިނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"14
2013/HC-A/10
ހިންގާނީ އެކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިންކަމަށާއި، އެޤާނޫނުގައި އެކޮމިޝަނުޖެގެ ހައިކޯ
ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
() ހަތްވަނަ ނުކުތާއަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލި ތަޙްޤީޤު ކޮމިޓީގެ
ނިންމުމާއި، އެނިންމުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލްކަމަށް
ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 120
21 ވަނަ މައްދާއާއި 22، 23 ވަނަ 24، 25، 29 ވަނަ މާއްދާތަކުގައި ކަނޑައަޅާފައިވާ ހަމަތަކާއި
އުސޫލުތަކާ ޚިލާފަށްކަމުގައިބުނެ ހުށަހެޅި ނުކުތާ.
4 ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ރ. ހުޅުދުއްފާރު | ބަހާރުގޭ ޢަބްދު
މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ
މުސްތަޤިއްލު މުއައްސަސާއެއްކަމަށާއި، އެކޮމިޝަނުގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރަންވާނީ
ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި،
ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ
ކޮންމެ ފަރާތެއްގެ މައްޗަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އިޙްތިޞާޞް ހިނގާނެކަމަށާއި، އެކޮމިޝަން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"15
مفت
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
0
އި، ބާރުތަކާއި މަސައްކަތުގެ ދާއިރާ ކަނޑައަޅާފައި އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަމާއްދާގެ (ނ) އާއި (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އުއްތަމަ
ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަޤާމުގެ
ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި،
އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް
ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުން އެކޮމިޝަނުގެ
މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމާއި، އަދި އެމަސްއޫލިއްޔަތުތައް އަދާކުރުމުގެ ބާރު އެކޮމިޝަނަށް
ލިބިގެންވާކަން ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޤާނޫނު ނަންބަރު 10/2008
(ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި (ށ) އަށްބެލުމުން
އެނގޭއިރު
7 ފ ދ ތ 8
24
ހުށަހަޅުންޖހ
ސަރުކާރުން
ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައިހުރި ރ. ހުޅުދުއްފާރު | ބަހާރުގޭ، ޢަބްދު
މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވުނު، 16ޖުލައި 2009 ގެ 20:00 ގައި ދިޓީވީން ފޮނުވި ޚަބަރުގައި ޖިނާއީ
ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ދެއްވިކަމަށްބުނާ އިންޓަރވިއުއަކާއި ހަވާލާދެއްވައި
"ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، މުޙައްމަދު ނަޝީދުގެ ކެބިނެޓް މިހާރު ކުރަމުންދާ ކަންތައްތަކަކީ
ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު، ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސްޤާޟީ
ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައިވާތީ، އެކަމުގައި ޖިނާއީ ކޯޓުގެ އިސްޤާޟީ
ޢަބްދުﷲ މުޙައްމަދުގެ ސުލޫކާ ޚިލާފު މައްސަލައެއް އޮތްތޯ ބެލުމަށްޓަކައި، އެމައްސަލަ ތަޙްޤީޤުކުރުމަށް ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ނިންމަވާފައިވާކަމާއި އަދި އެމައްސަލަ ތަޙްޤީޤުކުރުމަށް 3 (ތިނެއް) މެންބަރުންގެ
މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިފައިވާކަން އެކޮމިޝަނުގެ ނަންބަރު JSC
-
B1
/
09
/
74 (13 ޑިސެމްބަރ
2009) ނިންމުމުން އެނގެން އޮންނަކަމާއި، އެކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން 27 އޮކްޓޯބަރ 4.2011ޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"16
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
2 23:
އެމައްސަލަ ތަޙްޤީޤުކުރައްވައި ނިންމަވާފައިވާކަމާއި، އެތަޙްޤީޤު ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން
އަލްފާޟިލް އިބްރާހީމް ރަޝާދާއި، އައްޝައިޚް ޝުޢައިބު އަބްދުއްރަޙްމާނަށް 16 ޖުލައި 2009 ގެ 20:00
ގައި ދިޓީވީން ފޮނުވި ޚަބަރުގައި ޖިނާއީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ދެއްވިކަމަށްބުނާ
އިންޓަރވިއުއަކާ ހަވާލާދީ ގެނެސްދިން ޚަބަރުގައިހުރި ވާހަކައަކީ ޢަބްދުﷲ މުޙައްމަދު ވިދާޅުވެފައިވާ ވާހަކައެއްކަން
ސާބިތުވާކަމަށް ޤަބޫލުކުރެވޭތީ އެވާހަކަތަކަކީ ސިޔާސީ ގޮތުން ނުރުހުން ފާޅުކުރުމަށް ދައްކާފައިވާ
ވާހަކަތަކެއްކަމުގައި ޤަބޫލުކުރެވޭހިނދު، އެއީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއްކަމުގައި،
ޤަބޫލުކުރެވޭތީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 37 ވަނަ މާއްދާގެ (ރ)
ގައިވާ ގޮތުގެމަތީން ޢަބްދުﷲ މުޙައްމަދު ފެމެލީ ކޯޓަށް ބަދަލުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ތަޙްޤީޤު ކޮމެޓީގެ
އަޣުލަބިއްޔަތުން ލަފާދެއްވާފައިވާއިރު، ތަޙްޤީޤު ކޮމިޓީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅި މައްސަލަ
ނިންމިގޮތުގެ ރިޕޯޓާމެދު ކޮމިޝަނުގެ މެންބަރުން ބަހުސްކުރުމަށްފަހު ޢަބްދުﷲ މުޙައްމަދު ފަނޑިޔާރުންގެ
ސުލޫކާއި ޚިލާފަށް ވާހަކަދައްކާފައިވާކަން ސާބިތުވާކަމަށް އެކަމާ ގުޅިގެން ކޮމިޝަނުގެ މެންބަރުންގެ މެދުގައި
ނެގުނު ސިއްރު ވޯޓުގެ އަޣުލަބިއްޔަތުން ނިންމާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު
JSC
-
B1
/
11
/
291 (16 ނޮވެމްބަރ 2011) ގެ ނިންމުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ފަނޑިޔާރަކާ ގުޅިގެން ހުށަހަޅާ ޝަކުވާއެއް ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ބަލައި ތަޙްޤީޤު ކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެޤާނޫނުގެ 24 ވަނަ މާއްދާގައި
ކޮމިޝަނުން ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އަސާސްގެ
މައްޗަށް ބިނާކޮށްކަމަށް ބަޔާންކޮށްފައިވާކަމާއި، އެމީހާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮބައިކަން
އެނގުމާއި، އެމައްސަލާގައި އެމީހާގެ ބަސްނެގިފައި އޮތުމާއި، ޤާނޫނީ ވަކީލަކު ބޭނުން ކުރުމުގެ
ލިބިފައިއޮތުމާއި، އެމީހާގެ ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުސަތުލިބިދިނުމާއި، އެފަރާތުން ދައްކާ
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
o cox
ވާހަކަތަކަށާއި، ހުށަހެޅިފައިހުރި ޑޮކިއުމަންޓްތަކުގެ މައްޗަށް ބިނާކޮށްގެ އެފަދަ ތަޙްޤީޤުތަށް ކުރުމަށް
ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އެއްގޮތްވާގޮތުގެމަތިން މައްސަލަ ބެލި ތަޙްޤީޤުކުރެވިފައި އޮންނަންވާނެކަމަށް
ޒީ244329ހި4
ޤުޓކއޅުހ2އ)
ކުރާނީ
ފަނޑިޔާރަކާއި ގުޅިގެން ކޮމިޝަނަށް ހުށަހަޅާ ޝަކުވާގެ މައްސަލަ ބެލުމުގައި ޖުޑީޝަލް
ސަރވިސް ކޮމިޝަނުން ޢަމަލުކުރާ އިޖްރާއަތުތަކުގެ މައްޗަށް ބަލާއިރު، ކޮމިޝަނުން މައްސަލައެއް
ތަޙްޤީޤު ކުރުމަށް ނިންމައިފިނަމަ، އެމައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ތަޙްޤީޤުކުރާ ކޮމެޓީއެއް އެކުލަވާލުމުގެ
އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާކަމާއި، ތަޙްޤީޤު ކުރާކޮމިޓީއަށް މެންބަރުން އައްޔަން
ކޮމިޝަނުންކަމަށާއި، ތަޙްޤީޤުކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު އޮނަހިރި އަދަދަކަށްވާންވާނެކަމަށާއި، އަދި
އެކޮމިޓީގައި ހިމެނޭ މެންބަރުންގެ އަދަދު އެނޫން މެންބަރުންނަށްވުރެ ގިނަވާންވާނެކަމަށް ޤާނޫނު ނަންބަރު
102008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން
އެނގޭއިރު، ޖިނާއީ ކޯޓުގެ އިސްޤާޟީކަމުގައި މަޤާމުގައިހުރި، ރ. ހުޅުދުއްފާރު | ބަހާރުގޭ، ޢަބްދު
މުޙައްމަދުގެ މައްޗަށް ހުށަހެޅުނު މައްސަލަ ތަޙްޤީޤު ކުރުމަށް 12 ޑިސެމްބަރ 2009 ގައި ތަޙްޤީޤު ކޮމިޓީއެއް
އެކުލަވާލެވިފައިވާކަމާއި، އެންމެ ފުރަތަމަ އެކުލަވާލި ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ،
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު،
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ޑރ.
އަފްރާޝީމް ޢަލީ،
ކަން އެނގޭކަމާއި، އެކޮމެޓީގައި ހިމެނުނު ދެމެންބަރެއްގެ ބަދަލުގައި އަލަށް ދެމެންބަރުން ކަނޑައަޅާފައިވާކަން
އެނގޭކަމާއި، އެގޮތުން އެކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން އަލްއުސްތާޛް އަޙްމަދު ފާއިޒުގެ ބަދަލުގައި
އަލްފާޟިލް އިބްރާހީމް ރަޝާދު 10 ޖެނުއަރީ 2010 ގައި އައްޔަން ކޮށްފައިވާކަމާއި، އަދި އެކޮމިޓީގެ
މެންބަރުންގެ ތެރޭގައި ހިމެނޭ
އަފްރާޝީމް ޢަލީގެ ބަދަލުގައި އަލްފާޟިލް ޤާސިމް އިބްރާހީމް އެކޮމިމީހުން
.1
.2
.3
**
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"18
2013/HC-A/10
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
22 ޖޫން 2011 ގައި އައްޔަންކޮށްފައިވާކަން އެނގޭކަމާއި، އެކޮމިޓީގެ ތަޙްޤީޤު ނިންމައި، ތަޙްޤީޤު ރިޕޯޓުގައި
ކޮމިޝަނަށް ހުށަހެޅިއިރު ތަޙްޤީޤު ކޮމެޓީގައި ތިބީ އަލްފާޟިލް އިބްރާހީމް ރަޝާދާއި، އައްޝައިޚް ޝުޢައިބު
ޢަބްދުއްރަޙްމާނާއި، އަލްފާޟިލް ޤާސިމް އިބްރާހީމްކަން އެނގޭކަމާއި،
26
ކޮމިޝަނަށް ނުވަތަ މައްސަލަ ތަޙްޤީޤުކުރާ ކޮމިޓީއަށް، މައްސަލަތައް ބަލާ ތަޙްޤީޤު ކުރުމަށްޓަކައި
ހާޒިރުކުރަންޖެހޭ މީހުންނާއި ހެކިން ހާޒިރުކޮށް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހުވާކޮށް ޝަފަހީ ހެކިބަސް
ނުވަތަ ކިތާބީ ހެކިދިނުމަށް އެންގުމާއި އަދި މައްސަލަ ތަޙްޤީޤުކުރުމަށް ބޭނުންވާ ލިޔެކިޔުމާއި، ހެކި ހުށަހެޅުމަށް
އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ
(ހ) އިން އެނގޭކަމާއި، ކޮމިޝަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ތަޙްޤީޤެއް ކުރާނަމަ މައްސަލަ
ރައްދުވާ ފަނޑިޔާރަށް ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލާއި، މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވާ
ތާރީޚުގައި، ގަޑިއާއި ތަނުގެ މަޢުލޫމާތު ދޭންވާނެކަމާއި، އަދި މައްސަލައިގެ އަޑުއެހުމުގައި، ޝަޚްސީގޮތުން
ނުވަތަ ޤާނޫނީ ވަކީލެއްގެ އެހީގައި ދިފާޢު ހުށަހެޅުމާއި، ހެކިންނާއި ސުވާލުކުރުން، އަދި ހެކިން ހުށަހެޅުމުގެ
ފުރުސަތު ދޭންވާނެކަން އެޤާނޫނުގެ 26 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަޙްޤީޤުކުރާއިރު،
އެފަނޑިޔާރަކު މައްސަލައިގައި ބުނާއެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު، މައްސަލައިގެ ބާވަތްތަކަށާއި،
ފަނޑިޔާރު މައްސަލައިގައި ނާއެއްޗަކަށް
އެފަނޑިޔާރަކު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް
އެންގުމުގެ އިޚްތިޔާރު އެކޮމިޝަނަށް ލިބިގެންވާކަން ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި، ކުށެއްގެ ތުހުމަތު
މަތުގައި ފަނޑިޔާރަކު ވަޒީފާއަށް ނުކުތުން
/814ނ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
19
2013/HC-A/10
ޝަރީޢަތް ނިމުނު ގޮ
މަނާކުރެވިއްޖެނަމަ އެކަމާބެހޭގޮތުން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޝަކުވާ
ހުށަހެޅުމުގެ ޙައްޤު އެފަނޑިޔާރަކަށް ލިބިގެންވާކަން އެޤާނޫނުގެ 45 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު އެމައްސަލައަކާއި ގުޅިގެން ތަޙްޤީޤުކުރާ ކޮމެޓީއަށް ލިބުނު
މައްސަލަ ރައްދުވާ ފަނޑިޔާރު ވަޒީފާއިން ވަކިކުރުމާއިބެހޭ ގޮތުން ކޮމިޝަނުން ގޮތެއް
2& · 2
މއލިކޮތއ
ކަނޑައަޅަންޖެހޭކަން ނުވަތަ ނޫންކަން
އަންގާ، ނުވަތަ އެނޫންވެސް
އެހެންކަމަކާބެހޭ ގޮތުން ލަފައެއް
ދޭންޖެހޭނަމަ އެކަން ބަޔާންކޮށް، ތަޙްޤީޤުކުރާ ކޮމިޓީން މައްސަލާގައި ނިންމިނިންމުމުގެ ރިޕޯޓު ކޮމިޝަނަށް
ހުށަހަޅަންވާނެކަމާއި، އެރިޕޯޓު ކޮމިޝަނަށް ހުށަހަޅުމުން، އެރިޕޯޓުގެ ނަކަލެއް މައްސަލަ ރައްދުވާ ފަނޑިޔާރާއި،
މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ލިބެންވާނެކަމަށް ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަމާއި ތަޙްޤީޤު ކުރެވުނު
މައްސަލައިގެ ރިޕޯޓު ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅިގެން ކޮމިޝަނަށް އަންގަން ބޭނުންވާ
މަޢުލޫމާތުތަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާކަމާއި އެފަނޑިޔާރުގެ
ބާރުގެ ދަށުގައިވާ ކަމަކާނުލައި، އެމުހުލަތުގެތެރޭގައި އެފަދައިން ޢަމަލުކުރެވެންނެތްނަމަ، އިތުރު މުޙުލަތަކަށްއެދި
ކޮމިޝަނަށް ހުށަހަޅައިފިނަމަ ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލައި، އެއީ މަޤްބޫލު ސަބަބަކާހުރެ، ހުށަހަޅާފައިވާ
ކޮމިޝަނަ
ޝަނަށް ފެނިއްޖެނަމަ އެފަދަ ފަނޑިޔާރަކަށް އިތުރު މުހުލަތު ދޭންވާނެކަމަށް އެޤާނޫނުގެ
30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، މިމައްސަލާގައި ތަޙްޤީޤުކުރި ކޮމިޓީގެ ރިޕޯޓު ކޮމިޝަނަށް
ހުށަހެޅުމުން އެޤާނޫނުގެ 29 ވަނަ މާއްދާގެ (ނ) އާއި، އެޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ
އިޖްރާއާތުތަކާ އެއްގޮތަށް ކޮމިޝަނުން ޢަމަލުނުކުރައްވައި، ތަޙްޤީޤު ކުރި ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ
ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޢަބްދުﷲ މުޙައްމަދު، ފަނޑިޔާރުންގެ ސުލޫކާއި ޚިލާފަށް ވާހަކަދައްކާފައިވާކަން
ސާބިތުވާކަމަށް އެކޮމިޝަނުގެ އަޣުލަބިއްޔަތުން ކަނޑައަޅައި، ނިންމާފައިވާކަން އެނގެން އޮންނަކަމެވެ.
42
0424 ދ ތތ
ހުށަހެޅުމެއްކަމަށް
OXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
20
2013/HC-A/10
3,
ފތ ދ ތ 2
2
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ: އިދާރީ ގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް
ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ،
އެކަމަށް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ނުވަތަ އެބަޔަކަށް ނުވަތަ އެކަމުން ސީދާ ގޮތެއްގައި އަސަރު
ފޯރާފާނޭ ކޮންމެ މީހަކަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)
އަށް ބެލުމުން އެނގޭކަމާއި، ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލައެއް ހުރިކަން
ސާބިތުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވައި، ނިންމެވި ނިންމެވުން ބާޠިލްކޮށްދިނުމަށް
ޢަބްދުﷲ މުޙައްމަދުގެ ފަރާތުން މައްސަލަ ހުށަހެޅި ސިވިލްކޯޓަކީ، ޢަބްދުﷲ މުޙައްމަދު ފަނޑިޔާރެއްގެ ގޮތުގައި
އެޔަންކުރެވިފައިވާ ކްރިމިނަލް ކޯޓާ އެއްދަރަޖައެއްގައި ހިމެނޭ ކޯޓެއްކަން އެނގޭކަމާއި، ފަނޑިޔާރަކު
މަސައްކަތް ކުރާ ކޯޓާ އެއްދަރަޖައެއްގެ ކޯޓެއްގައި އެފަނޑިޔާރަކަށް ލިބިގެންވާ ޙައްޤެއް ހޯދުމަށް ހުށަހެޅޭ
މައްސަލައެއް ނުބެލޭނެކަމަށް ބުނާ ޤާނޫނެއް އަދި ޤަވާޢިދެއް ނެތުމުންނާއި، ފަނޑިޔާރެއްގެ މައްޗަށް ފިޔަވަޅު
އެޅުމުގެ ބާރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ ބާރެއްކަމުގައިވީނަމަވެސް، އެބާރުގެ ބޭނުންކުރުމަށް
ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯއާއި، އެބާރުގެ ބޭނުންކުރީ ރަނގަޅު ނިޔަތުގައި ތޯއާއި، އެބާރު
އެފަރާތަށް ޤާނޫނުން ލިބިދީފައިވޭތޯ ކޯޓުތަކަށް ބެލިދާނެކަމާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރުތަކާއި ބާރުތަކުގެ ބޭނުންކޮށް، ނިންމާ ނިންމުން ބިނާކުރި
އަސާސްތައް ނުވަތަ ހެކިތައް އެނިންމުމުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިތޯ، އެނިންމުން ޝަރުޢީ ކޯޓުން
މުރާޖަޢާކުރުމުގައި ބެލުމުގެ އިޚްތިޞާޞް ކޯޓުތަކަށް ލިބިގެންވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ޢަދުލްއިންސާފު
ގާއިމްކުރުމުގެ ނިޒާމުގައި ސިވިލް ކޯޓަކީ މަދަނީ ޙައްޤުތަކާގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ
ފުރަތަމަ މަރުހަލާގެ ކޯޓެއްކަން އެނގޭއިރު، ފަނޑިޔާރަކާ ގުޅޭ މަދަނީ ޙައްޤެއްގެ ނުވަތަ ޙައްޤެއް ގެއްލިގެން
އެޙައްޤު ހޯދުމަށް ހުށަހެޅޭ މައްސަލައެއް ސިވިލް ކޯޓުގައި ބެލުމަށް ހުރަސްއެޅޭފަދަ ކަމެއް އޮތްކަމަށް
Auc
473 2ތ 44
ޤަބޫލުނުކުރެވޭކަމެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
(ރ) ހަތަރުވަނަ ކަމަކީ: ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި ތަޙްޤީޤުކުރުމަށްފަހު
އެފަނޑިޔާރަކާމެދު ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ
މާއްދާގައި ބަޔާންކުރައްވާފައިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަން
އެނގޭކަމާއި، އެފަދައިން ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނުން
ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ބޭނުންކުރަންވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖްރާޢަތުތަކާއި، އުސޫލުތަކާ
އެއްގޮތްވާ ގޮތުގެމަތިންކަމާއި، އެއިޖްރާޢަތުތަކާއި އުސޫލުތަކާ ޚިލާފަށް ޢަމަލުކުރުމުގެ ބާރާއި އިޚްތިޔާރު ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް އަދި އެހެންވެސް މުއައްސަސާއަކަށް ލިބިގެންނުވާކަން އެނގޭއިރު، މިމައްސަލާގައި
ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލައެއް އޮތްކަން ސާބިތުވާކަމަށް ނިންމަވައި، ޢަބްދުﷲ މުޙައްމަދާ މެދު
ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަން ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ނ) އާއި އެޤާނޫނުގެ 30 ވަނަމާއްދާއިން ޢަބްދު
މުޙައްމަދަށް ލިބިދޭންޖެހޭ ޙައްޤުތަކާއި ފުރުސަތު ލިބިނުދާކަން އެނގޭތީއާއި ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީން
ހުށަހަޅާ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ އެމާއްދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި ފުރުސަތު
މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިދިނުމަށްފަހު، އެފަނޑިޔާރުގެ ފަރާތުން ހުށަހަޅާ ހެކިތަކާއި ކަންތައްތަކަށާއި
އަދި ކޮމިޝަނުގެ ފަރާތުން މައްސަލާގައި ކަނޑައަޅާފައިވާ ޤާނޫނީ ވަކީލުގެ ލަފަޔާއި ތަޙްޤީޤު ރިޕޯޓުގައިވާ
ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންކަމަށްވާއިރު މިމައްސަލާގައި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދު
މުޙައްމަދުގެ ސުލޫކީ މައްސަލައެއް އޮތްކަން ސާބިތުވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމަވާފައިވަނީ،
އެފަދަ ކަންކަން ނިންމުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށް
032 ދ ތ
ބނ
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
22
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
0 74 042
އެހެންމެ
#
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުގެ
އިސްޤާޟީ މަޤާމުގައި ހުރި ހުޅުދުއްފާރު | ބަހާރުގޭ ޢަބްދުﷲ މުޙައްމަދާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ބަލާފައިވާ އެކޮމިޝަނުގެ ނަންބަރު 67-509 މައްސަލައިގައި އެކޮމިޝަނުން އެކުލަވާލި ތަޙްޤީޤް
ކޮމިޓީން ނިންމާފައިވާ ނިންމުމާއި، އަދި އެނިންމުމުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުގެ އިސްޤާޟީ
އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު، ފަނޑިޔާރުންގެ ސުލޫކާ ޚިލާފަށް ވާހަކަދައްކާފައިވާކަން ސާބިތުވާކަމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 16 ނޮވެމްބަރ 2011 ގައި ބޭއްވުނު އެކޮމިޝަނުގެ ޖަލްސާއިން
ނިންމާފައިވާ އެކޮމިޝަނުގެ ނަންބަރު JSC
-
B1
/
11
/
291 (16 ނޮވެމްބަރ 2011) ނިންމުމަކީ، އެފަދަ
ނިންމުންތައް ނިންމުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއްކަމަށް
ކަނޑައަޅުއްވައި އެދުނިންމުން ބާޠިލްކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
އެއްގޮތަށްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
23
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/10
ދެންފަހެ އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/2253 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv