ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 25/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޝިފާޒާ އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A143865
*
ދާއިމީ އެޑްރެސް: ރަންކޮކާގެ/ ވ. ފުލިދޫ
މިހާރުގެ އެޑްރެސް: ރަންކޮކާގެ/ ވ. ފުލިދޫ
*
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފެލިދެއަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާ
ދާއިމީ އެޑްރެސް: ފުލިދޫ ކައުންސިލުގެ އިދާރާ
މިހާރުގެ އެޑްރެސް: ފުލިދޫ ކައުންސިލުގެ އިދާރާ
ކައުންސިލުގެ ފަރާތުން: ކައުންސިލުގެ ރައީސް ބުޝްރީ މޫސާ
0
ށަހެޅުނު ތާރީޚް: 30 ޖެނުއަރީ 2013
ނިމުނު ތާރީޚް:
ލް: 03 އޮކްޓޯބަރު 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/J1MC/04
ނިންމެވިޓް: ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓު
ހުށަހެޅުނުތާރީޚް: 12-04-2012
ނިމުނު ތާރީޚް: 16-12-2012
0
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
މިއީ، ވ.
ދަޢުވާގެ ޚުލާޞާ
ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/J1MC/04 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ
ރަންކޮކާގެ/ ވ. ފުލިދޫ ޝިފާޒާ
އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއް
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ފެލިދެއަތޮޅު ފެލިދޫ ކައުންސިލުގެ އިދާރާ
އެވެ.
4 & ޑޑ
di- ވ.
ފުލިދޫ ރަށު
• ފާހަގަކުރެވުނު ނުކުތްތައް:
ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/J1 MC/04 ޤަޟިއްޔާއަކީ،
ފުލިދޫ ރަންކޮކާގޭގެ ދެކުނުފަރާތުގައި ހުންނަ ރަސްކެފޭ ދެކުނު ފަރާތު އަތިރި މަތިން
ފުލިދޫ
އެކުވެރިންގެ އުފާ ޖަމުޢިއްޔާގެ މަރުކަޒެއް އެޅުމަށް 16 ފެބުރުއަރީ 2012 ދުވަހު ލ.
ކައުންސިލްގެ އިދާރާގެ ފަރާތުން ދޫކޮށްފައިވާ ބިމަކީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ
ޤަވާޢިދުތަކަށް ނުފެތި، އަދި އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ދޫކޮށްފައިވާ ބިމަކަށް ނުވާތިއާއި، ސަރުކާރުގެ
ބިން ދޫކުރުމުގެ ސިޔާސަތާއި ފުށުއަރާގޮތަށް ދޫކޮށްފައިވާ ބިމަކަށްވުމާއި، މިބިން ދޫކުރުމުގައި ސަރުކާރާއި
ގުޅުންހުރި އެއްވެސް އިދާރާއެއްގެ ހުއްދަ ލިބުމަކާ ނުލައި، އަދި • ވ. އަތޮޅު އަތޮޅު ކައުންސިލުން އެބިން
މިސަރަޙައްދުން ދޫނުކުރުމަށް ރަށު ކައުންސިލަށް އަންގާފައިވަނިކޮށް އެބިން އެތަނުން ދޫކޮށްފައިވުމާއި،
މިގޮތަށް ވ. ފުލިދޫ ރަށުކައުންސިލުގެ އިދާރާއިން ޢަމަލުކުރުމުން ޝިފާޒާ އިބްރާހީމް އާއި ޝިފާޒާ
އިބްރާހީމްގެ ޢާއިލާގެ ޙައްޤުތަކެއް ގެއްލިގެން ދިއުމާއި އެބިން އެސަރަޙައްދުން ދިނުމުން އެބިމުގައިވާ 2
ރުއް ފިޔަވައި އެހެން ހުރިހާ ރުއްގަހަކީ ޝިފާޒާ އިބްރާހީމްގެ ޢާއިލާގެ ރުއްގަސްކަމަށްވާތީ އާއި، އަދި
މިބިން އެސަރަޙައްދުން ދޫކުރުމުގައި ތިމާވެށީގެ ގޮތުން ރަށާއި ސަރަޙައްދަށް ލިބިދާނެ ގެއްލުން އެގޭވަރުގެ
އެއްވެސް ދިރާސާއެއް ކޮށްފައިނެތުމާއި، މިސަރަޙައްދުގައި މިހާރު ހުރި ބޮޑެތި ރުއްގަސް ކެޑުމުން
މިސަރަޙައްދު އާދަޔާ ޚިލާފަށް ގިރާގެން ހިނގާދާނެ ކަމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރެވޭތީ، މިބިމަކީ
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާޢިދުތަކާއި، އުޞޫލުތަކާއި ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަމަށް
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
ޝަރީޢަތުގެ ފަރާތުން ކަނޑައަޅައި ދިނުމަށް އެދި، ވ. ފުލިދޫ ރަންކޮކާގެ ޝިފާޒާ އިބްރާހީމް ވ. ފުލިދޫ
މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [ދެންފަހެ އިސްވެދިޔަ ބަޔާންތަކަށާއި،
ހުށަހަޅާފައިވާ ލިޔުންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކަށް ޝަރީޢަތުން ނަޒަރުކޮށް ބެލި ބެލުމުން ވ.
ފުލިދޫ ރަންކޮކާގެ ދެކުނު ފަރާތުގެ އަތިރިމަތީން (ރަސްކެފޭގެ ދޮރުމަތިން) ވ. ފުލިދޫ ރަށު ކައުންސިލްގެ
އިދާރާއިން މިރަށު އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް 16 ފެބުރުއަރީ 2012 ވަނަ
ދުވަހު ދޫކޮށްފައިވާ ބިމަކީ މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީގެ ޤަވާޢިދުތަކަށް ނުފެތި، އަދި އެ
އޮތޯރިޓީގެ ހުއްދަ ލިބުމަކާނުލައި ދޫކޮށްފައިވާ ބިމަކަށްވާތީ އާއި، ސަރުކާރުގެ ބިން ދޫކުރުމުގެ ސިޔާސަތާއި
ފުށުއަރާ ގޮތަށް ދޫކޮށްފައިވާ ބިމަކަށްވުމާއި، މިބިން ދޫކުރުމުގައި ސަރުކާރާއި ގުޅުން ހުރި އެއްވެސް
އިދާރާއެއްގެ ހުއްދަ ލިބުމަކާއި ނުލައި، އަދި ލ. އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން މިބިން
އެސަރަޙައްދުން ދޫނުކުރުމަށް ރަށުކައުންސިލްގެ އިދާރާއަށް އަންގަވާފައިވަނިކޮށް އެބިން އެތަނުން ދޫކުރުމުން
ޝިފާޒާ އިބްރާހީމްގެ އާއިލާގެ ގިނަ ރުއްގަސްތަކެއް އެބިމުން ކެނޑިގެން ދާތީ މިކަމުގެ ސަބަބުން ޝިފާޒާ
އިބްރާހީމްގެ އާއިލާގެ ޙައްޤުތަކެއް ގެއްލިގެންދާތީ އާއި، މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީން
އެކުލަވާލައްވާފައިވާ ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދު 12.2 ގައިވާ މިންތަކަށް ނުފެތޭ
ބިމެއްކަމަށް ބުނެ މިބިމަކީ ބުނެވިދިޔަ ޤާނޫނާއި ޤަވާޢިދުތަކާއި އުޞޫލުތަކާއި ޚިލާފަށް ދޫކޮށްފައިވާ
ބިމެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ވާއިރު، މިދަޢުވާއާއި ގުޅިގެން
ދެފަރާތުން ޝަރީޢަތުގެ މަޖްލީހަށް ދީފައިވާ ބަޔާންތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށާއި، 16 ފެބުރުއަރީ
2012 ވަނަ ދުވަހު ރަށުކައުންސިލްގެ އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ވ. ފުލިދޫ
ރަންކޮކާގެ ދެނުނު ފަރާތުގެ އަތިރިމަތީން (ރަސްކެފޭ ދޮރުމަތީން) ދޫކޮށްފައިވާ ބިމަކީ (މޯލްޑިވްސް ލޭންޑް
ސާރވޭ އޮތޯރިޓީގެ) އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން 2005 ޖުލައި
ގައި އެކުލަވާލައްވާފައިވާ، ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ ”ބިން
ބޭނުންކުރާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމުގައި ބޭނުންކުރާނެ މިންގަނޑުތައް މިސުރުޚީގެ ދަށުގައިވާ“
ތިމާވެށި ރައްކައުތެރިކުރާ ސަރަޙައްދުގެ 12.2 ގެ ހ ގައިވާ މިން މި ބިމުގައި ހަމަވޭތޯ ޝަރީޢަތުގެ
cu.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
ފަރާތުންނާއި، ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތުގެ އެއް ޙާޟިރުގައި މިން އެޅުމުން މޯލްޑިވްސް
ލޭންޑް ސާރވޭ އޮތޯރިޓީ އިން ރަށުކައުންސިލްގެ އިދާރާއަށް މިބިން ދޫކުރުމަށް ހުއްދަ ދެއްވާފައިވާ ޗާޓާއި
އެއްގޮތަށް ރަންކޮކާގެ ދެކުނު ފަރާތުން (ރަސްކެފޭގެ ދޮރުމަތިން) އިން ވެގެން އެކުވެރިންގެ އުފާ
ޖަމްޢިއްޔާގެ އިދާރީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ބިމުގެ އުތުރުން 10 ފޫޓް މަގެއް ނެގުމަށްފަހު މަގާއި
އިންވެގެން ދެކުނުން އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒު އެޅުމަށް 1400 އަކަފޫޓްގެ ބިން
(28*50) ނެގުމަށްފަހު އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ ބިމުގެ ދެނުކުން 15 ފޫޓްގެ މަގު (ހޭޅިއާއި
އިންވެގެން އޮންނަ މަގު) ނެގުމަށްފަހު ރާޅުޖަހާ ހިސާބުން ފެށިގެން އެއްގަމަށް (15 ފޫޓްގެ މަގާ ހަމައަށް)
ހުޅަނގު ކޮޅުގައި 78 ފޫޓް ހުރުމާއި، ބިމުގެ އިރުމަތީ ކޮޅު ރާޅުޖަހާ ހިސާބުން ފެށިގެން އެއްގަމަށް (15
ފޫޓްގެ މަގާހަމައަށް) 74 ފޫޓް ހުރުމުން ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ
”ތިމާވެށި ރައްކާތެރިކުރާ ސަރަޙައްދުގެ 12.2 ގެ ހ ގައިވާ“ މިން 200 މީޓަރ ނުވަތަ 65 ފޫޓް)
ހަމަވާތީ މި ބިން ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ވ. ފުލިދޫ
ކައުންސިލްގެ އިދާރާއިން 16 ފެބުރުއަރީ 2012 ގައި ޙަވާލުކޮށްފައިވާ ބިމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް
ދޫކޮށްފައިވާ ބިމެއްކަން ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަން
ވ. ފުލިދޫ ރަންކޮކާގެ ޝިފާޒާ
އިބްރާހީމަށް އަންގާ ޙުކުމްކޮށް މިމައްސަލަ ނިންމީއެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
CCCXO
cu.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/J1MC/04 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ޝިފާޒާ އިބްރާހީމްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް 07 (ހަތެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން،
• ފުރަތަމަ ނުކުތާއަކީ: ފުލިދޫ ކައުންސިލް އިދާރާއިން ފުލިދޫ އެކުވެރިންގެ އުފާ
ޖަމްއިއްޔާއަށް ބިންދިނުމުގައި ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ 2 ވަނަބައިގެ 12.2
.1
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
.
އާއި، ޚިލާފް ވެފައިވާކަން އެނގެން އޮތްއިރު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު
2012/J1
-
MC/04 މައްސަލަ ނިންމުމުގައި އިސްވެ ދެންނެވުނު މާއްދާގައި ބަޔާންކޮށްފައިވާ މިންތައް
ހަމަވާކަމަށް ކަނޑައަޅައި، އެކަމާގުޅޭ އިތުރު އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއްގެ މާއްދާއަކަށް ރިޢާޔަތް
،ރުމެއްނެތި ހަމައެކަނި އެނުކުތާގެ މައްޗަށް މުޅި މައްސަލަ ނިންމާ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ފުލިދޫ ކައުންސިލްގެ އިދާރާއިން ފުލިދޫ އެކުވެރިންގެ ޖަމްއިއްޔާއަށް
ދޫކޮށްފައިވާ ބިމަކީ މޯލްޑިވްސް ލޭންޑް އެން ސާރވޭ އޮތޯރިޓީން ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާ
ހިންގުމުގެ ޤަވާއިދުގައިވާ ފަދައިން ހޭޅިފަށާއި، އެބިމާ ދެމެދު ހުންނަންޖެހޭ މިންހަމަވާ ބިމެއްތޯ ވ. ފުލިދޫ
މެޖިސްޓްރޭޓް ކޯޓުގެ ޙާޟިރުގައި ފުލިދޫ ކައުންސިލްގެ އިދާރާއިން ބެލި ބެލުމުގައި ބިމާ ހޭޅިފަށާ
ދެމެދުގައި ހުރި ކަމަށް ވ. ، ފުލިދޫ ކައުންސިލްގެ އިދާރާގެ ސިޓީ ނަންބަރު 2012
/
17//A
/
JIMC-357
(09 އޮކްޓޫބަރ 2017) އާއި އެކު ފޮނުވާފައިވާ ޗާޓްގެ މިންތަކާއި، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ
ޤަޟިއްޔާ ނަންބަރު 2012/J1MC/04 ގެ މައްސަލާގެ ޙުކުމްގައިވާ މިންތަކާއި، ދިމާނުވާތީ ރަނގަޅު
މިނަކީ ކޮބައިކަން ކަށަވަރުވާން ނެތުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ފުލިދޫ ކައުންސިލް އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ
ޖަމްއިއްޔާއަށް ބިން ދިނުމުގައި "ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިންކަނޑައެޅުމުގައި ބަލަންވީ
މިންގަނޑުތައް" މި ސުރުޚީގެ ދަށުން ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1
ގެ 10 ވަނަ މާއްދާ (އަލަށްހެދޭ މަގުތަކާއި ގޯޅިތައް) ގެ 10.1 އާއި ޚިލާފުވެފައިވާކަން އެނގެން
އޮތްއިރު، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ނަންބަރު
ޚަބަރު 2012/J1MC/04 މައްސަލަ
ނިންމުމުގައި އެމާއްދާއަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ފުލިދޫ ކައުންސިލް އިދާރާއިން ފުލިދޫ އެކުވެރިންގެ އުފާ
ޖަމްއިއްޔާއަށް ބިންދިނުމުގައި 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާއުތެރި ކުރުމާބެހޭ ޤާނޫނު) ގެ ދަށުން
ހެދިފައިވާ، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާ
ބެހޭ ޤަވާއިދުގެ 3 ވަނަމާއްދާގެ (ހ) އާއި ޚިލާފުވެފައިވާކަން އެނގެން އޮތްއިރު، ވ. ފުލިދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
ޑ 8
2
އެއްވެސް
ކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/J1MC/04 މައްސަލަ ނިންމުމުގައި އެކަމުގެ މައްޗަށް
ވަރަކަށް ބަލާފައި ނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ފުލިދޫ ކައުންސިލް އިދާރާއިން ފުލިދޫ އެކުވެރިންގެ އުފާ
ޖަމްއިއްޔާއަށް ބިން ދިނުމުގައި 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާއުތެރި ކުރުމާބެހޭ ޤާނޫނު) ގެ 4
ވަނަ މާއްދާގެ ދަށުން ހެދިފައިވާ، ޤުދުރަތީ އަދި ޠަބީޢީގޮތުން ދެމެހެއްޓުމަށްޓަ
ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައިހުރި
ދުވަސްވީ ގަސްގަހާގެހި ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ޤަވާއިދުގެ 3 ވަނަމާއްދާގެ (ނ) އާއި ޚިލާފް
ވެފައިވާކަން އެނގެން އޮތްއިރު ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/J1MC/04
މައްސަލަ ނިންމުމުގައި އެކަމުގެ މައްޗަށް އެއްވެސް ވަރަކަށް ބައްލަވާފައި ނުވާ ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކު
ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ވ. ފުލިދޫ ކައުންސިލް އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްއިއްޔާއަށް
ބިން ދިނުމުގައި 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަމާއްދާގެ (ހ) އާއި އެމާއްދާގެ
(ށ) އާއި ޚިލާފްވެފައިވާކަން ސާފުކޮށް އެނގެން އޮތްއިރު، އެކަމުގެ މައްޗަށް އެއްވެސް ވަރަކަށް ރިޢާޔަތް
ކުރުމެއްނެތި ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު
އެބަރު 2012/J1MC/04 މައްސަލަ
ނިންމާފައިވާ ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ: ވ ފުލިދޫ ކައުންސިލް އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ
ޖަމްޢިއްޔާއަށް ބިން ދިނުމުގައި ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1
ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާ އާއި އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 250 ވަނަމާއްދާގެ (ހ) އާއި ޚިލާފް ވެފައިވާކަން އެނގޭއިރު، ވ. ފުލިދޫ މެޖިސްޓްރޭޓް
ކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/J1MC/04 މައްސަލަ ނިންމަވާފައިވަނީ މިކަމުގެ މައްޗަށް ރިޢާޔަތް
ކުރުމެއްނެތިކަން ސާފުކޮށް އެނގެން އޮތުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ކަމަށް
03- ފ.
ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/J1MC/04 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޝިފާޒާ އިބްރާހީމް ހުށަހަޅާފައިވާ
ހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
.
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ފުލިދޫ ކައުންސިލް އިދާރާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ވ. ފުލިދޫ ތަރައްޤީ ކުރުމަށާއި، ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަކަމާއިއެކު ކަންކަން
ކުރުމަށް މަގުފަހި ކުރުމަށާއި އަސާސީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށާއި ޒުވާނުން ހެޔޮގޮތުގައި
މުޖުތަމަޢުގައި އުޅުމަށް މަގުފަހިކޮށްދިނުމަށާއި، މަހުން މަހަށް ރައްޔިތުންނަށް މަހުކުލީގެ ގޮތުގައި ފައިސާ
ހޯދުމާއި ރަށުގެ މީހުންނަށް ވަޒީފާ ހޯދުމުގެ ފުރުޞަތު ހޯދުމުގެ ބޭނުމުގައި ވ. ފުލިދޫ އިން ބިންތަކެއް
ކުރުމަށް ފެލިދު އަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 357/2011/06 (13 އޮކްޓޫބަރ
2011) ޤަރާރުން ނިންމާފައިވާކަމާއި، އެބިން ތަކުގެ ތެރޭގައި ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ
މަރުކަޒެއް އެޅުމަށް ބިމެއް ދޫކުރުންވެސް ހިމެނިފައިވާކަން އިޝާރާތްކުރެވުނު ޤަރާރުން އެނގެން އޮވެއެވެ.
CCCX
(ނ) ވ. ފުލިދޫ ރަންކޮކާގޭގެ ދެކުނު ފަރާތުގެ އަތިރިމަތީން (ރަސްކެފޭގެ ދޮރުމަތިން)
ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ބިން ދޫކުރުމުގެ ހުއްދަ ދީފައިވާކަން
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަންބަރު 357
/
2012
/
1/VR-431 (12 ފެބުރުއަރީ
2012) ސިޓީން އެނގެން އޮންނަމާއި، އެ ބިން 2012 ފެބުރުއަރީ 16 ވަނަ ދުވަހު ފުލިދޫ އެކުވެރިންގެ
އުފާއާއި ޙަވާލުކުރެވިފައިކަން ފުލިދޫ ކައުންސިލު އިދާރާގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެން އޮންނައިރު، ”ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ
ބިމަކީ، އެރަށުގެ ގޮނޑުދޮށާއި 65 ފޫޓަށްވުރެ ކައިރިން ކަނޑައަޅާފައިވާ ބިމެއް ކަމުގެ ޝަކުވާ
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ހުށަހަޅާފައިވާކަމާއި، ދިވެހިރާއްޖޭގެ ބިނާވެށި
ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިން ދޫކުރާ ސަރަޙައްދާއި ހޭޅިފަށާއި ދެމެދު 65
ފޫޓުގެ ދުރުމިނެއް ބާއްވަންޖެހޭނެ ކަމާއި، ވ. ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ މަރުކަޒު އެޅުމަށް
ދޫކޮށްފައިވާ ބިން އެ މިންގަނޑަށް ނުފެތޭނަމަ، އެބިން ބާތިލްކޮށް އެކަމަށް
Occ
އެކަނފަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
ސަރަޙައްދަކުން ބިން ކަނޑައެޅުމަށްފަހު އަލުން ހުށަހެޅުމަށް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލަށް
އަންގާފައިވާކަން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަންބަރު 357
/
2012
/
2/VR-431 (19
ފެބުރުއަރީ 2012) ސިޓީން އެނގެން އޮވެއެވެ.
.1
.1
(ނ) ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ 12.2 ގެ (ހ) ގައި، ތިމާވެށި
ރައްކައުތެރިކުރާ ސަރަޙައްދެއްގެ ގޮތުގައި ރަށްވަށައިގެން އެންމެ ކުޑަވެގެން 20 މީޓަރުގެ ގަސްހެދިފައިވާ
ބައެއް، މީހުން އުޅޭ ސަރަޙައްދާއި ގޮނޑުދޮށާއި ދެމެދު ބާއްވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަން
އެނގެން އޮންނައިރުގެ
ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ފުލިދޫ ރަންކޮކާގެ ދެކުނު ފަރާތުގެ
އަތިރިމަތީން (ރަސްކެފޭ ދޮރުމަތީން) ދޫކޮށްފައިވާ ބިމުގައި ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ
ޤަވާޢިދުގެ 12.2 ގެ (ހ) ގައި ބަޔާންކުރެވިފައިވާ މިން އެ ބިމުގައި ހަމަވޭތޯ ބެލުމުގެ ގޮތުން
މިމައްސަލައާއި ގުޅިގެން ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން، ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ
ފަރާތުގެ ޙާޟިރުގައި މިން އަޅާފައިވާ ކަމާއި،
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އިން ރަށު ކައުންސިލްގެ އިދާރާއަށް އެ ބިން
ދޫކުރުމަށް ހުއްދަ ދީފައިވާ ޗާޓާއި އެއްގޮތަށް ރަންކޮކާގެ ދެކުނު ފަރާތުން (ރަސްކެފޭގެ ދޮރުމަތިން) އިން
ވެގެން އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ބިމުގެ އުތުރުން، 10 ފޫޓް
މަގެއް ނެގުމަށްފަހު، މަގާއި އިންވެގެން ދެކުނުން، އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒު އެޅުމަށް
1400 އަކަފޫޓްގެ ބިން (28
x
50) ނެގުމަށްފަހު، އެ ބިމުގެ ދެކުނުން 15 ފޫޓްގެ މަގު (ހޭޅިއާއި
އިންވެގެން އޮންނަ މަގު) ނެގުމަށްފަހު، ރާޅުޖަހާ ހިސާބުން ފެށިގެން އެއްގަމަށް (15 ފޫޓްގެ މަގާ
ހަމައަށް) ހުޅަނގު ކޮޅުގައި 78 ފޫޓް ހުރިކަމާއި، ބިމުގެ އިރުމަތީ ކޮޅު ރާޅުޖަހާ ހިސާބުން ފެށިގެން
އެއްގަމަށް (15 ފޫޓްގެ މަގާ ހަމައަށް) 74 ފޫޓް ހުރިކަން ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު2012/J1MC/04 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއިގެ
ou oo
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
އެހެން ކް
ންކަމުން ވ.
. ފުލިދޫ ކައުންސިލް އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް
ބިންދިނުމުގައި ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ 12.2 އާއި ޚިލާފް ވެފައިވާކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ގެ
(ރ) ވ. ފުލިދޫ ކައުންސިލް އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ބިން
ދިނުމުގައި "ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިންކަނޑައެޅުމުގައި ބަލަންވީ މިންގަނޑުތައް" މި
ސުރުޚީގެ ދަށުން ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1 ގެ 10 ވަނަމާއްދާ
(އަލަށްހެދޭ މަގުތަކާއި ގޯޅިތައް) ގެ 10.1 އާއި ޚިލާފުވެފައިވާކަން އެނގެން އޮތްއިރު،
މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ނަންބަރު 2012/J1MC/04 މައްސަލަ ނިންމުމުގައި އެމާއްދާއަށް
ރިޢާޔަތްކޮށްފައި ނުވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1
10.1 ގައި
ބުނެފައިވަނީ މީހުންދިރިއުޅޭ ސަރަޙައްދުތަކުގައި އަލަށް ހެދޭ މަގުތަކުގެ ފުޅާމިނުގައި އެންމެ ހަނިވެގެން 6
7.5 މީޓަރު (20 - 25 ފޫޓު) ހުންނަންވާނެ ކަމާއި، ވ. ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ މަރުކަޒު
އެޅުމަށް ދޫކޮށްފައިވާ ބިމަށް ބަލާއިރު އެބިން ދޫކޮށްފައިވާ އެސަރަޙައްދުގައި ރަންކޮކާގެ
ރަންކޮކާގެ ދެކުނު ފަރާތުން
(ރަސްކެފޭގެ ދޮރުމަތިން) ކުރިން ހެދިފައިވާ މަގެއް އޮންނަ ކަމާއި، އެމަގަކީ (ރ. ހިޔާ އާއި މޫނިމާގެ އާއި
ދެމެދު އޮންނަ) ޖަނަވަރީ މަގުކަމާއި، އެމަގުގައި ހިޔާ ހުންނަކަމާއި އެ ޢިމާރާތަކީ ކުރިންވެސް
މިމައްސަލައިގާ އިޝާރާތްކުރެވޭ ބިން ދޫކުރުމުގެ ކުރިންވެސް ހުންނަ ޢިމާރާތެއްކަން މިމައްސަލައާއި
ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމާއި، އަދި ހަމަ އެހެންމެ ރ. ހިޔާއާއި އިންވެގެން
އިޖުތިމާޢީ މަރުކަޒެއް އެޅުމަށް ބިމެއް ކަނޑައެޅިފައިވާކަން ރަށުގެ ޗާޓަށް ބެލުމުން އެނގެން އޮންނަކަމާއި،
ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ބިމާއި ރަސްކެފޭ އާއި ދެމެދުގައިވާ
(ޖަނަވަރީ މަގު މަގަކީ އަލަށް ހެދިފައިވާ މަގެއްކަމަށް ބެލެވެން ނެތްކަމާއި، އެހެން ކަމުން އެބިން
ދޫކުރުމުގައި އެ މަގުގައި ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1 ގެ 10.1
މިޙާލަތުގައި ތަޠުބީޤްވާނެ ކަމަށް ބެލެވެންނެތްކަމާއި،
OCOCCC
ދީވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
253 0 4 6
ޕްލިންކުރުމު
އިޝާރާތްކުރެވުނު 1400 އަކަފޫޓްގެ ބިން (28
x
50) ނެގުމަށްފަހު، އެ ބިމުގެ ދެކުނުން
15 ފޫޓްގެ މަގު (ހޭޅިއާއި އިންވެގެން އޮންނަ މަގު) ނެގުމަށްފަހު، ރާޅުޖަހާ ހިސާބުން ފެށިގެން އެއްގަމަށް
(15 ފޫޓްގެ މަގާ ހަމައަށް) ހުޅަނގު ކޮޅުގައި 78 ފޫޓް ހުރިކަމާއި، ބިމުގެ އިރުމަތީ ކޮޅު ރާޅުޖަހާ
ހިސާބުން ފެށިގެން އެއްގަމަށް (15 ފޫޓްގެ މަގާ ހަމައަށް) 74 ފޫޓް ހުރިކަން އެނގެން އޮންނައިރު،
އިޝާރާތްކުރެވުނު ބިމުގެ ދެކުނުން އަލަށް މަގެއް ހަދާކަމުގައި ބަލާއިރު، ރާއްޖޭގެ ބިނާވެށި
ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1 ގެ 10.1 ގައި ބުނެފައިވާ މަގުގެ ފުޅާމިނުގައި ހަނިވެގެން
20 ފޫޓް ހުންނަންޖެހޭނެ ކަމާއި، އެގޮތުން އެމަކަށް 20 ފޫޓް ހަމަކުރުމަށް ފަހު އެމަގުގެ ދެކުނުން،
ރާޅުޖަހާ ހިސާބުން ފެށިގެން އެއްގަމަށް ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ 12.2 ގެ
(ހ) ގައި ބަޔާންކުރެވިފައިވާ 65 ފޫޓް މިން ހަމަވާކަން އެނގެން އޮންނަކަމާއި،
އެހެން ކަމުން ވ. ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ މަރުކަޒު އެޅުމަށް ކަނޑައެޅިފައިވާ
ބިމަކީ ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ 12.2 ގެ (ހ) އަދި އެޤަވާއިދުގެ
އެނެކްސް 1 ގެ 10.1 އާއި ޚިލާފު ބިމެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
18
.
19
ފުލިދޫ ކައުންސިލް އިދާރާއިން ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް
ބިންދިނުމުގައި 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާއުތެރި ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ،
[ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާ ބެހޭ
ގަވާއިދު” ގެ 3 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުތާއަށް ބަލާއިރު،
އެގަވާއިދުގެ 3 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާގައި ބަޔާންކޮށްފައިވަނީ ރުއްގަހުގެ ތެރެއިން
ކެނޑުމާއި އުމުރުން އަދި ކޮނެގެން ނެގުން މަނާ ބާވަތްތައް ކަމާއި، އެގޮތުން އެމާއްދާގެ (ހ) ގައި ރަށުގެ
ހޭޅިގައި އެންމެ ގޮނޑު ދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަޙައްދުގައި
ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ހިމެނިފައިވާ ކަމާއި، މިމައްސަލައިގާ އިޝާރާތްކުރެވިފައިވާ ބިމަށް
ބަލާއިރު އެބިން ޢައްޔަނުކޮށް ކަނޑައެޅިފައިވަނީ މިމާއްދާގައި ބުނެފައިވާ 15 މީޓަރުގެ ސަރަޙައްދަށްވުރެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
އެއްގަމުންކަން ސާފުކޮށް އެނގެން އޮތުމުން ފުލިދޫ މެޖިސްޓްރޭޓް ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ
”ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާ ބެހޭ
ގަވާއިދު” ގެ 3 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ޅ) ވ. ފުލިދޫ ކައުންސިލް އިދާރާއިން ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ބިން
ދިނުމުގައި 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާއުތެރި ކުރުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން
ހެދިފައިވާ، [ޤުދުރަތީ އަދި ޠަބީޢީގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާ
ގެހި ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ޤަވާއިދު ގެ 3 ވަނަ މާއްދާގެ (ނ) އާއި ޚިލާފު ވެފައިވާއިރު އެކަމަށް
ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ޤަވާޢިދުގެ އެމާއްދާއަށް ބަލާއިރު އެމާއްދާގައި ބަޔާންކުރެވިފައިވަނީ ޙިމާޔަތްކުރެވޭ ގަސްގަހާ
ގެހި ކަމާއި، އެގޮތުން އެ ޤަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ތިމާވެށީގެ ގޮތުން މުހިއްމުކަމުގައި
ފާހަގަކުރެވޭ ގަސްގަހާ ގެހި ހިމެނިފައިވާއިރު އެ އަކުރުގެ 1 ގައި އެގަހެއްހުރި ތަނެއްގެ ސަބަބުން ނުވަތަ
ބޭނުންހިފާ މިންވަރުން ނުވަތަ އެބަހަކާއި ގުޅުންހުރި ތާރީޚީ ނުވަތަ އާޘާރީ
ޙިމާޔަތްކުރެވޭ ގަސްގަހާ ގެހި ހިމަނާފައިވާ ކަމާއި،
ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ދިނުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރީ 07
ރުކާއި، ކުދި 2 ގަސް ހިރުދާއި އަދި ބޮޑެތި 3 ގަސް ހިރުދުކަން ފުލިދޫ ކައުންސިލު އިދާރާގެ
ނަންބަރު 2012/01 (09 ފެބުރުއަރީ 2012) ”ދިރިއުޅުމަށް ގޯތި ދޫކުރުން ފިޔަވާ އެހެނިހެން
ބޭނުންތަކަށް ބިން ދޫކުރެއްވުމުގެ ހުއްދަދިނުމަށް ބޭނުންވާ މަޢުލޫމާތު ފޯމް“ އިން އެނގެން އޮންނަކަމާއި،
އެބިން ކަނޑައެޅިފައިވާ ތަނާއި އަދި އެބިމުގައި ހުރި ރުއްގަހަށް ބެލުމުން ”ޤުދުރަތީ އަދި ޠަބީޢީގޮތުގައި
ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާ ގެހި ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ
ހެއްޓުމާބެހޭ ޤަވާއިދު“
ގެ 3 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް މިމައްސަލަ ނިންމަވާފައިވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
6 ދc
0
6
އ ޤާހއ
މ
ކަމެއްގެ ސަބަބުން
.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
19
34
4 22
(ކ) ވ. ފުލިދޫ ކައުންސިލް އިދާރާއިން ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ބިން
ދިނުމުގައި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި
އެމާއްދާގެ (ށ) އާއި ޚިލާފްވެފައިވާކަން ސާފުކޮށް އެނގެން އޮތްއިރު އެކަމުގެ މައްޗަށް އެއްވެސް ވަރަކަށް
ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރުގެ
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބިމާބެހޭ
ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމާއި އެސިޔާސަތާ
އެއްގޮތްވާ ގޮތުގެ މަތިން އެކި ބޭނުންތަކަށާއި އެކިކަންކަމަށް ބިން އެކަށައަޅައި، އަދި އެ ބިން އެއްބައިން
އަނެއް ބަޔަށް ބަދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވާކަމާއިގެ
ބިން އެކަށައެޅޭ ބޭނުންތަކަކީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމާއި،
އިޤްތިޞާދީ އަދި އިޖުތިމާޢީ ބޭނުންތަކަށާއި، ތިމާވެށި ރައްކާތެރި ކުރުމަށާއި، ދައުލަތުގެ ބޭނުމަށްކަން
ބިމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން އެނގެން އޮންނަކަމާއިގެ
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް އެކަށައަޅާ ބިން ބިން ފިޔަވައި
މިނިސްޓްރީ ތަކާއި ހަވާލުކުރެވޭ ބިން އެ މިނިސްޓްރީއަކުން ދޫކުރަންވާނީ ބިމާބެހޭ ޤާނޫނާއި އެކި
ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި ބިމާބެހޭ ޤާނޫނުތަކުގެ ދަށުން ހަދާ
ގަވާއިދުގައިވާ ގޮތުގެ މަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަށް، އެބިމެއް ދޫކުރެވޭ އެގްރީމެންޓުގައި
މިންކުރެވިފައިވާ ގޮތެއްގެ މަތިންކަމަށް ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ދިނުމަށް ކައުންސިލުން ނިންމާފައިވާ ބިން
ދޫކުރުމުގެ ގޮތުން އެކަމުގެ ހުއްދައަށް އެދި ކަމާބެހޭ މިނިސްޓްރީގެ ކަމާބެހޭ އޮފީހަށް ވ. ފުލިދޫ
ކައުންސިލު އިދާރާގެ ނަންބަރު 2012/01 (09 ފެބުރުއަރީ 2012) ”ދިރިއުޅުމަށް ގޯތި ދޫކުރުން ފިޔަވާ
އެހެނިހެން
ބޭނުންތަކަށް
ބިން ދޫކުރެއްވުމުގެ ހުއްދަދިނުމަށް ބޭނުންވާ މަޢުލޫމާތު ފޯމް، ހުށަހަޅާފައިވާކަން
އެނގެން އޮންނައިރު، އެ ބިން އެފޯމުގައި އިޝާރާތްކުރެވިފައިވާ ގޮތުގެ މަތީން ދޫކުރުމުގައި މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން
އިޢްތިރާޟްނުކުރާކަން އެ އޮތޯރިޓީގެ ނަންބަރު 357
/
2012
/
1/VR-431 (12 ފެބުރުއަރީ 2012)
etc
8 (1
7ވ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
4 * *
ސިޓީން އެނގެން އޮތުމުން، އިޝާރާތްކުރެވުނު ގޮތުގެ މަތިން އިޝާރާތް ކުރެވުނު ބިން ދޫކުރުމަށް
ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ އާއި ރަށު ކައުންސިލް އިދާރާއާއި ދެމެދު އެއްބަސްވެވިފައިވާ ކަން
އެނގެން އޮންނަކަމާއިގެ
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް އެކަށައެޅިފައިވާ ބިންތައް ފިޔަވާ
އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގޮތުން ޤަވާއިދެއް އެކުލަވާލެވިފައިވާ ކަމާއި، އެއީ
”ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް
ބިން ދޫކުރުމާބެހޭ ޤަވާޢިދުކަމާއި، އެ ޤަވާއިދު 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިޢުލާންކުރުމަކާއި
ނުލައި އަދި ބީލަމުގެ އުޞޫލުން ބޭރުން، ކުލަބު ޖަމްޢިއްޔާ ތަކުގެ އިދާރީ މަރުކަޒު އެޅުމަށް ބިން
ދޫކުރެވިދާނެ ކަމާއި، އަދި ހަމައެހެންމެ އެފަދަ ބިންތަކުން ކުލި ނުނަގާގޮތަށްވެސް ދޫކުރެވިދާނެކަމާއިގެ
އިޖުތިމާޢީ ބޭނުންތަކަށް ކުލަބު ޖަމްޢިއްޔާތަކަށް ޙަވާލުކުރެވޭ ބިންތަކުގެ ރަޖިސްޓްރީ
އެފަރާތަކަށް ހަދައިދޭން ވާނެކަމާއި، އެގޮތުން ދޫކުރެވޭ ބިން ކަނޑައެޅޭ މުއްދަތެއްގައި ބޭނުން ނުކުރާނަމަ
ނުވަތަ އެކުލަބެއް ނުވަތަ ޖަމްޢިއްޔާއެއް އުވާލުމުން އެބިންތައް އެފަރާތުން ވަކިކުރެވޭނެ އުސޫލު ކަނޑައަޅާ
ރަޖިސްޓްރީގައި ބަޔާންކުރެވިފައި އޮންނަންވާނެ ކަން، އިޝާރާތްކުރެވުނު ޤަވާޢިދުގެ 4 ވަނަ މާއްދާ އިން
އޮންނަކަމާއި، ކޮންޓްރެކްޓަކީ ނުވަތަ އެއްބަސްވުމަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗެއް
ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން އެނގެން އޮންނަކަމާއިގެ
އެހެންކަމުން އިޖުތިމާއީ ބޭނުންތަކަށް ނުވަތަ ކުލަބު ޖަމްޢިއްޔާތަކުގެ އިދާރީ މަރުކަޒު އެޅުމަށް
ދޫކުރާ ބިން ވަކި މުއްދަތެއް ނެތިވެސް ދޫކުރެވިދާނެކަމާއި، އެބިމެއް ވަކިކުރެވޭނެ ގޮތް އެބިމެއްގެ
ރަޖިސްޓްރީގައި ބަޔާންކުރެވިފައި އޮތުމުން ފުދޭނެކަމާއި، ކުލަބު ޖަމްޢިއްޔާތަކުގެ އިދާރީ މަރުކަޒު އެޅުމަށް
ދޫކުރާ ބިމާ ބެހޭ ގޮތުން ބިމާއި ޢިމާރާތުގެ ރަޖިސްޓްރީގައި ބަޔާންކުރެވިފައިވާ އުޞޫލުތަކަކީ ބިމާބެހޭ
ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ބިން ދޫކުރުމުގައި ވެވޭ އެއްބަސްވުން ކަމަށް ބެލެވޭނެކަމުން ވ. ފުލިދޫ
އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ބިން ދިނުމުގައި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާއި ޚިލާފްވެފައިވާކަމަށް ބެލެވޭނެ ހަމައެއް
ނެތްކަން އެނގެއެވެ.
8 26
34
-
occ
ދިވެހީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
•
CO?
(އ) ވ. ފުލިދޫ ކައުންސިލް އިދާރާއިން ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ބިން
ދިނުމުގައި ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙް
ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 250 ވަނަމާއްދާގެ (ހ)
އާއި ޚިލާފް ވެފައިވާކަމަށް ދަޢުވާކުރާފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި،
ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް
ދޭންވާނީ ނުވަތަ ދޫކޮށްލަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ޤާނޫނެއްގައި ބަޔާންކުރެވިފައިވާ
ގޮތުގެ މަތީން ކަމަށް ބަޔާންކޮށްފައިވާ ކަމާއި؟
ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ
ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނުކުރާންވާނީ ނުވަތަ
ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ޤާނޫނުގައިވާ
ގޮތުގެމަތީންކަމަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާކަމާއިގެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ޤާނޫނުއަސާސީގެ
އަށްވަނަ ބާބުގައި، (230 ވަނަ މާއްދާގެ (ހ) ގައި) ބަޔާންކުރެވިފައިވާއިރު، އެ ބާބުގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުގަ
އުފައްދަންޖެހޭ
އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް
އުފެއްދުމަށާއި، އެއިދާރާތަކާއި ކައުންސިލްތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞް ކަނޑައަޅައި
އެކަމާބެހޭ އެންމެހާ އުޞޫލުތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށް އެއަށް
ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށިފައިވާކަމާއި، އެޤާނޫނަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ކަމާއިގެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ބަލާއިރު،
ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި
ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިމި އުޞޫލުން ރައްޔިތުން
cu.
3,
cu o
43
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
3
ޑ &3
cu o
ބާރުތައް
ecce
ޑހހ2
އެކަށައަޅު،
އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި ޘަޤާފީ ގޮތުން
ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން
ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ،
ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާންވެއްޓެއް ޤާއިމުކުރުންކަން އެޤާނޫނުގެ 2 ވަނަ މާއްދާއިން އެނގެން
އޮންނަކަމާއި، އިޝާރާތްކުރެވުނު ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙާސިލުކުރުމަށްޓަކައި، އެޤާނޫނުގެ
ދަށުން އުފައްދާފައިވާ ކައުންސިލްތަކާއި އިދާރާތަކަށް ކަންތައްތަކެއް މަތިކޮށްފައިވާކަމާއި، އެކަންތައް
ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބާރުތަކެއްވެސް ކައުންސިލްތަކަށް ދީފައިވާކަމާއިގެ
ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން
އުފެދޭ ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި އެކަ
އެކައުންސިލްތަކަށް ލިބިގެންވާ
އެޤާނޫނުގެ 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އޭގެތެރޭގައި ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލައި އަތޮޅު
ކައުންސިލަށް ފޮނުވޭ ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން
މަޝްރޫޢުތަކުގެ ތެރެއިން، ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ
ތަރައްޤީގެ މަޝްރޫޢުތައް
ރޫޢުތައް ތަންފީޒުކުރުމާއި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް
ބެލުމުގައި މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް
ތަންފީޒުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން
ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން،
އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި،
މިލްކުކުރުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، އެފަދަ ތަންތަނުގައި
މިވެސްޓްކުރުމާއި އަދި އެފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމާއި އަތޮޅު
ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ
ގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށުކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި
ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން ހިމެނޭކަން އެނގެން އޮންނަކަމާއި؛
ކަ 6
އ
މިން އެކީ
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A125
4 ¢ ¢33
އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން
އުފެދޭ ރަށު ކަންއުސޫލްތަކާ މަތިކޮށްފައިވާ ކަންތައްތައް ނުވަތަ އެ ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތައް
އެޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ
ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހި
ފިލުވުމާބެހޭ ޚިދުމަތް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި
ތަޢާރުޟުނުވާ ގޮތުގެމަތިން ރަށުން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި، ދިވެހިރާއްޖޭގެ
ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ
ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ބިމާ ގުޅޭގޮތުން
ހިންގާ ބިމާބެހޭ އެންމެހާ މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން ހިމެނިފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދޭ
ރަށު ކަންއުސިލްތަކާ މަތިކޮށްފައިވާ ކަންތައްތައް ނުވަތަ އެ ކައުންސިލްތަކުން ދޭންޖެހޭ ޚިދު
ޚިދުމަތްތަކާއި ރަށު
ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި އެކައުންސިލްތަކަށް ލިބިގެންވާ ބާރުތަކުގެ މައްޗަށާއި، އިސްވެ
ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގައިވާ އެންމެހައި ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަމުގެ
ރިޢާޔަތްކުރުމުން، ވ. ފުލިދޫ ކައުންސިލް އިދާރާއިން، ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ
އިދާރީ މަރުކަޒެއް އެޅުމަށް ބިން ދޫކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިސްލާޙް
ޤާނޫނުގެ 7 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ
މާއްދާގެ (ހ) އާއި ޚިލާފް ވެފައިވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/J1MC/04 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ
ފަނޑިޔާރުންނަކަށް ނުފެނުނެވެ.
42ށް
cu o
4
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވ.
ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ވ. ފުލިދޫ ކައުންސިލްގެ އިދާރާއިން 16
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/25
ފެބުރުއަރީ 2012 ގައި ޙަވާލުކޮށްފައިވާ ބިމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަމަށް
ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/J 1MC/04
ޤަޟިއްޔާއިން ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ، ވ. ފުލިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/J1MC/04 ޤަޟިއްޔާގެ ޙުކުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށްފީމެވެ.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv