ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/24
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
، ޤަޟިއްޔާ ނަންބަރ: 24/HC-A/2010
• އިސްތިއުނާފު ކުރިފަރާތް:
ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ވަކީލު: އޗ.ޢާއިޝަތު ޢާޒިމާ ޝަކޫރު
އައިޑީ ކާޑު ނަންބަރ : A026999
* ނަން:
ދާއިމީ އެޑްރެސް: -
* މިހާރުގެ އެޑްރެސް: މ.އާސްތާނާ
0
0
1433
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ މުޢާޒު
* ދާއިމީ އެޑްރެސް: ފިނިފެންމާ | ސ.މަރަދޫފޭދޫ
އައިޑީ ކާޑު ނަންބަރ : A161811
މިހާރުގެ އެޑްރެސް:
ބަދަލުގައި: މަޢުރޫފު ޒާކިރު
އެޑްރެސް: ބ.ކެންދޫ ދާއިރާ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ޞަފަރު 1431 *ނިމުނު ތާރީޚް:03 ޞަފަރު
02 ފެބްރުއަރީ 2011
28 ޑިސެމްބަރ 2011
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/VTR/58
• ނިންމިކޯޓް: ވަޒީފާއާއިބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
ހުންހެޅުނު ތާރީޚް: 30 ޖޫން 2009
ނިމުނު ތާރީޚް: 25 ނޮވެމްބަރ 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/24
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/58 ނިންމުން، ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މި ޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ސ.މަރަދޫފޭދޫ / ފިނިފެންމާ ޢަލީ މުޢާޒެވެ.
9.457
ގަކުއް
ނުކުތާތައް
I
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/58 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ " ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓްގެ ޖެނެރަލް މެނޭޖަރ މައިކަލް
ޕެއިންއަށް އެރަށުގެ ބަޔަކު ހަމަލާދީ މަރާމާރީ ހިންގައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމާއި ގުޅިގެން އެރަށުގެ 9
މުވައްޒަފަކު މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ތަޙުޤީޤަށް މާލެ ގެނައުމާއި ގުޅިގެން އެ މީހުން 13
އޭޕްރީލް 2009 ގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިއިރު އެ ރިސޯޓްގެ
ވެއިޓަރަކަށް އުޅުނު ފިނިފެންމާ | ސ.މަރަދޫފޭދޫ، ޢަލީ މުޢާޒް ( އައި.ޑީ ކާޑު ނަންބަރު: 161811-A )
ވެސް ވަޒީފާއިން ވަކިކުރި 9 މީހުންގެ ތެރޭގައި ހިމެނޭތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޤަވާޢިދާއި
ޚިލާފަށްކަމަށްބުނެ އެނބުރި ވަޒީފާއަށް ދިއުމަށް އެދި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ހުށަހަޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
9
އެމައްސަލަ ނިންމަވާފައިވަނީ ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ
ހުށަހެޅިފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާހުރެކަން މައްސަލަ ރައްދުވި ފަރާތަށް
ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވާ ފަރާތުގެ ވަން
އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައި އަދާކުރަމުން ގެންދިޔަ އެފް އެންޑް ބީ ވެއިޓަރެއްގެ ވަޒީފާގައި
COX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2010/HC-A/24
ހުރުމަށް އެދިފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެއީ
އެންމެ އެދެވޭގޮތްކަމަށް މައްސަލަ ބެލިމަޖިލީހުގެ މެމްބަރުންނަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގެ (ހ) ގެ (2) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތުން އެދޭނަމަ، ވަޒީފާއިން
ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނަފަދަގޮތަށް، މައްސަލަ ހުށަހެޅި
ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއަކަށް
މައްސަލަ ހުށަހެޅި ފަރާތް މިއަދު، 25 ނޮވެމްބަރު 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ
މުއްދަތުގައި ހަމަޖައްސާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށާއި، މައްސަލަ ހުށަހެޅި
އެއްވެސް ޙާލަތެއްގައި މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ގޮތުގައި
ނުބެލުމަށާއި، 14 އޭޕްރީލް 2009 ން ފެށިގެން ވަޒީފާ ހަމަޖައްސާ ދުވަހާއި ހަމައަށް ލިބެންޖެހޭ އެންމެހާ
ޢިނާޔަތްތައް މިއަދު، 25 ނޮވެމްބަރު 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ
ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް އެކީ އެއްފަހަރާ ދައްކާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ރީތި
ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ
44
ucoc
COC
އަމުރުކުރާކަމަށާއި،
އެހެންނަމަވެސް، މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ހުށަހަޅާ ފަރާތަށް ހަމަޖައްސާދޭ ވަޒީފާ
ބޭނުން ކަމުގައިނުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، މައްސަލަ
ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތާއި ދެމެދު 10 މާރޗް 2008 ގައި ވެފައިވާ ވަޒީފާގެ
އެއްބަސްވުމަކީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް ވެފައިވާ ވަޒީފާގެ އެއްބަސްވުމެއްކަމަށް ސާބިތުވާތީ،
މައްސަލަ ހުށަހެޅި ފަރާތަށް ބަދަލުގެ ގޮތުގައި 13 އޭޕްރީލް 2009 ން ފެށިގެން 9 މާރޗް 2010 ގެ
ނިޔަލަށް އޭނާ އެވަޒީފާގައި ދެމިހުރިނަމަ 2009 އޭޕްރިލްގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825
(ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ
8733.75 (އަށްހާސް ހަތްސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ހަތެއް ފަހެއް) ރުފިޔާއާއި، 2009 މެއިގެ
މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ
ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/4590 (ހަތަރުހާސް ފައްސަތޭކަ ނުވަދިހަ) ރުފިޔާއާއި، 2009
ޖޫންގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި،
އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/2346 (ދެހާސް ތިންސަތޭކަ ސާޅީސް ހައެއް)
4 6 8 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އިލް:
ވެބް ސައިޓް www.highcourt.gov.mv
[email protected]
4
2010/HC-A/24
Ou
ucoc
UcOc
ucoc
ރުފިޔާއާއި، 2009 ޖުލައިގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ
ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 3442.50 (ތިންހާސް
ހަތަރުސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި، 2009 އޯގަސްޓުގެ މުސާރައިގެ
ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް
ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/5814 (ފަސްހާސް އަށްސަތޭކަ ސާދަ) ރުފިޔާއާއި، 2009 ސެޕްޓެމްބަރުގެ
މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ
ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -54061 (ފަސްހާސް ހަތަރުސަތޭކަ ހައެއް) ރުފިޔާއާއި، 2009
އޮކްޓޯބަރުގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި،
އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/6885 (ހަހާސް އަށްސަތޭކަ އައްޑިހަ ފަހެއް)
ރުފިޔާއާއި، 2009 ނޮވެމްބަރުގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ
ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 6464.25 (ހަހާސް
ހަތަރުސަތޭކަ ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ފަންސަވީސް) ރުފިޔާއާއި، 2009 ޑިސެމްބަރުގެ މުސާރައިގެ
ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި އެމަހުގެ ސާރވިސް ޗާޖުގެ
ގޮތުގައި ލިބެންޖެހޭ 10,340.25 (ދިހަހާސް ތިންސަތޭކަ ސާޅީސް ޕޮއިންޓް ދޭއް ފަހެއް) ރުފިޔާއާއި،
2010 ޖެނުއަރީގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް)
ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 8351.25 (އަށްހާސް ތިންސަތޭކަ
ފަންސަވީސް އެކެއް ޕޮއިންޓް ދޭއް ފަހެއް) ރުފިޔާއާއި، 2010 ފެބުރުއަރީގެ މުސާރައިގެ ގޮތުގައި
ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ
ގޮތުގައި ލިބެންޖެހޭ 6795.75 (ހަހާސް ހަތްސަތޭކަ ނުވަދިހަ ފަހެއް ޕޮއިންޓް ހަތެއް ފަހެއް) ރުފިޔާއާއި،
2010 މާރޗުގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް)
ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާރޖުގެ ގޮތުގައި ލިބެންޖެހޭ 7063.50 (ހަތްހާސް ފަސްދޮޅަސް ތިނެއް
ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި، 2010 އޭޕްރީލް 9 ދުވަހަށް މުސާރައިގެ ގޮތުގައި 1147.50
(އެއްހާސް އެއްސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި، އެމަހުގެ 9 ދުވަހަށް
ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 2620.13 (ދެހާސް ހަސަތޭކަ ވިހި ޕޮއިންޓް އެކެއް ތިނެއް)
ރުފިޔާއާއި، އެކު ޖުމްލަ 125,899.88 (އެއްސަތޭކަ ފަންސަވީސް ހާސް އަށްސަތޭކަ ނުވަދިހަ ނުވައެއް
ޕޮއިންޓް އަށެއް އަށެއް) ރުފިޔާއިން 2009 އޭޕްރީލްގެ 13 ދުވަހަށް މުސާރައިގެ ގޮތުގައި ދައްކާފައިވާ
UcOc
ucoc
uc.c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/24
1657.50 (އެއްހާސް ހަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި އެ 13 ދުވަހަށް
ސާރވިސް ޗާރޖުގެ ގޮތުގައި ދައްކާފައިވާ 1657.50 (އެއްހާސް ހަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް
ފަހެއް ސުމެއް) ރުފިޔާއާއި، ނޯޓިސްގެ ބަދަލުގައި 1 (އެކެއް) މަހުގެ މުސާރައިގެ ގޮތުގައި ދައްކާފައިވާ
-/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާ އުނިކުރުމަށްފަހު ޖެހޭ 118,759.88 (އެއްސަތޭކަ
އަށާރަހާސް ހަތްސަތޭކަ ފަންސާސް ނުވައެއް ޕޮއިންޓް އަށެއް އަށެއް) ރުފިޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން
މައްސަލަ ނިންމާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ
ޢަލީ މުއާޒް (161811-A} ފިނިފެންމާ، ސ.މަރަދޫފޭދޫ އަށް އެކީ އެއްފަހަރާ ދައްކާ، އެކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މައްސަލަ ރައްދުވާ ފަރާތް
ކަމުގައިވާ ރަށް ރިސޯޓް
ސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ މި ފަދައިންނެވެ.
24/ޅރމެވެ.
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/58 ނިންމުން ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ފަރާތުން 03 (ތިން) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ) ފުރަތަމަ ނުކުތާއަކީ : ދަޢުވާ ކުރި ފަރާތަށް ވަޒީފާއާއި، އަދިވެސް އެފަރާތަށް ލިބެންޖެހޭ
ކަމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު އެފަރާތުގެ މައްޗަށް
ތުޙުމަތު ކުރެވޭ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ހިނގަމުންދާ ކަމަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
ސާބިތުވާ އިރުވެސް އެކަމަށް ބައްލަވާފައި ނުވުމާއި، އަދި އެފަރާތަށް މިވަގުތު ވަޒީފާ ދިނުމަކީ ރަނގަޅު
ނޫންކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެފައި ވަނިކޮށް އޭގެ މައްޗަށްވެސް ނުބައްލަވާ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
(ނ) ދެވަނަ ނުކުތާއަކީ: ދަޢުވާ ކުރި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ށ) ގެ 1 (އެކެއް) ގެ ދަށުން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
އިޚްތިޔާރުގެ ދަށުން ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާނެކަމަށާއި، އަދި ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 (އެކެއް) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު
އޭނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
މެއިލް:
ވެބް ސައިޓް www.highcourt.gov.mv
[email protected]
6
2010/HC-A/24
މައްޗަށް ކުށެއް ސާބިތުވުން ޝަރުތުކޮށްފައި ނުވާއިރު ދަޢުވާ ކުރި ފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުން
ރަނގަޅު ނޫންކަމަށް ނިންމޭނޭ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާކުރި ފަރާތަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް
މެނޭޖަރުގެ ޖާނަށް ސީރިއަސް އަނިޔާތަކެއް ދިން މައްސަލައަކާއި ގުޅިގެން ތުޙުމަތުގައި މިހާރުވެސް ހުރި
މީހަކަށްވާއިރު މިޙާލަތު އޭގެ ޒާތުގައި ދެމިއޮތްވާ އެފަރާތަށް ވަޒީފާދޭން އެންގުމަކީ މަޞްލަޙަތާއި ފުށު
ފުކަމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
އއކމ
etc
03- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/VTR/58
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރަށް ރިސޯޓްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އނކ 0ކ
(ހ) ފުރަތަމަކަމަކީ، ސ.މަރަދޫފޭދޫ ފިނިފެންމާ ޢަލީ މުޢާޒުއާއި ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 10 އޭޕްރީލް 2008 ން ފެށިގެން 02 އަހަރު ދުވަހުގެ މުއްދަތަށްވެފައިވާ ވަޒީފާގެ
އެއްބަސްވުމެއް އޮންނަކަމާއި، 11 އެޕްރީލް 2009 ވަނަ ދުވަހުގެ ރޭ ރީތި ރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުގެ އޭރުގެ ޖެނެރަލްމެނޭޖަރ މައިކަލްޕެއިންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލެއް ޢަލީ މުޢާޒް
ކުރިކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ޢަލީ މުޢާޒް ގެންގޮސްފައިވާތީ
13 އެޕްރީލް 2009 ގައި ޢަލީ މުޢާޒް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
ވަކިކޮށްފައިވާކަމާއި، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާއި ނުލައިނަމަވެސް، މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާ އެވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި
މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ
ޝަކުވާ، ވަޒީފާއާބެހޭޓްރައިބިއުނަލް އަށް ޙައްޤު ވަޒީފާއިން ވަކިވެފައިވާ ފަރާތަށް
ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައި އޮންނަކަމާއި،
ޢަލީ މުޢާޒްގެ ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށައަޅާފައިވަނީ ރީތި ރަށް ރިސޯޓް
ހުށައެޅުމާޑި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2010/HC-A/24
ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޢަލީ މުޢާޒް ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ވަކިކޮށްފައިވާކަމަށް ބުނެކަން
ހުށައެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.
4
ސަބަބެއްގެ
(ނ) ދެވަނަކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި،
އެހެނިހެން ޙާލަތުތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން އޮންނަކަމާއި، ޢަލީ މުޢާޒް ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކުރި
ގޮތުގައި 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީގައި
ބަޔާންކޮށްފައިވާ މައިގަނޑު ސަބަބަކީ " މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ވަން އެންޑް އޮންލީ
ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި
ޒަހަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން އެމައްސަލައިގެ ތަޙްޤީޤުކުރުމަށް ޕޮލިސް
ސަރވިސްގެ ބެލުމުގެ ދަށަށް ޢަލީ މުޢާޒް ގެންދިއުން ކަން އެނގެން އޮންނަކަމާއި، އަދި ޢަލީ މުޢާޒް
ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރީތި ރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ " ޢަލީ މުޢާޒްއާއި އިތުރު ބަޔަކު
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮ
ރަށް ރިސޯޓުގެ ޖެނެރަލް
މެނޭޖަރ މރ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެމައްސަލައިގެ ތަޙްޤީޤަށް
މާލެ ގެނައި މީހުންގެ ތެރޭގައި ޢަލީ މުޢާޒް ހިމެނޭ އިރު، ޢަލީ މުޢާޒް އިތުރަށް ވަޒީފާގައި
ބަހައްޓައިފިނަމަ، ޢަލީ މުޢާޒްއާއި ދެން ތިބި އެހެން މީހުންގެ ފަރާތުން ރަށުގެ މުވައްޒަފުންނަށް ނުވަތަ
ރަށަށް ގެއްލުންތަކެއް ލިބިދާނެކަމަށް ރިސޯޓުގެ މެނޭޖްމަންޓަށް ޤަބޫލުކުރެވިގެން ކަމަށާއި، ޢަލީ މުޢާޒް
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ގެ ދަށުން ރަށް
ރިސޯޓަށް ލިބޭ ޤާނޫނީ ދަށުންކަމަށާއި، މި ސަބަބަށްޓަކައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
ދަށުން ބަދަލު ލިބިދެވެންޖެހޭނެ އެއްވެސް ޖާގައެއް އޮތްކަމަށް ނުފެންނަ" ކަމަށެވެ.
I
އިވަނީ ރީތި
4 22
ބ ރީޤީ
cuc Occ
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A/24
23
ތުތަކުގައި
ނުވާނެކަމަށާއި، އެޤާނޫނުގެ ވަނަ މާއްދާގައިވާ
މެނުވީ ވަކި މުއްދަތެއް
ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް
ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައިކަމަށާއި، ނޯޓިހެއް ދިނުމަކާއި ނުލައި،
ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއި
އެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަމަށް
ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައިކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ
ބަދަލުގައި، އެނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް،
އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާ ޢިނާޔަތްތައް، ހަމަޔަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާ ދޭފަރާތަށް،
ވަޒީފާއިން ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 25، 23، 21,22 މާއްދާތަކުން އެނގެން
ucou
ucou
4
4/
etc
)
އފއވާ
ﷲ3ތ * 4
در سرورم
(ށ) ހަތަރުވަނަކަމަކީ، 13 އޭޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީއަށް
ބަލާއިރު، ޢަލީ މުޢާޒް ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާއި
ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި ޢަލީ މުޢާޒްއާއި
ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 6.2 ގެ ދަށުންކަން އެނގެންއޮންނަކަމާއި، މި މާއްދާގެ
ޢަލީ މުޢާޒް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތީސް ކަމުގައި ޢަލީ މުޢާޒަށް
ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ އުފުލުމުގެ ފުރުސަތު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއިން ޢަލީ
މުޢާޒަށް ލިބިގެންވާކަމާއި، މިގޮތުން ޢަލީ މުޢާޒަށް ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދީފައިވުމުން އަދި
ފައިސާ ޢަލީ މުޢާޒްއާއި ޙަވާލުކޮށްފައިވާވުމަކުން، ޢަލީ މުޢާޒް ވަޒީފާއިން ވަކިކުރި ވަކިކުރުމަކީ ޢަލީ
އެކަމަށް އެއްބަސްވާ، ސައްޙަކަމެއްކަން ދަލީލު ކޮށްދޭކަމެއްނޫންކަމާއި، ނޯޓިސްދިނުމުގެ ބަދަލުގައި
ފައިސާ ދިނުމަށްފަހު ވަޒީފާއިން މުވައްޒަފަކު ވަކިކުރި ނަމަވެސް އެފަރާތަކުން ވަޒީފާއިން ވަކިކުރިކުރުމާއި
މެދު އިންކާރުކުރާ ޙާލަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންކަން ވަޒީފާދިން
ފަރާތުން ސާބިތުކޮށްދޭންޖެހޭކަން އެނގެއެވެ.
މެޢަޒު
(.) ފަސްވަނަކަމަކީ، ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ވަކިކުރުމަކީ ނޯޓިސް ދިނުމަކާއިނުލާ، ވަޒީފާއިން ވަކިކުރާކުރުމެއް ކަމުގައި ބަލަން ޖެހޭކަމުން، މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/24
ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް
އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް
ކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ
ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނީ ވަޒީފާގައި
އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން
ނުވަތަ ޚިޔާނަތެއްވެފައިވުން މި ދެޙާލަތު ކަން ވަޒީފާއާބެހޭ
ފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 އަދި
402 ކަށް ބެލުމުން އެނގެއެވެ.
ކރުމަށް
އޮންނަ
4 ވ
مسلمون
· 04
(ޅ) ހަވަނަކަމަކީ، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަ މިންގަނޑާއި،
މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި
ތަފާތެއްވާކަމާއި، ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށެއް
ސާބިތުވިކަމަށް ބަލާ މިންގަޑަކީ އެކަށީގެންވާ ޝައްކެއްނެތުން (Beyond Reasonable Doubt
ކަމަށްވާއިރު، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށައެޅިފައިވާ
ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް
(Balance of Probabilities) ކަން އެނގޭކަމާއި، މީހަކު ޖިނާއީކުށެއް ކުރި ކަމުގެ ތުހުމަތުގައި
ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ވަޒީފާއާ ބެހޭ
ޓްރައިބިއުނަލުން ބަލަން ޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ
މިންގަނޑުން ކަމާއި، މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 ގެ ދަށުން
މީހަކު ވަޒީފާއިން ވަކި ކުރާއިރުވެސް އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ކުށެއް ސާބިތުވާން އޮތް
މިންގަނޑަށް ކުށެއް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭކަމާއި، ނަމަވެސް އެމީހަކު
އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތް ކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ
ޤަކަށްވުމުގެ އިތުރުން، އެއްވެސް މީހެއްގެ ވަޒީފާއެއް ނުޙައްޤުން ނިގުޅައިގަނެވިއްޖެނަމަ، އެކަމުގެ
ނުރަނގަޅު އަސަރު އެމީހަކަށާއި، އެމީހެއްގެ ޢާއިލާއަށް އަދި މުޅި މުޖުތަމަޢުއަށް ފޯރާނެކަމީ
ޝައްކެތްނެތްކަމެއްކަމާއި، ވަޒީފާއިން މީހުން ވަކިކުރެވޭ އިރު ޢަމަލު ކުރަން ޖެހޭ އުސޫލުތަކަކާއި،
Au
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2010/HC-A124
އ
ތަބާވާންޖެހޭ އިޖުރާއާތު ތަކެއް ދުނިޔޭގެ ތަހުޒީބު ވެފައިވާ ދައުލަތް ތަކުގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި
ކަނޑައެޅިފައިވަނީ މި ސަބަބަށްޓަކައި ކަމާއި، މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން
ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވޭނެ ހުއްދަ
ސަބަބެއް ކަމުގައި އޮތްނަމަވެސް، މި މާއްދާއަކީ ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށްއެކަނި
ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް ނޫންކަމާއި، މި މާއްދާގެ ދަށުން ވަޒީފާއިން ވަކި
ކުރާއިރު ވެސް ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ
ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްތޯ ބެލެވެން ޖެހޭކަމާއި، އަދި އެފަދަ ތުހުމަތެއްގައި
ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރިކަމާއިއެކުގައިތޯއާއި، ވަޒީފާއިން
ވަކިކުރުމުގެ
.ގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ވަޒީފާދިން
ފަރާތުން ތަބާވުމަށް ފަހުގައިތޯ އާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް
އެކަށީގެންވާ
ގެންވާ މިންވަރަކަށް ބެލުމަށްފަހު، ޑިއު ޕްރޮސެސް(Due process) ނުވަތަ ޕްރޮސީޖަރަލް ފެއާނަސް
(procedural fairness} ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން ޖެހެއެވެ.
ކިނއި0ކށް
CCCC
(ކ) ހަތްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހުށައެޅި ލިޔެކިޔުންތަކަށް ބެލިއިރު، ޢަލީ މުޢާޒް
ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއްކަމަށް 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ސިޓީގައި އޮތް ހަމައެކަނި ސަބަބަކީ، ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް
ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި ޒަހަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން
އެމައްސަލައިގެ ތަޙްޤީޤުކުރުމަށް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ޢަލީ މުޢާޒް ގެންދިއުން ކަން
އެނގެންއޮތްއިރު، ޢަލީ މުއާޒް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު 24
ގަޑިއިރު ނުވަނީސް ދޫކޮށްލާފައިވާކަން އެނގޭކަމާއި، އަދި ޢަލީ މުއާޒް ވަޒީފާއިން ވަކިކޮށްފައިވަނީ
އެމައްސަލައެއްގައި ޢަލީ މުއާޒްގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މައްޗަށް ތަޙްޤީޤަށް ލިބުނު
މަޢުލޫމާތަކީ ކޮބައިކަންވެސް ނުބަލާކަމާއި، ޢަލީ މުޢާޒް ވަޒީފާއިން ވަކިކުރުމުގެ ސަބަބެއްކަމަށް ބުނާ
ޙާދިސާ އަކީ ވަރަށް ގިނަ ބަޔަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޙާދިސާއެއްކަމަށްވާއިރު ޢަލީ މުޢާޒް
ވަޒީފާއިން ވަކިކުރުމުގެކުރިން އެކަމުގައި ޢަލީ މުޢާޒް ބައިވެރިވެފައިވާ މިންވަރެއް ދެނެގަތުމަށްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2010/HC-A/24
ރީތިރަށް ރިސޯޓްގެ ފަރާތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގެންނެތުމުގެ އިތުރުން
ވަޒީފާއިން ވަކިކުރުމުގެ ކުރިން މި ޙާދިސާއާއި ގުޅިގެން ޢަލީ މުޢާޒްގެ ފަރާތުން ބުނާ އެއްޗެއްވެސް ރީތި
ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބަލާ ހޯދާފައިވާކަން އެނގެންނެތްކަމާއި، މީހެއްގެ މައްޗަށް ވަޒީފާއިން
ވަކިކުރުން ފަދަ ބޮޑު ފިޔަވަޅެއް އެޅޭއިރު، އޭނާގެ ދިފާޢުގައި އެއްޗެއް ބުނުމަށް ފުރުސަތުދީ އެމުވައްޒަފަކަށް
ކަމުގެ ޙަޤީޤަތް ހާމަކުރުމަށް ފުރުސަތު ދިނުމަކީ ޢަދުލު އިންސާފުގެ ހަމަތަކުން ބަލާއިރު، އެކަން ކުރުމަށް
އޮންނަ އެންމެ ޢަދުލުވެރިގޮތްކަމަށްވާއިރު އަދި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ "އެމްޕްލޯއި
މަންޓު ހޭންޑް ބުކް" އަށް ބެލުމުން ޢަލީ މުޢާޒް ވަޒީފާއިން ވަކިނުކޮށް، ޢަލީ މުޢާޒްގެ މައްޗަށް ތުހުމަތު
ކުރެވުނު ކަމުގެ ޒާތަށް ބަލައި، ޢަލީ މުޢާޒް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށްފަހު، އެކަން އިތުރަށް
ބަލާ ޢަލީ މުޢާޒާއި މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައި
އެކަން އެމަގުން ރީތި ރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ކޮށްފައި ނެތްކަމާއި، މިކަންކަމުގެ
މައްޗަށްބަލާއިރު، ރީތި ރަށް ރިސޯޓުގައި ހިނގި ހަމަ ނުޖެހުމަކާއި ގުޅިގެން ޢަލީ މުޢާޒް މޯލްޑިވްސް
ޕޮލިސް ސަރވިސް އަށް ގެންދިޔަގެންދިއުން އެކަނި އެއީ ޢަލީ މުއާޒް ވަޒީފާއިން ވަކިކުރުމަށް އޮތް
އެކަށީގެންވާ ހަމައެއް ކަމުގައި ބެލެވެން ނެތުމުގެ އިތުރުން ޢަލީ މުޢާޒް ވަޒީފާއިން ވަކިކުރުމުގެ ކުރިން
އެކަމުގައި ޕްރޮސީޖަރަލް ފެއަރނަސް ޤާއިމުވެފައި ވާކަން އެނގެން ނެތުމުން، ޢަލީ މުޢާޒް ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމުގައިކަމަށް ވަޒީފާއާ
ބެހޭ ޓްރައިބިއުނަލުން ނިންމާ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު ޢަލީ
މުޢާޒަށް ލިބިދިނުމަށް އެ ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ ޝަރުޢީ އަދި
އޮތްކަމަކަށް މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ނުފެނެއެވެ.
އއރ،
ޤާނޫނީ ސަބަބެއް
¢ ¢ ¢ ¢3
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/VTR/58 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާއި ޚިލާފުނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
ގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފީމެވެ.
58VTR200
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv