ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/42 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/42
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 42/HC-A/2016
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން) * ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
، މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ފަހުމީ ޙަސަން
* އައި.ޑީ.ކާޑު ނަންބަރު.
،މާލެ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް: މއ. އަޅިވިލާ ކ. މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1437
27 ޖަނަވަރީ 2016
ނިމުނު ތާރީޚް: 16 ޖުމާދަލްއޫލާ 1438
13 ފެބްރުއަރީ 2017
0
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2014/Cv-C/1340
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް:
18 ޖޫން 2014
• ޤަޟިއްޔާ ނިމުނު ތާރީޚް: 19 ނޮވެމްބަރ 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްގެ
އިސްފަނޑިޔާރު.ޢަބްދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1340 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ދައުލަތް (ސިވިލް
ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގ. ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަން އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1340 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ދައުލަތް (ސިވިލް
ސަރވިސް ކޮމިޝަން)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1340 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ގ. ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ
ރައީސްކަމުންނާއި، މެމްބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން 20 ނޮވެމްބަރ 2012 މިދުވަހު
ފާސްކުރުމަށް ނަގާފައިވާ ވޯޓު ބިނާކުރި އިޖުރާއަތަކީ ޤާނޫނުއަސާސީއާއި އިޖުރާއާތުތަކެއް
ނޫންކަމަށްވުމުން އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ
މެމްބަރުކަމުން ވަކިކުރި ކުރުމަކީ ބާޠިލް ވަކިކުރުމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
35/SC-C/2012 ޤަޟިއްޔާގައި ކަނޑައަޅައި ކޮށްފައިވާ ޙުކުމުގެ ނަތީޖާގެ ގޮތުން ސިވިލް
2
8
4
އއ 3
މ 4
32 ހޑ 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކުރުމުން ބެލެވިފައިވާ މައި ހދ، 4 ކަން އެނގެންވެއެވެ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
3
2016/HC-A/42
ކޮމިޝަނުގެ މަޤާމްގައި މުޙައްމަދު ފަހުމީ ޙަސަން ދެމިހުރި ކަމަށާއި، މުޙައްމަދު ފަހުމީ ޙަސަން އަށް ސިވިލް
ސަރވިސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަކީ ޣައިރު ޝަރުޢީ
ޢަމަލެއްކަމަށާއި، 20 އޯގަސްޓް 2013 މިތާރީޚުން ފެށިގެން ދައުރު އަދާވުމާއި ހަމައަށްވާ 2 އަހަރާ 6
ދުވަހަށް މުސާރައާއި އެލަވަންސަށްވާ -/1,314,354 (އެއްމިލިޔަން ތިންލައްކަ ސާދަހާސް ތިންސަތޭކަ
ފަންސާސް ހަތަރެއް) ރުފިޔާއާއި، ޢިނާޔަތުގެ ގޮތުން ލިބެންޖެހޭ ކާރުގެ ޚަރަދަށްވާ -/36,800 (ތިރީސްހަހާސް
އަށްސަތޭކަ) ރުފިޔާއާއި އަބުރު ގެއްލުމުގެ ބަދަލަށްވާ -/4,498,000 (ހަތަރުމިލިޔަން ހަތަރުލައްކަ ނުވަދިހަ
އަށްހާސް) ރުފިޔާއާއި، ޤާނޫނީ ވަކީލުގެ ޚަރަދަށްވާ -/175,000 (އެއްލައްކަ ހަތްދިހަފަސްހާސް) ރުފިޔާއާއި
އެކު ޖުމްލައަށްވާ -/6,024,154 (ހަމިލިއަން ސައުވީސްހާސް އެއްސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާ
ސިވިލް ސަރވިސް ކޮމިޝަނާއި ދިވެހި ދައުލަތުން މުޙައްމަދު ފަހުމީ ޙަސަންއަށް އެފައިސާ ލިބިދިނުމަށް
މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާއި، ދިވެހި ދައުލަތުގެ މައްޗަށް
14
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1340 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ
ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށް ފަހު، ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަން
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި މެމްބަރުކަމުގައި ދެމިހުރި މީހެއްކަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނާތީ، މުޙައްމަދު ފަހުމީ
ޙަސަންއަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި މެމްބަރުކަމުން ލިބެންވާ 2 އަހަރާއި 6
ދުވަހުގެ މުސާރައާއި، އިނާޔަތް ނުލިބުމުގެ ގެއްލުމުގެ ބަދަލުގެގޮތުގައި މުޙައްމަދު ފަހުމީ ޙަސަން މެލޭޝިޔާގައި
ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަޤާމްއަށް ދައުލަތުން ހަމަޖެއްސީ
ތާރީޚުކަމުގައިވާ 28 ނޮވެމްބަރ 2013 މިދުވަހުގެ ފަހުން މުސާރަ ހިގަންފެށި ތާރީޚުކަމުގައިވާ 1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
2013 މިތާރީޚްގެ ކުރިއަށް ހިނގާދިޔަ 3 މަހާއި 10 ދުވަހަށް މަހަކު -/51,400 (ފަންސާސް އެއްހާސް
ހަތަރުސަތޭކަ) ރުފިޔާގެ މަގުންވާ 171,333
/
33 (އެއްލައްކަ ހަތްދިހަ އެއްހާސް ތިންސަތޭކަ ތިރީސް
ތިންރުފިޔާ ތިރީސްތިންލާރި) އާއި ޑެޕިއުޓީ ހައިކޮމިޝަނަރގެ އަސާސީ މުސާރަ ކަމުގައިވާ -/18,000
(އަށާރަހާސް) ރުފިޔާއާއި، ސިވިލް ސަރވިސް ކޮމިޝަނުން ލިބޭ އަސާސީ މުސާރަ ކަމުގައިވާ -/30,000
(ތިރީސްހާސް) ރުފިޔާގެ ތަފާތު ކަމުގައިވާ -/12,000 (ބާރަހާސް) ރުފިޔާގެ މަގުން 01 ޑިސެމްބަރ 2013
މިތާރީޚްގެ ފަހަށް ދައުރުން ބާކީ އޮންނަ 20 މަހާއި 26 ދުވަހަށްވާ -/250,400 (ދެލައްކަ ފަންސާސްހާސް
ހަތަރުސަތޭކަ) ރުފިޔާއާއި އެކު ޖުމްލަ 421,733
/
33 (ހަތަރުލައްކަ އެކާވީސްހާސް ހަތްސަތޭކަ ތިރީސް
ތިންރުފިޔާ ތިރީސްތިންލާރި) އަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދައުލަތުން މުޙައްމަދު ފަހުމީ
ޙަސަންއަށް ދޭންވާ ފައިސާއެއް ކަން ޝަރީޢަތަށް ޘާބިތުވާ ކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދައުލަތުން މުޙައްމަދު ފަހުމީ
ޙަސަންއަށް ދޭންވާ 421,733
/
33 (ހަތަރުލައްކަ އެކާވީސްހާސް ހަތްސަތޭކަ ތިރީސް ތިންރުފިޔާ
ތިރީސްތިންލާރި) ދިނުމަށްޓަކައި 19 ނޮވެމްބަރ 2015 މިދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި
421,733
/
33 (ހަތަރުލައްކަ އެކާވީސްހާސް ހަތްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސްތިންލާރި) ސިވިލް ކޯޓަށް
ދައްކާ ޚަލާޞްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި، މި ފައިސާ ދިނުމުގައި މެދުވެރިވާ ދިވެހި ދައުލަތުގެ
އެންމެހައި އިދާރާތައް ޝާމިލްވާ ގޮތުން ދިވެހި ދައުލަތަށް އަންގާ ޙުކުމްކޮށްފިމެވެ" މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1340 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ނޫންކަމަށްބުނެ، ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން)ގެ ފަރާތުން ހުށަހަޅާފައިވާ
272 ހއ
އުޞޫ
4
0 =ދ8
އއޤީeނ
ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 5/2007
(ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވައި ސިވިލް ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
2014/Cv
-
C/1340 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
/00އވެ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1340 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން)ގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އަޤައްވިއްޔާ ރައުޔު: ފަނޑިޔާރު ޢަބްދުﷲ ދީދީގެ ރައުޔާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1340 ޤަޟިއްޔާއަކީ، ކޮއްކިރި
މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކަމުންނާއި، މެންބަރުކަމުން ވަކިކުރުމަށް
ރައްޔިތުންގެ މަޖިލީހުން 20 ނޮވެމްބަރ 2012 ވަނަ ދުވަހު ފާސްކުރުމަށް ނަގާފައިވާ ވޯޓު ބިނާކުރި
އިޖުރާޢަތަކީ ޤާނޫނުއަސާސީއާއި އެއްގޮތްވާ އިޖުރާއާތުތަކެއް ނޫންކަމަށާއި، އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް
މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާޠިލް
ވަކިކުރުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012 ޤަޟިއްޔާގައި
ކަނޑައެޅުއްވުމާ ގުޅިގެން، 20 އޯގަސްޓް 2013 މިތާރީޚުން ފެށިގެން ދައުރު ހަމަވުމާ ހަމައަށްވާ 2 އަހަރާއި
6 ދުވަހަށް މުސާރައާއި އެލަވަންސަށްވާ -/1,314,354 (އެއްމިލިޔަން ތިންލައްކަ ސާދަހާސް ތިންސަތޭކަ
ފަންސާސް ހަތަރެއް) ރުފިޔާއާއި، ޢިނާޔަތުގެ ގޮތުން ލިބެންޖެހޭ ކާރުގެ ޚަރަދަށްވާ -/36,800 (ތިރީސްހަހާސް
އަށްސަތޭކަ) ރުފިޔާއާއި އަބުރު ގެއްލުމުގެ ބަދަލަށްވާ -/4,498,000 (ހަތަރުމިލިޔަން ހަތަރުލައްކަ ނުވަދިހަ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
އަށްހާސް ރުފިޔާއާއި، ޤާނޫނީ ވަކީލުގެ ޚަރަދަށްވާ -/175,000 (އެއްލައްކަ ހަތްދިހަފަސްހާސް) ރުފިޔާއާއި
އެކު ޖުމްލައަށްވާ -/6,024,154 (ހަމިލިއަން ސައުވީސްހާސް އެއްސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާ
ހޯދުމަށް އެދި މުޙައްމަދު ފަހުމީ ޙަސަން ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ، މުޙައްމަދު ފަހުމީ ޙަސަން މެލޭޝިއާގައި ހުންނަ
ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަޤާމަށް 28 ނޮވެމްބަރ 2013 ގެ ފަހުން
ހަމަޖައްސައި، އެމަޤާމުގެ މުސާރަ ހިނގަންފެށި ތާރީޚު ކަމުގައިވާ 1 ޑިސެމްބަރ 2013 ގެ ކުރިއަށް
ހިނގާދިޔަ 3 މަހާއި 10 ދުވަހަށް މަހަކު -/51,400 (ފަންސާސް އެއްހާސް ހަތަރުސަތޭކަ) ރުފިޔާގެ މަގުންވާ
171,333
/
33 (އެއްލައްކަ ހަތްދިހަ އެއްހާސް ތިންސަތޭކަ ތިރީސް ތިންރުފިޔާ ތިރީސްތިންލާރި) އާއި،
ޑެޕިއުޓީ ހައިކޮމިޝަނަރގެ އަސާސީ މުސާރަ ކަމުގައިވާ -/18,000 (އަށާރަހާސް) ރުފިޔާއާއި، ސިވިލް
ސަރވިސް ކޮމިޝަނުން ލިބޭ އަސާސީ މުސާރަ ކަމުގައިވާ -/30,000 (ތިރީސްހާސް) ރުފިޔާގެ ތަފާތު
ކަމުގައިވާ -/12,000 (ބާރަހާސް) ރުފިޔާގެ މަގުން 01 ޑިސެމްބަރ 2013 މިތާރީޚްގެ ފަހަށް ދައުރުން ބާކީ
އޮންނަ 20 މަހާއި 26 ދުވަހަށްވާ -/250,400 (ދެލައްކަ ފަންސާސްހާސް ހަތަރުސަތޭކަ) ރުފިޔާއާއި އެކު
ޖުމްލަ 421,733
/
33 (ހަތަރުލައްކަ އެކާވީސްހާސް ހަތްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސްތިންލާރި) އަކީ
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދައުލަތުން މުޙައްމަދު ފަހުމީ ޙަސަންއަށް ދޭންވާ ފައިސާއެއްކަމުގައި
ކަނޑައަޅައިކަމެވެ.
6 /
8ށ2
ނކމށް
(ށ) ދެވަނަ ކަމަކީ، ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ
ޢައްޔަނުކުރެވިފައިވަނީ 17 އޯގަސްޓް 2010 ގައި ކަމާއި، 25 އޯގަސްޓް 2010 ގައި ސިވިލް
ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ފަހުމީ ޙަސަން ރައްޔިތުންގެ މަޖިލީހުން
ޢައްޔަނުކުރައްވާފައިވާކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
ޤާނޫނުއަސާސީގެ 183 ވަނަ މާއްދާގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު
ބަޔާންކޮށްފައިވާކަމާއި، އެގޮތުން ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރާނީ ފަސް އަހަރު
ދުވަހުގެ އެއް ދައުރަށްކަމަށާއި، ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށް ވުރެ
ނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމެވެ.
ދިގު
(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ
އަދި ރައީސްކަމުގެ މަޤާމު އަދާކުރަމުން ދަނިކޮށް، މަޤާމާ އެކަށީގެންނުވާ ޢަމަލެއް ހިންގާފައިވާކަމަށް މުޙައްމަދު
ފަހުމީ ޙަސަން އާ ދެކޮޅަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، 20 ނޮވެމްބަރ 2010 ދުވަހު ރައްޔިތުންގެ
މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު އަދި އެކޮމިޝަނުގެ ރައީސްކަމުން މުޙައްމަދު ފަހުމީ
ޙަސަން ވަކިކޮށްފައިވާކަމާއި،
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން މުޙައްމަދު ފަހުމީ ޙަސަން ވަކިކުރި ކުރުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ
މާއްދާއާއި 42 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ (ހ) އާއި 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް،
ޤާނޫނުއަސާސީއިން ޤަރާރުކޮށްފައިވާ ދުސްތޫރީ މަޞްދަރުތަކާއި އުޞޫލުތަކުގެ ބޭރުން، ޤާނޫނުއަސާސީއާ ޚިލާފަށް
ވަކިކުރި ކުރުމެއްކަމުގައި ދެކިގެން، މުޙައްމަދު ފަހުމީ ޙަސަންގެ މައްޗަށް ކުރެވުނުކަމަށް ބުނާ ޖިނާއީ ތުހުމަތާ
ވިދިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހިންގާފައިވާ އެންމެހައި
އިޖުރާއާތުތަކަކީ ޣައިރު ދުސްތޫރީ އިޖުރާއާތުތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އިޖުރާއާތުތަކުގެ މައްޗަށް
ބިނާކޮށް ރައްޔިތުންގެ މަޖިލީހުން މުޙައްމަދު ފަހުމީ ޙަސަން އާމެދު އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަކީ ބާޠިލް
ފިޔަވަޅު ތަކެއްކަމަށް ކަނޑައަޅައި ދިނުން އެދި މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް އެކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާ 11 ޑިސެމްބަރ 2012 ވަނަ ދުވަހު
ހުށަހަޅާފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2016/HC-A/42
އެޤަޟިއްޔާގައި، މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން
ވަކިކުރުމަށް ނަގާފައިވާ ވޯޓު ބިނާކުރި އިޖުރާއަތަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ އިޖުރާއާތުތަކެއް ނޫންކަމަށާއި
އަދި އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ
މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާޠިލު ވަކިކުރުމެއްކަމަށް އެޤަޟިއްޔާ ބެއްލެވި 7 ފަނޑިޔާރުންގެ ތެރެއިން
، ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1340 ޤަޟިއްޔާއަކީ އިސްވެބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން
މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާޠިލް
ވަކިކުރުމެއްކަމަށް ކަނޑައެޅުއްވުމާ ގުޅިގެން، މުޙައްމަދު ފަހުމީ ޙަސަން އެމަޤާމުން ވަކިކުރި ދުވަހުން ފެށިގެން
ދައުރު ހަމަވުމާ ހަމައަށް ވާ 2 އަހަރާއި 6 ދުވަހަށް ވާ މުސާރައާއި އެލަވަންސަށްވާ ފައިސާއާއި، އެހެނިހެން
އެލަވަންސްތަކެއް ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެއްކަމަށްވާއިރު، އެޤަޟިއްޔާގައި މުޙައްމަދު ފަހުމީ ޙަސަން
އަށް ނަގައިދިނުމަށް ކަނޑައަޅުއްވާފައިވާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްނޫންކަމަށް ބުނެ ދައުލަތުން
ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މުޙައްމަދު ފަހުމީ ޙަސަންއަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމުގެ ހައިސިއްޔަތުންނާއި
އެކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން އުޖޫރަދިނުން ހުއްޓާލައިފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ޖިނާއީ
ތުހުމަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އޭނާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމާ
ގުޅިގެންކަމާއި، މިދެންނެވުނު ރައްޔިތުންގެ މަޖިލީހުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
35/SC-C/2012 ޤަޟިއްޔާއިން ބާޠިލް ކޮށްފައިވާކަން ސާފުކޮށް އެނގެންއޮންނަކަމާއި، އެހެންކަމުން
ސުޕްރީމް ކޯޓުގެ އެޙުކުމާ ގުޅިގެން މުޙައްމަދު ފަހުމީ ޙަސަން އަކީ އޭނާ ސިވިލް ސަރވިސް ކޮމިޝަނުގެ
މެންބަރުކަމަށް 17 އޯގަސްޓް 2010 ގައި ޢައްޔަނުކުރެވުނު ހިސާބުން ފެށިގެންވެސް އެކޮމިޝަނުގެ
6 24
44
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެ2
9
2016/HC-A/42
ހދ8
މެންބަރެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 183 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށް ދެމިހުރި މީހެއްކަމަށް
ބަލަންޖެހޭކަމާއި، އަދި އެޤަޟިއްޔާއާ ގުޅިގެން މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ
މެންބަރުކަމުންނާއި ރައީސްކަމުން ވަކިކުރިކަން އަންގައި 28 ނޮވެމްބަރ 2012 ގައި ރައީސުލްޖުމްހޫރިއްޔާ
ފޮނުވި ލިޔުން ބާޠިލްކޮށް 17 މާރޗް 2013 ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ފަހުމީ ޙަސަންއަށް
ލިޔުމުން އަންގާފައިވާކަން އެނގެންއޮންނަކަމާއި، އެހެންކަމުން މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް
ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެވުނު ދުވަހުން ފެށިގެން ދައުރުހަމަވުމާ ހަމައަށް އޭނާހުރި މަޤާމުގެ
ހައިސިއްޔަތުން ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް އޭނާއަށް ލިބެންޖެހޭނެކަމަ
ހޭނެކަމަށް ޤަބޫލުކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1340 ޤަޟިއްޔާ
އިސްތިއުނާފުކުރަމުން، މުޙައްމަދު ފަހުމީ ޙަސަން އަކީ 28 ނޮވެމްބަރ 2013 އިން ފެށިގެން ދައުލަތުގެ
އެހެން މުއައްސަސާއެ
ސާއެއްކަމުގައިވާ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ
ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކުރެވިފައިވާ ފަރާތެއްކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ
މީގެ 181 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
12 ވަނަ މާއްދާއަށް ބަލާއިރު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު އެހެންވަޒީފާއަކަށް ޢައްޔަނުކުރެވޭ
ދުވަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހައިސިއްޔަތުން ލިބެންޖެހޭ އެއްވެސް
މަންފާއެއް އެފަރާތަކަށް ލިބިދެވޭނެކަމަށް ދައުލަތުން ނުދެކޭކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން 20 ނޮވެމްބަރ 2012
ގައި ވަކިކުރުމާ ގުޅިގެން އޭނާ އެވަކިކުރި ކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ވަކިކުރި ކުރުމެއްކަމުގައި
ދެކިގެން އޭނާގެ ފަރާތުން 11 ޑިސެމްބަރ 2012 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ
ހުށަހަޅާފައިވާކަން އެނގެންއޮންނަކަމާއި، އެމައްސަލާގައި މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް
ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާޠިލް ވަކިކުރުމެއްކަމަށް ކަނޑައަޅުއްވައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
އޭނާގެ
6 28ވ
ކުރައްވާފައިވަނީ 14 މާރޗް 2013 ގައި ކަން އެނގެންއޮންނައިރު، މުޙައްމަދު ފަހުމީ ޙަސަން ސިވިލް
ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކޮށްފައިވާ މުއްދަތުގައި އެވަކިކުރި ކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ފަރާތުން ހުށަހެޅި މައްސަލަ ނިމުމުގެ ކުރިން، ދައުލަތުގެ އެހެން
މުއައްސަސާއެއްކަމުގައިވާ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ
މަޤާމަށް އޭނާ ޢައްޔަނުކޮށް އެމަޤާމު އޭނާ އަދާކުރަން ފަށާފައިވުމަކީ، ޤާނޫނުއަސާސީއާ ޚިލާފަށް މުޙައްމަދު
ފަހުމީ ޙަސަން އަދާކުރަމުންދިޔަ މަޤާމުން އޭނާ ވަކިކޮށްފައިވާ ކުރުމުގެ ބަދަލުގައި އެމަޤާމުގެ ހައިސިއްޔަތުން
އެމުއްދަތަށް އޭނާއަށް ލިބެންވާ އުޖޫރަ ލިބިނުދެވޭނެ ސަބަބެއްކަމަށް ޤަބޫލުނުކުރެވޭކަމާއި،
އަދި މުޙައްމަދު ފަހުމީ ޙަސަންއަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ
ހައިކޮމިޝަނަރކަމުގެ މަޤާމުގެ މުސާރަ ހިނގަންފެށި ދުވަހުގެ ފަހުން ސިވިލް ސަރވިސް ކޮމިޝަނުގެ
މިކަމުގެ ދައުރު ހަމަވުމާ ހަމައަށް އޮތް 20 މަހާއި 26 ދުވަހަށްވާ ފައިސާ ނަގައިދީފައިވުމަކީ ނުޙައްޤު
މަންފާއެއް މުޙައްމަދު ފަހުމީ ޙަސަން އަށް ލިބިދެވޭގޮތަށް ނިންމަވާފައިވާ މެވުމެއްކަމަށް ދައުލަތުން
ބުނާއިރު، އެޤަޟިއްޔާގައި، މުޙައްމަދު ފަހުމީ ޙަސަން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ
ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމުގެ މުސާރަ ހިނގަންފެށި ދުވަހުން ފެށިގެން ދައުރުހަމަވުމާ ހަމައަށް
ނަގައިދީފައިވަނީ އެމަޤާމުގެ އަސާސީ މުސާރަ ކަމުގައިވާ -/18,000 (އަށާރަހާސް) ރުފިޔާއާއި، ސިވިލް
ސަރވިސް ކޮމިޝަނުން ލިބޭ އަސާސީ މުސާރަ ކަމުގައިވާ -/30,000 (ތިރީސްހާސް) ރުފިޔާގެ ތަފާތު
ކަމުގައިވާ -/12,000 (ބާރަހާސް) ރުފިޔާކަމާއި، ސިވިލް ސަރވިސް ކޮމިޝަނުން ލިބޭ އަސާސީ މުސާރަ
އެކީގައި
ނޫންކަން އެނގެންއޮންނަކަމުން، މިފަދައިން އެޤަޟިއްޔާގައި ނަގައިދިނުމަށް ކަނޑައަޅުއްވާފައިވާވުމަކީ
މުޙައްމަދު ފަހުމީ ޙަސަންއަށް ނުޙައްޤު މަންފާއެއް ލިބިދެވޭގޮތަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެއްކަމަށް
އަހުރެންނަށް ޤަބޫލުނުކުރެވޭތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރަން ފެންނަކަމެވެ.
2ނބރަކަމެގެ
2 ޑމޑ އ ހދ8
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
އަޣުލަބިއްޔަތު ރައުޔު: ފަނޑިޔާރު ޢަބްދުﷲ ހަމީދާއި ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔާއި އެރައުޔު
ބިނާކުރެވިފައިވާ އަސާސްތައް
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1340
ޤަޟިއްޔާގައި ގ.ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދައުލަތުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް
ބަލާއިރު، އެދަޢުވާއަކީ މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމަށް
ރައްޔިތުންގެ މަޖިލީހުން ނަގާފައިވާ ވޯޓު ބިނާކުރި އިޖުރާއާތުތަކަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ އިޖުރާއާތުތަކެއް
ނޫންކަމަށާއި އަދި އެ އިޖުރާއަތްތަކުގެ މައްޗަށް ބިނާކޮށް މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް
ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 35/SC-C/2012 ވަނަ ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާތީ އާއި މުޙައްމަދު ފަހުމީ ޙަސަންއަށް
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއް އަދި ރައީސްގެ ޙައިޘިއްޔަތުން ލިބެންވާ މުސްރައާއި ޢިނާޔަތްތައް
ދިނުން ދައުލަތުން ހުއްޓާލާފައިވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު އަދި ރައީސްކަމަށް
މުޙައްމަދު ފަހުމީ ޙަސަން ޢައްޔަންކޮށްފައިވާ ދައުރުގައި މަޤާމުގެ ޙައިޘިއްޔަތުން މުޙައްމަދު ފަހުމީ ޙަސަން އަށް
ލިބެންޖެހޭ މުސާރައާއި ޢިނާޔަތަށްވާ ފައިސާއާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގެއެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދެފަރާތުންމެ ދެއްކި ވާހަކަތަކުންނާއި ހުށަހެޅި
ލިޔުންތަކަށް ބެލުމުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި ރައީސްގެ ޙައިޘިއްޔަތުން މުޙައްމަދު
ފަހުމީ ޙަސަންއަށް ދައުލަތުގެ ފަރާތުން އުޖޫރަދީފައިވަނީ 19 އޮގަސްޓް 2013 ގެ ނިޔަލަށްކަން އެނގެން
އޮންނަކަމާއި މުޙައްމަދު ފަހުމީ ޙަސަން ގެ ފަރާތުން ހުށަހެޅި އިޝާރާތް ދަޢުވާގައި އޭނާގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގައި އޭނާގެ ފަރާތުން އެދިފައިވާ ކަންކަމުގެ ތެރޭގައި، 20 އޯގަސްޓް 2013 މިތާރީޚުން
3 ޑ 3
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
ފެށިގެން މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެވުނު ދައުރު ހަމަވުމާ
ހަމައަށްވާ 2 އަހަރާއި 6 ދުވަހަށް މުސާރައާއި އެލަވަންސަށްވާ -/1,314,354 (އެއްމިލިޔަން ތިންލައްކަ
ސާދަހާސް ތިންސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާ ހޯދުމަށް އެދި ހުށަހަޅާފައިވާއިރު، 28 ނޮވެމްބަރ 2013
މި ދުވަހުންފެށިގެން މުޙައްމަދު ފަހުމީ ޙަސަން އަށް ސިވިލް ސަރވިސް ކޮމިޝަނުން ދޭންޖެހޭ މުސާރައާއި
އިނާޔަތްތައް ދިނުމަށް ދައުލަތުގެ ފަރާތުން އިންކާރު ކޮށްފައިވާކަމާއި، އަދި އެފަދައިން އިންކާރުކުރާ ސަބަބެއްގެ
ގޮތުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ 28 ނޮވެމްބަރ 2013 އިން ފެށިގެން މުޙައްމަދު ފަހުމީ ޙަސަން
ދައުލަތުގެ އެހެން މުއައްސަސާއެއްކަމުގައިވާ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ
ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކުރުމާއެކު އެމަޤާމު އޭނާ ޤަބޫލުކޮށްފައިވާތީކަމަށާއި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް ބަލާއިރު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު
އެހެންވަޒީފާއަކަށް ޢައްޔަނުކުރެވޭ ދުވަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުގެ
ހައިސިއްޔަ
އްޔަތުން ލިބެންޖެހޭ އެއްވެސް މަންފާއެއް އެފަރާތަކަށް ލިބިދެވޭނެ ހަމައެއް ނުވާނެކަމަށެވެ.
2
8 ދމއވާ ވެ
2ބ ޞ30
OCX
(ނ) ތިންވަނަކަމަކީ، ވަޒީފާއާބެހޭ މައްސަލަތަކުގެ ޢާއްމު އުސޫލުތަކަށް ބަލާއިރު، ވަޒީފާއިން
ވަކިކުރުމުން އެވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައާއި ޢިނާޔަތްތައް ނަގައިދެވޭނީ އެކަށީގެންވާ މުއްދަތަކަށްކަން
ނުވަތަ އެފަރާތަކަށް އެހެން އިތުރު ވަޒީފާއެއް ހަމަޖެހުމާއި ހަމައަށްކަން އެނގެން އޮންނަކަމާއި މީގެ އިތުރުން
28 ނޮވެމްބަރ 2013 އިން ފެށިގެން ދައުލަތުގެ އެހެން މުއައްސަސާއެއްކަމުގައިވާ މެލޭޝިޔާގައި ހުންނަ
ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކުރުމުން އެކަން މުޙައްމަދު
ފަހުމީ ޙަސަންގެ ފަރާތުން ޤަބޫލުކޮށް އެވަޒީފާއަށް ނިކުންނަން ފަށައިފައިވަނީ މުޙައްމަދު ފަހުމީ ޙަސަންގެ
އަމިއްލަ އިޚްތިޔާރުގައި ނޫންކަމުގައި ބެލެވެންނެތްއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181
ވަނަ މާއްދާގައި " ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަކީ، އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން
ދިވެހީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނު ނަންބަރު
5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކޮމިޝަނުގެ މެންބަރުންގައި ހުރުން
ލާޒިމްވާ ސިފަތައް ބަޔާންކުރަމުން، އެމާއްދާގެ (ށ) ގައި "އެއްވެސް
"އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު
ކަމުގައި ނުވުން" މިފަދައިން ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181
ވަނަ މާއްދާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ޅ) އަށް ރިޢާޔަތްކުރާއިރު،
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު އެހެން ވަޒީފާއަކަށް ޢައްޔަންކުރާ ދުވަހުން ފެށިގެން އެފަރާތަކުން
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ގެއްލޭނެކަމާއި، 28 ނޮވެމްބަރ 2013 އިން ފެށިގެން
މުޙައްމަދު ފަހުމީ ޙަސަން ދައުލަތުގެ އެހެން މުއައްސަސާއެއްކަމުގައިވާ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ
ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކުރުމާއެކު މުޙައްމަދު ފަހުމީ ޙަސަންއަކީ
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަން އެނގެން އޮތުމުން
މުޙައްމަދު ފަހުމީ ޙަސަން ދައުލަތުގެ އެހެން ވަޒީފާއަކަށް ޢައްޔަންކުރެވުނު ދުވަހުން ފެށިގެން އޭނާއަށް ދިވެހި
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ ޙައިޘިއްޔަތު ގެއްލިގެންދާނެ ކަމާއި މިހެންކަމުން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181 ވަނަ މާއްދާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 12 ވަނަ
މާއްދާގެ (ޅ) އަށް އަދި ވަޒީފާއާބެހޭ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރުމުން ބަދަލުގެ ގޮތުގައި މުސާރައާއި
އުޖޫރަ ދިނުމުގައި ޢަމަލުކުރެވޭ ޢާއްމު އުޞޫލުތަކަށް ރިޢާޔަތްކުރާއިރު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ
ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމަށް މުޙައްމަދު ފަހުމީ ޙަސަން ޢައްޔަނުކުރުމާއެ
އެހިނދުން ފެށިގެން މުޙައްމަދު ފަހުމީ ޙަސަން އަށް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ
ޙައިޘިއްޔަތުން އަދި ރައީސްގެ ޙައިޘިއްޔަތުން ލިބެންޖެހޭ އެއްވެސް މަންފާއެއް އެފަރާތަށް ލިބިދެވިގެން
:އެކު
ނުވާނެކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
އެހެންކަމުން
މިމައްސަލައިގައި އަހަރުމެންގެ ރައުޔަކީ، ސިވިލްކޯޓުގެ ނަންބަރު
2014/Cv-C/1340 ޤަޟިއްޔާގައި މުޙައްމަދު ފަހުމީ ޙަސަން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ
ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކޮށް އެމަޤާމުގެ މުސާރަ ހިނގަންފެށި ތާރީޚް
ކަމުގައިވާ ކަމުގައިވާ 01 ޑިސެމްބަރ 2013 ތާރީޚުގެ ފަހަށް ދައުރުން ބާކީ އޮތް 20 މަހާއި 26 ދުވަހަށް،
ސިވިލް ސަރވިސް ކޮމިޝަނުން މުޙައްމަދު ފަހުމީ ޙަސަން އަށް ލިބެމުންދިޔަ އަސާސީ މުސާރައާއި ޑެޕިއުޓީ
ހައިކޮމިޝަނަރގެ އަސާސީ މުސާރައިގެ ތަފާތު ކަމުގައިވާ -/
12,000ރ. (ބާރަހާސް ރުފިޔާ) ގެ މަގުން
-/250,400 (ދެލައްކަ ފަންސާސްހާސް ހަތަރުސަތޭކަ) ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓުން ކުރައްވާފައިވާ
ޙުކުމުގެ އެބަޔަށް ބަދަލުގެން އެމެވެ.
ޑ ތ ދ ތ ه
.ޖެހޭނެކަމެވެ
0..
އެންމެ-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1340 ޤަޟިއްޔާގައި، މުޙައްމަދު ފަހުމީ ޙަސަން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ
ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކޮށް އެމަޤާމުގެ މުސާރަ ހިނގަންފެށި ތާރީޚް
ކަމުގައިވާ 1 ޑިސެމްބަރ 2013 ގެ ކުރިއަށް ހިނގާދިޔަ 3 މަހާއި 10 ދުވަހަށް މަހަކު -/51,400
(ފަންސާސް އެއްހާސް ހަތަރުސަތޭކަ) ރުފިޔާގެ މަގުންވާ 171,333
/
33 (އެއްލައްކަ ހަތްދިހަ އެއްހާސް
ތިންސަތޭކަ ތިރީސް ތިންރުފިޔާ ތިރީސްތިންލާރި) މުޙައްމަދު ފަހުމީ ޙަސަނަށް ލިބި ދިނުމަށް ސިވިލް ކޯޓުން
ނިންމަވާފައިވާ ނިންމުމަށް މިޤަޟިއްޔާ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާޢީދުކޮށް އެފައިސާ
މިއަދު (13 ފެބްރުއަރީ 2017) ން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ފަހުމީ ޙަސަންއަށް
ދިނުމަށް ދައުލަތުގެ މައްޗަށް އަންގައި ޙުކުމްކޮށް، މުޙައްމަދު ފަހުމީ ޙަސަން މެލޭޝިޔާގައި ހުންނަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/42
ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރކަމުގެ މަޤާމަށް ޢައްޔަނުކޮށް އެމަޤާމުގެ މުސާރަ
ހިނގަންފެށި ތާރީޚް ކަމުގައިވާ 01 ޑިސެމްބަރ 2013 ތާރީޚުގެ ފަހަށް ދައުރުން ބާކީ އޮތް 20 މަހާއި 26
ދުވަހަށް، ސިވިލް ސަރވިސް ކޮމިޝަނުން މުޙައްމަދު ފަހުމީ ޙަސަން އަށް ލިބެމުންދިޔަ އަސާސީ މުސާރައާއި
ޑެޕިއުޓީ ހައިކޮމިޝަނަރގެ އަސާސީ މުސާރައިގެ ތަފާތު ކަމުގައިވާ -/
12,000ރ. (ބާރަހާސް ރުފިޔާ) ގެ
މަގުން -/250,400 (ދެލައްކަ ފަންސާސްހާސް ހަތަރުސަތޭކަ) ރުފިޔާ ނަގައިދިނުމަށް ކަނޑައަޅުއްވާފައިވާ
ޙުކުމުގެ އެބައި ބާޠިލްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އަޣުލަބިއްޔަތުން ކަނޑައަޅައި، އެގޮތުގެ މަތީން، ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv