ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/197 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/197
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 197/HC
-
A/2010
• އިސްތިއުނާފް ކުރިފަރާތް:
* ނަން: ޙުސައިން މަނިކު
އައިޑީ ކާޑު ނަންބަރ: A059639
* ދާއިމީ އެޑްރެސް: މއ.ކޯރަލްބެރީ
މިހާރުގެ އެޑްރެސް: ގ.ރަންޖެހިކޮށި
k
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަމީނާ މުޙައްމަދު ރަޝީދު
އައިޑީ ކާޑު ނަންބަރ: A058829
* ދާއިމީ އެޑްރެސް: މމދ. ދަފްތަރު ނަމްބަރ 2867
* މިހާރުގެ އެޑްރެސް: ގ.ލައިޓްރޯސް
0
ހުށަހެޅުނު ތާރީޚް: 15 ސެޕްޓެމްބަރ 2010
* ނިމުނު ތާރީޚް:
21 އޭޕްރީލް 2011
ޤަޟިއްޔާގެ ބާވަތް: އެހެނިހެން ޚަރަދު ހޯދުމަށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
• ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފް ޢަލީ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/197
• ދަޢުވާގެ ޚުލާޞާ
މިއީ، ހއ. ހޯރަލްބެރީ ހުސައިން މަނިކު (އައިޑީކާޑުނަންބަރ A059639) އާއި އަމީނާ
މުޙައްމަދު ރަޝީދު ދަފްތަރު ނަންބަރ 2967(ހ.ލައިޓްރޯސް) އާއި ދެމީހުންނަށް ލިބިފައިވާ ކުދިން ފާޠިމަތު
ޝުދާއާއި އަމާނުﷲ ހުސައިންއާއި މިދެކުދިންގެ އެހެނިހެން ޚަރަދު ގޮތުގައި އަމީނާ މުޙައްމަދު ރަޝީދުގެ
އަތުން ޚަރަދުވެފައިވާ ފައިސާ ހޯދުމަށް ކުދިންގެ ބައްޕަ ހުސައިން މަނިކުގެ މައްޗަށް އާއިލާއާއި ބެހޭކޯޓު
(ފެމިލީ ކޯޓު)އަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރ 2009/AC/1347 ޤަޟިއްޔާގެ ޙުކުމް ޝަރީޢަތާއި
ޤާނުނީ އުސޫލުތަކާ ޚިލާފުކަމަށް ދެކިގެން ކޯރަލްބެރީ ހުސައިން މަނިކު އަމީނާ މުޙައްމަދު ރަޝީދު
(ދަފްތަރު ނަންބަރ2967)ގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
މައްސަލަ އެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލާގައި ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރުއީ އަދި
ޤާނޫނީ ނަޒަރަކުން ބަލާވިސްނުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އާއިލާއާއި ބެހޭކޯޓް (ފެމިލީ ކޯޓު)ގެ ނަންބަރ 2009/AC/1347 ޤަޟިއްޔާގެ ޙުކުމުން
ބޭސްފަރުވާގެ ޚަރަދުގެ ގޮތުގައި ނަގާދިނުމަށް ކަނޑައަޅާފައިވާ 1200/87(ބާރަސަތޭކަ ރުފިޔާ އަށްޑިހަ
ހަތްލާރި) ކުދިންގެ ކިޔެވުމަށް ބޭނުންވާތަކެތި ގަތުމުގެ ޚަރަދުގެ ގޮތުގައި -503 ރުފިޔާ (ފައްސަތޭކަ
ތިންރުފިޔާ) އަދި އަންނައުނު ގަތުމުގެ ޚަރަދުގެ ގޮތުގައި -/1035 ރުފިޔާ (އެއްހާސް ތިރީސް ފަސްރުފިޔާ)
ޖުމްލަ 2738/87 ރުފިޔާ (ދެހާސް ހަތްސަތޭކަ ތިރީސްއަށް ރުފިޔާ އަށްޑިހަ ހަތްލާރި) މިފައިސާ
ނަގައިދިނުމަށް ކަނޑައަޅާފައިވަނީ އަމީނާ މުޙައްމަދު ރަޝީދު އެޚަރަދު ތަކުގެ ތަފްސީލް ތަކާބެހޭ ގޮތުން
ޝަރީޢަތަށް ހުށަހަޅާފައިވާ ރަސީދުތަކަށް ނަޒަރުކޮށްގެންކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެގޭއިރު ކުދިންގެ މަންމަ އަމީނާ މުހައްމަދު ރަޝީދުގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ
ބިލްތަކަށް ހުސައިން މަނިކު ދަށު ކޯޓުގައި އިންކާރުކޮށްފައިވާކަން އެގެން ނެތް ކަމާއި އަދި އެބިލްތަކުގައިވާ
ޚަރަދަކީ އަމީނާގެ ގާތުގައިތިބި އަމީނާއާއި ހުސައިން މަނިކެއަށް ލިބިފައިތިބި ދަރިންނަށް ކޮށްފައިވާ
ޚަރަދެއްކަމަށް ހުސައިން މަނިކު ދަށުކޯޓުގެ ޝަރީޢަތުގައި އިންކާރުކޮށްފައިވާކަންވެސް އެގެންނެތްއިރު
ހުސައިން މަނިކު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި މިވާ މައްސަލާގެ ޝަރީޢަތުގައި އަމީން
22c 0 0
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2010/HC-A/197
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހަޅާފައިވާ ބިލްތަކަކީ ހުސައިން މަނިކުގެ ދަރިންނަށް ކޮށްފައިވާ ޙަރަދުތަކެއްކަމަށް ހުސައިން މަނިކު
ޤަބޫލު ނުކުރާ ކަމަށް ބުނެފައިވާއިރު އެއީ ހުސައިން މަނިކު ދަށުކޯޓުގެ ޝަރީޢަތުގައި ފާހަގަކޮށްފައިވާ
ކަމަކަށް ނުވާތީ އެނު މިމަރުހަލާގައި މިހާރު ބެލޭނެ ކަމެއް ނޫން ކަން އެގެއެވެ.
އެނމލއކ މ
(ނ) އާއިލާއާއި ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާގައި " ދަރިންގެ ޚަރަދަށް ކުއްޖަކަށް މަހަކު
ކޯޓުން ލައްވާ -/450 ރުފިޔާ (ހަތަރު ސަތޭކަ ފަންސާސް) ގެ އިތުރުން ތިރީގައިވާ ތަކެތި ނުވަތަ އެތަކެތީގެ
ޚަރަދު އެކަށީގެންވާ ގޮތެއްގެ މަތީން ހޯދައިދެވޭނެއެވެ." މިގޮތަށް ވަރަށް ސާފުކޮށް ބަޔާންކުރުމާއެކު އެމާއްދާގެ
(ހ) ގައި އަންނައުނުގެ ޚަރަދު އަހަރަކު 3 ހެދުން އަދި (ށ) ގައި ކިޔަވާދިނުމުގެ ޚަރަދު އަހަރަކު 2
ޔުނީފޯމް 1 ބޫޓް، ފޮތް ލިސްޓް (އަހަރަކު އެއްފަހަރު) ސުކޫލަށް ހޯދަންޖެހޭ ފޮތް ފަދަ ތަކެތި މިގޮތަށް
ބަޔާންކޮށް އަދި އެމާއްދާގެ (ނ)ގައި ބޭސްފަރުވާގެ ޚަރަދުގެ ބޭސް ފަރުވާއަށް ހޯދައިދެވޭނީ ސަރުކާރުގެ
ބޭސްފަރުވާ ކޮށްދޭ މަރުކަޒުތަކުން ޚިދުމަތްދޭ ރޭޓުންނެވެ. މިގޮތަށް ބަޔާންކޮށްފައިވާއިރު މިފަދަ ޚަރަދު
(އެހެނިހެން ޚަރަދު) ސާބިތުކޮށް ނަގައި ދިނުމުގައި އެޚަރަދުތައް ކުރެވިފައިވާކަން އެގޭ ބިލްތަކާއި ރަސީދުތައް
ފަދަ ލިޔެކިޔުންތަކަށް ބަލައި ނަޒަރު ކޮށްގެން އެޚަރަދުތައް އާއިލާއާއި ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާގައި
ވާގޮތުގެ މަތީން ހޯދައި ދިނުން އެއީ ކޯޓުތަކުގައި ތަޢާރަފުވެ ޢަމަލުކުރެވޭ އުސޫލެއްކަން އެގޭއިރު އަމީނާ
މުޙައްމަދު ރަޝީދުގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ ޚަރަދު ރަސީދުތަކާއި ބިލްތަކުގެ
މައްޗަށް ހުސައިން މަނިކު ދަށުކޯޓުގެ ޝަރީޢަތުގައި އިއުތިރާޟު ކޮށްފައިވާކަން އެގެން ނެތްއިރު އަދި
ހުސައިން މަނިކު ޢާއިލާއާއި ބެހޭ ގަވައިދުގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައި
ބަޔާންކޮށްފައިވާ ޚަރަދުތައް އެބަޔާންކޮށްފައިވާ ގޮތަށް ކުދިންނަށް ދީފައި ނުވާކަން ހުސައިން މަނިކު
ޝަރީޢަތަށް ދީފައިވާ ބަޔާންތަކުންވެސް އެގެން އޮތް އިރު އާއިލާއާއި ބެހޭކޯޓް (ފެމިލީ ކޯޓުގެ ނަންބަރ
2009/13477AC ޤަޟިއްޔާގެ ޙުކުމުން ހުސައިން މަނިކުގެ ދެކުދިންގެ އެހެނިހެން ޚަރަދުގެ ގޮތުގައި
ހުސައިން މަނިކުގެ މައްޗަށް ލައްވާފައިވާ 2738/87 ރުފިޔާ (ދެހާސް ހަތްސަތޭކަ ތިރީސްއަށްރުފިޔާ އަށްޑިހަ
ހަތްލާރި) މި ޚަރަދަކީ ޤާނޫނީ ނުވަތަ ޝަރުއީ އުސޫލުތަކާ ޚިލާފަށް ހުސައިން މަނިކުގެ މައްޗަށް ލައްވާފައިވާ
ޚަރަދެއް ކަމަށް ބެލޭނެ އެއްވެސް ހުއްޖަތެއް ޝަރީއަތަށް ހުށަހެޅިފައި ނެތްކަން އެގެއެވެ.
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު އާއިލާއާއި ބެހޭ
ކޯޓު(ފެމިލީ ކޯޓު)ގެ ނަންބަރ 2009/AC/1347 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ޝަރުއީ އަދި
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/19]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ތަނެއްނެތްކަމަށް
އެކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެފައިވާތީ އާއިލާއާއި ބެހޭ ކޯޓު(ފެމިލީ ކޯޓު)ގެނަންބަރ
2009/AC/1347 ޤަޟިއްޔާގައި ކުރައްވާފައިވާ ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
ތތ
ހކަށް
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv