ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/153 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/153
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 153/HC-A/2015
0
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޒަމީން
އައިޑީކާޑު ނަންބަރު: A150121
ދާއިމީ އެޑްރެސް ރަބީޢުގެ/ ސ. މަރަދޫ
މިހާރުގެ އެޑްރެސް: ސަނީބީމް
މަރަދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
*ދާއިމީ އެޑްރެސް:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*މިހާރުގެ އެޑްރެސް:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 03 ރަޖަބު 1436
22 އެޕްރީލް 2015
ނިމުނު ތާރީޚް:18 މުޙައްރަމް 1438
19 އޮކްޓޯބަރު 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/193 ޤަޟިއްޔާ
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 01.04.2014
ނިމުނު ތާރީޚް: 16.03.2015
i
ދިވެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދު
ދީދީ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
2
2015/HC-A/153
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/193 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ސ. މަރަދޫ، ރަބީޢުގެ | އަޙްމަދު ޒަމީން (އައިޑީ ކާޑު ނަންބަރު: A150121) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
{l
1542000/-
އިސްތިއުނާފު މި ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/193 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ މަރަދޫ | ރަބީޢުގެ އަޙްމަދު ޒަމީން 19
ސެޕްޓެމްބަރު 2011 ދުވަހު، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް US100000 (އެއްލައްކަ
ޔޫ. އެސް ޑޮލަރު) ހޯދުމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން މީނާއާ ޙަވާލުކުރި،
(އެއްމިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އަށް ޑޮލަރު ހޯދައިނުދީ، މީނާ އެ
ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާ
143 ވަނަ މާއްދާގެ ދަށުން އަޙްމަދު ޒަމީންގެ މައްޗަށް ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ
ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު ޒަމީން ޑޮލަރު ހޯދައިދޭނެކަމަށް ބުނެ،
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން ނަގާފައިވާ ފައިސާ މީނާގެއަތުން ހޯދުމަށް މޯލްޑިވްޓް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އެދުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމަށް އެ ޤަޟިއްޔާގެ ރިޕޯޓު
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/153
މިއީ6ނ
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، މަރަދޫ ! ރަބީޢުގެ އަޙްމަދު ޒަމީންގެ
ދައުލަތުން ކުޅަ ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު ޒަމީން ޑޮލަރު ހޯދައިދޭނެކަމަށް ބުނެ، މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން ނަގާފައިވާ ފައިސާ މީނާގެއަތުން ހޯދުމަށް މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އެދޭ މައްސަލަ ޝަރީޢަތުން ބެލި ބެލުމުން، އަޙްމަދު ޒަމީން، 19 ސެޕްޓެމްބަރު
2011 ދުވަހު، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް US100000 (އެއްލައްކަ ޔޫ. އެސް
ޑޮލަރު) ހޯދުމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން މީނާއާ ޙަވާލުކުރި، -/1542000 ރ.
(އެއްމިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އަށް ޑޮލަރު ހޯދާދެވިފައިނުވާކަން އަޙްމަދު ޒަމީންގެ
އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ
މާއްދާއާ 143 ވަނަ މާއްދާގެ ދަށުން ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް
ޚިޔާނާތްތެރިވުމުގެ ކުށުން އަޙްމަދު ޒަމީން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ ބާވަތުގެ ކުށެއް އަޙްމަދު
ޒަމީންގެ މައްޗަށް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
ދަށުން (6) ހައެއް މަސްދުވަސް، އަދި އަޙްމަދު ޒަހީން ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަކީ
(އެއްމިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) ކަމަށްވާތީ މި ކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 128 (ސަތޭކަ އަށާވީސް) އަހަރާއި 5 (ފަހެއް) މަސް
ދުވަސް، އަދި އަޙްމަދު ޒަހީން ޚިޔާނާތްތެރިވެފައިވަނީ ސަރުކާރުގެ ފައިސާއަށްކަމަށްވާތީ މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޤާނޫނުލްޢުޤޫބާތުގެ 143 ވަނަ މާއްދާގެ ދަށުން 2 (ދޭއް) އަހަރުދުވަސް، އެކު ޖުމްލަ 130 (ސަތޭކަ
"1542000/-
ތިރީސް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ މުއްދަތުގެ އަދަބެއް އަޙްމަދު ޒަމީންގެ މައްޗަށް އައި ނަމަވެސް،
ޤާނޫނުލްޢުޤޫބާތުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަޙްމަދު ޒަމީން 25 (ފަންސަވީސް) އަހަރަށް ޖަލަށްލުމެއްގެ ހައި
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް މި ފައިސާ ލިބިދިނުމަށްޓަކައި
މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މި ފައިސާ ދައްކާ ޚަލާސްކުރުމަށް އަޙްމަދު ޒަމީންއަށް އަންގައި މި
ހއބނޑ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/153
0 0 3 9
J
ގޮތުގެ މަތިން
/22ކށް
މައްސަލަ ނިންމަވާފައިވާކަން
ންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/193 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސ. މަރަދޫ ރަބީޢުގެ، އަޙްމަދު ޒަމީންގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
¢ ¢ ¢
* ފުރަތަމަ ނުކުތާއަކީ އަޙްމަދު ޒަމީން ޤާނޫނީ ވަކީލެއްގެ ފުރުޞަތަށް އެދިފައިވަނިކޮށް،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި، އެ މާއްދާގެ (ށ) އާއި، އަދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާ ޚިލާފަށް
ޤާނޫނީ ވަކީލަކު ހަމަނުޖެހެނީސް މައްސަލަ ކުރިއަށް ގެންގޮސް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާ.
* ދެވަނަ ނުކުތާއަކީ އަޙްމަދު ޒަމީންގެ މައްޗަށް ތުޙުމަތުކޮށް ތަޙްޤީޤު ހިންގުނު މައްސަލަ
ފިޔަވައި އެހެން ބާވަތެއް
ވަތެއްގެ މައްސަލައެއްގެ ދަށުން އަޙްމަދު ޒަމީންގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތް
ގެންގޮސްފައިވުމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ 211/HC-A/2013 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި
ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
ceto
ހިރާއްޖޭގެ 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
5
2015/HC-A/153
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ތިންވަނަ ނުކުތާއަކީ ޚިޔާނާތުގެ ދަޢުވާއެއްގައި ފުރިހަމަވާންޖެހޭ އުންސުރުތައް
ފުރިހަމަވެފައި ނުވަނީސް އަޙްމަދު ޒަމީންގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ
ހައިކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު 41/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/193 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/193 ޤަޟިއްޔާގައި
ދައުލަތުން މަރަދޫ | ރަބީޢުގެ އަޙްމަދު ޒަމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ 19 ސެޕްޓެމްބަރު 2011
ދުވަހު، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް US100000 (އެއްލައްކަ ޔޫ. އެސް ޑޮލަރު)
ހޯދުމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން މީނާއާ ޙަވާލުކުރި، -/1542000
(އެއްމިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އަށް ޑޮލަރު ހޯދައިނުދީ، މީނާ އެ ފައިސާއަށް
ޚިޔާނާތްތެރިވެފައިވާކަމަށް ބުނެ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާ 143
ވަނަ މާއްދާގެ ދަށުން އަޙްމަދު ޒަމީންގެ މައްޗަށް ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ސަރުކާރުގެ
ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަމާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ މޯލްޑިވްސް ނޭޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން އަޙްމަދު ޒަމީންއާއި ޙަވާލުކުރި ދަޢުވާގައި ބުނެފައިވާ ފައިޝާއަން ޑޮލަރު
ހޯދާދެވިފައިނުވާކަން އޭނާގެ އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
(
7ޑ 8 *
6
2015/HC-A/153
ޢަދަދެއްގެ
ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުން
އަޙްމަދު ޒަމީން ކުށްވެރިވެއްޖެކަމަށް
ކަ
ކަނޑައަޅުއްވައި
(2809 ހއ
ދެކެމެޗެށެކަލޭ
އެނގެން
ހިގެން އަންން ކަމެވެ.
(ނ) ދެވަނަ ކަމަކީ، އަޙްމަދު ޒަމީން ޤާނޫނީ ވަކީލެއްގެ ފުރުޞަތަށް އެދިފައިވަނިކޮށް،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި، އެ މާއްދާގެ (ށ) އާއި، އަދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާ ޚިލާފަށް
ޤާނޫނީ ވަކީލަކު ހަމަނުޖެހެނީސް މައްސަލަ ކުރިއަށް ގެންގޮސް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކުރިއިރު،
މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި (12 ޖޫން
2014) ގައި އަޙްމަދު ޒަމީންގެ ފަރާތުން މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ
އެހީތެރިކަމާއެކުކަމަށް ބުނުމުން 7 ދުވަހުގެ ތެރޭގައި ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް ޝަރީޢަތުން އަޙްމަދު
ޒަމީންއަށް ފުރުޞަތުދީފައިވާކަމާއި، ބުނެވުނު އަޑުއެހުމަށް ފަހު، 08 ސެޕްޓެމްބަރު 2014 ގައި ބޭއްވުނު
ޝަރީޢަތުގެ މަޖިލިހުގައި އަޙްމަދު ޒަމީންގެ ފަރާތުން ވަކީލެއްގެ ގޮތުގައި ލ.މާވަށް ކޯޒީވިލާ | އިސްމާޢީލް
މުޙައްމަދު ޙާޟިރުވެފައިވާކަމާއި، ނަމަވެސް މައްސަލާގެ ލިޔެކިޔުންތައް ނުލިބޭތީވެ އިތުރު ފުރުޞަތަކަށް
އެދިފައިވާކަން އެނގޭކަމާއި، އަދި މައްސަލައާ ގުޅިގެން ދެން ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި (19 އޮކްޓޯބަރު
2014) ގައި ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސާދިނުމަށް އަޙްމަދު ޒަމީންގެ ފަރާތުން އެދުމުން ދައުލަތުގެ
ވަކީލް ޢައްޔަންކުރުމަށްޓަކައި 10 ދުވަހުގެ ފުރުޞަތެއް ދީފައިވާކަން އެނގެންއޮންނަކަމާއި، އަދި މައްސަލައާ
ގުޅިގެން 10
2014 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ވަކީލް ހަމަޖެއްސުމަށްޓަކައި
ޝަރީޢަތުން އިތުރު 10 ދުވަހުގެ ފުރުޞަތެއްދީފައިވާކަން އެނގެންއޮންނައިރު، މައްސަލައާ ގުޅިގެން ބޭއްވުން
އެންމެ ފަހު އަޑުއެހުމުގައި (27 ނޮވެމްބަރު 2014) އަޙްމަދު ޒަމީން މައްސަލައަށް ޖަވާބުދާރީވެފައިވާރާ
ފެއޮންނައިރު، އިޝާރާތްކުރެ އަޑުއެހުމުގައި އަޙްމަދު ޒަމީންގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް
{
ޑ ތތ ހ
پسرور سریع
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް www.highcourt.gov.rv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/153
cu
އިތުރު ފުރުޞަތަކަށް އެދިފައިނުވާކަން އެނގެންއޮތުމުން، އިސްތިއުނާފުކުގެ
.ފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2014/Cr-C/193 ޤަޟިއްޔާގެ ޝަރީޢަތް ހިންގުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން
ލިބިދީފައިވާ ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު އަޙްމަދު ޒަމީންއަށް ލިއްބައިދީފައިނުވާކަމަށް ބެލެވެންނެތްކަމެވެ.
8.
433ދ8
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ޒަމީންގެ މައްޗަށް ތުޙުމަތުކޮށް ތަޙްޤީޤު ހިންގުނު މައްސަލަ
ފިޔަވައި އެހެން ބާވަތެއްގެ މައްސަލައެއްގެ ދަށުން އަޙްމަދު ޒަމީންގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތް
ގެންގޮސްފައިވުމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއާއި، ދިވެހިރާއްގޭ ހައިކޯޓުގެ
211/HC
-
A/2013 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް
ބުނެ އަޙްމަދު ޒަމީންގެ ފަރާތުން ފާހަގަކޮށްފައިވާ . ރިޢާޔަތްކުރިއިރު،
ހުށަހެޅިފައިމިވާ މައްސަލާގައި އަޙްމަދު ޒަމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ އަޙްމަދު
ޒަމީންގެ މައްޗަށް ތަޙުޤީޤު ހިންގުނު ކުށުގެ ދަޢުވާނޫންކަމަށާއި، އެހެންކަމުން ކުށުން ބަރީޢަވުމަށްޓަކައި ތަޙުޤީޤު
މަރުޙަލާގައި މަސައްކަތްކުރުމުގެ ޙައްޤު ލިބިފައިނުވާކަމަށް މި ނުކުތާގައި އަޙްމަދު ޒަމީންގެ ފަރާތުން އިތުރަށް
ފާހަގަކޮށްފައިވާކަމާއި،
މި މައްސަލާގެ ތަހްޤީޤަށް 20 ސެޕްޓެމްބަރު 2012 ގައި އަޙްމަދު ޒަމީން ދީފައިވާ ބަޔާނަށް
ބަލާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ތުޙުމަތަކީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް
US100000 (އެއްލައްކަ ޔޫ. އެސް ޑޮލަރު) ވިއްކާނެކަމަށް ބުނެ އެ ކޯޕަރޭޝަންއިން -/1542000 ރ.
(އެއްމިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) މަކަރާ ޙީލަތުން ހޯދާ އެ ފައިސާ ބޭނުންކޮށްފައިވާކަމުގެ
ތުޙުމަތުކަމާއި، އަދި ބުނެވުނު ތުޙުމަތުގެ މައްޗަށް ބިނާކޮށް ކުރި ތަޙުޤީޤުގައި ހޯދުނު ހެކީގެ އަލީގައި އަޙްމަދު
ޒަމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ސަރުކާރުގެ
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަން އެނގެންއޮތުމުން، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ
2014/Cr-C/193 ޤަޟިއްޔާގައި އަޙްމަދު ޒަމީންގެ މައްޗަށް ދަޢުވާކޮށްފައިވަނީ މި މައްސަލާގެ ތަޙުޤީޤުވެސް
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/153
ހިންގުނު ކުށުގެ ޢަމަލަށް ބިނާކޮ
ބިނާކޮށްގެންކަން އެނގޭކަމާއި، އަދި ދަޢުވާ އުފުލައި ޝަރީއަތް ގެންގޮސްފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަ މީގެ 268 ވަނަ މާއްދާއާއި ޚިލާފަށްކަމަށް އަޙްމަދު ޒަމީންގެ ފަރާތުން
ފާހަގަކޮށްފައިވާއިރު، އެފަދައިން ޚިލާފްވެފައިވަނީ ކިހިނަކުންކަން އަޙްމަދު ޒަމީންއަށް
ބުނެދެވިފައިނުވާކަމާއި،
CO
ސާފުކޮށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 211/HC-A/2013 ޤަޟިއްޔާގައި ޤާއިމްކުރައްވާފައިވާ
އުޞޫލަށް ބަލާއިރު، ކުރަމުންދާ ތަޙްޤީޤެއްގައި، ކުށުގެ ތުހުމަތުކުރެވިގެން ތަޙްޤީޤަށް ޙާޒިރުކުރެވޭ މީހުން
ފިޔަވައި، އެ ތަޙްޤީޤަކާ ގުޅިގެން ތަޙްޤީޤުކުރާ ފަރާތުން ބޭނުންވާ މަޢުލޫމާތެއް ސާފުކުރުމުގެ ގޮތުން ހާޒިރުކުރެވޭ
ފަރާތަކުން ތަޙްޤީޤަށް ދޭ މަޢުލޫމާތަކުން އެ މަޢުލޫމާތެއް ދޭ މީހެއްގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމާއި،
ހަމައެކަނި އެފަދަ ހެކި ޤަރީނާގެ މައްޗަށް ބިނާކޮށް ޝަރީޢަތަށް ހުށަހެޅޭ ދަޢުވާތަކަކީ އޭގެ ޒާތުގައި ބާޠިލު
ދަޢުވާތަކެއްކަމަށް ކަނޑައަޅުއްވާފައިވާއިރު، އިޝާރާތްކުރެވޭ މައްސަލާގައި ދަޢުވާކުރެވުނީ ތަޙުޤީޤުގައި ނެގުނު
ބަޔާނެއްގެ މައްޗަށް ބިނާކޮށްކަން އެނގޭކަމާއި، އެއާ ޚިލާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ތަޙްޤީޤުގައި ކަން
ހިނގާފައިވާގޮތަށް ބަލާއިރު، އިސްތިއުނާފުކުރެވޭ މައްސަލާގެ ތަޙުޤީޤަށް 20 ސެޕްޓެމްބަރ 2012 ގައި އަޙްމަދު
ޒަމީން ދީފައިވާ ބަޔާނުގައި، އެ ބަޔާންނަގާފައިވަނީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް
US100000 (އެއްލައްކަ ޔޫ. އެސް ޑޮލަރު) ވިއްކާނެކަމަށް ބުނެ އެ ކޯޕަރޭޝަންއިން -/1542000
(އެއްމިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) މަކަރާ ހީލަތުން ހޯދާ އެ ފައިސާ ބޭނުންކޮށްފައިވާކަމަށް
ތުޙުމަތުކުރެވޭ މައްސަލާގައިކަން އެނގެންއޮތުމުން، އިޝާރާތްކުރެވޭ މައްސަލައާ ގުޅިގެން އަޙްމަދު ޒަމީންގެ
ހެކި ޤަރީނާ ހޯދާފައިވަނީ އަޙްމަދު ޒަމީންގެ މައްޗަށް ތުހުމަތުކުރެވޭ
އަންގާދިނުމަށްފަހުކަން އެނގޭކަމާއި، އަދި އަޙްމަދު ޒަމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރުވީހިރާއްޖޭގެ އި
211/HC-A/2013 ޤަޟިއްޔާ ފާހަގަކޮށްފައިވާއިރު، އިޝާރާތްކުރެވުނު ޤަޟިއްޔާއާއި މިހާރު އިސްތިއުނާފު
ކުރެވޭ މައްސަލާގައިވަނީ ތަފާތު ވާޤިޢާތަކެއްކަން އެނގޭކަމާއި، އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައަށް
މައްޗަށް
ކުށް
4 / ތތ
އއށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
9
2015/HC-A/153
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 211/HC
-
A/2013 ޤަޟިއްޔާގައި ޤާއިމްކުރައްވާފައިވާ އުޞޫލު
44
ގބ ޤުކުރެވެން ޖެ
މީމި ޑޑ ހޭ ސަބަބެއް
އަޙްމަދު ޒަމީންއަށް ދެއްކިފައިނުވާކަމެވެ.
COC
28 6
(ހ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 10/86 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ
4) ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަކަމަށް ބުނެފައިވަނީ ”ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ
ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާނުލައި
ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ
ގޮތާ ޚިލާފަށް ގެންގުޅުން، ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 41/HC
-
A/2010 ޤަޟިއްޔާގައިވެސް
ފާހަގަކުރެވިފައިވާފަދައިން، ޚިޔާނާތުގެ ކުށް ސާބިތުކުރުމަށްޓަކައި މައިގަނޑު ހަތަރު އުންސުރު ވާކަމާއި،
ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމަށްޓަކައި މި ހަތަރު ކަންތައްތައްވެސް ފުރިހަމަވާންޖެހޭކަމާއި، މި
އުން ސުރުތަކަކީގެ
(ހ) އެ މުދަލަކީ ޚިޔާނާތްތެރިވީކަމަށް ތުހުމަތު ކުރެވޭ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ
ޙަވާލުގައިވާ ތަކެއްޗަށް ވާންޖެހުން؛
(ށ) ނުބައި ނިޔަތެއް އޮތުން؟
(ނ) ވެރިފަރާތުގެ އިޒުނަނެތުން؟
(ރ) އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ ކަނޑައަޅާފައިވާގޮތާ ޚިލާފަށް
ގެންގުޅުން؛
ފ ރ 20
2
3
އިޝާރާތްކުރެވުނު
ހަތަރު
ކަމާއި، ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމަށްޓަކައި
އުންޞިރު ނުވަތަ ކަންތައްތައްވެސް ފުރިހަމަވާންޖެހޭކަން އެނގޭކަމާއި،
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއާއި އަޙްމަދު ޒަމީންއާ ދެމެދު1
ސެޕްޓެމްބަރު 2011 ގައި ވެވުނު ނަންބަރު 2010
/
293/NBC
/
AGR "އަލްފާޟިލް އަޙްމަދު ޒަމީން
OcOC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
އެ 8x28 މހއ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/153
eތ * 4
0އ
# #
3
4 ހ24
މެދުވެރިވެ އެންބީސީއަށް ޔޫ.އެސް ޑޮލަރު ގަތުމުގެ އެއްބަސްވުން" އަށް ބަލާއިރު، ޑޮލަރު ވިއްކުމުގެ
މުޢާމަލާތް އަޙްމަދު ޒަމީންއާ ޙަވާލުކުރެވިފައިވަނީ އެ މުޢާމަލާތް 21 ސެޕްޓެމްބަރު 2011 ގެ ނިޔަލަށް
ނިންމުމަށް ދެފަރާތުން އެއްބަސްވެގެންކަމަށާއި، މި ކަމުގައި އިޙުމާލުވެއްޖެނަމަ އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް
ހޯދުމުގެ އިޚްތިޔާރު މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާއިރު، އިޝާރާތްކުރެވުނު އެއްބަސްވުމުގައިވާ ފައިސާ އަޙްމަދު ޒަމީންއާ ޙަވާލުކުރިކަމާއި، އޭގެ
ތެރެއިން އެއްވެސް ފައިސާއެއް ދެއްކިފައިނުވާކަމާއި، އަދި އެ ފައިސާއަކީ އަޙްމަދު ޒަމީން މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް އަނބުރާ ދޭންޖެހޭ އެއްޗެއްކަން އަޙްމަދު ޒަމީންގެ އަމިއްލަ އިޢުތިރާފުން (27
ނޮވެމްބަރު 2014 ގައި އަޙްމަދު ޒަމީން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުން) އެނގެންއޮންނައިރު، ބުނެވުނު
އެއްބަސްވުމުގައިވާ މުއްދަތުގައި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާއި
ޙަވާލުކޮށްފައިނުވަނީ ދެފަރާތު ދެމެދު ވެވުނު އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމާއި ޚިލާފަށްކަން
އަޙްމަދު ޒަމީންގެ ފަރާތުން މި މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކުގައި އަޙްމަދު ޒަމީންގެ ނުބައި ނިޔަތެއް ނެތްކަމަށް ބުނެފައިވާއިރު، މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަންއާއި އަޙްމަދު ޒަމީންއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައިވާ
ބަޔާންކޮށްފައިވާ ފައިސާ އަޙްމަދު ޒަމީންއާއި ޙަވާލުކުރުމުން، ބުނެވުނު އެއްބަސްވުމުގައިވާ މުއްދަތުގައި އެ
ފައިސާއަށް ޑޮލަރު ހޯދާދީފައިނުވާކަމާއި، އަދި އަޙްމަދު ޒަމީންގެ ފަރާތުން މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ދެ ޗެކްވެސް ބައުންސްވެފައިވާކަމަށާއި، އަދި ފޯނުން އަޙްމަދު
ޒަމީންއާ ގުޅޭތޯ ބެލި ބެލުމުން ގުޅޭގޮތް ވެފައިނުވާކަމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންއިން
22 ފެބްރުއަރީ 2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާއިރު،
މައްސަލާގެ ޝަރީޢަތުގައި ޑޮލަރު ޙަވާލުކުރަނީ އަގާނީ ކިޔާ އިޓަލީ މީހެއްކަމަށާއި، އޭނާ ރާއްޖެއިން
ފުރައިގެން ގޮއްސަ އަނބުރާ އައިސްފައިނުވާކަމަށް އަޙްމަދު ޒަމީން ބުނެފައިވާއިރު، އަގާނީގެ އިތުރު އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
11
2015/HC-A/153
މަޢުލޫމާތެއް ޝަރީޢަތަށް ސާފުކޮށްދީފައިނުވާކަމާއި، އަދި މި މައްސަލައާ ގުޅިގެން އަގާނީ ކިޔާ ފަރާތެއްގެ ވާހަކަ
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއާވެސް ޙިއްސާކޮށްފައިނުވާއިރު، މައްސަލާގެ
ތަޙުޤީޤުގައިވެސް އަޙްމަދު ޒަމީންގެ ފަރާތުން އަގާނީ ކިޔާ ފަރާތެއްގެ ވާހަކައެއް ބުނެފައިނުވާކަމާއި، އަދި
ތަޙުޤީޤުގައިވެސް އަޙްމަދު ޒަމީން ބޭނުންކޮށްފައިވަނީ ހަނު ހުރުމުގެ ހައްޤުކަން އެނގެންއޮތުމުން، އަޙްމަދު
ޒަމީންގެ ޢަމަލުތަކުން އޭނާގެ ނުބައި ނިޔަތް ސާބިތުވާކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ
149 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ޚިޔާނާތުގެ ހަތަރު އުންސުރުވެސް މައްސަލައިގައި ފުރިހަމަވާކަމަށް
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމެވެ.
ހު
& aހ2
އެޤީތަށް
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް
ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/Cr-C/193 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
8އ ދި8
ސަބަބެއް އޮތްކަމަށް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv
| ދިވެހި
12
2015/HC-A/153
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/Cr
-
C/193 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި 2 . މަރަދޫ ! ރަބީޢުގެ، އަޙްމަދު ޒަމީންގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.mv