ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/09 ޤަޟިއްޔާގެ ޙުކުމް
ޕީޕީޗެއް
1 ޤަޟިއްޔާ ނިމުނު ؟
2014}HC-I-SH/09
کی مکی
بمنال مراسیم
ވެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤްޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރު: 09/HC-I-SH/2014
COX
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ރެޖިސްޓްރޭޝަން ނަންބަރު: 2005/01
*
ދާއިމީ އެޑްރެސް:
ބެމްބޫ | މާލެ
• މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް (5 ވަނަ ފަންގިފިލާ)1މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ޖުމާދަލްއާޚިރާ 1435
0
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1439
08 އޭޕްރީލް
2014
23 އޭޕްރީލް
2014
• މައްސަލަ ނީ ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/09
کی مرکی
/
enވ
ouc
907
29 029
އަޑީ
• މައްސަލައިގެ ޚުލާޞާ:
މިއީ، 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ވިލިނގިލީ ދާއިރާގެ އިންތިޚާބުގައި، އެދާއިރާއަށް ޕީ.ޕީ.އެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް،
ސަރުކާރުގެ މުވައްޒަފުން އޭނާއަށް ވޯޓު ދޭންޖެހޭ ކަމަށްބުނެ އިންޒާރުދީ ހަދާފައިވާތީއާއި، މިގޮތުން،
ފިޝަރީޒް ލިމިޓެޑްގެ މުވައްޒަފުންނާ ބައްދަލުކޮށް، މިއިންތިޚާބުގައި އޭނާ ނުހޮވިއްޖެނަމަ،
ކޫއްޑޫގެ ޖެނެރަލް މޭނޭޖަރު ކަމާ ހަވާލުވުމަށް ސަރުކާރުން އޭނާއަށް ހުށަހަޅާފައިވަކަމަށާއި، އެހެންކަމުން
އެކަމާމެދު މުވައްޒަފުން ސަމާލުވެ، އޭނާއަށް ވޯޓު ދިނުމަށް އަންގައި ބިރު ދައްކާފައިވާތީއާއި،
ފިޝަރީޒް ލިމިޓެޑްގެ ޗެއަރމަން އަކަށް ހުރި ޝަޒައިލް ޝިޔާމަކީ ޕީ.ޕީ.އެމްގެ ކެންޑިޑޭޓްގެ ޅިޔަނެއް
ކަމުގައިވާތީ،
އޭނާއާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމާ ޚިލާފަށް، ކޫއްޑޫގައި
މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށްފަހު، އެ މުވައްޒަފުންނާއި،
މުވައްޒަފުންގެ އާއިލާތަކުން ސަޢުދު ޙުސައިންއަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް، ވޯޓު ނުދީފިނަމަ، ޑިމޯޓް
ރެވޭނެކަމުގައި އަންގައި، އަދި އެ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާއިން ވޯޓު ދޭ ކަން ކަށަވަރު
ކުރުމުގެ ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްގައި އެ ކަރުދާހެއް ފާހަގަކުރެވޭ ގޮތަށް ޖަހަންވީ ނިޝާނެއް
ނަންބަރެއް، ސަޢުދު ޙުސައިންގެ ފަރާތުން ވޯޓުލާ ސަރަޙައްދުގައި ހަރަކާތްތެރިވި ޓީމުން އަންގައި،
އެގޮތަށް ފާހަގަ ޖަހުވައިގެން ވޯޓު ހޯދާފައިވާތީއާއި، މިގޮތުން ކޮލަމާފުށީގައި
ބެހެއްޓުނު ދެ ވޯޓު
ފޮށީގައި ސަޢުދު ޙުސައިންއަށް ވޯޓު ދިނުމަށްފަހު ވޯޓު ފާހަގަ ކުރެވޭގޮތަށް ޓެގް ޖަހާފައިވާ 70 އަށްވުރެ
ގިނަ ވޯޓު ކަރުދާސް އޮތްކަމަށް އިންތިޚާބުގައި ހަރާކާތްތެރިވި މަންދޫބުން ބުނާއިރު، ވިލިނގިލީގައި
ބެހެއްޓުނު 3 ވޯޓު ފޮށީގައި ޖުމްލަ 141 ވޯޓު ފާހަގަކުރެވޭގޮތަށް ޓެގްކޮށްފައިވާކަމަށް އެ ފޮށިތަކުގެ
ކައިރީގައި ހަރަކާތްތެރިވި މަންދޫބުން ބުނާތީއާއި، މާލެއާއި، ގއ. ވިލިނގިލި އަދި ކޮލަމާފުށީ ވޯޓު
ފޮށިތަކުގައި ޖުމްލަ 300 އެއްހައި ވޯޓު ޓެގްކޮށްގެން ޕީ.ޕީ.އެމްގެ ކެންޑިޑޭޓް ހޯދާފައިވާއިރު، ޕީ.ޕީ.އެމްގެ
ކެންޑިޑޭޓާއި، އެމް.ޑީ.ޕީގެ ކެންޑިޑޭޓާއި ދެމެދު ހުރި ނަތީޖާގެ ފަރަޤަކީ 229 ވޯޓުކަމުގައިވާތީއާއި،
(ރވެ
OXL
މީގެ 1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-I-SH/09
3 ޤަޟިއްޔާ ނިމުނު "
ޚުލާޞާ
ގުނަމުންދިޔަ އިރު، ޓެގްކޮށްފައިވާ ވޯޓުތައް ޕީ.ޕީ.އެމްގެ ކެންޑިޑޭޓްގެ އޮބްޒާވަރުން ބަލަމުން
ގެންގޮސްފައިވާތީ، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުޙައްޤުން ހިންގާފައިވާ
ޢަމަލަކަށްވާތީއާއި، އިންތިޚާބުތަކުގައިއާއި، ރައްޔިތުން ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ދޭ ވޯޓަކީ
ސިއްރު ވޯޓަން ވާންޖެހޭނެކަން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކުރާއިރުއާއި،
އިންތިޚާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނުގެ 77 ވަނަ
މާއްދާގައި ބަޔާންކުރާއިރުއާއި، އިންތިޚާބުތަކުގައާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި
ބޭނުންކުރެވޭ ވޯޓު ކަރުދާހުގައި އެވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް
ނުވަތަ ކުރަހާ ކުރެހުމަކުން ވިޔަސް ފެންނަން ނެތްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި
ފިޔަވަޅުތައް އެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ
ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާއިދެއްގައި، ވޯޓުގެ
ސިއްރުކަން ގެއްލުމަށް މަގުފަހިވާ ގޮތަށް އެއްވެސް މާއްދާއެއް އޮވެގެން ނުވާނޭކަމަށާއި، އަދި އެފަދަ
މާއްދާއެއް ހިމެނިފައިވާނަމަ، އެމާއްދާއެއް އިސްލާހު ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
02/HC-I-SH/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ
ޤާނޫނާ ޚިލާފު ކަމެއްކަން އެނގޭއިރު، ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓަކީ ބާޠިލު
ވޯޓެއް ކަމުގައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި
ޔާންކުރާތީއާއި، ވޯޓު ޓެގް ކުރުމަކީ ކޯޓުގެ ސިއްރުކަން ގެއްލިގެންދާ ކަމަކަށްވާތީއާއި، ވޯޓު
ޓެގްކޮށްފައި މިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރާއި، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުކަމުގައިވާތީ، ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް
ދީފައިވާ ވޯޓުތަކަކީ ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓަށްވާތީ އެއީ ބާޠިލު ވޯޓުކަމުގައި ކަނޑައަޅައި
ދިނުމަށާއި، 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ދާއިރާގެ އިންތިޚާބު ބާޠިލްކޮށް، އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަ
ރާއްޖޭގެ
ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު
2[14/HC-I-SH/09
کی مکی
އަމުރުކޮށް ދިނުމަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
0
ފާހަގަކުރެވުނު
04473
4.0
.1
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު ބަޔާން
ކުރަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
02
އިންތިޚާބު ތަކުގައާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ
ޙައްޤު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާކަމަށާއި، އެފަދައިން ނަގާ ވޯޓުތަކަކީ
ސިއްރު ވޯޓަށް ވާންވާނެކަމަށް ޤާނޫނުއަސާސީގެ 26 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު
ވޯޓުތަކުގައި ނަގަންވާނީ ސިއްރު ވޯޓުކަމަށް ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ހ) އިން ލާޒިމްކުރާ
ކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ
ޚިޔާލު ހޯދުމުގައި އާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެކަންތައްތައް ހިންގުމާއި،
ބެލެހެއްޓުމާއި އަދި އިންތިޚާބުތަކުގައި ކަންކަން ހިނގަނީ އިންޞާފުވެރިކަމާ އެކުގައިކަން ކަށަވަރުކުރުން
ހިމެނިފައިވާކަން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) އިން އެނގޭއިރު،
ދާއިރާގެ އިންތިޚާބުގައި 300 އެއްހާ ވޯޓު ފާހަގަ ކުރެވޭ ގޮތަށް ނިޝާން ޖަހާފައިވަނީ ވޯޓުގެ
ސިއްރުކަން ގެއްލުވާލައި އެވޯޓު ދީފައިވަނީ ކާކުކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައިކަމަށާއި،
ގއ. ވިލިނގިލީ
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
مغرب
2{014/HC-I-SH/09
5 ޤަޟިއްޔާ ނިމުނު "
އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގައި އިންތިޚާބުގައި ވޯޓު
ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާގޮތް ކެންޑިޑޭޓުންގެ މަންދޫބުންނަށް ވީހާވެސް ގާތުން
ފެންނަގޮތަކަށް ކުރިއަށް ގެންދަވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، ޕީޕީއެމްގެ ފަރާތުން މިއިޖްރާއަތުގެ
ބޭނުންކޮށްފައިވަނީ ވޯޓު ކަރުދާހުގައި ޖަހަން އެންގި ނިޝާނާއި ކޯޑްތައް ޖަހާފައިވާކަން ކަށަވަރު ކުރުމުގެ
ޕްރޮސީޖަރއެއްގެ ގޮތުގައި ވޯޓު ކަރުދާހުގައި ނިޝާންތައް ޖަހާފައި ހުރިތޯ ބެލުމަށްކަމަށާއި، އޭރު
އެމްޑީޕީގެ މަންދޫބުންވެސް ޙާޟިރުވެ ތިބި ކަމަށާއި، ވޯޓު ގުނަމުން ދާ ވަގުތު ވޯޓު ދޭ މީހުން ދީފައިވާ
ވޯޓުތައް ޕީޕީއެމްގެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓުގުނާ މަރުކަޒުގައި ތިބި މަންދޫބުންނަށް ފެންނާނެތީއާއި،
ޕީޕީއެމްގެ ކެންޑިޑޭޓްގެ ފަރާތުން އަންގާފައިވާ ފާހަގަ ނުވަތަ ނިޝާން ނުވަތަ ޓެގް ޖަހާފައިވާ ވޯޓު
ކަރުދާހެއް ނުފެންނަނަމަ، ވޯޓުދޭ މީހާގެ ވަޒީފާ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ވާތީ،
މިގޮތަށް ބިރުދައްކާ ވޯޓު ދޭން އެންގި މީހުންގެ ތެރެއިން ގިނަ މީހުންވަނީ އިންތިޚާބުގައި ވޯޓު
ކަރުދާހުގައި ފާހަގަ ޖަހައި ވޯޓުގެ ސިއްރުކަން ގެއްލުވާލާފައި ކަމަށާއި،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާޢިދު 2014 ގެ 23 ވަނަ މާއްދާގެ (ހ) ގެ
13 ވަނަ ނަންބަރާއި، 14 ވަނަ ނަންބަރުގައި، ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް، ނުވަތަ ވަކި
ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް އެއްވެސް ގޮތަކުން މަޖުބޫރުކުރުވައި އަދި ބިރު ދެއްކުމުގެ ޢަމަލެއް
އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެކަމަށާއި، އަދި މާލީގޮތުން ނުވަތަ މާއްދީގޮތުންވިޔަސް
ފައިދާއެއްވާނޭ ފަދަ އެއްވެސް ކަމެއް ކޮށްދީގެން ނުވަތަ ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެކަމަށް
ބަޔާންކޮށްފައިވާ ކަމާއި، އިސްވެ ބަޔާންކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށް ކޫއްޑޫ
ފިޝަރީޒް ލިމިޓެޑާއި، އެނޫންވެސް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ
ފަރާތްތަކަށް އެފަދަ މުވައްޒަފުންގެ ޢާއިލާތަކުން ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އިންޒާރުކޮށް
ހެދުމުގެ ސަބަބުން 300 އެއްހާ ގިނަ ވޯޓުތަކުގައި ނިޝާން ޖަހައި، ޓެގްކޮށް ޕީޕީއެމް ކެންޑިޑޭޓަށް
oxc
22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/09
کی عمر
މ 04
4
9
149ކޏ
އދ ވ 22
xތ
ކަށަވަރުވާ ޤަށް
ވޯޓުދީފައިވާ ކަމަށާއި، އަދި ވޯޓު ދިނުމަށް ޝަރުތުކޮށް ކޫއްޑޫ ފިޝަރީޒްގެ
މުވައްޒަފުންނަށް އެންޓިކޮރަޕްޝަންގެ އެންގުމާއި ޚިލާފަށް ޕްރޮމޯޝަން ދީފައިވަނީ ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤަވާޢިދު 2014 ގެ 23 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ ނަންބަރާއި 14 ވަނަ
ނަންބަރާއި ކަނޑައެޅިގެން ޚިލާފަށް ކަމަށާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން
އިންތިޚާބީ ދާއިރާއެއްގައި ވާދަކުރާ މީހުންގެ ތެރެއިން އިންތިޚާބުވާނީ އެދާއިރާއެއްގެ ވޯޓުދޭ ރައްޔިތުންގެ
ސިއްރު ވޯޓަކުން އެންމެ ގިނަ ވޯޓުލިބޭ މީހަކު ކަން އެނގޭކަމާއި، އިންތިޚާބުތަކާ ބެހޭ ޤާނޫނުގެ 56
ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ޤާނޫނާއި ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ
ވޯޓަކީ ބާޠިލް ވޯޓެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބުނެފައިވާކަން އެނގެން
ތ ﷲތ 4
އަނނނކ9ވ
ކަމެވެ.
.2
9 1
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ، އިސްވެދެންނެވިފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން، އެމައްސަލަ
ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިލެކްޝަން ކޮމިޝަންގެ މައްޗަށް
ހުށަހެޅުއްވި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެނުކުތާކަމަށާއި، އޭގެ ތެރެއިން
ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ކޫއްޑޫ ފިޝަރީޒް ލިމިޓެޑްގެ މުވައްޒަފުންނަށް ބިރު ދައްކައި
އިންޒާރު ދިންކަމަށް ބުނާއިރު، އެކަން ސާބިތުކޮށް ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ސިޓީއޯޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 516471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
8 ހއ 2
2014/HC-I-SH/09
کی مکی
FP
7 ޤަޟިއްޔާ ނިމުނު "
އަމިއްލަ ފަރާތަކަށް ދެއްވާފައި އޮތް ޖަވާބު ނޫން އެއްވެސް ކަހަލަ ހެއްކެއް މިޝަރީޢަތުގެ މަޖިލީހަށް
އެފަރާތުން ހުށަހެޅިފައިނުވާކަމަށާއި އެހެންކަމުން އެނުކުތާ ސާބިތުކުރުމަށްޓަކައި އިންތިޚާބުތަކާބެހޭ އާންމު
ޤާނޫނުގައިވާ ގޮތުގެމަތިން
ހެއްކާއެއްކޮށް ހުށަހެޅުނު މައްސަލައެއްކަމަކަށް ޤަބޫލު ނުކުރެވޭކަމަށާއި،
ވޯޓުތަކެއްގައި ނިޝާން ޖަހައި ޓެގްކޮށްފައި ހުރުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން
ގެއްލޭތީވެ އެއީ ޞައްޙަ ވޯޓެއްނޫންކަމަށާއި، އެވޯޓުތައް ބާޠިލްކޮށްދިނުމަށް އެދޭއިރު، އެވޯޓުތަކުގައި
ޖަހާފައި ހުރީ ކޮން ނިޝާނެއްތޯ ކޮން ކަހަލަ ޓެގެއްތޯ ކިހިނެއްހުރި ކުރެހުމެއްތޯ ސާފުކޮށް ބަޔާންކޮށްދޭން
ޖެހޭކަމަށް ދެކޭ ކަމަށާއި، އަދި އެއީ ކޮންފަޅިއަކަށް ނިސްބަތްވާ ނުވަތަ ކޮން ފަރާތަކަށް ތާއީދުކުރާ
ނިޝާނެއްކަން ވެސް ބަޔާންކޮށްދޭން ޖެހޭ ކަމަށާއި، އެކަން ސާފުކޮށް ބުނެ ނުދެވޭކަމަށާއި،
22
އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ ދަށުން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤަވާޢިދު 2014 އެޤަވާޢިދުގެ 38 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުގައި ބުނެފައި
އޮންނަނީ ވޯޓު ކަރުދާހުގައި ލިޔެފައި ނުވަތަ ކުރެހުން ކުރަހާފައި ހުރިނަމަވެސް، އެމީހަކު ވޯޓުދޭން
ބޭނުން ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު އެއީ ޞައްޙަ ވޯޓުގެ ގޮތުގައި
ވޯޓު ބާޠިލްވާ ސަބަބެއްނޫން
ކަމަށާއި، އަދި އެއީ ބާޠިލް ވޯޓެއްގެ ގޮތުގައި ގުނަންޖެހޭ ސަބަބެއް ވެސް ނޫންކަމަށާއި،
x2ތޏ
0474
<< O
ދިވެހިރާއްޖޭގެ ހައިކޯޓުން 2014 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމަވާފައި
އޮތް މިލަދޫ ކައުންސިލް އިންތިޚާބާ ގުޅޭ މައްސަލާގައި ޤަވާޢިދުގައި ހުރި ވޯޓުގެ ސިއްރުކަން ގެއްލޭފަދަ
ގޮތަކަށް މިހާރުގެ ޤަވާޢިދުގައި ހުރިކަމަށްވެއްޖިއްޔާ އެމާއްދާއެއް އިޞްލާޙްކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން އަންގަވާފައިވާ ކަމަށާއި، އެހެންނަމަވެސް މިއިންތިޚާބު (ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް)
އިޢުލާން ކުރެވުނީ 11ފެބްރުއަރީ 2014 ވަނަ ދުވަހު ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އެޙުކުމް
ކުރައްވާފައިވަނީ އޭގެ ފަހުން ކަމަށާއި، އޭރު ޤަވާޢިދު އިޢުލާންކުރެވިފައިވާތީ، އެޤަވާޢިދަށް އަދުލްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: A816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-I-SH/09
کی مکی
F3
8 ޤަޟިއްޔާ ނިމުނު
ގެނައުމުގެ ފުރުޞަތެއް އޭރަކުނެތް ކަމަށާއި، އެއީ އާންމު އިންތިޚާބަށް އިޢުލާންކުރުމަށްފަހު، އެޤަވާޢިދު
ބަދަލު ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
-3
<< O
99
މިމައްސަލައާ ގުޅިގެން، މައްސަލަ ހުށަހަޅަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް މި މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008)
ގެ 45 ވަނަ މާއްދާގެ (ހ) ގައި، ވޯޓުލާ މީހާ، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވާނީ އެމީހަކު
އަމިއްލައަށް ކަމަށާއި، ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ
މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީތެރިވެދިނުމަކީ ހުއްދަކަމެއްކަމަށް
އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އިންތިޚާބެއްގައި ވޯޓު ދޭނީ އެއިންތިޚާބެއްގައި
ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކަށް ފެންނަ މީހަކަށް ކަމަށާއި، އެގޮތުން ވޯޓު ދިނުން
ފުރިހަމަވާނީ ވޯޓުލާ މީހާ އަތަށް ދޫކުރާ ވޯޓު ކަރުދާސްކޮޅުގައި، އެމީހަކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ
ދިމާގައި ރަނގަޅު ފާހަގަ ޖަހައި ވޯޓު ކަރުދާސްކޮޅު ވޯޓުފޮށްޓަށް ވައްޓާލުމުން ކަމަށާއި، ވޯޓު
ކަރުދާސްކޮޅުގައި ރަނގަޅު ފާހަގަ ޖަހާނީ ވޯޓުލާ ސަރަހައްދުގައި ހުންނަ ވޯޓިންގ ބޫތު ތެރޭގައިކަމަށާއި،
ވޯޓުލާން އަންނަ މީހަކު ވޯޓުލާ ސަރަހައްދުގައި އެއްވެސް ހާލެއްގައި އަދި އެއްވެސް ސިފައެއްގައި
ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެހެންވެސް ވަސީލަތެއް ބޭނުން ކޮށްގެން ފޮޓޯ ނެގުމާއި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014}HC-I-SH/09
9 ޤަޟިއްޔާ ނިމުނު
کی مکی
2
އ ހ04 4ހ
ور کرکره
ގެ
38
މަންޒަރާއި އަޑު ރެކޯޑު ކުރުމަކީ މަނާކަމެއްކަމަށް އެޤާނޫނުގެ 51 ވަނަމާއްދާގެ (ހ) އާއި (ނ) އާއި
(ރ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ވޯޓު ގުނުމުގައި ބާޠިލް ވޯޓެއްކަމަށް ގުނޭނީ:-
1- އެޤާނޫނުގެ 36
ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން
ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
2- އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓު.
3- ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
4 އަދި އެނޫންވެސް އެ އިންތިޚާބަކާ ގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލް ވޯޓުކަމަށް
ކަނޑައަޅާފައިވާ ވޯޓު، ކަމަށް އެޤާނޫނުގެ 56 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަން އެނގެން
އޮންނަކަމާއި، އެމާއްދާގައި ބަޔާންކޮށްފައިވާ ވޯޓުގެ އިތުރުން، ބާޠިލް ވޯޓުގެ ގޮތުގައި ގުނޭނެ ވޯޓު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު 2014 ވަނަމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އެގޮތުން ވޯޓު ދީފައިވަނީ ކާކަށްކަން ކަށަވަރުނުވާ ވޯޓާއި، ރަނގަޅު ފާހަގަ
ޖަހާފައިނުވާ ވޯޓާއި އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު
ފާހަގަ ޖަހާފައިވާ ވޯޓު ކަމާއި، އަދި އެމާއްދާގެ (ނ) ގެ 3 ވަނަނަންބަރުގައި ވޯޓުކަރުދާހުގައި ލިޔެފައި
ނުވަތަ ކުރެހުން ކުރަހާފައި ހުރި ނަމަވެސް، އެމީހަކު ވޯޓު ދޭން ބޭނުން ކެންޑިޑޭޓުގެ ނަމާ ދިމާގައި
ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓަކީ ސައްހަ ވޯޓެއްކަމުގައި ބެލޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާޠިލް ވޯޓެއްކަމަ
ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ
ޙައްޤު ވޯޓުގުނާ ތާނގައި ޙާޟިރުވެހުރި ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބަށް ލިބިގެންވާކަމަށް
އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި ބާޠިލް ވޯޓެއްކަމަށް ކަނޑައެޅުމުގައި
ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ
މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އިސް މީހާ ކަމަށާއި، އަދި އެގޮތުން
2 2
ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10ޤަޟިއްޔާ ނިމުނު "
ޚުލާޞާ
2{014/HC-I-SH/09
کی ممک
22 0
ގއ. ވިލިނގިލީ
2 20
އެކަމާމެދު ޝަކުވާ އުފުލި ފަރާތާއި އެކަން ނިންމިގޮތް ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި
ހިމަނަންވާނެކަމަށްވެސް އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ
މާއްދާގައި، ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ޢުމުރުން 18 (އަށާރަ)
އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތައް ބަޔާންކުރަމުން އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވަނީ، "އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި
ވޯޓުދިނުމުގެ ޙައްޤު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ." މިފަދައިންކަން އެނގޭއިރު،
2014 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ
ދާއިރާގެ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ވޯޓު ކަރުދާހުގައި ނިޝާން | ނަންބަރު ! ފާހަގަ ޖަހައި
ޓެގްކޮށްފައިވާކަމަށާއި، އެކަން ކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓުކަމަށާއި، އެގޮތަށް ވޯޓު ކަރުދާހުގައި
ޓެގުކޮށް ވޯޓުގެ ސިއްރުކަން ގެއްލުވާލުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށާއި، ޤާނޫނާ ޚިލާފު ވޯޓަކީ ބާޠިލް
ވޯޓެއްކަމަށް ބެލެވޭނެކަމަށް ބުނާއިރު، އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ ދަށުން ހަދާފައިވާ ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤަވާޢިދު 2014 ގެ 38 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުގައި، ވޯޓު
ކަރުދާހުގައި ލިޔެފައި ނުވަތަ ކުރެހުން ކުރަހާފައި ހުރިނަމަވެސް، އެމީހަކު ވޯޓުދޭން ބޭނުން
ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު އެއީ ޞައްޙަ ވޯޓުގެ ގޮތުގައި
ގުނަންވާނެކަމަށް ބުނެފައި އޮތުމުން ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގައިގެ އިތުރުން ނިޝާނެއް ނުވަތަ
ނަންބަރެއް ނުވަތަ ފާހަގައެއް ހުރުމަކީ، އެވޯޓެއް ބާޠިލްކުރެވޭނެ ހަމައެއް ކަމަށް ނުބެލެވޭކަމާއި، އަދި
މިކޯޓުގެ ނަންބަރު HC
-
I
-
SH02;2014 ޤަޟިއްޔާގައި، އިންތިޚާބުތަކުގައި ނަގަންވާނީ ސިއްރު
ވޯޓުކަމަށް އިންތިޚާބުތަކާބެހޭ ޢާންމު
ޢާންމު ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާއިރުއާއި،
އިންތިޚާބުތަކުގައާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޭނުންކުރެވޭ ވޯޓު ކަރުދާހުގައި އެވޯޓުގެ
ސިއްރުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ލިޔުމަކުން ވިޔަސް ނުވަތަ ކުރަހާ ކުރެހުމަކުން
ވިޔަޢާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-I-SH/09
کی مکی
އެމްއެނއއ
OLC
llޤަޟިއްޔާ ނިމުނު "
ފެންނަން ނެތްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ އިލެކްޝަންސް
ކޮމިޝަންގެ ޒިންމާއެއްކަމަށާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ގުޅިގެން
އިލެކްޝަންސް ކޮމިޝަނުން ހަދާ ޤަވާއިދެއްގައި، ވޯޓުގެ ސިއްރުކަން ގެއްލުމަށް މަގުފަހިވާ ގޮތަށް
އެއްވެސް މާއްދާއެއް އޮވެގެން ނުވާނޭ
ވާނޭކަމަށާއި، އަދި އެފަދަ މާއްދާއެއް ހިމެނިފައިވާނަމަ،
އިސްލާހު ކުރަންޖެހޭކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ 19 މާޗް 2014 ގައި ކަމަށްވާއިރު،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 އަށް އަމަލުކުރަން ފަށާފައިވަނީ އެގަވާއިދު
ޝާއިޢުކުރި ދުވަސްކަމުގައިވާ 26 ޖަނަވަރީ 2014 ގައިކަން އެނގޭކަމާއި، މިކޯޓުގެ އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޙުކުމް ކުރެވުނު ދުވަހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014
ބޭއްވުމާ ދެމެދު ލިބިފައިވަނީ 2 (ދޭއް) ދުވަސް ކަމާއި، އެއީ އެގަވާއިދަށް އިސްލާހު ގެނެސް،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އެކަށީގެންވާ ފުރުސަތެއް ކަމަށް ނުބެލެވޭކަމާއި،
ވޯޓުލުމާއި، ވޯޓު ގުނުން ކުރިއަށް ގެންގޮސްފައިވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންގެ
ޙާޟިރުގައިކަމަށްވެފައި، ވޯޓުގެ ސިއްރުކަން ގެއްލޭފަދަކަމެއް ހިގާފައިވާނަމަ، އެކަމާ ގުޅޭ މައްސަލަ
އެވަގުތު ހުށަހަޅާނެކަމަށް ޤަބޫލުކުރެވޭއިރު، އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން
ދާއިރާގެ ވޯޓުލުމުގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓުތަކުން އެނގެން ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ: އެމީހަކު އަމިއްލަ އަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު
އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ
ޙައްޤުލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 26 ވަނަމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި،
އިންތިޚާބުތަކުގައި ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ
މިންގަނޑު މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންޖެހޭނެ ކަމަށާއި، އަދި
އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ސުލޫކީ މިންގަނޑު އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް
ތާއީދު ހޯދުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ދަމަހައްޓަންޖެހޭނެ ކަމަށާއި،
ގއ. ވިލިނގިލީ
OXO
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2014/HC-I-SH/09
مری
ޚުލާޞާ
"ދިވެހިން184 ހަޢީ
12ޤަޟިއްޔާ ނިމުނު "
ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ
އިންތިޚާބީ ޙައްޤަކަށް
އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށް އިންތިޚާބުތަކާބެހޭ
އާންމު ޤާނޫނުގެ 29 ވަނަމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، އެމާއްދާގެ
(ނ) ގައި ބުނެފައިވާ ގޮތުގެ މަތިން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ
ކަމެއް އެހެން ފަރާތަކުން ކުރާނަމަ، އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އެކަމެއް
ހުއްޓުވައި ދިނުމަށް އެ ކޮމިޝަނުގައި އެދުމުގެ ޙައްޤު އެ ކެންޑިޑޭޓަކަށް ލިބިގެންވާކަން އެމާއްދާގެ (ނ)
އިން އެނގޭކަމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާޢިދު 2014 ގެ 23 ވަނަ މާއްދާގެ
(ހ) ގެ 13 ވަނަ ނަންބަރާއި، 14 ވަނަ ނަންބަރުގައި، ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް
ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖްބޫރު ކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް
ފަރާތަކުން ހިންގައިގެން ނުވާނެކަމަށާއި، ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ
ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެކަމަށާއި އަދި މާލީގޮތުން ނުވަތަ
މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންވެސް
ނުވާނެކަމަށް ބުނެފައިވާކަން އެނގޭއިރު، ގއ. ވިލިނގިލީ ދާއިރާގެ އިންތިޚާބުގައި، އެދާއިރާއަށް
ޕީ.ޕީ.އެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، އޭނާއަށް ވޯޓު ދޭންޖެހޭ ކަމަށްބުނެ ކޫއްޑޫ ފިޝަރީޒް
ލިމިޓެޑްގެ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރުދީ ފައިވާކަމަށާއި، ކޫއްޑޫ ފިޝަރީޒް ލިމިޓެޑްގެ
ޗެއަރމަން އަކަށް ހުރި ޝަޒައިލް ޝިޔާމަކީ ޕީ.ޕީ.އެމްގެ ކެންޑިޑޭޓްގެ ޅިޔަނެއް ކަމުގައިވާތީ، އޭނާއާ
ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން އެންގުމާ ޚިލާފަށް، ކޫއްޑޫގައި މަސައްކަތް ކުރާ ގިނަ
އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށްފަހު، އެ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކުން
ސަޢުދު ޙުސައިނަށް ވޯޓު ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާއިރު، އެކަމާގުޅިގެން އެކަން
ހުއްޓުވައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ނުވާކަން އެނގޭކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-I-SH/09
13ޤަޟިއްޔާ ނިމުނު "
کی مکی
އެކަން އެގޮތަށް ހިނގިކަމަށް އެމްޑީޕީގެ ފަރާތުން ބުނާ ބުނުން ފިޔަވައި، އެކަން ސާބިތުކުރުމަށްޓަކަ
އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ހަތަރު ވަނަ ކަމަކީ އިންތިޚާބެއްގައި އެކަށީގެންނުވާ ނުފޮދެއް ބޭނުންކުރުމުގެ
މާނައަކީ، އިންތިޚާބަކާއި ގުޅޭ ގޮތުން އަނެކެއްގެ އިންތިޚާބީ ޙައްޤަކާ ޤާނޫނީ ގޮތުން ނޭދެވޭ ގޮތަކަށް ބެހި
ނުވަތަ އެފަދަ ޙައްޤަކާއި މެދު ޤަދަރާއި އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކަކަށް އެޙައްޤު
މިނިވަންގޮތުގައި އިޚުތިޔާރު ކުރުމަށް ހުރަސް އެޅުންކަމަށާއި، އެކަންތައްތަކުގެ ތެރޭގައި ހިމެނޭ
ކަންކަމުގެ ތެރޭގައި އިންތިޚާބީ ޙައްޤުގެ ވެރިއަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރު
ދެއްކުން ނުވަތަ އެމީހަކު މަސްލަޙަތު ރައްކާތެރިކުރަން ޖެހޭ ފަރާތަކަށް އެފަދަ އަނިޔާއެއް ކޮށްފާނެ ކަމުގެ
ބިރު ދެއްކުމާއި، އިންތިޚާބީ ޙައްޤުގެ ވެރިޔެއް ނުވަތަ އެމީހަކު މަސްލަޙަތު ބަލަހައްޓަންޖެހޭ މީހެއް ބިރު
ގެންނެވުން ނުވަތަ ބިރުގަންނަވަން މަސައްކަތް ކުރިކަން ސާބިތުވުން ނުވަތަ ބިރުގެންނެވުމުގެ ތެރޭގައި
ކަލާނގެ ރުހިވޮޑި ނުގަތުމެއް އެއިން ފަރާތެއްގެ މައްޗަށް އޮވެދާނެ ވާހަކަ ދެއްކުން ފަދަކަންކަން
ހިމެނިގެންވާކަން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 121 ވަނަ މާއްދާގައިވާ "އިންތިޚާބެއްގައި
އެކަށީގެންނުވާ ނުފޫދެއް ބޭނުންކުރުން" މިބަސް މާނަކޮށްފައިވާ ގޮތަށް ބެލުމުން އެނގޭކަމާއި،
މިހެންކަމުން އިންތިޚާބަކަށް އެކަށީގެންނުވާ ނުފޫޒު ފޯރުވާފައިވާކަމަށް ބުނެ އެކަމުގެ ސަބަބުން
އިންތިޚާބެއްގެ ނަތީޖާއެއް ބާތިލުކުރުމަށް އެދި ހުށަހަޅާ އިންތިޚާބީ ޝަކުވާއެއްގައި، މިފަދަ ޝަކުވާއެއް
ހުށަހަޅާ ފަރާތަކުން ޝަރީޢަތުގައި ސާބިތުކޮށްދޭންޖެހޭނީ، އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ
އިންތިޚާބީ ޙައްޤަކާ ޤާނޫނީ ގޮތުން ނޭދެވޭ ގޮތަކަށް ބެހި، އެފަދަ ޙައްޤަކާއި މެދު ޤަދަރާއި އިޙުތިރާމް
ކުޑަކުރުމުގެ ސަބަބުން، ވޯޓު ލާން ތިބި ފަރާތްތަކުން ވޯޓުލުމުގެ ޙައްޤު މިނިވަން ގޮތުގައި އިޚުތިޔާރު
ކުރުމަށް ހުރަސް އެޅުނުކަން އަދި އެފަދަ ނުފޫދެއްގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
ބަދަލުއައިސްފައިވާކަމުގައި ކަން އެނގެން އޮތުމުން، 2014 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ އިންތިޚާބުގައި، އިންތިޚާބުތަކާބެހޭ ޢާލްމާއިޖޭގެ
3
2
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-I-SH/09
کی مکی
14ޤަޟިއްޔާ ނިމުނު "
ޤާނޫނާއި އަދި ޤަވާއިދާ ޚިލާފަށް އެދާއިރާގެ އިންތިޚާބަށް ކެމްޕެއިންކުރުމުގައި އެ އިންތިޚާބަށް
އެކަށީގެންނުވާ ނުފޫޒު ފޯރުވައި، ބިރުދައްކައި މަޖްބޫރުކޮށްގެން ވޯޓު ހޯދައި، އަދި އެކަމުގެ ސަބަބުން
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައިސްފައިވާކަން ޝަރުޢީ އަދި ޤާނޫނީ މިންގަނޑުން
ސާބިތުނުވާކަމަށާއި، އަދި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ވޯޓު ކަރުދާހުގައި ނިޝާން | ފާހަގަ ޖަހައި
ޓެގްކޮށްފައި ހުރި، ވޯޓަކީ ޤާނޫނާ ޚިލާފު ބާޠިލް ވޯޓެއްކަމަށް ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ
އަސާސެއްނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެ
ވެބަޔާން ކުރެވުނު ކަންކަން އެ ގޮތަށް ހުރުމާއެކު،
2014 ވަނަ
474
0x0
22 2ވ
eއޅުށް
އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ
އިންތިޚާބު ބާޠިލްކޮށް، އަލުން އިންތިޚާބު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް
ދިނުމަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މައްސަލައިގައި އެފަދަ އަމުރެއް ނެރެންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަން ޝަރީޢަތަށް
ސާބިތުކޮށް ދެވޭފަދަ ކާފީ ހެކި ހުށަހެޅިފައިނުވާތީ، 2014 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާޠިލްކޮށް، އަލުން އެ ދާއިރާގެ
އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ
އަމުރުކުރާނެ ތަނެއް ނެތްކަމަށް މި
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތި ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ
ހައިކޯ
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv