ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/22 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
• ޤަޟިއްޔާ ނަންބަރު: 22/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ފާޠިމަތު މާޔާ ޚަލީލު
އައިޑީ ކާޑު ނަންބަރު: A375121
.ވަކީލު: އޗ. އާދަމް އާޞިފް
ދާއިމީ އެޑްރެސް:
ޒިލިއަން
މިހާރުގެ އެޑްރެސް: މ. ޒިލިއަން
*
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 16 ފެބުރުއަރީ 2014
ނިމުނު ތާރީޚް:
16 ފެބުރުއަރީ 2014
0
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2014/01068(J(MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަސްތުވާތަކެތި ވިޔަފާރިކުރުން
• އަމުރު ނެރުނު ތާރީޚް: 02 ފެބުރުއަރީ 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
Aއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2014
/
01068/J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޖިލިއަން ފާޠިމަތު މާޔާ ޚަލީލު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލް)
އެވެ.
cu o
cucc
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/01068(J(MD-145 ކޯޓު އަމުރަށް ބަލާއިރު، އެއަމުރަކީ،
ޒިލިއަން ފާޠިމަތު މާޔާ ޚަލީލުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރިކުރުމުގެ
މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު މައްސަލައަކަށްވެފައި، އެގެއަކީ މީގެކުރިންވެސް
މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުމައްސަލައެއް ޖެހިފައިވާ ގެއަކަށްވެފައި، މިއީ މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހަކަށްވެފައި، މިވިޔަފާރި އެގޭގައި ކުރެވެމުންދަނީ ޢާއިލީ ވިޔަފާރިއެއްގެ
ގޮތުގައިކަމަށް މިހާތަނަށް ބެލެވޭނެ ކަންތައްތަކެއް ހުރުމުންނާއި، މިވަގުތު މީނާ ދޫވެއްޖެނަމަ މައްސަލާގައި
ލިބޭނެކަމަށް ބެލެވިފައިވާ ހެކި ގަރީނާ ނައްތާލާފާނެކަމަށް ފެންނާތީ އާއި ފިލާފާނެތީ، ފާޠިމަތު މާޔާ
ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 104029/MF
”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމާގުޅިގެން، ”މީނާގެ
މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި މިވަގުތު ބަންދުން ދޫކޮށްލަން ނުފެންނާތީ“
ކަމަށް ބަޔާންކުރައްވާ 2014 ފެބުރުއަރީ 03 ވަނަ ދުވަހުގެ 10:40 އިން ފެށިގެން 2014 ފެބުރުއަރީ 18
ވަނަ ދުވަހުގެ 10:41 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކުރައްވާ، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެން އޮވެއެވެ.
މާޔާ ޚަލީލުގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/22
cu o
0
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/01068(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ ފާޠިމަތު މާޔާ ޚަލީލުގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 6 (ހައެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަދި
(ނ) ގައި ބަޔާންކޮށްފައިވާ މިންވަރާއި ޚިލާފަށް ފާޠިމަތު މާޔާ ޚަލީލު ބަންދުގައި ބަހައްޓަން
ނިންމާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
. ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް
އެމިންވަރަށް ބަޔާންކޮށް ނުވަތަ ސާބިތުކޮށް ނުދެވިވާހިނދު ފާޠިމަތު މާޔާ ޚަލީލު އިތުރު 15 ދުވަހަށް
ބަންދުގައި ބަހައްޓަން ނިންމާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ކޯޓު އަމުރެއްގެ ދަށުން ފާޠިމަތު މާޔާ ޚަލީލު ހައްޔަރުކުރުމަށްޓަކައި ކޯޓު
އަމުރެއް ހޯދުމަށް ފުލުހުން އެދުނު ސަބަބު އަދި ފާޠިމަތު މާޔާ ޚަލީލުގެ މައްޗަށް ފުލުހުން ކުރި
ތުހުމަތުގައި ބަޔާންކުރާފަދަ އެއްވެސް ކަމެއް އޭނާގެ މައްޗަށް މިހާތަނަށް ފެނިފައި ނުވާހިނދު
ބަންދުގައި ބަހައްޓަން ނިންމާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގައި ބުނާ
ހަމައަކުން ފާޠިމަތު މާޔާ ޚަލީލު މަސްތުވާއެއްޗެއް ގެންގުޅުނުކަމަށް ނުވަތަ އަތުގައި ބެހެއްޓިކަމަށް
ބެލެން ނެތްހިނދު އަދި އެ ޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ މަސްތުވާތަކެތި
ޓްރެފިކްކުރި މީހެއްކަމަށްވެސް ފާޠިމަތު މާޔާ ޚަލީލުއާމެދު ބެލޭނެ ހަމައެއް ނެތްހިނދު އަދި އެޤާނޫނުގެ
143 ވަނަ މާއްދާއިން 145 ވަނަ މާއްދާގެ ނިޔަލަށް ބުނާފަދަ އުންސުރެއް ނުވަތަ ނުވަތަ ސަބަބެއް
ފާޠިމަތު މާޔާ ޚަލީލުގެ މައްޗަށް ފެންނާން ނެތްހިނދު އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ
ޒާތާއި ބާވަތަށް ބަލާ ބަންދުގައި ބަހައްޓަން ނިންމާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
އެއްވެސް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/22
0
ފަސްވަނަ ނުކުތާއަކީ: އެމީހަކު ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭވަރަށް އެކަށީގެންވާ ހެކި ނެތްނަމަ
ނުވަތަ ހުށަނޭޅޭނަމަ އަދި އެމީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތު
ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމަށް ބަލަންޖެހޭ އަސާސްއާ ޚިލާފަށް ފާޠިމަތު މާޔާ ޚަލީލުގެ
ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ކަނޑައަޅާ ބަންދުގައި ބަހައްޓަން
ނިންމާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ މަފްހޫމަކީ ޝަރީޢަތުން ޙުކުމެއް ކުރުމުގެ
ކުރީން މީހަކު ބަންދުގައި ނުބެހެއްޓުންކަމަށް ވީހިނދު، އެމާއްދާއާ ޚިލާފަށް ފާޠިމަތު މާޔާ ޚަލީލު
ބަންދުގައި ބަހައްޓަން ނިންމާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
01068/J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ފާޠިމަތު މާޔާ ޚަލީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު މާޔާ
ޚަލީލުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) މިއިސްތިއުނާފުކުރެވޭ މައްސަލައިގާ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ މައްސަލައިގެ ތަޙްޤީޤު އަދި ނިމިފައިނުވާކަން މިމައްސަލައިގާ ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، މައްސަލައެއްގެ ތުހުމަތު
ކުރެވިފައިވާ މީހެއްގެ މައްޗަށް ތަޙްޤީޤު ހިންގާ ހެކި ޤަރީނާ އެއްކުރުމުގެ މަރުޙަލާގައިވާ މީހަކީ ކުށެއް
ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ މީހެއް ކަމާއި، އެމީހަކީ ކުށްވެރިވެފައިވާ މީހެއްގެ ގޮތުގައި ބެލެވިގެންވާނެ
މީހެއް ނޫންކަމަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ
ފަނޑިޔާރަކު ބައްލަވަން ޖެހޭނީ މުއްތަހަމުގެ ފަރުދީ މަސްލަޙަތަށް އެކަނި ނޫންކަމާއި، މުތަހަމުގެ މަޞްލަޙަތު
cu o
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ކުށެއްގެ
ޙިމާޔަތްކުރުމާއިއެކު މުޖުތަމަޢުގެ ޖަމާޢީ މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް ފަނޑިޔާރު
ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މަތީންކަމާއިގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއިގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރުގެ
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ؛
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ނުވަތަ؟
ކޯޓަށް ހާޒިރު ނުވެދާނެކަމަށް ނުވަތަ؛
ފިލާފާނެކަމަށް ނުވަތަ؟
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް، ފެނިއްޖެނަމަ،
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮވެއެވެ.
މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިވާ ނަންބަރު 104029/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި އިތުރަށް
ބަންދުގައި ބަހައްޓަން ބޭނުންވާ މިމައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު
މައްސަލައަކަށްވެފައި، އެ (މ. ޒިލިއަން) ގެއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުމައްސަލައެއް
ޖެހިފައިވާ ގެއަކަށްވެފައި، މިއީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހަކަށްވެފައި،
މިވިޔަފާރި އެގޭގައި ކުރެވެމުންދަނީ ޢާއިލީ ވިޔަފާރިއެއްގެ ގޮތުގައިކަމަށް މިހާތަނަށް ބެލެވޭނެ ކަންތައްތަކެއް
ހުރުމުންނާއި، މިވަގުތު މީނާ ދޫވެއްޖެނަމަ މައްސަލާގައި ލިބޭނެކަމަށް ބެލެވިފައިވާ ހެކި ގަރީނާ
ނައްތާލާފާނެކަމަށް ފެންނާތީ އާއި ފިލާފާނެތީކަން، އެނގެން އޮންނަކަމާއި،
ހު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/22
34 މ ގ ޏ ސ ޑ ދވ
در سراسرع سرسراسر
ކްރިމިނަލް ކޯޓުގެ ނަންބަރު 145-2014/01068(J(MD ކޯޓު އަމުރުގެ ދަށުން ފާޠިމަތު މާޔާ
ޚަލީލު ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ފާޠިމަތު މާޔާ ޚަލީލުގެ މައްޗަށް ތުހުމަތުކުރެވޭ
މައްސަލާގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި މިވަގުތު ބަންދުން ދޫކޮށްލަން ނުފެންނާތީކަން އެނގެން އޮވެއެވެ.
(ނ) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަކަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ
ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ
ޒާތާއި
ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި، އަދި އެއީ މުޖްލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ
ކުށެއްކަމަށާއި، އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ސުޕްރީމް ކޯޓުގެ
ނަންބަރު 33/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) ގައި ފާހަގަ
ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ
ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ފަނޑިޔާރަށް ނުފެންނަ ޙާލަތުގައި
އެމީހަކު ބަންދުން ދޫކޮށްލުމަށް އަމުރުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ
ސަބަބެއްނެތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމުންކަ
34
.ވެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ފާޠިމަތު މާޔާ ޚަލީލުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް
ކަމަށްވާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ އެތަކެއްޗާއި ގުޅުންހުރި ކުށްތަކަކީ އެކުށްތަކުގެ
ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ
ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއްކަމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި
އެފަރާތެއްގެ ތަހުޤީޤުކުރެވި އެތުހުމަތާމެދު ގޮތެއް ކަނޑައެޅިފައިނުވާ ފަރާތަކީ މުޖްތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ފަރާތެއްކަން ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާއިން ސާފުކޮށް މިގެން އޮންނައިރު އެފަދަ ފަރާތެއް ބަންދުން ދޫކޮށްލުމަކީ، އެކަމުގެ ސަބަބުން
މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބަލަންޖެހޭކަން އެނގެއެވެ.
ބަޔާންކުރެވުނު
ކަންކަން ގޮތަށް ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2014/01068(J(MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
6ހ
0
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/01068(J(MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފިމެވެ.
ދިވެހިވާޖީ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv