ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/96 ޤަޟިއްޔާގެ ޙުކުމް
1
2p13/HC-A/9(
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 96/HC
-
A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު ޙަމީދު
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 7471
* އައި.ޑީ.ކާރޑް ނަންބަރު: A025948
މިހާރުގެ އެޑްރެސް: ގ.ޑެއިލީވޯކް / މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ހުށަހެޅުނު ތާރީޚް: 11 މާރޗް 2013
ނިމުނު ތާރީޚް: 23 ޖުލައި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2012/Cr
-
C/340
* ކޯޓު: ކްރިމިނަލް ކޯޓު
ނިންމެވި ތާރީޚް: 24 އޮކްޓޯބަރ 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނނގުން، ތީމުގޭ ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 33147
އީމެއިލް ، ވެބް ސައިޓް:
www.highcourt.gov.my [email protected]
ދިވެހިރާއްޖެ
f
ޤަޟިއްޔާ ނިމުނު ގޮގ މުސް
213; HA
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/340 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އެދި ދަފްތަރު ނަންބަރު 7471 ! މުޙައްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދަފްތަރު ނަންބަރު 7471 ! މުޙައްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
7
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މ.މ.ޝް ދަފްތަރު ނަންބަރު 7471
ވީ މުޙައްމަދު ޙަމީދު
އިތުރު 7 (ހަތެއް) މީހަކާއެކު 19 މާރޗް 2012 ދުވަހު 10:30 އެހާކަންހާއިރު، ސޯސަންމަގުގައި ހުންނަ
ވީލްޓީވީ ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގައި ވިލާޓީވީގެ ޢިމާރާތަކާއި، ވިލްޓީވީގެ ސެކިއުރިޓީ
ބަލަހައްޓަންތިބި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ މީހުންނާ ދިމާލަށް ގައު އުކާ ވިލްޓީވީގެ
ޢިމާރާތަށް ގެއްލުންދޭން އުޅެފައިވާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި
ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316171
އީމެއިލް: [email protected] ވެބް ސައިޓް: www.liighcourt.gov.mv
3
ނިމުނު ގޮތުގެ ޚުލާ
2i33/HC-A/96
އެމާއްދާގެ (ބ) ގެ ދަށުން އެ 8 (އަށެއް) މީހުންގެ މައްޗަށް މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ
ކުށުޤު ދަޢުވާ ކުރުމުން ބެލެލު
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި މުޙައްމަދު ޙަމީދުގެ މައްޗަށް ޙުކުމްކުރައް
ޙުކުމްކުރައްވާފައިވަނީ މުޙައްމަދު ޙަމީދުގެ
މައްޗަށް ދަޢުލަތުން ކުޅަ މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން
19 މާރޗް 2012 ދުވަހު 10:30 އެހާކަންހާއިރު، އިތުރު ބަޔަކާއެކު ސޯސަންމަގުގައި ހުންނަ ވިލާޓީވީ
ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގައި ވިލްޓީވީގެ ޢިމާރާތަށާއި، ވިލާޓީވީގެ ސެކިއުރިޓީ ބަލަހައްޓަންތިބި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ މީހުންނާ ދިމާލަށް ގައު އުކާ ވިލްޓީވީގެ ޢިމާރާތަށް
ގެއްލުންދޭން އުޅުނުކަމަށް އިންކާރުކުރާއިރު، މުޙައްމަދު ޙަމީދު ވިދާޓީވީއަށް ގައުއުކާފައިވާކަން ހެކިންގެ
ހެކިބަހުން ޝަރީއަތަށް ސާބިތުވާހިނދު، މުޙައްމަދު ޙަމީދު އިތުރު ބަޔަކާ ބައިވެރިވެގެން ވިލާޓީވީގެ
ޢިމާރާތަށް ގަލާއި އެހެނިހެން ތަކެތި އުކުމުގެ ސަބަބުން އެ ޢިމާރާތަށް ގެއްލުން ލިބިފައިވާކަން ޝަރީޢަތަށް
ހުށަހެޅިފައިވާ ވީޑިއޯތަކާއި، ފޮޓޯތަކުން ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި،
ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ)ގެ
ދަށުން މުޙައްމަދު ޙަމީދު މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް
ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތުގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން
މ.މ.ދ ދަފްތަރު ނަންބަރު | 7471 މުޙައްމަދު ޙަމީދު 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް
ލުމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމަވެ.
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދަފްތަރު ނަންބަރު 747 | މުޙައްމަދު ޙަމީދުގެ ފަރާތުން 04 (ހަތުރެއް)
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3328029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް Www.highcourt.gov.mv
4
ޤަދބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
213/HC-Apr
4 22
e އ
ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި;-
340/Cr-C/2012
(ހ) ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ މުޙައްމަދު ޙަމީދުގެ މައްޗަށް 7 އަހަރު ދުވަހުގެ ޙުކުމެއް ކުރައްވާފައިވަނީ ހެކިންގެ
ހެކިބަހުންނާއި، ހުށަހެޅިފައިވާ ވީޑިއޯއާއި، ފޮޓޯތަކުން އެކަން ސާބިތުވާތީކަމަށް، މިޤަޟިއްޔާ ނިމުނު ގޮތުގެ
ރިޕޯޓުގައިއާއި، ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާއިރު މިޤަޟިއްޔާގައި ހެކިބަސްދީފައިވާ މީހުންގެ
ހެކިބަހަކީ ޢަދުލުވެރި އަދި ސައްޙަ ހެކިބަހެއްކަމުގައި ނުބެލެވޭކަމަށްބުނެ ހުށަހެޅި ނުކުތާ
(ނ) ދެވަނަ ނުކުތާއަކީ: މިމައްސަލާގައި ދަޢުވާ ސާބިތުވުމުގެ ސަބަބަކީ ހެކިންގެ
ހެކިބަހާއި ހުށަހެޅުނު ވީޑިއޯއާއި، ފޮޓޯތައްކަމަށް ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްވާއިރު މިޤަޟިއްޔާގައި
ލިބިފައިވާ ހެކިންގެ ހެކިބަހުގައި ޝައްކުކުރެވޭ ކަންކަން ހުރުމާއި، ވީޑިއޯ އާއި ފޮޓޯއަކީ އޭގައި ޝައްކު
އުފެދޭ އެއްޗަކަށް ވާއިރު މީގެ މައްޗަށް ބުރަވެ ޙުކުމް ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 51 ވަނަ މާއްދާގެ (އ) އާ މުޅިން ޚިލާފަށް ކުރައްވާފައިވާކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: މިދަޢުވާގައި ހުށަހެޅިފައިވާ ވީޑިއޯއާއި ފޮޓޯއަކީ މުޙައްމަދު
ޙަމީދުގެ މައްޗަށް މިދަޢުވާ ސާބިތުވުމަށް ނަޒަރުކުރެވުނު އެއްޗަކަށް ވީހިނދު، ޝަރީޢަތުން މިތަކެތި
މުޙައްމަދު ޙަމީދަށް ދައްކައި ނުވަތަ ހިއްސާ ކުރައްވާފައިނުވުމަކީ އެކަމަށް ރައްދު ދިނުމަށް އެއްވެސް
ވަރަކަށް ފުރުސަތު ދެއްވުމަކާނުލައި ޝަރީޢަތުން ޢަމަލުކޮށްފައިވާގޮތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ ރޫހާ މުޅިން ޚިލާފަށް ކުރައްވާފައިވާކަމެއްކަމުގައި ދެކޭކަމަށްބުނެ
ހުށަހެޅި ނުކުތާ.
¢ ¢¢ 0 0
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޖު ޅިނގުން، ތީމުގޭ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް ] ވެބް :
www.highcourt.gov.my en [email protected]
&
:
5
2(13,IC=A;96
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރ) ހަތަރުވަނަ ކަމަކީ: މިދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 17/2010
(ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ
މާއްދާގެ (ނ)
ދަށުން ކަމަށްވެފައި މިޤާނޫނުގައި މިކުށަށް ކަނޑައަޅާފައިވާ އަދަބަކީ 3 އަހަރާއި 7
އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަމަށްވާއިރު އަދި މިފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި
ޝަރުއީ މިންގަޑެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޕްރެކްޓިސް ކުރަމުން އަންނަނީ މިފަދު އިޚްތިޔާރީ
އަދަބު ކަނޑައެޅިފައިވާ ކުށެއް އެމީހަކު ކުރާ ފުރަތަމަ ފަހަރުކަމުގައިވަނީނަމަ (އެމީހަކު އެކުށަށް އަރައިގަތް
ނިސްބަތަށާއި، އެމީހާގެ ކުށުގެ ރިކޯޑަށާއި، ކުނުގެ ބާވަތަށާއި، ކުށްކުރާ ވެއްޓަށާއި އަދި ކުއްކުރާ މީހާ
ކުށަށް އަރައިގެންފައިވާ ހާލަތަށް ރިޢާޔަތްކޮށް) އެކުނަށް ދެވެން އޮންނަ ލުއި އަދަބު ކަނޑައެޅުންކަމަށް
ވީނަމަވެސް މިޤަޟިއްޔާގައި އެފަދައިން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
4- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދަފްތަރު ނަންބަރު 7471 | މުޙައްމަދު ޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ގޮތުން މުޙައްމަދު ޙަމީދުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
.{
(ހ) ފުރަތަމަ ކަމަކީ، ދަފްތަރު ނަންބަރު 7471 މުޙައްމަދު ޙަމީދުގެ މައްޗަށް
ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި
ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ރުންބުދު ދޮރާނީ، ޚާވެ! ދިވެހިރާއްޖެ، ން: 3325229، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
ހައިކޯޓް
www-highcout.gov nive
6
2[1] 3/HC-A/j{
އެމާއްދާގެ (ބ) ގެ ދަށުން މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުގައި ކުރި ދަޢުވާއެއްކަން
އެނގޭކަމާއި، އެދަޢުވާއަށް މުޙައްމަދު ޙަމީދު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރުމުން، އެދަޢުވާ
ސާބިތުކުރުމަށްޓަކައި ދަޢުލަތުގެ ފަރާތުން ހެކި ހުށަހަޅައި އެހެކިން ޙާޟިރުކޮށް އެމީސްމީހުންގެ ބަސް
ޝަރީޢަތުން ނަންގަވާފައިވާކަން އެނގޭކަމާއި، އެގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން:.
l. ބ. މާޅޮސް | ސަބްރެސްޓް، ޢަލީ ވާފިރު ކޯޕްރަލް . 4660) ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި 19 މާރޗް 2012 ވަނަ ދުވަހު އެމް.ޑީ.ޕީއަށް
ސަޕޯޓްކުރާ ބަޔަކު ވިލްޓީވީ ކައިރިއަށް އެއްވެ، ގަލާއި ބައިސްކަލްފަދަ އެއްޗެހި ވިލްޓީވީގެ ޢިމާރާތަށް
އުކާފައިވާކަމަށާއި، އެދުވަހު ޢަލީ ވާފިރު ހުރީ ވިލްޓީވީ ކުރިމަތީގައި ކަމަށާއި، އެދުވަހު ގާއުކި މީހުންގެ
ތެރޭގައި މުޙައްމަދު ޙަމީދު ހިމެނޭކަމަށާއި، މީހުން އައިޑެންޓިފައިކޮށްފައިވަނީ ކުށުގެ މާހައުލުން ރެކޯޑް
ކުރެވިފައިހުރި ފޮޓޯއާއި ވީޑިއޯ ބަލައިގެންކަމަށާއި، އެދުވަހު މުޙައްމަދު ޙަމީދު އެއްލި ގަލެއްކަން
ޔަޤީންވާކަމަށާއި، އެދުވަހު އެއްވި މީހުން، ފެންފުޅިއާއި، ބައިސްކަލްފަދަ ތަކެތިވެސް އެއްލާފައިވާ ކަމަށް
ބުނެފައިވާކަމާއި،
2- ރ. ރަންގުމާގެ، އިބްރާހީމް ޝަރީފް (ކޯޕްރަލް ސ.ނ.5384) ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، 19 މާރޗް 2012 ދުވަހު ވަރަށް ގިނަ ޢަދަދެއްގެ މީހުން
ވިލާޓީވީ ހިންގާ އިމާރާތަށް ގައު ޢުކިކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި (ދަށު ކޯޓުގެ) އިން މުޙައްމަދު
ޙަމީދަކީ، އެދުވަހު ވިލާޓީވީއަށް ގައު އުކި މީހުންގެ ތެރެއިން މީހެއްކަމަށާއި، ވީޓީވީ އިމާރާތަށް ގައު އުކި
ތަނަށް ވަރަށް ބައިވަރު މީހުން އެއްވެފައި ތިބި ކަމަށާއި، އެއްވެފައި ތިބި މީހުން ތަކުރާރުކޮށް ގައު
އުކާފައިވާކަމަށާއި، މުޙައްމަދު ޙަމީދު ވިދާޓީވީއާ ދިމާލަށް ގައު އުކާފައިވަނީ އެއްވެފައި ތިބި މީހުންގެ
ތެރެއިން ނުކުމެގެން ކަމަށާއި، މުޙައްމަދު ޙަމީދު އެދުވަހު ގައު އުކާފައިވަނީ އޭޑީކޭ އާދިމާގައި ހުރެގެން
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252329، ފެކްސް: 47
331
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.tly
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2(13/HC-A;9
ކަމަށާއި، އެހާދިސާ ހިނގި އިރު، އިބްރާހީމް ޝަރީފް ހުރީ ވިލާޓީވީގެ ދޮރުމަތީގައި ކަމަށާއި، މުޙައްމަދު
ޙަމީދު ވިދާޓީވީއާ ދިމާލަށް އުކީ ގައުކަންވެސް އެނގޭކަމަށް ބުނެފައިވާކަމާއި،
3- ހދ. ކުޅުދުއްފުށީ { ޕައިންސް، އަބޫބަކުރު މޫސާ ކޯޕްރަލް ނ. 4416)
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، 19 މާރޗް 2012 ދުވަހު ވިލާޓީވީ
ކައިރިއަށް މީހުންއެއްވިކަމަށާއި، އެދުވަހުކަންތައް ހިނގާދިޔަ ގޮތުގެ ބަޔާނެއް މޯލްޑިވްސް ޕޮލިސް
ސަރވިސަށް ދީފައިވާނެކަމަށާއި، އެބަޔާނަކީ އެދުވަހު ކަންތައް ހިނގާދިޔަ ގޮތަށް ކިޔާދީފައިވާ ތެދު
ބަޔަނެއްކަމަށާއި، ވިލާޓީވީއަށް ގައުޢުކި މީހުން އައިޑެންޓިފައިކުރީ ޕޮލިހުން ދެއްކި ފޮޓޯސެޓުންކަމަށާއި،
އެދުވަހު ވިލްޓީވީ ދޮށަށް އެއްވެތިބި މީހުން ވިލާޓީވީގެ އިމާރާތާ ދިމާލަށް ގައު އުކިކަމަށާއި، ފުލުސް
އޮފީހުން ދެއްކި ފޮޓޯތަކުން އެކަންކުރި މީހުން ފާހަގަކޮށްފައިވާނެކަމަށާއި، އެދުވަހު އަބޫބަކުރު މޫސާ ހުރީ
ވިލާޓީވީ ދޮރުމަތީގައި ޝީލްޑް ހިފައިގެންކަމަށާއި، އެތަނަށް ގައު އުކަން ފެށީއްސުރެ، ފުލުހުން އެތަނަށް
ދަންދެން ކޮންޓިނިއުސްކޮށް މެދުނުކެނޑި، ވަރަށް ބައިވަރު މީހުން ގައުއުކާފައިވާކަމަށާއި، އެމީހުން ގައު
އުކާފައިވަނީ އޭޑީކޭއާ ދިމާލުން ސޯސަން މަގުގައި ތިބެގެންކަމަށް ބުނެފައިވާކަމާއި،
4- ހއ.ހޯރަފުށި ރަންތަރި، އަޙްމަދު އަޝާދު (ޕްރައިވެޓް ސ.ނ.6286) ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، 19 މާރޗް 2012 ދުވަހު ވިލާޓީވީ ކައިރިއަށް
އެއްވެފައި ތިބި މީހުންނަކީ، އެދުވަހު ސޯސަންމަގު ފުޑްބޭންކް ކައިރިން ފުލުހުން ފަހާލުމުން، ވިލާޓީވީ
ކައިރިއަށް އެއްވި މީހުން ކަމަށާއި، އެމީހުން ވިދާޓީވީއާ ދިމާލަށް ޕޭމަންޓް ގަލާއި ފުޅި ފަދަތަކެތި އުކަމުން
ގެންދިޔަކަމަށާއި، އެދުވަހު މުޙައްމަދު ޙަމީދު ވިދާޓީވީއާ ދިމާލަށް ގައު އުކިތަން ދުށްކަމަށާއި، މުޙައްމަދު
ޙަމީދު އެއްދީ އެއްމެ ގަލެއްކަމަށާއި، އެދުވަހު ވިދާޓީވީ ހިންގާ އިމާރާތަށް ބައިވަރު މީހުން ގާއުކަމުން
ގެންދިޔަކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
ހައިކޯޓް
ދިވެހިރެއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ދޯން: 29(33251 ، ފެކްސް: 331471
އީމެއިލް
ވެބް ސައިޓް: www.highctrt.gov.ITIv
[email protected] on
s
k
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 13/I IC-A/96
މިމައްސަލާގައި ހެކިބަސްދީފައިވާ މީހުންގެ ހެކި ބަރުން މުޙައްމަދު ޙަމީދު ވިލްޓީވީއަށް
ގައު އުކިކަމަށް ހެކިބަސް ލިބޭކަމާއި، އަދި އެދުވަހު އެހާދިސާ ހިނގީ އިރު، މުޙައްމަދު ޙަމީދު ސޯސަން
މަގުން އޭޑީކޭ ކައިރިއަށް ދިޔަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
އެނގޭކަމާއި، މުޙައްމަދު ޙަމީދުގެ އެބުނުމުން ހެކިން ދީފައިވާ ހެކިބަހަށް އިތުރު ބާރެއް ލިބޭކަން
އެނގޭކަމާއި، މިމައްސަލާގައި މުޙައްމަދު ޙަމީދާ ދެކޮޅަށް ހެކިބަސް ދީފައިވާ މީހުންނަކީ ޢަދުލުވެރި
ޗެކިންނޫންކަމަށް މުޙައްމަދު ޙަމީދުގެ ފަރާތުން ބުނިކަމުގައިވީނަމަވެސް، އެހެކިންގެ ކިބައިގައި ޢަދުލުވެރިކަން
ނެތްކަން ޝަރީއަތަށް ދެއްކޭފަދަ ހަރުދަނާ ޝަރުޢީ އަދި ޤާނޫނީ އަސާސެއް މުޙައްމަދު ޙަމީދުގެ ފަރާތުން
ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި
ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ
އެމާއްދާގެ (ބ) ގެ ދަށުން މުޙައްމަދު ޙަމީދު ގެ މައްޗަށް މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުގެ
ދަޢުވާކޮށްފައިވާކަމާއި، މިޤާނޫނުގެ 2 ވަނަ މައްދާގެ (ނ) ގައިވުނީ މިމައްދާގެ (ހ) އާއި (ށ) ގައި
ބުނާފަދަ ކަމެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ނުވަތަ އިންޒާރެއް ދިނުމަކާނުލައި ވިޔަސް އެފަދަ
ކަމެއް ޢަމަލީ ގޮތުން ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެއްކަމާއި، މިމައްދާގެ (ނ) އާއި ހަވާލާދީ
މިމާއްދާގެ (ބ) ގައި ވަނީ މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 3 (ތިނެއް)
އަހަރުދުވަހާއި 7 (ހަތެއް) އަހަރުގެ މުއްދަތަށް ޖަލަށްލުންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދަޢުވާ ހުށަހަޅާ ފަރާތުން ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ
މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ
މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާނީ، މޯލް، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 447
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.r
2013/HC-A1g6
¢¢ ¢ ¢
ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުން ބަޔާންކުރެވިފައިވާކަން
އެނގެން އޮންނަކަމާއި، މިގޮތުން ދަޢުލަތުގެ ފަރާތުން ހުށަހެޅި ހެކިންނާއި ސުވާލުކުރުމުގެ ފުރުސަތު
މުޙައްމަދު ޙަމީދަށް ލިބިފައިވާކަން ހެކިން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ޔާންތަކަށް
ބެލުމުން އެނގޭކަމާއި، އަދި ދަށު ކޯޓުގެ ޤަޟިއްޔާގައި ހުށަހެޅުނު ވީޑީއޯއާއި ފޮޓޯތައް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު އަމީދަށް ލިބިދިނުމުން މުޙައްމަދު ޙަމީދުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން ދައުލަތުން މުޙައްމަދު ޙަމީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި
ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް، އަދި ވީޑިޔޯއާއި ޕޮޓޯއިން ލިބޭ ހެކިތައް ނަފީކުރެވޭ
ފަދަ ހަރުދަނާ އެއްވެސް ކަމެއް ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމާއި، ހުށަހެޅިފައިވާ ވީޑިއޯއާއި
ފޮޓޯއިން ސާބިތުވެފައިވަނީ ވިލާޓީވީ ހިންގާ ޢިމާރާތަށް ގައު އުކިކަމާއި އަދި އެކަމުގެ ސަބަބުން އެއިމާރާތަށް
ގެއްލުން ލިބިފައިވުންކަން ދަށު ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި
ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ބ) ގައި ވަނީ އެމާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުގެ މުއްދަތަށް
އެނގޭކަމާއި، ކުރަން ކަނޑައެޅިފައިވާ އަދަބު ދިނުމުގައި އެކުން ކޮށްފައިވާ ގޮތާއި ހާލަތާއި
އެކުށުގެ ކުޑަބޮޑުމިނާއި، އެކަމުގައި ބައިވެރިވީ މީހުންގެ ޢަދަދާއި، ކުންކުރުމަށް ބޭނުންކޮށްފައިވާ ވަސީލަތަށް
ބަލައި، އަދަބު ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ޤާޟީއަކަށް ލިބިފައިވާ ބާރެއްކަން އެނގޭއިރު،
މިމައްސަލާގައި ހިމެނޭ ކުށުގެ ޢަމަލު ހިންގުމަށް މުޙައްމަދު ޙަމީދު އުޅެފައިވަނީ ދުވާލުގެ ވަގުތެއްގައި
މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގިނަ ބަޔަކާ
ބައިވެރިވެގެން ކަމަށް ޤަބޫލުކުރެވޭކަމާއި، މިފަދަ ނުރައްކާތެރި އަމަލެއް ކުރާ މީހެއްގެ މައްޗަށް ޤާނޫނުގައި
ބުނާ އެންމެ ބޮޑު އަދަބެއް ކަނޑައެޅުމަކީ އެކަމަށް ޤާނޫނު ހުރަސް އަޅާ ކަމެއްކަމަކަށް ޤަބޫލުނުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 7 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 029]3325، ފެކްސް: 1291
33
އީމެއިލް: infofilhigllcourt.gov.lans ވެބް ސައިޓް: www.highcourt.gov.mv.
10 ޤާ ޞއޯޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/[C-A96
ވީމާ، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ދަފްތަރު
ނަންބަރު 7471 މުޙައްމަދު ޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަން އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ
ބށް
ނެތްކަމަށެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr
-
C/340 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމްކުރީ
l
مااها
4
ޢަބްދުއްރައޫފުޤާއިބްރާހީމް
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
(ފަނޑިޔާރާ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަދު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް:3316471
އީމެއިލް:
ވެބް ސައިޓް: www.highcourt.gov.mv
[email protected]