ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/65 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހައިކޯޓް 1
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 65/HC
-
A/2007
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޒާހިރު ޙުސައިން
ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: ދެކުނުގެ ބ.ތުޅާދޫ
މިހާރުގެ އެޑްރެސް: ނޫކޮކާ ބ.
ކުކާ{ބ.އޭދަފުށި
4
A 312591
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުއްރަޙްމާނު މުޙައްމަދު
އައިޑީ ކާޑު ނަންބަރ: 023864
A
* ދާއިމީ އެޑްރެސް: އަތިރީގެ ބ.އޭދަފުށި
* މިހާރުގެ އެޑްރެސް: ރާސްތާ ބ.އޭދަފުށި
• ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޞަފަރު 1428
*
::
ނިމުނު ތާރީޚް: 30 ޞަފަރު 1431
14 ފެބްރުއަރީ 2010
15 މާރޗް 2007
ތިންކުރ
ރެވުނު ޤާޟިއްޔާ ނަންބަރު: 2004/F
-
10
-
C/6 * ނިންމެވިކޯޓް: ބ.އޭދަފުށި ކޯޓް
ޤަޟިއްޔާގެ ބާވަތް: ދަރަނި
ހުށަހެޅުނުތާރީޚް: 04 ޖެނުއަރީ 2004
* ނިމުނު ތާރީޚް: 29 ޖެނުއަރީ 2007
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 33 ނަންބަރު ދޮރޯށި ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ ބ.އޭދަފުށި ކޯޓްގެ ނަންބަރު 2004/F
-
10
-
C/6 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަނުޖެހޭކަމަށް ބުނެ ބ.ތުޅާދޫ،ދެކުނުގެ ބ.އޭދަފުށި،ނޫކޮކާ މުޙައްމަދު ޒާހިރު ޙުސައިން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމަސްއަލައާއި
އާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ބ.އޭދަފުށި ކޯޓްގެ ނަންބަރު 2004/F
-
10
-
C/6 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯރޓްގެމައްޗަށާއި، އެރިޕޯރޓާއެކުގައިވާ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށާއި މިމަސްއަލައާއި ގުޅޭގޮތުން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ބަޔާންތަކުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ބ.އޭދަފުށި ކޯޓްގެ ނަންބަރު 2004/F
-
10
-
C/6 ގެ ޤަޟީ
ޤަޟިއްޔާގައި ޢަބްދުއްރަޙްމާނު
މުޙައްމަދު، މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، ޢަބްދުއްރަޙުމާނު މުޙައްމަދުގެ
މޯބައިލްހަރޑްވެއަރ" ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން ދަރަންޏަށް 1864 ގަނޑުމުށި މުޙައްމަދު
ޒާހިރު ޙުސައިން ގެންގޮސްފައިވާކަމަށް ބުނެފައިވާއިރު މުޙައްމަދު ޒާހިރު ޙުސައިން އެޤަޟިއްޔާގެ ޝަރީޢަތަށް
2004/2/18 ދުވަހު ދީފައިވާ ބަޔާނުގައި ޢަބްދުއްރަޙްމާނު މުޙައްމަދުގެ "މޯބައިލްހަރޑްވެއަރ" ފިހާރައިން
ގެންދިއައީ 1172 ގަނޑުމުށިކަމަށް ޞަރީޙަބަހުން ބުނެފައިވާކަން އެނގެން އޮންނައިރު، އެޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހަށް އޭނާ ދީފައިވާ އެއްވެސް ބަޔާނެއްގައި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދަޢުވާގައި ބުނެފައިވާ
މިންވަރުކަމުގައިވާ 1864 ގަނޑުމުށި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން
ގެންދިޔަކަމަށް މުޙައްމަދު ޒާހިރު ޙުސައިން ބުނެފައި ނުވާކަން އެބަޔާންތަކަށް ބެލުމުން އެނގެން އޮންނައިރު
ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދަޢުވާގައި މުޙައްމަދު ޒާހިރު ޙުސައިން 1864 ގަނޑުމުށި ގެންގޮސްފައިވާކަމަށް
ބުނާ ބުނުން ޝަރުޢީ ހަމަތަކުގެމަތިން ޘާބިތުވާހެކި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާގެ
ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓަށް ބެލުމުން އެނގެން
އޮންނައިރު، ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދައުވާގައި ބުނާ މިންވަރުކަމުގައިވާ 1864 ގަނޑުމުށި، މުޙައްމަދު
ޒާހިރު ޙުސައިން، ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން ގެންދިޔަކަމަށް އެކޯޓުން ބައްލަވާފައިވަނީ
ޢަބްދުއްރަޙްމާނު މުޙައްމަދު ހުށަހަޅާފައިވާ ޢަދަދާމެދު މުޙައްމަދު ޒާހިރު ޙުސައިން އިންކާރުކޮށްފައިނުވާތީކަމަށް
ށްވުމުން ބުނެވުނު ޤަޟިއްޔާގެ ދަޢުވާގައި ޢަބްދުއްރަޙް
ރަޙްމާނު މުޙައްމަދުގެ ފިހާރައިން މުޙައްމަދު ޒާހިރު
2 20
/ 3
04
33
ދިޅުވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
404
ޙުސައިން 1864 ގަނޑުމުށި ގެންގޮސްފައިވާކަމަށް އެޤަޟިއްޔާގައި ދަޢުވާކުރި ޢަބްދުއްރަޙްމާނު މުޙައްމަދު ބުނި
ބުނުން ޝަރީޢަތަށް ސާބިތުވާކަމަށް ބައްލަވާފައިވަނީ ޝަރީޢަތުން ކަންކަން ޘާބިތުކުރުމުގައި ޢަމަލުކުރުމަށް
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ނޫންކަން އެނގެއެވެ. އެހެނީ، ޢަބްދުއް
ރަޙްމާނު މުޙައްމަދުގެ ދަޢުވާގައި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން 1864
ގަނޑުމުށި ގެންގޮސްފައިވާކަމަށް ބުނެފައިވާއިރު، އެޤަޟިއްޔާގައި ދަޢުވާލިބޭ މުޙައްމަދު ޒާހިރު ޙުސައިން އޭނާ
ގެންދިޔައީ 1172 ގަނޑުމުށިކަމަށް ބުނެފައިވުމުން، މުޙައްމަދު ޒާހިރު ޙުސައިންގެ އިޢުތިރާފުން ސާބިތުވަނީ
1172 ގަނޑުމުށި އޭނާ ގެންދިޔަކަންކަމަށްވުމުން ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދަޢުވާގައި ބުނެފައިވާ 1864
ގަނޑުމުށީގެ ތެރެއިން މުޙައްމަދު ޒާހިރު ޙުސައިން ގެންދިޔަކަމަށް އިޢުތިރާފުވި މިންވަރު ކެނޑުމުން ބާކީވާ
މިންވަރު މުޙައްމަދު ޒާހިރު ޙުސައިން ގެންދިޔަކަން ޝަރުޢީ ހަމަތަކުގެމަތިން ޘާބިތުވާނީ އެޢަދަދު މުޙައްމަދު
ޒާހިރު ޙުސައިން ގެންދިޔަކަން ޝަރުޢީ ހަމަތަކުގެމަތިން ޘާބިތުވާ ކާފީހެކި ދަޢުވާކުރި ޢަބްދުއްރަޙްމާނު
މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން ނުވަތަ އެކަން ޘާބިތުވާ ކާފީހެކި ދަޢުވާކުރި ޢަބްދުއްރަޙްމާނު މުޙައްމަދުގެ
ފަރާތުން ނުދެއްކިއްޖެނަމަ، މުޙައްމަދު ޒާހިރު ޙުސައިން، ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން ގެންދިޔަ
ކަމަށް އިޢުތިރާފުވާ މިންވަރު ފިޔަވައި އިތުރު އެއްވެސް ހުށްޓެއް އެފިހާރައިން ނުގެންދާކަމަށް ބުނެ މުޙައްމަދު
ޒާހިރު ޙުސައިން ހުރި ޝަރުޢީ ހަމަތަކުގެމަތިން ހުވާކުރަންތޯ އެޤެޟިއްޔާގެ ޝަރީޢަތުގެ ފަރާތުން މުޙައްމަދު
ޒާހިރު ޙުސައިން އާއި ސުވާލުކުރެއްވުމުން
ހިއްވުމުން އެފަދައިން
ހުވާކުރުމަށް މުޙައްމަދު ޒާހިރު ޙުސައިން މަނާވެގަނެ
އެހުމާ އޭނާ ނުކޮށްފިނަމަ، ދަޢުވާކުރި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދަޢުވާގައިވާ މިންވަރަށް މުޙައްމަދު ޒާހިރު
ޙުސައިން މުށި ގެންގޮސްފައިވާކަމަށްބުނެ، ޝަރުޢީހަމަތަކުގެމަތިން މިޙާލަތުގައި ދަޢުވާކުރާ ޢަބްދުއް ރަޙްމާނު
މުޙައްމަދުގެ މައްޗަށް ލާޒިމުވާ ރައްދުގެ ހުވާކުރުމުންކަމަށްވާއިރު، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި
ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދަޢުވާގައިވާ 1864 ގަނޑުމުށި، މުޙައްމަދު ޒާހިރު ޙުސައިން ގެންދިޔަކަން
ޘާބިތުވާކަމަށް ބައްލަވާފައިވަނީ މިބުނެވިދިޔަ ޝަރުޢީ އުޞޫލުގެމަތިން އެމިންވަރު މުޙައްމަދު ޒާހިރު ޙުސައިން
ގެންދިޔަތޯ ނުވަތަ ނޫންތޯ ބެއްލެވުމަކާ ނުލައިކަން އެޤަޟިއްޔާގެ ރިޕޯރޓަށް ބެލުމުން އެނގެއެވެ.
(ށ) ބ.އޭދަފުށި ކޯޓްގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޢަބްދުއްރަޙްމާނު މުޙައްމަދު
ކޮށްފައިވާ ދަޢުވާގައި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން 1864 ގަނޑުމުށި
ގެންދިޔަކަމަށް ބުނުމުން އޭގެ ޖަވާބުގައި އެޤަޟިއްޔާގައި ދަޢުވާ ލިބުނު މުޙައްމަދު ޒާހިރު ޙުސައިން ދީފައިވާ
ބަޔާނުގައި އޭނާ އެފިހާރައިން ގެންދިޔައީ 1172 ގަނޑުމުށިކަމަށާއި، އެމުލީގެ އަގަށްވާ -81421ރ. (އަށްހާސް
އެއްސަތޭކަ ސާޅީސްދެރުފިޔާ) ވަގުތުން ދެއްކިކަމަށް މުޙައްމަދު ޒާހިރު ޙުސައިން ބުނެފައިވާއިރު އެފައިސާ އޭނާ
ދެއްކީ ކޮންގޮތަކަށް ކިހިނެއްތޯއާއި މިކަންކަން އެޤަޟިއްޔާގައި ބައްލަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިމުނުގޮތުގެ ރިޕޯރޓުން އެނގެން ނެތްކަމާއި، މުޙައްމަދު ޒާހިރު ޙުސައިން ޢަބްދުއްރަޙްމާނު މުޙައްމަދުގެ
ފިހާރައިން ގެންދިޔަކަމަށް ބުނެފައިވާ 1172 ގަނޑުމުރީގެ އަގަށްވާކަމަށް މުޙައްމަދު ޒާހިރު ޙުސައިން ބުނާ
-81421ރ. (އަށްހާސް އެއްސަތޭކަ ސާޅީސްދެރުފިޔާ) އެނާ ދައްކާފައި ނުވާކަމަށް އެޤަޟިއްޔާގައި ބައްލަވަން
ޖެހޭނީ އެފައިސާ ދެއްކިކަން އެނގޭނެ ހެކި ހުށަހެޅުމަށް އެކޯޓުގެ ޝަރީޢަތުގެ ފަރާތުން މުޙައްމަދު ޒާހިރު
ޙުސައިންއަށް އެންގުމުން އެފައިސާދެއްކިކަން ޝަރުޢީ ހަމަތަކުން ޘާބިތުވާ މިންވަރުގެ ކާފީހެކި މުޙައްމަދު ޒާހިރު
ޙުސައިންގެ ފަރާތުން ނުދެއްކިއްޖެނަމަ، އެޙާލަތުގައި މުޙައްމަދު ޒާހިރު ޙުސައިން މިފައިސާ (-/8142ށ)
ދައްކާފައިވާކަމަށް ބުނެ ކުރި ދިފާއީ ދަޢުވާއަށް އެދިފާޢީ ދަޢުވާ ރައްދުވި ޢަބްދުއްރަޙްމާނު މުޙައްމަދު
އިންކާރުކޮށް އެފައިސާ މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ދައްކާފައިނުވާކަމަށް ބުނެ އެޙާލަތުގައި
ޢަބްދުއްރަޙްމާނު މުޙައްމަދު ހުވާކުރުމުންކަން ޝަރީޢަތުގައި ކަންކަން ޘާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ އުޞޫލުތަކަށް ބެލުމުން އެނގެން އޮތުމުން ބ.އޭދަފުށި ކޯޓްގެ އިސްވެ އިޝާރާތްކުރެވުނު
ޤަޟިއްޔާގައި މިނުކުތާއާއި ގުޅިގެން މިބުނެވިދިޔަ ފިޔަވަޅުތައް ފުރިހަމަކުރެއްވުމަކާނުލައި ޢަބްދުއްރަޙްމާނު
މުޙައްމަދު ދަޢުވާގައި ބުނާ 1864 ގަނޑުމުށި، މުޙައްމަދު ޒާހިރު ޙުސައިން ގެންދިޔަކަމަށް ބައްލަވައި އޭގެ
އަގުގެގޮތުގައި ޢަބްދުއްރަޙްމާނު މުޙައްމަދު ދަޢުވާކުރި -/11608ރ. (އެގާރަހާސް ހަސަތޭކަ އަށްރުފިޔާ) އަކީ
ޢަބްދުއްރަޙްމާނު މުޙައްމަދުއަށް މުޙައްމަދު ޒާހިރު ޙުސައިން ދައްކަންޖެހޭ ފައިސާއެއްކަމަށް ބައްލަވާފައިވަނީ
ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވެންނެތްކަން އެނގެއެވެ.
(ނ) ބ.އޭދަފުށި ކޯޓްގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި، ޢަބްދުއްރަޙްމާނު މުޙައްމަދުގެ
މޯބައިލްހާޑްވެއަރ" ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން ގެދޮރުގެ މަސައްކަތަށް ބޭނުންވެގެން ނެގިކަމަށް
ޢަބްދުއްރަޙްމާނު މުޙައްމަދު ބުނާ އެހެނިހެންތަކެތީގެ އަގުގެގޮތުގައި ޢަބްދުއްރަޙްމާނު މުޙައްމަދު ދަޢުވާކޮށްފައިވާ
13906
/
30ރ. (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި) އާމެދު އެޤަޟިއްޔާގައި ދަޢުވާ ލިބުނު މުޙައްމަދު
ޒާހިރު ޙުސައިން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 2006/08/30 ދުވަހު ދީފައިވާ ބަޔާންތަކުގައި
ގެދޮރުހެދުމަށް ބޭނުންވެގެން ފަހުން އަގުއަދާކުރާގޮތަށް ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން 13906
/
30ރ.
(ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި)ގެ ތަކެތި (ތަށިމުށި ފިޔަވައި) މުޙައްމަދު ޒާހިރު ޙުސައިން
ނަގާފައިވާކަމަށް އިޢުތިރާފުވެފައިމެ އެތަކެތީގެ އަގުކަމަށްވާ 13906
/
30ރ. (ތޭރަހާސް ނުވަސަތޭކަ
ހަރުފިޔާ ތިރީސްލާރި) " މޯބައިލްހަރޑްވެއަރ" ގައި އޭރު ސޭޓަކަށް އުޅުނު އިބްރާހީމް ރަޝީދު ބުނެގެން ސޮނީ
04 ނަންބަރު ފިހާރައަށް މުޙައްމަދު ޒާހިރު ޙުސައިންގެ އަންހެނުންގެ ކޮއްކޮ މުޙައްމަދު މުރާދު މާލޭގައި ހުއްޓާ
މުޙައްމަދު މުރާދުއާ އިބްރާހީމް ރަޝީދު ގުޅާފައި އެފައިސާ ސޮނީ 04 ނަންބަރު ފިހާރައަށް ދައްކަން ބުނުމުން
އެފައިސާ ދައްކަން ސޮނީ 04 ނަންބަރު ފިހާރައަށް މުޙައްމަދު މުރާދު ދިޔައީ ކުޑަރިކިލު މުޙައްމަދު ޞާދިޤުއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
5
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދ
ހ2 23
22
2x
2
و ترا تر کر کو میسر
އެކު ކަމަށާއި މުޙައްމަދު ޞާދިޤު އަށްވެސް 1177 $US (އެއްހާސް އެއްސަތޭކަ ހަތްދިހަ ހަތެއް ޔޫއެސް
ޑޮލަރު) ސޮނީ 04 ނަންބަރު ފިހާރައަށް ދެއްކިކަން އެނގޭނެކަމަށާއި މިފައިސާ އެތަނަށް ދެއްކުމުން، ދިން
ރަސީދު މުޙައްމަދު ޒާހިރު ޙުސައިން އަތުގައި އެބައޮތްކަ
ތެކަމަށާއި، އެހެން
ހެންކަމުން ން އޭދަފުށި
"މޯބައިލްހަރޑްވެއަރ"
ފިހާރައަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށް ބ.އޭދަފުށި ކޯޓްގެ މިއިސްތިއުނާފުކުރެވޭ
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު ޒާހިރު ޙުސައިން ދީފައިވާ ބަޔާނުގައި މުޙައްމަދު ޒާހިރު
ޙުސައިން ބުނެފައިވާކަން އެނގެއެވެ.
(ރ) ޢަބްދުއްރަޙްމާނު މުޙައްމަދުގެ "މޯބައިލްހަރޑްވެއަރ" ފިހާރައިން މުޙައްމަދު ޒާހިރު
ޙުސައިން ނަގާފައިވާ 13906
/
30ރ. (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި) ގެ ތަކެތީގެ އަގު
"
ބައިލްހަރޑްވެއަރ" ގައި އޭރު ސޭޓަކަށް އުޅުނު އިބްރާހީމް ރަޝީދު ބުނެގެން ސޮނީ 04
ނަންބަރު ފިހާރައަށް ފައިސާދައްކާފައިވާކަމަށް ބުނެ މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅި ލިޔުމަށް ބަލާއިރު
އޭގައި 1177 $US (އެއްހާސް އެއްސަތޭކަހަތްދިހަ ހަތެއް ޔޫއެސްޑޮލަރު) ލިބިއްޖެކަމަށް ލިޔެފައިވީ ނަމަވެސް
އެއީ ބ.އޭދަފުށި "މޯބައިލްހަރޑްވެއަރ" ފިހާރައާއި ސޮނީހާރޑްވެއަރ 04 ނަންބަރު ފިހާރައާ ދެމެދު
ހިނގައިދިޔަ މުޢާމަލާތަކާއި ގުޅިގެން ދައްކާފައިވާ ފައިސާއެއްކަން އެލިޔުމުން އެއްވެސް މިންވަރަކަށް
އެނގެންނެތްކަމާއި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ދަޢުވާގައި ގެދޮރުހެދުމަށް ބޭނުންވެގެން ފަހުން އަގު
އަދާކުރާގޮތަށް "މޯބައިލްހަރޑްވެއަރ" ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން ގެންދިޔަ ތަކެތީގެ އަގުގެގޮތުގައި
ޢަބްދުއްރަޙްމާނު މުޙައްމަދު ދަޢުވާކޮށްފައިވަނީ 13906/30 ރ. (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ ތިރީސްލާރި)
ގެ މައްޗަށްކަމަށްވާއިރު، މިލިޔުމުގައިވާ ޑޮލަރުގެ ޢަދަދު ދިވެހި ފައިސާއަށް ބަދަލުކުރުމުންޖެހެނީ 15006.75ރ.
(ފަނަރަހާސް ހަރުފިޔާ ހަތްދިހަފަސްލާރި) ކަމަށްވުމުން މިދެޢަދަދު ދިމާނުވާކަން އެނގެން އޮންނާތީއާއި
މޯބައިލްހަރޑްވެއަރ" ފިހާރައަށް ލިބެންޖެހޭ ފައިސާ ސޮނީހާރޑް ވެއަރ 04 ނަންބަރު ފިހާރައަށް ބަލައިގަނެ
އެފައިސާ މޯބައިލްހަރޑްވެއަރ" އަށް ފޮނުވުމުގެ މުޢާމަލާތެއް އެދެފިހާރައިގެ ދެމެދުގައި ހިނގަމުން
އައިސްފައިނުވާކަން ޢަބްދުއްރަޙްމާނު މުޙައްމަދުއާއި އިބްރާހީމް ރަޝީދުގެ ބަހުން އެނގެން އޮންނާތީއާއި އަދި އެ
1177 $US (އެއްހާސް އެއްސަތޭކަހަތްދިހަ ހަތެއް ޔޫއެސްޑޮލަރު) ސޮނީހާރޑްވެއަރ 04 ނަންބަރު ފިހާރައަށް
ދެއްކީ އިބްރާހީމް ރަޝީދު ބުނެގެންކަމަށާއި، އެ 1177 $US (އެއްހާސް އެއްސަތޭކަހަތްދިހަ ހަތެއް ޔޫއެސް
ޑޮލަރު) އަށް އިބްރާހީމް ރަޝީދު މުދާގަތީ ސޮނީ 02 ނަންބަރު ފިހާރައިންނާއި، ދަމާސް، އަދި ބްލޫސްޓޯރުން
ކަމަށް އިބްރާހީމް ރަޝީދު ބުނެފައިވާއިރު، އެފައިސާ ސޮނީ 04 ނަންބަރު ފިހާރައަށް މުޙައްމަދު މުރާދު
ދައްކާފައިވާކަމަށް މުޙައްމަދު މުރާދު ބުނެފައިވަނީ އެއީ އިބްރާހީމް ރަޝީދުގެ ދަރިއަކު ބަލިވެގެން ކުއްލިއަކަށް
ބޭރަށްދާންޖެހިގެން އެފައިސާ ސޮނީ 04 ނަންބަރު ފިހާރައަށް ޑޮލަރ ދައްކައިދިނުމަށް އިބްރާހީމް ރަޝީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
6
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 22 22
އެދިގެންކަމުގައި މުޙައްމަދު މުރާދު ބުނެފައިވުމުން އިބްރާހީމް ރަޝީދުއާއި މުޙައްމަދު މުރާދުއާއި މިދެމީހުން
ބަހުގައި ތަޢާރަޟުވުމެއް އޮތްކަމުގައި ބެލެވެން އޮންނާތީއާއި އަދި ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން
މުޙައްމަދު ޒާހިރު ޙުސައިން ނަގާފައިވާ 13906/30 ރ. (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި) ގެ
ތަކެތީގެ އަގު އަދާކޮށްފައިވާނެކަމަށް ބުނެ އެކަން ދަންނާނެ ހެކީންގެގޮތުގައި މުޙައްމަދު ޒާހިރު ޙުސައިން
ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ބ.އޭދަފުށި މުރަނގަލާގެ މުޙައްމަދު މުރާދު ބ.އޭދަފުށި ކޯޓްގެ އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން "މޯބައިލްހަރޑްވެއަރ" ފިހާރައިން
މުޙައްމަދު ޒާހިރު ޙުސައިންގެ ނަމުގައި ގެންދިޔަ ތަކެއްޗަކީ މިމުޙައްމަދު މުރާދުގެ އެ ހެދުމަށް ގެންދެވުނު
ތަކެތިކަން މުޙައްމަދު މުރާދުގެ ބަހުން އެނގެން އޮންނާތީއާއި އަދި މި މުޙައްމަދު މުރާދުއަކީ، މުޙައްމަދު
ޒާހިރު ޙުސައިންގެ ޅިޔަނުކަމާއި މިކަންކަން މުޙައްމަދު ޒާހިރު ޙުސައިންގެ ބަހުން އެނގެން އޮތުމުން މުޙައްމަދު
މުރާދު މިފައިސާ ދެއްކުނުކަމަށް ބުނާ ބުނުމަކީ އޭނާއަށް މަސްލަޙަތު އޮތްކަމެއްގައި އޭނާ ބުނާ ބުނުމެއްކަން
އެނގެން އޮންނާތީ މުޙައްމަދު މުރާދުއަކީ މިކަމުގައި މުސްތަޤިއްލުގޮތެއްގައި މުޙައްމަދު ޒާހިރު ޙުސައިންއާ
އެއްކޮޅަށް ހެކިބަސްދެވޭފަދަ މަޤާމެއްގައި ހުރި މީހެއްނޫންކަން އެނގެން އޮންނާތީއާއި އަދި މިފައިސާ
"މޯބައިލްހަރޑްވެއަރ" ފިހާރައަށް ދައްކާފައިވާކަން ޘާބިތުކުރުމަށް މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން
ހުށަހަޅާފައިވާ މުޙައްމަދު ޞާދިޤު 2004/10/17 ދުވަހު، މިމަސްއަލައާ ގުޅިގެން މަދަނީކޯޓަށް ދީފައިވާ
ބަޔާނުގައި މުޙައްމަދު މުރާދު މާލޭ ސޮނީ 04 ނަންބަރު ފިހާރައަށް -/
15000ރ. (ފަނަރަހާސްރުފިޔާ) އަށްވާ
އެމެރިކާ ޑޮލަރު ދެއްކި ކަމަށާއި މުޙައްމަދު މުރާދު ދެއްކި ފައިސާއަކީ އެއްޗެހިތަކެއް ގަނެގެން ދެއްކި ފައިސާ
އެއްކަމަށް ބުނެފައިވީނަމަވެސް އެއީ ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައިން މުޙައްމަދު ޒާހިރު ޙުސައިން
ނަގާފައިވާ 13906/30 ރ. (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި)ގެ ތަކެތީގެ އަގު އަދާކުރުމުގެ ގޮތުން
މުޙައްމަދު މުރާދު ދެއްކި ފައިސާއެއްކަން އެއްވެސް މިންވަރަކަށް މުޙައްމަދުޞާދިޤުގެ ބަހުން އެނގެން
ނޯންނާތީ މިކަންކަމުގެ މައްޗަށް ބަލާއިރު، ޢަބްދުއް ރަޙްމާނު މުޙައްމަދުގެ "މޯބައިލްހަރޑްވެއަރ" ފިހާރައިން
މުޙައްމަދު ޒާހިރު ޙުސައިން ނަގާފައިވާ 13906/30 (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި)ގެ
ތަކެތީގެ އަގު މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައަށް ދައްކާފައިވާކަން
މިކަން ޘާބިތުކުރުމަށް މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ހުށަހެޅި ލިޔުމުންނާއި އަދި އިބްރާހީމް
ރަޝީދުއާއި، މުޙައްމަދު މުރާދުއާއި، މުޙައްމަދު ޞާދިޤުގެ ހެކިބަހުން ޝަރުޢީ ހަމަތަކުގެމަތިން ޝަރީޢަތަށް
ޘާބިތުވާކަމަށް ބެލެން ނެތްކަން އެނގެއެވެ.
(ބ) ޢަބްދުއް ރަޙްމާނު މުޙައްމަދުގެ "މޯބައިލްހަރޑްވެއަރ" ފިހާރައިން މުޙައްމަދު ޒާހިރު
ޙުސައިން ނަގާފައިވާ 13906/30 ރ. (ތޭރަހާސް ނުވަސަތޭކަ ހަރުފިޔާ /ތިރީސްލާރި)ގެ ތަކެތީގެ އަގު މުޙައްމަދު
2
#
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޒާހިރު ޙުސައިންގެ ފަރާތުން ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފިހާރައަށް ދައްކާފައިވާކަން ޘާބިތުކުރުމަށް މުޙައްމަދު
ޒާހިރު ޙުސައިންގެ ފަރާތުން ހުށަހެޅި ލިޔުމުންނާއި ހެކިންގެ ހެކިބަހުން، މަތީގައި ބަޔާންކުރެވިދިޔަގޮތުގެމަތިން
ޝަރީޢަތަށް ޘާބިތުނުވިނަމަވެސް އެފައިސާ މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން އެފިހާރައަށް ދައްކާފައި
ނުވާކަމަށް ބ.އޭދަފުށި ކޯޓްގެ އިސްވެ ޙަވާލާދެވުނު ޤާޟިއްޔާގައި ބައްލަވަންވާނީ، މިފައިސާ މުޙައްމަދު ޒާހިރު
ޙުސައިންގެ ފަރާތުން ދައްކާފައިވާކަމަށް ބުނެ މުޙައްމަދު ޒާހިރު ޙުސައިން އެޤަޟިއްޔާގައި ކޮށްފައިވާ ދިފާއީ
ދަޢުވާއަށް އިންކާރުކޮށް އެ ދިފާއީ ދަޢުވާ ރައްދުވާ ޢަބްދުއްރަޙްމާނު މުޙައްމަދު ހުރީ، އެފައިސާ މުޙައްމަދު
ޒާހިރު ޙުސައިންގެ ފަރާތުން ދައްކާފައިނުވާކަމަށް ހުވާކުރަންތޯ ޢަބްދުއްރަޙްމާނު މުޙައްމަދުއާ އެޤަޟިއްޔާގެ
ޝަރީޢަތުގެ ފަރާތުން ސުވާލުކުރައްވައި، އެގޮތަށް ޢަބްދުއްރަޙްމާނު މުޙައްމަދު ހުވާކުރަންހުރިކަމަށް ބުނެ
މުޙައްމަދު ޒާހިރު ޙުސައިންގެ މިދިފާއީ ދަޢުވާއަށް ޢަބްދުއްރަޙްމާނު މުޙައްމަދު އިންކާރުގެ ހުވައިކޮށްފި
ޙާލަތެއްގައިކަމަށްވާއިރު، މިބުނެވުނު ފައިސާ މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ދައްކާފައިވާކަން ޘާބިތު
ނުވާކަމަށް އެޤަޟިއްޔާގައި ބައްލަވާފައިވަނީ، މިފައިސާ މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ދައްކާފައި
މިވާކަމަށް އެކޯޓުގެ ޝަރީޢަތުން ބެއްލެވުމުގައި، ރިޢާޔަތްކުރަންޖެހޭ ޝަރުޢީ އުޞޫލުތަކަށް ފުރިހަމައަށް
ރިޢާޔަތްކުރެވިގެން ނޫންކަން ރަނގަޅަށް އެނގެއެވެ.
(ޅ) އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުން މިމަސްއަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވި
ފައިވަނީ ބ.އޭދަފުށި ކޯޓްގެ ނަންބަރު 2004/F
-
10
-
C/6 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ އިސްލާމީ
ޝަރީޢަތުގައި ކަންކަން ޘާބިތުކުރުމަށް ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން
ނޫންކަމަށާއި އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައި ޙުކުމް ބާޠިލުކުރަންޖެހޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2007/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
037
4 3 22 2
04
/4އްކުރޮޅ
ބ.އޭދަފުށި ކޯޓްގެ ނަންބަރު 2004/F
-
10
-
C/6 ގެ ޤަޟިއްޔާ އެކޯޓުން ބައްލަވައި،
ނިންމަވާފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަންކަން ޘާބިތުކުރުމުގައި ބަލަންޖެހޭ އުޞޫލުތަކަށް ފުރިހަމައަށް
ދިވިގެން ނޫންކަން އެނގެން އޮންނާތީ
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން މިމަސްއަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، ބުނެވުނު ބ.އޭދަފުށި ކޯޓްގެ ޤަޟިއްޔާގައި ޢަބްދުއްރަޙްމާނު މުޙައްމަދު
ކޮށްފައިވާ ދަޢުވާ އެކޯޓަށް ޢަބްދުއްރަޙްމާނު މުޙައްމަދުގެ ފަރާތުން އަލުން ހުށަހަޅައިނަމަ ޝަރުޢީ އަދި ޤާނޫނީ
ވިގެމަތިން އެކޯޓުން އެދަޢުވާ އަލުން ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް އެކޯޓުން
ކުރައްވަންޖެހޭކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
• ނޯޓް: ދިވެހިރާއްޖޭގެ ހައިކޯޓްގެ މިޟިއްޔާ މިގޮތަށް ނިމުމުން ބ.އޭދަފުށި ކޯޓްގެ ނަންބަރު
2004/F
-
10
-
C/6 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުވީއެވެ.
އ ހރު 04
02
2
2x
02
محملہ ہے ترمیم کرکر کے
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ކީ
އި
(
.4
އާދަމް މުޙައްމަދު ޢަބްދު1
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 03 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv