ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/107 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/107
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
بمان از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 107/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ނާފިޒް
އައި.ޑީ.ކާޑް ނަންބަރ: A088146
ދާއިމީ އެޑްރެސް: ޝަބްނަމްގެހދ. ހަނިމާދޫ
މިހާރުގެ އެޑްރެސް: މ. ޗާންދަނީގެ / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން ޖާވިދު
އައި.ޑީ.ކާޑް ނަންބަރ: A075120
ދާއިމީ އެޑްރެސް: ރަތްވިލާގެ ބ. ކަމަދޫ
މިހާރުގެ އެޑްރެސް: ރަތްވިލާގެ | ކަމަދޫ
*
ޓްރީ ކުރެވުނު ތާރީޚް: 28 މާރޗް 2013
ނިމުނު ތާރީޚް: 25 އޯގަސްޓް 2014
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/VTR/113
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ވަޒީފާގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 18 ޖޫން 2012
ނިމުނު ތާރީޚް: 16 ޑިސެމްބަރު 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ،
ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/1{
ދަޢުވާގެ ޚުލާޞާ
113VTR2012
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ އެ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު
ކުރުމަށް ހދ. ހަނިމާދޫ، ޝަބްނަމްގޭ އަޙްމަދު ނާފިޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ބ. ކަމަދޫ، ރަތްވިލާގޭ ޙުސައިން ޖާވިދު އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
113/VTR/2012
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ އެ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ
މައްސަލަ އިސްތިއުނާފު ކުރުމަށް ހދ. ހަނިމާދޫ، ޝަބްނަމްގޭ އަޙްމަދު ނާފިޒުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
24 2 2
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/113 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ހދ. ހަނިމާދޫ، ޝަބްނަމްގޭ އަޙްމަދު ނާފިޒް، ހިންގާ "ކައިފް"
ނަމަކަށްކިޔާ ސަފާރީބޯޓުގައި ޑައިވިން އިންސްޓްރަކްޓަރަކަށް އުޅުނު ބ. ކަމަދޫ، ރަތްވިލާގޭ ޙުސައިން ޖާވިދު
އަށް އެއްވެސް ނޯޓިސްއެއް ނުދީ ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ އެކަމަށް މާއްދީ ބަދަލު ނަގައިދިނުމަށާއި،
އޭނާއަށް ނުދީވާ މުސާރައާއި ނޯޓިސް ފައިސާ ނަގައިދިނުމަށްއެދި އަޙްމަދު ނާފިޒަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ޙުސައިން ޖާވީދުގެ ފަރާތުން ހުށަހެޅުމުން ބެލެވުނު މައްސަލައެއް ކަމާއި،
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{13/HC-A/107
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
8
އެ މައްސަލަ ނިންމަވާފައިވަނީ، މައްސަލަ ހުށަހެޅި ބ. ކަމަދޫ، ރަތްވިލާގޭ ޙުސައިން ޖާވިދު،
މައްސަލަ ރައްދުވި ހދ. ހަނިމާދޫ ޝަބްނަމްގޭ އަޙްމަދު ނާފިޒް ހިންގާ "ކައިފް" ސަފާރީ ބޯޓުގެ ޑައިވިންގ
އިންސްޓްރަކްޓަރެއްގެ ވަޒީފާއިން ނޯޓިސްނުދީ 8 މެއި 2012 ގައި ވަކިކޮށްފައިވާކަމަށްބުނެ، އެކަމުގެ ބަދަލު
ނަގައިދިނުމަށާއި، މައްސަލަ ނިމޭ ދުވަހަކާ ހަމައަށް ލިބެންޖެހޭ މުސާރަ ލިބިދިނުމަށް އެދިފައިވާ ހިނދު،
މައްސަލަ ރައްދުވާ ފަރާތުން ޙުސައިން ޖާވިދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ
ގޮތުގެމަތިންކަން ސާބިތުކޮށްދީފައިނުވާކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުން އިއްތިފާޤުވާތީ، ޙުސައިން
ޖާވިދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި،
ޙުސައިން ޖާވިދު އަލުން އަނބުރާ ވަޒީފާއަށް ރުޖޫޢަވާން އެދިފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ރ) އަށް ރިޢާޔަތް ކުރައްވައި ޢަދުލުވެރި ބަދަލެއްގެ ގޮތުގައި -/50،000ރ (ފަންސާސް ހާސް
ރުފިޔާ) އާއި ޙުސައިން ޖާވިދުއަށް ނުލިބިވާކަމަށްބުނާ 7 (ހަތެއް) ދުވަހުގެ މުސާރައަށް ޖެހޭ -/3598ރ
(ތިންހާސް ފަސްސަތޭކަ ނުވަދިހައަށް ރުފިޔާ) އާއެކު ޖުމްލަ -/53,598ރ (ފަންސާސް ތިންހާސް ފަސްސަތޭކަ
ނުވަދިހަ އަށެއް ރުފިޔާ) މިއަދު، 16 ޑިސެމްބަރ 2012 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކީ
އެއްފަހަރާ ބ. ކަމަދޫ، ރަތްވިލާގޭ ޙުސައިން ޖާވިދުއަށް ދީ ޚަލާސްކު
ލާސްކުރުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް)
މިވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވާ ހދ. ހަނިމާދޫ،
ޝަބްނަމްގޭ އަޙްމަދު ނާފިޒަށް އަންގަވައި އަމުރުކުރައްވައިކަން އެނގެން އޮންނަކަމެވެ.
2 20
ދޮހ
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/113 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް ހދ.
ހަނިމާދޫ، ޝަބްނަމްގޭ އަޙްމަދު ނާފިޒުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
، ދިވެހިވެއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{013/HC-A/137
(ހ) ފުރަތަމަ ނުކުތާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވިއިރު، ޙުސައިން
ޖާވިދުގެ ފަރާތުން އެދިފައިނުވާ ބަދަލުތަކެއް ނަންގަވައިދެއްވުމުން، ނޭދޭކަމަށް ފަރުވާދެވިފައިވާއިރު، އަދި
ޙުސައިން ޖާވީދުގެ ފަރާތުން އެދިފައި ނުވާކަމަކަށް މައްސަލަ ބައްލަވާ ފަރާތުން ރިޢާޔަތްކުރެއްވުމުން، މައްސަލަ
ބެއްލެވި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް އަމިއްލަފުޅަށް ދަޢުވާ ބަދަލުކުރެވިފައިވާއިރު، ދަޢުވާ
ބަދަލުކުރުމާއި، ނޭދޭ ކަންކަމަށް ފަރުވާދިނުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
4 0 2 0 .
(ށ) ދެވަނަ ނުކުތާއަކީ: ވަޒީފާއަދާކުރި ފަރާތްކަމަށްވާ ޙުސައިން ޖާވީދުއާއި، ވަޒީފާދިން
ފަރާތްކަމަށްވާ އަޙުމަދު ނާފިޒު އާ ދެމެދު މައްސަލަ ޙައްލުކުރުމަށްޓަކައި ވަކިގޮތަކަށް އެއްބަސްވެފައިވަނިކޮށް،
އެކަމަށް ނުބައްލަވައި މައްސަލަ ނިންމެވުމުން، ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ޚިލާފަށް މައްސަލަ
ނިމިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، މައްސަލަ ނިންމެވުމުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމާމެދު ވަކި އެއްޗެއް ނިންމެވުމުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން މައްސަލައިގެ ޙުކުމަށް
ވާޞިލްވެފައިވާ ގޮތް ސާފުވެފައި ނެތްއިރު، މައްސަލައިގެ ޙުކުމް ބިނާކުރެއްވި ސަބަބުތައް ސާފުކޮށް އެނގުމަކީ،
މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤެއްކަމަށްވާއިރު، އަދި ޙުކުމް ބިނާކުރެއްވި ސަބަބުތައް
ސާފުކޮށް ނޭނގޭކަމަށްވާނަމަ، އެފަދަ މައްސަލަތައް ތަޙްލީލު ކުރެވޭނޭކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުން
ނިންމަވާފައިވާއިރު، އެކަންކަމަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
4. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/113 މައްސަލަ އިސްތިއުނާފު
ކުރުމަށް ހދ. ހަނިމާދޫ، ޝަބްނަމްގޭ އަޙްމަދު ނާފިޒުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{13/HC-A/137
ގޮތުން އަޙްމަދު ނާފިޒުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ބ. ކަމަދޫ، ރަތްވިލާގޭ ޙުސައިން ޖާވިދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/113 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
22.
(ހ) ފުރަތަމަ ކަމަކީ: ހދ. ހަނިމާދޫ، ޝަބްނަމްގޭ އަޙްމަދު ނާފިޒުގެ މައްޗަށް ކަމަދޫ،
ރަތްވިލާގޭ ޙުސައިން ޖާވިދު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، އަޙްމަދު ނާފިޒް ހިންގާ
"ސައިފް" ނަމަކަށްކިޔާ ސަފާރީބޯޓުގެ ޑައިވިން އިންސްޓްރަކްޓަރެއްގެ ވަޒީފާ ޙުސައިން ޖާވިދު އަދާކުރަމުން
ދަނިކޮށް، ސީޒަން ނިމިއްޖެކަމަށްބުނެ ޙުސައިން ޖާވީދުގެ ރުހުމެއްނެތި އަދި އޭނާއަށް އެގުމަކާ ނުލައި ވަޒީފާއާ
ބެހޭ ޤާނޫނާއި ޚިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން މަސައްކަތް ކުރި 7
(ހަތެއް) ދުވަހަށް ލިބެންވާ މުސާރައާއި، ނޯޓިސް ނުދީ ވަކިކުރުމާ ގުޅިގެން ބަދަލު ލިބިދިނުމަށާއި، މައްސަލަ
ނިންމާ ދުވަހާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއްކަން މައްސަލަ ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރުގައިވާ "މައްސަލައިގެ ތަފްސީލް" އާއި 8 ވަނަ
ނަންބަރުގައިވާ "މައްސަލަ ހުށަހަޅާ ފަރާތުން އެދޭ ގޮތް" އަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ޙުސައިން
ޖާވިދު "ކައިފް" ސަފާރީ ބޯޓުގައި ވަޒީފާ އަދާކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުގައި ކަމާއި، އޭނާގެ
މުސާރައަކީ 1,000.00$US (އެއްހާސް ޔޫއެސް ޑޮލަރ) ކަމާއި، ވަޒީފާއިން ވަކިކޮށްފައިވަނީ 08 މެއި
2012 ގައި ކަމަށް އެފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: އަޙްމަދު ނާފިޒުގެ މައްޗަށް ޙުސައިން ޖާވިދު ހުށަހެޅި އިސްވެ ބަޔާން
ކުރެވުނު މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދުމުގެ ފުރުސަތު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދީފައިވާކަން
ހިރާއް،
aގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާ122 ހައިކޯޓް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/107
އެނގޭކަމާއި، އެގޮތުން ދެވުނު ފުރުސަތުގައި، އެއްމަސްދުވަހުގެ މުސާރައަށްވާ ފައިސާ ދިނުމުން މައްސަލަ
އަނބުރާ ގެންދިއުމަށް ދެ ފަރާތުން އެއްބަސްވެވުނު ކަން އެނގޭކަމާއި، އަދި އެގޮތުން އެއްމަސް ދުވަހުގެ
މުސާރައަށްވާ -/
15،420ރ. (ފަނަރަހާސް ހަތަރުސަތޭކަ ވިހި ރުފިޔާ) ހަމަޖައްސައި އެ ފައިސާ ޙުސައިން
ހަވާލުކުރުމަށް އަޙްމަދު ނާފިޒުގެ ފަރާތުން ގުޅުމުން އެފައިސާ ޑޮލަރުން ހަމަޖައްސައިދިނުމަށް ޙުސައިން
ޖާވިދުގެ ފަރާތުން އެދުނު ކަމާއި އަދި އެގޮތަށް އެފައިސާ ހަމަޖައްސަން ވަގުތު ބޭނުންވާނެކަމަށް ބުނެ އެފައިސާ
ޑޮލަރުން ހަމަޖައްސައި ފައިސާއާ ހަވާލުވުމަށް ޙުސައިން ޖާވިދަށް ގުޅުމުން، އެ ފައިސާއާ ހަވާލުވާން
ބޭނުންނުވާކަމަށާއި އޭނާ ބޭނުންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހަޅާފައިވާ މައްސަލައިގައި އެ
ޓްރައިބިއުނަލުން ގޮތެއް ނިންމުމަށް ކަމަށް ޙުސައިން ޖާވިދު ބުނެފައިވާކަމަށް އަޙްމަދު ނާފިޒުގެ ފަރާތުން
ބުނެފައިވާކަން އެނގޭއިރު، އެއްމަސްދުވަހުގެ މުސާރަ ދިނުމުން މައްސަލަ އަނބުރާ ނެގުމަށް ޙުސައިން ޖާވިދު
އެއްބަސްވިނަމަވެސް، އެއްބަސްވިގޮތަށް ފައިސާ ހަމަޖެހިފައިނުވާކަމަށްބުނެ، ޓްރައިބިއުނަލުން މައްސަލަ
ނިންމުމަށް ޙުސައިން ޖާވީދުގެ ފަރާތުން އެދިފައިވާކަން ޙުސައިން ޖާވީދުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ތިންވަނަ ކަމަކީ: އަޙްމަދު ނާފިޒު ހިންގާ "ކައިފް ސަފާރީ ބޯޓުގައި ޑައިވިންގ
އިންސްޓްރަކްޓަރެއްގެ ގޮތުގައި ޙުސައިން ޖާވިދު މަސައްކަތް ކުރަމުން ގެންދިޔައީ، އެދެފަރާތުގެ ދެމެދުގައި
ލިޔުމުން އެއްބަސްވުމެއް ވެވިގެންނޫންކަމާއި، ޙުސައިން ޖާވިދު ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި
މަސައްކަތް ކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުގައި ކަމާއި، އަދި ވަޒީފާއިން ވަކިކޮށްފައިވަނީ 08 މެއި
2012 ގައިކަމަށް ޙުސައިން ޖާވީދުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި، ޙުސައިން ޖާވިދު އެވަޒީފާ
އަދާކޮށްފައިވާ މުއްދަތު މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތްކަމާއި، އަދި ޙުސައިން
ޖާވިދަށް ވަޒީފާ ދެވުނު މުއްދަތާއި، ވަޒީފާއިން ވަކިކުރެވޭ ގޮތްތަކާއި ނޯޓިސް ދެވޭ ހާލަތްތަކާއި، ވަޒީފާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/137
72 273 0
ގނވަ19ކ
ec
އަދާކުރަންޖެހޭ ގޮތްތައް ފަދަކަންތައްތައް ސާފުކުރެވިފައި ނެތްކަމާއި، އަދި މި މައްސަލައިގެ ތެރޭގައި އެ
މަޢުލޫމާތުތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން ނެތްއިރު،
ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ
މަސައްކަތުގެ އަޚްލާޤު އެކަށީގެ އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތުގައިކަމަށް ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު
ނަންބަރު 2/2008) ގެ 23 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި އެނޫން
ހާލަތްތަކުގައި ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތުން ބާޠިލް ކުރެވޭނީ:-
(1) ހަ މަސްދުވަހަށްވުރެ، ކުރުނޫން އަދި އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި
ބަހައްޓާފައިވާ މުވައްޒަފަކަށް ދެހަފްތާގެ ނޯޓިސް؟
(2) އެއްއަހަރަށްވުރެ ކުރުނޫން އަދި ފަސް އަހަރަށްވުރެ ދިނުނޫން މުއްދަތަކަށް ވަޒީފާގައި
ބަހައްޓާފައިވާ މުވައްޒަފަކަށް އެއްމަސްދުވަހުގެ ނޯޓިސް،
އެންމެ މަދުވެގެން ދިނުމަށްފަހުގައިކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަން އެނގޭއިރު، ޙުސައިން ޖާވީދު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދޭން
ޖެހޭތޯ ނުވަތަ ނޫންތޯ ބަލާއިރު، ޙުސައިން ޖާވިދު އަދާކުރަމުން ދިޔަ ވަޒީފާއަކީ ވަކި މުއްދަތެއް
ކަނޑައެޅިފައިވާ ވަޒީފައެއްތޯ ނުވަތަ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާއެއްތޯ ބަލަންޖެހޭ ކަމާއި،
އެގޮތުން ބަލާބެލުމުގައި ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްނަމަ، އެމާއްދާގެ ދަށުން ވަޒީފާއިން
ވަކިކުރުމަށްޓަކައި ނޯޓިސް ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ނުވާކަން އެނގޭކަމާއި، އަދި ވަޒީފާގެ
އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްނަމަ، އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން
ނޯޓިސް ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމްވާކަން އެނގޭއިރު، ޙުސައިން ޖާވިދު ވަޒީފާއަދާ ކުރަން
ފަށާފައިވަނީ 2011 ގައި ކަމަށާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 08 މެއި 2012 ގައި ކަމަށް ޙުސައިން
ޖާވިދުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮތުމުން، ޙުސައިން ޖާވިދު ތިން މަސްދުވަހަށްވުރެ
Puca
ހިޖޭގެ
އައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2{13HC-A/107
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
މުއްދަތެއްގައި ވަޒީފާ އަދާކޮށްފައިވާކަން އެނގެން އޮތްނަމަވެސް، އޭނާ ވަޒީފާ އަދާކުރަންފެށި ދުވަސް ނުވަތަ
މަސް ކަނޑައެޅިގެން އެނގެން ނެތުމުން، އޭނާ ވަޒީފާ އަދާކުރި މުއްދަތު އެއްއަހަރަށްވުރެ ދިގުކަން ނުވަތަ
ނޫންކަން ކަނޑައެޅެން ނެތްކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ: އަޙްމަދު ނާފިޒް ހިންގާ "ކައިފް" ސަފާރީ ބޯޓުގައި ޙުސައިން ޖާވިދު
ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި، ވަޒީފާ އަދާކުރީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް
އޮވެގެންކަން ނުވަތަ ނޫންކަމާއި، ވަޒީފާއަދާ ކުރި މުއްދަތާއި، ވަޒީފާއިން ވަކިކުރެވޭނެ ގޮތްތަކާއި ނޯޓިސް ދެވޭ
ހާލަތްތަކާއި ގޮތްތައް ފަދަ ކަންކަން މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސާފުކޮށްފައިނުވާތީއާއި،
އަދި މި މައްސަލާގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ބަޔާންތަކުންވެސް އެކަންކަން
އެނގެން ނެތްއިރު، މި މައްސަލައިގައި ޙުސައިން ޖާވިދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް
ނުވަތަ ނޫންކަމަށް ކަނޑައެޅޭނީ އިސްވެ ބަޔާންކުރެވުނު މަޢުލޫމާތުތައް ޝަރީޢަތަށް ސާފުވެގެންކަމަށް
މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ކަމާއި، އަދި މިކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ޙުސައިން
ޖާވިދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަމަށް ކަނޑައެޅިގެން ނޫނީ، ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކުރައްވައި، ވަޒީފާއިން ވަކިކުރުމުގެ ބަދަލެއް ދިނުމަށް
ކަނޑައެޅިދާނެކަމަށް ނުފެންނަކަމެވެ.
އެހެންކަމުން ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އިސްވެ
ފާހަގަ ކުރެވުނު ކަންތައްތައް ސާފުކުރުމަށްފަހު، މި މައްސަލަ އަލުން ބައްލަވައި ފައިސަލާ ކުރަނިވި ޙުކުމެއް
ކުރެއްވުމަށްޓަކައި، ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ
(ށ) ގެ ދަށުން މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ތަޙުލީލު ކުރުމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{13HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެވެ
.ހ 424
22
ކަނޑައެޅުމާއެކު،
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/113 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކަމަށް
މި ޤަޟިއްޔާގައި ފާހަގަ ކުރެވުނު ކަންތައްތަކުގެ އަލީގައި މި މައްސަލަ އަލުން ބައްލަވައި،
ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ގެ 46 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ތަޙުލީލުކޮށް، މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv