ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/02 ޤަޟިއްޔާގެ ޙުކުމް
1
ޕޭ —
2011/HC-A/02
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 02/HC-A/2011
. އިސްތިއުނާފުކުރި ފަރާތް:
* ނަން: ޒަރީނާ މުޙައްމަދު
* ދާއިމީ އެޑްރެސް:
ގުރައިދޫ/ ފިނިވާގެ
އައިޑީ ކާޑު ނަންބަރ: A145815 * މިހާރުގެ އެޑްރެސް: ކ. ގުރައިދޫ ފިނިވާގެ
ބަދަލުގައި: އޏ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު. އައިކާޑު ނަންބަރު A046312
L
އިސްތިއުނާފު ރައްދުވި ފަރާތްތައް:
(1) * ނަން: މުނީރާ ޢީސާ
އައިޑީ
ކާޑު ނަންބަރ: A047168
ދާއިމީ އެޑްރެސް:
ގުރައިދޫ ޑޭޒީމާގެ
ގުރައިދޫ ޑޭޒީމާގެ
މިހާރުގެ އެޑްރެ
10
*
19
:ގެ
(2) * ނަން: ޙަދީޘް އިސްމާޢީލް
އައިޑީ ކާޑު ނަންބަރ: A069646
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް: ކ. ގުރައިދޫ ލުބޯމާގެ
*
(3)
* ނަން: ޝަމީރާ އިސްމާޢީލް
އައިޑީ ކާޑު ނަންބަރ: A095745
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ގުރައިދޫ ވިކްޓްރީއާގެ
ގުރައިދޫ ވިކްޓްރީއާގެ
(4) * ނަން: ޢާއިޝަތު ޒާހިރާ
* އައިޑީ ކާޑު ނަންބަރ: A043273
ދާއިމީ އެޑްރެސް:
ގުރައިދޫ ހެދޭކުރި
* މިހާރުގެ އެޑްރެސް: ކ. ގުރައިދޫ ހެދޭކުރި
(5) * ނަން: މަރިޔަމް ވަޙީދާ
އެޑްރެސް: ގ.
އެސްބަރި/ މާލެ
ދިވެހިs
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ
2
ز بستر پر
2011/HC-A/02
އައިޑީ ކާޑު ނަންބަރ: A095033
، މިހާރުގެ އެޑްރެސް: ފ. އެސްބަރި/ މާލެ
ތާރީޚް: 09 އޭޕްރީލް 2012
ހުށަހެޅުނު ތާރީޚް: 04 ޖެނުއަރީ 2011
ޤަޟިއްޔާގެ ބާވަތް: ވަޞިއްޔަތް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ
3
E
2011/HC-A/02
ދަޢުވާގެ ޚުލާޞާ
މިއީ، ކ. ގުރައިދޫކޯޓްގެ ނަންބަރު 2010/H
-
13C/12 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކ. ގުރައިދޫ ފިނިވާގެ ޒަރީނާ
މުޙައްމަދު ހުށަހެޅުމުން ބެލި ޤަޟިއް
.ޟީއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ކ. ގުރައިދޫ ޑޭޒީޖާގެމުނީރާ ޢީސާ އާއި ކ.ގުރައިދޫ
ލުބޯމާގެޙަދީޘް އިސްމާޢީލް އާއި ކ. ގުރައިދޫ ވިކްޓްރީއާގެ ޝަމީރާ އިސްމާޢީލް އާއި ކ. ގުރައިދޫ ހެދޭކުރި
ޢާއިޝަތު ޒާހިރާ އާއި ގ. އެސްބަރި މާލެ މަރިޔަމް ވަޙީދާ އަށެވެ.
644
-01
.
ފާހަގަކުރެވުނު
.ން އެކު6.
ގުރައިދޫކޯޓްގެ ނަންބަރު2010/H
-
13 C/12 ޤަޟިއްޔާ އަކީ، ކ. ގުރައިދޫ ފިނިވާގެ
އަލްމަރުޙޫމް މުޙައްމަދު ޙުސައިންގެ ތަރިކައިން އޭނަގެ ފ. ދަރި އެގޭ އަލްމަރުޙޫމް އަޙްމަދު ވަޙީދަށް ލިބި
މިލްކްވެފައިވާ ފިނިވާގެއެވެ ކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތި މަރުޙޫމް ބަލާ ބެލެހެއްޓި
ދެމީހުންކަމުގައިވާ މިމަރުޙޫމުގެ އެއްބަޑު ޑޭޒީމާގެ މުނީރާގެ ދެދަރިންކަމުގައިވާ ކ. ގުރައިދޫ ހެދޭކުރި ޢާއިޝަތު
ޒާހިރާއަށާއި، ވިކްޓްރީއާގެ ޝަމީރާ އިސްމާޢީލަށް ވަޞިއްޔަތުން ދީފައިވާތީ، މިވަޞިއްޔަތުގެ މައްޗަށް
މިޢިމާރާތާއި ވަޅުފަދަތަންތަން މިދެމީހުންނަށް މިލްކޮށްދިނުން އެދި ޝަމީރާ އިސްމާޢީލް ހުށަހެޅުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [އިސްވެދިޔަ ވާހަކަތަކާއި ނުކުތާތަކަށް ވިސްނުމަށްފަހު،
މަތީގައި ބަޔާންވެދިޔަ ގޮތަށް ގުރައިދޫ ފިނިވާގެ އަލްމަރުޙޫމް އަޙްމަދު ވަޙީދުގެ ވަޞިއްޔަތް
ތަންފީޛުކުރުމުގެ ގޮތުން (އެވަޞިއްޔަތާމެދު ވާރިޘުންގެ ތެރެއިން ހަމައެކަނި ފިނިވާގެ ޒަރީނާ މުޙައްމަދު
އިންކާރުކުރާތީ) މިތަރިކަ ބަހާ، މިވަޞިއްޔަތަށް 1/3 ނެގުމުން މިވަޞިއްޔަތުގެ ކަންތައް އެނިމުނީކަމަށާއި،
އަދި މަތީގައިވާ ގޮތުގެ މަތީން މަރުޙޫމް އަޙްމަދު ވަޙީދުގެ ތަރިކަވެސް ބަހާ ނިމިއްޖެ ކަމަށާއި، މިގޮތަށް
މިތަރިކަ ބަހާ ނިމުމުން މަތީގައި ދައްކާފައިއެވާ މި ފިނިވާގެ ބަހައިދިންގޮތުގެ ޗާޓުގައި އޮތްގޮތަށް އެމީހެއްގެ
ނަން ލިޔެފައެވާ ބަޔަކީ އެމީހެއްގެ މިލްކެއްކަމަށާއި، ނަމަވެސް ޒާހިރާއާއި، ޝަމީރާގެ ބައި ފުރިހަމައަށް
މިލްކުވާނީ މިދެމީހުންކުރެ ކޮންމެ މީހަކުވެސް ޒަރީނާއަށް ދައްކަންވާ ދަރަނި -/1691 ރުފިޔާ ދައްކާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޅު، ވެ
4
==
2011/HC-A/02
ޚަލާޞްކުރުމުން ކަމަށާއި، މިގޮތަށް މިފައިސާ ދައްކާ ޚަލާޞްކުރުމުން މި ފިނިވާގެ ގޯއްޗާއި ޢިމާރާތާއި
ވަޅުފަދަތަންތަނަކީ ކ. ގުރައިދޫ ވިކްޓްރީއާގެ ޝަމީރާ އިސްމާޢީލް އާއި ހެދޭކުރި ޢާއިޝަތު ޒާހިރާ އާއި
ފިނިވާގެ ޒަރީނާ މުޙައްމަދާއި މިތިން މީހުންގެ އެއްމެދު މިތިންމީހުންގެ މިލްކެއްކަމަށް ޙުކުމްކޮށްފީމެވެ.“
މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
CCCXOC
02- އިސްވެ ބަޔާންކުރެ
(ކުރެވުނު ގޮތުގެމަތީން
ގުރައިދޫކޯޓުގެ ނަންބަރު 2010/H
-
13 C/12
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ޒަރީނާ މުޙައްމަދުގެ ފަރާތުން ޟިއްޔާ އިސްތިއުނާފު ކުރުމަށް ހަތް
ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
-03
ގުރައިދޫކޯޓުގެ ނަންބަރު 2010/H
-
13 C/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޒަރީނާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
4
އޭނަގެ
(ހ) ކ. ގުރައިދޫކޯޓުގެ ނަންބަރު 2009/H
-
13 C/54 ޤަޟިއްޔާގައި ޝަމީރާ އިސްމާޢީލްގެ
ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، ކ. ގުރައިދޫ ފިނިވާގެ އަލްމަރުޙޫމް މުޙައްމަދު ޙުސައިންގެ ތަރިކައިން
ފ. ދަރި އެގޭ އަލްމަރުޙޫމް އަޙްމަދު ވަޙީދަށް ލިބި މިލްކްވެފައިވާ ފިނިވާގެ އެވެކިޔާ ގޯތީގައިވާ
ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތި މިމަރުޙޫމް ބަލާ ބެލެހެއްޓި ދެމީހުންކަމުގައިވާ މިމަރުޙޫމުގެ އެއްބަޑު
ޑޭޒީމާގެ މުނީރާގެ ދެދަރިންކަމުގައިވާ ކ. ގުރައިދޫ ހެދޭކުރި ޢާއިޝަތު ޒާހިރާއަށާއި، ވިކްޓްރީއާގެ ޝަމީރާ
އިސްމާޢީލަށް ވަޞިއްޔަތުން ދީފައިވާތީ، މިވަޞިއްޔަތުގެ މައްޗަށް މިޢިމާރާތާއި ވަޅުފަދަތަންތަން މިދެމީހުންނަށް
މިލްކޮށްދިނުން އެދިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4 22
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ
5
تر مستر مي
2011/HC-A/02
cuoc
(ހ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި،
ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި
ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް
ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮވެއެވެ.
CCCX
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
ޤާނޫނުގެ މާނައިގާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި،
އެޤާނޫނުތަކުން ބާރުލިބިގެން، އެޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ޤަވާޢިދުތައްވެސް ހިމެނޭކަން އެނގެން
އޮންނަކަމާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ ”ހިބައިން
ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދު ގެ 9 ވަނަ މާއްދާގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ
ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ
އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް ހުށަހަޅާނީ ކަމާބެހޭ
ޝަރުޢީ ކޯޓަށް ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އަދި އެ ގަވާއިދުގެ 10 ވަނަ މާއްދާގައި ވަޞިއްޔަތުން
ދިނުމުގެ މައްސަލަ ޝަރީޢަތުން ނިމުމުން، ވަޞިއްޔަތުން ދިންކަން ރަޖިސްޓްރީގައި ބަޔާންކުރަންވާނެ ކަމަށާއި،
ބިން ރަޖިސްޓްރީ ކޮށްދެވޭނީ ވަޞިއްޔަތް ފުރިހަމަވެއްޖެކަމަށް ޝަރީޢަތުން ޙުކުމް ކުރުމުން ޝަރީޢަތުން
ނިންމި ގޮތެއްގެ މައްޗަށް
އެޗަށް ބިނާކޮށް ކަމަށް ބަޔާންކޮށްފައިވުމުން، ވަޞިއްޔަތުން ދިނުމުގެ މުޢާމަލާތް ކުރިޔަށް
ގެންދަންވާނީ ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅައިގެން ޝަރީޢަތް މެދުވެރިކޮށްގެންކަން ސާފުކޮށް އެނގެއެވެ.
4001
#
(ށ) މިއިސްތިއުނާފު ކުރެވޭ ކ. ގުރައިދޫކޯޓުގެ ނަންބަރު 2010/H
-
13 C/12 ޤަޟިއްޔާ އާއި
ގުޅިގެން އެކޯޓަށް ހުށަހަޅާފައިވާ ލިޔުން ތަކަށް ނަޒަރުކުރާއިރު، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ
ގަވާއިދު" ގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ކ. ގުރައިދޫ ފިނިވާގެއެވެ ކިޔާ ގޯތީގައިވާ ޢިމާރާތް
ތަކާއި ވަޅުފަދަ ތަންތަން ވަޞިއްޔަތުން ދީފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓެއް ހުށަހަޅާފައިނުވާ ކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ
6
مسلم می
2011/HC-A/02
17
ގުރައިދޫ ފިނިވާގެއަށް ހަދައިދީފައިވާ ނަންބަރު 2009
/
22/H
-
13
-
C [ޢިމާރާތާ ގޯތީގެ
ރަޖިސްޓްރީ” އަށް ބަލާއިރު އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އެއްވެސް ފަރާތަކަށް
ވަޞިއްޔަތުން ދީފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގެން ނެތް ކަމާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ
ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ
އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ވަޞިއްޔަތުން ދީފައިވާކަން، ޝަރީޢަތަށް ސާބިތުވާކަމަށް
ޤާނޫނީގޮތުން ބެލޭނީ އެފަދަ ވަޞިއްޔަތްތަކުގައި ފުރިހަމަ ކުރުމަށް ޤާނޫނު ލާޒިމްކޮށްފައިވާ އިޖްރާއާތު
ފުރިހަމަކޮށްފައިވާ ވަޞިއްޔަތްތައް ކަމާއި، އެއާޚިލާފު ގޮތަކަށް އޮތް ވަޞިއްޔަތަކީ ޤާނޫނީ ގޮތުން
ވަޞިއްޔަތެއް ކަމުގައި ނުބެލެވޭނެކަން އެނގެއެވެ.
ވީމާ، ގުރައިދޫކޯޓުގެ ނަންބަރު 2010/H
-
13 C/12 ޤަޟިއްޔާގައި ކ. ގުރައިދޫ ފިނިވާގޭ
އަލްމަރުޙޫމް އަޙްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފިނިވާގެ އެވެކިޔުނު ގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަތަންތަން ކ. ގުރައިދޫ ވިކްޓްރީއާގެ ޝަމީރާ އިސްމާޢީލް އަށާއި، ކ. ގުރައިދޫ ހެދޭކުރި
ޢާއިޝަތު ޒާހިރާއަށް ވަޞިއްޔަތުން ދީފައިވާކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވަނީ،
ވަޞިއްޔަތުން ދިނުމުގައި ޢަމަލުކުރުމަށް ޤާނޫނުން ކަނޑައަޅާ ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އޮތް ލިޔުމެއްގެ
މައްޗަށްކަން އެނގެން އޮތުމުން އިޝާރާތްކުރެވުނު ކ. ގުރައިދޫ ކޯޓުގެ ޤަޟިއްޔާގައި އެވަޞިއްޔަތާއި ގުޅިގެން
ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމުމެއް ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ހުރިހާ
ފަނޑިޔާރުން
OCTO
46 ހ އޑ ޑ
0
ޙުކުމް:
ހުރުމާއެކު
&
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ގުރައިދޫކޯޓުގެ ނަންބަރު 2010/H
-
13 C/12 ޤަޟިއްޔާގައި ގުރައިދޫ ފިނިވާގެ
އަލްމަރުޙޫމް މުޙައްމަދު ޙުސައިންގެ ތަރިކައިން އޭނަގެ ފިރިހެން ދަރި އަލްމަރުޙޫމް އަޙްމަދު ވަޙީދަށް ލިބި
މިލްކްވެފައިވާ ފިނިވާގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތި އެމަރުޙޫމްގެ އެއްބަޑު
ދައްތަ، ކ. ގުރައިދޫ ޑޭޒީމާގެ މުނީރާ ޢީސާގެ ދެދަރިންކަމުގައިވާ ގުރައިދޫ ހެދޭކުރި ޢާއިޝަތު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޅު، ވެ
2011/HC-A/02
ޒާހިރާއަށާއި، ކ. ގުރައިދޫ ވިކްޓްރީއާގެ ޝަމީރާ އިސްމާޢީލަށް ވަޞިއްޔަތުން ދީފައިވާކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާ، އެވަޞިއްޔަތް ތަންފީޛު ކުރުމުގެ ގޮތުން އަލްމަރުޙޫމް އަޙްމަދު ވަޙީދުގެ
ތަރިކައިގެ ގޮތުގައި ހިމެނޭ ފިނިވާގެއެވެ ކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތީގެ
1/3
(ތިންބައިކުޅަ އެއްބައި) ނެގުމަށްފަހު އެމަރުޙޫމްގެ ތަރިކަ ބަހާ ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދު” ގެ
9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލާ ޚިލާފު ގޮތަކަށް އޮތް
ލިޔުންތަކެއްގެ މައްޗަށް ބިނާކުރައްވައިގެންކަން ޝަރީޢަތަށް ސާބިތުވާތީ، ގުރައިދޫކޯޓުގެ ނަން
2010/H
-
13 C/12 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
ދިވެހި9
އައިކޯޓް
T,
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ