ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/34 ޤަޟިއްޔާގެ ޙުކުމް
"1
ޤަޟިއްޔާ ނިމުނު "
2016/HC-A/34
مری
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:34/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް
* ނަން: ޢަލީ އަޝްފާޤް
ދާއިމީ އެޑްރެސް :
މއ. ދުބުގެ
*
އައި.ޑީ.ކާޑް ނަންބަރު: A075184
، މިހާރުގެ އެޑްރެސް:
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
، ދާއިމީ އެޑްރެސް: ހ. ވާލީވިލާ
ރެޖިސްޓްރީ ނަންބަރު: 173
/
2006-C
* މިހާރުގެ އެޑްރެސް: ފ. ލަންޗްމީޑް
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ރަބީޢުލްއާޚިރު1437
ނިމުނު ތާރީޚް: 29 މުޙައްރަމް 1439
19 އޮކްޓޯބަރު 2017
26 ޖެނުއަރީ
2016
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv
-
C/816
* ނިންމެވި ކޯޓު: ސިވިލް ކޯޓު
: ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުމަށް އެދި
* ހުށަހެޅި ތާރީޚް: 16 އެޕްރީލް 2013
ތާރީޚް: 19 ނޮވެމްބަރު 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
2
ޤަޟިއްޔާ ނިމުނު
2016/HC-A/34
کی مری
E3
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/816 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، އެދި މއ. ދުބުގެ، ޢަލީ
އަޝްފާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
.01
043
83
وتر کی
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ:
173
/
2006-C) އާއި، މއ. ދުބުގެ | މާލެ، ޢަލީ އަޝްފާޤުއާ ދެމެދު ވީ.ބީ ސްޕޯޓްސް ކުލަބުގެ ފަރާތުން
ގެރެންޓީ ދީގެން 24 މާރިޗު 2009 ގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޚަރަދުކޮށްފައިވާ 1,451,225
/
33ރ. (އެއްމިލިއަން ހަތަރުލައްކަ
ފަންސާސްއެއްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ | ތިރީސްތިން ލާރި) އާއި، އެއްބަސްވުމު ދަށުން
ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑަށް ލިބިފައިވާ މާލީ ގެއްލުން ކަމުގައިވާ -/
370,000ރ. (ތިންލައްކަ ހަތްދިހަހާސް ރުފިޔާ) އާއި،
ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހުނު -/
150,000ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާއެކު ޖުމްލަ
1,971,225
/
33ރ. (އެއްމިލިއަން ނުވަލައްކަ ހަތްދިހައެއްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ
ތިރީސްތިން ލާރި) ލިބިގަތުމަށްއެދި ޢަލީ އަޝްފާޤުއާއި، ވީބީ ސްޕޯޓްސް ކްލަބުގެ މައްޗަށް ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކުރުމުން ބެލުނު މައްސަލައެއްކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާދީ، މާލެ، ދިވެހިރާއްޖެ، ފޯން: 329
3325، ފެކްސް: 5647
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
3
ޤަޟިއްޔާ ނިމުނު "
4 * * 326
73
2016/HC-A/34
کی مرکی
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި،
މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ހއ. ދުބުގެ |
މާލެ، ޢަލީ އަޝްފާޤުއާއި ވީ.ބީ ސްޕޯޓްސް ކްލަބުގެ މައްޗަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރ: 173
/
2006-C) އިން ހުށަހަޅާފައިވާ މިމައްސަލަ ޝަރީއަތުން ބެލިއިރުގައި،
ސްޕޯޓްސް ކުލަބްގެ ފަރާތުން ގެރެންޓީ ދީގެން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ޢަލީ
އަޝްފާޤް އާ ދެމެދު 24 މާރިޗު 2009 ގައި އެއްބަސްވުމެއް ވެފައިވާކަމާއި، މި އެއްބަސްވުމުގެ 2 ވަނަ
މާއްދާގެ ދަށުން ޢަލީ އަޝްފާޤު އާއި، ވީ.ބީ ސްޕޯޓްސް ކުލަބުން 1,451,225
/
33ރ. (އެއްމިލިއަން
ހަތަރުލައްކަ ފަންސާސްއެއްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ ތިރީސްތިން ލާރި) ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން
ޝަރީއަތަށް ސާބިތުވާކަމާއި، މި ފައިސާގެ އިތުރުން -/
370,000ރ. (ތިންލައްކަ ހަތްދިހަހާސް ރުފިޔާ)
ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވިއަސް، މިފަދައިން ގެއްލުންވެފައިވާކަން މިމައްސަލައިގައި
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާކަމާއި، އަދި ޤާނޫނީ ވަކީލުގެ ޚަރަދަކީ ދެފަރާތުގެ
ދެމެދުގައި ކުރިން އެއްބަސްވެފައި ނުވާހިނދު، އަނެއް ފަރާތުގެ ކިބައިން ނަގައިދެވޭނެ ޚަރަދެއްކަމުގައިނުވާތީ،
އެދިފައިވާ ޤާނޫނީ ވަކީލުގެ ޚަރަދު ޝަރީއަތުން ނަގައިދެވެން ނެތްކަމާއި، މިމައްސަލައިގައި ސާބިތުވެފައިވާ
ފައިސާ މިއަދު 19 ނޮވެމްބަރ 2015 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭމިންވަރު
މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޖުމްލަ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކައި
ހަލާސްކުރުމަށް ސްޕޯޓްސް ކުލަބަށް އަންގައި، ޢަލީ އަޝްފާޤުއަށް ޣައިރު ހާޟިރުގައި އަންގައި،
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
0x04
14ކށް
ދިޘާހިތެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
4
ޤަޟިއްޔާ ނިމުނު "
کی مرکی
2016/HC-A/34
F3)
02c
02
<
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/816 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މއ. ދުބުގެ، ޢަލީ އަޝްފާޤުގެ ފަރާތުން 02 (ދޭއް)
ނުކުތާ ހުށަހަޅައި އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުންހުށަހަޅާފައިވާ؟
• ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި،
ވީ.ބީ ސްޕޯޓްސް ކްލަބުގެ މެދުގައި، 24 މާރިޗު 2009 ގައި ވެފައިވާ އެއްބަސްވުން ވެވިފައިވަނީ، ޢަލީ
އަޝްފާޤްއާއި، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ވީ.ބީ ސްޕޯޓްސް ކްލަބް ހިމެނޭގޮތުން މި
ފަރާތުގެ މެދުގައި ކަމަށްވާއިރު، އަދި އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް ދަޢުވާއެއް ކުރާނަމަ، އެފަދަ ދަޢުވާއެއް ރައްދުވާނީ، ފައިސާ
ދެއްކުމުގެ ފުރިހަމަ ޒިންމާ އުފުލުމަށް އެއްބަސްވެފައިވާ ފަރާތްކަމަށްވާ ވީ.ބީ ސްޕޯޓްސްގެ މައްޗަށް ކަމަށްވާއިރު
ސިވިލް ކޯޓު ޙުކުމުގައި އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފް ރައްދުވާ ފަރާތާއި،
ވީ.ބީ ސްޕޯޓްސް ކުލަބުގެ މެދުގައި، 24 މާރިޗު 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ދައްކަންޖެހޭ
ފައިސާ ދެއްކުމަށް ޢަލީ އަޝްފާޤުގެ މައްޗަށް އަންގަވާފައިވާއިރު، މިދެންނެވި އެއްބަސްވުމުގެ ދަށުން
ދައްކަންޖެހޭ ފައިސާ ހޯދަންވާނީ، ޢިމާރާތުގެ ފްލޯތައް ކުއްޔަށް ދީގެންކަމަށް އެއްބަސްވުމަށް ބެލުމުން ފެންނަން
އޮތްއިރު، އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި، މި މައްސަލައިގައި ހިމެނޭ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ޢަލީ
އަޝްފާޤުގެ މައްޗަށް އަންގަވައި އަމުރު ކުރައްވާފައިވަނީ، މި ދެންނެވި އެއްބަސްވުމުގެ ދަށުން ފައިސާ
ދައްކަންވާނެ ގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
| ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: [ T647
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު "
2016/HC-A/34
کی مرکی
F3
3. ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/816 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މއ. ދުބުގެ ޢަލީ އަޝްފާޤުގެ ފަރާތުން އިސްތިއުނާފް
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ
(ހ) ފުރަތަމަ ކަމަކީ، މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލައަކީ
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މއ. ދުބުގެ ޢަލީ އަޝްފާޤުއާއި ދެމެދު
ކުލަބުގެ ފަރާތުން ގެރެންޓީ ދީގެން 24 މާރިޗު 2009 ގައި ވެފައިވާ އެއްބަސްވުމާއި ގުޅިގެން
އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅި މައްސަލައެއް ކަމާއި،
434
OXO
19
ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު އެއީ، ގ.ފައިނުއެވެ ކިޔާ ގޯތީގެ ހަދާފައިވާ
ޢިމާރާތުގެ 6 ވަނަ ފްލޯރ އާއި 07 ވަނަ ފްލޯރ އަދި ޓެރަސް ފްލޯރ ޢިމާރާތްކުރުމުގެ އަގު އަދާކުރުމާ
ގުޅޭގޮތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދުބުގެ ޢަލީ އަޝްފާޤު އާދެމެދު 24 މާރިޗް
2009 ދުވަހުގައި ވެފައިވާ އެއްބަސްވުމެއް ކަމާއި އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ފައިސާ،
އަދާކުރަންޖެހޭ ފަރާތަކީ ޢަލީ އަޝްފާޤް ކަމަށް އެ އެއްބަސްވުމުގެ 5.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ކަމާއި އަދި އެ އެއްބަސްވުމުގެ ދަށުން ފައިސާދައްކަންޖެހޭ މިންވަރާއި ފައިސާ ދެއްކުމަށް ދެފަރާތުން
އެއްބަސްވެފައިވާ ގޮތް އެއްބަސްވުމުގެ 2 އަދި 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެފައިސާ
އަދާކުރުމަށްޓަކައި މާރިޗް 2009 އިން ފެށިގެން 48 (ސާޅިސް އަށެއް) މަހު، މަހަކު -/30000ރ. (ތިރީސް
ހާސް) ރުފިޔާ ދައްކައި 49 (ސާޅީސް ނުވައެއް) ވަނަ މަހު 11255.33ރ. ( އެގާރަހާސް ދުއިސައްތަ
ދިވެހިރާއްޖޭ.
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 6471
3
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
6
ޤަޟިއްޔާ ނިމުނު
2016/HC-A/34
کی مرکی
73
OXO
ފަންސާސް ފަސްހާސް ރުފިޔާ ތެއްތިރީސް ލާރި) ފައިސާ ލިބެންވާ ފަރާތަށް ދައްކާގޮތަށް އެއްބަސްވެފައިވާއިރު،
އަދި ބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ އަދާނުކުރެވި 02 މަސް ދުވަސް ފާއިތުވެއްޖެނަމަ،
ފައިސާ ލިބެންވާ ފަރާތަށް އެ އެއްބަސްވުމުގެ 01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ކުއްޔަށް ދީގެން
ފައިސާ ހޯދުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި
އަދި އެ އެއްބަސްވުމަށް ފައިސާ ދައްކަންޖެހޭ ފަރާތުން ޢަމަލުނުކޮށްފިނަމަ، އެ އެއްބަސްވުމުގެ ދަށުން ފައިސާ
ލިބެންޖެހޭ ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ފުރިހަމަ ޒިންމާ ވީ.ބީ ސްޕޯރޓްސް ކްލަބުގެ ފަރާތުން
އެއްބަސްވެފައިވާކަމަށް އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށް އެކުލަބުގެ ފަރާތުން
ސޮއިކޮށްފައިވާއިރު،
2ތ މ ގ އ ހ / ދ ތތ
24ނ
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެވިދިޔަ އެއްބަސްވުމުގެ
ދަށުން އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ޢަލީ އަޝްފާޤަށް
17 މާރިޗް 2016 އާއި 28 މާރިޗު 2010 ގައި ޔޫމެޓް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސިޓީ ފޮނުވާފައި އޮންނަކަން މިމައްސަލައާ އެކު ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި އަދި ބުނެވިދިޔަ
ސިޓީ ތަކާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެއްބަސްވުމުގެ ގެރެންޓީ ދީފައިވާ ފަރާތުގެ
ހައިސިއްޔަތުން މައްސަލަ ސުލްޙަވެރިގޮތަކަށް ނިންމައިދިނުމަށާއި އެކަމުގައި އެއްބާރުލުން ދިނުން އެދި ވީ.ބީ
ސްޕޯޓްސް ކްލަބަށް 06 އެޕްރީލް 2010 ގައި ސިޓީ ފޮނުވާފައި އޮންނަކަން އެނގެން އޮންނަ
އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، މިމައްސަލަ އިސްތިއުނާފް ކުރުމަށް އެދި ޢަލީ އަޝްފާޤުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާ ތަކަށް ބަލާއިރު، އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި، ވީ.ބީ
ސްޕޯޓްސް ކްލަބުގެ މެދުގައި، 24 މާރިޗު 2009 ގައި ވެފައިވާ އެއްބަސްވުން ވެވިފައިވަނީ، ޢަލީ
އަޝްފާޤްއާއި، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ވީ.ބީ ސްޕޯޓްސް ކްލަބް ހިމެނޭގޮތުން މި
3
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 316471$
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
7
ޤަޟިއްޔާ ނިމުނު "
2016/HC-A/34
کی مرکی
73/
ފަރާތުގެ މެދުގައި ކަމަށްވާއިރު، އަދި އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް ދަޢުވާއެއް ކުރާނަމަ، އެފަދަ ދަޢުވާއެއް ރައްދުވާނީ، ފައިސާ
ދެއްކުމުގެ ފުރިހަމަ ޒިންމާ އުފުލުމަށް އެއްބަސްވެފައިވާ ފަރާތްކަމަށްވާ ވީ.ބީ ސްޕޯޓްސް ކުލަބުގެގެ މައްޗަށް
ކަމަށްވާއިރު ސިވިލް ކޯޓު ޙުކުމުގައި އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ޢަލީ އަޝްފާޤު ފަރާތުން
ފާހަގަކުރި ނުކުތާއާ ގުޅިގެން ބަލާއިރު،
تررم کی
އެއްބަސްވުމެއް
0 0 0
ދެމެދުގައިވެވޭ
ދިވެހިރާއްޖޭގެ
ޤާނޫނުތަކާއި އެޤާނޫނުތަކުން
ބާރުލިބިގެން ހެދޭ ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފުވާކަން އަދި
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ އެންމެހާކަންކަން
ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު މިފަދަ އެއްބަސްވުމަކީ އެއެއްބަސްވުމުގައި
ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި
ބަނދެވޭ ބަނދެވުމެއްކަމާއި، މިފަދަ އެއްބަސްވުމަކާއި ގުޅިގެން އުފެދޭ މައްސަލަތައް ބެލުމުގައި އެންމެ ފުރަތަމަ
ރުޖޫޢަވާންޖެހޭނީ އެއެއްބަސްވުމުގައި އެކަމެއް އޮތް ގޮތެއްގެ މައްޗަށް ކަމާއި،
މިގޮތުން ބަލާއިރު ގ.ފައިނުއެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 6 ވަނަ ފްލޯރ އާއި
07 ވަނަ ފްލޯރ އަދި ޓެރަސް ފްލޯރ ޢިމާރާތްކުރުމުގެ އަގު އަދާކުރުމާ ގުޅޭގޮތުން ޔޫމެޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ 01 ވަނަ މައްދާއަށް ބަލާއިރު އެއެއްބަސްވުމަކީ ޔޫމެޓް
ކޮންސްޓްރަކުޝަން ޕްރައިވެޓް ލިމިޓެޑާއި ޢަލީ އަޝްފާޤު އާދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށް
ބަޔާންކޮށްފައިވާއިރު އެއެއް ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވެ ޢަލީ އަޝްފާޤު
ސޮއިކޮށްފައިވާކަން އެ އެއްބަސްވުމުން އެނގެން އޮތްއިރު އެ އެއްބަސްވުމުގައި ވީ.ބީ ސްޕޯޓްސް ކްލަބުގެ
ފަރާތުން ސޮއިކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ޢަލީ އަޝްފާޤު އަދާކުރަންޖެހޭ އިލްތިޒާމްތައް
.09e84ގ
ދިވެހިރާޖާ2
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް:
996471
www.highcourt.gov.my
ވެބް ސައިޓް: [email protected]އީމެއިލް
8
ޤަޟިއްޔާ ނިމުނު "
کی مرک
2016/HC-A/34
F3)
3x
އަދާނުކޮށްފިނަމަ، އެފަދަ ޙާލަތެއް މެދުވެރި ވެއްޖެ ނަމަ އެއިލްތިޒާމްތައް އަދާކުރުމުގެ ޔަޤީންކަންދޭ ފަރާތެއްގެ
ގޮތުގައި ޢަލީ އަޝްފާޤު އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ފުރިހަމަ ޒިންމާ އުފުލާނެ ކަމުގެ ޔަގީންކަން
ދިނުމުގެގޮތުން ކަމަށްވާއިރު، އެއީ އެކަމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ޢަލީ ޢަޝްފާޤު އުފަލަންޖެހޭ
ޒިންމާ އަކުން އެފަރާތް ބަރީއަވާނެ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދަންވާނީ، ޢިމާރާތުގެ
ފްލޯތައް ކުއްޔަށް ދީގެންކަމަށް އެއްބަސްވުމަށް ބެލުމުން ފެންނަން އޮތްއިރު، އެކަމަށް ރިޢާޔަތްކުރެއްވުމެއް
ނެތި، މި މައްސަލައިގައި ހިމެނޭ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ޢަލީ އަޝްފާޤްގެ މައްޗަށް އަންގަވައި
އަމުރުކުރައްވާފައިވަނީ، މި ދެންނެވި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންވާނެ ގޮތްކަމަށް ބަޔާންކޮށްފައިވާ
ގޮތާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
ފ.0
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މއ. ދުބުގެ ޢަލީ އަޝްފާޤުއާއި ދެމެދު
ސްޕޯޓްސް ކުލަބުގެ ފަރާތުން ގެރެންޓީ ދީގެން 24 މާރިޗު 2009 ގައި ވެފައިވާ އެއްބަސްވުމުގެ 4
ވަނަ މާއްދާގައި، ފައިސާ ނުދެއްކިއްޖެނަމަ އެ އިމާރާތުގެ 06 ވަނަ ފްލޯރ އަދި 7 ވަނަ ފްލޯރ އަދި ޓެރަސް
ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ބުނެވުނު އެއްބަސްވުމުގެ
ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަލީ
ސްޕޯޓްސް ކްލަބުގެ ގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޔޫމެޓްގެ ފަރާތުން އެފައިސާ ހޯދުމަށް
އެދި ފޮނުވުނު ސިޓީތަކާއި ގުޅިގެން ޢަލީ އަޝްފާޤު އަދި ވީ.ބީ ސްޕޯޓްސް ކްލަބުގެ ފަރާތުންވެސް އެއްވެސް
ޖަވާބެއް ލިބިފައި ނެތުމުންކަން އެނގޭކަމާއި އަދި ޢަލީ ޢަޝްފާޤުގެ ފަރާތުން އިސްތިއުނާފް ކުރެވޭ މި
ޤަޟިއްޔާގެ ޝަރީޢަތުގައި ބުނެވިދިޔަ ޢިމާރާތަކީ ޢަލީ ޢަޝްފާޤުގެ ބެލުމުގެ ދަށުގައި މިހާރުވެސް ހުރި
އަޝްފާޤުއާއި ވީ.ބީ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
3
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
9
ޤަޟިއްޔާ ނިމުނު "
کی مرک
2016/HC-A/34
F3
ޢިމާރާތެއް ކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި އަދި އެއްބަސްވުމާއި ގުޅިގެން ފައިސާ ދެއްކުމުގެ
ޒިންމާ އުފުލަންޖެހޭނެކަމަށް އެއްބަސްވެ ސޮއިކޮށްފައިވާ ފަރާތްތަކުން ފައިސާ ދެއްކުމަށް އިންކާރުކޮށްފައިވާކަން
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/816 ޤަޟިއްޔާއާ ގުޅިގެން އެކޯޓަށް ހުށަހެޅުނު ލިޔުންތަކާއި އަދި
އެފަރާތްތަކުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި،
އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ފައިސާ ދައްކަންޖެހޭ ފަރާތުން ފައިސާ
ނުދެއްކޭ ޙާލަތުގައި، އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފައިސާ ލިބެންވާ ފަރާތަށް ފައިސާ
ލިބިދެވޭނީ ޢަލީ އަޝްފާޤުގެ އެއްބާރުލުން ލިބިގެންކަމާއި، ނަމަވެސް އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ
ގޮތަށް ޢަމަލުކޮށްގެން ފައިސާ އަދާކުރުމަށްވެސް ފައިސާ ދައްކަންޖެހޭ ފަރާތުން އެއްބާރުލުން ދީފައިވާކަން
އެނގެންނެތްކަމާއި، އަދި އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ފައިސާ ދައްކަންޖެހޭ ފަރާތުން
ފައިސާ ނުދެއްކޭ ޙާލަތުގައި، އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ ޙައްޤު ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބޭގޮތަށް އެއްބަސްވުމުގައި އޮތުމަކީ، މި އެއްބަސްވުމުގެ ދަށުން
ޢަލީ އަޝްފާޤު އަދާކުރަންޖެހޭ ޒިންމާތަކުން ޢަލީ އަޝްފާޤު ބަރީއަވާނެ ސަބަބެއް ނޫންކަން ފާހަގަކުރެވޭކަމެވެ.
222
(ރ) ހަތަރުވަނަ ކަމަކީ، އިސްވެދިޔަ ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަން އެފަދައިން
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/816 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވާ
ފައިސާއަށް ޢަލީ އަޝްފާޤު ޒިންމާވާން ނުޖެހޭކަމަށް ކަނޑައަޅައިދެވެން
މައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ތ ވގތ
އެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my
10 ޤަޟިއްޔާ ނިމުނު "
2016/HC-A/34
کی مری
ދެންފަހެ،އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/816 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވާ ފައިސާއަށް ޢަލީ އަޝްފާޤު ޒިންމާވާން
ޖެހޭކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt.gov.my