ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/346 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2012/HC-A/346
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 346/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަލީކު: އަލްއުސްތާޛް މުސާ އާލިމް
* ދާއިމީ އެޑްރެސް: ވެލާނާގެ/8 ވަނަ ފަންގިފިލާ
07
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު
. އައިޑީ ކާޑް ނަންބަރު: A002782
* .އުމީ އެޑްރެސް: ހަނދުވަރުމަތީގެ/މއ.
78xމ
އއތޮއްޑޫ
ސްޓްރީކުރެވުނު
1434
"1434
ޞަފަރު
20 ޑިސެމްބަރު 2012
ނިމުނު ތާރީޚް: 1 ޖުމްދުލިއެވެ
13 މާޗް 2013
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: F
-
C
/
2012
)
B1
/
2012
/
12/811)
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު
ނިންމެވި ކޯޓު ފެމިލީ ކޯޓު
ނިމުނު ތާރީޚް: 8 ޖުލައި 2012
ރޮޗެވެ
ހެޅުނު ތާރީޚް:
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2012/HC-A/346
ޤަޟިއްޔާ ނިމުނު "
مل من *
ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/811 ޤަޟިއްޔާއާ ގުޅިގެން، 8
ޖުލައި 2012 ގައި އެކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު B1
/
2012
/
12 "ވަގުތީ އަމުރު"
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ އަމުރު
އިސްތިއުނާފު ކޮށްދިނުމަށްއެދި، ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ
ޢަބްދުއްލަޠީފް ޢަބްދުލްޤްދިރު، ހަނދުވަރުމަތީގެ އއ. ތޮއްޑޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A002782) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު B1
/
2012
/
12 "ވަގުތީ
އަމުރު" އަށް ބަލާއިރު، އެ އަމުރަކީ ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/811 ޤަޟިއްޔާއާ
ގުޅިގެން، އެމައްސަލާގައި ދަޢުވާކުރާ ތޮއްޑޫހަނދުވަރުމަތީގެ ޢަބްދުއްލަޠީފް ޢަބްދުލްޤާދިރުގެ
ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން، 8 ޖުލައި 2012 ގައި އެކޯޓުން ނެރުއްވާފައިވާ ވަގުތީ
އަމުރެއްކަމާއި،
ފެމިލީ ކޯޓުގެ އެއަމުރުގައިވަނީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 34
ވަނަ މާއްދާގައި ޢާއިލާއަކީ މުޖުތަމަޢުގެ ތަބީޢީ އަސާސީ ބިންގާ ކަމަށްވީހިނދު، ކޮންމެ ޢާއިލާއަކަށްމެ
މުޖުތަމަޢުއާއި ދައުލަތުގެ ޚާއްޞަ ރައްކާތެރިކަން ލިބިދޭންވާނެކަމަށް ބަޔާންވެފައިވީހިނދު، އިންޑިއާގެ
ރައްޔިތެއްކަމުގައިވާ އިންޑިއަން ޕާސްޕޯޓް ނަންބަރ 9440347-F ޖޭސްމީން ޢަބްދުއްލަޠީފް އާއި ދިވެހި
ތ0 2
0 ތތ
/14ތއްވނ
އަންގައިދޭ ކާޑް ނަންބަރ A002782
ތޮއްޑޫ ހަނދުވަރުމަތީގެ ޢަބްދުއްލަޠީފް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
443
2012/HC-A/346
3 ޤަޟިއްޔާ ނިމުނު "
ޢަބްދުލްޤާދިރު އާއި ދެމީހުން އިނދެގެން 2007 ސެޕްޓެމްބަރ 15 ވަނަ ދުވަހު ލިބިފައިވާ އުސްވާ
ބިންތު ޢަބްދުއްލަޠީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ A363082) އާއި 2010
ފެބްރުއަރީ 11 ވަނަ ދުވަހު ލިބިފައިވާ ޙަސަން އަލްޠާފް ޢަބްދުއްލަޠީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑް ނަންބަރ A388333) އާއި މިދެކުދިންގެ އިސް ޝަރުޢީ ބަލަދުވެރިޔަކީ، ޢާއިލާބެހޭ ޤާނޫނު 47
ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން މިކުދިންގެ ބައްޕަ ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު ކަމަށް
ވާއިރު، މިކުދިންގެ މަންމަ ޖާސްމީން ޢަބްދުއްލަޠީފް މިކުދިން ގޮވައިގެން ކުދިންގެ މަންމަ ޖާސްމީން
ޢަބްދުއްލަތީފްގެ ރަށަށް (އިންޑިއާ ޕަރަކޮނަތުޙުތެންވީރު، ކޮއްޓުރުއަށް) ގޮސް އެނބުރި
އައިސްފައިނުވާކަމުގައި ކުދިންގެ ބައްޕަ ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު ބުނެ، މިކުދިން ލިބިގަތުމަށްޓަކައި
މިކޯޓުގައި އެދިފައިވާތީ، މިކުދިންގެ ބައްޕަ ޢަބްދުއްލަޠީފް ޢަބްދުއްޤާދިރު އަށް ބުނެވިދިޔަ 2 ކުދިން
އަތުލައިދިނުމުގެ ބާރު ދައުލަތުގެ ކަމާބެހޭ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޗައިލްޑް
ޕްރޮޓެކްޝަން ޔުނިޓަށް) ލިބިގެންވާ ކަމަށް ކަނޑައަޅައި، މިކުދިންގެ އިސް ޝަރުޢީ ބަލަދުވެރިޔާ
ކަމުގައިވާ މިކުދިންގެ ބައްޕަ ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު އާ މިކުދިން ޙަވާލުކުރުމަށް އަންގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރުކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެ "ވަގުތީ
އަމުރު" އިން އެގެން އޮވެއެވެ.
2. ފެމިލީ ކޯޓުގެ އިސްވެދެންނެވިފައިވާ، ނަންބަރު B1
/
2012
/
12 "ވަގުތީ އަމުރު"
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން
އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ:
2
222 ވ2 24
އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/346
4 ޤަޟިއްޔާ ނިމުނު 1
کی مرگی
ބަބުތައް
11}Fm-C/2012
<< O
2 22 22
• ފުރަތަމަ
ފެމެލީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ބެއްލެވި މައްސަލައިގައި ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު B1
/
2012
/
12 ވަގުތީ
އަމުރުގައި ތޮއްޑޫ ހަނދުވަރުމަތީގެ، ޢަބްދުއްލަޠީފް ޢަބްދުލްޤާދިރުގެ ދެކުދިން އިންޑިއާއިން
ގެނައުމަށް ބެލިނަމަވެސް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިޚްތިޞާޞް އޮންނަނީ ދިވެހިރާއްޖޭގެ
ސަރަޙައްދުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގައި
ބުނެފައިވާކަމާއި، އަދި އޭގެތެރޭގައި ފުލުހުންގެ ޚިދުމަތް ހިމެނޭކަމާއި، ފުލުހުންގެ ޚިދުމަތައް ބަލާއިރު،
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި 2 ވަނަ
ނަންބަރުން ފުލުހުން އިޚްތިޞާޞް އޮތީ ދިވެހިރާއްޖޭގެ ސަރަޙައްދުގައިކަމަށް ދޭހަވާއިރު، އިސްވެ
ދެންނެވި ވަގުތީ އަމުރަކީ، ދިވެހިރާއްޖެ ނޫން ތަނެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް
ތަންފީޒްކުރެވޭނެ އަމުރެއް ނޫންނަމަވެސް، އެ ވަގުތީ އަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ މައްޗަށް އަމުރުކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ކުޑަކުއްޖަކު ހުންނަންޖެހޭ ޤައުމު ނޫން ޤައުމަކަށް އެކުއްޖަކު
ގެންގޮސްފިނަމަ، އެފަދަ ޙާލަތުގައި ޢަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ އުޞޫލުތަކެއް ހުންނަ ހިނދު،
ދިވެހިރާއްޖޭގައި ހުންނަންޖެހޭ ކުއްޖަކު ދިވެހިރާއްޖެއަށް ގެނައުމަށްޓަކައި ޢަމަލުކުރަންޖެހޭނީ އެފަދަ
އުޞޫލުންކަމަށް ވީހިނދު، އެނޫންގޮތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ނުވަތަ ދިވެހި ދައުލަތަށް
ޢަމަލުނުކުރެވޭނެކަން އެނގެން އޮތްނަމަވެސް، އިސްވެދެންނެވި ވަގުތީ އަމުރުގައި އެފަދަ އުސޫލަކަށް
ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2 22 22
0
ޢުމުރުތައް
ތިންވަނަ ނުކުތާއަކީ،
ކޯޓުތަކުގެ ޙުކުމްތަކާއި މުރުތަ
ތަންފީޒުކުރަންޖެހޭނެކަމާއި، އެގޮތުން އިސްވެދެންނެވި ވަގުތީ އަމުރުވެސް ތަންފީޒުކުރަންޖެހޭކަމާއި،
ނަމަވެސް، އެ ވަގުތީ އަމުރު ދިވެހި ދައުލަތައް ތަންފީޒުނުކުރެވި
އަމުރާ
އޮތްނަމަ، ކޯޓު
as
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 436471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޟިއްޔާ ނިމުނު
443
=32
2012/HC-A/346
کی عمری
ޚިލާފުވެވިދާނެކަމުގެ އިޙްތިމާލެއް އޮތްނަމަވެސް، އެ ވަގުތީ އަމުރަކީ އެ އަމުރު ތަންފީޒުކުރުން
ފަސްކުރެވޭނެފަދަ އަމުރެއްކަމަށް ދަޢުލަތަށް ނުފެންނަކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ފެމެލީ ކޯޓުގެ އިސްވެދެންނެވުނު އަމުރު ތަންފީޛުކުރުމަށް
އިންޑިއާގެ ކަމާބެހޭ ފަރާތަކަށް ނުވަތަ ކޯޓަކަށް ހުށަހެޅުމުގެ ފުރުޞަތު އެކުދިންގެ ބައްޕައަށް
އޮތްނަމަވެސް، އެ ވަގުތީ އަމުރުގައި އެކުދިންގެ ބައްޕަގެ ޒިންމާއެއް ކަނޑައަޅުއްވާފައި
މަށްބު
ހުށަހަޅާފައިވާ ނުކުތާއެވެ.
ނޭނެކަމަށްބަ
3. މިމައްސަލައާ ގުޅިގެން، ފެމިލީ ކޯޓުގެ ނަންބަރު B1
/
2012
/
12 "ވަގުތީ
އަމުރު" އަށާއި، އެއަމުރު އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޢަބްދުއްލަޠީފް ޢަބްދުލްޤާދިރުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
4 22
11
(ހ) ފުރިހަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު
B1
/
2012
/
12 "ވަގުތީ އަމުރު" އަކީ ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/811 ޤަޝި
ޤަޟިއްޔާއާ
ގުޅިގެން، އެމައްސަލާގައި ދަޢުވާކުރާ، ތޮއްޑޫ (ހަނދުވަރުމަތީގެ، ޢަބްދުއްލަޠީފް ޢަބްދުލްޤާދިރުގެ
ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން، ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު އާއި އިންޑިއާގެ
ރައްޔިތެއްކަމުގައިވާ ޖާސްމީން ޢަބްދުއްލަޠީފްއާ ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ 2 (ދޭއް)
ކުދިންކަމުގައިވާ އުސްވާ ބިންތު ޢަބްދުއްލަޠީފް އާއި ޙަސަން އަލްޠާފް ޢަބްދުއްލަޠީފް ގޮވައިގެން
އެކުދިންގެ މަންމަ ޖާސްމީން ޢަބްދުއްލަޠީފް އޭނާގެ ރަށަށް (އިންޑިޔާ - ޕަރަކޮނަތުޙުތެންވީރު، ކޮއްޓާރު)
ގޮސް އެނބުރި އައިސްފައިނުވާކަމަށް ބުނެ، އެކުދިން ލިބިގަތުމަށްޓަކައި ޢަބްދުއްލަޠީފް ޢަބްދުލްޤާއި
ލްޤާދިރުގެ
ފަހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2012/HC-A/346
می هرکی
4 20 022
ފަރާތުން ފެމިލީ ކޯޓުގައި އެދިފައިވާތީ، އެކުދިންގެ ބައްޕަ ޢަބްދުއްލަޠީފް ޢަބްދުއްޤާދިރުއަށް އެކުދިން
އަތުލައިދިނުމުގެ ބާރު ދައުލަތުގެ ކަމާބެހޭ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޗައިލްޑް
ޕްރޮޓެކްޝަން ޔުނިޓަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައި، އެކުދިންގެ ބައްޕަ ޢަބްދުއްލަޠީފް
ޢަބްދުލްދިރުއާ އެކުދިން ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރައްވާ، 8
ޖުލައި 2012 ގައި އެކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި،
މިދެންނެވުނު ވަގުތީ އަމުރުގެ ދަށުން، އެކުދިންގެ މަންމަގެ އަތުން އަތުލައި
އެކުދިންގެ ބައްޕައާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ފެމިލީ ކޯޓުން
އަމުރުކުރައްވާފައިވާ ދެކުދިންގެ މަންމަ، ޖާސްމީން ޢަބްދުއްލަޠީފް އަކީ އިންޑިއާގެ ރައްޔިތެއްކަމާއި،
އެދެކުދިންނަކީވެސް އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ދެކުދިންކަމާއި، އަދި އެއަމުރު
ނެރެވުނުއިރު އެކުދިން ދިރިއުޅެމުންދަނީވެސް އެކުންދިންގެ މަންމައާއެކު އިންޑިއާގައިކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 236 ވަނަ
މާއްދާއަށާއި، 237 ވަނަ މާއްދާއަށާއި، 244 ވަނަ މާއްދާއަ ޤާނޫނު ނަންބަރު 2008/5
(ފުލުހުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާއަށާއި، 6 ވަނަ މާއްދާއަށް ޖުމްލަގޮތެއްގައި ބަލާއިރު،
ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންކުރާ ޖިނާއީ ކުށުގެ ޢަމަލުތައް ހޯދައި، ދެނެގަނެ، ތަޙްޤީޤުކޮށް،
ހުއްޓުވައި، އެފަދަ ޢަމަލުތަކާ ދެކޮޅަށް ޙަރަކާތްތެރިވުމުގައާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ
ބައިނަލްއަޤްވާމީ މުޢާހަ
ޢާހަދާތަކާއި
ގޮތުގެމަތިން ފުލުހުންގެ ދައުރު
އަދާކުރުމުގައި ދިވެހިރާއްޖެއިން ބޭރުގައި ޙަރަކާތްތެރިވުމުގައި މެނުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އިޚްތިޞާޞް ދިވެހިރާއްޖޭގެ ސަރަޙައްދަށްވުރެ ފުޅާ ނުކުރެވޭނެކަމާއި،
ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންކުރާ ޖިނާޢީ ކުށުގެ ޢަމަލުތަކާ
ގުޅިގެން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާ
OXO
4ތ ހ 0
2
0 ހދ
އެއްބަސްވުންތަކު
ދު
ہی ہے کہ صرف
4 · ބ ގ 2
2
އެހެންކަމުން،
ދިވެހިރާއްt
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2012/HC-A/346
ޤަޟިއްޔާ ނިމުނު "
ދެވެ
2 0x 04
رہ کر کرو
ގޮތުގެމަތިން ފުލުހުންގެ ދައުރު އަދާކުރުމުގައި ދިވެހިރާއްޖެއިން ބޭރުގައި ޙަރަކާތްތެރިވުމުގެ
ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ ކަންކަމުގައި ފިޔަވާ، ދިވެހިރާއްޖޭގެ ސަރަޙައްދުން
ބޭރުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޙަރަކާތްތެރިވުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ލިބިގެން ނުވާކަން އެނގޭކަމެވެ.
-P2
(ނ) ތިންވަނަ ކަމަކީ، ކުޑަކުއްޖަކު، އެކުއްޖެއްގެ ޝަރުޢީ ބަލަދުވެރިއެއްގެ
ރުހުމާނުލާ، އެކުއްޖާ އާންމުކޮށް ދިރިއުޅޭ ޤައުމުން ބޭރަށް ގެންދެވޭ ޙާލަތްތަކުގައި، އެކުއްޖާ އާންމުކޮށް
ދިރިއުޅޭ ޤައުމަށް އެކުއްޖާ އަނބުރާ ގެނެއުމުގައި ނުވަތަ ފޮނުވުމުގައި ޢަމަލުކުރާ ބައިނަލްއަޤްވާމީ
އުސޫލުތަކެއް، އެކަމާބެހޭ ގޮތުން ޚާއްޞަކުރެވިގެން އެކުލަވާލެވިފައިވާ، "ދަ ހޭގް ކޮންވެންޝަން އޮން ދަ
ސިވިލް އެސްޕެކްޓްސް އޮން އިންޓަނޭޝަނަލް ޗައިލްޑް އެބްޑަކްޝަން" ފަދަ ބައިނަލްއަޤަވާމީ
މުޢާހަދާތަކުން ކަނޑައަޅާފައި ހުންނަކަމާއި، އަދި މިފަދަ މުޢާހަދާތަކުގައި ބައިވެރިނުވާ ގޮތަކުން
ކުޑަކުއްޖެއްގެ ޝަރުއީ ބަލަދުވެރިއެއްގެ ރުހުމާނުލާ އެއްޤައުމުން އަނެއްޤައުމަށް ގެންދެވޭ ކުދިން،
އަނބުރާ އެކުއްޖަކު އާންމުކޮށް ދިރިއުޅޭ ޤައުމަށް ގެންދިއުމުގައި ނުވަތަ ފޮނުވުމުގައި ޢަމަލުކުރަނީ
ދެ އެފަދަ ޤައުމުތަކުގެ މެދުގައި ހެދިފައި ހުންނަ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން،
އެކުއްޖެއްގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރެވޭނޭ ގޮތެއްގެމަތިންކަމާއި، އެފަދަ
ނެތްނަމަ، ދެންވެސް ޢަމަލުކުރެވޭނީ އެދެޤައުމެއްގެ ކަމާބެހޭ ފަރާތްތަކުގެ
މެދުގައި މަޝްވަރާކުރެވި އެއްބަސްވެވޭ ގޮތެއްގެމަތިންކަމާއި، މިފަދަ އެއްވެސް ކަމަކުން ބާރުނުލިބި،
އެހެންޤައުމެއްގައި ހުންނަ ކުޑަކުއްޖަކު އަތުލައި، އެކުއްޖަކު އާންމުކޮށް ދިރިއުޅޭ ޤައުމަކަށް ގެންދިއުމުގެ
ބާރު އެއްވެސް ޤައުމެއްގެ ފުލުހުންނަކަށްވެސް އަދި އެހެން ފަރާތަކަށްވެސް ލިބިގެންނުވާކަމާއި،
ދިވެހިރާއްޖޭގައި ހުންނަންޖެހޭ ކުއްޖަކު، އެކުއްޖާގެ ޝަރުޢީ
ބަލަދުވެރިއެއްގެ ރުހުމާ ނުލައި ރާއްޖޭން ބޭރަށް ގެންގޮސްފައިވާކަމަށް ބުނެ، އެކުއްޖާ ހޯދުމަށްއެދި
4ހ2 2
02x2
20ޓހ ޤަނ
oxo
ޒ 2
0 ހ2ތ 2
0
އެއްބަސްވުންތަކެއްވެސް
2ބހ
22
0 ހ3 0
0
2cދ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B16471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/346
8 ޤަޟިއްޔާ ނިމުނު "
ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، އެމައްސަލާގައި ހިމެނޭ ކުއްޖަކީ ދިވެހިރާއްޖޭގައި
ހުންނަޖެހޭ ކުއްޖެއްކަމަށް އެކޯޓަށް ފެންނަ ޙާލަތުގައި، އެކުއްޖާ ގެންދެވިފައިވާ ޤައުމުން އެކުއްޖާ
އަނބުރާ ދިވެހިރާއްޖެއަށް ގެނެސް އެކުއްޖާގެ ޝަރުޢީ ބަލަދުވެރިއަކާ ޙަވާލުކުރުމަށް އެކޯޓަކުން
އަމުރުކުރެއްވުމުގައި، މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ
މުޢާހަދާއެއް ވޭތޯއާއި، އަދި އެފަދަ މުޢާހަދާއެއްވާނަމަ އެމުޢާހަދާގެ ދަށުން އެކުއްޖަކު އަނބުރާ ރާއްޖެ
ގެނެއުމުގައި ޢަމަލުކުރަންޖެހޭނެ ގޮތްތަކަކީ ކޮބައިތޯއާއި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވާންޖެހޭ
ފަރާތްތަކަކީ ކޮބައިތޯއާއި، މީގެއިތުރުން މިބާވަތުގެ މައްސަލަތަކުގައި ކަންކުރާނެ ގޮތްތައް ބަޔާންކޮށް،
އެކުއްޖާ ގެންދެވިފައިވާ ޤައުމާއި ދިވެހިރާއްޖެއާ ދެމެދު ވަކިގޮތްތަކަކަށް އެއްބަސްވެފައިވޭތޯވެސް ކޯޓުން
ލަންޖެހޭނެކަމާއި، އަދި މިކަންކަން ބަލާ، އެއާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމުގައި، ދައުލަތުގެ
ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި،
އަދި މިނޫންވެސް ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ އެކޯޓަކުން ހޯއްދެވިދާނެކަމާއި،
މިދެންނެވުނު ގޮތުގެމަތިން، ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި،
ތަކާއި، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާ އެއްގޮތްވާ ތުގެމަތިން
ނޫންގޮތަކަށް ނެރެވޭ މިފަދަ އަމުރުތަކަކީ އޭގެ ޒާތުގައި ޞައްޙަ އަމުރުތަކަކަށް ވީނަމަވެސް،
އެއަމުރުތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ކަމާބެހޭ އެހެންފަރާތަކަށްވެސް ޢަމަލީގޮތުން
ތަންފީޒު ކުރެވޭނެ އަމުރުތަކެއް ނޫންކަން އެނގޭކަމެވެ.
02 ހ އ މވ ހދ
އެއްބަސްވުންތަކާއި
xމ 2 ދ ތ
کریک
(ހ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލައިގައި ހިމެނޭ ފެމިލީ ކޯޓުގެ ނަންބަރު B1
/
2012
/
12
"ވަގުތީ އަމުރު" އެކޯޓުން ނެރުއްވިއިރު، އިސްވެދެންނެވިފައިވާ ފަދައިން، އެއަމުރުގެ ދަށުން އެކުދިންގެ
މަންމަގެ އަތުން އަތުލައި އެކުދިންގެ ބައްޕައާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/346
کی عمری
2x 2 0 0
21ކށި
9 ޤަޟިއްޔާ ނިމުނު "
އެކޯޓުން އަމުރުކުރައްވާފައިވާ ދެކުދިން ދިރިއުޅެމުންދަނީ އެކުންދިންގެ މަންމައާއެކު އިންޑިއާގައިކަމާއި،
އަދި އޭރު ދެކުދިންނަކީ އިންޑިއާގެ ރައްޔިތުންނަށް ވެފައިވާ ދެކުދިންކަމާއި،
އަދި ކުޑަކުއްޖަކު، އެކު
އެކުއްޖެއްގެ ޝަރުޢީ ބަލަދުވެރިއެއްގެ ރުހުމާނުލާ، އެކުއްޖާ
ދިރިއުޅޭ ޤައުމުން ބޭރަށް ގެންދާ ޙާލަތްތަކުގައި، އެކުއްޖާ އާންމުކޮށް ދިރިއުޅޭ ޤައުމަށް
އެކުއްޖާ އަނބުރާ ގެނެއުމުގައި ނުވަތަ ފޮނުވުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާ އެކުލަވާލެވިފައިވާ
ބައިނަލްއަޤްވާމީ އެއްވެސް މުޢާހަދާއެއްގައި ދިވެހިރާއްޖޭގެ ފަރާތުން މިހާތަނަށް ބައިވެރިވެފައިނުވާކަމަށާއި،
އަދި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރުމާ ބެހޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވިފައިވާ
އެއްބަސްވުމެއްވެސް ނެތްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެއަމުރު ޢަމަލީގޮތުން
ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭއާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި އެކަމާބެހޭ ގޮތުން
މަޝްވަރާކުރެވި، ދެޤައުމުގެ ދެމެދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިންކަމާއި، (އެކުދިން ގޮވައިގެން
އިންޑިއާއަށް ގޮސްފައިވާ، އެކުދިންގެ މަންމަގެ އަމިއްލަ އިޚްތިޔާރުގައި އެކުދިން ގޮވައިގެން
ދިވެހިރާއްޖެއަށް ނާންނަހާ ހިނދަކު، އެ ނޫންގޮތަކަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެއަމުރު
ތަންފީޒުނުކުރެވޭނެކަމާއި،
އެހެންކަމުން، ކޯޓުތަކުން ނެރެ، މިމައްސަލާގައި ހިމެނޭފަދަ އަމުރުތަކަކީ،
މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ އެއަމުރެއް ރައްދުވާ ފަރާތެއްގެ އަމިއްލަ ބާރުގައި އެފަރާތަކަށް
ޢަމަލީގޮތުން ތަންފީޒު ކުރެވޭފަދަ އަމުރުތަކަކަށް ހެދުމަށްޓަކައި، ކޯޓުތަކުން އެފަދަ އަމުރުތައް
ނެރުއްވުމުގައި ރިޢާޔަތް ކުރަންޖެހޭ، އިސްވެ އިޝާރާތްކުރެވުނު
ކަންކަމަށް ފުރިހަމައަށް
ރިޢާޔަތްކުރެއްވުމަކީ ކޯޓުތަކުން ކުރައްވަންޖެހޭނެ ކަމެއްކަން އެނގޭކަމެވެ.
ވީމާ، އިސްވެފާހަގަކުރެވުނު
ކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު B1
/
2012
/
12 "ވަގުތީ އަމުރު" އަކީ، އެއަމުރުގައި
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647( *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2012/HC-A/346
10 ޤަޟިއްޔާ ނިމުނު
سے ان کی عمری
=32
ބަޔާންކޮށްފައިވާ ކުދިން ރާއްޖޭއިން ބޭރުގައި ތިބިހާ ދުވަހަކު، އެއަމުރު ރައްދުވާ މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ޢަމަލީގޮތުން ތަންފީޒުކުރެވޭނޭ އަމުރެއް ނޫންކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ޔާންކުރެވުނު ކަންކަން
ޔާންކުރެވުނު ގޮތަށް ހުރުމާއެކު، ފެމިލީ ކޯޓުގެ ނަންބަރު B1
/
2012
/
12 "ވަގުތީ އަމުރު" އަކީ
އެއަމުރުގައި ބަޔާންކޮށްފައިވާ ކުދިން ރާއްޖޭއިން ބޭރުގައި ތިބިހާ ދުވަހަކު، އެއަމުރު ރައްދުވާ މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ޢަމަލީގޮތުން ތަންފީޒުކުރެވޭނޭ އަމުރެއް ނޫންކަމަށާއި، ކޯޓުތަކުން ނެރެވޭ، ފެމިލީ
ކޯޓުގެ ނަންބަރު B1
/
2012
/
12 "ވަގުތީ އަމުރު" ފަދަ އަމުރުތަކަކީ އެއަމުރު ރައްދުވާ ފަރާތުގެ
އަމިއްލަ ބާރުގައި ތަންފީޒުކުރެވޭނޭ އަމުރުތަކަކަށް ހެދުމަށްޓަކައި، އެފަދަ އަމުރުތައް
ކުރިން، އެފަދަ އަމުރުތައް ނެރުއްވުމުގައި ކޯޓުތަކުން ރިޢާޔަތް ކުރައްވަންޖެހޭނެކަމަށް މިޤަޟިއްޔާގައި
ކަނޑައެޅި ބަޔާންވެގެންވާ ކަންކަމަށް ކޯޓުތަކުން ފުރިހަމައަށް ރިޢާޔަތްކުރައްވަން ޖެހޭނެކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
4 2 2 4 2 4
ނަރއ29ﷲ
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢަބްދުﷲ ޙަމީދު
ޢައްބާސް ޝަރީފް
،ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
، ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަމަދިވެހި، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
ވެބް ސައިޓް: WWW
.
nighcourt.gov.mv