ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/133 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 133/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު އިޙްސާން އިބްރާހީމް
އައިޑީ ކާޑު ނަންބަރ: A090123
s:
* ދާއިމީ އެޑްރެސް: އުތުރުގެ ގއ.ދެއްވަދޫ
މިހާރުގެ އެޑްރެސް: ފ.އަނަސަމް(ކ.މާލެ
*
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް(މޯލްޑިވްސް ޕޮލިސް ސަރވިސް) * ދާއިމީ އެޑްގެ
އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މީހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
:
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ރަޖަބު 1435
15 މެއި 2014
ނިމުނު ތާރީޚް: 12 މުޙައްރަމް 1436
05 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv
-
C/921
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ވަޒީފާއާ ބެހޭ
ހުށަހެޅި ތާރީޚް: 2012-05-21 ނިމުނު ތާރީޚް: 2014-02-23
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްޑް
ފަނޑިޔާރުން އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފް ޙުސައިން
.ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގއ.ދެއްވަދޫ އުތުރުގެ، މުޙައްމަދު އިޙްސާން އިބްރާހީމް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A090123) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ
ޖެނެރަލްގެ އޮފީހެވެ.
ނުކުތާ
01 އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާ އަށް
ބެލިއިރު، އެ ޤަޟިއްޔާއަކީ ގއ.ދެއްވަދޫއުތުރުގެ، މުޙައްމަދު އިޙްސާން އިބްރާހީމް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A090123)، 16 އޯގަސްޓް 2004 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ
މީގެ 37 ވަނަ މާއްދާގެ (ހ) އާއި، 38 ވަނަ މާއްދާއާއި، އަދި 16 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކުރެވިފައިވާ މިންގަނޑުތަކާއި، ދިވެހި ފުލުހުންގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ބާރު ލިބިގެން
ހަދާފައިވާ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާއިބެހޭ ޤަވާއިދާއި، ފުލުހުންގެ
ވަޒީފާއާބެހޭ ޤަވާއިދާއި ޚިލާފަށް އެކަށީގެންވާ ސަބަބަކާނުލައި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަކި
އަންގަންދެން ވަޒީފާއަށް ޙާޟިރު ނުވެވޭގޮތަށް ގޭގައި މަޑުކުރުމަށް 2010 ވަނަ އަހަރުގެ ޑިސެމްބަރ
މަހުގެ ތާރީޚެއްގައި އެންގުމަށްފަހު، އެހާތަނަށްވެސް ވަޒީފާއިން ވަކިކުރިކަން ނުވަތަ ނުކުރާކަން ރަސްމީ
ގޮތެއްގައި އަންގާފައިނުވާކަމަށާއި، އަދި ވަޒީފާއިން ވަކިކުރާންޖެހޭފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށާއި،
މުޙައްމަދު އިޙްސާން އިބްރާހީމް ވަޒީފާނެތި ހުންނަންޖެހުމުން މާލީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، އަދި
އެހެނިހެން ގޮތްގޮތުންވެސް އެލުންވަމުންދާކަމަށާއި، މުޙައްމަދު އިޙްސާން އިބްރާހީމް ކުރިން އަދާކުރަމުންދިހައެއްޖޭގެ ހައި
8 0 4
8އ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނާނަމަ، ގޭގައި މަޑުކުރުމަށް އެންގި ތާރީޚުން ފެށިގެން
ވަޒީފާއިން ވަކިކުރި ތާރީޚާއި ހަމައަށް ލިބެންޖެހޭ މުސާރައާއި، އިނާޔަތްތަކާއި، ވަކިކުރި ދުވަހުން ފެށިގެން
އަލުން ވަޒީފާދޭ ދުވަހާ ހަމައަށް ދޭންޖެހޭ މުސާރައާއި، ޢިނާޔަތްތައް އެއްފަހަރާ ދިނުމަށާއި، ވަޒީފާއަށް
ނުނިކުމެދިޔަ މުއްދަތަކީ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނޭނޭ ދުވަސްތަކެއްކަމަށާއި، މަޤާމުގެ ކުރިއެރުން
ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދެއްވުމަށާއި، ވަޒީފާއިން ލިބިގެންވާ ހުރިހައި
ޙައްޤުތަކެއް މުޙައްމަދު އިޙްސާން އިބްރާހީމަށް ލިބިގެންވާކަމަށާއި، އެފަދަ އެންމެހައި ޙައްޤުތަކެއް މުޙައްމަދު
އިޙްސާން އިބްރާހީމަށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި
މުޙައްމަދު އިޙްސާން އިބްރާހީމް ދަޢުވާކުރުމުން، ބެލިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "...މުޙައްމަދު އިޙްސާން އިބްރާހީމް
16 އޯގަސްޓް 2004 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ އަދާކުރަމުންދަނިކޮށް،
މުހައްމަދު އިޙްސާން އިބްރާހީމް ތަޙްޤީޤްކުރި މައްސަލައެއްގައި ހިމެނޭ ފަރާތްތަކަކަށް އެހީތެރިވެދިނުމުގައި
މަޤާމުގެ ނާޖާއިޒް ފައިދާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުށަހެޅުނު ކަންތައްތަކަށް ބަލައި،
އެއްމައްސަލާގައި ތަޙްޤީޤު ކުރުމުގައި ޢަމަލުކުރާ އުސޫލުތަކާއި ޚިލާފަށް ކަންތައްތަކެއް ހިންގާފައިވާކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވިގެން، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުންގެ
ވަޒީފާއާބެހޭ ޤަވާއިދުގެ 65 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް 19 ޑިސެމްބަރ 2010 އިން ފެށިގެން
މުސާރަ ނުލިބޭ ގޮތަށް މުޙައްމަދު އިޙްސާން އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން
ސަސްޕެންޑް ކޮށްފައިވާކަމާއި،
މުޙައްމަދު އިޙްސާން އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑް
ކުރުމަށްފަހު، މުޙައްމަދު އިޙްސާން އިބްރާހީމްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ
ބޯޑުން ބަލައި ތަޙްޤީޤުކޮށްފައިވާކަމާއި، އެތަޙްޤީޤަށް މުޙައްމަދު އިޙްސާން އިބްރާހީމް އާޝިރުކުރެވި،
ސުވާލުކުރެވި، މުޙައްމަދު އިޙްސާން އިބްރާހީމްގެ ބަޔާންނަގާފައިވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށްއްޖޭގެ ހައިp
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު އިޙްސާން އިބްރާހީމް ދީފައިވާ ދެބަޔާނަށް ޝަރީޢަތުން ބެލިއިރުގައި، އެދެބަޔާނުގައި މުޙައްމަދު
އިޙްސާން އިބްރާހިމް އެއްބަސްވެފައިވާ ޢަމަލުތަކަކީ، ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އަދި އެކުށްތަކަށް
އަދަބުދިނުމާއި، ބެހޭ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގައިވާފަދައިން ފުލުހުންގެ ކޯޑު
އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް ހިންގާފައިވާ
ޢަމަލުތަކެއްކަމާއި، އަދި އެޢަމަލުތަކަކީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ނ) ގައިވާ
ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، މުއައްސަސާގެ މައްޗަށް ޢާންމު
ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމުން، އެއާލަތަކީ މުޙައްމަދު އިޙްސާން
އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއްކަމަށް މިމައްސަލައިގައި
ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަޑުތަކުން ޝަރީޢަތަށް ސާބިތުވާތީ، ދަޢުވާގައި
މުޙައްމަދު އިޙްސާން އިބްރާހީމް އެދިފައިވާ ފަދައިން މުޙައްމަދު އިޙްސާން އިބްރާހީމް މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާއި، އެވަޒީފާއާއި ގުޅުންހުރި އެހެނިހެން ޙައްޤުތައް ދިނުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާނެ ތަނެއްނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިން
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
02- އިސްވެ ބަޔާންކުރެވުނުފަދައިން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާކަމަށްބުނެ އެ
ޤަޟިއްޔާ އިސްތިއުނާފުކުރުމަށްއެދި ގއ.ދެއްވަދޫ އުތުރުގެ، މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައި ވެއެވެ.
921/Cr-C/2012
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ
(ހ) 38 ވަނަ މާއްދާ އަދި 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، ޤާނޫނު
ނަންބަރު 5/2005 (ދިވެހި ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި، އެޤާނޫނުގެ ދަށުން ބާރު ލިބިގެން
ހަދާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާމެދު ކުރެވޭ ޝަކުވާތައް ތަޙުޤީޤުކޮށް އެކަންކަމާއި
މެދު ފިޔަވަޅު އެޅުމާއި ބެހޭ ޤަވާޢިދުގެ 5، 8، 11 އަދި 13 ވަނަ މާއްދާއާއި، ޑިސިޕްލިނަރީ އަދި
އިދާރީކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާއިދުގެ 7 ވަނަ މާއްދާގެ އިތުރުން ފުލުހުންގެ ވަޒީފާއާބެހޭ
ޤަވާއިދުގެ 24 އަދި 25 ވަނަ މާއްދާގެ (ށ) އާ މުޅިން ޚިލާފަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ޢަމަލުކޮށްފައިވާކަން އެނގި ހާމަވާން ހުރިއިރު އެކަންކަމުގެ މައްޗަށް އެއްވެސް މިންވަރަކަށް ރިޢާޔަތް
ކުރައްވާފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެ
ތާއެވެ.
* ދެވަނަ ނުކުތާއަކީ: މުޙައްމަދު އިޙްސާނުގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ
އެއްވެސް އަޞްލެއްނެތް ކަމެއްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތެއް
މަތެއްކަން އެނގޭ ޙާލަތުގައި އެކަމުގެ
މައްޗަށް ޝަރީޢަތުން ރިއާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މުޙައްމަދު އިޙްސާން އިބްރާހީމްގެ ފަރާތުން ހުށަހެޅި ދަޢުވާގައި
ސާބިތުކޮށްދޭން ބޭނުންވާ ކަންކަން (އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައިވާ މައްސަލާގައި އެއްވެސް
އަސްލެއް ނެތްކަން ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކި (މުޙައްމަދު އިހުސާން އިބްރާހީމް މަޤާމުގެ ނާޖާއިޒު
ފައިދާ ހޯދައި ދީފައިވާކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މައްސަލަ ޖެއްސިކަމަށް ބުނާ ފަރާތް،
ގދ.ގައްދޫ، ކުދިލުނބޯމާގޭ، މުޙައްމަދު ރަޝީދު) ކޯޓަށް ހާޟިރުކުރުމަށް ފުރުސަތު ނުދީ މައްސަލަ
ނިންމަވާފައި ވާކަމަށްބުނެ
ފެބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި
ކަންކަމުގެ މައްޗަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނޭކަމުގައި ބަޔާންކޮށް ޤާނޫނު ނަންބަރު 13/2010
(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 މަސައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެކަށީގެންވާ ގޮތަށް ރިޢާޔަތް ކޮށްފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ
2
23 ޑޑ
ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ޤާއިމްކުރަންޖެހޭ ޕްރޮސީޖަރަލް
ފެއަރނަސް އާއި ސަބްސްޓޭންޝަލް ފެއަރނަސް ޤާއިމްކޮށްފައިނުވާކަން ކަނޑައެޅި ސާފުކޮށް އެނގެން އޮތްއިރު
އެކަންކަމަށް ރިއާޔަތް ކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/921 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެދި ގއ.ދެއްވަދޫ އުތުރުގެ، މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ
ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޤާނޫނުއަސާސީގެ 37
ވަނަ މާއްދާގެ (ހ) އަދި (ށ) އާއި 38 ވަނަ މާއްދާއާއި 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ
މިންގަނޑުތަކަށާއި ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި އެޤާނޫނުގެ
ދަށުން ބާރު ލިބިގެން ހަދާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި މެދުކުރެވޭ ޝަކުވާތައް
ތަޙްޤީޤުކޮށް، އެކަންކަމާއި މެދު ފިޔަވަޅުއެޅުމާއި ބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 11
ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާއި
ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ އިތުރުން ފުލުހުންގެ ވަޒީފާއާއި ބެހޭ ޤަވާޢިދުގެ 24 އަދި 25 ވަނަ މާއްދާގެ
(ށ) އާއި މުޅިން ޚިލާފަށް ޢަމަލުކޮށްފައިވާކަން އެނގި ހާމަވާންއޮތްއިރު، އެކަންކަމުގެ މައްޗަށް
0 2 0 2
އެއްވެސް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
20j4/HC-A/133
ނިމުނު ގޮތުގެ ޚުލާސާ
ވަރަކަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާ ނިންމެވުމުގައި ރިޢާޔަތްކުރައްވާފައި
ނުވާކަމަށްބުނެ މުޙައްމަދު އިޙްސާން އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ބެލިބެލުމުން،
މިނުކުތާގައި މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތަފްސީލުގައި،
މުޙައްމަދު އިޙްސާން އިބްރާހީމް ގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވި ތަޙުޤީޤު ކުރެވުނު ކަމަށް ދައުލަތުގެ
ފަރާތުން ބުނާއިރު، ތަހުޤީޤު މަރުޙަލާގައި ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ކުށުން ބަރީއަވުމަށްޓަކައި ދޭންޖެހޭ
ފުރުޞަތު އެކަށީގެންވާ ގޮތަކަށް ދީފައިނުވާކަން ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކަށާއި، ދެފަރާތުން
ދައްކާފައިވާ ވާހަކަތަކުންވެސް އެނގި ހާމަވާކަމަށްބުނެ އެފަދައިން އެކަންފާހަގަކޮށްފައިވާއިރު ،
މުޙައްމަދު އިޙްސާން އިބްރާހީމްގެ ފަރާތުން އިޝާރާތް ކޮށްފައި އެވާ ލިޔުންތަކަކީ
ކޮބައިކަމެއް، ނުވަތަ އިޝާރާތްކުރި ވާހަކަތަކަކީ ކޮބައިކަމެއް މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދީފައި ނުވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް
އިން މުޙައްމަދު އިޙްސާން އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށްކަމަށް ސިވިލް ކޯޓުން
ނިންމަވާފައިވަނީ މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށާއި، ދައުލަތުން
ފާހަގަކުރި ކަންކަމަށް ޝަރީޢަތުން ރިޢާޔަތް ކުރެއްވުމަށް ފަހުގައިކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
މުޙައްމަދު އިޙްސާން އިބްރާހީމް 16 އޯގަސްޓް 2004 ވަނަ ދުވަހުން ފެށިގެން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ ތަޙްޤީޤުކުރި މައްސަލައެއްގައި ހިމެނޭ
ފަރާތްތަކަކަށް އެހީތެރިވެދިނުމުގައި ނާޖާއިޒު ގޮތުގައި މަޤާމުގެ ފައިދާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ
މައްސަލައެއް މުޙައްމަދު އިޙްސާން އިބްރާހީމް ގެ މައްޗަށް ހުށަހެޅުމުން، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް
ގެ ފަރާތުން ބެލިބެލުމުން، މުޙައްމަދު އިޙްސާން އިބްރާހީމް ތަޙްޤީޤު ކުރަމުންދިޔަ މައްސަލައާއި ގުޅިގެން،
އެފަދަ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކާއި ޚިލާފަށް ކަންތައްތަކެއް ހިންގާފައިވާކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވިގެން އެމައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ފުލުހުންގެ ވަޒީފާއާއި ބެހިރާއްޖޭގެ ހައިg
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
04 44
8
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަވާއިދުގެ 66 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، 19 ޑިސެމްބަރ 2010 އިން ފެށިގެން މުސާރަ
ނުލިބޭ ގޮތަށް މުޙައްމަދު އިޙްސާން އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން
ސަސްޕެންޑްކޮށްފައިވާ ކަމާއި، އޭގެ ފަހުން މުޙައްމަދު އިޙްސާން އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވުނު
މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ބަލާ ތަޙްޤީޤުކޮށްފައިވާކަމާއި، އެތަޙްޤީޤަށް
މުޙައްމަދު އިޙްސާން އިބްރާހީމް ޙާޟިރުކުރެވި، ސުވާލުކުރެވި، މުޙައްމަދު އިޙްސާން އިބްރާހީމްގެ ބަޔާން
ނަގާފައިވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މުޙައްމަދު އިޙްސާން އިބްރާހީމް ދީފައިވާ ދެބަޔާނަށް
ޝަރީޢަތުން ބެލިއިރު އެދެބަޔާނުގައި، މުޙައްމަދު އިހްސާން އިބްރާހީމް އެއްބަސްވެފައިވާ ޢަމަލުތަކަކީ
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ
(1) ވަނަ ނަންބަރުގައިވާ ފަދައިން ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި
ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް ހިންގާފައިވާ ޢަމަލުތަކެއް ކަމާއި، އެޢަމަލުތަކަކީ ފުލުހުންގެ ވަޒީފާއާއި
ބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ
ޚިދުމަތްދޭ މުއައްސަސާއެއްގައި އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެސަބަބުން އެހެން
މުވައްޒަފުންނަށާއި، މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމެއްކަމުން،
އެޙާލަތަކީ މުޙައްމަދު އިޙްސާން އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއް
ކަމަށް މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ސިވިލް ކޯޓުގެ އިސްތިއުނާފުކުރެވިފައި މިވާ ނަންބަރު 2012/Cv-C/921 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމާއި،
އަދި މީގެ އިތުރުން މުޙައްމަދު އިޙްސާން އިބްރާހީމް އާއި ދެކޮޅަށް
މައްސަލައިގައި ޖަވާބުދާރީވާން ފުރުޞަތު ލިބުނުކަމާއި، އެފުރުޞަތުގެ ބޭނުން އޭނާ ހިފާ،
އެމައްސަލައިގައި ޖަވާބުދާރީވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ
ދުމުގޅުކު25
0ހ2 eކ
14 2
ދިވެހިރާއްޖޭގެ
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު 2012/Cv-C/921 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރީޢަތުން ރިޢާޔަތްކުރައްވަންޖެހޭ ކަންކަމަށް
ފުރިހަމައަށް ރިޢާޔަތް ކުރައްވައިގެން ކަމުގައި ނޫނީ ބެލެވެން ނެތްކަމެވެ.
3.2- ދެވަނަ ކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު އިޙްސާން
އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެއްވެސް އަޞްލެއްނެތް ކަމެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްކަން
އެނގޭ ޙާލަތުގައި އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ
އާއި ގުޅިގެން މިޤަޟިއްޔާގައި ބެލިބެލުމުން،
މުޙައްމަދު އިޙްސާން އިބްރާހީމްގެ ފަރާތުން އެފަދައިން ފާހަގަކޮށްފައިވާ ސަބަބަކީ ގދ.ގައްދޫ
ކުދިލުނބޯމާގޭ މުޙައްމަދު ރަޝީދުގެ ފަރާތުން އެފަދަ ޝަކުވާއެއް ހުށަހެޅިކަމަށް އޭނާ ބުނެފައި ނުވާތީއާއި
މުޙައްމަދު އިޙްސާން އިބްރާހީމްގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައަކީ ޖިނާއީ މައްސަލައަކަށް ވާއިރު،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި މެދު އުފުލޭ ޝަކުވާތައް ތަޙްޤީޤުކޮށް އެކަންކަމާއި މެދު
ފިޔަވަޅު އެޅުމާއި ބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ) އާއި އެ ޤަވާޢިދުގެ 11 ވަނަ މާއްދާއާއި 13 ވަނަ
މާއްދާއާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީކަމަށް މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ބުނެފައިވާއިރު،
ގދ.ގައްދޫ ކުދިލުނބޯމާގޭ މުޙައްމަދު ރަޝީދު 13 ޑިސެމްބަރ 2010 ގައި ހުށަހެޅި
މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޭރުގެ ހެޑް އޮފް ޕްރޮޕަޓީ އެންޑް ކޮމަރޝަލް
ކްރައިމް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އާއި އެޑިޕާރޓްމަންޓުގެ
ޔުނިޓެއް ކަމުގައިވާ ކޮމަރޝަލް ކްރައިމް ޔުނިޓުގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާރޖަންޓް މުޙައްމަދު
އަޙުމަދު ރަޝީދު، 14 ޑިސެމްބަރ 2010 ގައި ގދ. ގައްދޫ ކުދިލުނބޯމާގޭ މުޙައްމަދު ރަޝީދުއާއި
ބައްދަލުކޮށްފައިވާކަމާއި، އެބައްދަލުވުމުގައި މުޙައްމަދު ރަޝީދު ވަނީ ޗެކް ބައުންސްވި މައްސަލަތަކުގައި
މުޙައްމަދު އިޙްސާން އިބްރާހީމް ފައިސާ ހޯދައިދޭ ކަމާއި، ފައިސާ ހޯދައިދިނުމުން، ފައިސާ ހޯދާދޭ ކޮންމެ
ޗެކަކަށް ޔޫއެސް ޑޮލަރު ޗެކެއްނަމަ، $1000 (އެއްހާސް ޑޮލަރު)، އަދި ދިވެހި ރުފިޔާގެ ޗެކަކަށްނަމަ،
-/10,000 (ދިހަހާސްރުފިޔާ) މުޙައްމަދު އިޙްސާނަށް ދޭކަމަށް ބުނެފައި ކަމާއި، މުޙައްމަދު އިޙްސާން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
هކުވާބާޤި
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/133
އިބްރާހީމް އާއި ދެކޮޅަށް އެމައްސަލަ ހުށަހެޅުމުން އެމައްސަލަ ތަހުޤީޤުކުރެވި، އަދި ޗީފް އިންސްޕެކްޓަރ އޮފް
ޕޮލިސް މުޙައްމަދު ޖަމްޝީދު ސޮއިކޮށް އެކަމާގުޅޭ ރިޕޯޓެއް ތައްޔާރުކޮށްފައިވާއިރު، އެރިޕޯޓުގައި މުޙައްމަދު
ރަޝީދު އާއެކު ބޭއްވުނު
އިވުނު ބައްދަލުވުމުގައި
އޭނާ ދެއްކި ވާހަކަތައް ބަޔާންކޮށްފައިވާކަމާއި،
އަދި އެމައްސަލައާއި ގުޅޭގޮތުން ޕޮލިސް ސްޓާފް ސާރޖަންޓް މުޙައްމަދު އަޙުމަދު ރަޝީދުގެ
ބަޔާނެއްވެސް ނަގާފައިވާކަމާއި، އަދި އިޝާރާތް ކުރެވުނު ރިޕޯޓާއި ބަޔާންތައް ސިވިލް ކޯޓުގެ ޝަރީޢަތަށް
ހުށަހަޅާފައިވާކަމާއި، ވީމާ މުޙައްމަދު އިޙްސާން އިބްރާހީމް ތަހުޤީޤުކުރި މައްސަލާގައި އޭނާ މަޤާމުގެ ނުފޫޒު،
ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާކަން ފުލުހުންގެ ތަހުޤީޤަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާތީ،
މުޙައްމަދު އިޙްސާނާއި މެދު ކުރެވުނު ތުހުމަތަކީ އަސްލެއް ނެތް ކަމެއްގެ މައްޗަށް ކުރެވުނު ތުހުމަތެއް ކަމަށް
ބެލެވެން ނެތްކަމާއި،
އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި މެދު ކުރެވޭ
ތަހުޤީޤުކޮށް އެކަންކަމާއި މެދު ފިޔަވަޅު އެޅުމާއި ބެހޭ ޤަވާޢިދަކީ ޢާންމު ފަރާތަކުން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ޝަކުވާއެއް ހުށަހެޅުމުން އެ ޝަކުވާ ދާނެ މަގު އަދި އެކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތައް
ބަޔާންކުރާ ޤަވާޢިދުކަމާއި، އެޤަވާޢިދުގެ މާއްދާތަކަށް ރިޢާޔަތް ކުރާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ހުށަހެޅޭ މައްސަލައަކީ ޑީސިޕްލިނަރީ ނުވަތަ އިދާރީ މައްސަލައެއްނަމަ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި
އަދި އެކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާޢިދު ނުވަތަ ވަޒީފާއާއި ބެހޭ ޤަވާޢިދު ނުވަތަ އެފަދަ ކަމެއްގައި
ޢަމަލުކުރަންޖެހޭ ޤާނޫނު ނުވަތަ ޤަވާޢިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރަންވާނެ ކަމުގައި އެޤަވާޢިދުގެ 8 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި،
މުޙައްމަދު އިޙްސާނާއި ގުޅޭގޮތުން ޑިސިޕްލިނަރީ ބޯޑުން ބެލި މައްސަލައަކީ ޑިސިޕްލިނަރީ
މައްސަލައެއް ކަމާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ
(ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުން ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް ހިންގާ ކޮންމެ ޢަމަލަކީ ޑިސިޕްލިނަރީ މައްސަލައެއްގެ ގޮތުގައި
ބެލެވޭނެ މައްސަލައެއްކަމާ
އެކަމާއި،
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މުޙައްމަދު އިޙްސާން އިބްރާހީމް ނާޖާއިޒު ފައިދާ ހޯދަން
މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލަ ފުލުހުން ތަހުޤީޤުކުރިއިރު، އޭނާއަށް ދެކޮޅަށް ހުރި ހެކި
ތަހުޤީޤަށް ހާމަވެފައިވާކަމާއި، އަދި މުޙައްމަދު އިޙްސާން އިބްރާހީމް އާ އެކަމާއި ގުޅޭ ގޮތުން ސުވާލުކޮށް
ދެފަހަރެއްގެ މަތިން ބަޔާން ނެގިފައިވާކަމާއި، މުޙައްމަދު އިޙްސާން އިބްރާހީމް ތަޙްޤީޤަށް ދީފައިވާ ބަޔާންތަކާއި،
ތަހުޤީޤަށް ހާމަވި ހެކި ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި،
މުޙައްމަދު އިޙްސާން އިބްރާހީމް އާއި ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ
ހެއްކަށް ބަލާއިރު، ކޮމަރޝަލް ކްރައިމް ޑިޕާޓްމަންޓުގައި އޭނާ މަސައްކަތްކުރިއިރު ތަޙްޤީޤުކުރި، ޗެކު
ބައުންސް މައްސަލައެއްގައި ހިމެނޭ ދެފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުކުރުމަށްފަހު،
ބައުންސްވި ޗަކް ދޫކުރި ފަރާތުން އެޗެކްގައިވާ ފައިސާގެ ޢަދަދާއި އެއްވަރަށް އައު ޗެކްތަކެއް
(ޖުމްލަ 07 ޗެކް) ދިނުމުން އެމައްސަލަ ނިންމާ ފައިލްކޮށްފައިވަނިކޮށް، ފަހުން ދޫކޮށްފައިވާ ޗެކްތަކުގެ
ތެރެއިން 3 ޗެކެއް ބައުންސްވެގެން އެމައްސަލަ އަލުން ހުށަހެޅުމުން، މުޙައްމަދު އިޙްސާން އިބްރާހީމް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤަވާޢިދުތަކާއި އުޞޫލުތަކާއި ޚިލާފަށް އެމައްސަލަ ފޭސްނުކޮށް،
ބައުންސްވިކަމަށް ބުނާ 03 ޗެކް އަމިއްލައަށް ބަލައިގަނެ އެޗެކްތަކަށް ފައިސާ ހޯދައިދޭން މަސައްކަތް
ކޮށްދީފައިވާކަމާއި، މުޙައްމަދު އިޙްސާން އިބްރާހީމް ގެ އަމިއްލަ އިޢުތިރާފުންވެސް ފަހުން ބައުންސްވި ކަމަށް
މުޙައްމަދު ރަޝީދު ބުނާ 03 ޗެކަށް ފައިސާ ހޯދައިދޭން މަސައްކަތް ކޮށްދީފައިވާކަން އިނގޭކަމާއި، އެކަން
އެމައްސަލައިގައި މުޙައްމަދު އިހްސާން އިބްރާހީމް ދީފައިވާ ބަޔާންތަކުން އިނގޭކަމާއި، އެމައްސަލައިގައި
ދެފަހަރެއްގެ މަތިން މުޙައްމަދު އިހްސާން އިބްރާހީމްގެ ބަޔާން ނަގާފައިވާއިރު، އެ ދެބަޔާނުގައިވެސް
އެޗެކްތަކަށް އޭނާ އަމިއްލައަށް ފައިސާ ހޯދައިދޭން މަސައްކަތް ކުރިކަމަށް އެއްބަސްވެފައިވާކަމާއި، އެގޮތުން
ޗެކް ދޫކުރި ފަރާތާއި ގުޅައި، އެފަރާތުން އައު ޗެކްތަކެއް ދިނުމަށް އެއްބަސްވެ، އެޗެކްތައް ބަލާ އައުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު އިޙްސާން އިބްރާހީމް ގެ ގާތުގައި އެފަރާތުން ބުނުމުން، މުޙައްމަދު އިޙްސާން ގޮސް އެޗެކްތަކާއި
ޙަވާލުވެ، އެފައިސާ ލިބެންވާ ފަރާތުގެ އެކައުންޓަށް އެފައިސާ ޖަމާކޮށްދިންކަމަށް މުޙައްމަދު އިޙްސާން
އިބްރާހީމް ބުނެފައިވާކަމާއި، މުޙައްމަދު އިޙްސާން އިބްރާހީމް ގެ އެ ޢަމަލަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލައެއް ހުށަހަޅާ
ފަރާތަކަށް މައްސަލައިގެ ތަޙްޤީޤުން ބޭރުން އަދި ކަނޑައެޅިފައިވާ އުޞޫލުގެ ބޭރުން އެއްވެސް ކަމެއް
ކޮށްދިނުމަކީ ކަނޑައެޅިގެން ޕްރޮސީޖަރާއި ޚިލާފުކަމެއްކަން ފާހަގަކުރެވޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން މުޙައްމަދު އިޙްސާން ގެ މައްސަލަ
ބެލުމަށްފަހު އޭނާއާއި މެދު އެޅުމަށް ނިންމި ފިޔަވަޅަކީ އޭނާ ވަޒީފާއިން ވަކިކުރުން ކަމުގައިވާއިރު، ވަޒީފާއިން
ވަކިކުރުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ކަނޑައެޅޭ އަދަބުތަކުގެ ތެރޭގައި ހިމެނޭ އަދަބެއް ކަމުގައި
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ)
ގައި ބަޔާންކޮށްފައިވާކަމާއި، ވީމާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކޮށްފައިވަނީ ޤަވާއިދާއި
ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
ce O
3.3-ތިންވަނަ ކަމަކީ: މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ހުށަހެޅި ދަޢުވާގައި
ސާބިތުކޮށްދޭން ބޭނުންވާ ކަންކަން ސާބިތުކުރުމަށްޓަކައި ހެކީންގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް އެދިފައިވާ
ފަރާތްތައް ޙާޟިރުކޮށްދީފައި ނުވާކަމަށް މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މުޙައްމަދު އިޙްސާން އިބްރާހީމް ގެ
ފަރާތުން ޙާޟިރުކުރުމަށް ބޭނުންވި ފަރާތްތައް ޙާޟިރުކޮށްފައި ނުވާ ސަބަބު އިސްތިއުނާފު މިކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 3.4 ގައި ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން އެޤަޟިއްޔާގައި ބަލާފައިވަނީ، މޯލްޑިވްސް ޕޮލިސް
ސަރވިސްއިން މުޙައްމަދު އިޙްސާން އިބްރާހީމް ވަކިކުރުމަށް ނިންމަވާފައިވާ ނިންމުމަކީ ޤާނޫނީ ހަމަތަކުގެ
މަތިން ނިންމަވާފައިވާ ނިންމުމެއް ކަމާއިމެދު މުޙައްމަދު އިޙްސާން އިބްރާހީމް ސުވާލު އުފެއްދުމުން މުޙައްމަފުއްޖޭގެ ހައިދިނީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.،
13
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޑ
އިޙްސާން އިބްރާހީމް އުފައްދާފައިވާ އެސުވާލުތަކުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޑިސިޕްލިނަރީ ބޯޑުން ނިންމަވާފައިވާ ނިންމުން ބިނާކޮށްފައިވާ ޤާނޫނީ ހަމަތަކާއި އަދި އެބޯޑުން ޢަމަލުކޮށްފައިވާ
އިޖުރާއާތުތަކުގެ ޞައްޙަކަން މުރާޖަޢާކުރުން ކަމުގައިވާހިނދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ
ބޯޑުން އެނިންމުން ނިންމުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މުޙައްމަދު އިޙްސާން އިބްރާހީމް
ދީފައިވާ ބަޔާންތަކުގައި އުފައްދާފައިނުވާ ސުވާލުތަކެއް މިހާރު ހެކިންނާއި ކުރެވިގެން ދިޔުމަކީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ވަޒަންކުރުމުގެ ފުރުޞަތު ލިބިފައިނުވާ އައު ވަޤާއިޢުތަކެއް
އުފެދިގެންދާނެ ކަމެއްކަމުގައި ވާތީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މުޙައްމަދު އިޙްސާން އިބްރާހީމް
ދީފައިވާ ދެ ބަޔާނުގެ މައްޗަށާއި، އެމައްސަލައިގައި ޝަރީޢަތަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން
3.2 ވަނަ ނުކުތާގައި ޝަރީޢަތުން ޙަވާލާދީފައިވާ ލިޔުންތަކަށް ރިޢާޔަތް ކުރުމުންވެސް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމަވާފައިވާ އެނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމުން،
އެޤަޟިއްޔާގައި މުޙައްމަދު އިޙްސާން އިބްރާހީމް ހާޟިރުކޮށްދިނުމަށް އެދިފައިވާ މުޙައްމަދު އިޙްސާން
އިބްރާހީމް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުގެ ވެރިފަރާތް ކަމުގައިވާ ޙުސައިން ރަޝީދާއި، މުޙައްމަދު ރަޝީދު
ހާޟިރުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ޝަރީޢަތަށް ބުރަވެވެން އޮތްކަމުގައި އެރިޕޯޓުގެ އެ ނަންބަރުގައި
ފާހަގަކުރައްވާފައި އޮތްއޮތުން ރަގަޅުނޫންކަމަށް ބަލާނެ ތަނެއް ނެތްކަމެވެ.
3.4- ހަތަރުވަނަ ކަމަކީ: ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޢާޔަތް ކުރަންވާނެ
ކަންކަންކަމުގައި ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ
(ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެކަށީގެންވާ ގޮތަށް
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާގައި ރިޢާޔަތްކުރައްވާފައި ނުވާކަމަށް މުޙައްމަދު
އިޙްސާން އިބްރާހީމް ފަރާތުން ފާހަގަކޮށްފައިވާއިރު، ޤާނޫނު ނަންބަރު (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ،
މައްސަލައާއި ގުޅޭ ގޮތުން ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެކަމަށް ކަމާއި،ކެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/201
cu o
(2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއް ނިންމާއިރު އެމައްސަލައާއި
އެއްފަދަ އެހެން މައްސަލަތަކުގައި ކޮށްފައިވާ ޙުކުމަށް ރިޢާޔަތް ކުރަންވާނެ ކަމަށް ކަމާއި، އެގޮތުން މުޙައްމަދު
އިޙްސާނުގެ ފަރާތުން ރިޢާޔަތް ކޮށްދެއްވުން އެދި ހުށަހަޅާފައިވާ އެއް ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1519 ޤަޟިއްޔާކަމާއި، އެއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި އުޅުނު މީހަކު
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދެކޮޅަށް ދަޢުވާކުރި މައްސަލައެއް ދަށުކޯޓުން މޯލްޑިވްސް ޕޮލިސް
ސަރވިސްއާއި ދެކޮޅަށް ނިމުމުން، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
އިން ބަދަލުވެފައިވާ މައްސަލައެއްކަމާއި، މުޙައްމަދު އިޙްސާނު އިބްރާހީމް ގެ ފަރާތުން ހުށަހަޅާފައިވާ އަނެއް
ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާ ކަމާއި، އެޤަޟިއްޔާއަކީ
ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ހުށަހެޅުނު މައްސަލައެއްކަމާއި އެޤަޟިއްޔާއާއި އިސްތިއުނާފު މިކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު ޤަޟިއްޔާއާމެދު ހުރި ތަފާތު، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ބަޔާންކޮށްދީފައި ވާކަމާއި،
އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 25/HC
-
A/2010 ޤަޟިއްޔާއަށް އިސްތިއުނާފްކުރާ
ފަރާތުން ޙަވާލާދީފައިވާއިރު ދައުލަތުންވެސް އެޤަޟިއްޔާއަށް ޙަވާލާ ދީފައިވާކަމާއި، އަދި މީގެ އިތުރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއަށް މުޙައްމަދު އިޙްސާން އިބްރާހީމް
ފަރާތުން ޙަވާލާދީފައިވާއިރު، އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/921 ޤަޟިއްޔާ ނިންމަވާފައިވަނީ އެޤަޟިއްޔާތަކާއި ޙަވާލާދީ މުޙައްމަދު އިޙްސާން
އިބްރާހީމް ގެ ފަރާތުން ފާހަގަކުރި އެންމެހައި ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކުރެއްވުމަށް ފަހުގައިކަން
ވެ
އޤީ
ގެ
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
3.5- ފަސްވަނަ ކަމަކީ: ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ޤާއިމްކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކޮށްފައިނުވާކަން ކަނޑައެޅި ސާފުކޮށް އެނގެން އޮތްއިރު
ރިއާޔަތް ކުރުމަކާނުލައި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާ
ނިންމާފައިވާކަމަށްބުނެ
އިވާކަމަށްބުނެ މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން
ހއ ހދ8
އެކަން ކަމަށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
878
15
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2«
ތުހުމަeކ
ހައިކޯޓުގެ މިޤަޟިއްޔާގައި ބެލިބެލުމުން، އިޖްރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ
ޝަރީޢަތުން ބައްލަވާފައި ނުވާކަމަށްބުނެ މުޙައްމަދު އިޙްސާން އިބްރާހީމް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ފަރާތެއް އެނގެން ނެތުމާއި، މައްސަލައިގެ އެއްވެސް އަސްލެއް ނެތުމާއި، މައްސަލަ ތަހުޤީޤު ކުރުމުގައި
ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާކަން އެނގެން ނެތުމާއި، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި
މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތު ދޭންޖެހޭނެކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި މެދު އުފުލޭ ޝަކުވާތައް ތަހުޤީޤުކޮށް އެކަންކަމާއި މެދު ފިޔަވަޅު
އެޅުމާއި ބެހޭ ޤަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެފަދައިން އެކަށީގެންވާ ގޮތެއްގައި
ޢަމަލުކޮށްފައިވާކަން ދައުލަތަށް ދެއްކިފައިނުވާކަމަށް ބުނެފައިވާ ބުނުންކަމުގައިވާއިރު، މި އެންމެހައި
ކަންތައްތަކަކީ މިރިޕޯޓުގައި އިސްވެ ބަޔާންކުރެވިފައިވާ ނުކުތާތަކުގައި ޖަވާބު ދެވިފައިވާ ކަންތައްތަކެއްކަން
އެނގެން އޮންނާތީ، މިނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިތުރަށް ބަލަންޖެހޭ
-
ކަމެއް އޮތްކަމަށް ނުފެންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވު.
ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބެލުމުން މުޙައްމަދު އިޙްސާން އިބްރާހީމް ގެ ފަރާތުން އިސްތިއުނާފު
ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް
ފާހަގަކުރެވިފައެއް ނުވެއެވެ.
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/921 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށްއެދި ގއ.ދެއްވަދޫ އުތުރުގެ، މުޙައްމަދު އިޙްސާން އިބްރާހީމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
، ދިވެހި
މ މ އ
16
20j4/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4
2 20
ނަންބަރު A090123) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެންމެހައި ނުކުތާތަކުގެ އަލީގައި
އިސްވެ ފާހަގަކުރެވިފައިވާ އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް
ބަލާއިރު، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ކޮށްފީމެވެ.
3,
- COC
0 3
1 $36
8
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv