ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/37 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/37
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
سالمندان رازیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
.ޤަޟިއްޔާ ނަންބަރ: 37/HC
-
A/2009
ދަޢުވާކުރާ ފަރާތް:
* ނަން: ސަންޖިންގ އިންޖިނިއަރިންގ (އެމް)އެސް.ޑީއެން ބީ.އެޗް.ޑީ * ދާއިމީ އެޑްރެސް: -
* އައިޑީ ކާޑު ނަންބަރ:
މިހާރުގެ އެޑްރެސް: މ. ލިންކިއާ
ވަކީލު ޢާއިޝަތު އާޒިމާ ޝުކޫރު (A026999) *މިހާރުގެ އެޑްރެސް: މއ. އާސްތާނާ
"
ދަޢުވާލިބުނު ފަރާތް:
* ނަން: ހުވާންގ ޖައި ވާ ދާއިމީ އެޑްރެސް: ޖުކް ޖިއޯން 1 ޑުންގ ސައުތު ކޮރެޔާ
* ބަދަލުގައި: އޖ. އަޙުމަދު މުރާދު (A033110) މިހާރުގެ އެޑްރެސް: ގ. ފެހިވާދީ
1430
*ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލް 1431
ހުށަހެޅުނު ތާރީޚް: 22 ޞަފަރު
17 ފެބުރުއަރީ 2009
15
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/733
ނިންމެވި ފަރާތް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 17 އޭޕްރިލް 2008 * ނިމުނުތާރީޚް: 08 ޖެނުއަރީ 2009
0c4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/37
ދަޢުވާގެ ޚުލާޞާ
މަދަނީކޯޓުގެ ނަންބަރު 2008/MC/733 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި
ސުންޖިންގ އިންޖިނިއަރިންގ (އެމްއެސް) ޑީ.އެން.ބީ.އެޗްޑީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
މިޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ ހުވާންގ ޖައި ފޫ އެވެ.
05
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2008/MC/733 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި، އިސްތިއުނާފު
ކުރުމަށް ސުންޖިންގ އިންޖިނިއަރިންގގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެ ނުކުތާތަކާއިބެހޭގޮތުން
ދެފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ މިސްޓަރ ހުވާންގ ޖައި ފޫ ވަޒީފާގެ އެއްބަސްވުން ކަމުގައި
ޝަރީޢަތުން ބަލަވާފައިވާ އެއްބަސްވުމަކީ އަޞްލު އެއްބަސްވުމެއް ނޫންކަމަށާއި މިސްޓަރ ހުވާންގ
ޖައި ފޫ ޕްރޮޖެކްޓް ނުނިމެނީސް ވަޒީފާއިން ވަކިކޮށްފިނަމަ އޭނާއަށް 5 ލައްކަ ޔޫ. އެސް ޑޮލަރ
ދިނުމަށް 3 މެއި 2007 ގައި ކުންފުނީގެ ބޯޑުގެ ސަރކިއުލަރ ރިޒޮލިއުޝަނަކުން
ނިންމާފައިވާކަމަށް ބުނެ އޭނާ ހުށަހަޅާފައިވާ ލިޔުމަކީ ޞައްޙަ ލިޔުމެއްނޫންކަމަށާއި މިސްޓަރ
ހުވާންގ ޖައިޕޫ އަކީ ސުންޖިންގ އިންޖިނިއަރިންގ މެލޭޝިޔާ ކުންފުނީގެ މުވައްޒަފެއް ނޫންކަމަށާއި
އޭނާއަކީ ސުންޖިންގ އިންޖިނިއަރިންގ ސިންގަޕޫރުގެ މުވައްޒަފެއް ކަމަށާއި އޭނާއަށް އެކުންފުނިން
ވަޒީފާދިން ލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު އޭނާ ހުށަހަޅާފައިވާ ލިޔުންތަކުގެ އަޞްލު
ނުހޯއްދަވާ އަދި ކަނޑޫމާގެ މަސައްކަތުގެ %80 ނިމިފައިވާކަމަށް ބެއްލެވުމެއްނެތި ޝަރީޢަތުން
ޙުކުމް ކުރައްވާފައިވަނީ ކަމަށާއި މިހާރު އަޞްލު ލިއުންތައް ހުށަހެޅުން އެބަހުރިކަމަށާއި ސުންޖިންގ
އިންޖިނިއަރިންގގެ ފަރާތުން ދަޢުވާ ނަފީކުރެވިފައި ނުވާކަމުގެ މައްޗަށް ބައްލަވައި އިތުރު
ނުހޯއްދަވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ މިސްޓަރ ހުވާންގ ޖައި ފޫ ގެ ފަރާތުން ހުށަހެޅި
OcOC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/31
272 ހ 04 ހ2
مرد مرمرد وی ام
3
އެންމެހައި ލިޔުންތަކަށް ޠަޢުނުކޮށް މަދަނީކޯޓުގެ ނިންމުން ސުންޖިންގ އިންޖިނިއަރިންގގެ ފަރާތުން
އިސްތިއުނާފު ކޮށްފައިވަނީކަން،
އިސްވެ އިޝާރާތްކުރެވުނު ސުންޖިންގ އިންޖިނިއަރިންގ ގެ ފަރާތުން
ހުށަހަޅާފއިވާ ގިނަ އިސްތިއުނާފް ނުކުތާތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
22/SC
-
A/2009 ވަނަ ޤަޟިއްޔާގައި އެއާއި
އެއާއިމެދު ގޮތެއް ކަނޑައެޅިފައިވާ
މިގޮތުން،
މއ. ހުވާންގ ޖައި ލޫ އަކީ ސުންޖިންގެ ނަމުގައި ލިޔުންތައް ދޫކުރުމުގެ ބާރާއި
އިޚްތިޔާރު ލިބިފައިވާ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ (4)
ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި އެކުންފުނި ތަމްޞީލުކުރާ އެންމެ އިސްފަރާތުގެ ގޮތުގައި
އެކުންފުނީގެ ބޯޑުގެ ޤަރާރަކުން ކަނޑައަޅާފައިވާ ފަރާތްކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް
ހުށަހަޅާފައިވާ އެކުންފުނީގެ 3 މެއި 2007 ގެ ބޯޑު ރޮޒޮލިއުޝަނުން އެނގެން އޮންނަކަމަށާއި 3
މެއި 2007 ން ފެށިގެން 22 ޖެނުއަރީ 2008 ގެ ނިޔަލަށް ސުންޖިންގެ ފަރާތުން ދިވެހިރާއްޖޭގައި
ތަމްސީލު ކުރި އެންމެއިސް ފަރާތަކީ މރ. ހުވާންގ ޖައި ވާ ކަން ސާބިތުވާކަމަށާއި،
ޕްރޮޖެކްޓްތަކެއް ހިންގުމަށް އެކުންފުނި ރާއްޖޭގައި ރީ ރަޖިސްޓްރީ ކުރެވުނު ޕްރޮޖެކްޓްތައް
ހިންގުމުގައި އެކުންފުނީގެ ފަރާތުން ތަމްޞީލުކުރަން އޭރުހުރި އެންމެ އިސްފަރާތަކީވެސް
ހުވާންގ ޖައި ވާ ކަން އެނގޭކަމަށާއި މރ. ހުވާންގ ޖައި ކޫ އަށް ދިވެހި ސަރުކާރުން
ދީފައިވާ މަސައްކަތް
ކުރުމުގެ ހުއްދަ ދީފައިވަނީ ސުންޖިންގެ ޕްރޮޖެކްޓް މެނޭޖަރެއްގެ
ހައިސިއްޔަތުންކަން އޭނާއަށް ދޫކޮށްފައިވާ ވޯރކްޕާމިޓުން އެނގޭކަމަށާއި، ސަރުކާރުގެ އެކިއެކި
މިނިސްޓްރީތަކާއި އިދާރާތަކާއިއެކު ސުންޖިންގ ގެ ފަރާތުން މުޢާމަލާތް ކޮށްފައިވަނީ އެކުންފުނީގެ
ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން މިރ. ހުވާންގ ޖައި ވާ ކަން އެނގޭކަމަށާއި މިގޮތުން
ރާއްޖޭގައި އެކުންފުނި ތަމްޞީލުކުރާ އެންމެއިސް ވެރިފަރާތުގެ ހައިސިއްޔަތުންނާއި ކަނޑޫމާ
ރިސޯޓުގެ ޕްރޮޖެކްޓް މެނޭޖަރގެ ހައިސިއްޔަތުން ރާއްޖޭގައި ދުވަހުންދުވަހަށް ކުރާ އެކިއެކި
މުޢާމަލާތްތައް ކޮށް އެކިއެކި ފަރާތްތަކާއިއެކު ކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކޮށް
DOCXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/37
އަދި އެއްބަސްވުންތަކުގެ ދަށުން އެފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާ އަދާކޮށްފައިވަނީ
މއ. ހުވާންގ ޖައި ވާ ކަމަށާއި، އެކިއެކި އަމިއްލަ ފަރާތާއި ދިވެހިސަރުކާރާއިއެކު ސުންޖިންގ
އިން ކޮށްފައިވާ ފައިސާގެ މުޢާމަލާތްތަކާއި އަދި އެނޫންވެސް މުޢާމަލާތްތަކުން ކުންފުނީގެ ފަރާތުން
އެކަންކުރުމުގެ ޤާނޫނީ ހައިސިއްޔަތު މރ. ހުވާންގ ޖައިފޫ އަށް ލިބިފައިވާކަމަށް ދަލީލު ލިބޭކަމަށް
ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން
އޮންނަކަން،
(ނ) މރ. ހުވާނގ ޖައި ލޫ އަކީ، ސުންޖިންގ މެލޭޝިޔާގެ މުވައްޒަފެއް ނޫންކަމަށާއި
އެކުންފުނީގެ 3 މެއި 2007 ގެ ބޯޑު ސަރކިއުލަރ ރިޒޮލިއުޝަނަކީ ޞައްޙަ ލިއުމެއްނޫންކަމަށާއި،
ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ކަމަށް ބުނާ އެއްބަސްވުމަކީ އަޞްލު އެއްބަސްވުމެއްނޫންކަމަށް ބުނެ
ސުންޖިންގ އިންޖިނިއަރިންގގެ ފަރާތުން ވާހަކަދައްކައި އެއާއިމެދު ބަހުޘް ކުރެވޭނެ ޤާނޫނީ
ހައިސިއްޔަތެއް ޝަރުޢީ ނިޒާމުގެ ތެރެއިން މިހާރު ނެތްކަމާއި، ސުޕްރީމް ކޯޓުން އެކަންކަމާއިމެދު
ގޮތެއް ނިންމުމުން "ههلا (3 هل للهلގ" ގެ އުޞޫލުގެ ދަށުން އެއީ ގޮތެއް ކަނޑައެޅި ޙުއްޖަތް
ޤާއިމުވެފައިވާ ކަމެއްކަމަށް ބަލަންޖެހޭކަމީ ޝަރީޢަތާއި ޝަރީޢަތްކުރުމުގެ ހަމަތައް ނިޔާކުރާގޮތްކަން
އެނގެން އޮންނަ ކަމެއްކަން،
(ރ) 3 މެއި 2007 ގެ ބޯޑް ސަރކިއުލަރ ރިޒޮލިއުޝަނުގެ ކަނޑައެޅިފައިވާ ޝަރުޠު
ކަމުގައިވާ ކަނޑޫމާގެ %80 މަސައްކަތް ނިމިފައިވާކަމަށް ނިންމަވާފައިވަނީ މރ، ހުވާންގ ޖައި ވާ
ކަމާއި އޭނާއަކީ އެފަދަ ކަންކަން އެކުންފުނީގެ ފަރާތުން ނިންމުމުގެ ބާރު ލިބިފައިވާ އެމަސައްކަތުގެ
ޕްރޮޖެކްޓް މެނޭޖަރުކަމާއި އޭނާ އެމަޤާމުގައި ހުރެގެން ނިންމާ ނިންމުމަކީ، ޤާނޫނީގޮތުން
އެކުންފުނީގެ ފަރާތުން ނިންމާ ނިންމުމެއްކަމުގައި މެނުވީ ބެލެން ނޯންނާނެކަން،
(ބ) އިސްވެ ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވި ދިޔަގޮތުގެމަތިން ހުރުމުން
ހުވާންގ ޖައި ތޫ، ސުންޖިންގ އިންޖިނިއަރިންގ ގެ މައްޗަށް މަދަނީކޯޓުގައި ދަޢުވާކުރުމުން
އެކޯޓުން ނިންމަވާފައިވާ ނަންބަރު 2008/MC/733 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ރަނގަޅު
ނޫންކަމަށްބުނެ ސުންޖިންގ އިންޖިނިއަރިންގގެ ފަރާތުން ހުށަހެޅި ނުކުތާތަކަކީ، ޝަރުއީ އަދި
މެން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/37
ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އެޤަޟިއްޔާގެ ޙުކުމަށް ޠަޢުނު ކުރެވިދާނެ އަދި އެޙުކުމް
ބިނާކޮށްފައިވާ އެއްވެސް ދަލީލަކަށް އަސަރުކުރާފަދަ ޙަޤީޤަތްތަކެއް ހިމެނޭ ނުކުތާތަކެއްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން،
ޙުކުމް.
06
ވީމާ މަދަނީކޯޓުގެ ނަންބަރު 2008/MC/733 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެ ތަނެއް އޮތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އާދަމް މުޙައްމަދު ޢަބްދު
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
(ފުނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv