ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/23 ޤަޟިއްޔާގެ ޙުކުމް
/ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/23
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:23/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕީ.ޖީ. އޮފީސް، މަޖީދީމަގު / މާލެ
* މިހާރުގެ އެޑްރެސް:
އޮފީސް، މަޖީދީމަގު | މާލެ
ޕީ.ޓީ.
*އައި.ޑީ
ކާޑް ނަންބަރު: A208965
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަފީފު ޙުސައިން
ދާއިމީ އެޑްރެސް: ސިލްވަރސްޓަރ / ދ.ހުޅުދެލި
މިހާރުގެ އެޑްރެސް: މާލެހިޔާ-2(04-14) / މާލެ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ފެބްރުއަރީ 2014
ނިމުނު ތާރީޚް: 20 ނޮވެމްބަރ 2014
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2012/Cr
-
C/911
* ކޯޓު: ކްރިމިނަލް ކޯޓް
*ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
ނިންމެވި ތާރީޚް: 19 ސެޕްޓެމްބަރ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިންގެ
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަ ސިއްޔާ ނިމުނު
2
2{014/HC-A/23
لي معي مجری
ހ(
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާ، އެކޯޓުން ބައްލަވައި،
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ދ.ހުޅުދެލި : ސިލްވަރސްޓަރ ޢަފީފު
ޙުސައިންއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/911 ޤާޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
.2
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ދ.ހުޅުދެލި | ސިލްވަރސްޓަރ ޢަފީފު ޙުސައިން،
31މާރޗް 2012 ދުވަހު 18:00 އެހާއިރު، މ.އަހިމާގެ ޢާއިޝަތު ނަޢީމާގެ ސެމްސަންގް ކޯރބީ
ވައިފައި މޯބައިލް ފޯން ހުޅުމާލެއިން މާލެއަށް އައި ފެރީތެރެއަށް ގެއްލިފައިވަނިކޮށް، 17 ސެޕްޓެމްބަރ
2012 ދުވަހު މީނާގެ އަތުން އެމޯބައިލް ފޯނު ފެނިފައިވާތީއާއި، އެމޯބައިލް ފޯނު މީނާއަށް ލިބުނު
ގޮތެއް މީނާއަށް ސާބިތުކޮށްދެވިފައިނުވާތީ، އެމޯބައިލް ފޯނު ވަގަށްނެގި މީނާކަމަށް ބެލެވޭތީ، ޤާނޫނުލް
ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން އަފީފު ޙުސައިންގެ މައްޗަށް ވައްކަންކުރުމުގެ
ދަޢުވާ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަން އެނގޭކަމާއި،
4xތ
ކުށުގެ
ޒާހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 35 23
2{14/HC-A/23
ޤަޟިއްޔާ ނިމުނު 1
کی عمری
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުލަތުން ދ.ހުޅުދެލީ ގެ ސިލްވަރސްޓަރ
ޢަފީފު ޙުސައިނުގެ މައްޗަށް ކުޑަ ވައްކަންކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 2012
މާރޗް 31 ވަނަ ދުވަހު 18:00 އެހާއިރު، މ.އަހިމާގެ ޢާއިޝަތު ނަޢީމާގެ ސެމްސަންގް ކޯރބީ ވައިފައި
މޯބައިލް ފޯނު ހުޅުމާލެއިން މާލެއައި ފެރީތެރެއަށް ގެއްލިފައިވަނިކޮށް، 2012 ސެޕްޓެމްބަރ 17 ވަނަ
ދުވަހު ޢަފީފު ޙުސައިންގެ އަތުން އެމޯބައިލް ފޯނު ފެނިފައިވާކަމަށްބުނެ ދަޢުލަތުން ކުރި މިދަޢުވާއަށް ޢަފީފު
ޙުސައިން އިންކާރުކޮށްފައިވުމާއި، އަދި އައިޝަތު ނަޢީމާގެ މޯބައިލް ފޯނުގެ އައި.އެމް.އީ. އައި ނަންބަރު
ކަމަށް ބުނާ އައި.އެމް.އީ.އައި ނަންބަރާއި ދަޢުވާ ލިބޭ ޢަފީފު ޙުސައިނުގެ އަތުން ފެނުނު މޯބައިލް ފޯނުގެ
އައި.އެމް.އީ.އައި ނަންބަރާ ދިމާނުވާ ހިނދު އައިޝަތު ނަޢީމާގެ މޯބައިލް ފޯނު ވަގަށްނެގީ ޢަފީފު ޙުސައިން
ކަން ދަޢުލަތުން ސާބިތުކޮށްދީފައިނުވާތީ، ދ.ހުޅުދެލި ! ސިލްވަރސްޓަރ ޢަފީފު ޙުސައިންގެ މައްޗަށް
ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
OLC
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާ ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: 31 މާރޗް 2012 ދުވަހު 18:00 އެހައިކަންހާއިރު،
ހުޅުމާލެ އިން މާލެއައި ފެރީއެއްގެ ތެރެއަށް ގެއްލުނު މ.އަހިމާގެ ޢާއިޝަތު ނަޢީމާގެ ސެމްސަންގ ކޯރބީ
ވައިފައި މޯބައިލް ފޯނުގެ އައި.އެމް.އީ.އައި ނަންބަރާއި އަފީފު ޙުސައިންގެ އަތުން ފެނުނު ފޯނުގެ
އައި.އެމް.އީ.އައި ނަންބަރު ދިމާވެފައިވާއިރު އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
(ށ) ދެވަނަ ނުކުތާއަކީ: 17 ސެޕްޓެމްބަރ 2012 ދުވަހު ޢަފީފު ޙުސައިން އަތުން
ފުލުހުން ހޯދާފައިވާ ސެމްސަންގ ކޯރބީ ވައިފައި މޯބައިލް ފޯނު ޢަފީފު ޙުސައިނަށް ސާބިތުކޮށްދެވިފައި
ނުވާއިރު އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާގުޅޭ ގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ދ. ހުޅުދެލި
ސިލްވަރސްޓަރ ޢަފީފު ޙުސައިން ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
· 2
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/911
ޤަޟިއްޔާގައި ދ. ހުޅުދެލި| ސިލްވަރސްޓަރ ޢަފީފު ޙުސައިންގެ މައްޗަށް، 31 މާރޗް 2012 ދުވަހު
18:00 އެހާއިރު، މ. އަހިމާގެ ޢާއިޝަތު ނަޢީމާގެ ސެމްސަންގް ކޯރބީ ވައިފައި މޯބައިލް ފޯން
ހުޅުމާލެއިން މާލެއަށް އައި ފެރީތެރެއަށް ގެއްލިފައިވަނިކޮށް، 17 ސެޕްޓެމްބަރ 2012 ދުވަހު ޢަފީފު
ޙުސައިންގެ އަތުން އެމޯބައިލް ފޯނު ފެނިފައިވާތީއާއި، އެމޯބައިލް ފޯނު އޭނާއަށް ލިބުނު ގޮތެއް މީނާއަށް
ސާބިތުކޮށްދެވިފައިނުވާތީ، އެމޯބައިލް ފޯނު ވަގަށްނެގި މީނާކަމަށް ބެލެވޭތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ
މާއްދާގެ (ހ)ގެ ދަށުން އަފީފު ޙުސައިންގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ ދަޢުވާ ހުށަހަޅާފައިވާކަން
އެނގެން އޮންނަކަމާއި، އެދަޢުވާ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން އެދަޢުވާއަށް ޢަފީފު ޙުސައިން
އިންކާރުކޮށް އެދަޢުވާގައި ބަޔާންކޮށްފައިވާ ވައްކަން އޭނާ ނުކުރާކަމަށާއި، އޭނާގެ ފަރާތުން މިދަޢުވާއަށް
ޑިއްޖޭގެ
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5ޤަޟިއްޔާ ނިމުނު ގޮތުގެ
2014/HC-A/23
ޖަވާބުދާރީވަމުން ޢަފީފު ޙުސައިންގެ ޤާނޫނީ ވަކީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
މިމައްސަލާގައި ހިމެނޭ ފޯނުގެ އައި.އެމް.އީ.އައި ނަންބަރު އެކި އެތީގައި ވަނީ އެކި
ގޮތަށްކަމަށާއި، އެހެންކަމުން މިމައްސަލާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށާއި، ޢަފީފު
ޙުސައިންގެ އަތުން ފެނުނު ފޯނުގެ އައި.އެމް.އީ.އައި ނަންބަރަކީ 3594490363574201 ކަމަށާއި،
ގެއްލިގެން ހޯދާ ފޯނުގެ އައި.އެމް.އީ.އައި ނަންބަރަކީ 359449/03/635742/0 ކަމަށާއި، އެހެންކަމުން
ގެއްލިގެން މިއުޅެނީ ކޮން ފޯނެއްކަން ސާފުނުވާކަމަށާއި، ޢަފީފު ޙުސައިންގެ އަތުން ފެނިފައިމިވަނީ
ގެއްލިގެން އުޅޭ އަސްލު ފޯނު ކަމާއިމެދު ސުވާލު އުފެދޭކަމަށް ޢަފީފު ޙުސައިންގެ ވަކީލް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ދ. ހުޅުދެލި| ސިލްވަރސްޓަރ ޢަފީފު
ޙުސައިންގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުށަހެޅި ވައްކަން ކުރުމުގެ
ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި ޢަފީފު ޙުސައިން ފަރާތުން އިންކާރުކޮށްފައިވާއިރު، މި
މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ތަޙްޤީޤު ބަޔާންތަކަށް ބަލާއިރު،
މ.އަހިމާގޭ އާދަމް ވަހީދު 31 މާރޗް 2012 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ
ތަޙްޤީޤު ބަޔާނާއި، އަހިމާގޭ ޢާއިޝަތު ނަޢީމާ 18 ސެޕްޓެމްބަރ 2012 ދުވަހު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ތަޙްޤީޤު ބަޔާން ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި،
ލ. އަހިމާގެ، ޢާއިޝަތު ނަޢީމާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި، ބުނެފައިވަނީ ، 2012 މާރޗް 31 ވަނަ ދުވަހުގެ 18:00 ހާއިރު ހުޅުމާލެއިން މާލެއަށް އައި
ފެރީތެރެއަށް މީނާގެ ސެމްސަންގ ކޯރބީ ވައިފައި، އައި.އެމް.އީ.އައި ނަންބަރު 359449036357420
ގެއްލިފައިވާ ކަމަށާއި، މޯބައިލް ފޯނު ގެއްލުނުއިރު އިންނާނީ ނަންބަރު 7721126 ސިމް ކަމަށާއި، މީނާ
ދިވެހިރާއްޖޭގެ
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{14/HC-A/23
کی تری جلب محب*
ވެ"
6 ޤަޟިއްޔާ ނިމުނު
މޯބައިލް ފޯނު ގަތް އަގަކީ -/1900ރ (އެއްހާސް ނުވަސަތޭކަ ރުފިޔާ)ކަމަށާއި، މީނާގެ ފޯނު ގެއްލިގެން އެ
މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާނެކަމަށާއި، އޭގެފަހުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން މީނާގެ ފޯނު ހޯދައި ހަވާލުކޮށްފައިވާކަމަށާއި، މީނާގެ މޯބައިލް ފޯނު ވަގަށްނެގި
ފަރާތާއި ދެކޮޅަށް ދަޢުވާކުރަން ބޭނުންވާކަމަށް ކަން އެނގެން އޮންނަކަމާއި،
މ. އަހިމާގޭ އާދަމް މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި ބުނެފައިވަނީ ، 2012 މާރޗް 31 ވަނަ ދުވަހުގެ 18:00 ހާއިރު މީނާގެ ފަހަރި މ. އަހިމާގޭ
ޢާއިޝަތު ނަޢީމާ ހުޅުމާލެއިން މާލެއަށް އައި ފެރީ ތެރޭގައި އޭނާގެ ސެމްސަންގ ކޯރބީ ވައިފައި މޯބައިލް
ކަމަށާއި، މި ފޯނުގެ އައި.އެމް.އީ.އައި ނަންބަރަކީ 359449/03/635742/0 ކަމަށާއި،
ފޯނު ގެއްލުނުއިރު އިންނާނީ 7721126 ނަންބަރު ސިމް ކަމަށާއި، އެންމެފަހުން ގުޅާފައި އިންނަ
ނަންބަރަކީ 7993968 އާއި 7593381 އަށްކަމަށާއި، މޯބައިލް ފޯނުގެ އަގަކީ -/1900ރ (އެއްހާސް
ނުވަސަތޭކަ ރުފިޔާ) ކަމަށާއި، މޯބައިލް ފޯނު ބޭނުންކުރަން ފެށި ތާރީޚްއެއް ނޭނގޭކަމަށާއި، މޯބައިލް
ފޯނުގައި އިންނާނީ ލޮކް ކޯޑެއް ޖަހާފައިކަމަށާއި، މޯބައިލް ފޯނު ބޭނުން ކުރަން ފެށި ތާރީޚެއް
އިނގޭކަމަށާއި، މޯބައިލް ފޯން ނެގި ފަރާތާއި ދެކޮޅަށް ދަޢުވާކުރަން ބޭނުންވާކަމަށް ބުނެފައިވާކަން އެނގެން
/2 23 2 02c
ފޯނު
އވާނވ.
24
އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދަޢުލަތުގެ ފަރާތުން ހުށަހެޅި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް
މޯލްޑިވްސްގެ ނަންބަރ 1
/
171
/
2013
/
01-165 (01 އޮގަސްޓް 2013) ސިޓީގައި އައި.އެމް.އީ
ނަންބަރަކީ އާއްމުގޮތެއްގައި 15 ހިސާބު އަކުރު އެކުލެވޭ ނަންބަރެއްކަމާއި، އައި.އެމް.އީ.އައިގެ އަކުރުތަކުގެ
ތެރެއިން ފުރަތަމަ 14 (ސާދަ) އަކުރަކީ އަސްލު އައި.އެމް.އީ.އައި ނަންބަރުކަމާއި، އޭގެ ފަހަތައް އޮންނަ
އަކުރަކީ ޗެކްސަމް ފަދަ ކަންކަމަށް ބޭނުންކުރާ އަކުރުކަމާއި، ނެޓްވާރކް ތަކުގައި އައި.އެމް.އީ
ބޭނުންކުރާއިރު އެންމެ ފަހަތު އަކުރު ބައެއްފަހަރު ބަދަލުވެފައި ހުރުން އެކަށީގެންވާކަމާއި، ނަމަވެސް
މިރާއްޖޭގެ
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
?ޤަޟިއްޔާ ނިމުނު
ޑީޑީ 44
کی مرکی
2{14/HC-A/23
އައި.އެމް.އީ.އައިގެ ފުރަތަމަ 14 (ސާދަ) އަކުރު އެއްގޮތްނަމަ އައި.އެމް.އީ.އައި ނަންބަރު ދިމާވާކަމަށް
ބެލެވޭނެކަމަށް ބަޔާންކޮށްފައި އޮންނައިރު ޢަފީފު ޙުސައިންގެ އަތުން ފެނުނު މޯބައިލް ފޯނުގެ
އައި.އެމް.އީ.އައި ނަންބަރުކަމަށް އޭނާ ބުނެފައިވަނީ 3594490363574201 ކަމާއި، ގެއްލިގެން ހޯދާ
ފޯނުގެ އައި.އެމް.އީ.އައި ނަންބަރަކީ 359449036357420 ކަން އެނގެން އޮންނަކަމާއި، އެހެންކަމުން
ފުރަތަމަ 14 ނަންބަރު ދިމާވެފައިވިޔަސް، ޢާއިޝަތު ނަޢީމާގެ ފޯނުގެ އައި.އެމް.އީ.އައި ނަންބަރާއި،
ޢަފީފު ޙުސައިންގެ އަތުގައި އޮތް ފޯނުގެ އައި.އެމް.އީ.އައި ނަންބަރު ދިމާނުވާކަން މި މައްސަލައާއެކު
ހުށަހެޅިފައިވާ ތަޙްޤީޤު ބަޔާންތަކުންވެސް އެނގޭއިރު، ފޯނުން ބޭނުންކުރާ ނެޓްވޯކެއްގެ ސަބަބުން
އައި.އެމް.އީ.އައިގެ ފަހަތަށް އަންނަ އަކުރު ނުވަތަ އަކުރުތައް ބަދަލުވާނެކަމަށް ނަންގަނެވުނު ސިޓީން
ކަށަވަރުކޮށްދެވިފައިނުވާކަން އެނގެން އޮންނަކަމެ
.
222222 22 22
tތ 8
I
މއކނ
4
82އެ
(ހ) ހަތަރުވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ދ. ހުޅުދެލި| ސިލްވަރސްޓަރ
ޢަފީފު ޙުސައިންގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅި
މިކަންކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަން އެނގޭއިރު، ޤާނޫނުލްޢުޤޫވާ
ނޫނުލްޢުޤޫބާތުގެ 149 ވަނަމާއްދާގެ (ހ) ގައި
މިބަސް މާނަކޮށްދީފައިވަނީ، "ވައްކަމަކީ އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކް
އެމީހާއަށް ނުވަތަ އެފަރާތަށް ނޭނގި، އެއާ ހަވާލު ވެގެންހުރި މީހާ ނޫން މީހަކު ސިއްރުން
ނެގުމެވެ." މިފަދައިންކަން އެނގޭކަމާއި، މި މައްސަލައިގެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު،
މ.އަހިމާގޭ ޢާއިޝަތު ނަޢީމާގެ ސެމްސަންގް ކޯރބީ ވައިފައި މޯބައިލް ފޯން ގެއްލިފައިވަނީ 31 މާރޗް
2012 ދުވަހު 18:00 އެހާއިރު، ހުޅުމާލެއިން މާލެއަށް އައި ފެރީތެރެއަށްކަމަށް ޢާއިޝަތު ނަޢީމާ
ބުނެފައިއޮތުމުން، ޢާއިޝަތު ނަޢީމާގެ ފޯނު ގެއްލުނީ މީހުން ގިނަ، ޢާންމު ތަނަކަށްކަން އެނގޭކަމާއި،
ފެރީއެއްގެ ތެރެއަށް ގެއްލޭ ފޯނެއް އޭގެ ވެރިފަރާތަށް ރައްދުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި،
އެހެނިހެން ފަރާތްތަކުގެ އަތްމައްޗަށް އެ ފޯނު އަރައި، ނުވަތަ އެ ފޯނު ފެންނަ މީހެއް އެ ފޯނު ވިއްކާލަން
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{14/HC-A/23
މަސައްކަތް ކުރުމުގެ އިޙްތިމާލު އޮތްކަން އެނގޭއިރު، ޢާއިޝަތު ނަޢީމާގެ ފޯނުކަމަށް ބުނާ ފޯނު ޢަފީފު
ޙުސައިންގެ އަތުން ފެނިފައިވަނީ އެ ފޯނު ގެއްލުނުކަމަށް ބުނާ ތާރީޚުގެ 5 މަހާއި 12 ދުވަސް ފަހުން،
17 ސެޕްޓެމްބަރ 2012 ގައިކަން އެނގޭކަމާއި، އެ މޯބައިލް ފޯނަކީ ޢަފީފު ޙުސައިން ގަނެފައިވާ
ފޯނެއްކަމަށް ބުނެ، ވައްކަންކުރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި ޢަފީފު ޙުސައިން ފަރާތުން
އިންކާރުކޮށްފައިވާއިރު، އެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް
ބަލާއިރު، ދ. ހުޅުދެލި، ސިލްވަރސްޓަރ ޢަފީފު ޙުސައިންގެ މައްޗަށް ވައްކަން ކުރުމުގެ ކުށް ސާބިތުވާ
ވަރުގެ ކާފީ ހެކި ނުލިބޭކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވެއެވެ.
އެހެންކަމުން ފީޤާ އްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ބެއް ނެތްކަމަށެވެ.
<< O
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr
-
C/911 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv