ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/06 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/06
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 06/HC
-
A/2011
އިސްތިއުނާފް ކުރިފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން ޢަރީޝް ދާއިމީ އެޑްރެސް: ޏ. ފުވައްމުލައް، ދިގުވާޑު، ބަނަފްސާގެ
އައިޑީ ކާޑު ނަންބަރ: A274488 * ތުގެ އެޑްރެސް: ލ. ގުލޭނޫރަންމާގެ
• ހުށަހެޅުނު ތާރީޚް: 09 ޖެނުއަރީ 2011
ނިމުނު ތާރީޚް: 25 ނޮވެމްބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/KC/109
، ނިންމެވިކޯޓު: ކުޑަކުދިންނާބެހޭ ކޯޓު
ޤަޟިއްޔާގެ ބާވަތް: ފޭރުން
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާJ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/6
cu o
3(
CCO
މިއީ ކުޑަކުދިންނާބެހޭ ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޙުސައިން ޢަރީޝް
.ޝް ޏ. ފުވައްމުލައް{
ދިގުވާޑު، ބަނަފްސާގެއެވެ.
COX2
ރޯވުނު ނުކުތާތައް:
01- ކުޑަކުދިންނާބެހޭ ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާއަކީ،
ފުވައްމުލައް،
ބަނަފްސާގެ ޙުސައިން ޢަރީޝް، 9 މާރޗް 2010 ދުވަހު ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ދީރެސިންހަ
އާރައްޗިގެ އިންދިކާ ޕްރަސަންގަގެ އަތުން އެއްވެސް އެއްޗެއް ފޭރިގަތްކަމަށް އިންކާރުކުރި ނަމަވެސް 9
މާރޗް 2010 ދުވަހުގެ 18:00 އެހައިކަށްހާއިރު، ސަލްޓަންޕާރކާއި އަމީނިއްޔާ ސްކޫލާ ދެމެދު އޮންނަ
މަގުން ހިނގާފައިދިޔަ ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންފަގެ ސޮނީ އެރިކްސަން ޖީ 900 ފޯނު
ފޭރިގަނެފައިވަނިކޮށް، އެފޯނު ޙުސައިން އަރީޝްގެ އަތުން ފެނިފައިވާތީ އާއި، އެފޯނަކީ ރައްޓިއްސެއްގެ
އަތުން ގަނެފައިވާ ފޯނެއްކަމަށް ޙުސައިން ޢަރީޝް ބުނިނަމަވެސް ޙުސައިން ޢަރީޝްއަށް
ސާބިތުކޮށްދެވިފައިނުވާތީ، މިފޯނު ފޭރިގަތީ ޙުސައިން ޢަރީޝްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 24/76
(ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުލްޢުޤޫ
ލެޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
ދަށުން ޙުސައިން ޢަރީޝްގެ މައްޗަށް ދައުލަތުން ހުށަހެޅި ފޭރުމުގެ ކުށުގެ ދަޢުވާއާއި ޖަރެސިންހަ
އާރައްޗިގެ އިންދިކާ ޕްރަސަންގަގެ އަތުން ފޭރުނު ތަކެތީގެ ތެރެއިން ނުލިބިވާ ތަކެތީގެ ބަދަލު ޙުސައިން
ޢަރީޝްގެ އަތުން ހޯދުމަށް ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ އެދޭކަމަށް ބުނެ ދައުލަތުގެ
ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދައުލަތުގެ ފަރާތުން ޙުސައިން އަރީޝްގެ މައްޗަށް
ހުށަހެޅި ފޭރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާJ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/6
ކުރެއްވުމުން،
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކުޑަކުދިންނާބެހޭ ކޯޓުގެ ނަންބަރު 2010/KC/109
ޤަޟިއްޔާގައި ޙުކުމް އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ތިން
ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެނުކުތާތަކަކީ:
ccc
ފުރަތަމަ ނުކުތާއަކީ: ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަގެ އަތުން ފޭރިގަނެފައިވާކަމަށް
ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ ބުނެފައިވާ ފޯނު ޏ. ފުވައްމުލައް ބަނަފްސާގެ
ޙުސައިން ޢަރީޝް އަތުން ފެނިފައިވާކަމަށް އިޢުތިރާފުވެފައިވާއިރު އެކަމަށް ރިޢާޔަތްނުކުރައްވާ
މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި
4 2 433
ނުވެއެވެ.
cu o
• ދެވަނަ ނުކުތާއަކީ: ފޭރިގަނެފައިވާ އެއްޗެއް މީހެއްގެ އަތުން، ނުވަތަ ދިރިއުޅެމުންދާ ތަނަކުން
ފެންނަ މައްސަލަތަކުގައި ފޭރިގަނެފައިވާ އެއްޗެއް ލިބުނު ގޮތެއް އެމީހަކަށް ސާބިތުކޮށް ނުދެވޭ
ހިނދު، ދަޢުވާކުރަމުން އައިސްފައިވަނީ ފޭރުމުގެ ކުށުގެ ދަޢުވާކަމާއި، އަދި ދިވެހިރާއްޖޭގެ
ދަށުކޯޓުތަކުން މިގޮތުގެ މަތީން ދަޢުވާ ހުށަހެޅުމުން ފޭރުމުގެ ކުށް ސާބިތުވާ ކަމަށް
ނިންމަވާފައިވާއިރު، އަދި މިބާވަތުގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި، ދަށުކޯޓުން
ފޭރުމުގެ ކުށް ސާބިތުވާކަމަށް ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވާ މައްސަލަ ނިންމަވާފައިވާ
ނިންމެވުންތަ މިމައްސަލައިގާ ރިޢާޔަތްކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ceed
ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން
ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- މި މައްސަލައާއި ގުޅިގެން ކުޑަކުދިންނާބެހޭ ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
i
ވާJ
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/6
މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ދައްކާފައިވާ ވާހަކައަށާއި،
ވެއެވެ.
ފާހަގަކުރވެއެވެ.
(ހ) ކުޑަކުދިންނާބެހޭ ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާގައި ޙުސައިން ޢަރީޝްގެ
މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޭރުމުގެ ކުށުގެ
ދަޢުވާ ކަމާއި، އެދަޢުވާއަށް ޙުސައިން ޢަރީޝް އިންކާރު ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
(ނ) މިމައްސަލައިގާ ހެކިންގެ ގޮތުގައި ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ
(ސްރީލަންކާ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޙަސަން ތައުފީޤް
ޙާޟިރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ކުޑަކުދިންނާ ބެހޭ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 2010
ސެޕްޓެމްބަރު 21 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާކަން އެނގެން އޮވެފައި،
ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ 2010 މާރޗް މަހު އޭނާ ވަޒީފާ އަދާކުރަމުން ދިޔަ
ފެންޓަސީއިން ވަކިކޮށް އެނބުރި ރަށަށް ފޮނުވާލާފައިވާކަމާއި، ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ
ޙާޟިރުކުރަން ބޭނުންނުވާ ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން މިއިސްތިއުނާފުކުރެވޭ ކުޑަކުދިންނާބެހޭ
ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮންނަކަމާއިގެ
ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލާންސް ކޯޕްރަލް ޙަސަން ތައުފީޤުގެ
ހެކިބަހަށް ބަލާއިރު، ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގާގެ އަތުން ފޭރިގަނެފައިވާކަމަށް ބުނާ
ފޯނެއް ޙުސައިން ޢަރީޝްގެ އަތުން ފެނިފައިވާކަން ޙަސަން ތައުފީޤަށް އެނގިފައިވީނަމަވެސް، އެފޭރުމުގައި
ޙުސައިން ޢަރީޝް ބައިވެރިވެރިވާކަން ނުވަތަ އެޢަމަލުކުރީ ޙުސައިން ޢަރީޝްކަން ސާބިތުވާ ފަދައަކުން
ޙަސަން ތައުފީޤުގެ ފަރާތުން ހެކިބަސް ލިބިފައިނުވާކަން އެނގެން އޮވެއެވެ.
CCCX
(ނ) މިމައްސަލައާއި ގުޅިގެން ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މި ފޭރުމުގެ ހާދިސާ ހިނގާފައިވަނީ 2010 މާރޗް 09 ވަނަ
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާJ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/06
ދުވަހުގެ ގާތްގަނޑަކަށް 18:00 ހާއިރުކަމަށާއި، އެވަގުތު އެތަނުގައި މީހުން ވަކިކުރަން އެނގޭވަރަށް އަލި
ހުރިކަމަށާއި، ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަގެ އަތުން ތަކެތި ފޭރުނުއިރު އެތަނުގައި
ޙުސައިން ޢަރީޝް ހުރިކަމެއް ނުވަތަ ނެތްކަމެއް ނޭނގޭ ކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މިމައްސަލައިގާ ހާދިސާ ހިނގި ތަނަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް
ކޮންސްޓަބަލް އާޞިމް ޙަބީބު އާއި ޕޮލިސް ކޮންސްޓަބަލް އަޙްމަދު ބާރީ ތަޙްޤީޤަށްދީފައިވާ ބަޔާނުގައި،
2010 މާރޗް 09 ވަނަ ދުވަހު ޑިއުޓީގައި އުޅެނިކޮށް ގާތްގަނޑަކަށް 19:04 ހާއިރު ކޮމާންޑް
ސެންޓަރުން ގުޅާފައި ދިޓީވީ ކައިރީ ފޭރިގަނެގެން އަނިޔާވެފަހުރި މީހަކު ހުރިކަމަށް ބުނުމުން އެތަނަށް
ދިޔައިރު ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ ހުރިކަމަށާއި، އޭނަ ގޮވައިގެން ފޭރުނު ބަޔަކު ފެނޭތޯ
ހާދިސާ ހިނގި ސަރަޙައްދުގައި ދުއްވި ކަމަށާއި، ނަމަވެސް އެމީހުން ނުފެނުމުން އޭނާ
އޭނާ ގޮވައިގެން
ގެންގޮސްލީ އައި.ޖީ.އެމް ހޮސްޕިޓަލަށް ކަމަށް ބުނެފައިވާކަމާއި،
މިމައްސަލައާއި ގުޅިގެން ޙުސައިން ޢަރީޝް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދިފައިވާ
ބަޔާނަށް ބަލާއިރު، 2010 މާރޗް 09 ވަނަ ދުވަހުގެ 20:00 ހާއިރު ސަލްޓަންޕާކް (ސީ.އެޗް.އެސް.
ގޯޅި) ކައިރިއަށް ޙުސައިން ޢަރީޝްގެ ރައްޓެހި ކުއްޖަކާ ބައްދަލުކުރަން ދިޔަކަމާއި، މިމައްސަލައިގާ
ފޭރުނުކަމަށް ބުނާ ފޯނަކީ ސަލްޓަންޕާކްގެ ފާރުބުރިމަތީގައި ޙުސައިން ޢަރީޝް އިށީދެގެން އިންދާ އެތަނަށް
އައި ޙުސައިން ޢަރީޝްގެ ރައްޓެއްސެއް ވިއްކާ ފޯނެއް އެބައޮތްކަމަށް ބުނުމުން އޭނަގެ އަތުން -/100ރ
(އެއްސަތޭކަ ރުފިޔާ) އަށް ގަނެފައިވާ ފޯނެއް ކަމަށް ޙުސައިން ޢަރީޝް ބުނެފައިވާކަން އެނގެން އޮވެއެވެ.
oc
(ނ) ފޭރިގަނެފައިވާ އެއްޗެއް މީހެއްގެ އަތުން، ނުވަތަ ދިރިއުޅެމުންދާ ތަނަކުން ފެންނަ
މައްސަލަތަކުގައި ފޭރިގަނެފައިވާ އެއްޗެއް ލިބުނު ގޮތެއް އެމީހަކަށް ސާބިތުކޮށް ނުދެވޭ ހިނދު،
ދަޢުވާކުރަމުން އައިސްފައިވަނީ ފޭރުމުގެ ކުށުގެ ދަޢުވާކަމާއި، އަދި ދިވެހިރާއްޖޭގެ ދަށުކޯޓުތަކުން މިގޮތުގެ
މަތީން ދަޢުވާ ހުށަހެޅުމުން ފޭރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމަވާފައިވާއިރު، އަދި މިބާވަތުގެ
މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި، ދަށުކޯޓުން ފޭރުމުގެ ކުށް ސާބިތުވާކަމަށް ކުރައްވާފައިވާ
ޙުކުމަށް ތާއީދުކުރައްވާ މައްސަލަ ނިންމަވާފައިވާ ނިންމެވުންތަކަށް މިމައްސަލައިގާ ރިޢާޔަތްކުރެއްވުމެއް
ނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދެވަނަ
ކައިވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
i
ވާJ
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/06
43
4
ތާއާއި ގުޅިގެން، ދައުލަތުގެ ފަރާތުން ތިން ޤަޟިއްޔާއެއްގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު
ހުށަހަޅާފައިވާކަމާއި، އެއީ ޖިނާއި ކޯޓުގެ ނަންބަރު 2010/JC/61 ޤަޟިއްޔާ އާއި، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/JC/399 ޤަޟިއްޔާ އާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/132 ޤަޟިއްޔާ
ކަމާއި؛
ޖިނާއި ކޯޓުގެ ނަންބަރު 2010/JC/61 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ފޭރުނުކަމަށް
ތަކެތި އެޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުގެ އަތުން ފެނިފައިވުމުގެ އިތުރުން، ހެކިންގެ ހެކިބަހުން
ފޭރުމުގެ ޢަމަލު ހިންގީ ދަޢުވާލިބޭ ފަރާތުންކަން އެނގެން އޮންނަކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC/399 ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާގައި
ފޭރިގަނެފައިވަނީ ކޮންބައެއްކަން ނޭނގޭ ބަޔަކުކަން އެނގެން އޮވެފައިވާ ތަކެތި ފެނިފައިވަނީ ދަޢުވާލިބޭ
ފަރާތުގެ އަތުންކަން އެނގެން އޮތުމުގެ އިތުރުން ދަޢުވާލިބޭ ފަރާތަކީ އެފަދަ މައްސަލަތަކެއް ސާބިތުވެ
ކުށުގެ ރެކޯޑްތަކެއް އޮތް މީހެއްކަން އެނގެން އޮންނަކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/132 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި
ބުނާ ތަކެތި އެޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުގެ އަތުން ފެނިފައިވާކަމާއި، ފޭރިފައިވަނީ
ދަޢުވާލިބޭ ފަރާތުންކަން އަނިޔާ ލިބިފައިވާފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި،
ހެކިންގެ ހެކިބަހުން ފޭރުމުގެ ޢަމަލު ހިންގީ ދަޢުވާލިބޭ ފަރާތުންކަމަށް އަނިޔާ ލިބިފައިވާފަރާތުން
ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާތަކުގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާ
ނިންމަވާފައިވަނީ ފޭރުނު ތަކެތި ދަޢުވާލިބޭ ފަރާތުގެ އަތުން ފެނިފައިވުމާއެކު، ފޭރުމުގެ ޢަމަލު
ހިންގާފައިވަނީ ދަޢުވާލިބޭ ފަރާތުންކަމަށް ދަލާލަތުކުރާ ގުޅުންހުރި ހެއްކާއި ޤަރީނާތަކެއް
ހުށަހެޅިފައިވުމުންކަން އެނގޭކަމާއި، އެފަދަ ޙުކުމްތަކަށް ތާއީދުކޮށް މަތީ މަރުޙަލާގެ ކޯޓުތަކުން މައްސަލަ
ނިންމަވާފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވީނަމަވެސް އެފަދަ ނިންމުމެއް ޝަރީޢަތަށް
ހުށަހެޅިފައިނުވާކަން އެނގެއެވެ.
ވީމާ އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިންގެ
ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ބަހަށް ބަލާއިރުގައި ޝަރީޢަތަށް ހާޒިރުކުރެވުނު ޙަސަން
33ދދވ
ފާރިނކަމަށް
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
i
ވާJ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/06
ތައުފީޤުގެ ބަހުން ޙުސައިން ޢަރީޝް ފޭރުނުކަން ނުވަތަ ފޭރުމުގައި ބައިވެރިވިކަމަށް ދަލާލަތުކުރާ ހެއްކެއް
ނުވަތަ ޤަރީނާއެއްވިޔަސް ލިބިފައިނުވާކަމާއި، މިމައްސަލައިގައި އަނިޔާލިބުނު ފަރާތްކަމުގައިވާ ދީރެސިންހަ
އާރައްޗިގެ އިންދިކާ ޕްރަސަންގަ (ސްރީލަންކާ) ޝަރީޢަތަށް ޙާޒިރުކުރެވިފައިނުވާއިރު، ދިރެސިންހަ
އާރައްޗިގެ އިންދިކާ ޕްރަސަންގަގެ އަތުން ތަކެތި ފޭރުނުއިރު އެތަނުގައި ޙުސައިން ޢަރީޝް ހުރިކަމެއް
ނުވަތަ ނެތްކަމެއް ނޭނގޭ ކަމަށް ދީރެސިންހަ އާރައްޗިގެ އިންދިކާ ޕްރަސަންގަ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި ބުނެފައިވުމުގެ އިތުރުން، މިމައްސަލައިގެ ހާދިސާ ހިނގާފައިވާ ތަނާއި ގަނޑިއާއި، ޙުސައިން
ޢަރީޝް ބަންދުކުރެވުނު ގަނޑިއާއި ތަނަށް ބަލާއިރު، ޙުސައިން އަރީޝްގެ ބަޔާނުގައި ބުނާ ކުއްޖާއަކީ
ފޭރުމުގެ ޢަމަލު ހިންގި ކުއްޖާކަމަށް ނުވަތަ އެކަމުގައި ބައިވެރި ކުއްޖެއް ކަމަށްވާނަމަ، ފޭރުނުކަމަށް
ބުނެފައިވާ ފޯނު ހިފައިގެން އެގަނޑީގައި އެތަނަށް އައިސްފާނެ ކަމާމެދު ސުވާލުއުފެދޭކަމާއި، ހަމަ އެހެންމެ
ޙުސައިން ޢަރީޝް އެކަމުގައި ބައިވެރިވި ކަމުގައިވާނަމަ ފޭރުނުކަމަށް ބެލެވޭ ފޯނު ހިފައިގެން އެގަނޑީގައި
އެތަނުގައި އިނދެފާނެކަމަށް ބުއްދީގެ ހަމަތަކުން ބެލެވެން ނެތުމާއެކު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އަށް ރިޢާޔަތްކޮށް ކުޑަކުދިންނާބެހޭ ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާގައި ކުރައްވާފައިވާ
ބަދަލެއް ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ
ފަނޑިޔާރުން އެއްބަސްވެއެވެ.
ވާލަ...ވެއްޖެ.
ވެ
ހއ
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ކުޑަކުދިންނާބެހޭ
ކޯޓުގެ ނަންބަރު 2010/KC/109 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ
ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cu o
k
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާJ