ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/172 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/172
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އި
04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 172/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޙުސައިން ޙަލީމު
* ދާއިމީ އެޑްރެސް: މ.މ.ދ ދަފްތަރު 3490
* އައި.ޑީ.ކާޑު ނަންބަރ: A060270 * މިހާރުގެ އެޑްރެސް: ހުޅުމާލެ ނަމްބަރު 10097
ބަދަލުގައި: އގ. އިބްރާހީމް ޝަކީބު، ކ. ކާށިދޫ އަލިހަނދުވަރުގެ (މ. ނައިންހައުސް)
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 12 ޖޫން 2008
ނިމުނު ތާރީޚް: 21 މާރޗް 2010
ފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/B12C/58
• :
ނިންމެވިކޯޓް ހދ. ކުޅުދުއްފުށިކޯޓް
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނުތާރީޚް: 25-05-2007 ނިމުނު ތާރީޚް: 16-12-2007
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/172
މިއީ، ހދ.
ދަޢުވާގެ ޚުލާޞާ
ކުޅުދުއްފުށިކޯޓް 2007/B12C/58 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މ.މ.ދ
ދަފްތަރު 3490 ޙުސައިން ޙަލީމް، ހުޅުމާލެ ނަމްބަރު 10097 (ހދ. ނައިވާދޫ މާފޮޅޭގެ) ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ
އޮފީސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހދ. ކުޅުދުއްފުށި ކޯޓްގެ ނަންބަރު 2007/B12C/58 ޤާޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޙުސައިން
ޢަލީމުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ހދ.
ނައިވާދޫން އޮޑިހަރުގެ ވަޅެއް ބޭނުންވެގެން އެކަމަށް އެދި ނައިވާދޫ އޮފީހަށް 1999
މާޗް 31 ވަނަ ދުވަހުގެ ތާރީޚުގައި ޙުސައިން ޙަލީމު ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮވެއެވެ.
42
.
ހ) ޙުސައިން ޙަލީމުގެ ޢަބްދުލްޙަކީމު ޔޫސުފް މެދުވެރިކޮށް ހދ. ނައިވާދޫން ދޫކޮށްފައިވާ
އޮޑިހަރުގެ ވަޅެއްގައި އޮޑިއެއް ބަނދެފައިވާކަމާއި އެއޮޑިހަރުގެ ވަޅު ދޫކޮށްފައިވާ ގޮތެއް އެގޭނީ ބޭބެ
ޢަބްދުލްޙަކީމު ޔޫސުފަށް ކަމަށްވާތީ، އޮޑިހަރުގެ ފަޅާމެދު ކުރައްވަންޖެހޭ ސުވާލެއް ޢަބްދުލްޙަކީމު ޔޫސުފާއި
ކުރައްވައިގެން އެމައްސަލަ ހަމަޖެއްސުމަށް އެދޭކަމަށް ޙުސައިން ޙަލީމު ނޯދަންރީޖަނަލް އޮފީހަށް 2004
ސެޕްޓެމްބަރ 30 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
3
2008/HC-A132
ޤަޟިއްޔާ ނިމު
ޔާ ނިމުނު ގޮތުގެ ޚުލާޞާ
22 /
(ނ) ޙުސައިން ޙަލީމު 1999 މާޗް 31 ވަނަ ދުވަހު ހދ. ނައިވާދޫ އޮފީހަށް ފޮނުވި ސިޓީއާއި
ގުޅިގެން ދެއްވާފައިވާ ހަރުގެ ވަޅާމެދު ހދ. ނައިވާދޫ އޮފީހާއެކު ވެވުނު އެއްބަސްވުމުގައި ޙުސައިން
ޙަލީމުގެ ބަދަލުގައި ޙުސައިން ޙަލީމުގެ ބޭބެ ޢަބްދުލްޙަކީމު ޔޫސުފް ސޮއިކޮށްފައިވާ ކަމެއް ޙުސައިން
ޢަލީމަށް އެނގިފައި ނުވާކަމަށާއި، ބުނެވިދިޔަ މުޢާމަލާތާއި ގުޅިގެން -/53375ރ. (ފަންސާސްތިންހާސް
ތިންސަތޭކަ ހަތްދިހަ ފަސްރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށް ނައިވާދޫ އޮފީހުން ވިދާޅުވިޔަސް މިފައިސާ
ދެއްކުން އެއީ ޙުސައިން ޙަލީމުގެ ޒިންމާއެއް ކަމުގައި ޝަރީޢަތުން ނިންމަވައިފިނަމަ އެފައިސާ ދައްކަން
އެއްބަސްވާ ކަމަށް ޙުސައިން ޙަލީމު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް 2004 ޑިސެމްބަރު 15
ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
(ރ) ޢަބްދުލްޙަކީމު ޔޫސުފްގެ އެއްބަނޑު އެއްބަފާ މީހެއް ކަމަށްވާ ޙުސައިން ޙަލީމު ދޯންޏެއް
ބަނުމަށްޓަކައި އޮޑިހަރުގެ ވަޅެއް ހޯދުމަށް ހދ. ނައިވާދޫ އޮފީހަށް ސިޓީއެއް ލާފައިވާތީ، ޙުސައިން ޙަލީމު
އެދުނު އެދުމުގެ މަތީން ނައިވާދޫ އޮފީހުން ދޫކުރެއްވި އޮޑިހަރުގެ ވަޅު ދޫކުރުމުގެ އެގްރީމެންޓްގައި
ޙުސައިން ޙަލީމު ރަށުގައި ނެތުމުގެ ސަބަބުން ޙުސައިން ޙަލީމުގެ ބަދަލުގައި ޢަބްދުލްޙަކީމު ޔޫސުފް
ސޮއިކޮށްފައިވާނެ ކަމަށާއި، ހަރުގެވަޅު ހޯދުމުގެ މަސައްކަތް ޙުސައިން ޙަލީމުގެ އެދުމުގެ މަތީން ކުރީ
ޢަބްދުލްޙަކީމު ޔޫސުފް ކަމަށް މިމައްސަލައާއި ގުޅިގެން ހދ. ކުޅުދުއްފުށިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޢަބްދުލްޙަކީމު ޔޫސުފް 2007 ޖުލައި 09 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
(ބ) ހދ. ނައިވާދޫ ހުޅަނގު ފަރާތު އަތިރިމަތީން (ދިލްބަހާރު ގޯޅި އުތުރުން 1 ވަނަ) 35 ފޫޓް
100 ފޫޓް ގެ ބިމެއް 1999 ނޮވެމްބަރު 14 ވަނަ ދުވަހު ދޫކޮށްފައިވާ ކަމާއި، ހަރުގެވަޅު އަޅާ ފަރާތުން
ހަރުގެވަޅު ބޭނުން ކުރަންވާނީ އޮޑިދޯނި ފަހަރު ބަނުމަށް ކަމަށާއި، ހަރުގެ ގިނަވެގެން ބެހެއްޓޭނީ 2001
ނޮވެމްބަރ 14 ވަނަ ދުވަހުގެ ނިޔަލަށް 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަން، 14 ނޮވެމްބަރ 1999
ގައި ސޮއި ކުރެވިފައިވާ ނަންބަރު 51992-B ހދ. ނައިވާދޫން އޮޑިހަރުގެ އަޅާނެ ބިން ދޫކުރުމާއި ބެހޭ
އެގްރީމެންޓު“ ގައި ބަޔާން ވެފައިވާއިރު؟
އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި އަޅާފައިވާ ހަރުގޭގެ މުއްދަތު ހަމަވުމަށްފަހު ފުރަތަމަ 3
މަސް ދުވަހަށް އަކަފޫޓަކަށް 25 ލާރި އަދި 3 މަސް ހަމަވުމުން އަކަފޫޓަކަށް 50 ލާރި މަގުން ދައްކަން
ޖެހޭނެ ކަމަށް ބަޔާންކޮށް އިސްވެ އިޝާރާތް ކުރެވުނު ނަންބަރު 5
/
99
/
2-B އެގްރީމެންޓަށް 2001
ފެބުރުއަރީ 26 ވަނަ ދުވަހު މާއްދާއެއް އިތުރު ކުރެވިފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
4
2008/HC-A/132
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ޅ) އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށް ބަލާއިރު، ޙުސައިން ޙަލީމު އޮޑިހަރުގެ ވަޅެއް
ބޭނުންވެގެން ހދ. ނައިވާދޫ އޮފީހަށް ސިޓީއެއް ފޮނުވިކަން ޙުސައިން ޙަލީމުގެ ބަހުން އެނގޭކަމާއި،
ޙުސައިން ޙަލީމު އެދުނު އެދުމުގެ މަތީން ނައިވާދޫ އޮފީހުން ދޫކުރެއްވި އޮޑިހަރުގެ ވަޅު ދޫކުރުމުގެ
އެގްރީމެންޓްގައި ޙުސައިން ޙަލީމު ރަށުގައި ނެތުމުގެ ސަބަބުން ޙުސައިން ޙަލީމުގެ ބަދަލުގައި ޢަބްދުލްޙަކީމު
ޔޫސުފް ސޮއިކޮށްފައިވާކަން ޢަބްދުލްޙަކީމު ޔޫސުފްގެ ބަހުން އެނގެން އޮތް އިރު، ނައިވާދޫ އޮފީހުން ދޫކުރި
މި އޮޑިހަރުގެ ވަޅުގައި ބަނދެފައިވަނީ ޙުސައިން ޙަލީމުގެ އޮޑިއެއްކަން ޙުސައިން ޙަލީމް އާއި
ޢަބްދުލްޙަކީމު ޔޫސުފް އާއި ދެމީހުންގެ ބަހުން އެނގެން އޮވެފައި، ނައިވާދޫ އޮފީހުން ދޫކުރި އޮޑިހަރުގެ
ވަޅުގެ މަންފާ ޙާޞިލުކުރެވިފައިވަނީ ޙުސައިން ޙަލީމަށް ކަން ޝަރީޢަތަށް ސާބިތު ވާއިރު، މުޤާބިލަކާއި
ނުލައި މަންފާއެއް ޙާޞިލު ކުރުމަކީ، ނުޙައްޤު ފައިދާއެއް ލިބިގަތުން ކަމަށްވުމާއިއެކު، އޮޑިހަރުގެ އެޅުމަށް
އެއްވެސް ކުއްޔަކާއި ނުލައި ދެވުނު 2 އަހަރު ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ފާއިތު ވެފައިވާ ދުވަސް
ތަކަށް ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އެއްބަސްވެފައިވާ ފައިސާއަކީ އެގްރީމެންޓާއި އެއްގޮތަށް ހދ.
ނައިވާދޫ އޮފީހަށް ލިބިދޭންޖެހޭ ފައިސާއެއް ކަމާއި، އެފައިސާ، ހަރުގެވަޅުގެ މަންފާ ޙާޞިލު ކުރި މީހެއްގެ
ހައިސިއްޔަތުން ދައްކަންޖެހޭ ފަރާތަކީ ޙުސައިން ޙަލީމުކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ފަނޑިޔާރުން ދެކެއެވެ.
މާ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން ބުނެވުނު ގޮތަށް
ހުރުމާއިއެކު، ހދ. ކުޅުދުއްފުށިކޯޓްގެ ނަންބަރު 2007/B12C/58 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި
ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
/ރ(
und
ޙަމީދު
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްރަފް
(ފަނޑިޔާރު)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv