ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/278 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އޮގަތީ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 278/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ޚަލީލް
* ދާއިމީ އެޑްރެސް: ދިރާސާގެ ށ.ޅައިމަގު
* މިހާރުގެ އެޑްރެސް: ލ.ނަޔާ
އައިޑީ ކާޑު ނަންބަރު:
A097589
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް: ޕޯޓް ބިލްޑިންގ
މިހާރުގެ އެޑްރެސް:
0x0
C-846/2008
ނިމުނު ތާރީޚް: 21 ޝަޢުބާން 1435
• ރަޖިސްޓްރީކުރި ތާރީޚް: 04 ރަމަޟާން 1434
10 ސެޕްޓެމްބަރ 2013
19
2014
2
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204
• ނިންމެވި ފަރާތް: ވަޒީއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
، ހުށަހެޅި ތާރީޚް: 18.10.2012
= ނިމުނު ތާރީޚް: 08.05.2013
ހައިކޯޓް
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
213/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
204/VTR/2012
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ، އެ
ޓްރައިބިއުނަލުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ށ.ޅައިމަގު/ދިލާސާގެ،
އިބްރާހީމް ޚަލީލު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A097589) ގެ ފަރާތުން އެ މައްސަލަ
އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެވެ.
7.
0e1.
1) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/202
މައްސަލައަކީ، ށ.ޅައިމަގު!ދިރާސާގެ، އިބްރާހީމް ޚަލީލު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އެސިސްޓަންޓް މެރިން
އިންޖިނިއަރ ގްރޭޑް 1 ގެ މަޤާމު އަދާކުރަމުން ދަނިކޮށް، 15 އޮގަސްޓް 2012 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ
އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޤަބޫލުކުރެވިގެން، އެކަމުގެ ބަދަލުގެ ގޮތުގައި 1 (އެކެއް) މަސްދުވަހުގެ
މުސާރައާއި، އަދާކުރަމުން ދިޔަ ވަޒީފާ އަލުން އަނބުރާ ހޯދައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
ލިބުނުއެންމެހާ ގެއްލުމެއްގެ ބަދަލާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވޭތުވި މުއްދަތުގައި މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭކަމަށްބުނާ ފައިސާ ނަގައިދިނުމަށް އެދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް
ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިބްރާހީމް ޚަލީލް ހުށަހެޅި މައްސަލައެއްކަމާއި،
އެ މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މި މައްސަލައިގައި މައްސަލަ
ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ފާހަގަކުރި އެންމެހައި ކަންކަމަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި
ހެކިންގެ ހެކިބަހަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ވ.ޅައިމަގު:ދިރާސާގެ، އިބްރާހީމް ޚަލީދު
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A097589، މައްސަލަ ރައްދުވި މޯލްޑިވްސް ޕޯޓްސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/278
ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އޭނާއަށް އެ ވަޒީފާ އަލުން ދިނުމަށް މައްސަލަ ރައްދުތަކެއް ހާ
އެސިސްޓަންޓް މެރިން އިންޖިނިއަރ ގްރޭޑް1 ގެ މަޤާމު އަދާކުރަމުން ދަނިކޮށް، 15 އޮގަސްޓް 2012 ގައި
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުކުރެވިގެން،
އެކަމުގެ ބަދަލުގެ ގޮތުގައި 1 (އެކެއް) މަސްދުވަހުގެ މުސާރައާއި، އަދާކުރަމުން ދިޔަ ވަޒީފާ އަލުން އަނބުރާ
ހޯދައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހާ ގެއްލުމުގެ ބަދަލާއި، ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން ވޭތުވި މުއްދަތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭކަމަށްބުނާ ފައިސާ ނަގައިދިނުމަށް
އެދި ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި އިބްރާހީމް ޚަލީލް ވަޒީފާއިން ވަކިކޮށްފައިވަނީ 6 އޮގަސްޓް
2012 ވަނަ ދުވަހު ރާއްޖެ ޓީވީ މެދުވެރިކޮށް ލައިވްކުރި ޕްރޮގްރާމެއްގައި އޭނާ ކުންފުނި ބަދުނާމުވާފަދަ
ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެއްކުމާއި، 7 އަދި 8 އޮގަސްޓް 2012 ގެ ރޭ އިބްރާހިމް ޚަލީލު އިސްކޮށްހުރެ
ކުންފުނީގެ މުދާ ނެރޭ މައި ގޭޓް
ބަންދުވާގޮތަށް ބަޔަކު
އެއްކޮށް،އަޑުގަދަކޮށް، މުޒާހަރާކުރުމުގެ ސަބަބުން
ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި މަޞްލަޙަތު ގެއްލި، ޢާންމުންގެ ކުރިމަތީގައި ކުންފުނި ބަދުނާމުވެ، ކުންފުނީގެ
މަސައްކަތް ހުއްޓާލަންޖެހިފައިވާތީ، އިބްރާހިމް ޚަލީލު އިތުރަށް އެ ކުންފުނީގައި ބަހައްޓައިފިނަމަ އޭގެ ސަބަބުން
ކުންފުންޏަށް ފޫބައްދަން އުނދަގޫވާވަރުގެ ޑު ގެއްލުމަކާ ކުރިމަތި
ޖެހިދާނޭކަމަށް ޤަބޫލުކުރެވިގެން، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން
ފުރިހަމަވާންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ މި ބާވަތުގެ މައްސަލަތަކުން އެނގެން
އޮންނައިރު، މި މައްސަލައިގައި އިޖުރާޢީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން އެނގެން ނެތަތީ، މައްސަލަ
ހުށަހެޅި އިބްރާހީމް ޚަލީލު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި
މަޖިލިހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅާ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،
މައްސަލަ ހުށަހެޅި އިބްރާހީމް ޚަލީލް އެދިފައިވާ ފަދައިން އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަކުރުމަށް
ބަލާއިރު، އިބްރާހީމް ޚަލީލު ވަޒީފާއިން ވަކިކުރުމުގައި ޢިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތްނެތުމަކީ
މ 04
4
ރމަތލަނޖހ3
9
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/278
އަންގަންޖެހޭކަމެއްކަމަށް ނުފެންނާތީއާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެއީ އެންމެ
އިންސާފުވެރި ގޮތްކަމަށް ނުފެންނާތީ، އިބްރާހީމް ޚަލީލްއަށް ބަދަލުގެ ގޮތުގައި 70,895.10 (ހަތްދިހަހާސް
އަށްސަތޭކަ ނުވަދިހަފަހެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާ ދިނުމަށާއި، އެފައިސާ، މިއަދު، 8 މެއި 2013 އިން
ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި އިބްރާހީމް ޚަލީލުއަށް އެކީއެއްފަހަރާ ދީ
ޚަލާސްކުރުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި މޯލްޑިވްސް
ޕޯޓްސް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 846
/
2008-C)އަށް އަންގައި..." އަމުރުކުރައްވާ މައްސަލަ
ނިންމަވާފައިވާކަން އެ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ނަންބަރު
204VTR2012
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
މައްސަލަ، އެ
ޓްރައިބިއުނަލްއިން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ށ.ޅައިމަގު ދިރާސާގެ
އިބްރާހީމް ޚަލީލްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައި މަސައްކަތުގެ
އަޚްލާޤީ މިންގަނޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި، ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިންވަކި
ކުރުމުގައި، ނުބެލޭނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު، މައްސަލަ ނިންމެވުމުގައި ޓްރައިބިއުނަލުން ވަޒީފާއާބެހޭ
ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ 6 އަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި،
މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް
ފެންނަ ގޮތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ
މީހަކަށް ލިބިގެންވާއިރު ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ އަސާސީ ޙައްޤެއް ބޭނުންކުރުޚު:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2013/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަޒީފާއިން ވަކިކުރުން އެއީ ރީޒަނަބަލް މިންގަނޑެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވަނީ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، އިބްރާހީމް ޚަލީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި
ޚިލާފަށް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިބެހޭ ޤާނޫނާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ފެނިއްޖެހިނދުގައި، ފުރަތަމަ ބައްލަވަންވާނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި
ވަޒީފާގައި އަލުން ބެހެއްޓުމަށްކަމަށް ބަޔާންކޮށްފައިވާހިނދު، ޓްރައިބިއުނަލުން އެ މާއްދާއާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 20 0 0
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204 މައްސަލާގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
2 02 0 002
(ހ) ފުރަތަމަކަމަކީ، ށ.ޅައިމަގު ގެ ދިރާސާގެ އިބްރާހީމް ޚަލީލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ
މުވައްޒަފެއްގެ ގޮތުގައި ހުރެ މީޑިއާ މެދުވެރިކޮށް ކުންފުނި ބަދުނާމުވާގޮތަށް ޙަޤީޤަތާއި ޚިލާފަށް ދޮގުވާހަކަ
ދެއްކުމާއި، 7 އަދި 8 އޮގަސްޓް 2012 ވަނަ ދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގެ ނުކުންނަ ގޭޓް
ހ
ބަންދުވާގޮތަށް ބަޔަކު
އެއްކޮށް، އަޑުގަދަކޮށް މުޒާހަރާކުރުމުން ފުލުހުން އެކަން ހުއްޓުމަށް އެންގުމުންވެސް
ތަކުރާރުކޮށް އެކަން ކުރުމުގެ ސަބަބުން މުވައްޒަފުންގެ ތެރޭގައި މަޞްލަޙަތު ގެއްލި ޢާންމުންގެ ކުރިމަތީގައި
ކުންފުނި ބަދުނާމުވެ އަދި ކުންފުނީގެ މަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން ގެއްލުން ލިބިފައިވާތީ ކަމަށް
ބުނެ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އިބްރާހީމް ޚަލީލް އަދާކުރަމުން ދިޔަ ވަޒީފާއިން 15 އޯގަސްޓްޖޭގެ22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: wwww.highcourt.gov.mv
;
/04 މާ
މިކަމަށް
6
2013/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިން ފެށިގެން މީނާ ވަކިކޮށްފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ނަންބަރު 2012
/
51/HR
-
T (14
އޯގަސްޓް 2012) ޗިޓަށް ބެލުމުން އެނގެންއޮންނަކަމާއި،
އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204 މައްސަލާގައި
އިބްރާހީމް ޚަލީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަން
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާއިރު، 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ފުރިހަމަވާންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް
ނިންމާފައިވާ މިބާވަތުގެ މައްސަލަތަކުން އެނގެން އޮންނަކަމަށް ފާހަގަކުރައްވައި، އެހެންނަމަވެސް، މި
މައްސަލާގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވީ ނަމަވެސް، އިޖުރާޢީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން
އެނގެން ނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައި މަސައްކަތުގެ
އަޚްލާޤީ މިންގަނޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި، ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން
ވަކިކުރުމުގައި ނުބެލޭނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު، މައްސަލަ ނިންމެވުމުގައި ޓްރައިބިއުނަލުން
ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ 6 އަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ އިބްރާހީމް
ޚަލީލްގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން
ރިޢާޔަތްކުރިއިރު،
ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ 6 ގައި މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް
މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރުމުގައި މަސައްކަތްކުރާ
މީހުންގެ ޖަމްޢިއްޔާއެއްގެ މެންބަރަކަށް މުވައްޒަފަކުވެއްޖެ ޙާލަތެއްގައި ނުވަތަ އެފަދަ ޖަމްޢިއްޔާއަކުން ކުރާ ޤާނޫނު
ހުއްދަކުރާ ޙަރަކާތެއްގައި އޭނާ ބައިވެރިވެއްޖެނަމަ އެއީ އެކަށީގެންވާ މުގައި
ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(613/HC-A/278
އިސްވެބުނެވުނު މާއްދާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް
އިބްރާހީމް ޚަލީލްގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/204 މައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްވެބުނެވުނު މާއްދާގެ (ށ) ގެ
6 އަށް ރިޢާޔަތްކުރައްވާފައިވާކަން އެ ރިޕޯޓުގެ 1.6 ގައިވާ ޕެރެގްރާފްތަކަށް ބެލުމުން އެނގޭކަމާއި، އަދި އިސްވެ
ބުނެވުނު ރިޕޯޓުގެ 1.8 ވަނަ ޕެރެގްރާފްގައި، ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ 6 އާ ޙަވާލާދީ
އިބްރާހީމް ޚަލީލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރައްވައި، އެކަމާގުޅޭ ގޮތުން ގޮތެއް
ކަނޑައަޅުއްވާފައިވާކަންވެސް ފާހަގަކުރެވޭކަމާއި، އެގޮތުން، 7 އަދި 8 އޮގަސްޓް 2012 ގައި މާލެ ވިޔަފާރި
ބަނދަރުގެ މައި ގޭޓް ކުރިމަތީގައި ހިންގި ހަރަކާތަކީ އިބްރާހީމް ޚަލީލް ބައިވެރިވެފައިވާ ޕޯޓް ވަރކަރސް
ޔޫނިއަނުން ހިންގާފައިވާ ހަރަކާތެއްކަމަށް އިބްރާހީމް ޚަލީލް ބުނެފައިވީނަމަވެސް، އެ ހަރަކާތަކީ ޔޫނިއަނުން ހިންގި
ހަރަކާތެއްކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިނުވާކަމަށް
ފާހަގަކުރައްވާފައިވާކަމާއި،
އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުކުރެވޭ މައްސަލަ ނިންމެވުމުގައި
ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ 6 އަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް އިބްރާހީމް ޚަލީލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވީނަމަވެސް، ބުނެވުނު މާއްދާއަށް އެ ޓްރައިބިއުނަލުން ރިޢާޔަތް
ކުރެއްވުމަށްފަހު، ގޮތްތަކެއް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި،
މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް
ފެންނަ ގޮތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ
މީހަކަށް ލިބިގެންވާއިރު ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ސަބަބުން
ވަޒީފާއިން ވަކިކުރުން އެއީ ރީޒަނަބަލް މިންގަނޑެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައްވާގެންއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/278
2 ތ 0
2
ޓްރައިބިއުނަލްގެ ނިންމެވުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ރިޢާޔަތްކުރިއިރު،
އިބްރާހީމް ޚަލީލް ޓީވީ ޗެނަލުގައި ދެއްކި ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް
ސާބިތުކޮށްދެވިފައިނުވާއިރު، އިޞްލާޙުކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ޖަމްޢިއްޔާއަކުން ރާވާފައިވާ ހަރަކާތެއްގެ
މައްޗަށް މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކުރައްވާފައިނުވާކަމަށާއި، އިބްރާހީމް ޚަލީލް ދައްކާފައިވާ ވާހަކަތަކަކީ
ވަޒީފާގެ މާޙައުލުގައި ހުރި ޙަޤީޤަތްތަކެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއްކަން މަދަނީ މިންގަނޑުން
ސާބިތުވާން އޮތްއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ މައުޟޫޢީ ޢަދުލުވެރިކަން ސާބިތުވާކަމަށް ޓްރައިބިއުނަލުން
ކަނޑައަޅުއްވާފައިވާކަމަށް އިބްރާހީމް ޚަލީލްގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާއިރު،
އިބްރާހީމް ޚަލީލް ޓީ.ވީ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 1.7 ގައި
އިބްރާހީމް ޚަލީލް ޓީވީ ޕްރޮގްރާމްގައި ދެއްކި ބައެއް ވާހަކަތަކުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ
މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލުކުރާ ވާހަކަ ދެއްކިކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށާއި، އަދި
އެކަން ކުރަނީ މުވައްޒަފުގެ "ސިޔާސީ ފިކުރަށް" ބަލައިގެންކަމަށް އެ ހެކިން ބުނެފައިވާކަމަށާއި،
އެހެންނަމަވެސް،
ޓްރައިބިއުނަލަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން، މުވައްޒަފުން އެގޮތަށް ބަދަލުކުރަނީ އެފަރާތްތަކުގެ ސިޔާސީ
ފިކުރަށް ބަލައިގެން ނޫންކަމަށާއި، އެފަދަ ވާހަކަތައް އިބްރާހީމް ޚަލީލް ދެއްކުމުގެ ސަބަބުން ކުންފުނީގެ ތެރޭގައި
މުވައްޒަފުން މެނޭޖްމަންޓާމެދު ދެކޭ ގޮތް ބަދަލުވެފައިވާކަމަށް ދެކިން ބުނެފައިވާކަން ފާހަގަކުރައްވާފައިވާކަމާއި،
މީގެ އިތުރުން، އެ ރިޕޯޓުގެ 1.7 ވަނަ ޕެރެގްރާފްގައި، ކުންފުނީގެ ޝަކުވާތަކެއް ހުރިނަމަ،
ކުންފުނީގެ ކަމާބެހޭ ފަރާތްތަކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ނުވަތަ އެފަރާތްތަކުގެ ސަމާލުކަމަށް އިބްރާހީމް
ޚަލީލް އެކަންކަން ގެންގޮސްފައިވާކަން އެނގެން ނެތްކަމަށްވެސް ފާހަގަކުރައްވާފައިވާކަމާއި، އެ މައްސަލާގައި
ފާހަގަކުރައްވާފައިވާ ފަދައިން، މުވައްޒަފުންނާ ވަޒީފާދޭ ފަރާތާ ދެމެދު މައްސަލަތަކެއް ހުރިނަމަ، އެފަދަ
މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތާ ވާހަކަ ދައްކާ މަޝްވަރާކުރަނީ މީހެއްގެ
99
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2013/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0x2
22 /
މީޑިއާ މެދުވެރިކޮށް ޝަކުވާތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުން، ވަޒީފާދޭ ފަރާތާއި އެ މުވައްޒަފުންނާ
ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން، އެހެން މުވައްޒަފުންނާ އޮންނަ ގުޅުމަށްވެސް ނޭދެވޭ
އަސަރު ފޯރުމަކީ އެކަށީގެންވާކަމެއް ކަމާއި،
7، އަދި 8 އޯގަސްޓް 2012 ގައި އިބްރާހީމް ޚަލީލް ބައިވެރިވެފައިވަނީ މަސައްކަތްތެރިންގެ
ޖަމްޢިއްޔާއަކުން ރާވާފައިވާ ހަރަކާތެއްގައިކަމަށް އިބްރާހީމް ޚަލީލް ބުނެފައިވާއިރު، މިކަން ސާބިތުކޮށްދިނުމުގެ
ގޮތުން އެއްވެސް ހެއްކެއް އިބްރާހީމް ޚަލީލްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިނުވާކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 1.8 ވަނަ
ޕެރެގްރާފްގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ޓްރައިބިއުނަލުންވެސް ފާހަގަކުރައްވާފައިވާ ފަދައިން، ޚިޔާލުފާޅު ކުރުމުގެ
މިނިވަންކަމާއި، ޖަމްޢިއްޔާތައް އުފައްދާ، އެ ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގެ ބައިވެރިވުމުގެ މިނިވަންކަން
ކޮންމެ ރައްޔިތަކަށްމެ ލިބިދެވިފައިވާއިރު، އެފަދަ ޙައްޤުތަކަކީވެސް ވަކި އިމެއް ނެތި ލިބިދެވިފައިވާ ޙައްޤުތަކެއް
ނޫންކަމާއި، އެހެންކަމުން
، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުގެ 1.7 އާއި 1.8 ވަނަ ޕެރެގްރާފްގައި ބަޔާންކުރައްވާފައިވާ ސަބަބުތަކަށްޓަކައި، ޤާނޫނުއަސާސީގެ 27
ވަނަ މާއްދާއާއި 14 ވަނަ މާއްދާއާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204
މައްސަލަ ނިންމަވާފައިވާކަން މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
ވަޒީފާއާބެހޭ
2 2x 2 :
(ރ) ހަތަރުވަނަ ކަމަކީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމުގައި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނިއްޖެ
ހިނދެއްގައި، ފުރަތަމަ ބަލަންވަނީ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން
ބެހެއްޓުމަށްކަމަށް ބަޔާންކޮށްފައިވާހިނދު، ޓްރައިބިއުނަލުން އެ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާގައިވާ
ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
/0ހ(
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/278
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ
އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، އެ އަކުރުގައި ބަޔާންކުރާ
ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު ނެރެންވާނެކަމަށް
ބަޔާންކުރެވިފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އިބްރާހީމް ޚަލީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމުގައި އެ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާކަމާއި، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރިނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އިބްރާހީމް ޚަލީލް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ
ޢަދުލުވެރިކަން ފުރިހަމަވާކަމުގައި އެ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާއިރު، އިޖުރާއީ ޢަދުލުވެރިކަން
ފުރިހަމަނުވާކަމަށް ކަނޑައަޅުއްވާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/204
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އެ
މުވައްޒަފަކަށް އެ ވަޒީފާ އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް އަންގައި، މަޖުބޫރު ކުރެވޭނޭކަމެއްނޫންކަމަށާއި،
ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިނުވާނަމަ، އެ
މުވައްޒަފަކު ވަޒީފާއިން ވަކިކުރި ވަކިކުރުން ބަލެވޭނީ އަންފެއަރ ޑިސްމިސަލް (unfair dismissal އެއްގެ
ގޮތުގައިކަމަށާއި، މިޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް، ވަޒީފާއިން ވަކިކުރުމުން
ލިބުނު ގެއްލުމުގެ ބަދަލު އެމުވައްޒަފަކަށް (damages) ނަގައިދެވޭނޭކަމަށާއި، އެގޮތުން ނަގައިދެވޭ ބަދަލުގެ
މިންވަރު ކަނޑައަޅަނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖްހާއީ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2013/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
204/VTR/2012
ޤާއިމުކޮށްފައިވާ މިންވަރަށް ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC
-
A/2010
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި،
އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
މައްސަލާގައިވެސް، އިސްވެ ފާހަގަކުރެވުނު އުޞޫލާއި ޙަވާލާދެއްވާފައިވާކަމާއި، އަދި އެ އުޞޫލުގެ ދަށުން،
އިބްރާހީމް ޚަލީލް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން އޭނާ ވަކިކުރުމުގައި، ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައިވާކަމުގައި
ކަނޑައަޅުއްވާފައިވާއިރު، އަދި އިސްވެ ބުނެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ކަނޑައެޅުއްވުމަށް ބަދަލެއް
ގެންނަންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާއިރު، 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ނެތުމަކީ، ހަމައެކަނި
އެކަމުގެ މައްޗަށް ބަލައި، އެމުވައްޒަފަކަށް އެވަޒީފާ އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް އަންގައި، މަޖުބޫރު
ކުރެވޭނޭކަމެއްނޫންކަމާއި، އެފަދަ ޙާލަތެއްގައި، އެފަރާތަށް ބަދަލު ނަގައިދެވިދާނެކަމާއި، ހުށަހެޅިފައިމިވާ
މައްސަލާގައި، އިބްރާހީމް ޚަލީލްއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަދަލުގެ ގޮތުގައި 10;70,895ރ.
(ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ ފަސް ރުފިޔާ ދިހަ ލާރި) ދައްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން
އަމުރުކުރައްވާފައިވާކަމާއި،
އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/204 މައްސަލަ ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ޚިލާފަށްކަމަށް
404
24 2
244
0
02 ވ ·
@ނންކު9ވ.
24 2
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/204 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
2013/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް
OX
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/204 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ށ.ޅައިމަގު ދިރާސާގެ، އިބްރާހީމް ޚަލީލުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;