ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/246 ޤަޟިއްޔާގެ ޙުކުމް
1
2{{9/HC-A/246
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 246/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު އަޙްމަދު
އައިޑީ ކާޑު ނަންބަރު: A138726
*
2
* ދާއިމީ އެޑްރެސް: ކުދިމާވިލާސ. ހިތަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 52
/
91-C
ދާއިމީ އެޑްރެސް: މ. ތިލަފިހިގެ/މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޝަޢުބާން 1430
16 އޮގަސްޓް 2009
ނިމުނު ތާރީޚް: 30 ރަބީޢުލްއައްވަލް 1439
22 ފެބްރުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/406
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 25 ފެބްރުއަރީ 2008
ނިމުނު ތާރީޚް: 8 ޖުލައި 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންދުރަޖީވެހިމޭލް ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.g v.mv
2
2{{09/HC-A/246
ޤަޟިއްޔާ ނިމުނު ގޮތު
އެވާގެ ޚުލާޞާ
މަދަނީ
ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުގެ
ފެކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި، މުޙައްމަދު އަޙްމަދު، ކުދިމާވިލާސ.ހިތަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްނަންބަރު
A138726) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު 52
/
91-C) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
406/MC/2008
1. އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހިންގި
ޑައިލޮގު ފިހާރައިގެ މެނޭޖަރެއްގެ ގޮތުގައި ސ.ހިތަދޫ ކުދިމާވިލާ (ޅ. ސާޓަން) މުޙައްމަދު އަޙުމަދު
މަސައްކަތްކުރިއިރު، އެފިހާރައިން އޭނާވަނީ ގިނައަދަދެއްގެ ފޯނާއި، ކޮމްޕޯސަންސްތަކާއި، އެކްސަސަރީޒް
ނަގައި ބޭނުންކޮށްފައިކަމަށާއި، އަދި އެފިހާރައިގެ ސޭލްސްއިންވެސްވަނީ ފައިސާ ނަގާފައިކަމަށާއި، މީގެ
އިތުރުން ކްރެޑިޓުގެ ގޮތުގައި ޑައިލޮގް ފޯނު ފިހާރައިން މުޙައްމަދު އަޙްމަދު ނަގާފައިވާ ފޯނުތަކަށް
ދޭންޖެހޭ ފައިސާއާއި، އަދި ޑައިލޮގް ފޯނު ފިހާރައަށް ފައިސާ ލިބިދިނުމަށް މުޙައްމަދު އަޙްމަދު ދީފައިވާ
ޗެކްތަކުގެ ތެރެއިން ރިޓާރންވެފައިވާ 03 (ތިނެއް) ޗެކުގައިވާ ފައިސާއާއި، އޭ.ޑީ.ކޭ.
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ޕްލެނެޓް އިލެކްޓްރޯނިކްސް (ޝާޕް ފިހާރަ) ފިހާރައިން
ނަގާފައިވާ ކެމެރާއަކާއި، ފެކްސް މެޝިނަށް ދައްކަންޖެހޭ ފައިސާއާއި، އަދި މީގެ އިތުރުން ޑައިލޮގް ފޯނު
ފިހާރައަށް ފޯނު ގަތުމަށް މުޙައްމަދު އަޙުމަދު ސިންގަޕޫރަށް ފޮނުވި ދަތުރުގައި ފޯނު ގަންނަން ދިން
ފައިސާއިން ބާކީވި 6,778.15$S (ހަހާސް ހަތްސަތޭކަ ހަތްދިހަ އަށެއް ޕޮއިންޓް އެކެއް ފަހެއް
ސިންގަޕޫރު ޑޮލަރ) އާއި، ޑައިލޮގް ފޯނު ފިހާރައަށް ގެނެސްފައިވާ 50 ފޯނު ކިޓުގެ އަގަށްވާ
ފައިސާއާއި، އެކުޖުމުލަ 608,752
/
06ރ. (ހަލައްކަ އަށްހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ ހަލާރި)
އަކީ މުޙައްމަދު އަޙްމަދު، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާއެއްކަމުގައި މުޙައްމަދު އަޙްމަދު އެއްބަސްވެފައިވާއިރު، މިފައިސާގެ ތެރެއިން އެއްވެސް މިންވަރެއް
މުޙައްމަދު އަޙުމަދު، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިނުވާތީ، މިފައިސާ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
" ދިވެހިންގެ
3
239/HC-A/246
އ.ޑީ.19
/0ހ4
މއެ#
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިގަތުމަށްއެދި، ސ.ހިތަދޫ ކުދިމާވިލާ (ވ. ސާޓަންގެ) މުޙައްމަދު އަޙްމަދުގެ މައްޗަށް،
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމީޓެޑްގެ ފަރާތުން ދަޢުވާކުރުމުން މަދަނީ ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ހުކުމް ކުރައްވާފައިވަނީ، "ސ.ހިތަދޫކުދިމާވިލާ މުޙައްމަދު އަޙްމަދުގެ
އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ކުޑަ މިދަޢުވާގައިވާ 608,752
/
06ރ.
(ހަލައްކަ އަށްހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ ހަލާރި) އާއި 6,778.15$S (ހަހާސް ހަތްސަތޭކަ
ހަތްދިހަ އަށެއް ޕޮއިންޓް އެކެއް ފަހެއް ސިންގަޕޫރު ޑޮލަރ) އަކީ އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހިންގި ޑައިލޮގް ފިހާރައިގެ މެނޭޖަރަކަށް، ދަޢުވާލިބޭ މުޙައްމަދު އަޙްމަދު އުޅުނު
ދުވަސްވަރު އެފިހާރައިން މުޙައްމަދު އަޙްމަދު ގިނަ އަދަދެއްގެ ފޯނާއި، ކޮމްޕޯނަންޓްސްތަކާއި،
އެކްސަސަރީޒް ނަގައި ބޭނުންކޮށްފައިވާތީއާއި، އެފިހާރައިގެ ސޭލްސްއިން މުޙައްމަދު އަޙުމަދު ނަގާފައިވާ
ފައިސާއާއި، ޑައިލޮގް ފިހާރައިން ފޯނު ނެގުމަށްފަހު، އެފިހާރައިން މުޙައްމަދު އަޙުމަދު ދީފައިވާ ޗެކްތަކުގެ
ތެރެއިން ރިޓަރންވެފައިވާ 03 ޗެކުގެ ފައިސާއާއި، އޭ.ޑީ.ކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން
ހިންގާ ޕްލެނެޓް އިލެކްޓްރޯނިކްސް (ޝާޕް ފިހާރަ ފިހާރައިން ނަގާފައިވާ ކެމެރާއާއި، ފެކްސް މެޝިނަށް
ދައްކަންޖެހޭ ފައިސާއާއި، އަދި ޑައިލޮގް ފޯނު ފިހާރައަށް ފޯނު ގަތުމަށް ސިންގަޕޫރަށް ދިޔަ ދަތުރުގައި
ދިން ފައިސާއިން ބާކީވި ފައިސާކަމަށް އެއްބަސްވެ، ދަޢުވާލިބޭ މުޙައްމަދު އަޙްމަދު، އޭ.ޑީ.ކޭ.
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ބަޔާންދީފައިވާތީ، މި ދަޢުވާގައި ހިމެނޭ 608,752
/
06ރ.
(ހަލައްކަ އަށްހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ)ހަލާރި) ގެ ތެރެއިން ޖިނާއީ ކޯޓުގެ ނަންބަރު
2005/JC/493 ޤަޟިއްޔާއިން މުޙައްމަދު އަޙްމަދުގެ މައްޗަށް ޚިޔާނަތްތެރިވިކަން ސާބިތުވެފައިވާ
ޢަދަދުކަމުގައިވާ 210,713
/
56ރ. (ދެލައްކަ ދިހަހާސް ހަތްސަތޭކަ ތޭރަ ރުފިޔާ ފަންސާސްހަލާރި)
އުނިކުރުމުން ބާކީވި 398,011
/
50ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެގާރަ ރުފިޔާ ފަންސާސްލާރި)
އާއި، 6,778.15$S (ހަހާސް ހަތްސަތޭކަ ހަތްދިހަ އަށެއް ޕޮއިންޓް އެކެއް ފަހެއް ސިންގަޕޫރު ޑޮލަރ)
އަކީ، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާލިބޭ މުޙައްމަދު އަޙްމަދު ދޭންޖެހޭ
ފައިސާއެއްކަން ޝަރީއަތަށް ޝާބިތުވާތީ، ދަޢުވާލިބޭ މުޙައްމަދު އަޙްމަދު އޭ.ޑީ.ކޭ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑަށް ޚިޔާނަތްތެރިވެފައިވާކަމަށް ބުނެ، މި ދަޢުވާގައި ހިމެނޭ ޢަދަދުތައް ހިމަނައިގެން
ދައުލަތުގެ ފަރާތުން މުޙައްމަދު އަޙްމަދުގެ މައްޗަށް ދަޢުވާކުރާ ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/493
ޤަޟިއްޔާއިން މުޙައްމަދު އަޙްމަދުގެ މައްޗަށް ފަތްތެރިވިކަން ސާބިތުވެފައިވާ ޢަދަދުކަމުގައިވާ
ޔުނީA
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{{39/HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
210,713
/
56ރ. (ދެލައްކަ ދިހަހާސް ހަތްސަތޭކަ ތޭރަރުފިޔާ ފަންސާސްހަލާރި) މިދަޢުވާގައި ހިމެނޭ
ފައިސާއިން އުނިކުރުމުން ބާކީވި 398,011
/
50ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެގާރަ
ރުފިޔާ ފަންސާސްލާރި) އާއި، 6,778.15$S (ހަހާސް ހަތްސަތޭކަ ހަތްދިހަ އަށެއް ޕޮއިންޓް އެކެއް
ފަހެއް ސިންގަޕޫރު ޑޮލަރ) އަކީ ދަޢުވާލިބޭ ސ.ހިތަދޫ:ކުދިމާވިލާ މުޙައްމަދު އަޙްމަދު، އޭ.ޑީ.ކޭ
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ
އަދާކުރުމުގެގޮތުން 08 ޖުލައި 2009 މިދުވަހުން ފެށިގެން މީލާދީ 36 މަސްދުވަސްތެރޭގައި މަދުވެގެން
އެމަހަކަށްޖެހޭވަރު އެމަހަކު މަދަނީކޯޓަށް ދައްކަމުންގޮސް 398,011
/
50ރ. (ތިންލައްކަ ނުވަދިހަ
އަށްހާސް އެގާރަ ރުފިޔާ ފަންސާސްލާރި) އާއި، 6,778.15$S (ހަހާސް ހަތްސަތޭކަ ހަތްދިހަ އަށެއް
ޕޮއިންޓް އެކެއް ފަހެއް ސިންގަޕޫރު ޑޮލަރ) ނުވަތަ އެއަށްވާ ދިވެހިފައިސާ ދައްކާ މިދަރަނި
ޚަލާޞްކުރުމަށް ސ.ހިތަދޫ:ކުދިމާވިލާ މުޙައްމަދު އަޙްމަދަށް އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
0 ވ2
2. މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު އަޙްމަދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްގޭ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
معرات کی
• ފުރަތަމަ ނުކުތާއަކީ، އޭ.ޑީ.ކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
މުޙައްމަދު އަޙްމަދު ގޮވައިގެން ސިފައިންގެއަށް ގޮސް މުޙައްމަދު އަޙްމަދުގެ މައްޗަށް ކުރި ތުހުމަތުތައް
ޕޮލިހުން ތަޙުޤީޤު ކުރުމަށްފަހު އެ ޑޮކިއުމަންޓްތައް ޝަރީއަތަށް ހުށަހަޅައިގެން ޖިނާއީ ކޯޓުން އެކޯޓުގެ
ޤަޟިއްޔާ ނަންބަރު 2005/JC/493 ހިންގަމުން ދިޔައިރު އޭ.ޑީ.ކޭ. ގެ ފަރާތުން ކޯޓަށް ހާޟިރުވެ
ބަޔާންދީ ތަޙުޤީޤުގައާއި ޝަރީއަތަށް ލިބުނު ހެކިތަކަށް ބައްލަވައި މުޙައްމަދު އަޙްމަދު ދައްކަންޖެހެނީ
210,713
/
56 (ދެލައްކަ ދިހަހާސް ހަތްސަތޭކަ ތޭރަ ރުފިޔާ ފަންސާސް ހަލާރި) ކަމަށް ޙުކުމް
އިފައިވަނިކޮށް އޭ.ޑީ.ކޭ. އިން ހަމަ އެޑޮކިއުމަންޓްތަކާއެކު މަދަނީ ކޯޓަށް ހަމަ އެމައްސަލަ
ހުށަހެޅުމުން މަދަނީ ކޯޓުން ޤަޟިއްޔާ ނަންބަރު 2008/MC/406 އިން މުޙައްމަދު އަޙްމަދު ދައްކަން
ޖެހެނީ 608,752
/
06 (ހަލައްކަ އަށްހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ ހަލާރި) ކަމަށް ކުރެއްވި
ޙުކުމަކީ ޢަދުލުވެރި ޙުކުމެއްގައި ޤަބޫލު ނުކުރެވޭކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0x
ކުރއވއ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 338477
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{{39}HC-A/246
ޤަޟިއްޔާ ނިމުނު ގޮތު
2c22
• ދެވަނަ ނުކުތާއަކީ، އެއްމަސަލައެއްގައި ދެކޯޓުން ދެފަހަރަކު ދަޢުވާ ކޮށްގެން
ދެގޮތަކަށް ޙުކުމް ކުރެއްވުމަކީ އެއްކުށަކަށް ދެފަހަރު ޢުޤޫބާތް ލިބުންކަމުގައި
ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކާ ތަޢާރުޟުވާ ކަމެއްކަމުގައި
ހުށަހަޅާފައިވާ ނުކު
2
4 އހހ 0
2
4
@ޅހ2ނ@ން
ދެކެވައެވެ
ތިންވަނަ ނުކުތާއަކީ، އޭ.ޑީ.ކޭ. ގެ އޮފީހަށް މުޙައްމަދު އަޙްމަދު ގެންގޮސް
ބިރުދައްކައިގެން ނުފޫޒު ބޭނުންކޮށްގެން ނަގާފައިވާ މުޙައްމަދު އަޙްމަދުގެ ބަޔާނަށް ސިފައިންގޭގައާއި
ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާއިރު މިކަމަށް މަދަނީ ކޯޓުން ނުބައްލަވައި ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
26
ރައްދުވާ އޭ.ޑީ.ކޭ.
3. މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު އަޙްމަދުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރިހަމަ ކަމަކީ، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
މުޙައްމަދު އަޙްމަދުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި ޚިޔާނާތުގެ މައްސަލައަކާ
ގުޅިގެން އެސަރވިސްއިން ތަޙްޤީޤުކުރުމަށްފަހު، ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓުގައި ދަޢުވާކުރުމުން
އެކޯޓުން ބައްލަވައި ނިޔާކަނޑައަޅުއްވާފައިވާ، އެކޯޓުގެ ނަންބަރު 2005/JC/493 ޤަޟިއްޔާގައި
އެޔާގައި ހިމެނޭ
މައްސަލައަކީ ޖިނާއީ މައްސަލައެއްކަމާއި، އެމައްސަލައިގައި އޭ.ޑީ.ކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑަށް ޖިނާއީ ކޯޓުން ނަންގަވައިދެއްވާފައިވާ 210,713156ރ. (ދެލައްކަ ދިހަހާސް ހަތްސަތޭކަ ތޭރަ
ރުފިޔާ ފަންސާސް ލާރި) އަކީ އެޤަޟިއްޔާގައި ޖިނާއީ މިންގަނޑުން މުޙައްމަދު އަޙްމަދު، އޭ.ޑީ.ކޭ
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ޚިޔާނާތްތެރިވިކަން ސާބިތުވެފައިވާ ފައިސާގެ މިންވަރުކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގައި
ހިމެނޭ މައްސަލައިގައި މުޙައްމަދު އަޙްމަދު އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{{39}HC-A/246
0
2 20ދ ތ
ترع سم مرسی
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސާބިތުވެފައިވާ 608,752
/
06ރ. (ހަލައްކަ އަށްހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ
ހަލާރި) ގެތެރެއިން ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/493 ޤަޟިއްޔާއިން މުޙައްމަދު އަޙްމަދުގެ
މައްޗަށް ޚިޔާނާތްތެރިވިކަން ސާބިތުވެފައިވާ ޢަދަދުކަމުގައިވާ 210,713
/
56ރ. (ދެލައްކަ ދިހަހާސް
ހަތްސަތޭކަ ތޭރަ ރުފިޔާ ފަންސާސް ލާރި) އުނިކުރުމުން ބާކީވާ 398,011
/
50ރ. (ތިންލައްކަ
ނުވަދިހަ އަށްހާސް އެގާރަ ރުފިޔާ ފަންސާސްލާރި) އާއި، 6,778
/
15 $S (ހަހާސް ހަތްސަތޭކަ ހަތްދިހަ
އަށް ސިންގަޕޯރު ޑޮލަރު ފަނަރަ ސެންޓް) އަކީ މަދަނީ މިންގަނޑުތަކުން ބަލާއިރު އޭ.ޑީ.ކޭ
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް މުޙައްމަދު އަޙްމަދު ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ
ފައިސާކަމާއި،
ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށް
ސާބިތުކުރާ މިންގަނޑަކީ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" (beyond resonable doubt)
ކަމަށްވެފައި، މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑަކީ، ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް
ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކުރުން (balance of probabilities)
ކަމަށްވާއިރު، އެއް ހެކިތަކަކާއި ޤަރީނާތަކެއްގެ މައްޗަށް އިސްވެދެންނެވުނު ދެމިންގަޑު ތަޠުބީޤުކުރުމުން
ތަފާތު ނަތީޖާތަކެއް ނިކުތުމަކީ އެކަށީގެންވާކަމެއްކަމާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/493 ޤަޟިއްޔާގައި ހިމެނޭ
މައްސަލައިގައި މުޙައްމަދު އަޙްމަދުގެ ކިބައިން 210,713
/
56ރ. (ދެލައްކަ ދިހަހާސް ހަތްސަތޭކަ ތޭރަ
ރުފިޔާ ފަންސާސް ހަލާރި) އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް
ނަންގަވައިދެ
ވައިދެއްވާފައިވަނިކޮށް، އެމައްސަލައިގަވެސް ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ބައްލަވައި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި،
އިސްވެދެންނެވިފައިވާ ގޮތުގެމަތިން 398,011
/
50ރ. (ތިންލައްކަ ނުވަދިހަ އަށްހާސް އެގާރަ ރުފިޔާ
ފަންސާސްލާރި) އާއި، 6,778
/
15 $S (ހަހާސް ހަތްސަތޭކަ ހަތްދިހަ އަށް ސިންގަޕޯރު ޑޮލަރު ފަނަރަ
ސެންޓް) އޭ.ޑީ.ކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް މުޙައްމަދު އަޙްމަދު ދައްކަންޖެހޭކަމަށް
ސާބިތުވެފައިވުމަކީ، މަދަނީ ކޯޓުގެ ނަންބަރު 2008;IC;406 ޤާޟިއްޔާގައި ހިމެނޭ މައްސަލައިގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް ނުބެލެވޭނެކަމެވެ.
2
2
0 ދ ތ
އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ހއން
7
2{{9/HC-A/246
ޤަޟިއްޔާ ނިމުނު ގޮތު
4 22
2 0 2
02 22 22 22
(ށ) ދެވަނަ ކަމަކީ، އެއްމަސަލައެއްގައި ދެކޯޓެއްގައި ދެފަހަރަކު ދަޢުވާ ކޮށްގެން
ދެކޯޓުން ދެގޮތަކަށް ޙުކުމް ކުރެއްވުމަކީ، އެއްކުށަކަށް ދެފަހަރު ޢުޤޫބާތް ލިބުންކަމުގައި ބެލެވޭކަމަށާއި،
އެއީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކާ ތަޢާރުޟުވާ ކަމެއްކަމުގައި ބެލެވޭކަމަށްބުނެ
މުޙައްމަދު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު،
ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ،
ދެވަނަ ފަހަރަށް ހަމަ އެކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ
މައްޗަށް ނުއުފުލޭނެކަމަށާއި، އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ
ފަހަރަށް ހަމަ އެކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ
ނުއުފުލޭނެކަމަށް ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
އެހެންނަމަވެސް، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2008/MC/406 ޤަޟިއްޔާގައި ހިމެނޭ މައްސަލައާއި، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/493
ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ފުރަތަމަ ތަޞައްވުރު (prima facie) ގައި މައިގަނޑު ގޮތެއްގައި
އެއް ޢަމަލުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެމައްސަލަ ކަމަށް ބެލެވުނުކަމުގައި ވިނަމަވެސް، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ޖިނާއީ ކޯޓުގެ ނަންބަރު
2005/JC/493 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި މުޙައްމަދު އަޙްމަދުގެ މައްޗަށް ޖިނާއީ ކުށެއް
ސާބިތުވެފައިވަނިކޮށް، ހަމަ އެކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ
މުޙައްމަދު އަޙުމަދުގެ
މައްޗަށް އުފުލާފައިވާ ދަޢުވާއަކަށް
ނުވުމާއެކު
އެދެމައްސަލައަކީ،
އިސްވެދެންނެވިފައިވާ، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އެއްކުށަކަށް ދެފަހަރު
އަދަބު ނުދިނުމުގެ" އުސޫލުގެ ތެރޭގައި ހިމެނޭ ބާވަތުގެ ދެމައްސަލަ ނޫންކަމާއި،
މީހަކު ކުރާ ޖިނާއީ ކުށެއްގެ ސަބަބުން އެހެން އެއްވެސް މީހަކަށް ގެއްލުމެއް
ލިބިފައިވާނަމަ، އެގެއްލުމެއްގެ ބަދަލު ހޯދުމަށް މަދަނީ މައްސަލައެއް ހުށަހެޅުމަކީ ގެއްލުން ލިބޭ ކޮންމެ
މީހަކަށްމެ އޮންނަ ޙައްޤެއްކަމާއި، މިއީ މިބާވަތުގެ މައްސަލަތަކުގައި ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުގައިވެސް ޢަމަލުކުރެވެމުން ދާގޮތްކަމާއި،
އެހެންކަމުން، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/493 ޤާޟިއްޔާގައި މުޙައްމަދު
އަޙްމަދުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މުޙައްމަދު އަޙްމަދު
ޚިޔާނާތްތެރިވީކަމަށް ސާބިތުވެފައިވާ ޖުމްލަ 210,713
/
56ރ. (ދެލައްކަ ދިހަހާސް ހަތްސަތޭކަ ތޭރަ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
8
2{{39}HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރުފިޔާ ފަންސާސް ހަލާރި) އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ޖިނާއީ ކޯޓުން
ނަންގަވައިދެއްވާފައިވަނިކޮށް، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2008/MC/406
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓަށް އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހެޅުމުން އެކޯޓުގައި ހިންގައި ނިޔާކަނޑައެޅުމަކީ ޤާނޫނުއަސާސީން މުޙައްމަދު އަޙްމަދަށް ލިބިދީފައިވާ
އެއްވެސް ޙައްޤަކާ ތަޢާރުރުވާކަޢީ2ވ.22
ނޖީމހނނކމެ"
ކޮށްގެން
(ނ) ތިންވަނަ ކަމަކީ، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހަށް
މުޙައްމަދު އަޙްމަދު ގެންގޮސް ބިރުދައްކައިގެން ނުފޫޒު ބޭނުންކޮށްގެ ނަގާފައިވާ މުޙައްމަދު އަޙްމަދުގެ
ބަޔާނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އިންކާރުކޮށްފައިވާއިރު
މިކަމަށް މަދަނީ ކޯޓުން ނުބައްލަވައި ޙުކުމް ކުރައްވާފައިވާކަމަށްބުނެ މުޙައްމަދު އަޙްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ މުޙައްމަދު އަޙްމަދުގެ
ބަޔާންތަކަށް ބަލާއިރު، އެބަޔާންތައް ނަގާފައިވަނީ އެކިފަހަރުމަތިން އެކި ދުވަހުކަމާއި، މިގޮތުން ފުރަތަމަ
ނަގާފައިވާ ބަޔާނާއި ދެވަނައަށް ނަގާފައިވާ ބަޔާން ނަގާފައިވަނީ 10 އޮގަސްޓް 2004 ގައި ކަމާއި،
ތިންވަނަ ބަޔާން ނަގާފައިވަނީ 16 އޮގަސްޓް 2004 ގައި ކަމާއި، ހަތަރުވަނަ ބަޔާނާއި ފަސްވަނަ
ބަޔާން ނަގާފައިވަނީ 22 އޮގަސްޓް 2004 ގައި ކަމާއި، ހަވަނަ ބަޔާން ނަގާފައިވަނީ 23 އޮގަސްޓް
2004 ގައިކަމާއި، މިދެންނެވުނު ބަޔާންތަކަކީ މުޙައްމަދު އަޙްމަދަށް ބިރުދައްކައިގެން މަޖުބޫރުން
ނަގާފައިވާ ބަޔާންތަކެއްކަމަށް މުޙައްމަދު އަޙްމަދު ބުނާއިރު، އެމައްސަލަ ކަމާބެހޭ ފަރާތަށް
ހުށަހަޅާފައިވަނީ ހުރިހާ ބަޔާންތައް ނަގާ ނިމުނުފަހުންކަމަށް މުޙައްމަދު އަޙްމަދު ބުނެފައިވާކަމާއި،
ނަމަވެސް، މުޙައްމަދު އަޙްމަދަކީ ހަމަބުއްދި ސަލާމަތުން ހުރި މިނިވަނަކަށް ވީހިނދު، އެބަޔާންތަކަކީ
މުޙައްމަދު އަޙްމަދަށް ބިރުދައްކައިގެން މަޖުބޫރުން ނަގާފައިވާ ބަޔާންތަކެއްކަމަށް ވާނަމަ، ފުރަތަމަ
ބަޔާންނެގި ދުވަހު އެކަން ކަމާބެހޭ ފަރާތަށް ހުށަނާޅާ، ބަޔާންތައް ނަގާ ނިމެންދެން އެހާދުވަހު
މަޑުކުރާނެކަމީ ޝަރީޢަތަށް ޤަބޫލުކުރެވޭކަމެއް ނޫންކަމާއި، މީގެ އިތުރުން، އިސްވެދެންނެވިފައިވާ
ބަޔާންތައް ދިނުމަށް މުޙައްމަދު އަޙްމަދަށް މަޖުބޫރުވީ ސަބަބުތައްކަމަށް މުޙައްމަދު އަޙްމަދު ބުނެފައިވާ
އޭނާގެ އަބުރު ސަލާމަތްކުރުމާއި، އޭނާގެ ގެއަށް އޭ.ޑީ.ކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ
ބަޔަކުގޮސް ބަލާ ފާސްކުރިކުރުމަކީ، ތަސައްރަފު ފުދި، ހަމަބުއްދި ސަލާމަތުންހުރި، މިނިވަނަކު
މަޖުބޫރުވެގެން ހަލައްކަ ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ އޭ.ޑީ.ކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް
ހުރިހާ ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2009}HC-A/246
ޤަޟިއްޔާ ނިމުނު ގޮ
ލިމިޓެޑަށް ދޭންޖެހޭކަމަށް އިޢުތިރާފުވެ ބަޔާންތަކެއްގައި، އެކިފަހަރުމަތިން، ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހަންޖެހޭފަދަ ޙާލަތެއްކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމަށާއި،
އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގައި ހިމެނޭ
މައްސަލައިގެ ޙުކުމަކަށް ވާސިލުވުމުގައި، އޭ.ޑީ.ކޭ. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ
މުޙައްމަދު އަޙްމަދުގެ، އިސްވެދެންނެވިފައިވާ ބަޔާންތަކަށް ރިޢާޔަތްކުރަށްވާފައިވުމަކީ، ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު
.ވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2008/MC/406 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަކަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ﷲ2
22
22
2
ބަޔާންކުރެވެން
ހ2 0
2
24
3
ބައެކެރެވެން
• ޙުކުމް
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ
ތަނެއް ކަމަށް ނުފެންނަކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/406 ޤަޟިއްޔާގެ
ޙުކުމަށް ތާޢީދުކޮށް އެގޮތުގެމަތިން، ޙުކުމްކޮށްފީމެވެ.
0x ދ ތތ
އަތޮކަމަށް
ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv