ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/27 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/27
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 27/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޙަނީފު
އައި.ޑީ.ކާރޑް ނަންބަރު: A002161
ދާއިމީ އެޑްރެސް: މިދިލިމާގެ / އއ. ރަސްދޫ * މިހާރުގެ އެޑްރެސް: މިދިލިމާގެ / އއ. ރަސްދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
+ ނަން: ސަކީނާ ޙަސަން
ދާއިމީ އެޑްރެސް: އެންދެރިމާގެ / ހއ. އިހަ
އިހަވަންދޫ
* އައި.ޑީ.ކާޑް ނަންބަރު: A095272
މީހާރުގެ އެޑްރެސް: އެންދެރިމާގެ / ހއ. އިހަވަންދޫ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 30 ޖެނުއަރީ 2013
ނިމުނު ތާރީޚް: 28 ފެބްރުއަރީ 2013
އިސްތިއުނާފުކުރެވުނު އަމުރު.
z ނަންބަރު: 2013
/
02/A7
-
C
* ކޯޓު: ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު
ނިންމެވި ތާރީޚް: 21 ޖެނުއަރީ 2013
* ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{13/HC-A/27
ޤަޟިއްޔާ ނިމުނު
يمر مني .*
ދަޢުވާގެ ޚުލާޞާ
02 0 0
މިއީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/A7C/03 ޤަޟިއްޔާގައި އެކޯޓުގެ ނަންބަރު 2013
/
02/A7
-
C އިން ނެރުއްވާފައިވާ ވަގުތީ
އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު
އިސްތިއުނާފު ކުރުމަށް އއ. ރަސްދޫ، މިދިލިމާގޭ މުޙައްމަދު ޙަނީފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ހއ. އިހަވަންދޫ، އެންދެރިމާގޭ ސަކީނާ
ޙަސަނެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
OLC OO
1- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2013/A7C/03 ޤަޟިއްޔާގައި އެކޯޓުގެ ނަންބަރު 2013
/
02/A7
-
C އިން ނެރުއްވާފައިވާ ވަގުތީ
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު
އިސްތިއުނާފު ކުރުމަށް އއ. ރަސްދޫ، މިދިލިމާގޭ މުޙައްމަދު ޙަނީފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
OU OO
-2
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
02/A7
-
C ވަގުތީ އަމުރަށް ބެލިއިރު، އެއަމުރަކީ، އިހަވަންދޫ، އެންދެރިމާގެ (ހއ.
އިހަވަންދޫ! ސީސަންމާގެ) ސަކީނާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީ ނަންބަރު
ދިވެހިރާއްޖޭގެ
ހައިކޯa
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ވެހިރާއްޖެ
3
¢ ¢.
2{13/HC-A/27
ޤަޟިއްޔާ ނިމުނު 1
می هرکی
"44
P9543A
-
01 07
-
A "ސާހިބާ" ނަމަކަށް ކިޔާ މަސްދޯނި ރަސްދޫ މިދިލިމާގޭ މުޙައްމަދު އަރީފަށް
ވިއްކުމަށް މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ މުޙައްމަދު އަނީފް ޚިލާފުވެފައިވާތީ،
އެއްބަސްވުމުގައިވާ ގޮތުގެ މަތިން ސަކީނާ ޙަސަނާ ދޯނީ ޙަވާލުކުރުމަށް މުޙައްމަދު އަނީފް އިންކާރު ކުރާތީ،
ޝަރީޢަތުން މުޙައްމަދު އަނީފް އަތުން ދޯނި ނަގައި ސަކީނާ ޙަސަނާ ދޯނި ޙަވާލުކޮށް ދިނުމަށްއެދި ސަކީނާ
ޙަސަން، މުޙައްމަދު ޙަނީފުގެ މައްޗަށް މިކޯޓުގެ ނަންބަރު 2013/A7C/03 ޤަޟިއްޔާއިން ހުށަހަޅާފައި
މައްސަލާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން، އެއްބަސް
ބުސްވުމުގެ 07 ވަނަ މާއްދާގެ (ހ)ގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމާއި ޚިލާފުވެގެން މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޖެހިއްޖެނަމަ
ދޯނި ވިއްކި ފަރާތާއި ދޯނި ހަވާލުކުރަން ޖެހޭނެކަމަށް މިމާއްދާގައި ބުނާތިއާއި، ދޯނީގައި މިވަގުތު ތިބި
ފަރާތްތަކުން ދޯންޏަށް ގެއްލުން ދޭނެކަމަށް ތަކުރާރުކޮށް ފުލުހުންގެ ޙާޟިރުގައި ބުނެފައިވާ ބުނުމަކީ
ދޯންޏަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ ބިރުވެރިކަން އޮތްކަމެއް ކަމުގައިވާތީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން ސަކީނާ ޙަސަނާ ދޯނި ޙަވާލުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް
އެދި ސަކީނާ ޙަސަން ހުށަހަޅާފައިވާ ހުށަޅުމަށް ބަލާއިރު،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 07 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން
އެއްބަސްވުމާއި ދެފަރާތުން ކުރެ ފަރާތަކުން ޚިލާފުވެގެން ޝަރީޢަތަށް ހުށަހަޅަން ޖެހިއްޖެނަމަ އެކަމެއް
ހައްލު ކުރެވެންދެން ދޯނި އޮންނަންވާނީ ވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ކަމުގައި ބަޔާންކޮށްފައި އޮތް
އޮތުމުން ސަކީނާ ޙަސަން ހުށަހަޅާފައި މިވާ މައްސަލާގައި ޙުކުމް ކުރެވެންދެން ދޯނި އޮންނަންވާނީ ދޯނި
ވިއްކިފަރާތް ކަމުގައިވާ ސަކީނާ ޙަސަންގެ ބެލުމުގެ ދަށުގައިކަން އެނގެން އޮންނާތީ މިހާލަތުގައި ސަކީނާ
ޙަސަނާ ދޯނި ހަވާލު ކުރަންޖެހޭނެކަމަށާއި، ނަމަވެސް މިދޯންޏަކީ މަސްވެރިކަން ކުރަމުންދާ ދޯންޏަކަށް
ވެފައި މިހާރުވެސް އެކަށީގެންވާ ވަރަށް ދޯނީގައި މަސް ހުރިކަމުގެ މަޢުލޫމާތު ކޯޓަށް ލިބިފައިވާތީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން ދޯނީގެ ކެޔޮޅު ބޭނުންވާ ތަނަކަށް ދޯނީގައިޑީޖޭގެ މަޖީ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{13/HC-A/27
ޤަޟިއްޔާ ނިމުނު "
کی عمر مترمربع
4 22
ދޯނީގައި ހުރި މަސް ކިރުވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށާއި އަދި މަސް ކިރާ ނިމޭތާ 08 (އަށެއް)
ގަޑި އިރުތެރޭގައި ރަޖިސްޓްރީ ނަންބަރު P9543A
-
01 07
-
A "ސާހިބާ" ނަމަކަށްކިޔާ މަސްދޯންޏާއި،
މިއަމުރާއެކު އެޓޭޗް ކުރެވިފައި އެވާ ލިސްޓުގައިވާ އެދޯނީގައި ހުރި ތަކެތި މިދޯނީގެ ވެރިފަރާތްކަމުގައިވާ
އިހަވަންދޫ، އެންދެރިމާގޭ ސަކީނާ ޙަސަނާ ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް ހަވާލުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެން
ންނަކަމެކެވެ.
3- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2013/A7C/03 ޤަޟިއްޔާގައި އެކޯޓުގެ ނަންބަރު 2013
/
02/AT
-
C އިން ނެރުއްވާފައިވާ ވަގުތީ
އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފު
ކުރުމަށް އއ. ރަސްދޫ މިދިލިމާގޭ މުޙައްމަދު ޙަނީފާގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާ އިސްތިއުނާފުކުރާ ވަގުތީ އަމުރު ނެރުއްވާފައިވަނީ ދޯނި ގަތް
ފަރާތަށް ކުރިން އެނގުމަކާ ނުލައި، ޝަރީޢަތުގެ މަޖިލީހުގައި ޖަވާބު ދާރީވުމުގެ ފުރުޞަތު ދިނުމަކާ ނުލައި
އަދި އެފަރާތުގެ ބަހެއް ނުހޯއްދަވައިކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ދެވަނަ ނުކުތާ: އިސްތިއުނާކުރާ ވަގުތީ އަމުރު ނެރުއްވާފައިވަނީ ވަގުތީ އަމުރާ ބެހޭ
ގޮތުން ޢަމަލުކުރެވޭ ޤަވާއިދާއި، ވަގުތީ އަމުރު ނެރުމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
21/SC
-
A/2012 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެދި ނިމާންގެ މަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: A816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/27
5 ޤަޟިއްޔާ ނިމުނު ގޮ
و مری
(ނ) ތިންވަނަ ނުކުތާގެ އިސްތިއުނާފުކުރެވޭ ވަގުތީ އަމުރު ނެރުއްވާފައިވަނީ އަމުރު
ނެރުނު ޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ ކޯޓަކުންކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ހަތަރުވަނަ ނުކުތާގެ ދެފަރާތުގެ ދެމެދުގައި ކުރެވިފައި އޮންނަ އެއްބަސްވުމެއްގެ ވަކި
މާއްދާއެއްގެ ދަށުން އެއްބަސްވުމެއްގެ އެއްބައިވެރިއަކަށް ނާޖާއިޒު މަންފާ (unfair advantage) އެއް
ލިބިދެވޭގޮތަށް
ސްވުމު 07 (ހަތެއް) ވަނަ މާއްދާގެ (ހ) ތަރުޖަމާކުރައްވައި އެޕްލައި
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
OXUC <
އ ހ 0
492
އެއްބަސްވާ
"
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/A7C/03 ޤަޟިއްޔާގައި އެކޯޓުގެ ނަންބަރު 2013
/
02/A7
-
C އިން ނެރުއްވާފައިވާ ވަގުތީ
އަމުރު އިސްތިއުނާފުކުރުމަށް، ރަސްދޫ، މިދިލިމާގޭ މުޙައްމަދު ޙަނީފާގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން މުޙައްމަދު އަރީފުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ
އިހަވަންދޫ އެންދެރިމާގޭ ސަކީނާ ޙަސަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
02/A7
-
C ވަގުތީ އަމުރަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
OLO
(ހ) ފުރަތަމަ ކަމަކީ: ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
02/A7
-
C ވަގުތީ އަމުރަށް ބަލާއިރު، އެއަމުރަކީ އެކޯޓުގެ ނަންބަރު 2013/A7C/03
ޤަޟިއްޔާގައި، ނެރުއްވާފައިވާ އަމުރެއްކަމާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !81647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮ
2{13/HC-A/27
کی عمری
ދެވެ
ނަންބަރު 2013/A7C/03 ޤަޟިއްޔާއަކީ، އިހަވަންދޫ، އެންދެރިމާގެ (ހއ. އިހަވަންދޫ ތ
ސީސަންމާގެ) ސަކީނާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ސާހިބާ" (ރަޖިސްޓްރީ ނަންބަރު
P9543A
-
01 07
-
A) ނަމަކަށްކިޔާ މަސްދޯނި ރަސްދޫ މިދިލިމާގޭ މުޙައްމަދު އަރީފަށް ވިއްކުމަށް
މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި މުޙައްމަދު އަނީފް ޚިލާފުވެފައިވާތީ، އެއްބަސްވުމުގައިވާ
ގޮތުގެ މަތިން ސަކީނާ ޙަސަން ދޯނި ޙަވާލުކުރުމަށް މުޙައްމަދު އަނީފް އިންކާރު ކުރާތީ، ޝަރީޢަތުން
މުޙައްމަދު ޙަނީފާގެ އަތުން ދޯނި ނަގައި ސަކީނާ ޙަސަނާ ދޯނި ޙަވާލުކޮށް ދިނުމަށްއެދި ސަކީނާ ޙަސަން،
މުޙައްމަދު ޙަނީފުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ބައްލަވަމުންދާ ޤަޟިއްޔާކަން އެނގެން އޮންނަކަމެވެ.
<< O
(ނ) ދެވަނަ ކަމަކީ: ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި
ޤާނޫނަކުން ޤާއިމްކޮށްފައިވާ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ އަވަސް މުއްދަތެއްގެ
ތެރޭގައި ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގަ
.އްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ
މީހަކަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަމާއްދާގެ (ހ) އަށް
ބެލުމުން އެނގޭކަމާއި، ކޯޓަށް ހުށަހެޅިފައިވާ މައްސަލައި އެކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން،
މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތައް
"ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި،
އެގޮތަށް ކޯޓަށް ލިބިގެންވާ ބާރަކީ ތަޤްދީރީ (discretionary) ބާރެއްކަން އެނގޭކަމާއި،
މިގޮތުން ކޯޓުން ވަގުތީ އަމުރު ނެރުމުގައި މައްސަލައިގައި ހިމެނޭ ޚަޞްމުން ޙާޟިރުކޮށް
ބޭއްވޭނެ ވަގުތު އޮތްނަމަ، މައްސަލައިގެ އަޑު އެހުމެއް ބޭއްވުމަށްފަހު، އަދި އަޑުއެހުމެއް
އަޑު އެހުމެއް
ބޭއްވޭނެ ވަގުތު ނެތްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އެމައްސަލައިގެ އަޑު އެހުމެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު
4, 2
=32
2{13/HC-A/27
می هرکی
އެއްވުމަކާ ނުލައި ވަގުތީ އަމުރެއް ނެރެވިދާނެކަމާއި، މިއުޞޫލަކީ ވަގުތީ އަމުރު ނުވަތަ ވަގުތީ ފިޔަވަޅު
އެޅުމުގައި ޝަރުޢީ ކޯޓުތަކުން މިހާތަނަށް ޢަމަލުކުރަމުން އަންނަ އުޞޫލުކަން އެނގެން އޮންނަކަމެވެ.
co
(ނ) ތިންވަނަ ކަމަކީ: ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ
އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއްއޮވެ، ވަގުތީ
އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލް ނުވެ
ހިގައިދާނެކަމަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ
މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސް ފާނެކަމަށް ނުވަތަ
ދަޢުވާ ލިބޭ މީހާ ފިލައިގެން ހިގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު
ނުހިނގާފަދަ ގޮތަކަށް ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް
ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން ޝަރީޢަތް ކުރުމާބެހޭ
ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ
ބާރުގެ ބޭނުންކުރުމުގައި އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ވަގުތާއި، ޒާތަށާއި، ބާވަތަށާއި،
ހާލަތަށާއި، މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ
އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ
(discretionary) ބާރެއްކަން އެނގޭކަމާއި،
00 0) 02
ވަގުތީ އަމުރު ނެރުމުގައި ނުވަތަ ފިޔަވަޅު އެޅުމުގައި ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ
ލާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ
4 އާއި، 5 ގެ (ނބިއްވާ ފައި
ކަންތައްތައް ބަޔާން؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 235 23
2{013/HC-A/27
8 ޤަޟިއްޔާ ނިމުނު
ބަޔާންކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓަށް ލިބިގެންވާ
އިޚްތިޔާރީ ބާރަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި މުޠުލަޤު ބާރެއްނޫންކަމާއި، އެފަދަ އަމުރުތައް ނެރުމުގައި
ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއްވާކަމަށް
ބަޔާންކުރައްވާފައިވާ ޝަރުޠުތަކަކީ:-
Pec
8 2x 2
ބަޔާންކުރައްވާފައިވާކަމާއި،
کمر سفر
އ99ޤީނުން
3
(ހ) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ
ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމް
(Fumus boni juris}: ބުނެވިދިޔަ ފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު
ޤާއިމްވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް
އޮތުމުގެ އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް
ވާކަމުގެ އިޙްތިމާދު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމާއި،
(ށ) ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ
ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora): މީގެ މަފްހޫމަކީ މައުޟޫޢީ ދަޢުވާ އާދައިގެ
އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި
ނުވަތަ ގެއްލުމަކާ އެދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމާއި،
(ނ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ
ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
43
2{13/HC-A/27
9 ޤަޟިއްޔާ ނިމުނު ގޮ
އަދި ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު
މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރު ކުރަނިވި ފަދަ ގޮތަކަށް ނުވަތަ
އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމާ،
އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ
ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާ
ކުރައްވާފައިވާކަން އެނގެން އޮންނަކަމެ
ކަމެވެ.
އެހެންތަން
2
0
2
0 ހދ
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 69 ވަނަ މާއްދާއަށް ބަލާއިރު، ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން
ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، އެމާއްދާގެ (ހ) އިން ފެށިގެން (ފ) އަށް
ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިން މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓުތަކަށް ލިބިގެންވާކަން
އެނގޭކަމާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، އެޤާނޫނުގެ ޖަދުވަލު 5 އަށް
ބެލިއިރު، މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ
އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތައް ހިމެނޭކަމާއި، މިއިން އިސްތިސްނާ ކޮށްފައިވަނީ، އެ
ޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ
މައްސަލަތައް އެކަނިކަން އެނގޭއިރު، ކޯޓުތަކަށް މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ ބަލާއިރު،
އެޤާނޫނުގެ 69 ވަނަމާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރަދްވާނެކަމާއި، މިގޮތުން ބަލާއިރު،
އިސްތިއުނާފު ކުރެވިފައި މިވާ ކޯޓު އަމުރު ނެރުއްވި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް
ކޯޓަށް
އިހަވަންދޫ އެންދެރިމާގޭ ސަކީނާ ޙަސަން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ ބަލާއިރު، އެމައްސަލައަކީ ސަކީނާ
3 34
ހއ.
Pucoc
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: M16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/27
کمر متر مربع
10 ޤަޟިއްޔާ ނިމުނު ގޮތު
ޙަސަނާއި ރަސްދޫ މިދިލިމާގޭ މުޙައްމަދު ޙަނީފާ ދެމެދު ވެފައިވާ ވިޔަފާރީގެ މުޢާމަލާތަކާ ގުޅޭ
މައްސަލައެއްކަން އެނގޭކަމާއި،
ވިޔަފާރީގެ މައްސަލައެއްނަމަ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސްހުރި ދާއިރާގެ ކޯޓު
ނުވަތަ ދަޢުވާ ލިބޭ ފަރާތް ދިރިއުޅޭ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށްވުން ނުވަތަ ދެފަރާތުން އެއްބަސްވާ
ކޯޓެއް ނުވަތަ މުޅި މުޢާމަލާތް ނުވަތަ މުޢާމަލާތުން ބައެއް ތަންފީޒުކުރެވުނު ދާއިރާއެއްގެ ކޯޓު، ނުވަތަ
އެއްބަސްވުން ތަންފީޒުކުރަންޖެހޭ ދާއިރާގެ ކޯޓަށްވާންޖެހޭކަން އެޤާނޫނުގެ 69 ވަނަ މާއްދާގެ (ށ) އަށް
ބެލުމުން އެނގޭއިރު، އެދެފަރާތުގެ ދެމެދުގައި އެއްބަސްވުން ވެވިފައިވަނީ މާލޭގައި ކަން ސިވިލް ކޯޓުގައި
އެއެއްބަސްވުން ރަޖިސްޓްރީކޮށްފައި އޮތުމުން އެނގޭކަމާއި، އެއެއްބަސްވުމުގައި ދެފަރާތުގެ ދެމެދުގައި އުފެދޭ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަކި ކޯޓަކަށް ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައިނުވާކަމާއި،
އެއެއްބަސްވުމުގެ ދަށުން ވިއްކާފައިވާ މަސްދޯންޏަކީ، އަތޮޅުގައި މަސައްކަތްކުރާ ދޯންޏެއްނޫންކަން
އެނގޭތީއާއި، މައްސަލާގައި ދަޢުވާލިބޭ ފަރާތް ދިރިއުޅެނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ހިމެނޭ
ޖުޑީޝަލް ދާއިރާގައިކަމަށް ނުވާތީ، އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ
މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ވާކަމަށް ޤަބޫލު ނުކުރެވޭކަމެވެ.
4 3 2 0 2 0 4 4
0
0 ޑ ވ ލ ތ ދ ތ
(ބ) ފަސްވަނަ ކަމަކީ: ރަސްދޫ މިދިލިމާގޭ މުޙައްމަދު ޙަނީފުގެ މައްޗަށް ދަޢުވާ
ލިބޭ ގޮތަށް ހއ. އިހަވަންދޫ އެންދެރިމާގޭ ސަކީނާ ޙަސަން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ
މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ހިމެނޭ ވިޔަފާރީގެ މުޢާމަލާތް ހިނގާފައިވަނީ މާލޭގައި
ކަމަށްވެފައި، އެމައްސަލާގައި ދަޢުވާރައްދުވާފަރާތް ދިރިއުޅޭ އެޑްރެސް ހުންނަނީ ތިލަދުންމަތީ އުތުރުބުރީ
އިހަވަންދޫ ހިމެނޭ ޖުޑީޝަލް ދާއިރާގައިކަމަށް ނުވާތީއާއި، އެމުޢާމަލާތާ ގުޅޭ މައްސަލައެއް ޖެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 33471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{13/HC-A/27
11 ޤަޟިއްޔާ ނިމުނު ގޮ
می هرکی
ދެލީ
އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް އޮންނަ ކޯޓެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީއާއި،
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
02/A7
-
C ވަގުތީ އަމުރު
ނެރުއްވާފައިވަނީ، އެއަމުރު ނެރުއްވި ޤަޟިއްޔާގައި ބެލެވެމުންދާ މައްސަލަ ބެލުމުގެ ކުރިން،
އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތެއް ކުރިއާލައި ދެވޭ
ގޮތަކަށް ކަމަށް ބެލެވޭތީ، އެއަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމް
24 422
ހެރެމުއެކު،
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ތިލަދުންމަތީ
އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
02/A7
-
C ވަގުތީ އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑަޅައި، އެއަމުރު ބާޠިލްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv