ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/309 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/309
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 309/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2758
އައިޑީ ކާޑު ނަންބަރު: A075539 މިހާރުގެ އެޑްރެސް:
ވަކީލު: އަލްއުސްތާޛު އަޙްމަދު މުޙައްމަދު ޝުކުރީ
ނަން: އަޙްމަދު ޢަލީ
.
ގިލްވެލްޕާރކް
0
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
ހުށަހެޅުނު ތާރީޚް: 16 ނޮވެމްބަރ 2014
، ނިމުނު ތާރީޚް: 27 އޯގަސްޓް 2015
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC
/
2010
)
676
/
Cr
-
C/260)
ނިންމެވިކްޓް: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ޓެކުން
ހުށަހެޅުނުތާރީޚް: 03 ފެބްރުއަރީ 2010 ނިމުނު ތާރީޚް: 28 އޮގަސްޓް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
R
ހައިކޯޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30g
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/676 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ދަފްތަރު ނަންބަރު 2758 (މ.ގިލްވެލްޕާރކް) އަޙްމަދު
ޢަލީގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދައުލަތް)
އެވެ.
14
14
ފާހަގަކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/676 ޤަޟިއްޔާއަކީ، އަޙްމަދު ޢަލީ، 2009 ވަނަ
އަހަރު ޖުލައި މަހުގެ ތެރޭގައި، ނައިފަރު ހިރިޔާގެ މުޙައްމަދު އިބްރާހިމްފުޅަށް ހެޔޮއަގުގައި ސިމެންތި
ވިއްކާނޭ ކަމަށް ބުނެ -/75ރުފިޔާގެ ރޭޓުން 1000 ކޮތަޅު ސިމެންތިއަށްވާ ފައިސާގެ ތެރެއިން، އެޑްވާންސްގެ
ގޮތުގައި -/
20000ރ. (ވިހިހާސްރުފިޔާ) އާއި، ބާކީ -/
55000ރ. (ފަންސާސްފަސް ހާސްރުފިޔާ) އާއި، މީގެ
އިތުރުން 5000 ކޮތަޅު ސިމެންތީގެ އޯޑަރަކަށް 5000 ކޮތަޅުގެ ސިމެންތި ދޯންޏަށް އަރުވާދޭނެކަމަށް އަޙްމަދު
ޢަލީ ބުނުމުން -/
100000ރ. (އެއްލައްކަރުފިޔާ)ގެ އޯޕަން ޗެކެއް އަޙްމަދު ޢަލީ އަތަށް ދީފައިވާކަމަށާއި،
ނަމަވެސް އެއިން އެއްވެސް ފައިސާއަކަށް ސިމެންތި ލިބިފައިނުވާކަމަށް ނައިފަރު ހިރިޔާގެ މުޙައްމަދު
އިބްރާހިމްފުޅާއި، މާމެންދޫ އާބާދު ޖަވާދު ޢަލީ ބުނާތީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)
ގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ
ދަށުން އަޙްމަދު އަލީގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ޓެކުމުގެ ކުށުގެ
ދަޢުވާއާއި މުޙައްމަދު އިބްރާހިމްފުޅުގެ އަތުން ޓަކައިގެން ނަގާފައިވާ -/
75000ރ. (ހަތްދިހަ ފަސްހާސް
ރުފިޔާ) އަޙްމަދު ޢަލީގެ އަތުން ހޯދުމަށް ނައިފަރު ހިރިޔާގެ މުޙައްމަދު އިބްރާހިމް ފުޅު އެދޭ މައްސަލައާ
ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
2578 އަޙްމަދު ޢަލީ، 2009 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި، ނައިފަރު ހިރިޔާގެ މުޙައްމަދު
އިބްރާހިމްފުޅަށް ހެޔޮއަގުގައި ސިމެންތި ވިއްކާނޭ ކަމަށް ބުނެ -/75ރުފިޔާގެ ރޭޓުން 1000 ކޮތަޅު
ސިމެންތިއަށްވާ ފައިސާގެ ތެރެއިން، އެޑްވާންސްގެ ގޮތުގައި -/20000ރ. (ވިހިހާސްރުފިޔާ) އާއި، ބާކީ
-/
55000ރ. (ފަންސާސްފަސް ހާސްރުފިޔާ) އާއި، މީގެ އިތުރުން 5000 ކޮތަޅު ސިމެންތީގެ އޯޑަރަކަށް
14
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/30
5000 ކޮތަޅުގެ ސިމެންތި ދޯންޏަށް އަރުވާދޭނެކަމަށް މީނާ ބުނުމުން -/
100000ރ. (އެއްލައްކަރުފިޔާ)ގެ
އޯޕަން ޗެކެއް މީނާއަތަށް ދީފައިވާކަމަށާއި، ނަމަވެސް އެއިން އެއްވެސް ފައިސާއަކަށް ސިމެންތި ލިބިފައި
ނުވާކަމަށްބުނެ، މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 2578 އަޙްމަދު ޢަލީގެ މައްޗަށް ދައުލަތުން މިކުޅަ
ޓެކުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ދަޢުވާގައި ބުނެފައިވާ ފަދައިން އަޙްމަދު ޢަލީ، މުޙައްމަދު
އިބްރާހީމް ފުޅަށް ހެޔޮއަގުގައި ސިމެންތި ވިއްކާނޭ ކަމަށް ބުނެ -/75ރ. ރުފިޔާގެ ރޭޓުން 1000 ކޮތަޅު
ސިމެންތި އަށްވާ ފައިސާގެ ތެރެއިން، އެޑްވާންސްގެ ގޮތުގައި -/
20000ރ. (ވިހިހާސްރުފިޔާ) އާއި، ބާކީ
-/55000ރ. (ފަންސާސް ފަސްހާސް ރުފިޔާ) ހޯދާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި
ގުޅިފައިވާ ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ޓެކުމުގެ ކުށުން މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
2578 އަޙްމަދު ޢަލީ، ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް ޓެކުމުގެ ކުށެއް ޝަރީޢަތަށް
ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) ގެ ދަށުން 6 މަސް ދުވަސް، އަދި މީނާ ޓަކައިގެން ނަގާފައިވާ ފައިސާގެ ޢަދަދަކީ 10000ރ.
(ދިހަހާސްރުފިޔާ) އަށްވުރެ މަތީ ޢަދަދަކަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 6 (ހައެއް)
އަހަރާއި 3 (ތިނެއް) މަސްދުވަސް އެކު ޖުމްލަ 6 (ހައެއް) އަހަރާއި 9 (ނުވައެއް) މަސްދުވަހުގެ މުއްދަތަށް
މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 2578 އަޙްމަދު ޢަލީ، ޖަލަށްލުމަށް ޙުކުމްކޮށް، އަޙްމަދު ޢަލީގެ އަތުން
މުޙައްމަދު އިބްރާހިމް ފުޅަށް ބަދަލު ނަގައިދިނުމަށް، ދައުލަތުން އެދިފައިވީ ނަމަވެސް ބަދަލާއިބެހޭ އިތުރު
ތަފްޞީލެއް ދައުލަތުން ހުށަހަޅާފައިނުވާތީ ބަދަލުގެ ބައި މިޤަޟިއްޔާގައި ބަލައިދެވިފައި ނުވާކަމަށާއި، މަދަނީ
މައްސަލައެއްގެ ގޮތުގައި ބަދަލާއިމެދު ދަޢުވާކުރުމުގެ ޙައްޤު ބަދަލު ލިބޭފަރާތަށް ލިބިގެންވާކަން އަންގައި،
މިގޮތުގެ މަތީން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
1 9
3
¢¢ ¢ |
ރިޕޯޓުން އެނގެން އޮވެއެވެ.
co
ދދު 2
3
4
5
5
ކ 1
02- އިސްވެ.
ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/676
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ޢަލީގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 24/76 (ހެއްކާއިބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން އަހްމަދު
ޢަލީގެ މައްޗަށް -/10000 ރުފިޔާ އަށް ވުރެ މަތީ ޢަދަދެއްގެ ފައިސާއިން ޓެކުމުގެ ކުށުގެ
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/309
ދވ
ހެއްކެއެކެވެ
COCO
މުޙައްމަދު އިބްރާހީމް ފުޅުގެ އަތުން ޓަކައިގެން ނަގާފައިވާ -/5000 ރުފިޔާ އަޙްމަދު ޢަލީ އަތުން
ހޯދުމަށް ކުރާ ދަޢުވާގައި އެދަޢުވާއަށް އިންކާރުކުރާއިރު ދަޢުވާ ސާބިތުވާ ފަދަ ފުރިހަމަ ހެކި ދައުލަތަށް
ދެއްކިފައިނުވާއިރު ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ދަޢުވާ ސާބިތުވާ
ކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ޢަލީގެ މައްޗަށް ކުރާ ޓެކުމުގެ
ދަޢުވާގައި ސިމެންތި ހެޔޮއަގުގައި ގަނެދޭނެކަމަށްބުނެ އެއްވެސް ފައިސާއެއް އަޙްމަދު ޢަލީ މުޙައްމަދު
އިބްރާހީމްގެ އަތުން އަތުލާފައި ނުވާނެ ކަމަށާއި އަޙްމަދު ޢަލީ އަށް އަނބުރާ ދައްކާގޮތަށް މުޙައްމަދު
އިބްރާހީމް -/20000 ރުފިޔާ ދަރަނީގެ ގޮތުގައި ދިންކަމަށް ބުނެ ޓެކުމުގެ ދަޢުވާއަށް އިންކާރު ކުރާއިރު
އެދަޢުވާ ސާބިތުކުރުމުގައި މުޙައްމަދު އިބްރާހީމް އެއީ މުގައި ޤަޟިއްޔާގައި ބައްލަވާފައިވުން
ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އަޙްމަދު ޢަލީގެ މައްޗަށް ދައުލަތުން ކުރެއްވި ދަޢުވާގައި -/ 20000ރުފިޔާ އާއި
-/
55000ރުފިޔާ އާއި -/100000 ރުފިޔާގެ އޯޕަން ޗެކެއް ދިންކަމަށް ބުނެފައިވާއިރު، އެމީހަކު
ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ
އެމީހަކީ ކުށެއް ނެތް މީހެއްކަމުގައި ޤާނޫނުއަސާސީއިން ބުނެދޭއިރު، ޓެކުމުގެ ދަޢުވާ ސާބިތުވާކަމަށް
ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ހެކިންގެ ހެކިބަހުން ކަމަށް މިޤަޟިއްޔާގައި ބައްލަވާފައިވަނީ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި (އ) ގައި ބުނެފައިވާ ގޮތާއި ޚިލާފަށް ކަމަށްބުނެ ފާހަގަކުރި
ނުކުތާއެވެ.
• ހަތަރު ވަނަ ނުކުތާއަކީ: މުޙައްމަދު އިބްރާހީމް ފުޅު ފުލުސް އޮފީހަށް ދީފައިވާ ބަޔާނުގައި
”އަޅުގަނޑަކީ އާމްދަނީ ހޯދުމުގެ ގޮތުން މިވަގުތު އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫނެވެ.
އެވެސް އާމްދަނީއެއް ހޯދުމަށްޓަކައި އަޅުގަނޑު ކޮންމެވެސް މަސައްކަތެއް ފަށަންވެގެން އަޅުގަނޑުގެ
އަންހެނުން (ސޯނިޔާ ޙުސައިން) ގެ ޅިޔަނު އަޙްމަދު އިބްރާހީމް ގާޑިޔާގެ
ނައިފަރު އަތުން
-/60000ރުފިޔާ ނެގީމެވެ. އަދި އެފައިސާއިން އަޅުގަނޑު ބެލީ މާލޭގައި ހުރެގެން ސިމެންތި ގަނެގެން
ނައިފަރަށް ފޮނުވައިގެން ވިއްކުމަށެވެ.“ ބުނެފައިވާއިރު އެފައިސާގެ ތެރެއިން އަޙްމަދު ޢަލީ
އަނބުރާ ދައްކާގޮތަށް ދިން -/20000 ރުފިޔާ ކެނޑީމާ ބާކީ އޭނާ އަތުގައި އޮންނާނީ -/40000
ރުފިޔާ ކަމަށްވާއިރު -/55000 ރުފިޔާ އަޙްމަދު ޢަލީއަށް ދިންކަމަށް މުޙައްމަދު އިބްރާހީމް ބުނާ
ނަމަވެ-
ހައިކަޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/309
ބުނުމަކީވެސް ޙަޤީޤަތާއި އެއްގޮތަށް ބުނާ ބުނުމެއް ނޫންކަން އެނގެން އޮތްއިރު މިނުކުތާވެސް
ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
-03
މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/676 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު އަލީގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދައުލަތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/676 ޤަޟިއްޔާގެ ދަށުން އަޙްމަދު ޢަލީގެ
މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ
ދަށުން -/10000ރ. (ދިހަހާސް ރުފިޔާ) އަށްވުރެ މަތީ އަދަދެއްގެ ފައިސާއިން ޓެކުމުގެ ކުށުގެ ދަޢުވާކަމާއި
އެދަޢުވާއަށް އަޙްމަދު ޢަލީ އިންކާރު ކޮށްފައިވާއިރު، މައްސަލަ ކުރިޔަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި
އަމިއްލައަށް ކަމާއި، ނައިފަރު ހިރިޔާގެ މުޙައްމަދު އިބްރާހިމްފުޅު އަނބުރާ ދައްކާގޮތަށް -/20000ރ.
(ވިހިހާސް ރުފިޔާ) އަޙްމަދު ޢަލީއަށް ދިން ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޢަލީ
ބުނެފައިވާކަމާއި، އަޙްމަދު ޢަލީގެ ފަރާތުން ދިފާޢީ ހެކިން ހުށަހަޅާފައިނުވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
،
Occ
CCCX
(ށ) މިމައްސަލައިގާ ހެކިންގެ ގޮތުގައި ޅ. ނައިފަރު ހިރިޔާގެ، މުޙައްމަދު އިބްރާހިމްފުޅާއި،
މާމެންދޫ އާބާދު، ޖަވާދު ޢަލީ އާއި، ގދ. މަޑަވެލި ގްރާމީޒް އިބްރާހީމް މަމްދޫޙް، ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއިގެ
އަޙްމަދު ޢަލީ އަކީ މުޙައްމަދު އިބްރާހީމް ފުޅު ދަންނަ މީހެއްކަމަށާއި، ސިމެންތި ކޮތަޅު ތަކެއް
ގަންނަން އަޙްމަދު ޢަލީއަށް -/
75000ރ. (ހަތްދިހަފަސް ހާސްރުފިޔާ) ދިންއިރު އެތަނުގައި މުޙައްމަދު
އިބްރާހީމް ފުޅުގެ އިތުރުން މުޙައްމަދު އިބްރާހީމް ފުޅުގެ ރައްޓެއްސެއްވެސް
ރައްޓެއްސެއްވެސް ހުރިކަމަށާއި، އަޙްމަދު ޢަލީ
އެނގިފައިވަނީ މުޙައްމަދު އިބްރާހީމް ފުޅުގެ ރައްޓެއްސެއް ކަމުގައިވާ މަމްދޫހްގެ ފަރާތުން ކަމަށާއި، އަޙްމަދު
ޢަލީ އާ ދިމާވެ މުޢާމަލާތްކުރެވިފައިވާނީ މުޙައްމަދު އިބްރާހީމް ފުޅާއި މުޙައްމަދު އިބްރާހީމް ފުޅުގެ ރައްޓެހި
ޖަވާދު ޢަލީ އެކީ ކަމަށާއި، އެގޮތުން ތަންކޮޅެއް އަގުހެޔޮކޮށް ސިމެންތި ހޯދާދޭނެ އަޙްމަދު ޢަލީ ބުނުމުން
ސިމެންތި ގަންނަން ވެގެން، މުޙައްމަދު އިބްރާހީމް ފުޅު އެކަމަށް އެއްބަސްވީ ކަމަށާއި، ފުރަތަމަ އަޙްމަދު ޢަލީ
R
ހައި9
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/309
/75000ރ.
ޕީއ.
ބުނެފައިވަނީ 1000 ސިމެންތި ބަސްތާގެ ވާހަކަ ކަމަށާއި، އޭގެ ފަހުން އަޙްމަދު ޢަލީގެ ބުނުމަށް -
(ހަތްދިހަފަސްހާސް ރުފިޔާ) ދިނީ ކަމަށާއި، ފަސްވަރަކަށް ދުވަސްތެރޭ ހުރިހާ ކަމެއް ހަމަޖެހޭނެ
ކަމަށް އަޙްމަދު ޢަލީ ބުނެފައިވާކަމަށާއި، ނަމަވެސް މިއަދާ ހަމަޔަށްވެސް ސިމެންތީގެ ތެރެއިން އެއްވެސް
މިންވަރެއް ނުވަތަ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ލިބިފައިނުވާކަމަށް، 2014 ޖުލައި 03 ގައި
މުޙައްމަދު އިބްރާހިމްފުޅު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި،
ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ . މާމެންދޫ އާބާދު، ޖަވާދު ޢަލީ ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2014 ޖުލައި 03 ގައި ދީފައިވާ ހެކިބަހަށް ބަލާއިރު، ޅ.ނައިފަރު ހިރިޔާގެ
މުޙައްމަދު އިބްރާހިމްފުޅު ސިމެންތި
ގަންނަން އަޙްމަދު
-/
75000ރ. (ހަތްދިހަފަސް ހާސްރުފިޔާ) ދިންއިރު އެތަނުގައި ހުރިކަމާއި، އެންމެ ފުރަތަމަ މުޙައްމަދު
އިބްރާހީމް ފުޅު، އަޙްމަދު ޢަލީއަށް -/20000ރ. (ވިހި ހާސްރުފިޔާ) ކަމާއި، އަދި ފަހުން
-/
55000ރ. (ފަންސާސްފަސް ހާސްރުފިޔާ) މުޙައްމަދު އިބްރާހީމް ފުޅު، އަޙްމަދު ޢަލީއާ ޙަވާލުކުރިއިރު
އެޙާޟިރުގައި ޖަވާދު ޢަލީ ހުރިކަމާއި، އަޙްމަދު ޢަލީއާ ފައިސާ ޙަވާލުކުރި ދުވަހުން ފެށިގެން ދެން
އެއްގޮތަކަށްވެސް އަޙްމަދު ޢަލީއާ ނުގުޅޭކަމާއި އެދުވަހުން ފެށިގެން އަޙްމަދު ޢަލީގެ ފޯނު ނިވާލާފައިވާކަމަށް
ބުނެފައިވާކަން އެނގެން އޮވެއެވެ.
ހ3ދ 4
مرمر مرمر ہے
(ނ) މިމައްސަލައިގާ ޖަވާބުދާރީވުމުގެ ގޮތުން އަޙްމަދު ޢަލީގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި މުޙައްމަދު އިބްރާހީމް ފުޅުގެ އަތުން -/20000ރ. (ވިހިހާސްރުފިޔާ)
ހޯދާފައިވާކަމަށް އަޙްމަދު ޢަލީ އިޢްތިރާފުވެފައިވާކަން އެނގެން އޮންނައިރު، މިމައްސަލައާއި ގުޅިގެން ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވާ ހެކިން ކުރެ އިސްވެ ބަޔާންކުރެވުނު މުޙައްމަދު އިބްރާހީމް ފުޅާއި ޖަވާދު ޢަލީގެ ބަހަށް
ބަލާއިރު، މުޙައްމަދު އިބްރާހީމް ފުޅަށް ހެޔޮ އަގުގައި ސިމެންތި ވިއްކާނެ ކަމަށް ބުނެ މުޙައްމަދު އިބްރާހީމް
ފުޅުގެ އަތުން އެޑްވާންސްގެ ގޮތުގައި -/20000ރ. (ވިހިހާސް ރުފިޔާ) ރުފިޔާ އާއި، އަދި ފަހުން
-/
55000ރ. (ފަންސާސްފަސްހާސް ރުފިޔާ) އެކު ޖުމްލަ -/75000ރ. (ހަތްދިހަފަސް ހާސްރުފިޔާ) އަޙްމަދު
ޢަލީ ހޯދާފައިވާކަން ޝަރީޢަތަށް ސާބިތުވުމުގެ އިތުރުން، މުޙައްމަދު އިބްރާހީމް ފުޅުގެ އަތުން އަޙްމަދު ޢަލީ
ފައިސާ ހޯދި ބޭނުން ސާބިތުކުރުމުގެ ގޮތުން އަޙްމަދު ޢަލީގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން
އެނގެއެވެ.
CCC
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/309
(ރ) ޓެކުމަކީ، އަނެކާއަށް އެކަމުން މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ޚިދުމަތެއް
ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ
ތަކެތި އަތުލައި، އެކަމެއް އެބުނިގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުން ކުރުންކަން ޤާނޫނުލްޢުޤޫބާތުގެ
149 ވަނަ މާއްދާގެ (ށ) އިން އެނގޭކަމާއި، މުޙައްމަދު އިބްރާހީމް ފުޅަށް ހެޔޮ އަގުގައި ސިމެންތި ވިއްކާނެ
ކަމަށް ބުނެ މުޙައްމަދު އިބްރާހީމް ފުޅުގެ އަތުން -/75000ރ. (ހަތްދިހަފަސް ހާސްރުފިޔާ) އަޙްމަދު ޢަލީ
ހޯދާފައިވާކަން އެނގެން އޮންނައިރު، އެއްބަސްވެފައިވާ ގޮތުގެ މަތީން ސިމެންތީގެ އެއްވެސް މިންވަރެއް ނުވަތަ
ދީފައިވާ ފައިސާގެ އެއްވެސް މިންވަރެއް އަޙްމަދު އަލީގެ ފަރާތުން މުޙައްމަދު އިބްރާހީމް ފުޅަށް ދީފައިނުވާކަން
ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/676 ޤަޟިއްޔާގައި ޓެކުމުގެ ކުށުން އަޙްމަދު ޢަލީ
ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވާ ކުރައްވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
CCC
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr-C/676 ޤަޟިއްޔާގައި ޓެކުމުގެ ކުށުން މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 2578
އަޙްމަދު ޢަލީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވާ 6 (ހައެއް) އަހަރާއި 9 (ނުވައެއް) މަސްދުވަހުގެ
މުއްދަތަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ބޮއްޖޭ
ޢާއިކޯޓް
ރާއްޤީ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ