ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/107 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/1{7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
WWUM
e)
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 107/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 134
/
95-C
* ދާއިމީ އެޑްރެސް: ލ. ތިލަފިހިގެ
މިހާރުގެ އެޑްރެސް: އޭ
ޑީ ކޭ ޓަވަރ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 343
/
2004-C
ދާއިމީ އެޑްރެސް: ގ. ގަލޮޅުއާގެ
މިހާރުގެ އެޑްރެސް: ގ. ގަލޮޅުއާގެ
• ރަޖިސްޓްރީ ތާރީޚާ: 19 ޖުމާދުލްއާޚިރް 1432
ނިމުނު ތާރީޚް: 16 ރަބީޢުލްއައްވަ
1434
22
2011
28
ޖެނުއަރީ
2013
| އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
948
/
Cv
-
C/1925)
• ނިންމެވި ފަރާތް: ސިވިލް ކޯޓް
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
، ހުށަހެޅި ތާރީޚް: 08.08.2010
= ނިމުނު ތާރީޚް: 17.02.2011
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢައްބާސް ޝަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/13]
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
948
/
Cv
-
C/1925) ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
44
OU
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/948 ޤަޟިއްޔާގައި، އޭޑީކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 134195-C) އަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 343
/
2004-C) އިން ދޫކޮށްފައިވާ 4 (ހަތަރެއް) ޗެކަކަށްވާ ޖުމްލަ
-/
130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ލިބިފައިނުވާކަމުގައި ބުނެ، އެފައިސާ ހޯދަން އެދި އޭޑީކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން
ބެލުނު މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "...ދެންފަހެ، އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު 134195-C) އަށް އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 34312004-C)
އިން ދޫކޮށްފައިވާ 4 (ހަތަރެއް) ޗެކަކަށްވާ އެކުޖުމްލަ -/
130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ)
ލިބިފައިނުވާކަމުގައި ބުނެ، އެފައިސާ ހޯދުންއެދި އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޑިއުކޭޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުޅަ ދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 4
(ހަތަރެއް) ޗެކެއް ދޫކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭހިނދު، އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ޗެކު ދޫކޮށްފައިވާކަމާމެދު އިޢުތިރާޟުކުރާކަން
އެނގޭކަމާއި،
OLC
ދިވެހިރާއްޖޭގެ
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{11/HC-A/1{7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކަމުގައި
ޗެކު ދޫކުރުމުގެ ސަބަބުން އެޗެކް ބައުންސްވުމަކީ އެކަމުގެ ސަބަބުން ޤާނޫނީ ކުށެއް އުފެދޭކަމެއްކަމުގަ
ވާހިނދު، ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ ހެއްކަކަށް ނުވާކަމުން، ޙާދިޘާ ޘާބިތުނުކޮށްދޭ ހެއްކަކުން
މައްސަލަ ޘާބިތުކުރެވޭނީ އެޙާދިޘާއެއް ޘާބިތުވުމުންކަމާއި،
ހާދިޘާ ޘާބިތުވާން ނެތި، ޗެކެއް ނުވަތަ ޗެކުތަކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް
އުފެދޭނެކަމެއްކަމުގައި ނުވާތީއާއި، ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭކަމެއް ކަމުގައިވެފައި،
ދަޢުވާގައި ހޯދުން އެދިފައިވާ -/130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދޭންޖެހޭ ސަބަބު ނުވަތަ މިކަމުގެ ޙާދިޘާ އޭ.ޑީ.ކޭ.
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި އެދިފައިވާ ފައިސާ އެޑިއުކޭޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް..." މިގޮތަށް،
މައްސަލަ ނިންމަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/948 ޤަޟިއްޔާ އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން މައިގަނޑު 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
OL
• ފުރަތަމަ ނުކުތާއަކީ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް 130,000.00 $US
(އެއްލައްކަ ތިރީސްހާސް ޔޫ.އެސް ޑޮލަރު) ނެގޭގޮތަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 4 ޗެކެއް
ދޫކޮށްފައިވާއިރު، އެފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ދޭންޖެހޭ ސަބަބު ނުވަތަ ޙާދިޞާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަމަށް
ކަނޑައަޅުއްވައި އެފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ހޯދައިދެވެން ނެތްކަމަށް
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
• ދެވަނަ ނުކުތާއަކީ، ދަޢުވާގައި ބަޔާންކުރެވިފައިވާ ޗެކްތައް ބައުންސްވުމާ ގުޅިގެން
އެޗެކްތަކުގެ ތެރެއިން 3 ޗެކުގައިވާ ފައިސާ، 27 ސެޕްޓެމްބަރ 2009 ދުވަހުން ފެށިގެން
ދުރުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{011/HC-A/1:31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށްއެދި އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީ
ފޮނުވާފައިވާއިރު އެސިޓީ ލިބުނުކަމަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ކޮށްފައިނުވާއިރު
ދަޢުވާގައި ބަޔާންކުރެވިފައިވާ ފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންނުޖެހޭކަމަށް ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ
. ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި
ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) އަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/948 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
24 2
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/948 ޤަޟިއްޔާގެ ޙުކުމްގައި
ދަޢުވާގައި ހޯދުމަށް އެދިފައިވާ އަދަދަކީ -/130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ކަމަށް
ބަޔާންކުރައްވާފައިވީނަމަވެސް، އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ މަދަނީ ކޯޓުގެ
ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމުގައި އިޝާރާތްކޮށްފައިވަނީ 130,000.00 $US
(އެއްލައްކަ ތިރީސްހާސް ޔޫ.އެސް ޑޮލަރު) ހޯދުމަށްކަން އެނގެން އޮންނަކަމާއި، އަދި ދަޢުވާ ރައްދުވި އެޑިޔުކޭޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިހުރި ވާހަކަތަކުންނާއި
ދެފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުންވެސް އިޝާރާތްކޮށްފައިވަނީ 130,000.00 $US (އެއްލައްކަ
ތިރީސްހާސް ޔޫ.އެސް ޑޮލަރު) އަށްކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{11/HC-A/1{7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ އެޑިޔުކޭޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 4 (ހަތަރެއް) ޗެކަކަށްވާ ޖުމްލަ
130,000.00 $US (އެއްލައްކަ ތިރީސްހާސް ޔޫ.އެސް ޑޮލަރު) ލިބިފައިނުވާތީ، އެފައިސާ ހޯދުމަށްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/948 ޤަޟިއްޔާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ
ލިޔެކިއުންތަކަށް ބަލާއިރު، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ދޫކުރި 4 ޗެކެއްގެ ކޮޕީއާއި، 27 ސެޕްޓެމްބަރ 2009 ގައި އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 3 (ތިނެއް) ޗެކަކަށް ޖުމްލަ އަދަދުކަމުގައިވާ 120,000.00 $US
(އެއްލައްކަ ވިހިހާސް ޔޫ.އެސް ޑޮލަރު) 27 ސެޕްޓެމްބަރ 2009 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި
އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެޑިޔުކޭޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ސިޓީއެއްގެ ކޮޕީ ހުށަހެޅިފައިވާކަން އެނގެން އޮންނަކަމެވެ.
3
02 2
2 ބ 2&2
ދާންޖެހޭ
(ށ) ދެވަނަ ކަމަކީ، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 4 (ހަތަރެއް) ޗެކެއް
ދޫކޮށްފައިވާއިރު، އެފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ސަބަބު ނުވަތަ ޙާދިޞާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަމަށް
ކަނޑައަޅުއްވައި އެފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ހޯދައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ
ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 178/HC
-
A/2011 ޤަޟިއްޔާގައިވެސް
ފާހަގަކޮށްފައިވާފަދައިން، ޗެކަކީ އޭގެ ޒާތުގައި ޙާދިޞާ ސާބިތުކޮށްދޭ ހެއްކަކަށް ނުވާހިނދު، ޙާދިޞާ ސާބިތުވާން
ނެތް ޙާލަތުގައި ޗެކެއް އޮތް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެކަމެއް ނޫންކަމާއި، އެހެނީ، ޗެކެއް
ވަކި ފަރާތަކަށް ދޫކުރަންޖެހޭ އެތައް ސަބަބުތަކެއް މެދުވެރިވެދާނެކަން އެނގޭކަމާއި، އޭގެތެރޭގައި، ވިޔަފާރީގެ
މުޢާމަލާތްތަކާ ގުޅޭ ސަބަބުތައް ނޫން އެހެން ސަބަބުތަކާހުރެވެސް ޗެކެއް
ދޫކުރެވިދާނެކަމާއި، އެހެންކަމުން،
އެއްފަރާތުން އަނެއްފަރާތަށް ދޭންޖެހޭ ފައިސާއަކީ ދޫކޮށްފައިވާ ޗެކެއްގެ މައްޗަށް ބިނާކޮށް، ދަރަންޏެއް އަދާކުރުމުގެ
ޤާނޫނީ އިލްތިޒާމްތަކެއް އުފެދިގެން އަންނާނެ ކަމެއްކަމުގައި ބެލެވެން އޮތްކަމެއް ނޫންކަން ފާހަގަކުމެގެއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{11/HC-A/1{7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3
(ނ) ތިންވަނަ ކަމަކީ، ދަޢުވާގައި އިޝާރާތްކޮށްފައިވާ ޗެކުތައް ބައުންސްވުމާ ގުޅިގެން އެޗެކުތަކުގެ
ތެރެއިން 3 (ތިނެއް) ޗެކުގައިވާ ފައިސާ، 27 ސެޕްޓެމްބަރ 2009 ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި
އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށްއެދި އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީ
ފޮނުވާފައިވާއިރު އެސިޓީ ލިބުނުކަމަށް އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ކޮށްފައިނުވާއިރު
ދަޢުވާގައި ބުނެފައިވާ ފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންނުޖެހޭކަމަށް ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
މަދަނީ މައްސަލަތަކުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް
ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއް (balance of probabilities) ގެ މައްޗަށް ބިނާކޮށްގެންކަމަށް
ވީހިނދު، ޗެކެއް އޮތް އޮތުން، އޭގެ ޒާތުގައި، ޙާދިޞާ ސާބިތުކުރުމަށް ޤަރީނާއެއްގެ ގޮތުގައި
ބޭނުންކުރެވިދާނެކަމާއި، އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައިގައި، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް ދައްކަންޖެހޭކަމަށް ޝަރީޢަތުން ކަނޑައެޅުމުގައި،
އިސްވެ އިޝާރާތްކުރެވުނު ފަދައިން، އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ޗެކުތަކެއް ދޫކޮށްފައި އޮތް އޮތުމަށް އެކަނި ރިޢާޔަތްކޮށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަޢުވާ
ސާބިތުވާކަމަށް ކަނޑައެޅެން ނެތްއިރު، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ފައިސާތަކެއް ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އަންގާފައި އޮތް އެންގުމަކީ އަދި އެކަމަށް
އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިނުވުމަކީ، މައްސަލައިގެ ދެ ޚަޞްމުންގެ ދެމެދު
އެއްފަރާތުން އަނެއްފަރާތަށް ފައިސާތަކެއް ދައްކަންޖެހޭ ފަދަ ޙާދިސާއެއް ނުވަތަ މުޢާމަލާތެއް ހިނގިކަން
ސާބިތުކޮށްދޭ ފަދަ ހެއްކެއް ނޫންކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 16195 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އަށާއި، އެޤާނޫނުގެ 21 ވަނަ މާއްދާއަށާއި އަދި 19 ވަނަ
މާއްދާގެ (ނ) އަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާތަކަށް ބަލާއިރު،
ބުނެވުނު ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައި އެޤާނޫނުގައިވާ ގޮތުގެ މަތިން ޗެކަކަށް ފައިސާ
ނެގުމަށް އެޗެކެއްގައިވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހެޅުމުން، ޗެކު ދޫކުރި
އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ އެޗެކުގައިވާ އަދަދަށް ފައިސާ ހަމަޖައްސާދީފައިނުވުމުގެ
ސަބަބުން، އެޗެކަށް ފައިސާ ދެވެން ނެތްކަން އެޗެކު ހުށަހެޅި ފަރާތަށް ބޭންކުން އަންގާ ދުމަށް
3E
2.
ޓްރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
2{11/HC-A/1{7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަސް ދުވަހުގެ ތެރޭގައި ޗެކަށް ފައިސާ ލިބެންވީ ފަރާތުން އެޗެކުގައިވާ އަދަދަށް ފައިސާ ދިނުމަށް އެޗެކު ދޫކުރި
ފަރާތަށް ލިޔުމަކުން އެންގުމުން، އެއެންގުން އަންގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެޗެކުގައިވާ އަދަދަށް
ފައިސާ ނުދީފިނަމަ، އެޗެކް ދޫކުރި ފަރާތް ކުށްވެރިވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 16/95 ގެ 21 ވަނަ މާއްދާގައި "ޗެކް" އަކީ ދޫކުރާ މީހާގެ ފަރާތުން ލިޔެ
ސޮއިކޮށް، އޭގައިބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ
ހިފައިގެން ދިއުމުން، ޝަރުޠަކާ ނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ
ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަމަށް ބަޔާންކުރެވިފައިވާކަމާއި،
އަދި ޤާނޫނު ނަންބަރު 16/95 ގެ 19 ވަނަ މާއްދާގެ (ނ) ގައި ބިލް އޮފް އެކްސްޗޭންޖެއް
އިންޑޯސްކުރާ ފަރާތުން އެބިލް އިންޑޯސް ކުރުމުން އެބިލް އިންޑޯސްކޮށްދޭ ފަރާތަށާއި އޭގެ ފަހުން އެބިލް
އިންޑޯސްކޮށްދެވޭ ހުރިހާ ފަރާތްތަކަކަށް އޭނާ އެ ޔަޤީންކޮށްދެނީ އޭނާ އެއިންޑޯސް ކުރިއިރު، އެބިލަކީ ސައްޙަ
ބިލެއްކަމަށާއި، އެބިލް އޭނާ އިންޑޯސްކުރިއިރު އެ ބިލްގައިވާ ފައިސާ ހަޤީޤަތުގައި ލިބެންވާ ފަރާތަކީ އެފަރާތްކަމަށް
ބަޔާން ކުރެވިފައިވާކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/948 ޤަޟިއްޔާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެއްވުނު ނުކުތާތަކުގައިވެސް ބަޔާންކުރައްވާފައިވާ ފަދައިން، ޗެކެއް ދޫކުރުމަށްފަހު އެޗެކު ބައުންސްވުމަކީ
އެކަމުގެ ސަބަބުން ޤާނޫނީ ކުށެއް އުފެދޭ ކަމެއްކަމާއި، އެހެންނަމަވެސް، ޗެކަކީ އޭގެ ޒާތުގައި ޙާދިޞާ
ސާބިތުކޮށްދޭ ހެއްކެއް ނޫންކަމާއި، ޙާދިޞާ ސާބިތުނުކޮށްދޭ ހެއްކަކުން މައްސަލަ ސާބިތުކުރެވޭނީ އެޙާދިސާއެއް
ސާބިތުވުމުންކަމާއި، ޙާދިޞާ ސާބިތުވާންނެތި ޗެކެއް ނުވަތަ ޗެކުތަކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް
އުފެދޭނެކަމެއް
ނޫންކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/948 ޤަޟިއްޔާގައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުންކޮށްފައިވާ ދަޢުވާއަށް ރިޢާޔަތްކޮށް، އެދަޢުވާގައި ޙަވާލާދޭ މުޢާމަލާތް ސާބިތުކޮށްނުދެވި ހަމައެކަނި
އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކުތަކަކަށް ޙަވާލާދީ، އަދި ޤާނޫނު ނަންބަރު 16/95
ގެ 39 ވަނަ މާއްދާގެ (ހ) އަށާއި، އެޤާނޫނުގެ 21 ވަނަ މާއްދާއަށާއި އަދި 19 ވަނަ މާއްދާގެ (ނ) އަށް
ބެލިނަމަވެސް، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ކޮށްފައިވާ ދަޢުވާއަކީ އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް
LG X
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{11/HC-A/1{7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފައިސާތަކެއް ދައްކަންޖެހޭކަމަށް ބުނެ އެފައިސާ ހޯދުމަށްކޮށްފައިވާ ދަޢުވާއެއްކަމަށް ވީހިނދު، ޗެކެއް ވަކި
ފަރާތަކަށް ދޫކުރުމަކީ ދަރަންޏެއް އޮތްކަން ސާބިތުކޮށްދޭ ހެއްކެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
178/HC
-
A/2011 ޤަޟިއްޔާގައިވާފަދަ މައްސަލަތަކުގެ ވަޤާއިޢުތަކަށް ބެލުމުން ފާހަގަކުރެވޭކަމާއި،
އެހެންކަމުން،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/948 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް
މިމައްސަލަބެލި ހުރިހާ ފަޑިޔާރުންނަށްވެސް އިއްތިފާޤުވެވުނުކަމެވެ.
873
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2016/Cv-C/948 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު، އެޤްޟިއްޔާގައި ސިވިލް ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;