ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/278 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/278
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 278/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
އިސްތިއުނާފު ރައްދުވާ ފަރާތް:
*
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ނަން: ޖުނާނާ ޖަޢުފަރު
:
* އައި.ޑީ.ކާޑު ނަންބަރު: A330006
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 ރަމަޟާން 1437
04 ޖުލައި 2016
ދާއިމީ އެޑްރެސް: މއ.ޒެނާނާ | މާލެ
މިހާރުގެ އެޑްރެސް: މއ.ޒެނާނާ | މާލެ
* ނިމުނު ތާރީޚް: 05 ޝައްވާލް 1437
10 ޖުލައި 2016
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
4690/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި ބޭނުންކުރުން ވިޔަފާރިކުރުން)
• އަމުރު ނެރުއްވި ތާރީޚު: 24 ޖޫން 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲދީދީ ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު:ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/278
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
ce
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ. ޒޯނާނާ ޖުނާނާ ޖަޢުފަރުއެވެ.
ރެވުނު
-1
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2
8 ހ2 22
2
އއގބށ
ހހ38
ކަމަށް ބެލޭ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
ޖުނާނާ ޖަޢުފަރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައިގައި
ފިލާފާނެކަމަށް ފެންނާތީ 2016 ޖޫން 25 ވަނަ ދުވަހުގެ 15:22 އިން ފެށިގެން 2016 ޖުލައި 10 ވަނަ
ދުވަހުގެ 15:21 ގެ ނިޔަލަށް ޖުނާނާ ޖަޢުފަރު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ހުށަހެޅި ނުކުތާއެވެ.
3
2016/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ!
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ
ޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގައި
ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9
ވަނަ ނަންބަރަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެ“ ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު
ނެރުއްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ ދިވެހިރާއްޖެ، ޕޯން: 3325,029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2016/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
COC
20
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން
ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއިގެ
ކުށެއްގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/278
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި،
އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމެވެ.
ހއދވ
މައްޗަށް
(ނ) ދެވަނަ ކަމަކީ، މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ޖުނާނާ ޖަޢުފަރުގެ
ތުހުމަތުކުރެވިފައިވަނީ، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުކަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 146506/MF ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން އެނގެން
އޮންނަކަމާއި،
ކުށެއްގެ ތުހުމަ
ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހެއްގެ ފަރުދީ މަޞްލަޙަތަށް އެކަނި ނޫންކަމާއި، ކުށުގެ ތުހުމަތުގައިވާ
މީހެއްގެ ފަރުދީ މަސްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތަށްވެސް ބެލި، މުޖުތަމަޢުގެ ޖަމާޢީ
މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް
ކުރެވެންވާނެކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2016/HC-A/278
އޭގެ
ނުންކުރުމުގެ ކުށްތަކަކީ
އެކުށްތަކުގެ
ce O
(ނ) ތިންވަނަ ކަމަކީ، ޖުނާނާ ޖަޢުފަރުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެތި
ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުކަން އެނގެން އޮންނައިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިއާއި
ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި
އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްކަމާއި، އެގޮތުން، ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ
ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި
ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެއް ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ)
ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
އެގޮތުން ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރުގެ ދަށުން
ޖުންނާ ޖަޢުފަރު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ފިލްފާނެކަމަށް ފަނޑިޔާރަށް
ފެނިވަޑައިގަންނަވާތީ ކަން އެނގެން އޮންނައިރު، ޖުނާނާ ޖަޢުފަރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު: 146506/MF ["ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އަށް ބަލާއިރު، ޖުނާނާ
ޖަޢުފަރުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި މީނާއާއި އިތުރު މީހަކު ތިބި މއ.ޒެނާނާ ގޭގެ ކޮޓަރި
ފުލުހުން ބަލާފާސްކުރިކުރުމުން ކޮޓަރީގައި ހުރި އެދދުގައި މީނާ އިށީންދެގެން އިން ދިމާލުން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެކުކުރެވޭ އެއްޗެއް ހޭކިފައި އޮތް ފޮތަކާއި އެފޮތުގެ މަތިން މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއްހުރި 01 ސަމުސަލާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާއި
އެއްކޮށްގެން ހަދާފައިވާ މިކްސްއަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާއި އެއްކޮށްގެން
ހަދާފައިވާ ބޭނުންކޮށްފައި ހުރި ބިޑިތަކަކާއި، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ބާވަތުގެ ކައްޓާއަކާއި،
އެކޮޓަރީގައި ހުރި ކުޑަ ކަބަޑެއްގެ ދަމާ ވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބަރުދަނުގައި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3324
2016/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
283 ގުރާމު ކެނަބިސް ހުރި ކޮތަޅެއް ފެނިފައިވުމުގެ އިތުރަށް މީނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން
ޓީ.އެޗްސީއަށް ޕޮޒިޓިވްވެފައިވާކަން އެނގެންއޮންނައިރު، ޖުނާން ޖަޢުފަރު އިތުރަށް ބަންދުގައި
ބަހައްޓަންބޭނުންވަނީ އެމައްސަލައަކީ މަސްތުވާތަކެތި ޓްރެފިކްކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ
މައްސަލައަކަށްވެފައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން
ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީކަން އެނގެންއޮންނައިރު،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމައަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާ އެޤަޟިއްޔާގައި ތުހުމަތުކުރެވިފައިވާ ފަރާތް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން
އޭގެ
އެނގެން އޮންނަކަމާއި،
ހ(
އެހެންކަމުން އިސްވެދެންނެވުނު އެންމެހައި ކަންކަމަށާއި، ޖުނާނާ ޖަޢުފަރުގެ މައްޗަށް
މަތުކުރެވިފައިވާ މައްސަލައިގެ ޒާތާ ބާވަތުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ޖުނާނާ ޖަޢުފަރު ބަންދުގައި ބަހައްޓަންވާނީ މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅައި ތަނެއްގައިކަން އެނގޭކަމެވެ.
ވީމާ، އިސްވެ
ކަންކަމަށް ބެލުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
4690/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަ
ންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
CU O
* 2 3 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކަށްވައެeއ
8
2016/HC-A/278
> ޙުކުމް:
ދި4 8
363
ބަޔާންކުރެވެން
ދެންފަހެ، އިސްވެ
އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
4690/J
/
MD-145 ކޯޓު އަމުރުގައި މއ.ޒެނާނާ ޖުނާނާ ޖަޢުފަރު ގޭގައި ބަންދުކުރުމަށް
ނިންމަވާފައިވާ ނިންމެވުން މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ބާޠިލްކޮށް، އެއަމުރުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ޖުނާނާ ޖަޢުފަރު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv